ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…72
އެކި ތަންތަން ބަލައިގެން ވެސް ނުކްޝާން އަަށް އެއްވެސް އެއްޗެއް ނުފެނުމުން ނުކްޝާން ރާއިލްގެ ސްޓަޑީ ޓޭބަލްގެ ކައިރީގައި އިށީނދެލި އެވެ. ނުކްޝާން ގެ ނަސީބު އޭނާގެ އަތުގައި ހިފީ އެވަގުތު އެވެ. ލައްޕާފައި ވާ ރާއިލް ގެ ނޯޓް ބުކް ހުޅުވާލި ވަގުތު އޭގެ ތެރޭގައި ލިޔެފައިވާ އޮތް އެއްޗެއް ނުކްޝާން ގެ ލޮލުގައި އަޅައި ގަތެވެ. އެ ޖުމުލަ ފަރުވާ ކުޑަ ގޮތަކަށް ކިޔާލި ނުކްޝާންގެ ލޯލިތައް ކޮޅަށް ޖެހުނީ އެ ޖުމުލަ ރަނގަޅަށް ކިޔާލުމުން ނެވެ.ލިބުނު ސިހުމުގައި ނުކްޝާން އަށް ދެވަނަ ފަހަރަށް ވެސް އެ ޖުމުލަ ކިޔާލެވުނެވެ.
********************
“ޔޫ މީން ދަ ވޯރލްޑް ޓު މީ. އައި ލަވް ޔޫ ޒާ” ނުކްޝާން ގެ އަނގައިން ފުދޭ ވަރަކަށް ބާރަށް ނިކުން އެ ޖުމުލަ ޒީކާންގެ ކަންފަތުގައި ޖެހުމާއި އެކު ސިހިފައި ޒީކާން ނުކްޝާން އާއި ދިމާލަށް ބަލައިލި އެވެ. އެ ބަލާލުމުން އެކަނި ވެސް ޒީކާން ގެ ހިތަށް މި ވަގުތު އަރާ ފައިބަމުން ދިޔަ އެއްޗެހި ނުކްޝާން އަށް އެނގުނެވެ. “މިއީ ރާއިލް ގެ ފޮތުގައި ލިޔެފަ އިން އެއްޗެކޭ. ނުކް ހަމަ ހުރެފަ ކީ އެއްޗެއް ނޫނޭ” ދެލޯ ބޮޑު ކޮށްލަމުން ނުކްޝާން ބުނެލި ޖުމުލަ އިން ޒީކާން ނުކްޝާން އިން ގޮނޑި ކައިރި އަށް ދިޔަ އެވެ. ޒީކާން އައުމާއި އެކު ނުކްޝާން އެ ފޮތް ލައްޕާލި އެވެ. “ނުދައްކާނަން . ދެންމެ ޒީކް ބުނީ ހަމަ އެހެން މީހުން ވެސް ޕްރައިވެޓް ކޮށް ގެންގުޅެން ބޭނުންވާ އެއްޗިހި ހުންނާނެ އެއް ނޫން ހެއްޔޭ. ދެން މިހާރު ވެސް އިނދެބަލަ ކުރިން އިން ތާނގަ. ކުދިންގެ ޕްރައިވެސީ ބަލާކަށް ނުވާނެ އޭ ކިޔާފަ” ޒީކާން އަށް ފޮތް ނުދައްކާން ވެގެން އެކި ކޮޅު ކޮޅަށް ނުކްޝާން ފޮތް އަނބުރަމުން ދިޔަ އެވެ.”އަޅެ ދެން ޒާގެ ވާހަކަ އެއް އިނިއްޔާ ބަލަން ޖެހޭނެ ދޯ” ޒީކާން ބުނެލީ ދެރަ ނުވާން ވެގެން ނެވެ.
“އޯކޭ އޯކޭ.ރާއިލް އަައިމަ ނޭނގޭ ކަމަށް ހެދިގެން އިނގޭ ހުންނާނީ” ނުކްޝާން ބުނެލީ އޭނާ ކިޔާލި ދެ ޖުމުލަ އިން ގަނޑު ހުޅުވާ ޒީކާން އަށް ދައްކާލަމުން ނެވެ. ވަގުތުން ނިކަން ފަސޭހައިން ޒީކާން ބޯ ޖަހާލައިފި އެވެ. އެ ދެ ޖުމުލަ ކިޔާލި ޒީކާން ބޭނުންވީ ދެން ހުރި ގަނޑުތައް ވެސް ކިޔާ ށެވެ. އެއީ ރާއިލް ގެ ޑައިރީއޭ އޭނާގެ ހިތް ބުނަމުން ގެންދާތީ އެވެ. “އޭ ނޯ. އެހެން ގަނޑުތައް ކިޔަން ހަދައިގެން ނުކް އަށް ހީވަނީ އަހަރުން ދެމީހުން ހެން ޖެހޭނީ ތި ކިޔާފަ ރާއިލް ގެ ކުރިމައްޗަށް އަރަން ލަދުން އުޅެން”ނުކްޝާން ބުނެލީ އެތެރެ ބަލާލުމެއް ނެތި އޭނާ ހީވާ ގޮތުގެ ވާހަކަ އެވެ.
އެވަގުތު އެއީ ކާކު ގެ ނަސީބެއް ކަމެއް ނޭނގުނެވެ. ދޮރު ހުޅުވާލާފައި ރާއިލް ގެ އިތުރުން ރައިނާ ކޮޓަރީގެ ތެރެ އަށް ވަދެގެން އައެވެ. ވަގުތުން ނުކްޝާން އާއި ޒިކާން އެ ފޮތުން އަތް ދޫކޮށްލައިފި އެވެ. އެހެން ނަމަވެސް އެ ދެ ޒުވާނުންނާއި ދިމާލަށް ރާއިލް ބަލައިލީ ފާޑަކަށެވެ. އެ މޭޒުގެ ކައިރީގައި ދެ ޒުވާނުން ވެސް ތިބުމުން ކަންނޭނގެ އެެވެ.
