Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…70

Anonymous Level 4100 Login10 Stories100 Comments
March 8, 2025 11 Mins Read
24 Comments

ރާއިލް ގެ ވާހަކަ އިން ޒީކާން އަށް ވިސްނާލަން މަޖުބޫރުވިއެވެ. ތެދަށް ބުނަންޏާ އޭނާ ވެސް ރައިޝާ އޭނާގެ މިލްކަކަށް ހަދަން ބޭނުމެވެ. އެހެން ނަމަވެސް ހަމަ ކޮންމެ ފަހަރަކު ވެސް ފަސް ޖެހެވެނީ އެވެ. ރައިޝާ ނޫނެކޭ ބުނެފާނެ ކަމުގެ ބިރަށެވެ.

****************

ޒީކާން އަށް ވިސްނާނެ ވަރަކަށް ވިސްނަން ވަގުތު ދީފައި ރާއިލް އާއި ނުކްޝާން އުޅުނީ ވެއިޓަރ ކާ އެއްޗިހި ގެނެއުމުން އެ ފޮޓޯ ނަގައި ސްނެޕް ކުރުމުގައި އެވެ. ދެމީހުން ފޮޓޯ ނަގަމުން ދިޔަ އިރު އަންހެން ކުއްޖަކަށް ވެސް ދޫނުދޭނެކަން ގަައިމެވެ.ދެމީހުން ހިތްހަމަޖެހޭ ވަރަށް ފޮޓޯ ނެގުނީ ލައްކަ އަކާއި ގާތް ވުމުން ނެވެ. ފޯނުގެ ސްޓޯރޭޖް ފޮޓޯ ނަގަ ނަގަ ނުކްޝާން އާއި ރާއިލް އެއް ދުވަހުން ފުރާލާނެ ކަންނޭނގެ އެވެ. އެ އޮށް ބައިވަރު ޖީބީގެ ފޯނުގެ ސްޓޯރޭޖް ފޮޓޯ ނަގައިގެން ފުރޭނީ ކިހާ ވަރެއް ވުމުން ހެއްޔެވެ.

 

“އަދި ވެސް ވިސްނާނެ ވަރަކަށް ނު ވިސްނޭ؟” ފޮޓޯ ނަގައި ނިމުމުން ނުކްޝާން އަހާލީ ދެން އެމީހުން ކުރާނެ އިތުރު ކަމެއް ނުފެނުމުން ނެވެ. “ހަދާނެ ގޮތެއް ނުކް އަށް އިނގިއްޖެ. މާ ގަދަ އަށް ވިސްނުން ތަކެއް ވިސްނާކަށް ނުޖެހޭނެ. ޒީކް ބުނަން ޖެހޭނީ ހަމަ އެކަނި ޔެސް އޭ ތިމަންނަ އަށް ވާނެ އޭ. އެހާ ހިސާބުން އަހަރުން އަހަރުންގެ މަސައްކަތް ފަށާނަން ދޯ” ނުކްޝާން ދޯ އެއްލީ ރާއިލް އަށް ށެވެ. ވަގުތުން ރާއިލް ބޯ ޖަހާލި އެވެ. “ތިން ދުވަހުން ނުކް އަށް ނިންމޭނެ ކަމުގެ ޔަޤީން ކަން އޮތިއްޔާ ޒީކް އަށް އޯކޭ” ޒީކާންގެ ޖަވާބުން ރާއިލް އާއި ނުކްޝާން ޔެސް އޭ ކިޔާފައި ޓަޗެއް ޖަހާލި އެވެ.

 

އެހާ ހިސާބުން ދެން ފެށިގެން ދިޔައީ ކަން ކުރާނެ ގޮތާއި ހުރިހާ ކަމެއް ރޭވުމެވެ. މާ ކުރިން ކަންތައް ކުރާނެ ގޮތް ނިންމާފައި ވުމުން މާ ގިނަ ވިސްނުން ތަކެއް ވިސްނާކަށް ނުޖެހުނެވެ. ނުކްޝާން އާއި ރާއިލް ދެމީހުން ދައްކަމުން ދިޔަ ވާހަކަ ގުޅުވަ ގުޅުވައިގެން މި ޕްލޭން ސަޅި ދޯ އޭ ކިޔަމުން ދިޔަ އެވެ.

 

ޖެހިގެން އައި ދުވަހުގެ ހެނދުނު ގެ ވަގުތުވެ. ހެނދުނު ގެ ސައި ނިންމާލުމަށް ފަހު ޒީކާން ސޯފާގައި އިންދާ ނުކްޝާން ޒީކާން އަށް ލޮލުގެ އިޝާރާތުން ކޮޓަރި އަށް އައުމަށް އެންގި އެވެ. މާ ގިނަ ވަގުތު ތަކެއް ބޭކާރު ނުކޮށް ޒީކާން ނުކްޝާން ގެ ފަހަތުން ދިޔައީ ނުކްޝާން ކުރަން އުޅޭ ކަމެއް ބަލާލާ ހިތުން ހުރި ވަރުން ކަންނޭނގެ އެވެ.

 

ޒީކާން ކޮޓަރި އަށް ވަނުމާއި އެކު ނުކްޝާން އަތުގެ އިޝާރާތުން އޭނާގެ ގާތަށް އައުމަށް ޒީކާން އަށް ގޮވާލި އެވެ. “ކޮން ތަނެއް ރެޑީ ކުރާނީ ޕްރޮޕޯސް ކުރަން. ދެން ގެއަކު ނުކުރެވޭނެ ދޯ”ނުކްޝާން އަހާލީ ޒީކާންގެ ހިޔާލެއް ބަލައިލުމުގެ ގޮތުން ނެވެ. “ނޭނގެ.ޒީކް ލައްވާ ޕްރޮޕޯސް ކުރުވަން އުޅުނީ ތި ދެމީހުންނެއްނު. އެހެން ވީމަ އެކަން ވެސް ކުރޭ ތި ދެ މީހުން” ދެކޮނޑު އަރުވާލަމުން ޒީކާން ބުނެލި ގޮތުން ހީވީ ތިއީ ތިމަންނަ އާއި ބެހޭ ކަމެއް ނޫނޭ ބުނެލި ހެންނެވެ. “ކަލޭނޭ.ހްމްމް ދާން އުޅޭ މަ މި ގުޅަނީ ތުއްތު އަށް” ނުކްޝާން ގެ ކޮނޑުގައި އަތް އަޅުވާލާ ކުޑަ ކޮށް ކޮއްޕާލަމުން ބުނެލި އެވެ. “އޭ ނޯ” ވަގުތުން ޒީކާން ބުނެލީ ނުކްޝާން ގެ ފޯނު އަތުލަމުން ނެވެ. “ސާބަސް. ނޫޅެމޭـ” ދެން އިތުރަށް ނުކްޝާން އަށް ނުކްޝާން ގެ ޖުމުލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވީ ކޮޓަރި އަށް ވަދެގެން އައި ރާއިލް ވާހަކަ ދައްކަން ފެށުމުން ނެވެ.

