ކަޅި ޖަހައިނުލާ އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ރިއާޝް ފެނި ރަނާގެ ހަށިގަނޑުގައި މަޑު ތުރު ތުރެއް އުފެދުނެވެ. ގޮތްނޭނގޭ އިހުސާސެއް ކަމުން މާބޮޑު ކަމަކަށް ނުހަދާ ސަޕްރައިޒް އޭ ކިޔާ ރަނާ ހަޅޭއްލަވައިގަތެވެ. އެއަށްފަހު ރިއާޝްގެ މޭމަތީގައި އަތް އަޅައި ކޮއްޕާލުމަށްފަހު އެތެރެއަށް ދެމިގަތެވެ. އޭނާ ފެނި އެންމެން އަނގަ ހާ ކޮށްގެން ބަލަން ތިބުމުން ރަނާ އަށް ވީ މަޖާ ކަމަކަށެވެ. އެންމެން ސިހި އަތް ޖަހާ ނަށަން ފެށި އިރު އެއްބަޔަކު ރަނާ ގަޔަށް އަރާ އެކުއްޖާ މުޅި ތާނގައި އެނބުރި އެވެ.
އަދިވެސް އާގަމަ ވެފައި ހުރި ރިއާޝް އަށް ކުޑަކޮއް ވެސް ހޭވެރިކަމެއް ނުވެއެވެ. އެމަންޒަރު ފެނުނީ އަހުޝަމް އަށެވެ. އޭނާ ބެލީ އެ މަންޒަރު ވަގުތުން ފޯނުގައި ރައްކާކޮއްލެވޭތޯއެވެ. ކަޅި ޖަހާނުލާ ރިއާޝް ރަނާއަށް ބަލަމުން ދިޔައެވެ. އަނގަ ހުރީ ހިސާބަކަށް ހުޅުވިފައެވެ. ދެލޯ ހުރީ ބޮޑު ވެފައެވެ. ކޮންމެއަކަސް އެސޮރަށް އެހެރީ ވަރުތަކެއް ވެފަތާއޭ އަހުޝަމްގެ ހިތަށް އެރިއެވެ.
ރަނާ އައުމުގެ އުފަލުގައި އެރޭ އަވަހަށް ގެއަށް ދާން އެކަކުވެސް ވެސް ބޭނުމެއް ނުވި އެވެ. އެތައް ދުވަހެއް ފަހުން އެރޭ އެމީހުން ލައިވް އަކަށް އެރީ ވެސް ރަނާ އައުމުންނެވެ. ލައިވް ނިންމާލުމަށްފަހު އެންމެން ދެން މިސްރާބު ޖެހީ ފިނި ބުރު ޖެހުމަށް ހުޅުމާލެއަށެވެ.
މަޖާ ވާހަކަ ތަކެއްގައި ތިބެ އެންމެން ތިރި އަށް ފޭބި އިރު ބުރު ޖަހަން ދާން ހުރީ އެންމެ ހަތަރު ސައިކަލެވެ. ރިހުލާއާއި ޒާނާ އެއް ސައިކަލަށް އެރި އިރު ލަމްހާ އާއި ޝިފާ އެރީ ލަމްހާގެ ސައިކަލަށެވެ. ނަޔާ އާދައިގެ މަތިން އަހުޝަމް ފަހަތަށް އެރި އެވެ. ރިއާޝްގެ ސައިކަލު ފަހަތަށް އަރަން ޖެހުމުން ރަނާ އަށްވީ އާ ކަމަކަށެވެ. ހީވަނީ ދުވަހަކުވެސް އޭނާ ރިއާޝް ފަހަތަށް ނާރާހެންނެވެ. ރަނާ ސައިކަލަށް ނާރާ ހުންނަން ފެށުމުން ރިއާޝްގެ ގާތަށް އައީ ލާނެއް ހިންޏެކެވެ. “މަންޖެ މީގެ ކުރިން މަ ފަހަތަށް ނާރާ މީހެއް ހެން ހީވަނީ” ދެ ބުމަ ހިއްލާލަމުން ސައިކަލު އިސްޓާޓު ކޮއްލުމަށްފަހު ރިއާޝް އެހެން ބުނެލީ ޖެއްސުމުގެ ރާގެއްގައެވެ. ރަނާ ކުޑަކޮށް ސިހުނު ނަމަވެސް އެކަން ނުދައްކާ ވޭތޯ ބަލަމުން ހީލާފައި ރިއާޝްގެ ފަހަތަށް އެރިއެވެ. އޭނާގެ ހިތް އެވަގުތު އަވަސްވެލިއެވެ. މީގެ ކުރިން އެއްވެސް ހިޔާލެއް ފިކުރެއް ނެތި ރިއާޝްގެ ސައިކަލު ފަހަތުގައި އިނދެ ބުރު ޖަހަން ދިޔައިރު މިހެނެއް ނުވެ އެވެ. އެކަމަކު މިއަދު މި އިހުސާސް ތައް ހިތުގައި މި އުފެދެނީ ކީއްވެގެން ބާއޭ ރަނާގެ ހިތަށް އެރިއެވެ.
