Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ރަޙްމަތެއް

7
7 Level 1
February 27, 2025 9 Mins Read
4 Comments

ގަޑިން ބަރާބަރު ނުވައެއް ޖެހިއިރު އަޔާލް ހުރީ ލެމަން ގްރާސް ރެސްޓޯރެންޓް ގައެވެ. ކަޅުކުލައިގެ ގަމީހާއި ފަޓްލޫނުގައި އަޔާލް ހުރިއިރު އަންހެން ކުދިންގެ ހިތްތަށް ކަތިލާފަދަ ގޮތެއް ހުރިކަން ގައިމެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައި އޮތްއިރު އިސްކޮޅު ހަފޫޓައްވުރެ ކުރެއް ނޫނެވެ. ދެކޮޅު ދެކޮޅަށް ހިންގާލަ ހިނގާލާ ހުރިއިރު އިރުއިރުކޮޅާ ގަޑި ބަލާލާ ގޮތުން މީހެއްގެ އިންތިޒާރުގައިގަން ހުރިކަން އިނގެއެވެ.  އެގޮތުގައި ހުއްޓައި ދިހަވަރަކަށް މިނެޓް ފަހުން ރެސްޓޯރެންޓްއައް ވަތް އަންހެން ކުއްޖާ ފެނި އަޔާލްގެ މޫނުމައްޗައް ވެރިވީ އުފާވެރި ރީތި ހިނިތުންވުމެކެވެ. އެކުއްޖާ އައިގޮތަށް އައިސް އަޔާލްގެ އަތުގައި ހިފިއެވެ. އެއައްފަހު ރެސްޓޯރެންޓުން ބޭރަށް ނިކުންނަން ހިނގައިގަތެވެ.

އަޔާލް ގޮވައިގެން ނިކުމެ މީހުން މަދު ދިމާލަކަށް ގޮސް އަންހެން ކުއްޖާ އަޔާލްގެ އަތުން ދޫކޮށްލައި އަޔާލްއާއި ކަޅި ހަމަ ކުރިއެވެ. ” ކިހިނެއް ވީ މިތަނައް ތި ގެނައީ , އައި ހޭވް އަ ސަޕްރައިސް ފޯ ޔޫ އޭ. އެހެންވެ ބުނީ ޑިއުޓީ ނިންމާފަ ރެސްޓޯރެންޓްއައް އަންނާށޭ” އަޔާލް ވާނުވާ ނޭންގިފައި އިނދެ އަހާލިއެވެ. ” އައި އެމް ސޮރީ އަޔާލް. އަހަރެންގެ މައިންބަފައިން މި ގުޅުމަކަށް ގަބޫލެއް ނޫން. އަަހަންނަކަށް އެމީހުންގެ ނުގަބޫލުގައި މިކަން މިގޮތަކަށް ނުކުރެވޭނެ ލެޓްސް ބްރޭކްއަޕް” އެކުއްޖާ ދުރު ބަލާލާފައި ބުނެލިއެވެ. އަޔާލްގެ އެ ރީތި ހިނިތުންވުން ފަނޑުވެގެން ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އިވުނު އެއްޗަކުން ހީވީ އަޔާލްގެ ހިތްމަތީ މީހަކު ބާރުލައި ޖެހިހެންނެވެ. ލިބުނު ސިހުމުން އެއްވެސް އެއްޗެއް ނުބުނެވުނެވެ. އެއައްވުރެ އެ ހިތުގައި އަޅަމުން ދިޔަ ވޭން މާ ބޮޑެވެ. ” ސޮރީ ވީ އާ ޑަން ” އަޔާލް އެއްވެސް އެއްޗެއް ނުބުނުމުން އެކުއްޖާ އެހެން ބުނެފައި އަޔާލް އެ ހާލައް ދޫކޮށްލާފައި ދާން ހިނގައިގަތެވެ. ހިތްވަރު ކޮށްގެން ހުރި އަޔާލްގެ ލޮލުން ކަރުނަ ނިރާލީ އެކުއްޖާ ލޮލު ކޮޅައް ގޮސް ގެއްލުނު ފަހުންނެވެ. އެއީ އަޔާލް އިންތިހާއައް ލޯބިވާ އޭނާގެ ލޯބިވެރިޔާ ރީޝާއެވެ.

އިވުނު ވާހަކަތައް ދޮގުކުރަން އަޔާލް ބޭނުންވިއެވެ. ސުވާލުތައް ފުނިޖެހި ރީޝާ ގަާތު އެތައް ވާހަކައެއް ބުނަން ބޭނުންވިއެވެ. ނަމަވެސް އެހިޔަސް ލިބޭނީ އޭނާ ހިތުގައި އޮތް ޖަވާބުކަން އިނގެއެވެ. އާނއެކެވެ. އަޔާލް އަކީ އަުފަންވީއްސުރެ ލޭ އަޅާ ކުއްޖެކެވެ. ރީޝާ އެގުޅުމަށް އާ ބަސް ބުނީ އެކަން އެނގި ހުރެއެވެ. އަޔާލް ކުއްޖަކާ ލޯބީގެ ގޮތުން ފުރަތަމަ ގުޅުނު ކުއްޖަކީ ހަމަ ރީޝާއެވެ. އަޔާލްގެ އަލަތު ލޯތްބެވެ. އަޔާލް އޭނާއަކީ އެހެން ކުދިންނާއި ތަފާތު ކުއްޖެއްކަން ގަބޫލުކޮށް އެކަހަލަ ގުޅުމެއް ނުފަށަން ނިންމައިގެން ހުއްޓާ ދިމާވީ ރީޝާއާއެވެ. ރީޝާއައް އަޔާލް ކަމުދާ ވާހަކަ ބުނީ ރަހުމަތްތެރިއެކެވެ. އަޔާލް ރީޝާ ގާތު ރައްޓެހިވާން އެހީ އާއިލާ މީހުންގެ ހިތްވަރާއި ތާއީދުންނެވެ. ވީއިރު ރައްޓެހި ވީއިރު ރީޝާ ނުވިސްނީ ކީއްވެ ހެއްޔެވެ. މައިންބަފައިންގެ ރުހުން ބޭނުންވާކަން އޭރު ނޭންގުނީ ކީއްވެބާއެވެ. އަޔާލްގެ ހަޔާތުން ދުވަސްތަކެއް ބޭކާރުކޮށް ހަގީގަތެއް ނެތް ހުވަފެންތަކާއި އަވާމެންދުރެއްގައި ބެހެއްޓީ ކީއްވެގެން ހެއްޔެވެ. ހައްތަހާވެސް ޝަކުވާއެވެ. ނަމަވެސް އަޔާލް ކިތަންމެ ލޯބިވިޔަސް ހަގީގަތް އެނގިހުރެ އާދޭސް ކުރަމުން ނުދުވާނެއެވެ. ކިތަންމެ ވޭނާއި ހިތްދަތިކަން ލިބުނަސް އޭނާ ކެއްކުރާނެއެވެ. މިކަން މިހެން މިވީ ވެސް ކޮންމެސް ރަނގަޅު ސަބަބެއް އޮވެގެންކަން އަޔާލް ގަބޫލު ކުރިއެވެ.