 

“މިހާރު ކިހާ ހިސާބަކަށް ތަ ދިޔައީ؟” ކޮޓަރީގެ ދޮރު ލައްޕާލަމުން ރާއިލް ބަލައިލީ ނުކްޝާން އަށް ފޯނު ނުދޭން ވެގެން ނުކްޝާން އާއި ފޯނު ދުރުކޮށްލައިގެން ހުރި ޒީކާން އަށް ށާއި ޒީކާންގެ ފޯނު އަތުލަން މަސައްކަތް ކުރަން ހުރި ނުކްޝާން އާއި ދިމާލަށް ށެވެ.”ތިއީ ކޮން ކަމެކޯ؟” ރާއިލް ގެ ފަރާތުން ދެވަނަ ސުވާލެއް ޒީކާން އަށް ށާއި ނުކްޝާން އަށް ކުރިމަތިވި އެވެ. “ކިހާ ހިސާބަކަށް ދާނެ ހެން ހީވަނީ؟ މީނަ އަކަށް ނޭނގެ އޯ އެކަން ކުރަންވީ ތަނެއް ވެސް”ނުކްޝާން ޒީކާންގެ އަތުގައި އޮތް އޭނާގެ ފޯނު އަތުލިއެވެ. “ޕިސް ޕިސް. އަހަރުން ގޭގެ ފަހަތުގައި އަންނަ ބައިގައި ކުރެވޭނެ އެއް ނުން. ސަޅި ކޮށް އެތަން އިންނާނީ ވެސް. މަންމަ މެން ނުވަންނާނެ އެ ތަނަކަށް އެހާ ގިނައިންނެއް. ދެން އެ ރައިނާގަނޑު ވަދެދާނެ. އެއީ ދެން އޭނަގެ ގަނޑުވަރު ވިއްޔާ.ދެން ވަންނާނެ އެއްނުން. އޭނަ އަތުން މާދަން ރެ އަށް އެތަން ގަންނަން ކަންނޭނގެ ޖެހޭނީ ވެސް” ޒީކާން އާއި ދިމާލަށް ޗުސް ތަޅާލަމުން ރާއިލް ފެށި ވާހަކަ ނިންމާލީ ބޯ ކަހާލަމުން ނެެވެ. “އޭރުން ރައިނާ އަށް އެނގޭނެ އެއްނުން. އޭނަ އަހާނެ ދޯ ކީއްކުރަން ހެއްޔޭ” ޒީކާން މޫނު މައްޗަށް ގޮތެއް ހަދާލަމުން ބުނެލިި އެވެ. “މީނަ މި އުޅެނީ ދުނިޔެ އަށް ވެސް ސިއްރުން ދޯ ރައިޝާ އަށް ޕްރޮޕޯސް ކުރަން.ސާބަހޭ އެހެން ވިއްޔާ. ރައިނާ އަށް އެނގިގެން ދޯ ރައިޝާ އަށް ނޭނގޭ ގޮތަށް ހުރިހާ ކަމެއް ކުރެވޭނީ” ނުކްޝާން ދެ ފަރާތަށް ބޯ ހޫރުވާލި އެވެ.

 

“ހްމްމް ދެން ހެވޭ. އެކަމް ރައުޝާ ދައްތަ އެތަނަށް އެއްފަހަރު ވެސް ވަދުނިއްޔާ” ޒީކާން ރައުޝާ ދައްތަ އޭ ބުނުމުން މަންމަ އޭ ކިޔާފައި ނުކްޝާން ދިމާ ކޮށްލި އެވެ. ވަގުތުން ޒީކާން ނުކްޝާން އާއި ދިމާލަށް އެންމެ ކައިރީގައި ހުރި ބާލީސް އެއްލި އެވެ. “އޭ ދެން ހެވޭ ދެމީހުން. އަދި ވެސް ޕްރޮޕޯސް ކުރާނެ ތަނެއް ނޭނގިގެން އުޅޭ އިރު ވެސް ތަޅާ ފޮޅާތިި. އަދި އޮތީ ދޯ ރެޑީީ ކުރުމުގެ ކަންތައް ވެސް” ރާއިލް ބުނެލީ ދެ ފަރާތަށް ބޯ ހޫރުވާލަމުން ނެވެ. “އޯކޭ. އެހެންވީމަ ހަމަ އެންމެ ރަނގަޅު ވާނީ… ޑްރީމީ ސްޓޭ ގެ ޓެރަހުގަ އެކަން ކުރިއްޔާ” ވާނީ އޭ ކިޔާފައި އިރުކޮޅަކު ހުއްޓިލުމަަށް ފަހު ނުކްޝާން ބުނެލި ޖުމުލަ އިން ޒީކާން ދެލޯ ބޮޑު ކޮށްލަމުން ނުކްޝާން އަށް ގޮވާލި އެވެ. “ނޯވޭ އެތަނުގަ..” ދެވަނަ ފަހަރަށް ވެސް ނުކްޝާން އަށް ބުނެލެވުނެވެ. “އަޅެ އެތަން ބުކް ކޮށްލާނީ އޭ މާދަން ރެ އަށް. ތި އެހާ ހާސް ވާން ޖެހޭ ކަމެއް ނޫނޭ” ނުކްޝާން ހާސް ވާކަށް ނުޖެހޭނެޔޭ ބުނެލި ކަމުގައި ވީ ނަމަވެސް ހާސް ނުވެ ޒީކާން އަށް ހުރެވޭނެ ހެއްޔެވެ.

 

ޑްރީމް ސްޓޭ އަކީ ޒަޔާން ހިންގާ ހޮޓަލެކެވެ. އަދި އެވެސް މެލެޝިޔާގައި ޒަޔާން ހިންގާ އެންމެ މަޝްހޫރު ފަސް ތަރީގެ ހޮޓެލް ވިއްޔާ އެވެ. ދެން އެތަނުގެ ޓެރަސް މާދަމަ އަށް އޭނާ އަށް ދޭށޭ ބުނުމުން ޒަޔާންގެ ކިހާ ބައިވަރު ސުވާލެއް އޭނާ އަށް އަމާޒު ވާނޭ ހެއްޔެވެ. އެ ސުވާލު ތަކަށް އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ.

“ޗިލް ބްރޯ. ނުކް ބުނެފަނަމޭ ތުއްތު ކައިރީގަ ދެށޭ. ކޮންމެހެން ޒީކް ބުނާނެ ކަމެއް ނެތޭ” ޒީކާން ފާޑަކަށް އިނުމުން ނުކްޝާން ބުނެލީ ފޯނުން ޒަޔާންގެ ނަންބަރ އަށް ގުޅާލަމުން ނެވެ. “ނުބުނާތި އިނގޭ ޒީކް ގެ ކަމަކު އޭ ވެސް” ޒީކާން ނުކްޝާން އާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލީ އިންޒާރެއް ދޭ ފަދަ ގޮތަކަށް ށެވެ. ވަގުތުން ނުކްޝާން ވަރަށް ރީތި ކޮށް އޯކޭ އޭ ބުނެލައިފި އެވެ.

