Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…74

އަލީކާގެ ރުއިމުގެ އަޑު އޭނާގެ ކަންފަތުގައި އިވުމުން ދިޔަ އިރު އެ އަޑުން ދިޔައީ ނުކްޝާން ހިތް ފޮތި ފޮތި ކުރުވަމުން ނެވެ. ހިތަށް ކިތަންމެ އުނދަގޫ އެ ވި ނަމަވެސް އަލީކާގެ އަތުގައި ހިފަހައްޓާލައިގެން އިނުން ނޫން ކަމެއް ނުކްޝާން އަކަށް ނުކުރެވުނެވެ. އިރުކޮޅެއް ވަންދެން އަލީކާ ރުއިމަށް ފަހު ވެސް ހަމަ އަކަށް ނޭޅުމުން ނުކްޝާން އަލީކާގެ ކޮނޑުގައި ހިފަހައްޓާލަމުން އަލީކާ އާއި ހަތަރުކަޅި ހަމަކޮށްލި އެވެ. މި ވަގުތު އަލީކާ އަށް ހިތްވަރު ގެ ބަސްތަކެއް ބުނާނެ މީހަކަށް ހަމަ އެކަނި ހުރީ އޭނާ ކަން ނުކްޝާން ތާ އެވެ. “ލުކް އަލް. ކޮންމެ މީހަކު ވެސް މަރުވާނެ. ގާތް ތިމައިގެ މީހުން ދޫކޮށްފަ ދާން ވެސް ޖެހޭނެ. އެއީ އެއްވެސް އިންސާނަކަށް ހިފެހެއްޓޭނެ ކަމެއް ނޫން. އެހަންވީމަ އެމީހެއްގެ ގާތް މީހަކު އެމީހަކު ދޫކޮށްފަ ދިޔައީމަ އެމީހަކު ވީ ރޯކަށެއް ނޫން ދޯ. ހެޔޮ ދުޢާ ކޮށްދޭން ދޯ ވާނީ. އަދި ރޮއުނަކަަސް ވީ ކަމެއް ނުވާ ކަމަކަށް ނު ވެސް ހެދޭނެ އެއްނުން. ވާނެ ފައިދާ އެއް ވެސް ނޯންނާނެ. އަލްގެ މަންމަ ބޭނުމެއް ނުވާނެ ދޯ މަންމަ އަލް ދޫކޮށްފަ ދިޔައީމަ އަލް އަބަދު އަބަދު ރޯ ކަށެއް ވެސް. އެކަން އެނގިއްޖެއްޔާ އަލްގެ މަންމަ ދެރަ ވެސް ވާނެ ދޯ” އެންމެ ފަހު ޖުމުލަ ނުކްޝާން ބުނެލީ އަލީކާގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލަ ދެމުން ނެވެ. “ނައު ސްމައިލް” އަލީކާ ވެސް އޭނާގެ ދެލޮލުގައި ހުރި ކަރުނަތައް ފުހެލުމާއި އެކު ނުކްޝާން ބުނެލި އެވެ. ނުކްޝާން ގެ ޖުމުލަ އާއި އެކު އަލީކާ ފަނޑު ހިނިތުންވުމެއް ނުކްޝާން އަށް ދައްކާލި އެވެ. “އޯކޭ ނައު ދެޓްސް މޯ ލައިކް މައި އަލް” އަލީކާގެ މޫނު މައްޗަށް ވެރިވި ހިނިތުންވުމާއި އެކު ނުކްޝާން ބުނެލި އެވެ.

