Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

3-ބައިވެރިޔާ

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 6, 2025 3 Mins Read
4 Comments

*ހުޅުވުނު ދޮރުން ވަދެގެން އައި މީހަކު ވިޝާލް ނަގައި އެއްލައިލި އެވެ. އަނދިރީގައި އެއީ ކާކުކަމެއް ނޭނގެއެވެ. ނަމަވެސް ހިތާއި ހިތުން މައިޝާއެމީހަކަށް ޝުކުރު ކުރި އެވެ. ދެމީހުން އެތައް އިރެއް ވައްދެން ތަޅާފޮޅުމަށް ފަހު، އެމީހާކުކުލާހުން ބޭރަށް ވިޝާލް ކޮށްޕައިލައިފައި އެމީހާ ވެސް ބޭރަށް ނުކުތެވެ. އެވަގުތު އެއީ ކާކުކަން މައިޝާ އަށް އެނގުނެވެ. ހައިރާންވި ވަރުން މައިޝާ އިނީ ކުޑަކޮށް އަގަ ހުޅުވިފަ އެވެ. ހިތުގައި ވެސް އެތަށް ސުވާލުތަކެށް އެއްފަހަރާ ވެރިވެގެން ދިޔަ އެވެ.*

މާގާތް ގުޅުމެއް ނެތަސް ރަނގަޅަށް ދަންނަ މީހެކެވެ. މައިޝާ އެހެން އޮއްވައި އެމީހާ އައިސް މައިޝާގެ އަތުގައި ހިފައި ނަގައިދިނެވެ. މައިޝާ އައް ބަހެއް ބުނަން ނޭނގިފައި އިންދައި ޓީޗަރުން ތަކެށް އައިސް ވިޝާލް ގެން ދަމުން އެ ދެކުދިން ވެސް ޕްރިންސިޕަލް ކައިރި އަށް ދިއުމައް އެންގި އެވެ. ޕްރިންސިޕަލް ކައިރި އަށް ދިއުމުން އެނގުނީ ވިޝާލް ގެ މައްސަލަ ޕޮލިހުންނަށް އަންގައިފައި ވާކަމެވެ. އަދި ވިޝާލް ސަސްޕެންޑް ކުރެވުނު ކަން ވެސް އެނގުނެވެ.

“ޒަޔާން ތިކުރީ ވަރަށް ރަނގަޅުކަމެއް އަސްލު. ވަރަށް އުފާ ވެސް ވެށްޖެ. އެކަމަކު ސަރ ޖެހޭނީ ޒަޔާން ވެސް ސަސްޕެންޑް ކުރަން. ސްކޫލް ކެޕްޓަން އަށް ވީތީ ދޫކޮށެއް ނުލެވޭނެ. ސޮރީ.” ޕްރިންސިޮަލް ބުނުއްވި އެވެ.

“އަޅުގަނޑަކަށް އެއްވެސް މައްސަލަ އެއް ނެތް. އަޅުގަނޑު ކުރިކަމެއް ކުރީ އެހީއަށް ބޭނުން ވެފައިވާ ކުއްޖަކަށް އެހީވުމުގެ ގޮތުން އިސްލާމް ދީނުގެ ރިވެތި ސިފަތަކުގެ ތެރެއިން ސިފައަކައް ވާތީ.” ޒަޔާން ވާހަކަ ދެއްކިއިރު މައިޝާ އާއި ދިމާލަށް ސިއްރުން ބަލަން އިނދެއެވެ.

“ޒަޔާން އަށް ސަސްޕެންޑްގައި ހުންނަން ޖެހޭ މުއްދަތު ކުޑަކޮށްލަދޭނަން އެއް ހަފްތާއަށް. އެންމެ ރަނގަޅު ދެން ދެކުދިން ދިޔަސް ވެސް. އެންޑް މައިޝާ. މައިޝާ ބެނުންވަންޏާ މިރޭ ދެން ގެއަށް ގޮސްލިއަސް އެންމެ ރަނގަޅު.”

މައިޝާ ގެޓުން ނިކުމެވުނު އިރު ޒަޔާން އައިސް މައިޝާ އާއި އަރާހަމަ ކުރަނީ އެވެ. ޒަޔާން ކައިރީ ސުވާލުކޮށްލަން ބޭނުންވި ނަމަވެސް ސިކުނޑީގައި ފުނިޖެހިފައިވާ ހިޔާލްތަކުގެ ސަބަބުން މައިޝާ ވާހަކަ ދަށްކާ ހިޔާލެއް ނުކުރި އެވެ.