 

އެވަގުތު ވީ ޒަޔާން ފޯނު ނެގި ވަގުތަށް ވުމުން ނުކްޝާން ޝްޝްޝް އޭ ދެން ތިބި ދެމީހުންގެ ކައިރީގައި ބުނެލި އެވެ. ފޯނު ސްޕީކާރ އަށް ލަމުން ނުކްޝާން ހަލޯ އޭ ބުނެލީ ޒަޔާން ދައްކަމުން ދިޔަ ވާހަކަ ދެން ތިބި ދެމީހުންނަށް އަޑު އިއްވަން ތޯ އެއްޗެކެވެ. “ހަލޯ ތުއްތޫ. ނުކް އަށް މާދަމަ އަށް ޑްރީމް ސްޓޭ ގެ ޓެރަސް ބުކް ކޮށް ދެވިދާނެ ތަ؟” ނުކްޝާން އެހާ ރީތިކޮށް ބުނެލި ގޮތުން ރާއިލް އަށް ޒީކާން އާއި ދިމާލަށް އެއް ބުމަ އަރުވާލެ ނެވެ. ވާނީ ވެސް އެހެންތާ އެވެ. ނުކްޝާން ބުނެލީ ނިކަން ޅަވެލަމުން ވިއްޔާ އެވެ. “އެ ކީއްކުރަން ޓެރަސް ބުކް ކޮށްލަ ދޭންވީ؟” ޒަޔާންގެ ސުވާލުން ޒީކާން ނުކްޝާން އާއި ދިމާލަށް ބަލައިލީ ދެން ހަދާނެ ވާހަކަ އެއް ހަދާށޭ ބުނެލައިފަދަ ގޮތަކަށް ށެވެ. އެ ބަލައިލުމުން އެކަނި ވެސް އޭނާ ގެ ވާހަކަ އެތާ ތެރެ އަށް ނުލާށޭ ބުނެލި ފަދަ އެވެ. “އެއީ ނުކް ކަމެއް ސެލެބްރޭޓް ކުރަން” ނުކްޝާން އަނގަ ހަދާލީ ޒީކާން އާއި ދިމާލަށް ށެވެ. ހީވީ ތިމަންނަ އެންމެ ފަހުން ޒަޔާން އަށް ދޮގު ހަދަން މި ޖެހުނީ ޒީކާން ސަލާމަތް ކޮށްދޭންނޭ ބުނެލި ހެންނެވެ. “މައްސަލަ އެއް ނެތް. މާދަމާ އަށް ތުއްތު ނުކް އަށް ޓެރަސް ބުކް ކޮށްލަ ދޭނަން” ޒަޔާން ގެ ޖުމުލަ އިން ރާއިލް އަށް ފުންމާލެވުނެވެ. ނުކްޝާން ތެންކިޔޫ އޭ ބުނެލަމުން ފޯނު ކަނޑާލި އެވެ.

 

“ޔެސް. އޭ ބްރޯ ޖެހޭނެ މިކަން ކުރަން. މަ މިވަރު ކޮށްދިން ކަމަަށް ޓަކައި ވެސް އެކަން ފަނި ނުކޮށްލާތި” ނުކްޝާން ބުނެލީ ރާއިލް އާއި ޓަޗެއް ޖަހާލަމުން ނެވެ. ނުކްޝާން އާއި ރާއިލް ދެމީހުންނަށް ހީވީ އީދެއް އައިސްގެން އުޅޭހެންނެވެ. ޒީކާން އަށް ވުރެ ބޮޑަށް ޒަޔާންގެ ޖަވާބުން އެދެމީހުން އުފާވި ހެން ހީވެއެވެ. “ތުއްތު އަށް އިނގުނީމަ ތުއްތު ބުނާނެ ދޯ ތުއްތުގެ ހޮޓަލް ނެގީ ޒީކް މީހަކާއި ދެވަން ހޭ” ރާއިލް އާއި ދިމާލަށް ނުކްޝާން ބުނެލީ ބޯ ކަހާލަމުން ނެވެ. ވަގުތުން ރާއިލް ޖަހާލީ ހިނިގަނޑެކެވެ. “އޭ ހިނގާބަލަ އަހަރުންގެ ގެ އަށް.އެ ރައިނާ އަށް ދޭން ޖެހޭނެ އެއްނުން މި ހަބަރު” ރާއިލް ގެ ޖުމުލަ އިން ފޯނާއި ކުޅެން އިން ޒީކާން ނުކްޝާން އާއި ރާއިލް އާއި ދިމާލަށް ބަލައިލި އެވެ.

“ހްމްމް ހްމްމް. ކުއްޖަކަށް ގޮތް ތަކެއް ވެއްޖެ ތިގެ އަށް ދާ ވާހަކަ ބުނީމަ ވެސް”ނުކްޝާން ބުނެލީ ކީކޭ ކަން އެނގުމާއި އެކު ރާއިލް ހީލި އެވެ. ޒީކާން ވެސް ވަކި ދެރަ ނުވާން ލޯ އަޅާލަމުން އެނދުން ތެދުވި އެވެ. “ހްމްމް އަހަރުން ހިނގާށޭ ދާން ނުބުނަނީސް މި ސޮރު ތައްޔާރު ވެއްޖެ އެއްނުން” ނުކްޝާން ދިމާކޮށްލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ނުކްޝާން ގެ ފަހަތުން ޒީކާން އާއި ރާއިލް ވެސް ނިކުންނަން ހިނގައިގަތެވެ.

 

ޒީކާން އާއި ނުކްޝާން ގެ އިތުރުން ރާއިލް ކޮޓަރިން ނިކުން އިރު ޒާރާ ސޯފާގައި އޮތެވެ. “ޒާ. ކޫ ކައިރި ބުނައްޗެ އިނގޭ ޒީކް އާ ނުކް ދިޔައީ ރާއިލްމެންގެ ގެ އަށްށޭ.” ނުކްޝާން ގެ ވާހަކަ އަށް ޒާރާ ބޯ ޖަހައިލިއެވެ.

 

ޒީކާން މެން ރާއިލް މެންގެ އަށް ދިޔަ އިރު ސޯފާގައި ރައިނާ އާއި ރައިޝާ ތިއްބެވެ. ރައިނާ އާއި ރައިޝާ ރައިނާގެ ފޯނުން ކޮންމެވެސް ވީޑިއޯ އެއް ބަލަމުން ދިޔަ އިރު އެދެމީހުން ކުރިމަތީގައި ބޮޑު ޓީވީ އެއް ހުޅުވާފައި ހުއްޓެވެ. ބޮޑު ސްކްރީން އެއް ކުރިމަތީގައި ހުރި އިރު ވެސް ކުޑަ ކުޑަ ސްކްރީން އަކުން ދެމީހުން އެއްކޮށް ބަލާތީ އެންމެ އަސަރު ކުރީ ނުކްޝާން އަށްށާއި ރާއިލް އަށް ށެވެ. ދެމީހުންނަށް އަސަރު ކުރި ނަމަވެސް އެންމެ ފުރަތަމަ ދިމާ ކުރަން އަނގަ ހުޅުވާލީ ރާއިލް އެވެ. “ދެން ތި ބޮޑު ސްކްރީންގަނޑު ހުޅުވާފަ ބޭންދުމުގެ ބޭނުމަކީ ކޮބަޔޯ ފޯނުން ބަލާ އެއްޗެއް ބަލާ އިރު” ރާއިލް އެއް ފަހަރު ޓީވީ އަށް އަދި އަނެއް ފަހަރު ރައިނާ އާއި ރައިޝާ އާއި ދިމާލަށް ބަލައިލަމުން ބުނެލި އެވެ. “ރާއިލް.ދެޓްސް މައި ލައިން”ރާއިލް އަށް ގޮވާލަމުން ނުކްޝާން ބުނެލި އެވެ. ވަގުތުން ރާއިލް ހިނިގަނޑެއް ޖަހާލަމުން އޭރު ވެސް އެއީ ނުކްގެ ލައިން ކަން އެނގެއޭ ބުނެލި އެވެ.

 

“ރައީ.އާދެބަ ވަރަށް ބޮޑު ވާހަކަ އެއް ބުނަން” ރާއިލް ބުނެލީ ސިޑި އާއި ދިމާލަށް ހިނގައިގަންނަމުން ނެވެ. ރާއިލް ގެ ޖުމުލަ އިން ސޯފާގައި އިން ދެ ރައި ރާއިލް އާއި ދިމާލަށް ބަލައިލި އެވެ. “ޝާ އެއް ނޫން ނާ” ސިޑީގެ ދެ ހަރުފަތަށް އެރުމަށްފަހު ފަސް އެނބުރި ސޯފާގައި ތިބި ދެ އަންހެންކުދިންނާއި ދިމާލަށް ބަލައިލަމުން ރާއިލް ބުނެލި އެވެ.