***************

ނުކްޝާން ގެ ޖުމުލަ އަށް ފަހު ދެ ޒުވާނުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވިއެވެ. ބުނެވުނީ ކިހާ ވަރެއްގެ ޖުމުލަ އެއްކަން ނުކްޝާން އަށް ރޭކާލީ އަލީކާ އޭނާ އާއި ދިމާލަށް ބަލައިލި ގޮތުން ނެވެ. ދެ ޒުވާނުން ގެ ހަތަރު ކަޅި ބައްދަލުވި ހިނދު ދެ ޒުވާނުންނަށް ވެސް ހީވީ އެހެން ހުރިހާ ކަމެއް މަޑު ޖެހިލި ހެންނެވެ. އަނގައިން ބަހެއް ނުބުނި ކަމުގައި ވީ ނަމަވެސް ދެ ހިތް ދެ ހިތަށް ދިޔައީ އެތަކެއް މެސެޖު ތަކެއް ކުރަމުން ނެވެ. ދެ ހިތުގައި އެވަގުތު ކުރެވެމުން ދިޔައީ އެއް ރާގެކެވެ.

 

ނުކްޝާން އަށް ހަމަހޭވެރިކަން ވުމާއި އެކު ނުކްޝާން އޭނާގެ ނަޒަރު އެހެން ދިމާލަކަށް ބަދަލު ކޮށްލީ އެދެހިތުގެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތަކަށް ނިމުމެއް ގެންނަމުން ނެވެ. ނުކްޝާން އެހެން ދިމާލަކަށް އޭނާގެ ނަޒަރު ބަދަލުކޮށްލުމާއި އެކު އަލީކާ ވެސް އޭނާގެ ނަޒަރު ނުކްޝާން ގެ ދެލޮލުން ވަކި ކޮށްލި އެވެ. އޭރު ވެސް ދެ ޒުވާނުންނަށް އިހުސާސް ނުވި ނަމަވެސް ނުކްޝާން ގެ އަތުގެ އިނގިލިތައް ވަނީ އަލީކާގެ އަތުގެ އިނގިލިތަކުގެ ތެރެއަށް މަހާލެވިފައި އެވެ.

 

ނުކްޝާން ޖީބުން އޭނާގެ ފޯނު ނެގުމަށްފަހު ޒީކާން އަށް ވަމުން ދިޔަ ގޮތުގެ ދިގު މެސެޖެއް އެއް އަތުން ޓައިޕް ކޮށްލުމަށްފަހު ފޮނުވާލި އެވެ. ތެދަށް ބުނަންޏާ އެވަގުތު ނުކްޝާން ބޭނުންވީ އެތަނުން ދުވެ ފިލާށެވެ. އަލީކާ އާއި ވީހާ ވެސް ދުރަށް ށެވެ. އެހެން ނޫން ނަމަ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު އޭނާގެ އަތުން ގެއްލި ދާނެ ކަމުގެ ބިރު ނުކްޝާން ގެ ހިތުގައި އޮތުމުން ނެވެ. އެހެން ނަމަވެސް އަލީކް އޭނާގެ ކިބައިން އެދުނު ކަންތައް އަލީކް އަށް އޭނާ ކޮއްދޭން ޖެހޭނެ ތާ އެވެ. އެހެން ކަމުން އަލީކާގެ ކައިރީގައި ހުރުން ނޫން އިތުރު ގޮތެއް ނުކްޝާން އަކަށް ނެތެވެ.

 