“ޔޫ އޯކޭ؟” ހާސް ވެފައި ހުރި ރާގެއްގައި ޒަޔާން އަހައިލި އެވެ. ޖަވާބުގައި މައިޝާ ބޯޖަހައިލިއެވެ. “މަޑުކޮއްލިނަމަ އެއްކޮށް ދާން އެއްތާކަށް ދާއިރު. ކީއްވެ ވިޝާލް މައި އަށް އެޓޭކް ކުރަން އުޅުނީ؟ އިސިންޓް ހީ ޔޯ ބޮއިފްރެންޑް؟” ދެން ވެސް ވާހަކަ ދެއްކީ ޒަޔާން އެވެ.

“ވިޝާލް އެއީ މައިގެ ބޮއިފްރެންޑް އެއް ނޫން.”

“އަސްލު؟ އެކަމަކު ކުދިން ކިޔާ އަޑުއެހިން މައި އެންޑް ވިޝާލް އުޅެނީ ރިލޭޝަން އެއްގައޭ.” ޝަޢުގު ވެރި ވެފައި ޒަޔާން ބުނެލި އެވެ.

“ބްރޭކް އަޕް ވީ” މޮޅިވެރި ގޮތަކަށް މައިޝާ ބުނެލި އެވެ.

“ކިހިނެއްވީ ބްރޭކް އަޕް ވީ؟”

“ޒަޔާން ކީއްވެތަ އެހާގިނަ ސުވާލުތި ކުރަނީ؟” މައިޝާ ހުރީ އުނދަގޫ ވެފަ އެވެ.

“އޯކޭ ސޮރީ. މައި ކިޔައިދޭން ބޭނުން ނެތިއްޔާ އަޅާ ނުލާ”

“ވިޝާލް ޗީޓުކުރީ. މައިގެ ކްލޯސް ފްރެންޑް އަކާ އެއްކޮށް.” ވިސްނަން ހުރެފައި މައިޝާ ބުނެލި އެވެ. ހިތުގައިވާ އުދަސްތައް އެހެން މީހަކާ ހިއްސާކޮއްލުމުން ލުޔެއް ލިބޭނެހެން ހީވީމަ އެވެ.

“ވަޓް؟ މައި އަށް ކިހިނެއް އެކަން އިނގުނީ؟” ހައިރާން ވެފައި ޒަޔާން އަށް އަހައި ލެވުނެވެ.

“އެވެސް އެކްސްޓްރާ ކްލާހަކަށް އައިސަ. އަނާ ދިޔައީ ފާޙަނަ އަށޭކިޔާފަ. މާގިނައިރު ވެގެން ޓީޗާ ބުނުއްވީ މައި ކައިރީ ބަލާލަން ދޭބަލާށޭ އަނާ ކޮބާތޯ. މައި ފާޙަނައާ ދިމާލަށް ދަނިކޮށް އިވުނީ ދެކުއްޖަކު ކްލާސް ރޫމް އެއް ތެރެއިން ވާހަކަ ދައްކާ އަޑު. އަޅައިނުލާ ދަނިކޮށް އެ ކްލާސް ރޫމްގެ ދޮރާހަމަ އަށް އެރުނުތަނާ ދެކުއަޖަކު ނިކުތީ. ދެޓް ވޯސް ދަ ވޯސްޓް މޮމެންޓް އޮފް މައި ލައިފް.” މިހެން ބުނެފައި މައިޝާ ވާހަކަ ދެއްކުން ހުއްތައިލީ ރޮވޭގޮތް ވުމުން ނެވެ. ޒަޔާން ހަދާނެ ގޮޓެއް ނެނގިގެން އިދެފައި މައިޝާގެ ކޮޑުގައި އަތް ބާއަވައިލި އެވެ. ހަމަ އެސިކުންތުގައި މައިޝާ އެ އަތް ފޮޅުވައިލި އެވެ.

“އެރޭ އިނގުނީ ވިޝާލް އުޅެނީ އަަނާ އާ ރަށްޓެހިވެގެންކަން. އަނާ އަކައް ވެސް ނޭނގޭނެ މައި އުޅެނީ ވިޝާލް އާ ރައްޓެހި ވެގެންކަމެއް. ސޯ އައި ފޮގިވް ހާ. އޭގެ ފަހުން ވެސް އެދެމީހުން އުޅުނީ ރައްޓެހި ވެގެން އެންޑް އެހެން އަންހެން ކުދިންނާ ވަރަށް ކްލޯސްކޮށް، ވަރަށް ގިނަ ކުދިންނާ އެއްފަހަރާ ރައްޓެހިވެގެން އުޅޭކަން ވެސް މައި އަށް އެނގުނީމަ މައި އަމިއްލައަށް ބްރޭކަޕްވީ.”