ގިޓާގެ ނަރުތަކާ ކުޅެލަ ކުޅެލާ ރިޔާޝް އޮތީ ގޭގެ ޓެރަސް މަތީގައެވެ. ސާދަ ވިލޭރޭގެ ބުރުހަމަ ހަނދު އުޑުމެދުން ވިދަ ވިދާ ހުރި ނަމަވެސް ރިޔާޝްއަކަށް އުފަލެއް ނުލިބުނެވެ. ބައެއް މީހުން ހަނދުގެ ފޮޓޯ ނެގުމަށް ގޭގޭ ޓެރަސް މަތީ އަޑުގަދަ ކުރާތީވެސް ރިޔާޝް އަށް އޮތީ އުނދަގޫ ވެފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. އޭނާގެ ހަޔާތުން ހަނދު އެވަނީ އޮއްސިފައެވެ. އޭނާގެ ހަޔާތް ވަނީ ކަޅުފޮއެ ރޭގަނޑަކަށް ބަދަލު ވެފައެވެ. އެހެން އޮށްވާ އޭނާގެ ހަނދާނަށް އައީ މީގެ އެއްމަސް ކުރީގެ ހަނދާނެކެވެ.
އެއްމަސް ކުރި…
މަހުގެ 14 ވިލޭރެއެވެ. ރިޔާޝް އާއި ރީޝާ ތިބީ ހުޅުމާލޭގެ ހިތްގައިމު އަތިރިމަތީ އެވެ. ރީޝާގެ އުނގުގައި ބޯއަޅާލައިގެން ރިޔާޝް އޮތް އިރު ރީޝާ އިނީ ރިޔާޝްގެ ފަން އިސްތަށިގަނޑާ ކުޅެލަ ކުޅެލައެވެ. އެހެން އޮވެ ރިޔާޝް އިއްވާލީ ލަވައެއްގެ ތަންކޮޅެކެވެ.
ހަނދު ވެޔެ ފުރިހަމަ ސާދަ ވިލޭރޭ،
އަނދިރީގައި ތިޔަ ލޯ ވިދައޭ ކަޅުފޮއެ ރޭރޭ،
ކަލާ އަހާށޭ ހާމަ މިކުރަނީ،
ތެދުވެރި ކަމާއެކު ޙައްޤު ސަނާއޭ،
ޙައްޤު ސަނާއޭ،
މަގޭ ޙާލު ބުނެދެން މިތުރާއޭ…
މިހާރު…
އެހަނދާން ތަކުގެ ތެރޭ ފީނާކަށް ރިޔާޝް އަކަށް ކުޅަދާނައެއް ނުވި އެވެ. ތެދުވެ އެތެރެއަށް ވަންނަން ދިޔައީ ހަނދު ފެންނަ ހިސާބުގައި ވެސް ހުންނަން ބޭނުން ނުވެގެންނެވެ.