“ބަލާބަ ރައި މި އޮށް ދައްކާ ވާހަކަ އެއް” ދެ ޒުވާނުންގެ މޫނަށް ފާޑަކަށް ބަލައިލަމުން ރާއިލް ބުނެލި އެވެ. ވަގުތުން ނުކްޝާން އާއި ޒީކާން އެއް ބުމަ އަރުވާލީ ރައިނާ އެ ކިޔާ އެއްޗެއް އެމީހުންނަށް ވެސް ކިޔާލަ ދޭށޭ ބުނެލާ ފަދަ ގޮތަކަށް ށެވެ. “ދޮނާ އަށް ލައްވާނީ ކޮން ކަހަލަ ހެދުމެއް ހެއްޔޭ ރައި މި އަހަނީ” ރައިނާގެ ޖުމުލައިން ނުކްޝާން އަނެއް ފަރާތަށް އެނބުރުނު އިރު ޒީކާން އިސްޖަހާލީ އެވެ. “އޭ ޒީކް ބަލާބަ އޭންދަ ދޫންޏެއް”ކޮޓަރީގެ ބެލްކަންނީގައި އިން ދޫނި ދައްކާލަމުން ނުކްޝާން ވާހަކަ އޮޅުވާލި އެވެ.
ރައިނާގެ ކައިރީގައި ހުރި ރާއިލް ގެ ގާތަށް އެދެމީހުންގެ އެ ހަރަކާތުން އައީ ހިންޏެވެ. އެ ސުވާލުން ރެކި ގަންނަން އެ ދެ ޒުވާނުން އެ ކަހަލަ ކަމެއް ކުރުމުން ކަންނޭނގެ އެވެ. ރައިނާ އޭނާ އާއި ދިމާލަށް ބަލައިލުމާ އެކު ރާއިލް ކޮނޑު އަރުވާލި އެވެ.
“އާނ ދެން މިހެން ދޯ ހެދެނީ ވެސް. އަހަރުންނަށް އިނގޭތަ އަޅެ ފަހެ ރައިޝާ އަށް ޕްރޮޕޯސަލް އަކަށް ލައްވަން ޖެހެނީ ކޮން ކަހަލަ ކޮން ކުލައެއްގެ ހެދުމެއް ކަމެއް” ރައިނާ އާއި ދިމާލަށް ދެލޯ އަޅާލަމުން ނުކްޝާން ބުނެލީ މަޑުމައިތިރި ރާގެއްގައި އެވެ. “އަހަރުންނަށް އިނގިދާނެ ޒީކް އަށް ލައްވަންވީ އެއްޗިހި. އެކަމު ހަމަ ހިލާ ރައިޝާ އަށް ލައްވާނެ އެއްޗެއް ނޭނގޭނެ ދޯ” ނުކްޝާން ދޯ އެއްލީ ރާއިލް އަށް ށެވެ. ވަގުތުން ރައިނާ އަށް ނުފެންނާނޭ ހެން ރާއިލް ބޯ ޖަހާލި އެވެ. “ރައި ބޭނުން އެއްޗެއް ލައްވައިގެން ގެނޭ. ދެން ތި ސުވާލު ނުކުރައްޗެ އިނގޭ ކޮންމެ ސުވާލެއް ކުރި އަސް”ދެން ވެސް ވާހަކަދެއްކީ ނުކްޝާން އެވެ. “އަޅެ ދެން ރައި އަށް ނޭނގުނީމަ ދޯ” ރައިނާ ފާޑަކަށް އަނގަ ހަދާލަމުން ކޮޓަރިން ނިކުނަން ހިނގައިގަތެވެ.
” ރާއިލޫ.ދެން އެކަހަލަ ސުވާލެއް ރައި ކުރީމަ ބުނަން ޖެހޭނެ ދޯ. ދޮންބެ މީ ފިރިހެނެކޭ ތި ސުވާލު ނުކުރާށޭ” ދެ ފަރާތަށް ބޯ ހޫރުވާލަމުން ނުކްޝާން ބުނެލި އެވެ. ވަގުތުން ރާއިލް ނިކަން ފަސޭހައިން ކޮނޑު އަރުވާލައިފައި އެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. އިރު ދުނިޔެ އާއި އަލްވަދާޢު ކިޔަން އޭގެ އެންމެ ފުރަތަމަ ތައްޔާރީތައް ވަމުން ދިޔަ ވަގުތެވެ. އުޑުމަތީގައި އިރު އިން ހިސާބުގެ ސަބަބުން ބޮޑެތި ބިލްޑިންގ ތަކުގެ ހިޔާ މަގުތައް މައްޗަށް އެޅިފައި އޮތެވެ. ކާރުގައި ޒީކާންމެން ޑްރީމް ސްޓޭ އަށް ދަތުރު ފަށާފައިވާ އިރު މަގުމަތިން ފުދޭ ވަރަކަށް މީހުން ފެނެ އެވެ. އެއްބައި މީހުން ފައި މަގުގައި ހިނގާފައި ދިޔަ އިރު އަނެއްބައި މީހުން ދިޔައީ ކާރު ތަކުގައި އެވެ. ކާރުތަކުގައި އެކި ދިމަ ދިމާލަށް މިސްރާބު ޖަހާފައިވާ މީހުންގެ ތެރޭގައި ޒީކާންމެން ވެސް ހިމެނޭނެ ކަން ޔަގީނެވެ.
ޑްރީމް ސްޓޭގެެ ދޮރު މައްޗަށް ކާރު މަޑުކޮށްލުމާއި އެކު ޑްރައިވަރ ގާތު ހައެއް ޖަހާއިރު އެމީހުން ބަލާ އައުމަށް އެދުމަށް ފަހު ޒީކާން އާއި ނުކްޝާން ގެ އިތުރުން ރާއިލް ޑްރީމް ސްޓޭ ގެ ތެރެ އަށް ވަންނަން ހިނގައި ގަތެވެ. ޑްރީމް ސްޓޭ ގެ ޓެރަހުގެ ދޮރު ހުޅުވާލުމަށް ފަހު ޓެރަސް މައްޗަށް އެރި ޒީކާން އަށް ނުކްޝާން އާއި ދިމާލަށް ބަލައިލެވުނު އިރު ނުކްޝާން އަށް ވެސް ޒީކާން އާއި ދިމާލަށް ބަލައިލެވުނެވެ. ޒީކާންމެންގެ މޫނުމައްޗަށް އަރާ ފޭބި ކުލަވަރު ތައް ރާއިލްގެ ލޮލުގައި އަޅައިގަތުމާއި އެކު އޭނާ އަށް ޒީކާންމެންގެ ނަޒަރު ހުއްޓިފައި ހުރި ދިމާލަށް ބަލައިލެވުނެވެ.