 

ސިޑީގެ ހަރުފަތަށް ގިރާ ކުރުމަށްފަހު ރާއިލް ނުކްޝާން އާއި ޒީކާން ގޮވައިގެން ގޮސް ވަނީ ރައިނާގެ ކޮޓަރި އަށް ށެވެ. ރާއިލް އަށް ރަނގަޅަށް ރައިނާގެ ކޮޓަރީގެ ދޮރު ލައްޕާލެވުމުގެ ކުރަން ރައިނާ ދުވަމުން ކަހަލަ ގޮތަކަށް އައިސް ލެއްޕެމުން ދިޔަ ދޮރު ހުޅުވާލި އެވެ. “ކިހިނެތް ވީތަ؟ އެ އޮށް ރީތި ކާރޫނު ބަލަން އިންދަ އޭ ގޮވީ. އަދި އައިސް ވެސް ވަނީ ރައީގެ ކޮޓަރި އަށް” ރައިނާ ވާހަކަ ދައްކަން ފެށީ ރަނގަޅަށް ދޮރު ލައްޕާނުލެވި އޮށްވަ އެވެ. ރާއިލް ގެ އަނގަ ގަދަކަން ދެން ރައިނާގެ ވެސް ހުންނާނެ ތާ އެވެ.

 

“ތި ކާޓޫން ބެލުމަށް ވުރެ ބޮޑު ކަމެއް ކޮށްދޭން ވެއްޖެ އޭ”ރައިނާ ދޮރު ލައްޕާލުމާއި އެކު ރާއިލް ގޮސް ދޮރު ތަޅުލި އެވެ. “ކޮން ކަމެއް” ފާޑަކަށް މޫނު ހަދައިގެން ހުރެ ރައިނާ ބުނެލީ އޭނާގެ ކާޓޫނު ނުނިމި ދާނެތީ ކަންނޭނގެ އެވެ. “ކޮންހާ މޫނެއްތަ ތި ހަދަނީ. މޫނު ހަދާ ކަހަލަ ވާހަކަ އެއް ނޫނޭ ބުނާކަށް މި އުޅެނީ” ރާއިލް ބުނެލި އެވެ. “އޯކޭ އޯކޭ ކޮން ކަމެކޯ ކޮއްދޭންވީ؟” ހިނިތުންވެލަމުން ރައިނާ ބުނެލީ ރާއިލް އޭނާގެ ގާތުގައި މޫނު ނުހަދާށޭ ބުނުމުންނެވެ. “ރައި ވަރަށް ދޮންބެ ކައިރީގަ ދެއްކީމެއްނު ދޯ ވާހަކަ އެއް. ކަމެއް ނުވެގެން. އެކަން ކުރަން މިހާރު މި އުޅެނީ.ދެން ގެސް ކޮށްބަލަ” ރާއިލް ރައިނާ ގެ ކައިރީގައި އޭނާ ބުނަން އުޅުނު ވާހަކަ ބުނެލީ ދުރު ދުރުން ނެވެ. އެވަގުތު އެ ވާހަކަ އަޑު އަހަން ހުރި ނުކްޝާން ގެ ގާތަށް އައި ހިނިގަނޑު ކޮންޓްރޯލް ކުރަން އޭނާ އަށް ވީ އުނދަގޫ ކަމަކަށް ށެވެ. “ލޮލް. ހާދަ އިމޯޝަނަލް އޭ ދޯ” ހީލަމުން ރާއިލް އާއި ނުކްޝާން ދިމާ ކޮށްލި އެވެ.

 

އޭރު ރައިނާ ހުރީ ރާއިލް އޭނާގެ ގާތުގައި “ގެސް” ކުރަން ބުނި އެއްޗެއް އޭނާ އަށް “ގެސް” ކުރެވޭތޯ ބަލާށެވެ. އެކި އެކި ކަހަލަ ހިޔާލުތައް ވެރިވަމުން ދިޔަ ރައިނާ ކުއްލިއަކަށް ޒީކާން އާއި ދިމާލަށް ބަލައިލަމުން ރާއިލް އާއި ދިމާލަށް ބަލައިލި އެވެ.” ޒީކް ދޮނާ އަށް ޕްރޮޕޯސް ކުރަނީ ތަ؟” ރާއިލް ހީކުރި ވަރަށް ވުރެ ކުރިން ރައިނާ އަށް ރާއިލް ބުނެލި ވާހަކަ ނަގައިގަނެވުނެވެ. “ޔެއާހ”ބުމަ އަރުވާލަމުން ރާއިލް ފޮނި ގޮތަކަށް ބުނެލުމާއި އެކު ރައިނާ އޯ އެމް ޖީ އޭ ބުނެލީ ދެލޯ ބޮޑު ކޮށްލަމުން ނެވެ. “އަޅޭ ރައި އަށް ހީވި އޭ ޒީކް ދޮނާ ދެކެ ލައިކް ވެއޭ” ރައިނާ ބުނެލި ގޮތުން ހީވީ ޒީކާން ކުރަން އެ އުޅެނީ އޭނާ އެންމެ އިންތިޒާރު ކުރަމުން އައި ކަންތައް ހެންނެވެ.

 

“އޭއި ދެން ފޮނި ކަނޑަން ވީކީ ނޫން. ދޮންބެ މެންނަށް ރައި ހެލްޕެއް ވެދޭންވީ” ރާއިލް ބުނެލީ ރައިނާ ގެ އިސްތަށިގަނޑަށް ދަމާ ލަމުން ނެވެ. ވަގުތާއި ހާލަތުގެ ގޮތުން ކަންނޭނގެ އެވެ. އެވަގުތު ރާއިލް އެހެން ހެދުމުން ވެސް އެއްޗެކޭ ނުބުނެ ރާއިލްމެން ގާތުގައި އޭނާ ކޮށް ދޭންވީ ކޮން ކަމެއް ތޯ އަހާލި އެވެ. “މިއަދަކު ނޫނޭ. މާދަމާ ރޭ އޭ ދޯ ޕްރޮޕޯސް ކުރާނީ.ދެން އެހެންވީމަ މިއަދު އެހާ ގިނަ ކަންކަމެއް ނުޖެހޭނެ ކުރާކަށް” ރާއިލް ދޯ އެއްލީ ޒީކާން އަށް ށެވެ. ވަގުތުން ޒީކާން ފޯނު ހިފައިގެން އިނދެފައި ވެސް ބޯ ޖަހާލައިފި އެވެ. ފޯނު ހިފައިގެން އިން ނަމަވެސް އޭނާ ދިޔައީ އެމީހުން ދައްކަމުން ދިޔަ ހުރިހާ ވާހަކަ އެއް އަޑު އަހަމުން ކަން ޒީކާންގެ އެހަރަކާތުން އެނގޭހާ ވެ އެވެ. “ދެން އަނެއްހެން ރައި ނުޖެހޭނެ މާ ބޮޑު ކަމެއް ކޮށްދޭކަށް ތަން ރެޑީ ކުރާނަން ނުކް އާ ރާއިލް އެންޑް ޒީކް ވެގެން. ރައި ހަމަ އެކަނި ޖެހޭނީ ރައިޝާ އަށް ޝައްކު ނުވާނެ ހެން ހުރިހާ ކަމެއް ފޫބައްދަން” ނުކްޝާން ގެ ވާހަކަ އަށް ނިކަން ފަސޭހައިން ރައިނާ ތިކަން ވެދާނެ އޭ ބުނެލައިފި އެވެ.