ފަސް މަސް ފަހެވެ. އަޔާލް ހުރީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ލޭއަޅަން އައިހެވެ. އެކުގައި ކޮއްކޮ އާލް އަދި ތިމާގެ ދެ ބޭބެ ހުއްޓެވެ. އަޔާލް އިހައް އާލް ނިމެންދެން އައިސް އިށީނީ ބޭރު ގޮނޑިބަރީގައެވެ. އާލް އަކީވެސް އަޔާލް ފަދައިން ލޭއަޅާ ކުއްޖެކެވެ. އަޔާލް ޖީބުން ފޯނު ނަގައި އެފްބީއައް ވަދެލިއެވެ. އެވަގުތު އަޔާލް އިން ގޮނޑިއާއި އެއް ގޮނޑި ދޫކޮށްފައި ދެން އިން ގޮނޑީގައި ކުއްޖަކު އައިސް އިށީންކަން އިނގުނެވެ. އިރުކޮޅަކުން އެ އަންހެން ކުއްޖާ އައް ގޮވާލި އަޑައް އޭނާ ތެދުވެގެން ދިޔައެވެ. އަޔާލް ކަންފަތުގައި އެ ނަން ގުގުމާލިއެވެ. ލަވްޒާ. އަޔާލް އިރުކޮޅެއް ކޮށްލާފައި ތެދުވިއެވެ. އެވަގުތު ލޮލުގައި އަޅާގަތީ އިރުކޮޅެއް ކުރިން އެތާ އިނދެފައި ދިޔަ ކުއްޖާ އިން ގޮނޑީގައި އޮތް ކުޑަވަރެއްގެ އަލްބަމެކެވެ. އެއީ ދެންމެ ދިޔަ ކުއްޖާގެ އެއްޗެއްކަން އެނގުމުން އަޔާލް އޭނާ ފެނޭތޯ ދެކޮޅު ބަލާލިއެވެ. ނަމަވެސް ފެނުނަސް އިނގޭނީ ކިހިނެއް ހެއްޔެވެ. އިވުނީ ހަމައެކަނި ނަމެވެ. އަޔާލް އިރުކޮޅަކު ވިސްނާލާފައި އަލްބަމް ނެގިއެވެ. އޭގެ ވެރިފަރާތައް ރައްދު ކޮށްދިނުމުގެ ނިޔަތުގައެވެ. ކޮންމެސް ގޮތަކުން އެ ރައްދު ކޮށްދޭނަމޭ ހިތާއެވެ. އެފަދަ ކިތަންމެ ކުޑައެއްޗަކަސް އަނެކާއައް އެއީ ނުހަނު މުހިއްމު އެއްޗަކަށް ވެދާނޭ ހިތައް އެރުމުންނެވެ. އަޔާލް ގެއައް ދިޔައީ އަލްބަމް ހިފައިގެންނެވެ. ރޭގަނޑުގެ ވަގުތެވެ. އަޔާލް ފެންވަރާލައިގެން ފޯނުހިފައިގެން އައިސް އެނދުގައި ޖައްސާލިއެވެ. އެކަމަކުވެސް ފޯނަށް ޝައުގުވެރިކަމެއް ނެތުމުން ފޯނު ބޭއްވިއެވެ. ކިތަންމެ ހަނދާން ކުރަން ބޭނުން ނުވިޔަސް ރީޝާމަތިން ހަނދާންވިއެވެ. ފަސް މަސް ވެގެން ދިޔައިރުވެސް އަޔާލްގެ ހިތުން ފިލުވާނުލެވުނު އެ ލޯބި ވަނީ މުޅި ހިތް ފަތަހަ ކޮށްފައެވެ. އަޔާލް ދެލޯ މަރާލީ ނިދާލެވޭތޯއެވެ. އެހެނަސް ދެވަނަ ސިކުންތު ކޮޅުގައި ލޯ ހުޅުވާލިއެވެ. އެނދުކާރީ ހުރި ކުޑަ މޭޒުމަތީގައި އޮތް އަލްބަމް ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އަޔާލް ތެދުވެ އަލްބަމް ނެގިއެވެ. އަލްބަމްގެ ބޭރުގައި ލަވްޒާ މިހެން ޖަހާފައިވިއެވެ. އަލްބަމް ހުޅުވާލިއިރު ފެންނަން އިނީ ނަމާއި ނަންބަރަކާއި ރީތި ސޮއި އެކެވެ. ނަސީބެކޭ އަޔާލްގެ ހިތައް އެރިއެވެ. އިތުރައް އަލްބަމް ހުޅުވަން ނަހަދާ އަޔާލް އަވަސް ވެގަތީ އެނަންބަރައް ގުޅުމަށެވެ. ފޯނުގައި ނަންބަރު ޖަހައި އަޔާލް ގުޅިއެވެ. ދެތިން ފަހަރަކު ރިންގުވިތަނާ އެކޮޅުން ފޯނުނަގައި ހަލޯއޭ ބުނެލިއަޑު އިވުނެވެ. އަޔާލް ކުޑަކޮށް ހައިރާންވީ ޒުވާން ފިރިހެން ކުއްޖެއްގެ އަޑު އިވުމުންނެވެ. ” މީ ލަވްޒާގެ ނަންބަރެއް ނޫންތަ?” އަޔާލް އަހާލިއެވެ. ” މީ ލަވްޒާގެ ނަންބަރު ކިހިނެއް ވީ. ތީ ކާކު ?” އެކޮޅުންވެސް އެހިއެވެ. “ލަވްޒާ މި ހޯދަނީ މިއަދު ހޮސްޕިޓަލުގަ ބާއްވާފަ ދިޔަ ލަވްޒާގެ އެއްޗެއް ހަވާލު ކޮށްލަން ވެގެން ” އަޔާލް ބުނެލިއެވެ. ” ދޮންތަ މިވަގުތަކު ނެތް. ފޯނު ޗާރޖައް ޖަހާފަ ހަމަ ދެންމެ އެ ނިކުތީ. އައީމަ ބުނާނަން ” އެކޮޅުން އެހެން ބުނުމުން އަޔާލްވެސް އޯކޭ އޭ ބުނެ ފޯނު ބޭއްވިއެވެ.