ޒީކާންމެންގެ ނަޒަރު ހުއްޓިފައި ހުރި ދިމާލަށް ބަލައިލި ރާއިލްގެ ލޮލުގައި އަޅައިގަތީ ފަހަތަށް އެނބުރި ލައިގެން ހުރި ފިރިހެނެކެވެ. ލާފައި ހުރި ކަޅު ކުލައިގެ ޓީޝާޓާއި އެކު ކަޅު ކުލައިގެ ޖީންސްގެ ސަބަބުން ސާދާ ގޮތެއް ހުއްޓެވެ. އެއީ ކޮންމެ މީހަކަސް އޭނާ މި ތަނަށް އެރުމުން ޒީކާންމެންނަށް ވީ ގޮތް ނޭނގިފައި ރާއިލް އަށް ބަލާލެވުނީ އޭނާ އާއި އެންމެ ކައިރީގައި ހުރި ނުކްޝާން އާއި ދިމާލަށް ށެވެ. “ވެއިޓް.އެއީ ކާކު؟” ރާއިލް ވައި އަޑުން ކޮށްލި ސުވާލު ނުކްޝާން ގެ އިތުރުން ޒީކާންގެ ކަންފަތުގައި ވެސް ޖެހުނެވެ.
ރާއިލް ގެ ސުވާލަށް ޖަވާބު ދޭން އަނގަ ހުޅުވާލި ނުކްޝާން އަށް އަނގަ ލައްޕާލަން މަޖުބޫރުވީ ފުރަގަސް ދީގެން ހުރި އެމީހާ އެ ތިން މީހުންނާއި ކުރިމަތި ލުމުން ނެވެ. “މީ މީހުން ކަންކަން ސެލެބްރޭޓް ކުރާ އިރު ތަން ޑިޒައިން ކުރާ ގޮތް” އެ މީހާގެ އެ ސުވާލުން އެކަނި ވެސް އެއީ ކާކު ކަން ރާއިލް އަށް އެނގުނެވެ.
ޒަޔާންގެ ޖުމުލައިން ވަށް ކަޅިން ޒީކާން ބަލާލީ ނުކްޝާން އާއި ދިމާލަށް ށެވެ. އޭރު ނުކްޝާން ގެ މޫނުމަތިން މާ ބޮޑު އަސަރުތަކެއް ނުފެނެއެވެ. ” ރެޑް ކުލަ އަކީ ކަލާ ކޯޑަށް ވީމަ ރެޑް ކުލައިން މި ތަން ޑިޒައިން ކުރެވިދާނެ . އެކަމު ރެޑް ރޯސް އެއް ޔޫސް އެއް ނުކުރާނެ” ޒަޔާން ގެ ވާހަކައިން އިން ނުކްޝާން ބޯ ކާހާލެވުނެވެ. އަދި އެމީހުނަށް ގަޔަށް ދިޔަ އިރު ވެސް ދެވުނީ ރަތް ކުލައިގެ ފިނިފެންމާ ތައް ނަގާފައި ހާމަ އަށް ފެންނަ ގޮތަށް ބަހައްޓާފައި ވިއްޔާ އެވެ. އެހެން ނޫނަސް ދެން އޭނާ އެއް ޒަޔާން އަންނާނެ ކަމަށް ހީ ކުރާނެ ހެއްޔެވެ؟ ޒަޔާން އުޅުނީ ވެސް އޭނާ މި ހުރިހާ ކަމެއް ކުރަން ރޭވި އިރުގައި މެލޭޝިޔާ އަކު ވެސް ނޫން ވިއްޔާ އެވެ.
އިރުކޮޅެއް ވަންދެން ވިސްނާލުމަށް ފަހު ނުކްޝާން އޭނާގެ އަނގަ ހުޅުވާލި އެވެ. “ތުއްތު ޕްރޮމިސް ކުރޭ ކޫ ކައިރީ ނުބުނާނެ ކަމަށް. ދެން ރުޅި ވެސް ނާންނާނެ ކަމަށް” ނުކްޝާން ބުނެލީ އިތުރު ގޮތެއް ނެތުމުން ނެވެ. “ރުޅި އަންނަ ކަހަލަ ކަންތައްތަކުގަ ރުޅި ވެސް އާދެވޭނެ ދޯ. އެހެން ހުރިހާ ކަމެއް ދޫކޮށްލައިގެނެއް ނުހުރެވޭނެ އެއްނުން” ދެ ބުމަ ކައިރި ކޮށްލަމުން ޒަޔާން ބުނެލި އެވެ. ޒަޔާންގެ ޖުމުލައިން ނުކްޝާން މަޑުމަޑުން އޭނާގެ ކައިރީގައި ތިބި ޒީކާން އަށްށާއި ރާއިލް އަށް އަޑު އިވޭ ވަރަށް އަޅޭ އޭ ބުނެލި އެވެ. އޭރު ނުކްޝާން އަށް ވުރެ ބާރަށް ޒީކާންގެ ހިތް ދިޔައީ ތެޅެމުން ނެވެ.
“އެއް ކަމަކަށް ޔަގީން ކަން ދޭނަށް. ކޫ ކައިރީ އެއް ނުބުނާނަން. ތުއްތު ކައިރީގަ އެއްކަލަ ވާހަކަ ނުކް ބުނީމެއްނު ދޯ. އެވާހަކަ އަދި ވެސް ކޫ އަކަށް ނޭނގޭނެ” ޒަޔާން ބުނެލީ ކޮން ކަލަ ވާހަކަ އެއް ކަމެއް ޒީކާން އަށްށާއި ރާއިލް އަށް ނޭނގުނު ނަމަވެސް ނުކްޝާން އަށް އެނގުނު ކަން ޔަގީންވީ ނުކްޝާން އޯހ ލައްވާލި ގޮތުން ނެވެ. “އަސްލު ތުއްތު ކައިރީގަ ޑްރީމް ސްޓޭ ބުކް ކޮށްލަ ދޭށޭ ބުނީ…” ނުކްޝާން އަށް އެހާ ހިސާބަށް ބުނެވުމާއި އެކު ޒީކާން ދެ ލޯ މައްޗަށް އަރުވާލަމުން އޯހ މައި ގޯޑް އޭ ކިޔާފައި ފަސް އެނބުރި ޓެރަސް އިން ނިކުންނަން ހިނގައިގަތެވެ. ޒީކާން ބުނެލީ ފުދޭ ވަރަކަށް ބާރަށް ކަމުން އެ ތިން ޒުވާނުންނާއި ފުދޭ ވަރަކަށް ދުރުގައި ހުރި ޒަޔާން އަށް ވެސް އެ އަޑު އިވުނެވެ. “މިހާރު އިނގިއްޖެ ދޯ” ނުކްޝާން އޭނާގެ ބޮޑުވައި އިނގިލިން ޒީކާން ދައްކާލަމުން ޒަޔާންގެ ގާތުގައި ބުނެލި އެވެ.