 

އެވަގުތު ވީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލި ވަގުތަށް ވުމުން ރައިނާ އާއި ރާއިލް ގެ އިތުރުން ނުކްޝާން އެކަކު އަނެކަކާއި ދިމާލަށް ބަލައިލި އެވެ. އޭރު ވެސް ފޯނު ހިފައިގެން އޭނާ ކުރިން އިން ގޮތަށް ރައިނާގެ ޑްރެސިންގް ޓޭބަލް ގެ ކައިރީގައި އިން ގޮނޑީގައި އިށީނދެލައިގެން އިނެވެ. އެތަނުގައި ކަމެއް ވާހެން ވެސް އޭނާ އަށް ހީނުވާ ފަދަ އެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލާލުމަށް ފަހު ރައިނާ ދޮރު ހުޅުވަން ދިޔަ އިރު އެއީ ކޮންމެ މީހަކަށް ވީ ކަމުގައި ވީ ނަމަވެސް އެ މީހަކަށް އެމީހުން ދެއްކި ވާހަކަތައް އަޑު ނީވޭތޯ އެ ވަގުތު އެ ކޮޓަރީގެ ތެރޭގައި ތިބި ހުރިހާ ހިތްތަކަކަށް ދުޢާ ކުރެވެމުން ދިޔަ އެވެ.

ރައިނާ ދޮރު ހުޅުވާލުމާއި އެކު އެއޮށް ހުރިހާ އިރު ފޯނުގައި ލޯ ޖައްސާލައިގެން އިން ޒީކާން ވެސް ދޮރާއި ދިމާލަށް ބަަލައިލި އެވެ. ކުޑަ ކުޑަކޮށް ދޮރު ހުޅުވާލުމަށް ފަހު ރައިނާ ދެލޯ މަރާލި ގޮތުން އެކަނި ވެސް ދޮރު ކުރިމަތީގައި ހުރި މީހާ އަކީ ކާކު ކަން ދެނެގަންނާކަށް ކޮޓަރި ތެރޭގައި އެ ވަގުތު ތިބި ތިން ޒުވާނުން ނަކަށް އުނދަގުލެއް ނުވިއެވެ. ތިން ޒުވާނުނަށް އެކަކު އަނެކަކާއި ދިމާލަށް ވަށް ކަޅިން ބަލާލެވުނީ ވެސް އެހެންވެ އެވެ.

 

ރައިނާ އެއްކޮށް ދޮރު ހުޅުވާލުމާއި އެކު ކޮޓަރީގެ ބޭރުގައި ހުރި ރައިޝާ ކޮޓަރީގެ ތެރެ އަށް ނަޒަރު ހިންގާލި އެވެ. ކޮޓަރި ތެރޭގައި އެވަގުތު ތިބި އެންމެން ގެ ނަޒަރު އޭނާ އަށް ހުއްޓިފައި ވުމާއި އެކު ރައިޝާ ފާޑަކަށް ފަހަރަކު މީހެއްގެ މޫނާއި ދިމާލަށް ބަލައިލި އެވެ. “ތީ ކޮން ކަމެއް؟”ރައިޝާ އަހާލީ ކޮޓަރި ތެރޭގައި ރާއިލް ގެ އިތުރުން ޒީކާން އާއި ނުކްޝާން ވެސް ހުރުމުން ކަންނޭނގެ އެވެ. ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް ރައިޝާ އެވަގުތު އެ ސުވާލު ކުރުމުން ކޮޓަރި ތެރޭގައި އެވަގުތު ތިބި މީހުންގެ ހިތްތަކުގައި ވާ ނުތަނަވަސްކަން ފިލައިގެން ދިޔައީ ރައިޝާ އަށް އެމީހުން ދެއްކި އެއްވެސް ވާހަކަ އެއް އަޑު ނީވޭހެން ހީވުމުން ނެވެ. “އެއީ ވާހަކަ އެއް ދައްކާލަން ވެގެން ރައި ކައިރީގަ ދޯ”އޭނާގެ ހިތުގެ ތެޅުން ހަމައަކަށް އަޅުވާލަމުން ރައިނާ އަށް ވުރެ ކުރިން ޖަވާބު ދިނީ ރާއިލް އެވެ. “އޯހ. މާ ފާޑަކަށް ތިބީމަ ދޯ”ރައިޝާ ބުނެލީ އޭނާގެ އާންމު ރާގުގައި އެވެ.

 

“ހިނގާބަ އެ ކާޓޫނު ކޮންޓިނިއު ކުރަން ދާން. މިހާރު ދެން ތި ދައްކާ ވާހަކަ އެއް ދައްކާ ނިމިއްޖެ އެއްނުން” ރައިޝާ ބުނެލީ ފަސް ދީފައި އެނބުރި އައި ކޮޅަށް ދަމުން ނެވެ.ވައި އަޑުން ނަސީބެކޭ ބުނުމަށް ފަހު ރައިނާ ވެސް ރައިޝާ ގެ ފަހަތުން ހިނގައިގަތީ ރާއިލް އާއި ދިމާލަށް ބޮޑުވައި އިނގިލި ހިއްލާލަމުން ނެވެ.

 

ރައިނާ އާއި ރައިޝާ ދިއުމާއި އެކު ރާއިލް ފުންނޭވާ އެއް ދޫކޮށްލި ގޮތުން ހީވީ މިއޮށް ހުރިހާ އިރު އޭނާ ހުރީ ނޭވާ ނުލާ ހެންނެވެ. “ބްރޯ މަ ހީކުރީ ރައިޝާ އަށް އަޑު އިވުން ކަމަށް” ދެ ފަރާތަށް ބޯ ހޫރުވާލަމުން ނުކްޝާން ބުނެލި އެވެ. “މަ ވެސް ކަލޯގަޔާ. މައެ ހިތަށް އެރި މަގޭ ފަހު ދުވަހޭ ވެސް” ރާއިލް ގެ ވާހަކަ އިން އެންމެ ހިނި އައީ ނުކްޝާން ގެ ގާތަށް ށެވެ. “އޭ ދެން ވެސް ހިނގާ މިތަނުން ނިކުމެގެން ދާން. އެހެން ނޫނީ އަނެއްކާ އަަނެއް ކަމެއް ލައި ގަނެފާނެ” ދޮރުގެ ތަޅުގައި ހިފާ އަނބުރާލަމުން ނުކްޝާން ބުނެލި އެވެ. ނުކްޝާން ގެ ބަހަށް އެއްބަސް ވަމުން ރާއިލް އާއި ޒީކާން ވެސް ކޮޓަރިން ނިކުތެވެ.

 

ޒީކާން މެން ގެއިން ނިކުންނަން ދިޔަ އިރު ރައިނާ އާއި ރައިޝާ ކުރީގައި ވެސް ސޯފާ އަށް ދެމީހުން އަރާ ތިބިހެން ދެފައި ވަށް ކޮށްލައިގެން ފޯނު ހިފައިގެން އޮތެވެ. ޒީކާންމެން ރައިނާ އާއި ރައިޝާ އާއި އަރާ ހަމަވުމާއި އެކު ރައިނާ އެއް ލޯ މަރާލި އެވެ. ހަމައެކަނި ރައިނާ ގެ އެ އަމަލުން އެކަނި ވެސް ރައިނާ އެބުނެލީ ކީކޭ ކަން ޒީކާން މެންނަށް އިނގުނެވެ. ފޯނަށް ގެއްލިފައި އޮތް ވަރުން ރައިޝާގެ ލޮލުގައި ރައިނާގެ އެ ޢަމަލެއް އަޅައިގަންނަ ގޮތެއް ނުވި އެވެ.

