Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ކުށަކީ ކޮބާ ؟ ޕަރޓް 03

blackshadow eddie
blackshadow eddie Level 210 Stories
February 27, 2025 3 Mins Read
0 Comments

ހަމްނާ އަށް ހިތާ ހިތުން ކިޔާ ލެވުނެއެވެ . އަހަންނަށް ބައްޕަ އެއްގެ ލޯބި ނުލިބުނު ތާ ދޮންބައްޕަ އެއްގެ ލޯބި ވެސް ނުލިބުނީއެވެ .  އަހަރެންގެ އުފަން މަންމަ އަހަރެންގެ ދޮންބައްޕަ އާ އެއްކޮޅަ އެ ހުންނނަނީ ކީއްވެގެން ބާ ވައެވެ . މި ސުވާލު ތަކު ގެ ޖަވާބު ހަމްނާ އަށް ބޭނުމެއެވެ .

ހަމްނާ އަށް ކިތައްމެ ދެރައެއް ނުވަތަ ކިތަމެއް ހިތްދަތި ކަމެއް ކުރިމަތި ވިޔަސް . ހަމްނާ އަށް މި ކަންތައް ތައް ބަމަލުން އަންނަނީ ހަމްނާ އަށް އުފާވެރި ކަމެއް އަންނަ ކަމަކަށެއެވެ .   ހަމްނާ މޫނު މަތިން ކިތަމެއް ހިނިތުން ވުމެއް ދެއްކި ކަމުގައި ވިޔަސް . ހަމްނާ ތަހައްމަލް ކުރަމުން އަންނަނީ ހިތް ދަތި ކަމާއި ނާމާން ކަމެއެވެ . އެތަކެއް ފަހަރު ހަމްނާ އަށް އެކަނި ރޮވޭ ފަހަރު ވެސް އާދެއެވެ . ނަމަވެސް  މި ކަންތައްތަށް ހިއްސާ ކުރާނޭ މީހެއް ނެތް ކަހަލައެވެ .

” ދަރިފުޅާ މިޔޮށް ދަންވަރު ކީއް ތި ކުރަނީ ނުނިދާ އިނދެ . ” ޒައިނަބް ( މަންމަ ) ބުނެލިއެވެ .  ހަމްނާ އެއްވެސް އެއްޗެއް ނުބުނެ ހަމްނާ ހިގައި ގަތީ ކޮޓަރި އާ ދިމާ އަށެއެވެ . ހަމްނާ އަށް އެންމެ ރަގަޅު ގޮތަކީ  އެއީ ކަމަށް ބަލާފައި ހަމްނާ ކަންތައް ކުރިއެވެ . އެއީ ހަމްނާ މަންމަ ( ޒައިނަބް ) ކުރިމަތީ ޒުވާބެއް ނުކުރުމަށެއެވެ .

ޒައިނަބް ގޮވަ ގޮވާ ހުއްޓައި ހަމްނާ  ކޮޓަރީގެ ދޮރު ލެއްޕިއެވެ . އަދި ޖައިލަމް އަށް މެސެޖް ކޮށްލިއެވެ . ސަބަބަކަށް ވަނީ ޖައިލަމް ހޭލައި އުޅޭނެ ކަމަށް ބަލާފައެވެ .

ނަމަވެސް ޖައިލަމް ގެ އެއްވެސް ހަބަރެއް ނުމެއެވެ .

” މި ޖިސްމުގައި ވަނީ ޝީކާޔަތާ ވޭން ތަކެއް ބަދަލް ނުމެއް ނުވާ ، މި އާޝިޤީ ހަނދާން ތަކޭ ، މި ބީވެގެން ދަނީ ، އަތުން މަގޭ ފުރާނަ އޭ ، ފަނާ ، ”  ހަމްނާ އަބަދު ވެސް ކިޔަމުން އަންނަ އެއް ލަވައެވެ .

އަބަދުވެސް ހަމްނާ ހިތުގައި އަދި ހަމްނާ ގެ ހިތުގެ ތެރޭގައި ޖައިލަމް ގެ އެތަކެއް ހަނދާން ތަކެއް ވެގެން ދެއެވެ .  އަދި ޖައިލަމް ހުންނަ ވަގުތު ހިމާޔަށް ލިބޭ އިހުސާސް ތަކެއް ހަމްނާ އަށް ކުރެވިގެން ދެއެވެ .

ދުވަސް ތައް ފާއިތު ވެގެން ހިގައްޖެއެވެ . ޖައިލަމް ރިސޯޓް އަށް ދާ ދުވަސް ކައިރި ވެއްޖެއެވެ . ޖައިލަމް އަކީ ހަމްނާ މެންނާ އެކު އެއް ކިލާހެއްގައި ކިޔަވަން އުޅުނު  ކުއްޖެކެވެ . އޭރު ހަމްނާ އާއި ޖައިލަމް ވާހަކަ ނުދެއްކި ކަމުގައި ވީނަމަ ވެސް  އެވެ .

