ދަޙްލާން
އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް އަހަރެންގެ ހިތުން އެހަނދާންތަކެއް ފިލާގެނެއް ނުދެއެވެ. 2015 ވަނަ އަހަރެވެ. ރެއަކީ އުޑުމަތި ސާފު ރެއެކެވެ. މެދުއުޑުގާ ހަނދު ރަސްކަން ކުރަމުން ދިޔައެވެ. ހަނދު ވަށާ ތަރިތައް ފިޔަޖަހާ ބަބުޅަމުން ދިޔަރެއެކެވެ. އަހަރެން އަހަރެން ގެ އެކުވެރި ދަޙްލާން އާއެކު ހިނގާލަން ދިޔާމެވެ. އަލައް ރަށަށް އާދެވުމުން ރަށުތެރެ އެހާބޮޑަކައް ނޭން ގެޔެވެ. އެނގޭ އެއްޗަކީ ގެއިންނަނީ އަތިރިއާކާރީގަކަމެވެ. އެހެންކަމުން ގެ ހޯދަން ވަރަށްވެސް ފަސޭހައެވެ.
އަހަރެންނަކީ މަންމަ އާއި ބައްޕަގެ ހުރި ހަމްއެކަނި ދަރިއެވެ. ނަމަވެސް ދަޙްލާން އަކީ އޭނާގެ މަންމަ އާއި ބައްޕަގެ ހުރި 3 ކުދިންގެ ތެރެއިން އެންމެ ހަގު ދަރިއެވެ. އަހަންނާއި ދަޙްލާން އަކީ އެއް އުމުރެއްގެ ދެކުދިންނެވެ. ކުޑައިރުއް ސުރެއްރެ އަހަންނާއި ދަޙްލާން އުޅުނީ ވަރައް ވެސް އެކުވެރި ކޮށެވެ. އަހަރެމެންގެ މައިންބަފައިން ވެސް ވަރަށް އެކުވެރިއެވެ. ޖީސީ ނިންމާފައި އަހަރެމެން ކުރަން ބޭނުން ވިކަމަކީ ސ.ހިތަދޫއަށް މަންމަ މެން ގޮވާގެންދާން ށެވެ. އެހުވަފެން ހަގީގަތަކައް ހަދަންވެގެން އަހަރެމެން ދެމީހުން އާއިލާގޮވާގެން ހިތަދޫއައް ދިޔާަމެވެ.
އެރޭ އަހަރެންނާއި ދަޙްލާން ގެޔައް އާ މަގުމަތިން ވަރަށް އާދަޔާ ޙިލާފް ކަންތައްތަކެއް ވިއެވެ. ގެޔާމާދުރުނޫން ހިސާބަކުން ވަރަށް ރީތިކޮއް އެޅިގަލުން ރާނާފައިން ގެޔެފެނިގެން ދެމީހުންވެސް ބަލާލަން ވަންނަންބޭނުން ވިއެވެ. ގޭތެރެވަނީ ފޮޅާސާފު ކޮއްފައެވެ. އެކިއެކި ރީތި ވައްތަރުގެ މާގަސް ތައްވެސް ހުއްޓެވެ. ބޮޑު ކުންނާރު ގަހެއްވެސް އިނެވެ. ގެވަނީ ދޭބުރިއައް ނަގާފައެވެ. ހަނދުގެ އަތްޔަ ފިނިފެންމާ ތައް ވިދަމުން ދިޔައެވެ. ޖެހޭފިނި ވާރޯޅިއައް މެދުގޯތި ތެރޭގައި އިން އުނދޯލި މަޑުމަޑުން ހެލެއެވެ. މުޅިމާހައުލު ހަމަހިމޭން ވިއެވެ.