ވިލިނގިލީ ގެ އޭނާ ހުރި ހޮޓެލް ގެ ޓެރަސް މަތީގައި ޒީކާން ހުރި އިރު އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ތުނި ތުނިކޮށް ވެހެމުން ދިޔަ ވާރޭ އަށް ށެވެ. އިރު އިރުކޮޅާ މުޅިތަން ގުޑާލާ ހާ ބާރަށް ގުގުރި ޖަހަމުން ދިޔަ ނަމަވެސް ޒީކާން އަށް އޭގެން އެއްވެސް ކަމެއް ގެ ހިލަމެއް ނުވާ ފަދަ އެވެ. އޭރު ޒީކާންގެ ހިޔާލުތަކާއި ގުޅިފައި ވަނީ ދެންމެ އަކު ކޮޓަރި ތެރޭގައި ހިނގި ހާދިސާ އެވެ. އެ ކުޑަ ކުޑަ ހާދިސާގެ ކޮންމެ މަންޒަރެއް ވަކި ވަކިން ޒީކާން ގެ ހިތުގެ ލޯތެރޭގައި ކުޅެވެމުން ދިޔަ އިރު ޒީކާންގެ މޫނުމަތިން ފަނޑު ހިނިތުންވުމެއް ވެރިވި އެވެ. އެހެން ނަމަވެސް އެހިނިތުންވުން ހިނދުކޮޅަކަށް ދެމިލުމަށް ފަހު ފޭދިގެން ދިޔަ އެވެ. ހިނދުކޮޅަކަށް ނަމަވެސް ޒީކާން އަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނީ މިޝްޔާ އެހާލަތުގައި ހުއްޓާ އޭނާ އަށް ކޮޓަރި އަށް ވަދެވުމުން ނެވެ. މިޝްޔާ އޭނާ އެ ކޮޓަރި އަށް ވެއްދީ ވެސް މިޝްޔާ އަށް މިޝްޔާ ބޭނުންވާ ވަރަށް މިނިވަންކަން ދޭނަން ކަމުގެ ޔަގީންކަން މިޝްޔާ އަށް ދީފައި އެވެ. އެހެންކަމުން މިޝްޔާ އަށް އެ މިނިވަން ކަން ނުދެވުމުން އޭގެން އެ ކުށްވެރި ވަނީ އޭނާ އެއް ނޫން ހެއްޔެވެ.

 

އޭނާގެ ސިކުނޑީގައި އެވަގުތު އެނބުރެމުން ދިޔަ އެއްވެސް ކަމަކުން ޒީކާން އަކަށް މިންޖުވެވޭ ގޮތެއް ނުވި އެވެ. ނުވިސްނާން އުޅުނު ކަމުގައި ވީ ނަމަވެސް އޭނާ އަށް ހަމަ ވިސްނެނީ އެވެ.

ވިސްނުމުގެ ކަނޑުގެ ތެރެއަށް ޣަރަގުވަމުން ދިޔަ ޒީކާން އަށް ހަމަހޭވެރިކަން ވީ އޭނާގެ ޖީބުގައި އޮތް ފޯނަށް ނޮޓިފިކޭޝަން އެއް އައި އަޑަށް ށެވެ. ޖީބުގައި އޮތް ފޯނު ނަގާ ޒީކާން ބަލައިލީ އޭނާގެ ސިކުނޑީގައި އެވަގުތު ކޮއްޓަމުން ދިޔަ އެންމެ ހާ ހިޔާލުތަކާއި ދުރަށް ދަމުން ނެވެ. ޒީކާން ފޯނު ހުޅުވާ ބަލައިލި ވަގުތު ނުކްޝާން ގެ މެސެޖެއް އައިސްފައި އިނުމުން އެއް ބުމަ އަރުވާލެވުނެވެ. ނުކްޝާން ގެ މެސެޖު ޒީކާން ހުޅުވާލި ވަގުތު އޭނާ އަށް ލިބިފައި އޮތް ނުކްޝާން ގެ މެސެޖު ބޮޑު ޕެރެގްރާފް އެއް ވަރު ވުމުން ޒީކާން އެ މެސެޖު ކިޔަން ފެށި އެވެ.

 

ނުކްޝާން ގެ މެސެޖު ކިޔާ ނިންމާލުމަށް ފަހު ޒީކާން ބަލައިލީ ވެހެމުން ދިޔަ ވާރޭ އަށް ށެވެ. ދޭތެރެ ދޭތެރެ އިން ވިދާލުމަށްފަހު ގުގުރި ޖަހަމުން ދިޔައީ އެ ބިރުވެރި ކަޅުފޮއި ރެއަށް އިތުރު ނާމާން ކަމެއް ގެނެސްދެމުން ނެވެ. އެއް ފަހަރު ވެހެމުން ދިޔަ ވާރޭ އަށް އަނެއް ފަހަރު އޭނާގެ އަތުގައި އޮތް ފޯނަށް ބަލާލުމަށް ފަހު ޒީކާން ޓެރަސް އިން ނިކުނަން ހިނގައި ގަތެވެ. އިތުރު ގޮތެއް ނެތުމުން ނެވެ.