ފަތިހު އަޔާލް އައް ހޭލެވުނީ ފޯނު އެލާމު ވާ އަޑަށެވެ. އެލާމު އޮފް ކޮށްލުމަށްފަހު އަޔާލް ފާހަނައައް ވަނީ ފަތިސް ނަމާދަށް ދާން ތައްޔާރު ވާށެވެ. އޭރު ކުޑަކޮށް ހުން ވައްތަރު ވެފައި ހުރިކަން ނިތުގައި އަތް ޖައްސާލުމުން އިނގުނެވެ. އަޔާލް މާ ބޮޑު ކަމަކަށް ނަހަދައި ތައްޔާރުވެގެން މިސްކިތައް ދިޔައެވެ. މިސްކިތުން އައިސް އަޔާލް އަނެއްކާވެސް އޮށޯތީ ނިދާލުމަށެވެ. އޭރު ހުން ވަނީ ތަންކޮޅެއް ގަަދަވެފައެވެ. ބަންދު ދުވަހެއް ކަމުން އަޔާލް ވަޒީފާ އަދާކުރާ އޮފީހައް ދާކަށް ނުޖެހެއެވެ.

އަޔާލްގެ ފޯނު ރިންގުވާން ފެށީ އަސުރު ނަމާދުން އައިސް އާލް އާއި އަނގަތަޅަން ހުއްޓައެވެ. ” އައްސަލާމު އަލައިކުމް. މީ ލަވްޒާ. އަހަރެންގެ އެއްޗެއް ހަވާލު ކުރާށޭ ބުނީމަ. އަޔާލް ފޯނު ނެގުމާއެކު ލަވްޒާ ބުނެލިއެވެ. ” ޔެސް ލަވްޒާގެ އަލްބަމެއް ގެއްލުނުތަ? އިއްޔަ ހޮސްޕިޓަލްގަ ބާއްވާފަ ދެވުނީ. އެހެންވެ މުހިއްމު ވެދާނެތީ ހަވާލުކުރަން ވެގެން ނެގުނީ” އަޔާލް ބުނެލިއެވެ. ” އެހެންތަ. އަހަރެން އަލްބަމް ގެއްލިގެން ވަރަށް ހޯދާފިން. ތެންކިއު ވަރަށް ބޮޑައް. މިޒަމާނުގަ މަދުން ނަމަވެސް ރަނގަޅު މީހުން އުޅޭކަން އިނގިއްޖެ. ކޮންއިރަކު އަލްބަމް ގެނެސްދެވޭނީ ? ” ލަވްޒާ އަހާލިއެވެ. ” ޔޫ އާ ވެލްކަމް. މިގަޑީގަވެސް ބޭނުމިއްޔާ ގެނެސްދެވިދާނެ. ބޭނުން ގޮތެއް” އަޔާލް ބުނެލިއެވެ. ” މިގަޑި ރަނގަޅުވާނެ ބޭރުގަ ހުރީމަ. މިހުރީ އޭޑީކޭ ހޮސްޕިޓަލް ކާރީގަ. އައިއްސަ ގުޅާލާ ” ލަވްޒާ ބުނެލިއެވެ. އަޔާލް ދިހަވަރަކަށް މިނެޓް ތެރޭގައި އެބަ ދަމޭ ބުނެ ފޯނު ކަނޑާލިއެވެ.