ވަގުތުން ޒަޔާން ޒީކާން އާއި ދިމާލަށް ބަލައިލަމުން ހްމްމް އަޅުވާލި އެވެ. އެ އަޑުގައި އެއްވެސް ހިތްހަމަ ނުޖެހުމުގެ އަސަރެއް ނެތުމުން ނުކްޝާން ގެ އިތުރުން ރާއިލް އަށް ފުން ނޭވާ އެއް ލެވުނެވެ. އޭރު ޒީކާން ޓެރަސް އަށް ވަދެ ނިކުމެ ހަދާ ދޮރުގެ ކައިރީގައި ހުރެފަައި ޒަޔާން އާއި ދިމާލަށް ބަލައިލަނީ އެވެ. ޒަޔާންގެ އަޑުގައި އެއްވެސް ކަހަލަ ހިތްހަމަ ނުޖެހުމުގެ އަސަރެއް ނެތުމުން ކަންނޭނގެ އެވެ.
“ތުއްތު ކޮން އިރަކު އޯ އައީ” ޒީކާން އެ ހުރި ތަނުގައި ބަހައްޓާފައި ނުކްޝާން މައުޟޫ ބަދަލުކޮށްލިއެވެ. “ދެންމެ ހަމަ މި އައީ. މެލޭ އަށް އައި ގޮތަށް މި ތަނަށް މި އައީ. ދެން ދާންވީ ގެއަށް” ޒަޔާން ބުނެލީ ބޯ ކަހާލުމުން ނެވެ. ވަގުތުން ނުކްޝާން އެހެން ހެއްޔޭ އަހާލި އެވެ.
“ދެން ދަނީ އިނގޭ. މި ތަނަށް ކުރީ ކީއްތޯ ބަލާލަން އަސްލު މި ވަދެލީ. ކޮންމެ ހެން ބޮޑު ސިއްރެއް ފެނޭތޯ ކޮންނާކަށް ނޫން” ޓެރަސް އިން ނިކުންނަމުން ޒަޔާން ބުނެލީ މާނަ ފުން ޖުމުލަތަކެކެވެ. ނުކުމެގެން ދަމުން ވެސް ޒަޔާން ޓެރަސްގެ ދޮރު ކައިރީގައި ހުރި ޒީކާން އާއި ދިމާލަށް ބަލައިލި އެވެ.
ޒަޔާން ޓެރަސް އިން ނިކުމެގެން ދިއުމާއި އެކު ޒީކާން ނުކްޝާން އާއި ދިމާލަށް ބަލައިލީ ދެލޯ ކުޑަ ކޮށްލަމުން ނެވެ. “ޔޫ އިޑިއަޓް. އެންމެ ފަހުން ބައްޕަ ކައިރީ ގަ ވިއްޔާ ބުނީ” ޒީކާން ބުނެލީ ދެ އަތް އުނަގަނޑުގައި ވިއްދާލަމުން ނެވެ. “އެޓް ލީސްޓް ތުއްތު ރުޅި އެއް ނާދެ އެއްނުން” ނުކްޝާން ދެ ކޮނޑު އަރުވާލި އެވެ. “ހެވޭ ރުޅި ނަޔަސް” ޒީކާން އަނގަ ހަދާލި އެވެ. ނުކްޝާން ވެސް ޒީކާން އާއި ދިމާލަށް ރައްދުގައި އެއްޗެކޭ ބުނުމުގެ ބަދަލުގައި އެވަގުތު އެޅުގަތީ ދެން ނުކޮށް ހުރި ކަންތައްތައް ކުރުމަށް ށެވެ.
ހައެއް ޖަހަން ދިހަ މިނެޓަށް ވެފައި އޮށްވާ ކުރަން ޖެހޭ ހުރިހާ ކަމެއް ނިމުމާއި އެކު ހަމަޖެހިފައިވާ ހިތަކާއި އެކު ތިން ޒުވާނުން މުޅި އެ ބޮޑު ޓެރެސް އާއި ދިމާލަށް ބަލައިލި އެވެ. މުޅި ޓެރަސް ކާރޓައިން ގަނޑަކުން ދެ ފަޅި އެއް ވަރަށް ފަޅާލާފައި ވާ އިރު ޓެރަސް އަށް ވަންނަ ދިމާއިން ފެންނަމުން ދިޔައީ ޕްރޮޕޯސަލް އޮތް ދިމާލެވެ. އެ ކާރޓެއިން ގަނޑު ގެ އަނެއް ފަޅި ޑިނާ ނައިޓް އަކަށް ތައްޔާރު ކޮށްލާފައި ވާ އިރު ކިތަންމެ ހާ ވެސް ފުރިހަމަ އެވެ. މުޅި ޓެރަސްގެ އެކި ދިމަ ދިމާލަށް ރަތް ކުލައިގެ ފުއްޕާ ހަންތަކާއި އެކު ފިނިފެންމާ ފިޔަތައް އަޅާލާފައި ވެއެވެ. މެދުގައި ބޮޑު ހިތެއް ފިނިފެންމަލުގެ ފިޔައިން އަޅާލާފައި ވާ އިރު އެ ފިނިފެންމާ ފިޔަލުގެ އެތެރޭގައި ފެއަރީ ލައިޓްސް އިން ހިތެއް އަޅުވާލާފައި ވުމުން އެ ފިޔަތައް ވެސް ހުރީ ދިއްލިފައި އެވެ. އެ ހިތުގެ ކުރި އަށް ވާ ގޮތަށް ފާރުގައި ފުއްޕާ ހަމުން ވަނީ “ވިލް ޔޫ ބީ މައިން”ޖަހާލާ ފައި އެވެ. މުޅި އެތަނުގައި ވެސް ދިއްލާފައި ވާ ފެއަރީ ލައިޓްސް ތަކުން އެ ތަން ފެންނަމުން ދިޔައީ ހުވަފެނީ ގޮތަކަށް ށެވެ.