 

ޒީކާން އާއި ނުކްޝާން ގެ އިތުރުން ރާއިލް އެ ދުވަހުގެ ބޮޑުބައި އޭގެ ފަހުން ހޭދަ ކުރީ ގަންނާނެ އެއްޗެހީގެ ލިސްޓެއް ހަދާ އޭގައި ހުރި އެއްޗިހި ގަތުމުގައި އެވެ. ޒިވާގެ އަތުން އެންމެ ރުފިޔާ އެއްވެސް ނަގަން ނުކެރުމުން ނުކްޝާން އަށް ޒީވާ އޭނާ މެލޭޝިޔާ އަށް އައުމުގެ ކުރިން ދިން ދުއިސައްތަ ޑޮލަރު ނުކްޝާން ހޭދަ ކުރީ އެކަމުގައި އެވެ. ނުކްޝާންމެންގެ ނަސީބު ކަން ދިމާ ކުރި ގޮތުން ދެ ޑޮލަރަށް ސަތޭކަ ފުއްޕާ ހަން އިންނަ ކަހަލަ ޕެކެއް ލިބުމުން އޭގެ ދެ ޕެކުގެ އިތުރަށް ފިނިފެންމާ ނުކްޝާންމެން ގަތުނެވެ. އޭގެ އިތުރުންވެސް އެތަން ޑިޒައިން ކުރުމަށް ބޭނުން ވާނޭ ތަފާތު ތަކެތި ގަތުނެވެ. އެހުރިހާ އެއްޗެއް ގަތުމަށް ފަހު ނުކްޝާން މެންނަށް ގަމަޖެހުމުގެ ނޭވާ އެއް ލެވުނީ އެ ދުވަހު ހަވީރު ވެސް ވީ ފަހުން ނެވެ.

 

“ބޮޑު ދުވަހެއް ތާ” ފެން ވަރައިގެން އައިސް ސޯފާ މައްޗަށް ވެއްޓެމުން ނުކްޝާން ބުނެލީ އެނދުގައި އިށީނދެލައިގެން އިން ޒީކާން ގެ ގާތުގައި އެވެ. “މާދަމާ އެއްނު އަދި ކަންތައް އޮތީ. މިއަދު މީ އަދި ކުޑަ ދުވަހެކޭ ހީ ކޮށްލާ” ޒީކާން ބުނެލީ އެނދުމަތީގައި އޮށޯންނަމުން ނެވެ. “މިއަދު ފިސާރި ހިނގިއްޖެ. މާދަމާ ނުޖެހޭނެ އެވަރު ކުރާކަށް. ދެން ޒީކް އަށް ވާނީ ބޮޑު ދުވަހަކަށް ތާ ދޯ” ވަރުބަލި ކަން އެކުލެވިގެންވާ ރާގެއްގައި ނުކްޝާން ބުނެލީ ޒީކާން އާއި ދިމާކޮށްލާށެވެ. ނުކްޝާން ގެ ބަހަށް ވަކި ދެރަ ނުވާން ވެގެން ޒީކާން ވެސް ހްމްމް އަޅުވާލި އެވެ.

 

“ކޫ ކައިރީ މާދަން ކީކޭ ކިޔާފަ އޯ ދާނީ ތަން ރެޑީ ކުރަން” ސޯފާ މަތީގައި އެ އޮތް ގޮތަށް އޮވެ ނުކްޝާން ވިސްނާލީ އެކަމާއި މެދު އެވެ. “ނޭނގެ. ނުކް ދޯ ބައްޕަ އަށް ގުޅައިގެން އެތަން ހަމަޖެއްސީ ވެސް. ދެން ދޮގެއް ނުހެދޭނެ ދޯ. ދޮގު ހެދިއަސް އިނގޭނެ ވިއްޔާ” ދެންމެ އޮށޯވެގެން އޮތް ޒީކާން މީހާރު އަނެއްކާ އިނީ އިށީނދެލައިގެން ނެވެ. ނުކްޝާން ބުނެލި ވާހަކަ އިން އޭނާ ވަގުތުން ކޮޅަށް ޖެހުނީ އެވެ. “ހްމްމް ހަމަ ތެދަށް ބުނާނީ. ބުނާނީ ޑްރީމް ސްޓޭ އަށްށޭ މިދަނީ” ނުކްޝާން ގެ ވާހަކައިގެ އެއްބައި އަޑު އިވުނު އިރަށް ޒީކާން އިނީ ދެލޯ ބޮޑު ކޮށްލައިގެން ނެވެ. އެހެން ނަމަވެސް ނުކްޝާން ގެ ވާހަކަ ނިމުމާއި އެކު އޭނާގެ މޫނުމަތިން ކުރިން ފެނުނު އަސަރުތައް ފިލާ ގޮއްސިއެވެ. “ޒީކް ހީކުރީ މަ ބުނާނެ ކަމަށް ތަ ޒީކް ރައިޝާ އަަށް ޕްރޮޕޯސް ކުރާތީ އެ ތަން ރެޑީ ކުރަންނޭ ދަނީ” ފަނޑު ހިނިތުންވުމަކާއި އެކު ނުކްޝާން ބުނެލި އެވެ. “ދެން އެވަރުގެ ކަމެއް މަށެއް ވެސް ނުކުރާނެ ދޯ” ނުކްޝާން ބުނެލީ ތިމަންނަ އަށް އިތުބާރު ކުރާށޭ ބުނާފަދަ ރާގެއްގައި އެވެ.

 

ވާހަކައިގައި ތިބެފައި ޒީކާން އާއި ނުކްޝާން އަށް ވަގުތު ދިޔަ ގޮތް ވެސް ނޭނގުނެވެ. މަޣުރިބު ނަމާދަށް ގޮވައިފި ކަން ވެސް އެނގުނީ ޒާރާ އައިސް ޓަކި ޖަހާލަމުން ބަންގި ގޮވައިފިއޭ ބުނުމުން ނެވެ. އެރޭ އިޝާ އަށް ވީ އަރަށް ނުކްޝާން ހުރީ ވާނެ ވަރެއް ވެފައި އެވެ. ކިރިޔާ ލޯ ހުޅުވާލައިގެން އިނދެވެނީ އޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ވަރުބަލި ވެގެން ގޮސް އޭނާ ވަނީ ވެއްޓެން ކައިރިވެފައި އެވެ. ވާނީ ވެސް އެހެނެއް ނޫން ހެއްޔެވެ. މުޅި މެލޭޝިޔާ ގެ ބޮޑުބައިގައި އޭނާ އުޅުނީ ފައިމަގުގައި ވިއްޔާ އެވެ. ޒިވާ ކައިރީގައި ބުނެގެން ކާރުގައި ނުދިޔައީ ވެސް ޑްރައިވަރ އިންނާނެ ތީ އެވެ. ޑްރައިވަރ އިނިއްޔާ ދެން އެމީހުން ބޭނުން އެއްޗެއް ނަގައިގެން އައިސް ކާރަކަށް ނެރޭނެ އެއް ނޫން ހެއްޔެވެ. އެ ވަރަކުން ކާރަށް ނާރާ މިއަދު އެ ތިން މީހުން އުޅުނީ އެހެންވެ އެވެ. އަނެއް ކޮޅުން އަށާރަ އަހަރު ނުވާތީ އާއި ވެސް އެކުގައި ޒީކާންމެން މީހަކަށް ކާރު ދުއްވެނީކީ ވެސް ނޫނެވެ. ދެން އަށާރަ އަހަރު ނުވަންޏާ ލައިސެންސް ގަނޑެއް ހާ ހިސާބު ވެސް ނޯންނާނެ ތާ އެވެ.