 

އެއް އަތުން ފޮއްޓެން ހިފައިގެން އަނެއް އަތުން ފޯނު ހިފައިގެން ހުރި ޒީކާން ވަރަށް އުނދަގުލުން ކޮޓަރީގެ ދޮރު ގައި ޓަކި ޖަހާލި އެވެ. އެއީ އެވަގުތު ޒީކާން ވަންނަނީ ކަން ޒީކާން މިޝްޔާ އަށް އަންގާލުމުގެ ގޮތުން ކޮށްލި ކަމެކޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

 

ކޮޓަރި އަށް ވަން ގޮތަށް ޒީކާން ސޯފާގެ ކައިރީގައި އިން ބިއްލޫރި މޭޒުގެ މަތީގައި އޭނާ ގެނައި ފޮށި ބޭންދުމަށް ފަހު އަލަމާރި އާއި ދިމާލަށް ހިނގައިގަތެވެ. އަލަމާރިން ކަޅު ކުލައިގެ ހޫޑީ އެއް ލުމަށް ފަހު ޒީކާން ހުއްޓިލީ ޑްރެސިންގް ޓޭބަލް ގެ ކައިރީގައި އެވެ. އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ޒީކާން ގަޔަށް ސެންޓު ކޮޅެއް ބުރުވާލި އެވެ. ކޮޓަރިން ނިކުތުމުގެ ކުރިން ޒީކާން ސޯފާގެ ކައިރީގައި އިން ބިއްލޫރި މޭޒާއި އެންމެ ކައިރީގައި އިން ސޯފާގައި އިށީނދެލި އެވެ. އެ މޭޒު މަތީގައި އޮތް ފޮށީގައި ސްޓިކީ ނޯޓް އެއްގައި އެއްޗެއް ލިޔެލުމަށް ފަހު އެ ސްޓިކީ ނޯޓް އެ ފޮށީގައި ޒީކާން ތަތްކޮށްލި އެވެ. އެންމެ ފަހު ކަމަކަށް ޒީކާން ސޯފާއިން ތެދުވެލުމަށް ފަހު މިޝްޔާ އަށް މެސެޖެއް ލިޔެލި އެވެ. މެސެޖު ފޮނުވާލުމަށް ފަހު މިޝްޔާ އިން ދިމާލަށް ބަލައިލި ޒީކާން އަށް އެހެން ދިމާލަކަށް ބަލައިލެވުނީ ބިއްލޫރި ފަރުދާގެ ތެރެއިން ވެސް މިޝްޔާ ކިތަންމެހާ ވެސް ރީއްޗަށް ފެންނަން އިނުމުން ނެވެ. މިއޮށް ހުރިހާ އިރު އެއްފަހަރު ވެސް ޒީކާން އަށް އެދިމާލަށް ބަލައިނުލެވުމުން ޒީކާން އަށް ފާހަގަ ނުވީ އެވެ. އިތުރަށް އެންމެ ސިކުންތަކަށް ވެސް ކޮޓަރީގައި މަޑުކުރުމެއް ނެތި ޒީކާން ކޮޓަރިން ނިކުތެވެ.