އޭރު ވެސް ޖައިލަމް ހުންނަނީ ހަމްނާ އަށް ހިތް ކިޔާލަ ކިޔާލައެވެ . ނަމަވެސް  ތަޤުދީރު ނިޔާ ކުރި ގޮތުން ޖައިލަމް ބަދަލު ވެގެން ދިޔައީ ލަންކާ ކޮޅަށެއެވެ . އެއީ ޖައިލަމް އަށް މަތީ ތައުލީމް ހާސިލް ކުރުމުގެ ނިޔަތުގައި އެގޭ އެންމެން ބަދަލު ވެގެން ދިޔައީ އެވެ . އެތަކެއް ދުވަހެއް ލައްކާ ގައި ދިރިއުޅުމަށް ފަހު އުފަން ޤައުމަށް އައީ ދާދި އެހަކަށް ދުވަހު އެވެ ، ބަލާ ބެލުމުން ޖައިލަމް ހީވަނީ ޔޫރަޕް ކުއްޖެއްހެންނެއެވެ .

ފުރުމުގެ ކުރިން ޖައިލަމް ހަމްނާ އާ ދިމާ ކުރުމަށް ހަމްނާ ދިރިއުޅެމުން އަންނަ ގެޔަށް ދިޔައެވެ .  ” އައްސަލާމް  ” ޖައިލަމް ސަލާމް ގޮވާލިއެވެ  . ” ކާކު ؟ ކާކު ހޯދަން .. ކީއްކުރަން އުޅޭ މީހެއް ” އަހައްމަދުފުޅު ރުޅިވެރި ކަމާ އެކު ޖަވާބު ދިނެއެވެ .

” ކޮބާ ހަމްނާ . މިއީ ޖައިލަމް . ހަމްނާ ގެ ރައްޓެއްސެއް . ” ޖައިލަމް ކިޔަމަންތެރި ކަމާއެކު ޖަވާބު ދާރީވިއެވެ .  ” ތިހެން ކިޔާ މީހަކު ނޫޅެ .  ” އަހައްމަދު ފުޅު ޖަވާބު ދާރީ ވިއެވެ  .  ޖައިލަމް ، އިސް ޖަހާލުމަށް ފަހު އެ ގެއިން ނިކުމެގެން ދިޔައެވެ .

ޖައިލަމް ޖީބުން ފޯނު ނެގުމަށް ފަހު ހަމްނާ އަށް މެސެޖް އެއް ކޮއްލިއެވެ . މި ދަނީ ހަމްނާ އުޅޭ ގޭ ދޮރުމަތީ ހުރެލާފާ . ކޮންމެ ވެސް ފިރިހެނެއް  ދޮރު މައްޗައް އަރާފައި ބުނީ ހަމްނާ އެއް ނޫޅޭ . އެއީ ކާކު ތަ ؟  ޖައިލަމް ޓެކްސްޓް ކުރަމުން ބުނެލިއެވެ .

ޖައިލަމް އެހެން ބުނުމުން ހަމްނާ ފެން ކަޅި ވެއްޖެއެވެ . ސަބަބަކަށް ވަނީ ދޮންބައްޕަ ގެ ކަންތައްތަކާ ހުރެ އެއްވެސް ކަމެއް ނުކުރެވިގެން ދާތީއެވެ .  ”  ބުނަން ވެސް ބުނި މިގޭ ކައިރި އަށް  ނާންނަޗޭ ވެސް ” ޖައިލަމް ހަމްނާ އަށް ޓެކްސްޓް ކޮއްލަމުން ބުނެލިއެވެ . ޖައިލަމް ވާހަކަ ދެއްކި ގޮތުން ޖައިލަމް ހިތް ހަމަ ނުޖެހިފައި ކަން ހަމްނާ އަށް އިގިއްޖެއެވެ . އަދި ދޮންބައްޕަ ޖައިލަމް އާ ދޭތެރޭ ކަން ކުރި ގޮތުން ދެރަ ވެސް ވިޔެއެވެ . އެކަމަކު މިކަންތައް ހިއްސާ ކުރާނޭ މީހަކު ނެތް ކަހަލައެވެ . އުފަން މަންމަ ވެސް އަބަދު ވެސް ހުންނަނީ ދޮންބައްޕަ އާ އެއް ކޮޅަކަން އެގި ހުރެއެވެ .

ނުނިމޭ

Share Article

blackshadow eddie
Follow Me Written By

blackshadow eddie

Level 210 Stories

story writer . thank you supporting with me ވާހަކަ ލިޔުމާއި ކިޔުން . ކިޔުންތެރިންގެ ސަޕޯޓް އަކީ އަޅުގަނޑު ގެ ކުރި އެރުން

Other Articles

Previous

އިތުބާރު1

Next

ރަޙްމަތެއް

Next
February 27, 2025

ރަޙްމަތެއް

Previews
February 27, 2025

އިތުބާރު1



All Right Reserved!