“ދެން މިރޭ ކީއްވެ ވިޝާލް މައި ކައިރިއަށް އައީ؟”

“ވިޝާލް އެދުނީ ސެކަންޑް ޝާންސް އަކަށް”

“ދެން؟”

“އައި ސޭޑް ނޯ. ދެން ހީ ޓްރައިޑް ޓު…” އެހިސާބަށް ބުނެވުނީރަށް މައިޝާގެ އަޑު ބެދުނެވެ. އޭރުވަނީ ގެާއިހަމަ އަށް ވެސް އާދެވިފައިކަމުން މައިޝާ އަވަހަށް ގެަށް ވަނެވެ.

މައިޝާ ގެއަށް ވަތް ތަން ބަލަން އިނދެފައި ޒިޔާން ދޮރުގައި ލެގިލި އެވެ. މައިޝާ އަށް ރޮވުނުތަން ފެނިފައި ޒަޔާންގެ ހިތަށް ކަށްޓެއް ހެރުނު ފަދަ އެވެ. މައިޝާ ރޯތަން ފެނިފައި ވެސް އެއްވެސް ކަމެއް ނުކުރެވުމުން ޒަޔާންގެ ހިތް ވަނީ ކުދި ކުދި ވެފަ އެވެ.

މައިޝާ ގެއަށް ވަތް އިރު އޭނާގެ މަންމަ ފެންނާކަށް ނެތެވެ. އަވަސް ފިޔަވަޅުތަކެށްގައި ގޮސް ކޮޓަރިއަށް ވަނެވެެ. މައިޝާ އެނދުމައްޗަށް ވެއްޓިގަތް ގޮތަށް އެތައް އިރެއްވަންދެން ރޯން އޮތެވެ. ޖެހިގެން އައި ދުވަހު މައިޝާ ސްކޫލަކައް ވެސް ނުދެ އެވެ.

މައިޝާގެ ހިތާމައަށް ބޮޅެށް އިތުރުވީ އޭނާގެ މަންމަ ބޭސްފަރުވައަށް އިންޑިއާއަށް ދިއުމުންނެވެ. ހިތްވަރު ކޮށްފައި މައިޝާ އޭނާގެ ކިޔެވުމަށް ސަމާލުކަން ދެވޭތޯ ބެލި އެވެ. މިހާރަކައް އައިސް ޒަޔާން ވެސް އުޅެނި އޭނާއާއި ވަރަށް ގާތް ކޮށެވެ. ގަވައިދުން އޭނަގެ ހާލު ބަލައި ހަދަ އެވެ.

މަހެށްހާ ފަހުން މައިޝާގެ މަންމަ އެނބުރި އައެވެ. އޭރުވަނީ ސްކޫލު ބަންދުވެފައިކަމުން މައިޝާ ދިޔައީ އޭނާގެ މަންމަ އާއި އެކު އޭނާގެ ރަށަށެވެ. މައިޝާ ރަށަށް ދިޔައީ މަޖާކޮށްލަން ނަމަވެސް އޭނާގެ ހިތުގައި ވަކި ހިތްޕައިފައި ވަނީ އެރޭހިނގި ހިތި ހާދިސާގެ ހަނދާންތަކެވެ. އެރޭގެ ހާދިސާއާއި މެދު ވިސްނި ވަރަކަށް މައިޝާގެ ހިތަށް އަރަމުން ދިޔައީ ޒަޔާން އެރޭ އޭނާ ސަލާމަތް ކުރަން އާދެވުނީ ކިހިނެއްކުންބާއެވެ. ދެކުދިންގެ ގުޅުން ދުވަހަކަށް ވުރެ ދުވަހެއް ގާތް ވަމުން ދާކަމުން މައިޝާ ނިންމީ އޭނާ އަމިއްލަ އަށް ޒަޔާން ކާރީ އަހާލުމަށެވެ.

-ނުނިމޭ-

 

 

 

 

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ފުރާނައިގެ ދިރުމޭތިއީ 9

Next

ހިތަށް ނޭދެވޭހައި އަސަރު

Next
March 6, 2025

ހިތަށް ނޭދެވޭހައި އަސަރު

Previews
March 5, 2025

ފުރާނައިގެ ދިރުމޭތިއީ 9

4 Comments!

  1. Fai_herrr says:
    March 6, 2025 at 12:23 pm

    vrh reethi Masha Allah ❤️❤️❤️
    lyssm devil 😘

  2. Fai_herrr says:
    March 8, 2025 at 2:06 pm

    no body else read this???
    n devil luv why aren’t you replying??

    1. _MuXo_ _devil_ says:
      March 8, 2025 at 4:15 pm

      Sorry for keeping you waiting!
      love you too!

    2. _MuXo_ _devil_ says:
      March 8, 2025 at 4:17 pm

      Idk about that, but there is so much viewers! Maybe they do not comment!

Comments are closed.



All Right Reserved!