އަހަންނާއި ދަޙްލާން އެގޭގެ އެތެރޭ ދޮރުހުޅުވާލީމެވެ. ވަރަށް ތޫލިއަޑަކާއެކު ދޮރު ހުޅުވުނެވެ. ގޭތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. ފަޅުގެއެއް ކަހަލައެވެ. ފޯނުން ލައިޓު ދިއްލީމެވެ. ފުރަތަމަވެސް ލޮލުގާއަޅާގަތީ ގޭގެ ބޮޑު ސިޓިންރުމެވެ. ބޮޑުސޯފާއަކާ އޭރު ޒަމާނުގާމުއްސަންދިން ގެންގުޅޭ ކަހަލާގެ ޓީވީއެއްއިނެވެ. ގޭގެ ކަނާއަތް ފަރާތުގާ މައްޗައް އަރާނެ ސިޑިއެއިނެވެ. އަހަރެން ގެ ފޯނު ސިޑިއާދިމާއް އަލިކޮއްގެން މައްޗައް އެރީމެވެ. ނަމަވެސް މައްޗައް އެރުން ވި ވަރަށް ވެސް ބޮޑު ކުށެކެވެ.
މަތީބާގައި 2 ކޮޓަރިއާއި ބޮޑު ސިޓިންރޫމެއް ވެސް އިނެވެ. އަހަރެން އެތަނުން އެއްކޮޓަރިއައްވަނީމެވެ. ބޮޑު އެނދެކާއި އޭރު ޒަމާނުގެ ކަބަޑު ސެޓެއް އިނެވެ. އެނދުހެ އަނެފަރާތުގާ ކުޑަދޮރެއްވެސް އިނެވެ. ކުޑަދޮރުގާ ބިއްލޫރި ޖަހާފައެއްނެތެވެ. ވަނީ ފޮތިގަނޑަކުން ނިވާކޮއްފައެވެ. ކުޑަދޮރުން ބަލާލާ އިރު ޖެހިގެން ހުންނަގެތަކުންފެށިގެން އަތިރިމައްޗާ ހަމައައް ފެނެއެވެެ. ފެންނަށް މަންޒަރު އެހާމެވެސް ހިއްގާމެވެ. އަސްލުނޫން ކަހަލައެވެ. ދަޙްލާން އަނެ ކޮޓަރިއައް ވަންފަހުން ޙަބަރެއް ނުވުމުން ބަލާލަން ދިޔާމެވެ.
ދެވަނަކޮޓަރިވެސް ފުރަތަމަ ކޮޓަރިހާ ބޮޑެވެ. ކުޑަދޮރެއްވެސް އިދެއެވެ. އަހަރެން އެކޮޓަރިއައް ވަން އިރު ދަޙްލާން ފެންނާކައް ނެތެވެ. ދަޙްލާން ބޭރައް ދިޔާކަމައް ހީކޮއް އަހަރެން އެކޮޓަރިން ނިކުންނަން ފަހަތައް އެބުރުނީމެވެ. ފެނުނު އެއްޗެއްގެ ސަބަބުން ބިރުން ހޭނުނެތުނީ ކިރިޔާއެވެ. ކަޅުކުލާގެ ދިގު ކޯޓެއްގާ ހުރި މީހެކެވެ. ދެލޮވަނީ ރަތް ބޮތްކެއްހާ ގަދަޔާ ދިއްލާލާފައެވެ. ލޯނޫން އެހެން އެއްވެސް އެއްޗެއް މޫނުމަތިން ވަތްކެއްނުވެއެވެެ. އަަހަރެން ބިރުން އެމީހާކޮއްޕާލާފައި ސިޑިން ދުވެފާ ފޭބީމެވެ. ނިކުންނަން ދޮރުހޮދަނަ އިރުކޮޅެނެގިއެވެ. ނަމަވެސް ދުވަމުން ތެޅިފޮޅެމުން އެގެއިން ނުކުތީމެވެ. ނިކުތްއިރު ދަޙްލާން ހުރި ބޭރު ދޮރުމަތީގައެވެ. ދަޙްލާންފެނުމުުން ވީގޮތް އަހަރެން ކިޔާދިނިމެވެ. ދެމީހުން އަވަހައް ގެއާދިމާއައް ދާން ފެށީމެވެ.
( ދެވަނަ ބަޔައް އިންތިޒާރު ކުރައްވާ)
One Comment
Comments are closed.


This parts good
Dhn huri parts thah thankolheh dhigu kohdheeba
Ur doing a grt job dear ❤️❤️❤️