ކައި ނިންމައިގެން އެނބުރި ކޮޓަރި އަށް ވަންނަން ދިޔަ ޒީކާން އަށްށާއި ނުކްޝާން އަށް ކޮޓަރި އަށް ނުވަދެ މަޑު ކުރަން ޖެހުނީ ޒިވާ ގޮވާލުމަށް ފަހު އޭނާގެ ކައިރި އަށް އަންނަން އެދުމުން ނެވެ. ޒިވާ ހަމައެކަނި ގޮވާލުމާއި އެކު ނުކްޝާން ގެ ނިދިގަނޑު ވެސް ފިލައިފިއެވެ. ވާނީ ވެސް އެހެން ތާ އެވެ. ޒިވާ ދައްކަން އުޅޭ ވާހަކަ އަކާއި އެ ދެމީހުންގެ ކުރިމައްޗަށް އަޅަން އުޅޭ ސުވާލު ގޯނި އޭނާ އަށް އެނގޭ ވިއްޔާ އެވެ. އެ ސުވާލު ތަކުގެ ޖަވާބު ޒީކާން ދޭން ވެއްޖެ ނަމަ ޒީކާންގެ ބަސްތައް ޒީކާންގެ އަނގައިން ނިކުންނާނީ ސާފު ސީދާލަށް އެންމެ ގޮތަކަށް ވެސް ކައްޗެއް ނުވެ އެވެ.

 

“ތުއްތު ބުނި ކޫ ކައިރީގަ ނުކްމެން ޑްރީމް ސްޓޭ ގެ ޓެރަސް ކޮންމެ ވެސް ކަމެއް ކުރަން ބުކް ކުރި ވާހަކަ. އެއީ ކޮން ކަމަކު؟” ޒިވާ އަހާލީ މަޑުމައިތިރި ރާގަކަށް ށެވެ.”އެއީ ނުކް ދިއުމުގެ ކުރިން ކުޑަ ކަމެއް ކޮށްލަން”ނުކްޝާން ބުނެލީ ދޮގެއް ވެސް ނޫން ވިއްޔާ އެވެ. ޒީކާން ލައްވާ ރައިޝާ އަށް ޕްރޮޕޯސް ކުރުވަނީ އޭނާ ދިއުމުގެ ކުރިން އެކަން ނިންމަން ވިއްޔާ އެވެ. ނުކްޝާން ގެ ޖަވާބުން ޒިވާ އިރުކޮޅެއް ވަންދެން ނުކްޝާން އާއި ޒީކާންގެ މޫނާއި ދިމާލަށް ބަލަހައްޓައިލައިގެން އިނެވެ. ހީވާ ގޮތުން ނުކްޝާން ބުނެލި ވާހަކަ އޭނާ އަށް ގަބޫލު ނުކުރެވެނީ އެވެ. އެހެން ނަމަވެސް އިރުކޮޅެއް ވަންދެން އެހެން އިނުމަށް ފަހު އެންމެ ރަނގަޅޭ ޒިވާ ބުނެލި އެވެ.”ކޫ އެހެންވީމާ ނުކްމެން މާދަން ހެނދުނު އެތަން ރެޑީ ކުރަން ދާނަން އިނގޭ” ނުކްޝާން ލިބުނު ފުރުސަތުގައި ޒިވާގެ ކިބައިން އެތަނަށް ދިއުމުގެ ހުއްދަ ހޯދަން އުޅެގަތެވެ. ޒިވާ ހްމްމް އަޅުވާލުމާއި އެކު ހިތާ ހިތުން ޔެސް އޭ ބުނެލުމަށްފަހު ނުކްޝާން އާއި ޒީކާން ކޮޓަރި އަށް ވަންނަން ދިޔަ އެވެ.

 

“ދެން އެކަން ވެސް އެ ނިމުނީ އެއްނުން” ނުކްޝާން ބުނެލީ ޒީކާންގެ ގާތުގައި އެވެ. ވަގުތުން ޒީކާން ހްމްމް އަޅުވާލައިފި އެވެ. “މިއަދު އެއްކަލަ ގަޑީގަ ރައިޝާ ހުއްޓެއްނު ދޯ ދޮރު ހުޅުވި ގަޑީގަ.އަދި އެވަގުތަށް ވުރެ މާ ބޮޑަށް މަ ބިރުގަތޭ ކޫ ބަލަން ހުރި ގޮތުން” ނުކްޝާން ބުނެލީ ބޯ ކަހާލަމުން ނެވެ. “ނުކް ހީކުރީ ހަމަ ފަޅާ އަރަނީ އޭ”ނުކްޝާން ހީލަމުން ބުނެލީ އޭނާ އަށް ހީވި ގޮތުގެ ވާހަކަ އެވެ. ނުކްޝާން ކިޔަމުން ދިޔަ ކޮންމެ އެއްޗެއް އަޑު އެހުން ނޫން ކަމެއް އެވަގުތު ޒީކާން އެއް ނުކުރި އެވެ.

 

އިރުކޮޅެއް ވަންދެން ވާހަކަ ދައްކަން ތިބުމަށްފަހު ދެމީހުން ނިދަން އެރީ މާދަމަ އަށް އަދި ބޮޑެތި ތައްޔާރީ ތަކެއް ވާން ހުރުމުންނެވެ.

ނުނިމޭ

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ދުރުވާން ޖެހުނަސް 04

Next

އައުސް 2

Next
March 9, 2025

އައުސް 2

Previews
March 8, 2025

ދުރުވާން ޖެހުނަސް 04

24 Comments!

  1. Leesher says:
    March 8, 2025 at 2:59 pm

    hey rifoo
    Mi part vx vrh reethi Masha Allah ❤️❤️❤️
    vrh kiyaa hithun kiya kiya indhaa nimunee…
    vrh salhi ingey rifoo ge ideas thah..
    lysssm 😘

    1. RIFSHA says:
      March 9, 2025 at 12:07 pm

      Hey leesher
      Thanks varah bodah vx.
      Love you more ❤️

  2. Lyynn says:
    March 8, 2025 at 3:18 pm

    Mi part ves varah Reethi Masha Allah
    Varah kiyaalaa hithun indhaa ninunee ves. Neyngun gadi dhiya goi ves kiyamun dhiya iru. Hithah araa hurihaa part eh ves mihaa dhigu vaane nama ey.
    Kon irakun next part kiyaalan libeynee
    Love you rifoo ❤️

    1. RIFSHA says:
      March 9, 2025 at 12:10 pm

      Thanks Lyynn
      Rifoo vx beynun veyey dhigu koh genesdheyn but ehen genesdheyn veema varah time vaahaka ah dheyn jehey ehen kan kamah nudhy ehen ve ehaa dhigu koh nugenesdheveny.
      Next part in sha Allah monday ga
      Love you more ❤️

  3. Cutie girl says:
    March 8, 2025 at 3:36 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Nuk and aleeka gulhuvachey
    Aika and aleek ves
    Lai and rayaan ves
    Zeek and mish ves gulhuvachey
    Mihaaru kobaa zaa and kiyaan
    They all are made for each other
    Haadha curious kohlaafa thi nimaaly
    I appreciate your hard work
    Your my fav author ❤️
    Tc ❤️😘
    Ly rifoo ❤️😚

    1. RIFSHA says:
      March 9, 2025 at 12:11 pm

      Thanks cutie girl
      Next part in sha Allah Monday ga kiyaalan libeyne
      Hehe dhen hingaa dho vaagotheh balamaa
      Love you more ❤️