 

އެނދުގެ އެއްފަރާތުގައި އޮތް ސައިޑް ޓޭބަލް ގެ މަތީގައި އޮތް އޭނާގެ ފޯނަށް ނޮޓިފިކޭޝަން އެއް އައި އަޑަށް މިޝްޔާ ފޯނު ނަގާ ބަލައިލި އެވެ. އައިސްފައި އިނީ ޒީކާންގެ މެސެޖެއް ކަމުން ސިކުންތު ކޮޅެއް ވެސް ބޭކާރު ކޮށް ނުލާ މިޝްޔާ އެ މެސެޖު ހުޅުވާލި އެވެ. “ވަރަށް އަވަހަށް މާލެ ދާން ޖެހިއްޖެ. އެމަރޖެންސީ ކޮށް. ވީ ގޮތް ކިޔާލަ ދޭނަން ފަހުން. ވަން ފޯރޓީ ފައިވް އަށް ރެޑީ ވޭ.” މާ ތަފްސީލު ދީފައިނުވާ އެ ކުރި މެސެޖު ކިޔާލަމުން މިޝްޔާ އަށް ފޯނު އެނދު މައްޗަށް ވައްޓާލެވުނެވެ. އިރުކޮޅެއް ވަންދެން އެނދު މަތީގައި އޮތުމަށް ފަހު މިޝްޔާ އެނދުން ތެދުވެ ތައްޔާރު ވާން ފެށި އެވެ.

 

އިސްތަށިގަނޑުގައި ހުޅި އެއް ޖަހާލަމުން މިޝްޔާ ޒީކާން އޭނާ އަށް ދިން ހެދުން ހޯދާލި އެވެ. ހެދުން ހޯދަން އުޅުމުގެ ތެރެއިން މިޝްޔާގެ ލޮލުގައި ޒީކާން ސޯފާގެ ކައިރީގައި ހުރި މޭޒުގައި ބައިންދާލާފައި އިން ފޮށި ފެނުމާއި އެކު އެ ފޮއްޓާއި ދިމާލަށް ދެވުނީ ސްޓިކީ ނޯޓް އަކުން ފޮށީގެ އެއް އަރީގައި ދެ ތިން ޖުމުލަ އަކަށް ފަހު “ޓު މިޝްޔާ” ޖަހާލާފައި އިނުމުން ނެވެ. ފޮށި ބެހެއްޓިފައިވާ މޭޒުގެ ކައިރީގައި ހުއްޓިލަމުން ފޮށީގައި ހަރުކޮށްލާފައި ވާ ސްޓްކީ ނޯޓް މިޝްޔާ ނައްޓާލުމަށް ފަހު ކިޔާލި އެވެ. “އިޓްސް ފްރީޒިންގ އައުޓްސައިޑް. އިފް ޔޫ ވިޝް ޓު ފައިންޑް ވާރމްތް ދިސް މޭ ހެލްޕް ޔޫ” އެ ދެ ޖުމުލަ ކިޔާލުމަށް ފަހު މިޝްޔާ ފޮށި ހުޅުވާ ބަލައިލި އެވެ. އޭގެ ތެރޭގައި ހޫޑީ ނަގާ މިޝްޔާ ބަލައިލި އެވެ. އެއްކޮށް ކަޅު ކުލައިގައި އޮތް އެ ހޫޑީގައި “އެމް” އަކުރެއް ރީތި ފޮންޓް އަކުން ޖަހާލާފައި އިނެވެ.

 

އެ ހޫޑީ އާއި އެކު އެ ސްކިނީ ޖީންސް އެއް ވެސް އެ ފޮށީގައި އޮތެވެ. ހޫޑީ އާއި އެކު އެ ޖީންސް ހިފައިގެން މިޝްޔާ ފާހާނަ އާއި ދިމާލަށް ދިޔައީ އެ ލައިގެން ނިކުންނާށެވެ. ތެދަށް ބުނަންޏާ އޭނާ ބޭނުންވީ ވެސް މިއަދު ނިކުންނަ އިރު ހޫޑީ އެއް ލާށެވެ. ފިނިކަމުން މިހާރު ވެސް އޭނާ ތުރުތުރު އަޅާ ވިއްޔާ އެވެ. ދެން އަދި ވާރޭ ގެ ކަނި ކިތަންމެ މަދުން ޖެހި ނަމަވެސް ވާނޭ ވަރު ވިސްނާލަ ބަލާށެވެ.