“ރީތި ދޯ” އޮއްސެމުން ދިޔަ އިރުގެ ދަޅަތަކާއި އެކު ތަނަށް ވެރިވެފައިވާ ހިތް ގައިމު ކުލަ އަށް ބަލާލަމުން ނުކްޝާން ބުނެލީ ޒީކާންގެ ކޮނޑުގައި ޖަހާލަމުން ނެވެ. “ރީތި.އެކަމު ދެން ގެ އަށް ގޮއްސަ އަރަން ޖެހޭނީ ބައްޕަގެ ކުރިމައްޗަށް” ޒީކާން ބުނެލީ ގަޑިން ހައެއް ޖަހަން ކައިރިވެފައި ވުމުން ނެވެ. ވަގުތުން ނުކްޝާން ޒީކާން އާއި ދިމާލަށް ބަލައިލަމުން ދެ ފަރާތަށް ބޯ ހޫރުވާލި އެވެ. ޒީކާން އެ ވަރަށް ޒަޔާންގެ ކުރިމައްޗަށް އަރަން ޖެހޭތީ ބިރުން އުޅެންޏާ ދެން ނުކްޝާން ދެ ފަރާތަކަށް ނޫނެވެ. މައްޗަށް ތިރި އަށް ވެސް ބޯ ހޫރުވާނެ އެއް ނޫން ހެއްޔެވެ. “ނުކް ކުއްޖަކަށް ޕްރޮޕޯސް ކުރާ އިރު ބައްޕަ އަށް އެނގުނަސް ބައްޕަގެ ކުރިމައްޗަށް އަރާނަން” ނުކްޝާން ބުނެލީ ފޮނި ގޮތަކަށް ބުމަ އަރުވާލަމުން ނެވެ. “އޭ ދެމީހުން އެކަކު އަނެކަކާއި ދިމާ ނުކޮށް ހިނގާ ނިކުނަން ޑްރައިވަރ އައިއްސި” ނުކްޝާން އާއި ޒީކާން ގެ ހަރަކާތްތަކަށް ބަލަމުން ޓެރަސް އިން ބޭރު ބަލަހައްޓައިގެން ހުރި ރާއިލް ބުނެލީ އެތަނުން ދުރަށް ޖެހިލަމުން ނެވެ.
ވަގުތުން ނުކްޝާން ދެ އަތް މައްޗަށް އަރުވާލަމުން ޓެރަސް އިން ނިކުނަން ހިނގައި ގަތެވެ. ފަހަތުން ރާއިލް އާއި ޒީކާން ވެސް ނުކްޝާންގެ ފަހަތުން ނިކުންނަން ދިޔަ އެވެ.
ޒީކާން އާއި ނުކްޝާން އަށް ގެ އަށް ދެވުނު އިރު މަޣްރިބު ނަމާދަށް ގޮވަނީ އެވެ. އެ ވަރުން ޒީކާން ޒަޔާންގެ ކުރިމައްޗަށް ނާރާން އުޅުމުން ވެސް ޒީކާން ޒަޔާންގެ ކުރިމައްޗަށް އެވަގުތު އަރަން ޖެހުނެވެ. ޒީކާންމެން ގެ އަށް ވަން ވަގުތުވީ ޒަޔާން ގެއިން ނުކުންނަން އައި ވަގުތަށް ވުމުން އެވަގުތު ޒަޔާން އާއި ބައްދަލު ނުވެ ޒީކާން އަށް ގެ އަށް ނުވަދެވުނީ އެވެ. “ނަމާދުކޮށްގެން އިޝާ ފަހުން ވެސް ތިދާ ތާކަށް ދާތި” މާ ގިނަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި ގެއިން ނިކުތުމުގެ ކުރަން ޒަޔާން ބުނެލި އެވެ.
“އޯ އެމް ޖީ. ނުކް ހީކުރީ ބަޑި އެއް ކަމަށް ޖަހާނީ” ދެލޯ ބޮޑުކޮށްލަމުން ނުކްޝާން ބުނެލީ ކޮޓަރީގެ ތެރެ އަށް ވަންނަމުން ނެވެ. ނުކްޝާން ގެ ވާހަކައިގެ ރާގު ހުރިގޮތުން އެކަނި ވެސް ޒީކާން އަށް ނުކްޝާން އެވަގުތު އޭނާ އާއި އެ ދިމާ ކުރަނީ ކަން އެނގުމުން ދެލޯ އަޅާލި އެވެ. “އޭރު ވެސް ނުކް އަށް އިނގެޔޭ ތުއްތު ނުލާހިކު ކޫލް ވާނެ ކަން” ނުކްޝާން އަންހެން ކުއްޖެއް ހެން ތުން އަނބުރާލި އެވެ. ޒީކާން ވެސް ދެން އެހާ ހިސާބުން ދެން ހެވޭ ބުނެލުމަށް ފަހު ފާހާނަ އާއި ދިމާލަށް މިސްރާބު ޖެހިއެވެ.
ލޯގަނޑުގެ ކުރިމަތީގައި ހުރި ޒީކާންގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުން ނެވެ. ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ޒީކާންގެ މޫނުމަތިން ވެސް ފެންނަމުން ދިޔަ އެވެ. އެހެން ނަމަވެސް އެ ނުތަނަވަސްކަމަކުން ވެސް މިރޭ ޒީކާންގެ ރީތިކަން ފަނޑު ނުވެ އެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހަކާއި އެކު ކަޅު ކުލައިގެ ޖީންސް އެއް ލައިގެން ހުރި ޒީކާންގެ ގަމީހުގެ އަތުކުރި ވަނީ އުޅަނބޮއްޓަށް ވުރެ ކުޑަތަންކޮޅެއް ތިރި އަަށް ވާނޭ ހެން އޮޅާލާފައި އެވެ. އަބަދު ވެސް އޭނާގެ އިސްތަށިގަނޑު ސްޓައިލް ކޮށްލާ ގޮތަށް އިސްތަށިގަނޑު ސްޓައިލް ކޮށްލާފައި ވާ އިރު އަތުގައި ކަޅު ކުލައިގެ ރޮލެކްސް ގަޑި އެއް އަޅާފައި އޮތެވެ.
ލޯގަނޑު ގެ ކުރިމަތީގައި ހުރި ޒީކާން ލޯގަނޑުގެ ކައިރިން ދުރަށް ޖެހިލީ ކަޅު ކުލައިގެ ޓީޝާޓަކާއި އެކު ހަމަ އެކުލައިގެ ޖީންސް އެއް ލައިގެން ހުރި ނުކްޝާން އޭނާ ދުރަށް ކޮއްޕާލުމުން ނެވެ. “ދެން ތި ވަރަށް ފަރި ނުވިޔަސް ރައިޝާ ތި ސޮރާ ދިމާލަށް ބަލާނެޔޭ” ނުކްޝާން ބުނެލީ ޖެލް ކޮޅެއް ބޮލުގައި ލުމަށް ފަހު އިސްތަށިގަނޑުގައި ފުނާ އަޅާލަމުން ނެވެ. “ރައިޝާ ނުބަލަފާނެ ތީ ހާހެއް ނުވެޔޭ. ދެން ރައިޝާގެ ކުރިމައްޗަށް އަރާފަ ކިޔާނީ ކީކޭތަ؟” އަވަސް ވެފައިވާ ހިތަކާއި އެކު ޒީކާން ބުނެލި އެވެ. “އައި ލަވް ޔޫ މޯރ ޑީޕްލީ ދެން ވޯޑްސް ކޭން އެވާ އެކްސްޕްރެސް. ޔޫ އާރ މައި އެވްރީތިންގ. އައި ކާންޓް އިމޭޖިން މައި ލައިފް ވިތް އައުޓް ޔޫ. ވިލް ޔޫ ޖޮއިން މީ އިން ބިލްޑިންގ އަ ފިއުޗަރ ޓުގެދާރ؟” ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލައިގެން ހުރި ނުކްޝާން ބުނެލީ އިރުކޮޅެއް ވަންދެން ވިސްނަން ހުރުމަށް ފަހު އެވެ.