ހުޅުމާލޭގެ ފުޅާ މަގު ތަކުގައި ހަތަރު ސައިކަލު ދުއްވަމުން ދިޔައިރު ރިއާޝްއާއި އަހުޝަމް އިރި އިރު ކޮޅާ ރޭހެއް ޖަހައެވެ. އެއިން ކޮންމެ ފަހަރަކު ވަރު އަރަނީ ނަޔާ އަދި ރަނާއަށެވެ.އެއްފަހަރު ނަޔާ ފަކީރު ކިރިޔާ ސައިކަލުން ނުވެއްޓި އިން ކަމެވެ. އެކުއްޖާ އަހުޝަމްގެ ކޮނޑުގައި ހިފަހައްޓައިގެން އިންލެއް ބާރުކަމުން އަހުޝަމަށްވެސް ތަދުވަމުން ދިޔައެވެ. އެވަރުންވެސް ރޭސް ޖެހުން ދޫކޮއްލަން އޭނާ ބޭނުން ނުވީއެވެ.
އަނެއްކޮޅުން ރިއާޝް ދުއްވަމުން ދިޔައީ އަދި މާ ނުބައިކޮށެވެ. ހުންގާނު ދެކޮޅަށް ދެކޮޅަށް އަނބުރަމުން ދިޔައީ ހަރުފަ ދުވާ ހެންނެވެ. ކުއްލި ކުއްލި ޖަހާލާ ގޮތުން ރަނާ ދަނީ ރިއާޝް ބުރަކަށްޓަށް ތަތް އަރަމުންނެވެ. އެއިން ކޮންމެ ފަހަރަކު ރިއާޝްގެ ހިތުގެ ތެޅުން އަވަސް ވެލައެވެ. މީހާ ފިނިވެ ދުނިޔެ އެނބުރޭލެއް ލަސްވާހެން ހީވެއެވެ.
ހޮސްޓެލްގެ ކެންޓީނުގައި އިށީނދެލައިގެން އިން ރީޝާގެ ކުރިމަތީގައި ފިނިވެފައިވާ ކޮފީ ތައްޓެއް ހުއްޓެވެ. އޭނާ ސިހުނީ ފަހަތުން މީހަކު ކަރު ކެހިލި އަޑަށެވެ. “ހެލޯވ. ވަރަށް ފަހުން ދޯ މިތަނަށް އައީ. ކިޔަވަނީތަ” ފުރަތަމަ ވެސް އޭނާ ކުރީ ސުވާލެވެ. އެއްޗެއް ނުބުނެ ރީޝާ ބަލަހައްޓައިގެން އިންގޮތުން އެމީހާ އަވަހަށް އަމިއްލަ އަށް ތަޢާރަފް ވެލިއެވެ. “އޮހ ސޮރީ، މަށަށް ކިޔަނީ ރިޒްކާން، މަގުމަތިން ވަރަށް ގިނައިން ފެންނާތީ އަސްލު ދިވެހި ކުއްޖެއްވީމަ ހިތަށް އެރީ ފްރެންޑް ވެލަން.” އަމިއްލަ ތަޢާރަފާއެކު އޭނާ އެތަނަށް އައި ސަބަބު ވެސް ރިޒްކާން ބަޔާންކޮށްދިނެވެ. އެހިނދު ރީޝާ ވެސް ލުއި ހިނިތުނަވުމެއް ދީ ނަން ބުނެލިއެވެ. “ސޯ ނުކިޔަވަންޏާ އަސްލު ކޮންކަމެއް ތި ކުރަނީ މިކޮޅުގައި?” އެ ދެމެދުގައި ދެކެވުނު މަދު ވާހަކަ ކޮޅަށްފަހު ހޭދަވި ހަމަހިމޭންކަން ފޫއަޅުވާލަމުން ރިޒްކާން އަހާލިއެވެ. ” ނޭންގެ އަސްލު މި ކުރެވޭ ކަމެއް ވެސް. ލައިފްގައި އަންނަ އަޕްސް އެންޑް ޑައުންސް އޭ ބުނަމާ” މަޑު ހުނުމަކާއި އެކު ރީޝާ އެހެންބުނި އިރު އެ އަޑުގައި މަޑު ރިހުމެއް އެކުލެވިގެން ވިކަން ރިޒްކާން ދެނެގަތެވެ. މިވަގުތު އެކަމުގެ ވާހަކަ ނުދެއްކުން ރަނގަޅު ކަމަށް ވިސްނާ ރިޒްކާން އެތަނުން ދިޔައި ރީޝާގެ ފޯނު ނަންބަރު ހޯދާ އޭނާ އުޅޭ އެޑްރެސް ވެސް ދީފައެވެ.