 

ފޯނު ހިފައިގެން އޭނާ ހޮޓެލްގައި އުޅޭ ކޮޓަރީގެ ދޮރު ކުރިމަތީގައި މަޑު ކޮށްލައިގެން ހުއްޓެވެ. ފާރުގައި އެއް ފައި އަޅުވާލައިގެން ފާރުގައި ލެގި ގަނެގެން ހުރި އިރު ޒީކާންގެ މޫނުމަތިން ފެނިގެން ދަނީ ސީރިއަސް ކަމެވެ. އެހެންނަމަވެސް އެ ސީރިއަސްކަމުގެ ސަބަބުން ޒީކާންގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ހިނތުންވުމަކާއި ނުލާ ވެސް ގެނެސްދެ އެވެ.

 

ފޯނާއި ކުޅެން ހުރި ޒީކާން ދޮރާއި ދިމާލަށް ބަލައިލީ ދޮރު ހުޅުވާލަމުން މީހަކު ކޮޓަރިން ނިކުތުމުން ނެވެ. ވަގުތުން އެއީ މިޝްޔާ ނޫން ދެވަނަ މީހެއް ނޫން ކަން ޒީކާން އަށް ޔަގީންވި އެވެ. ދެން އެހެން ނޫނަސް މިޝްޔާ ނޫން އިތުރު މީހަކު އޭނާ އުޅޭ ކޮޓަރީގައި ނުވެސް އުޅޭނެ ތާ އެވެ.

މިޝްޔާ ކޮޓަރިން ނިކުމެ ޒީކާންގެ ގާތުގައި ހުއްޓުމާއި އެކު ޒީކާން މިޝްޔާ އާއި ދިމާލަށް ބަލައިލީ އަސަރެއް ނެތް ގޮތަަކަށް ށެވެ. އެ އަޅާލުން ކުޑަ ކަމުގެ ފަހަތުގައި ވާ ސިއްރު މިޝްޔާ އަށް އެނގުމުން މިޝްޔާ އަށް ހީވީ އޭނާގެ ހިތް މަރުވެދާނެ ހެއްނެވެ.

 

ކަޅު ކުލައިގެ ހޫޑީ އަކާއި އެކު ހަމަ އެކުލައިގެ ޖީންސް އެއް ލައިގެން ހުރި މިޝްޔާގެ ބޮލުގައި ޒަމާނާއި އެއް ގޮތަށް އޮޅާލެވިފައިވާ ކަޅު ކުލައިގެ ޝޯލް އެއް އޮތެވެ. މޫނުގައި އެއްވެސް ކަހަލަ މޭކަޕް އެއް ކޮށްފައި ނެތް ނަމަ ވެސް މިޝްޔާ ހީވަނީ ސާދަ ވިލޭރޭގެ ހަނދު ހެންނެވެ. އެހެން ނަމަވެސް އެވަގުތު ވެސް މިޝްޔާ ގެ ކައިރީގައި ހުރި ޒީކާން އަކަށް މިޝްޔާގެ އެ ރީތިކަމުގެ ސަބަބުން އަސަރެއް ކުރި ހެނެއް ހިއެއް ނުވެ އެވެ.