  4. Vampire girl says:
    March 8, 2025 at 3:37 pm

    Maashaa Allah mi part vx varah varah reethi….
    Manje ge molhu visnumah ma hama saabas dhen 👏👏👏
    Alhey haadha majaa vaahe ey dhw zeekaan propose kuraa rey zeekaan ge manma ethanh gohsihyaa🤣🤣
    Meehaku propose kuran khiyaaleh ma kairy ahaifihyaa ma dhaanee manje kairi ah ingey 😉😉😉
    Monday ga dhw next…
    Hmmm dhn vrh salaam…
    Varah loabivey…😘

    1. Leesher says:
      March 8, 2025 at 6:20 pm

      Vampire girl ma men rashuga kuhjjaku propose kuran vgn e firihen soru men ge ah anhen kuhjjaa dhiya iru e firihen kuhjjaa amma e fakeerah tholhi naganee 😭🤣

    2. RIFSHA says:
      March 9, 2025 at 12:14 pm

      Thankuss manjey varah bodah
      Lol ey eyrun e soru vx ladhu gannaane ehnun.hama eyna propose kuraa iru eyna ge manma huriyya dhen eyna vx ladhu gannaane dho. Mikiyaa ehcheh manje ah ingeyne kamah ma mi balany. Red fish eh ge vaahaka ma mi buny
      Hmm annaathi ingey.mashah heevani e propose kuraa meeha ladhu ganna varuge hiyaaleh kanneynge mashah dheveny
      Hmm Monday ga
      Hmm varah salaam manje ah vx
      Dhen varah loabi ves vey ingey ❤️❤️

  5. Dhooni says:
    March 8, 2025 at 4:11 pm

    Mi part ves varah Reethi Masha Allah
    Kon irakun next part kiyaalan libeynee

    1. RIFSHA says:
      March 9, 2025 at 12:15 pm

      Thanks dhoonee
      Next part Monday ga

  6. aisha says:
    March 8, 2025 at 5:26 pm

    masha allah mi part vs vrh reethi
    when next??

    1. RIFSHA says:
      March 9, 2025 at 12:16 pm

      Thanks aisha
      Next part in sha Allah Monday ga

  7. Nayaa Nayaa says:
    March 8, 2025 at 10:25 pm

    hey rifoo
    zamaan thakeh kohlaafa dho mi comment eh kohlevuny.. hehe
    vaahaka hama varah salhi ingey.. masha allah so proud.. varah varah proud vey nayaa ge faraathun inspire vegen story liyan feshi kujjaku miadhu mihaa molhu koh vaahaka liyaathy
    keep going my love
    love you so much <333

    1. RIFSHA says:
      March 9, 2025 at 12:17 pm

      Hey nayooo
      Hehe it’s ok yey
      Thanks varah bodah. Mi comment kiyaalaafa varah ufaa vejje.
      Love you more ❤️

  8. SHAAYAN says:
    March 9, 2025 at 5:38 am

    Hey Rifoo
    Mi part vec varah Reethi
    Ehen kudhin buni hen shaayan ge hithah vec araa mi part varah kiyaalan libeyne nama a komme part akah vec
    Kon irakun next part
    Curiously waiting for it
    Love you 💙

    1. RIFSHA says:
      March 9, 2025 at 12:18 pm

      Hey shaayan
      Thanks shaayan. Dhen evaru kohlevey tho rifoo balaa laany dho hehe
      Next part in sha Allah Monday ga
      Love you more ❤️

  9. Anonymous says:
    March 9, 2025 at 6:19 am

    ވަރަށް ރީތި މި ޕާޓް ވެސް.އަޅުގަނޑު ހީކުރީ ރައިޝާ އަށް އެނގުނީ ކަމަށް އެވަގުތު.ނުކްމެންނަށް ވުރެ ބޮޑަށް އަޅުގަނޑު އެވަގުތު ބިރުގަން

    1. RIFSHA says:
      March 9, 2025 at 12:18 pm

      Thanks anonymous
      Ehen tha? Hehe

  10. Shimmer says:
    March 9, 2025 at 12:50 pm

    Hey rifoo
    Varah dhuvas fahun dhw mi comment eh kohlevuny but hama regular kob kiyan igey….busy veema cmnt nukurevunas
    Anyway story hama varah best
    And zeek … Omg 😯 who would think that ehaa harudhanaa gaabilu shahushiyyathaky BTS ga ehaa ladhuganna meeheh kameh 🤣
    I couldn’t control my laughter after reading this 🤣🤣
    And nuk I think he have a lot of experience in love proposals 😜😜 baeh faharu heevey it’s nuk ge proposal ekey instead of zeek..
    And if I remember correctly that raail is zaa ge ex right???
    Did zeek got separated with rai due to their break up??
    Although zeek and rai are cute together mish and zeek gulhuvahchey.. plssssssss…🥺🥺
    Anyway comment varah dhigu vehjje kanneyge so I’ll end up here
    Take care and stay safe
    All the best for the upcoming IGCSE
    Love you ❤️

  11. Mai says:
    March 9, 2025 at 2:53 pm

    Woww warah Reethi mi part vex. Mihaaru dhen enme inthizaaru kureveynee mi vaahaka ge dhen in episode ah. Warah furihama.

    1. RIFSHA says:
      March 10, 2025 at 5:36 am

      Thanks mai
      In sha Allah next part miadhu kiyaalan libeyne
      Once again thanks

  12. Shimmer says:
    March 9, 2025 at 9:22 pm

    Hey rifoo
    Varah dhuvas fahun dhw mi comment eh kohlevuny but hama regular koh kiyan igey… Busy veema aslu
    Anyway story hama best
    And nuk haadha molhey love proposal thakah …
    Heevany varah experience hurihen ekahala kankamuga 🤣😜
    And zeek … Huh..I mean ehaa harudhanaa gaabilu shahushiyyathaky ehaa ladhuganna meehakah vaane kamah expect ves nukuran .. he is worse than mihaaruge anhen kudhinna vure 🤣🤣 ekudhin ves vaa loabi vaa vaahaka buney viyya ehaa ladhu nugane
    Although zeek and rai are cute together but mish and zeek gulhuvahchey 🥺 don’t break her heart 🤣
    And if I’m not wrong that raail is zaa ge ex … Did zeek and rai got separated because of zaa and raail ge break up…
    Anyway varah dhigu vehjje kanneyge so I’ll end up here mi ep ah
    Take care and stay healthy
    Curiously waiting for the next part
    All the very best for your upcoming IGCSE
    exam
    Love you sis ❤️

    1. RIFSHA says:
      March 10, 2025 at 5:41 am

      Hey Shimmer
      It’s ok. Rifoo ah inge yey eii shimmer buxy veema kan.ekm shimmer ge comment akah aslu varah inthizaaru kurevey ingey.. hehe
      Vedhaane eh lakka bitun nagaafa huri sorakah vx dho.
      Hehe dho aslu vx ey. Gabooleh nukurevey dho. I mean rifoo akah vx aslu nukurevey ingey. Lol eii dhen hama enme kureehsure vx rifoo zeek ge character hadhaafa in goi ingey aslu.
      Dhen balaalan hingaa dho kihineh tho vany.
      Yes yes thi buny rangalhah zaa ge ex eii.dhen alhe balaalamaa dho zaa and raail ge vakivumah fahu tho zeek and rai ge gulhumah nimun annany..hehehe
      All the best for you too ❣️ ❣️
      Love you more ❤️

Comments are closed.



All Right Reserved!