އޭގެ އަނެއްދުވަހުގެ ހެނދުނު ރީޝާ ބޭރަށް ނުކުތީ ރިޒްކާން ގުޅުމުންނެވެ. ރިޒްކާންއެކޭ އެއްވަރަށް ރީޝާ ވެސް ހުރީ އެކުވެރި އަކަށް ބޭނުންވެފައެވެ. ރިޒްކާން ކިޔައިދިން ވާހަކަތަކުން އިނގުނު ގޮތުގައި އޭނާ ކިޔަވަމުން ދިޔަ ކޯސް މި މަހު ނިމޭނެ އެވެ. ނަމަވެސް މިވީހާ ދުވަހު ވެސް ދިވެހި އެކުވެރިއެއް އޭނާއަށް ހޯދިފައެއް ނުވެއެވެ. އެހެންކަމުން އެކުވެރިކަން ބޭއްވުމަށް އޭނާ ރީޝާ ގާތު އެދުނު އެދުމަށް ރީޝާ ވަނީ އާނ އެކޭ ބުނެފައެވެ. ކުރިމަތީ އޮތް ޕާކުގެ ފާރު ކައިރީ ހުއްޓިލައިގެން ހުރި ރިޒުކާން ރީޝާ އަށް ފެނުނެވެ. ރީޝާ ފެނުމުން އަވަސް އަވަހަށް ރިޒުކާން މަގު ހުރަސްކޮށްލާފައި އައެވެ. އެއަށްފަހު ހެނދުނުގެ ސަލާމް ކޮއްލާ ނާސްތާ އަށް ދައުވަތު ދިނެވެ. ރީޝާ އެ ދައުވަތު ގަބޫލު ކުރީ ކުރާ ހިތުންނެވެ. މޫސުމާއި މެދު ވާހަކަ ދައްކަމުން ގޮސް ދެމީހުން ވަނީ ކައިރި ރެސްޓޯރެންޓަކަށެވެ.
ދުވަސްތައް ވޭތުވަމުން ދިޔަ ވަރަކަށް ރަނާ އަށް އޭނާގެ ހިތުގެ ހާލު ސިއްރުކޮއްގެން ހުރުން ރިއާޝްއަށްވީ އުނދަގޫ ކަމަކަށެވެ. އެހެނެއްކަމަކު ރަނާ ކުރިމަތީގައި އަނގަ ހުޅުވަންވެސް އޭނާ އަކަށް ވަކި ފަސޭހައެއް ނުވެއެވެ. މިހެންވެ ހަމަ ހަނު ހުރެވެނީއެވެ. އެކަމާ ދޭތެރޭ ފިކުރު ކުރަން ކޮޓަރީގައި އޮއްވާ އެކޮޓަރި އަށް އައިސްވަނީ ރިޔާޝް އެވެ. މީހުންގެ ކުރިމަތީގައި ހިނިތުންވެފައި ހުންނަ ރިޔާޝް ކޮއްކޮ އޮތްގޮތް ފެނި ޖެއްސުން ކޮއްލާ ހިތް ވިއެވެ. ރީޝާއާ ވަކި ވުމަށްފަހު އޭނާގެ ހިތްހަމަ ޖެހުމަކީ ރިއާޝްއާ އެކު ހޭދަކުރެވޭ ވަގުތު ތަކެވެ. “އޭ އޭ އަނެއްކާ އެއްކަލަ ކުއްޖާ ހޭލާ ހުއްޓާވެސް ހުވަފެނުގައި ފެންނަނީތަ?” ކޮއްކޮއާ ދިމާއަށް ބާލީހެއް އެއްލަމުން ރިޔާޝް އެނދުމައްޗަށް ވެއްޓިގަތެވެ. “ނޫނޭ ބުރޯ! ހުވަފެނުގައި އެކަންޏެއް ނޫން. އޭނަ ފެނޭ! އަހަންނަށް އެބަ ފެނޭ!” ހިޔާލުގައި އިނދެ ފެށި ވާހަކަ ރިއާޝް ނިންމާލީ ސަކަރާތުގެ ރާގެއްގައެވެ. ރިއާޝް ބުނި އެއްޗެއް އިތުރަށް ތަފްސީލް ކޮއްދޭށޭ ބުނާ ފަދައިން ރިޔާޝް ނިތް އަރުވާލިއެވެ. “މަޑުކުރޭ، އަދި މަޑުކުރޭ” ރިއާޝް ހުރީ އެހާ އަވަހަށް ބުނާ ގޮތަކަށް ނޫނެވެ. ފަސޭހައިން ކަމެއް ވާން އޮތިއްޔާ މިސޮރު ވެސް މި އިޚްތިޔާރު ކުރަނީ އުނދަގޫ ގޮތެވެ. ދެން ކަމެއް ވާނެ ހެއްޔެވެ.
އާދުވަހަކަށް އިރު އަރައިފިއެވެ. އަހުޝަމް އިނީ ކޮތަރު ޕާކުގެ ވިނަގަނޑުމަތީ އިށީނދެލައިގެންނެވެ. އެއް އަތް އޭނާގެ އިސްތަށިގަނޑުގެ ތެރެ އަށް މަހާލައިގެންނެވެ. ތުނބުޅި ހިސާބަކަށް ދިގުވެފައި ހުރުމުން އުމުރަށްވުރެ ދޮށި ކަމަށް ދައްކައެވެ. ނަމަވެސް މޫނު މަތިން ފެންނަނީ އާވާރާ ކަމެވެ. ޝައްކެއްވެސް ނެތް ގޮތުގައި އޭނާ ވިސްނަމުން އެ ދަނީ އެއްކަލަ ކަރުދާސް ކޮޅާ މެދުގައެވެ. ފަހުން ފަހުން އައިސް ދަންވަރު ވެސް އޭނާ އަށް ހޭލެވެނީ އެ ކަރުދާސް ކޮޅާބެހޭ ހުވަފެނެއް ފެނިގެންނެވެ. އަދި އެކަނިވާ ވަގުތުތައް އޭނާ ހޭދަ ކުރަނީ އެ ކަރުދާސް ކޮޅު ކިޔާ އެއާ މެދު ވިސްނުމުގައެވެ. ކޮންމެއަކަސް އޭނާގެ ހިތާއި ސިކުނޑިީގައި ނުހަނު ބޮޑު ޝައުގެއް އެ ކަރުދާސްކޮޅާ މެދު އުފެދިފައި ވޭތާއެވެ.
ނުނިމޭ
20 Comments!
Comments are closed.

Aaaaiiiyyyyy manjeyyyyy!!!!
Welcome back buroooo! Enme fahun vaahaka up kurevijje dhwww
Ey hama hes kiyaafa salhi ingey..dhen aash bro aa ranaa aa thaiy kuruvan ulhey avahah..
Ahusham sorah thi fenunu karudhaas kolhehge asleh ves hoadhan jeheythaa eba..
Dhen reesh aa yaash dhonbe ge vaahaka anna irah hama ma hithuga jehey..e dhekudhinnah ufaaveri musthagubaleh dhevvaashi..
Ey dhen hama salhi kamun obi noavey manjeyy!! Masha Allah ey hama buneveyni..