އަޔާލް ނިކުމެ ސައިކަލަށް އަރައި އެހެންޏާ ދުއްވާ ވަރަށް ވުރެ މަޑުން ދުއްވާލިއެވެ. ހުން އިހުނަށްވުރެ ގަދަވެފައި ގާގައި އެހާ ވަރެއް ނެތެވެ. މިއަދު އަޔާލް ބޭރަށް ނުދާން ހުރީވެސް އެހެންވެއެވެ. ނަމަވެސް އަލްބަމް ހަވާލު ކުރަން ބޭނުންވުމުން އެ ހިޔާލު ދޫކޮށްލިއެވެ. ބޭރަށް ނިކުތުމުން ކުޑަކޮށް ރަނގަޅު ވާނޭ ހިތައި އަދި ހޮސްޕިޓަލް ކާރި ވުމުން ގޮސް ޑޮކްޓަރައް ދައްކާލުމަށް އަޔާލް ނިންމިއެވެ. އޭޑީކޭ ހޮސްޕިޓަލް ކާރީ ސައިކަލު ޕާކު ކޮށްފައި އަޔާލް ގޮސް އިށީނީ ހޮސްޕިޓަލް ގޯތިތެރޭގައި އިން ހިލަ ގޮނޑިއެއްގައެވެ. އަޔާލް ލަވްޒާއައް ގުޅިއެވެ. ” ހަލޯ ކޮންތާކު ތިހުރީ އަހަރެން މި ވަންނަނީ ހޮސްޕިޓަލަށް. ބޭރުގަތަ ތިހުރީ” ލަވްޒާ ފޯނު ނަގާފައި އެހިއެވެ. ” ނޫނޭ . މީނީ ހޮސްޕިޓަލް ގޯތިތެރޭގަ . ފެނިއްޖެތަ” އަޔާލް ބުނެލިއެވެ. އެވަގުތު އަޔާލް ކުރިމަތީ ކަންފަތުގައި ފޯނު ޖަހައިގެން ހުރި އަންހެން ކުއްޖާ ފެނި ހިތާހިތުން މާޝާﷲ އޭ ބުނެވުނެވެ. ކަޅުކުލައިގެ ގަޔައް ދޫ އަބާޔާ އާއެކު ރީތިގޮތަކަށް އަޅާފައި އޮތް ޝޯލްގެ ތެރެއިން ފެންނަން ހުރި މޫނުމަތީގައި ވަނީ ހިތްގައިމު ލުއި ހިނިތުންވުމެކެވެ. ” ލަވްޒާ ރައިޓް? ” އަޔާލް އެކުއްޖާއާއި އަރާ ހަމަ ކޮށްފައި އަހާލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަ ވިއެވެ. ” ޔެސް އޫ އާ ?” ލަވްޒާ އެހިއެވެ. ” އޯ ސޮރީ. ނަމެއް ނުބުނެވޭ ދޯ އައިމް އަޔާލް. މިއޮތީ އަލްބަމް” އަޔާލް އަލްބަމް ދިއްކޮއްލިއެވެ. ލަވްޒާ އަލްބަމްގައި ހިފައި އަޔާލް އައް ބަލާލީ ޝުކުރުވެރި ނަޒަރަކުންނެވެ. ” ވަރަށް ބޮޑަށް ތެންކިއު އަޔާލް” ލަވްޒާ ހިނިތުންވެލާފައި ބުނެލިއެވެ. ރައްދުގައި އަޔާލް އެވަރުކަމެއް ނޫންކަމުގައި ބުނެ ދަނީއޭ ބުނެފައި ހޮސްޕިޓަލް ތެރެއައް ވަންނަން ހިނގައިގަތެވެ. އެތެރެއައް ނުވަދެވެނީސް އަޔާލް ގައިން ހަކަތަ ހުސްވާހެން ހީވެ އަރިއަޅާލިއެވެ. އެވަގުތު އަޔާލް ވެއްޓުނަނުދީ ހިފެހެއްޓީ ލަވްޒާއެވެ. ލަވްޒާގެ އެހީއާއެކު އަޔާލް ހޮސްޕިޓަލައް ވަނެވެ. ” ބަލީތަ. ގޭ މީހަކަށް ގުޅަންވީނު” އަޔާލް ގޮނޑިއެއްގައި ބައިންދާފައި ލަވްޒާ އެހިއެވެ. ” ހޭލިއިރުވެސް ހުން އައިއްސަ ހުރީ. އާއިރު އައީ ޑޮކްޓަރައް ދައްކަންށާ އެކީގަ. ގޭ މީހަކައް އިނގިއްޖެޔާ ވަރަށް ކަންބޮޑުވާނެ. އޯކޭވާނެ ޑޮކްޓަރައް ދައްކާލެވޭނެ އެއްނު ގޭމީހުން ނުގެނަޔަސް. އަޔާލް ސަމާސާ ރާގަކައް ބުނެލިއެވެ. ” ކެން އައި ހެލްޕް. ދެންމެވެސް ކިރިޔާނު ކަމެއް ނުވީ. އަހަރެން އިއްޔައިންސުރެ ގިނަވަގުތު މި އުޅެނީ ހޮސްޕިޓަލްގަ. ބައްޕަ ކުޑަކޮށް ބަލިވެގެން. ” ލަވްޒާ ކިޔާދިނެވެ. ” އުނދަގުލެއް ނުވާނެތަ. ބައްޕަ ކާރީގައެއްނު ތި އުޅެނީ” އަޔާލް ވިސްނާލާފައި އެހިއެވެ. މީހެއްގެ އެހީއާއި ނުލާ ނުވާވަރައް އަޔާލް ވަނީ ބަލިވެފައެވެ. ނަމަވެސް އާއިލާ މީހުންނައް އަންގަން ބޭނުން ނުވީ އެމީހުން އަޔާލް އައް ކިރިޔާ ކަމެއް ވިޔަސް ހާސްވާ ވަރު އެނގޭތީއެވެ. ” މިވަގުތު މަންމައާ ދޮންތަމެން އެންމެން ވެސް އެބައުޅޭ ހޮސްޕިޓަލުގަ. އޯކޭވާނެ” ލަވްޒާ އެހެން ބުނުމުން އަޔާލް އެއްބަސްވިއެވެ.