“އަސްލު މާ ބޮޑަށް.ކީކޭ ބުނާނީ.މާ ޑީޕް ވާނެ ޒީކްގެ ފީލިންގްސް ތައް އަމިއްލަ އަށް ކިޔާލި ދިނިއްޔާ.ކޮންމެހެން ބޮޑު ސްޕީޗް އެއް ދަަސް ނުކުރި އަސް” ނުކްޝާން ބުނެލި ގޮތުން ހީވީ އޭނާ އަކީ އެ ތަޖުރިބާ ހުރި މީހެއް ހެން ނެވެ. ނުކްޝާން ގެ ވާހަކަ އަަށް ޒީކާން ރައްދެއް ނުދީ ހަމައެކަނި ހިނިތުންވެލީ އެވެ. އެ ހިނިތުންވުން އެވަގުތު އަންހެންކުއްޖަކަށް ފެނިއްޖެ ނަމަ މޮޔަ ވީސް ކަން ކަށަވަރެވެ.
ޒީކާން އާއި ނުކްޝާން ކޮޓަރިން ނިކުން އިރު ޒާރާ އާއި ޒަޔާން އިނީ ސޯފާގައެވެ. ޒަޔާން މެލޭޝިޔާ އަށް އައިއްސިއްޔާ އޭނާގެ ހާލަކީ އެއި އެވެ. އަބަދު ވެސް އިންނާނީ ސޯފާގައި އެވެ. ޒީކާން އާއި ނުކްޝާން ޒާރާމެންގެ ކުރިމަތިން ދާން ފެށުމުން ޒާރާ ޒީކާން އާއި ދިމާލަށް ބަލައިލީ އަނގަ ނަގައިގެން އިނދެ އެވެ. ޒާރާ ބަލާލުމައި އެކު ޒީކާން ހިނިތުންވުމެއް ހަދިޔާ ކޮށްލުމާއި އެކު ޒާރާގެ ހިތުގައި އުފެދުނު ހައިރާންކަން ބޮޑު ވި އެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. ޒީކާން އަކީ އާންމު ކޮށް އެހެން އުޅޭ އިރު ގަމީސް ލާ އުޅޭ މީހެއް ނޫނެވެ. ޚާއްސަ ތަނަކަށް ދާން ނޫނީ ގަމީސް ނުލާ މީހާ މިއަދު ގަމީސް ލުމުން އޭނާ ހައިރާން ވެފައި އިންދާ އަނެއްކާ ޒާރާ އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލުމުން ހައިރާން ވާނެ ތާ އެވެ. އެއްޗެކޭ ބުނަން އުޅެފައި ވެސް ޒާރާ އެއްޗެކޭ ނުބުނީ ޒަޔާން އިނުމުން ނެވެ.
ޑްރީމް ސްޓޭ ގެ ޓެރަސް މައްޗަށް އެރުމަށް ފަހު ޒީކާން އެންމެ ފަހު ފަހަރަށް ހުރިހާ ކަމެއް ރަނގަޅު ތޯ ބަލާލި އެވެ. ޒީކާން ގެ ކޮންމެ ހަރަކާތަކަށް ބަލަމުން ދިޔަ ރާއިލް އާއި ނުކްޝާން ދިޔައީ އެކަކު އަނެކަކާއި ދިމާލަށް ބަލައިލުމަށް ފަހު ހެމުން ނެވެ. “ހޭނެ ކަމެއް ނެތޭ. ދެން އޮތީ ރާލްގެ ފަހަރޭ” ނުކްޝާން ބުނެލީ ރާއިލް އާއި ދިމާލަށް ދެލޯ އަޅާލަމުން ނެވެ. ނުކްޝާން ގެ ޖުމުލަތަކުން ރާއިލް ނުކްޝާން އާއި ދިމާލަށް ބަލައިލަމުން ހިނިތުންވެލި އެވެ. ރާއިލް އެވަގުތު ހީކުރީ ނުކްޝާން އަށް އޭނާގެ އެ ހިނިތުންވުމުގެ މާނަ ދޭހަ ނުވާނެ ކަމަށެވެ. އެހެންނަމަވެސް ރާއިލްގެ އެ ހިނިތުންވުމުގެ މާނަ ކިތަންމެހާ ވެސް ރަނގަޅަށް ނުކްޝާން އަށް ދޭހަ ވި އެވެ.
“ވަޓް އިފް ޝީ ސޭސް ނޯ” ރަތް ކުލައިގެ ފިނިފެންމަލެއް ހިފައިގެން ނުކްޝާން އާއި ރާއިލްގެ ގާތުގައި ހުއްޓިލި ޒީކާން ބުނެލި އެވެ. “އާރގްގް. ރައި ނޫނެކޭ ބުނެފިއްޔާ މަ ޒީކް އަށް އެހެން އަންހެން ކުއްޖެއް ހޯދާ ދޭނަން އޯކޭ” ރާއިލް ބުނެލީ ރައިޝާ ޒީކާން އަށް ނޫނެކޭ ނުބުނާނެ ކަމުގެ ޔަގީންކަން ހިތުގައި އޮތުމުން ނެވެ. އެވަގުތު ވީ ރާއިލްގެ ޖީބުގައި އޮތް ފޯނު ރިންގު ވާން ފެށި ވަގުތު ވުމުން ރާއިލް އާއި ޒީކާން ގެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަ މެދުކެނޑިގެން ދިޔަ އެވެ.
“އެ އަންނަނީ އޯ. މިހާރު ޑްރީމް ސްޓޭ ގެ ކުރިމައްޗަށް މަޑު ކޮށްލީ އޯ މި” ރާއިލްގެ ޖުމުލައިން ޒީކާންގެ ހިތުގެ ތެޅުން އިހުނަށް ވުރެ ބާރު ވި އެވެ. ޒީކާން އެކަނި އެތަނުގައި ބެހެއްޓުމަށް ފަހު ރާއިލް އާއި ނުކްޝާން ކާރޓެއިން ގަނޑު ގެ އަނެއް ފަރާތަށް ވަދުނެވެ. ޒީކާން އޭނާގެ ހިތުގެ ތެޅުން ކިތަންމެ ގޮތަކުން ހަމަ އަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެކަން ވީ ނާކާމިޔާބެވެ.
“ރައީ. ކީއްކުރަން ތި އުޅެނީ” ޓެރަސްގެ ދޮރާއި ދިމާލަށް ޒީކާންގެ ނަޒަރު ހުއްޓުނީ އެ ހިތުގެ މަލިކާގެ އަޑު އެ ދިމާލުން އިވުމުން ނެވެ. ދޮރާއި ދިމާލަށް ބަަލައިލި ޒީކާން އަށް ހީވީ އޭނާގެ ނޭވާ ވެސް ހިނދުކޮޅަކަށް ހުއްޓިގެން ދިޔަ ހެންނެވެ. އެސްފިޔަ ޖަހާލުމެއް ނެތި ޒީކާން އަށް ދޮރުން ވަދެގެން އައި ރައިޝާ އާއި ދިމާލަށް ބެލެމުން ދިޔަ އެވެ. އެވަގުތު ޒީކާން އަށް ހީވީ މުޅި ދުނިޔެވެސް ހުއްޓުމަކަށް އައި ހެންނެވެ. ސީ ޕިންކް ކުލައިގެ އަތް ދިގު ގަމީސް މަތިކޮޅަކާއި އެކު ގަދަ ނޫކުލައިގެ ފްލެއާރޑް ޖީންސް އެއް ލައިގެން ހުރި ރައިޝާގެ ރާޅުބާނީ ދިގު އިސްތަށިގަނޑު ވަނީ ވަޔާއި ވިހުރެން ދޫކޮށްލާފައި އެވެ. މޫނުމަތިން ފަނޑު ނަމަވެސް ހިނިތުންވުމެއް ފެންނަމުން ދިޔަ އިރު އެ ރީތިކަމުގެ ސަބަބުން ހަނދާއި ތަރިތައް ވެސް ފަހަތަށް ޖައްސާލާނެ ކަން ކަށަވަރެވެ.
އެސްފިޔަ ޖަހާލުމެއް ނެތި ރައިޝާ އާއި ދިމާލަށް ބަލަމުން ދިޔަ ޒީކާން އަށް ހަމަ ބިމަށް އާދެވުނީ ރައިނާގެ އަޑު އިވުމުން ނެވެ. “ދޮނާ ލޮލުގަ އޮތް ފޮތިކޮޅު ނުނަގާތި އިނގޭ ބުނީމަ ނޫނިއްޔާ” ރައިޝާ ހިތުގެ މެދުތެރޭގައި ބަހައްޓާލަމުން ރައިނާ ޒީކާން އަށް ބޮޑުވައި އިނގިލި ހިއްލާލީ ތައްޔާރު ހެއްޔޭ އަހާލާ ފަދަ ގޮތަކަށް ށެވެ. ވަގުތުން ޒީކާން ދެލޯ ބޮޑުކޮށްލަމުން ދެ ފަރާތަށް ބޯ ހޫރުވާލި އެވެ. ތައްޔާރު ނުވިޔަސް ހެވޭ ބުނެލާ ފަދަ ގޮތަކަށް ދެލޯ މައްޗަށް އަރުވާލަމުން ރައިނާ ކާރޓެއިން ގަނޑު ގެ އަނެއް ފަރާތަށް ދިއުމަށް ފަހު ނަގާށޭ ބުނެލި އެވެ.
ރައިނާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއި އެކު އެއްވެސް ކަހަލަ ވިސްނުމަކާއި ނުލައި ރައިޝާ އޭނާގެ ލޮލުގައި އޮތް ފޮތިކޮޅު ނައްޓާލި އެވެ. އެ އާއި އެކު ފެނިގެން ދިޔަ މަންޒަރު ރައިޝާގެ ދެލޮލަށް ވެސް ގަބޫލު ނުކުރެވުނެވެ. އެއް ފައި މައްޗަށް އެ ހިތުގެ ރަސްގެފާނު އިށީނދެލައިގެން އިން ތަން ފެނުމާއި އެކު ރައިޝާ ހުރެވުނީ ހުއްޓުން އަރާފައި އެވެ.
“އަހަރެން ރައި ހީކުރާހާ ރޮމޭންޓިކް ނުވެދާނެ. އެކަމަކު ބުނެލަން ބޭނުން ވަނީ އައި ލަވް ޔޫ އިން ވޭސް ދެޓް ޓައިމް ކެނޮޓް މެޝާރ. އިން ޑެޕްތްސް ދެޓް ވޯޑްސް ކެނޮޓް ކެޕްޗާރ. ފްރޮމް ދަ މުމެންޓް ވީ މެޓް. އައި ނިއު މައި ލައިފް ހެޑް ޗޭންޖްޑް. އައި ކާންޓް އިމޭޖިން މައި ލައިފް ވިތް އައުޓް ޔޫ. ވިލް ޔޫ ވޯކް ދިސް ޖާރނީ ވިތް މީ؟” ނު ގޮތަކަށް ނަމަވެސް ޒީކާން އެ އޭނާ އަށް ޕްރޮޕޯސް ކުރީ ކަން އެނގުމުން ރައިޝާ އަށް ޒީކާން އާއި ދިމާލަށް ބަލަން ހުރެވުނީ އެވެ. އަދި ވެސް ފެންނަމުން ދާ މަންޒަރު އޭނާ އަށް ހުރީ ގަބޫލު ނުކުރެވިފައި އެވެ.