Ey hessa miss ingey..ma malé dhiyaiima ulhen vaane adhi radio program akah aran..
Varah loabivey manjey!! ❤️❤️❤️
Keep it up love!! ❤️❤️❤️
Next con irakun
Insha allah mi feshunu hafthaa therey👍
Where are the other parts???
Mi hafthaa therey kuriah oiy episode submit kohdheynan insha allah🙂
I mean the previous parts
Oh yes e part that vee kureege account ga. E account ah login nuvevigen aa account eh hulhuvaigen mi alun vaahaka upload kuran feshee
Miothy link
https://www.esfiya.com/author/nonnie/
Assalaam Alaikum
Mi vaahakaige 28 vana bai mihaaru vaanee submit kurevifai kamugai dhannavan
Shukuriyyaa
Kobaa 1st – 26 vana parts?
https://www.esfiya.com/author/nonnie/
Kuryge account ga. Aslu username handhaan nethigen login nuvevigen aa account eh mi hedhee. Hehe. Link fenuneema mi handhaanvee username ves. Mivee gothun e account in thaa dhen huri part thah submit kuran jeheynee. Vrh bodah sorry hurihaa kudhinnah ves. Vaahakaige 27th and 28th vana part aa account akun submit kuran jehuneema. Insha allah dhen huri episode thah submit kuraanee kuryge account in. Adhi ekam eves login veveythw balaalaafa dhw😄
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Riyaash and reesha gulhuvachey
They both are made for each other
I appreciate your hard work
Thank you dear😊
Yes yes vaahaka ninmaanee Riyaash aa Reeshaa gulhuvaafa.
Thank u so much dear. Aslu nayaa bunee ur comment ge vaahaka. Girl ge comment fenuneema vhk submit kuran hiyvareh libunee ves😊
yo sis kobaa aneh part thah??
https://www.esfiya.com/author/nonnie/
Miothy ey dhoonyaa. E account username handhaan nethigen login nuvevigen aa account eh hadhaafa mi submit kuran feshee. But then don’t worry. Kuriah huri part thah submit kuraanee e account in. Insha allah
saabahey sis…
corona vaccine jeheema hama handhaan balee ey dhw 🙄
Vedhaane vedhaane keeh kuraanee dhw😭😅😅
Kurin mi vhk ge kuryge part thah kyn ekm kuhli akah medhu kendunyma i thought dhn nulibeyneye mi vhk kiyaakah ekm fenunyma vrh ufaa vejje
Dhn mi v gothun jeheyny kuryge part thah vc kiyan handhaaneh vc neh v gotheh 😅 hehe ekm hama vrh vrh ufaa vejje alun mi vhk kiyaalan libunyma
Thank you soo muchh mi vhk anekkaa vc continue kohdheythy
I love your stories
Vrh ufaa vehjje positive comment eh libuneema😄 thank you so much dear😊💖
Absolutely! Here’s a longer and more heartfelt compliment for Reesha:
“Reesha, I just have to say—your story is absolutely incredible! From the very first chapter, I was completely hooked. Your writing style is so captivating, effortlessly blending emotion, depth, and vivid imagery. The way you craft your characters makes them feel so real, with their personalities and emotions shining through every scene. I found myself feeling every high and low alongside them, which is a testament to how beautifully you bring your story to life. The plot flows so naturally, keeping me eager to know what happens next while still allowing time to savor the little details that make your world feel so authentic. It’s clear how much thought and heart you put into every word, and it truly makes your story stand out. Thank you for sharing your talent—I’m genuinely excited to follow this journey and can’t wait to see where it leads!”
Let me know if you want any changes or if there’s something specific you want to highlight!
Aww thank you so much dear🥹
U made me feel really special and confident
I just loved this comment and don’t even know how to react. Just thank you thank you so much for appreciating my work and giving me a very good support ❤️
Thikahala kiyuntherin thibenyaa vaahaka ves insha allah ufalaaeku kuriyah gendheveyne. 🥰