އަޔާލް ޑޮކްޓަރައް ދައްކައި ޓެސްޓްތައް ހެދުމުގައި އުޅުނުއިރުވެސް ލަވްޒާ އެހީވެދިނެވެ. ކަންދިމާކުރި ގޮތުން ހުންގަދަކަމުން އަޔާލް އެޑްމިޓް ކުރިއެވެ. ލަވްޒާ އަޔާލް ގާތު ގޭމީހުންނަށް އަންގަން ބުންޏެވެ. އަޔާލްވެސް ގޮތް ދޫކޮށްފައި ގުޅީ އާލް އަށެވެ. ލަވްޒާއައް މީހަކު ގުޅުމުން އެމަރޖެންސީ ރޫމުން ބޭރަށް ނިކުތެވެ. އަޔާލް އާލްއައް ގުޅިތާ ފަނަރަ ވަރަކަށް މިނެޓްފަހުން އާލްއައެވެ. އަޔާލް އައް ދެފަރާތައް ބޯ ހޫރުވައިލެވުނީ އާލްގެ ފަހަތުން އައި މަންމަ އައި ބައްޕަ އަދި ދޮންތަ ފެނިފައެވެ. އެންމެ ކަންބޮޑުވީ ރޮވިފައި ހުރި މަންމަ ފެނުމުންނެވެ. ” ހަމަ އެހަވަރުން ބުނީމަވެސް އެންމެން ކާރީ ބުނީއޭ ދޯ. މަންމާ އަޅެ އަހަރެން ރަނގަޅޭ . ބަލާބަ އަޅެ” އަލް މަންމަ ހިތްހަމަ ޖައްސައިދޭން އުޅުނުވެ. ” ކޮން މަންމައެއް ކިޔާކަށް. މިއަދު މަންމަ ހުރިކަން ހަނދާނެއް ނެތް ދޯ. މަންމަ ގާތު ބުނެލިނަމަ” އަޔާލްގެ މަންމަ ޔުމްނާ ހުރީ އިންތިހާއައް ބިރުގަނެ ކަންބޮޑުވެފައެވެ. ” ދަރިފުޅަށް އިނގެންވާނެ މަންމަ އާ ބައްޕަ ދެރަވާނެވަރު. ” އަޔާލްގެ ބައްޕަ އަހުމަދުވެސް ދެރަވެފައި ނުރުހުން ފަޅުކުރިއެވެ. ” ސޮރީއޭ އަޅެ . މިހެން ވާނެކަން އިނގޭތީ އޭ ނުބުނީ. މަންމަ ދެން ނުރޮއެ ހީލަބަލަ. ދެން އެހެނެއް ނަހަދާނަމޭ. މަންމަ ގާތު ބުނާނަން އޯކޭއެއްނު” އަޔާލް ޔުމްނާގެ އަތުގައި ފިރުމާލަމުން ބުނެލިއެވެ. ” ދޮންތަ އަލްޔާއާއި އާލްވެސް ހުރީ ނުހަނު ދެރަވެ ހިތްހަމަ ނުޖެހިފައެވެ. ” އެކްސްކިއުސް ” އެންމެންގެ ސަމާލުކަން ހުއްޓުނީ އެތަނައް އައިސް ހުއްޓުނު ލަވްޒާއަށެވެ. ” ސޮރީ މީތި ދޭންވެގެން ” ލަވްޒާ އަތުގައި އޮތް ބޭސް ކޮތަޅު ދައްކާލަމުން ބުނެލިއެވެ. ” މަންމާ މީ ލަވްޒާ. ލަވްޒާގެ އެހީއާއެކީގަ ޑޮކްޓަރަށް ދެއްކުނީ” އަޔާލް ލަވްޒާއައް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ބުނެލިއެވެ. ” ދަރިފުޅު ތި ކޮށްދިނީ ވަރަށް ބޮޑު ކަމެއް. އަޔާލްގެ އެކުވެރިއެއް ވިއްޔާ ވާނީ މަންމަމެންގެވެސް އެކުވެރިޔަކަށްތާ ދޯ” ޔުމްނާ ލަވްޒާ އަތުގައި ފިރުމާލަމުން ބުނެލިއެވެ. ” އެވަރު ކަމެއް ނޫނޭ ދައްތާ. އަހަންނާ އަޔާލްއާ ދިމާވީވެސް މިއަދު” ލަވްޒާ އެހެން ބުނެފައި ކިޔާދިނެވެ. ” ވީއިރު ތިކަން ތި ހިނގީވެސް ސަބަބެއް އޮވެގެނެއްނު. ދެން ނުވާނެއެއްނު ނުދަންނަ މީހަކަށް ” އަލްޔާ އަޔާލް އައް ބަލާލަމުން ބުނެލިއެވެ. ” ރައިޓް. ސޯ ފްރެންޑްސް ? ” އަޔާލް ލަވްޒާއައް ބަލާލީ އެގޮތް އެދިގެންނެވެ. ލަވްޒާ ހިނިތުންވެލާފައި އެއްބަސްވުމުގެ ގޮތުން އަޔާލްއައް ބޯޖަހާލިއެވެ.

ރޭގަނޑުގެ ވަގުތެވެ. އެންމެން ތިބީ އަޔާލް ދޫކޮށްލާނެ އިރެއްގެ އިންތިޒާރުގައެވެ. ނަމަވެސް އަޔާލްގެ ޕްރޮޓީން މަދުވުމުން ވޯޑަށް އަޔާލް އެޑްމިޓް ކުރެވުނެވެ. ކަންދިމާ ކުރިގޮތުން އަޔާލް އެޑްމިޓް ކުރެވުނީ ލަވްޒާގެ ބައްޕަ އެޑްމިޓް ކޮށްފައި އޮތް ވޯޑާއި ޖެހިގެން އޮތް ވޯޑުގައެވެ. ދެތިން ދުވަސް ވެގެންދިޔައިރު އަޔާލްއާއި ލަވްޒާ ގާތް ރަހުމަތްތެރިންނަށް ވެގެންދިޔައެވެ. ހަވީރުން ފަށައިގެން ރޭގަނޑު ދަންވަންދެން ލަވްޒާ އުޅެއެވެ. ބަންދު ދުވަސްތަކުގައި މުޅިންހެން ހޮސްޕިޓަލުގައޭ ބުންޏަސް ރަނގަޅު ވާނެއެވެ. މިހެންވެ ލަވްޒާ ވަނީ އަޔާލްގެ މަންމަމެން އެންމެންނާވެސް ވަރަށް ގާތްވެފައެވެ. ޖެހިގެން އައި ހަފްތާގައި އަހުމަދާ ޔުމްނާ އިންޑިއާއައް ފުރީ އަހުމަދު ޑޮކްޓަރަށް ދެއްކުމަށެވެ. ކިތަންމެ ދާން ބޭނުން ނުވިޔަސް ލަސްކުރެވެން ނެތުމާ އަލްޔާ އާއި އާލްގެ ޒިންމާދާރުކަން އިނގޭތީ ގޮތްދޫކުރިއެވެ. އަހުމަދުގެ ލޮލައް ފަރުވާ ކުރަން އަހަރަކު ދެފަހަރު އިންޑިއާއައް ދާންޖެހެއެވެ.