ރައިޝާގެ ޖަވާބެއް ނައިސް ލަސް ވާން ފެށުމާއި އެކު ގެނބެމުން ދިޔަ ޒީކާންގެ ހިތަށް އުފާވެރި ކަމެއް ލިބުނީ އޭނާ ދިއްކޮށްލައިގެން އިން ފިނިފެންމަލުގައި ރައިޝާ ހިފާލުމަށް ފަހު އާނއެކޭ ބުނުމުން ނެވެ. ލިބުނު އުފާ ވެރި ކަމުގައި ޒީކާން އަށް އޭނާގެ އިހުސާސް ތަކުގެ މައްޗަށް ބާރު ފޯރުވުން ވީ އުނދަގޫ ކަމަކަށް ށެވެ. ކޮޅަށް ތެދުވެލުމަށްފަހު ރައިޝާގެ ހަށިގަނޑުގައި ހިފާ އޭނާ ގެ ކައިރި އަށް ދަމާލުމަށްފަހު ރައިޝާގެ ގައިގައި ޒީކާން އަށް ބައްދާލެވުނެވެ. އަތުގައި އޮތް ފިނިފެންމަލާއި އެކު ރައިޝާ ވެސް ޒީކާންގެ ގައިގައި ބައްދާލީ ދުވަހަކު ވެސް ދޫކޮށްލަން ބޭނުން ނުވާ ފަދަ އަކުން ނެވެ. “އައި ލަވް ޔޫ” ދެލޯ މަރާ ބާރު ކޮށްލަމުން ޒީކާން ބުނެލީ ހަމައެކަނި ރައިޝާ އަށް އަޑު އިވޭނެ ހާ މަޑުން ނެވެ.
ރައިޝާގެ އާނ ބަހަށް ފަހު ފަހެއް މެއި ދެހާސް ވިހި ވެގެން ދިޔައީ ލޯބިވެރިންގެ ލިސްޓް އަށް ޒީކާން އާއި ރައިޝާގެ ނަން އަރައިގެން ދިޔަ ދުވަހަކަށް ށެވެ. އެ ދުވަސް ވެގެން ދިޔައީ ދެ ހިތަށް ދުވަހަކު ވެސް ނުލިބޭހާ އުފާ ލިބުނު ދުވަހަކަށް ށެވެ. އެހިތުގައި ދުވަހަކު ވެސް ފޮހެވިގެން ނުދާނޭ ފަދައިން ރަން އަކުރުން ދެ ހިތުގައި ފަހެއް މެއި ދެހާސް ވިހި ލިޔެވިގެން ދިޔަ އެވެ.
ނުނިމޭ
23 Comments!
Comments are closed.




Heyy manje!!
vrh salhi ingey mi bai vx…
O’level ah dhaskurumuge badhaluga mihaaru vhk kiyan mi indhevenee…
keeh kuraanee dhw…
when next??
ly ❤️❤️❤️
Hey leeshaa
Thanks ingey leeshaa
Hmm dhen rifoo Akah vx neynge kuraane kameh
Next part Saturday ah enme las vegen genesdhevey tho mi balani
Love you more ❤️
Maashaa Allah mi part vx varah varah reethi…
Ma nama ladhun bahppa aa a gain bunan vx nukereyne kanneyge 2 dhuvas vaairu vx….
Honihiru dhuvahu dhw next???
Dhn neii bunaane eii cheii vx…
Ly
Thanks manjeyy.
Ey kalo mashah ingey thi varun kan manje dhaany vx. Ekam thee anhenekey dhen eii firihenekeyy.lol valy hoadhan dhaan jehey ne dho boys.
Hmm ma submit kohlaifin
Love you more ❤️
Maashaa Allah mi part vx varah varah reethi…
Ma nama ladhun bahppa aa a gain bunan vx nukereyne kanneyge 2 dhuvas vaairu vx….
Honihiru dhuvahu dhw next???
Dhn neii bunaane eii cheii vx…
Ly
Tc
Hmm tc tc..
Mi part ves varah Reethi Masha Allah
Kon irakun next part kiyaalan libeynee
Thanks dhoonee
Next part in sha Allah Saturday ga
Hey Rifoo
Mi part vec varah Reethi Masha Allah
Kon irakun next? Curiously waiting for it
Zeek haadha rom ey. Ekam bunefiyey adhi rom nuvadhaane a. Shaayan hithah araa Shaayan ah vec ekahala kujjeh libeyne nama a 🥺
Love you 💙
Hey Shaayan
Varah bodah thanks ingey Darla
Hehe dua kurey libey
Next part in sha Allah Saturday ga
Love you more ❤️
Hey Rifoo
Dhuvas kolheh vejje dhw comment eh nukohlevey thaa.hama busy kamunney ingey.
Alheii zeek haadha loabi koshey dhw e propose kury.
Kon irakun next part kiyaalan libeyny. Hama dhen kiyaalaa hithun nu ves hureveyne kanneynge
Love you 😘
Hey nishva
It’s ok ey
Hehe eii dhen e soru ge gotheh nu dho
Next part in sha Allah Saturday ga
Love you more ❤️
Alhey mi part lwbi kan 🥰
I wish i ge soru ves ehen propose kuri nama ey 😭
I ge dad ah ingijjeyya dad aa dhimaalah nuves balaanan. ☺️☺️ Hingaa dhw alhe balaalan nuk ge dad ah ingunyma vaa goi. Rifoo please nuk ah bondi eh balahchey ingey please 🥺
When is next part?
Iyye in fashaigen hama iru iru kolhaa beley mi vhk upload vehje thw. O level ah ready vaathy aslu comment eh nukohleveny konme part akah 😭
Love you 😘
Thanks yerr
Alhey rifoo ge problem eh noon dho 😉
Hehe dhen balamaa dho nuk ah bondi eh libey tho
Next part miadhu fathihu submit kohlin
Hehe ehen v ma varah bxy kujjeh thaa dho thee hehe
Love you more ❤️
Hey Rifoo
Varah Reethi ingey mi part ves Masha Allah
Dhn ehaa comment dhigu kohlevey kah nei ingey.but bunelan beynun vany varah Reehchey.
And kon irakun next part? Curiously waiting for the next part
Love you 😘
Hey Rau gandaa
Thanks rauu
Hehe dhen lau hadhaahen nahadhahchey ingey comment dhigu kohlevey kah nethey bunefa dhigu dhigu comment eh lau kuraany
Next part in sha Allah Saturday ga
Love you more ❤️
Dhoheh vaa noon 🤣
Raina ge lovestory mi vaahakaiga anaane tha??
Full koh nayas kuda koh annaane
Raina ge lovestory mi vaahakaiga anaane tha?
Full koh nayas kuda koh annaane
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Nuk and aleeka gulhuvachey
Zeek and mish ves gulhuvachey
Aika and aleek ves gulhuvachey
Lai and rayaan ves
Kobaa mihaaru zaa and kiyaan
They all are made for each other
I appreciate your hard work
Tc ❤️
Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
Ly rifoo ❤️😚
Thanks cutie girl
Next part miadhu fathihu submit kohlin
Once again thanks
Tc 😘
Love you more ❤️