 

“ދާން ވީނު” ފޯނު ޖީބަށް ލަމުން ޒީކާން ބުނެލީ އޭނާގެ އެއް ފަޅީގައި ލައްގާފައި އިން ކަޅު ކުލައިގެ ކުޑަ އެއް ނަގަމުން ނެވެ. ޒީކާން ކުޑަ ނެގުމާއި އެކުމިޝްޔާ ބަލާލީ ހާމަ އަށް ފެންނަން އޮތް އުޑާއި ދިމާލަށް ށެވެ. މުޅި އުޑުމަތި ވިލާތަކުން ބައްދާލާފައި ވާ އިރު ޝާހީ ކަމާއި އެކު އުޑު މަތީގައި ބަބުޅަމުން ގެންދާ އެންމެ ތަރި އެއްގެ ހިލަމެއް ވެސް ނުވެ އެވެ. ވިލާތަކުގެ ތެރެއިން ރުވާފައި ދޫކޮށްލާ ފަދަ ތީރު ތަކެއް ހެން ވާރޭގެ ކަނިތައް ބިމަށް ހަމަލާ ދެމުން ދިޔަ އެވެ. މާ ބޯކޮށް ވާރޭ ނުވެހުނު ނަމަވެސް އެ ގެސްޓް ހައުސް އިން ފެރީ ޓާމިނަލް އާއި ހިސާބަށް ދެވޭ އިރު ތެމޭނެ ކަން ޔަގީނެވެ.

 

ޒީކާން ހިނގައިގަތުމާއި އެކު ޒީކާން އާއި އެއްވަރަށް މިޝްޔާ ހިނގައިގަތެވެ. ޒީކާން އާއި މިޝްޔާ އެކު އެކީގައި ތިބި އިރު ބަލާލާ މީހަކަށް އެ ދެ ޒުވާނުން ސިފަ ވެގެން ދާނީ ޖޯޑެއްގެ ގޮތުގައި އެވެ. އެހެން ނަމަވެސް ދެ ހިތުގެ ދެމެދުގައި ވާ ދުުރުކަމުގެ ސަބަބުން އެ ދެމެދުގައި ލޯ ތަކަށް ސިއްރުވެފައި ވާ ފަދަ ލޯވަޅެއް ވެ އެވެ. މިޝްޔާގެ ހިތް ވަނީ ޒީކާން އަށް ހިބައިން ދިފާ ކަމުގައި ވީ ނަމަވެސް ޒީކާން ގެ ހިތް ވަނީ މިޝްޔާ އާއި އެތައްހާސް މޭލެއް ދުރުގައި އެވެ.

 

ޒީކާން އާއި މިޝްޔާ ފެރީ ޓާމިނަލް އާއި އަރާ ހަމަކޮށްލި ވަގުތުވީ ވިދުވަރަކާއި އެކު ގުގުރި އެއް ޖަހާލި ވަގުތަށް ވުމުން އޮޅުމަކުން މިޝްޔާ އަށް ހިފުނީ ޒީކާން ގެ އަތުގައި އެވެ. ކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން އެނގުމާއި އެކު މިޝްޔާ ޒީކާން އާއި ދުރުވެލި އެވެ. “ސޮރީ” ކިރިޔާ ޒީކާން އަށް އަޑު އިވޭހާ މަޑުން މިޝްޔާ ބުނެލި އެވެ. ޒީކާން މިޝްޔާ އާއި ދިމާލަށް ބަލައިލުމަށް ފަހު އޭނާގެ އަތުގެ އިނގިލިތައް މިޝްޔާގެ އަތުގެ ތެރެ އަށް ލައްވާލި އެވެ. ޒީކާންގެ ފިނި އަތުގެ ބީހުން އިހުސާސް ކުރެވުމާއި އެކު މިޝްޔާ ހިތަށް ހީވީ ފެން އެއްޗެއް އޮއްސާލި ހެންނެވެ.