އަހުމަދުމެން ފުރި ދުވަހުގެ އަނެއް ދުވަހު ލަވްޒާގެ ބައްޕަ ދޫކޮށްލިއެވެ. އަޔާލް މާޔޫސްވީ ދެން ލަވްޒާ ނުފެންނާނެ ހީވެފައެވެ. މިލާފައިވާ އަޔާލްގެ މޫނަށް ހިނިތުންވުމެއް ވެރިވީ އޭގެ އަނެއް ދުވަހު ހަވީރު ލަވްޒާ އައުމުންނެވެ. ” އޮފިށަލީ މިއައީ އަޔާލްއައް އުނދަގޫ ކުރަން. އެހެން ނޫނަސް ފްރެންޑުން އަންނާނެދޯ ކޮބާ އާލްމެން ” ލަވްޒާ ގެނައި މޭވާ ކޮތަޅު ބަހައްޓާފައި ބުނެލިއެވެ. ” އަހަރެން ހީކުރީ ދެން ނާންނާނެކަމަށް. އެކަމު ހީވި އަންނާނޭވެސް ޔޫއާ އޯލްވެސް ވެލްކަމް ޓު ޑިސްޓާބް މީ. ދޮންތަ އާ އާލްއާ ދެމީހުން އިރުކޮޅެއް ކުރިން ފިހާރައައް ގޮސްފަ އެބަ އަންނަމޭ ކިޔާފަ ދިޔައީ” އަޔާލް ބުނެލިއެވެ. ” އަހަރެން ނައިސްދާނެތީ ހަމަ އެހާ ދެރަ ވިތަ” ލަވްޒާ ސަމާސާ ރާގެއްގައި އަހާލިއެވެ. ” ވަރަށް ބޮޑަށް” އަޔާލް ލަވްޒާއާއި ހަތަރުކަޅި ހަމަ ކޮށްލާފައި ބުނެލިއިރު އެއަޑުގައި ސަމާސާ ކަމެއް ނެތެވެ. އެދެމެދަށް ވެރިވީ ހިމޭންކަމެކެވެ. އާއެކެވެ. މިވީ ދުވަސްތަކުގައި އަޔާލްގެ ހަނދާނުން ރީޝާ, އެ ނަންވެސް ފުހެވިފައިވާ ކަހަލައެވެ. ރަހުމަތްތެރިކަން އެދެމެދުގައި އޮތަސް އަޔާލްގެ ހިތުގައި ނޭންގޭ ވިންދެއް ޖަހަން ފަށައިފިއެވެ. ލަވްޒާ ފެނުމުން އެހިތަށް ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބެއެވެ. އަބަދުވެސް ކާރީގައި ހުންނަން ބޭނުންވެއެވެ. ފިހާރައިން އައި އަލްޔާ އާއި އާލް އައް އެ ދެމެދުގައި އޮތް ނުތަނަވަސްކަން ފެނިފައި އެކަކު އަނެކަކައް ބަލާލިއިރު ދެމީހުންގެ މޫނުމަތީގައިވަނީ ލާނެއް ހިނިތުންވުމެކެވެ. ” ވަރަށް ގުޅޭ ދޯ” އަލްޔާ އާއި އާލްއައް އެއްފަހަރާ ބުނެވުނެވެ. އަޔާލް އާއި ލަވްޒާ ގެ އެ ސިކުންތުކޮޅު ނިމުމަކަށް އައީ އެތެރެއައް ވަދެގެން އައި އަލްޔާ އާއި އާލް ފެނުމުންނެވެ. ލަވްޒާ އަވަހައް ދުރު ބަލާލިއެވެ. އެބަ އަންނަމޭ ކިޔާފައި އޭނާ ނިކުތެވެ. ” ކޮންކަމެއް ” އަލްޔާ އަޔާލް އައް ޝައްކުގެ ނަޒަރަކުން ބަލާލަމުން އަހާލިއެވެ. އާލްވެސް ނިތްއަރުވާލާފައި ބަލާލިއެވެ. ” ފައިން. ނޫޅެމޭ ދޮގު ހަދާކަށް އައިތިންކް އައި ލައިކް ހާ. މޭބީ ލަވް? ދެން ނޭންގެ” އަޔާލް ހަތިޔާރު ބަހައްޓާފައި ހިތުގައި އޮތް ގޮތައް ބޭރު ކޮށްލިއެވެ. ” ދެން އަވަހައް ބުނެބަލަ ލަވްޒާ ގާތު. ތެޔޮނާށި ކާޅު ޖަހައިގަނެފާނެ އިނގޭ. ލަވްޒާއަކީ ދޮންތަގެ ނަޒަރުގަ މިޒަމާނުގަ ހޯދަން އުނދަގޫ ޖަވާހިރެއް” އަލްޔާ ބުނެލިއެވެ. ” އިނގެޔޭ. އެކަމު ދޮންތާ. އިނގެއެއްނު އަހަރެން މީ އެހެން މީހުންހެން ނޯމަލް މީހެއް ނޫނެއްނު. ވަޓް އިފް ޝީ ދޯންޓް ލައިކް މީ. ކުރިންވެސް އިނގެއެއްނު ވީ ގޮތް” އަޔާލްގެ އަޑުގައި ވި ރިހުމާއި މާޔޫސްކަން ސިއްރެއް ނުކުރެވުނެވެ. ” ކުރިން ވީ ގޮތައް ބަލާގެން އަޔާލްގެ ދިރިއުޅުން ބައްޓަން ކުރާކަށް ނުޖެހޭނެ. އެންޑް ކާކު ބުނީ އަޔާލް ނޯމަލް އެއް ނޫނޭ. އަޔާލް ނޯމަލް ނޫނިއްޔާ ދުނިޏޭގެ އެކަކުވެސް ނޯމަލްއެއް ނުވާނެ. ދޮންތައައް ފެންނަ ގޮތުގަ ލަވްޒާވެސް ލައިކްވޭ އަޔާލް ދެކެ. އެހެން ނޫންނަމަ އޭނަ ބައްޕަކާރީ މިތާ އުޅެމުން އަބަދު އަޔާލްގެ ހާލު ބަލާ އަޔާލް ކާރިއައް އައިސް ނޫޅޭނެ. މިހާރުވެސް ބަލާ އޭނަ ބައްޕަ ދޫކޮށްލިތާ ސައުވީސްގަޑިއިރު ނުވޭ ޝީއިސް ހިއާ އެއްނު. ސޯ ޓެލް ހަ ހައު ޔޫ ފީލް. ރިޖެކްޓްކުރުމަކީ އެންމެ ދެރަވާނެ ކަމެއް ނޫން. ލަވްޒާ ގާތު އަޔާލްގެ އިހުސާސްތައް ކިޔައިނުދެވުނީތީ މާ ދެރަވާން ޖެހިދާނެ” އަލްޔާ އަޔާލް އައް ވިސްނައިދިނެވެ. ” އޯކޭ އެކަމު މިހެން ހޮސްޕިޓަލެއް ތެރެޔަކު ނޫން” އަޔާލް ހީލިއެވެ. ” ގުޑް ލަކް ދޮންބެ. ލެޓްސް ވެލްކަމް މައި ފިއުޗާރ ސިސްޓާރ އިންލޯ ” އާލްގެ ބަސްތަކުން ސީރިޔަސްކަން ފިލައި އެންމެން ހެއްވާލިއެވެ.

ލަވްޒާ ނިކުމެގެން ގޮސް އިށީނީ އެކަހެރިކޮށްއިން ގޮނޑިއެއްގައެވެ. އޭރު ހިތުގެ ތެޅުންވަނީ އަވަސްވެފައެވެ. ” ކިހިނެއްތަ މިވަނީ. ކާމްޑައުން ލަވްޒާ. ސްޓޮޕް އޯވާ ރިއެކްޓިންގް. ވެއިޓް އަހަރެން އަޔާލްދެކެ ލައިކް ވަނީބާ. ނޫން ނޫން. ކުއްހީއެއް. އަޔާލްވެސް މިހެން ނުވެސް ވިސްނާނެ” ލަވްޒާގެ ހިތައް އަރަމުންދިޔަ އެއްޗިހިން ބޯ ހާސްވާ ގޮތްވިއެވެ. އެދުވަހުގެ ފަހުން ލަވްޒާ ހޮސްޕިޓަލައް އައުން މަދުވާން ފެށިއެވެ. ދާން ބޭނުންވިޔަސް އަމިއްލަ އިހުސާސްތަކުގެ ހަގީގަތް ނޭންގި ލަވްޒާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. މިކަމުން އަޔާލް އިތުރަށް މާޔޫސް ވާގޮތްވިއެވެ. ނަމަވެސް އަލްޔާއާއި އާލްގެ ހިތްވަރުން އަޔާލް ހިތްވަރު އެލުވައެއް ނުލައެވެ.