ނުނިމޭ

Comments (15)

  1. Ishu

    Mi part ves vrh furihama… Maasha allah
    Mish n zeek gulhuvahchey
    Nuk n aleekaa ves
    When next???
    Curiously waiting for the next part
    Lysm rifoo

  2. leeshaa

    heyy rifoo…
    Mi part vx vrh reethi Masha Allah ❤️❤️❤️
    mi vaahakaiga ulheyhaa loabiveriyaku gulhuvahcheyy…
    eyrah salhi vaane…
    aharun athuga hifaaneka meehaku vx nethiyyaaa…
    ehn v ma hithakah fen ehcheh noasseyne ehnu 😭😂
    mi part kiyai nimunu iru ma meenee hama bas huhttifa…
    dhn neyngey ithurah kiyaane ehcheh vx
    hama ehaa furihama…
    adhi thankolheh kuru dhw cmmnt 🙄
    lyssm rifoo ❤️

    1. SHAAYAN
      leeshaa

      Aslu vec dho leeshaa

    2. leeshaa
      leeshaa

      hehe

  3. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    nuk and aleeka gulhuvachey
    mish and zeek ves
    aika and aleek
    lai and rayaan
    zaa and kiyaan
    they all are made for each other
    mi part kiyaafa rovijje mish ah vee gothun
    i appreciate your hard work
    miyee varah intresting kamaa eku kiyaa hithun kiyaala vaahaka eh
    your my fav author
    thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    tc
    ly rifoo

  4. Dhooni

    Mi part ves varah Reethi Masha Allah
    Kon irakun next part kiyaalan libeynee

  5. SHAAYAN

    Hey Rifooo
    Mi part vec varah Reethi Masha Allah.
    Alhey haadha Reethi koshey thi nimmaalee
    Curiously waiting for the next part inge
    Love you 💙

  6. Eesh

    Hey Rifoo
    Rifoo ah ingey thr mi part ah varah inthizaaru kohfeemey. Dhen iyye rey avahah nidhaafa haaru kaan heylaafa vec foiy nukiyaa phone nunegeyne thy ey aslu comment las v.
    Anyways varah Reethi story ingey. Zeek an mish avahah gulhuvaba rifoo
    And nuk and lleeka vec dhw. 😆
    When is next part Rifoo???
    Lyysssmm

  7. Rauha

    Heyyy Rifooooo
    Varah Reethi ingey mi part ves
    Next part ge inthizaaruga hama.
    Zeek kahala kujjeh libeyne nama ey hithah araa 😂. Ekam nulibeyne kan ingeyey fiction meehun v ma 😭.lol 😂 hehe
    Next part kon irakun. Ok ingey las viyas i know Rifoo ves busy vaane kan.kithanme kiyaa hiyy viyas dhen keyy kurevey tho balaany☺️
    Love you 😘

  8. Rauha

    Hey laurey gandaa me Rifoo and nish dhen majalakah kee ehchekey eii. Hama dhen ehaa serious vaan heyo nuvaane. Aslu kurin part ga ehen bunan ulhuny.ekam dhen busy kamun keeh kuraany

    1. Laura
      Rauha

      Hahaha very funny. Lau ves majalakah thi meehunnah vaa goi balan jessi act ekey eii 🤪

  9. Luv

    Alhey mi part vex varah lwbi ingey. Dhen hama bunaane ehcheh vex nei. Hama inthizaaru kureveny next part ah. Next part avahah genesdhehchey.
    Ly ❤️

    1. Laura
      Luv

      Hey Rifoo
      I wish ingey lau ah ves zeek mn kahala kujjeh libeyne nama ey. Lol 😂 ekam eyrun single ekey nubuneveyne dho. Forever single card elhey tho mi balani school nimen dhen.
      Alhey i really felt bad for mish. Zeek aslu mish ah varah care kurey dho even though he didn’t like mish. Aslu varah loabi couple ehen gothakah bunanyya.
      Dhen nuk dho omggg he like al what did he says in last part i was like 😲.and ingey tha lau gaathah varah hini a ey nuk ge angain bas beyru nu v ma.
      Varah comment dhigu kurevujje thaa?
      Dhen nimuny ingey next part ah dhen mi varah alhaanan
      Love you 😘

  10. asee

    admin next part pls

  11. Anonymous

    Rifoo
    Next part after IGCSE,right??
    And by the way which stream are you studying?? Hehe nothing serious just curious

Comments are closed.