ހަފްތާއެއް ފަހުން އަޔާލް ހޮސްޕިޓަލުން ދޫކޮށްލިއެވެ. އޭގެ އަނެއް ދުވަހު މެންދުރު އަޔާލް ހިތްވަރުކޮށްފައި ލަވްޒާއައް ގުޅިއެވެ. ” ލަވްޒާ. ހަވީރު އަހަރެން ބުނާތާކަށް އައިސްދެވިދާނެތަ. އިފް ޔޫ ޑޯންޓް މައިންޑް ޕްލީސް” ލަވްޒާ ފޯނު ނެގުމާއެކު އަޔާލް އެއްނޭވާމަތިން ބުނެލިއެވެ. އަޔާލް ފޯނު ބޭއްވީ ލަވްޒާ އެއްބަސް ވުމުންނެވެ. ގަޑިން ހަވީރު ފަހެއް ޖަހަނީއެވެ. އަޅިކުލައިގެ ގަމީހަކާ ޖިންސެއްގައި ރަސްފަންނުގައި މީހުންނާ ތަންކޮޅެއް ދުރު ދިމާލެއްގައި އަޔާލް ހުރިއިރު އަންހެންކުދިންގެ ސަމާލުކަން ހުއްޓެމުން ދިޔައެވެ. އަވިއައިނަކުން ލޯ ފޮރުވާލާފައިވާއިރު ވަކިން ރީއްޗެވެ. ނަމަވެސް ލޮލުގައި އިން އައިނު ވަކިކޮށްލަން ޖެހުނީ އަޔާލް ކާރިއައް އައިސް މަޑުކޮށްލި ލަވްޒާގެ ފުރިހަމަކަން ފެނިފައެވެ. މެރޫން ކުލައިގެ އަބާޔާ އަކާ ކަޅުކުލައިގެ ޝޯލްތެރެއިން ފެންނަމުން ދިޔަ ދޮން މޫނުގެ ޖާދޫގައިޖެހި އަޔާލް ހަމަ ރަނގަޅައްވެސް ބަސް ހުއްޓުނެވެ. ” މާޝާﷲ” މިފަހަރު އަޔާލްގެ ދުލުން ފާޅުކޮށް ބުނެލިއެވެ. ލަވްޒާގެ މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އަޔާލް ލަވްޒާގެ ލޮލާއި ލޯ ހަމަ ކޮށްލިއެވެ. ” ލަވްޒާ މިތަނަށް މިގެނައީ ވަރަށް މުހިއްމު ވާހަކައެއް ބުނަން. ޖަސްޓް ލިސެން. އަހަންނަށް ލަވްޒާ ދެކެ ލޯބިވެވިއްޖެ. ލަވްޒާ އެގޮތައް ނުދެކުނަސް ބޭނުންވީ ބުނަން. އައި ލަވް ޔޫ ލަވްޒާ” އަޔާލް ހިތްވަރު ކޮށްފައި އޭނާގެ އިހުސާސްތައް ލަވްޒާ ކުރިމަތީގައި ބަންޑުން ކޮށްލިއެވެ. ” މީ ޓޫ ” ލަދުން ހުރި ލަވްޒާ މަޑުމަޑުން ބުނެލި އަޑުއިވުމުން އަޔާލްއައް ހީވީ ދުނިޏޭގެ ހުރިހާ އުފަލެއް އެއްފަހަރާ ލިބުނުހެންނެވެ. ނަމަވެސް ދެވަނަ ސިކުންތުކޮޅުގައި އަޔާލްގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ” ނޫން ލަވްޒާ. ޖަވާބުދިނުމުގެ ކުރިން އަހަރެންގެ ހަގީގަތް ލަވްޒާއައް އިނގެން ޖެހޭނެ. އަހަރެން މީ ލޭ އަޅާ ކުއްޖެއް. އަހަރެން އުފަންވީއްސުރެ އައިމް ލައިކް ދިސް. އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅުނު ކުއްޖާވެސް ވަކިވީ އެހެންވެ. އޭނަގެ މައިންބަފައިންވެސް ގަބޫލު ނުވި. އަދިވެސް ލަވްޒާގެ ޖަވާބަކީ ހަމަ ތީ ތަ” އަޔާލް ހިތްދަތި ކަމާއެކު ބުނެލިއެވެ. ” އެއީ އަޔާލްގެ ކުށެއްތަ. އަޔާލް ދެކެ ލޯބިވާ މީހުން އަޔާލް ބާކީ ކުރަންޖެހޭ ސަބަބެއްތަ. އެހެންނޫނަސް އަހަންނައް ނޭންގޭ ވާހަކައެއް ނޫން ތީކީ. އެ ހުރިހާ ދުވަހު ހޮސްޕިޓަލަގަ އުޅުނުއިރު އަޔާލްއާ ބެހޭ ގޮތުން ވަރަށް ގިނަ އެއްޗިހި އަހަންނައް އިނގުނު. އަހަރެން އަޔާލް ދެކެ ލޯބިވަނީ އަޔާލްގެ ހުރިހާ ސިފަތަކާއެކީގަ. އައި ލަވް ޔޫ އަޔާލް ” ލަވްޒާ ގެ ދެލޮލުން އަޔާލްއައް ފެނުނީ އިންތިހާ ލޯތްބެވެ. އެރޭ އިރު އޮއްސުނީ ލޯބިވެރިންގެ ލިސްޓައް އަޔާލް އާއި ލަވްޒާގެ ނަން އިތުރު ވެގެންނެވެ .

އޭގެ އެއް އަހަރު ފަހުން އަޔާލް އާއި ލަވްޒާގެ ގުޅުން ކާވެނީގެ ގުޅުމުން ގޮށް ޖަހާލިއެވެ. އަޔާލްއާއި ލަވްޒާ އެކަކު އަނެކަކުގެ ހިތާމައާއި އުފާ އެކުގައި ހިއްސާކޮށް ދުވަހެއް ދުވަހަކަށް އެ ލޯބި ފަނޑު ނުވެ ދިޔައީ ވަރުގަދަ ވެގެންނެވެ. ލަވްޒާ ވެގެން ދިޔައީ އަޔާލްގެ ދިރުއުޅުމަށް އައި ރަހުމަތެއް ކަމުގައެވެ.

ނިމުނީ…

Share Article

7
Follow Me Written By

7

Level 1

Writing helps me to express

Other Articles

Previous

ކުށަކީ ކޮބާ ؟ ޕަރޓް 03

Next

ފަންވަރު އެޕިސޯޑް 11

Next
February 27, 2025

ފަންވަރު އެޕިސޯޑް 11

Previews
February 27, 2025

ކުށަކީ ކޮބާ ؟ ޕަރޓް 03

4 Comments!

  1. baby girl 🙈 says:
    February 27, 2025 at 12:44 pm

    vaahaka vrh reethi Masha Allah ❤️
    keep it up darl

    1. 7 says:
      February 27, 2025 at 1:01 pm

      Thanku so much baby girl ❤️❤️❤️

  2. aisha says:
    February 27, 2025 at 1:33 pm

    masha allah mi vhk vs vrh reethi
    can’t wait 7 ge ehn vhk akah
    ramadan mubarak

    1. 7 says:
      February 27, 2025 at 1:49 pm

      Thanku so much aisha
      Ramadan Mubarak
      Roadha mas vma ithuru vhk eh liyan undhagoo vedhaane but Insha Allah will right if possible
      ❤️❤️❤️🥰✨️

Comments are closed.



All Right Reserved!