Skip to content
އެސްފިޔަ

އަހަރެން ގެ ކުށަކީ ކޮބާ ؟

ހަމްނާ ގެ ދޮންބައްޕަ ގެ ސަބަބުން  ހަމްނާ ގެ  މަންމަ ހުންނަނީ  ހަމްނާ ދެކެ ހިތް ހަމަ ނުޖެހިފައެވެ . ހަމްނާ އަކީ އެ އާއިލާ އަށް އެއްވެސް މީހެއް ނޫން ކަން  އަބަދު ވެސް  ބުނަމުން ގެންދެއެވެއެވެ .ހަވީރުގެ ވަގުތެއެވެ . ކުދި ބޮޑު އެންމެން ފިނި ބުރު ޖަހަން ނިކުމެ އުޅެއެވެ . އާއިލާ މީހުންނާއި  ކުޑަ ކުދިން އެ ކުދިން ގެ ބައްޕަ އާ އެކު ސައިކަލު ދުއްވާލަން ނިކުމެ އުޅެއެވެ . އެކި ކޮޅު ކޮޅަށް ސައިކަލުގައި ދުއްވަމުން ގެންދެއެވެ .

އެ ހާލުގައި އެ މާހައުލުގައި ހަމްނާ އެ އިނީ ކަމަކާ ގެއްލިފައެވެ . މާޒީގެ ސަފްޙާ ހަމްނާ ކުރިމަތީގައި ހުޅުވިފައި ކަހަލައެވެ . އުފަން ބައްޕަ އެއްގެ ލޯބި ނުލިބިން ހާލުގައި ދޮންބައްބަ އެއްގެ ލޯއިއްބެ ނުލިބެއެވެ . އެތަކެއް އަނިޔާ އެއް ހަމްނާ އަށް ލިބެމުން ގެންދެއެވެ . އެކަންތައް ތައް ސިއްރު ކުރަމުން ގެންދެއެވެ . ސަބަބަކަށް ވަނީ ހަމްނާ ގެ މަންމަ އަށް  އެގިއްޖެ ނަމަ އަނެއްކައި ހަމްނާ މަންމަ  ހަމްނާ ދެކެ ރުޅި އައުން ގާތެއެވެ .

އެ ހިޔާލުގައި އިންދައި ސިއްސައިގެން ގޮސްފިއެވެ . ސަބަބަކަށް ވަނީ ހަމްނާ ފުރަގަހުން މީހަކު ހަމްނާ ކޮޑުގައި އަތް ލުމުންނެއެވެ .  ” ހާދަ ފުން ހިޔާލެއްގާ ކިހިނެއް ވީ . އަހަރެން ކޮނޑުގައި އަތްލީމައި ސިހިއްޖެ ވިއްޔާ ” ޖައިލަމް ހިނިތުން ވުމެއްގެ މޫނު ދައްކާލުމުން ބުނެލިއެވެ .  ” އާން އާން …  ކަމެއްގައެއް ނޫން  . ވަކި ވިސްނުމެއްގައެއް ނޫ ހަމަ އިދެލީ . ޖައިލަމް ކިހިނެއްތަ ؟ ”   ދެން އެކަހަލަ ގޮތެއް ” ހަމްނާ  ހިނިތުން ވެލަމުން ބުނެލިއެވެ .

ޖައިލަމް އަދި ހަމްނާ އަކީ ސްކޫލް ދުވަސް ވަރު އެކުގައި ކިޔެވި 2 ކުދިންނެއެވެ . ޖައިލަމް ގްރޭޑް 7 އަކުން ޖައިލަމް ސްރީ ލަންކާ ކޮޅަށް ބަދަލު ވެގެން ދިޔައެވެ . 25 އަހަރު ފަހުން ޖައިލަމް އަދި ހަމްނާ  ފެނުނު ފުރަތަމަ ފަހަރެއެވެ .  ދެ މީހުން އެތަކެއް ވާހަކަ އެއް ދެކެވިގެން ދިޔައެވެ . ޖައިލަމް އާ އެކު އުޅެވުނު ކޮންމެ ވަގުތަކީ ހަމްނާ އަށް  އުފާވެރި ކަމެއް ގެނުވި ވަގުތެއެވެ .  އެތަކެއް އިހުސާސް ތަކެއް ހަމްނާ ހިތު ތެރޭގައި ފައިބަމުން ދިޔައެވެ .  ” އެޔޮއްގެން އިރު އޮއްސެނީ .  މަ ގެން ގޮސްދީފާނަން ސައިކަލް ގާ ތި ގެޔަށް ” ހައިލަމް ހިނިތުން ވެލާފައި ބުނެލިއެވެ . ލަދު ރަކި ގޮތަކަށް ހަމްނާ އާއެކޭ ބުނެލިއެވެ .

” ކޮން ތާކުން ތިޔައީ . ކޮން ފިރިހެނެއްގެ ފަހަތުން ؟ ލަދެއް ނުގަނޭ ދޯ ؟  މިހާރު ގެޔަށް ވަދޭ . ދެން ހަމްނާ އަށް އެއްވެސް ތާކަށް ނުދެވޭނެ . ”  މުހައްމަދުފުޅު ( ދޮންބައްޕަ ) ރުޅިވެރި ކަމާ އެކު ބުނެލިއެވެ .

“  ތަ . ތަ . ތަކަށް ނޫން  .  އެއީ ރަށްޓެހި ކުއްޖެ ” ހަމްނާ  މަޑު މައިތިރި ކޮށް ބުނެލިއެވެ .  މަޑު މަޑު ހިގުމެއްގައި ހަމްނާ  ކޮޓަރި އާ ދިމާ އަށް ދިޔައެވެ .

” އަހައްމަދުފުޅާ ކިހިނއް ތި ހެދީ ؟ އެ ކުއްޖާ ވެސް ބޭނުން ވާނެ ދޯ . ރައްޓެހިންނާ އެކު ވެސް މަޖާ ކޮށްލަން ވެސް ”  ޒަހުރިއްޔާ ބުނެލިއެވެ . ” އެކަމަކު ވެސް ހެވޭ . އަހަރެން މި ގޮތަށް ވެސް ކަންތަށް މި ކުރަނީ އެ ކުއްޖާ އަށް  ގޯސް ކަމެއް ވެދާނެތީ ، އެ ކުއްޖާ އަށް ކޮންމެ ލަޑެއް ދީފާނެ ، މިހާރު އުޅޭ ފިރިހެން ކުދިންނަށް ނުވާނެ  އިތުބާރު ކުރާ ކަށް  . ޒަހުރިއްޔާ ވެސް އެ މަންޖެ އާ އެއްކޮޅަށް ވިއްޔާ އަރަނީ ” އަހައްމަދު ފުޅު އެކީ އެކައްޗަކަށް ފަތިވަރެއް ދަމާލިއެވެ .

ކޮޓަރި އަށް ވަނުމާ އެކު ހަމްނާ  ލޮލުގައި ޖަމާވެފައި ހުރި  ކަރުނަ ތިކި ކޯތާ ފައްމައްޗަށް ފޭބިއެވެ .  ” ހަމްނާ . ހަމްނާ . ކޮޓަރި ހުޅުވަބަލަ . ” ޒައިނަބް ކޮޓަރީގެ ބޭރުގައި ހުރެގެން ހަމްނާ އަށް ގޮވަން ފެށިއެވެ . އެކަމަށް ހަމްނާ އެއް އެއްވެސް ފަރުވާ އެއް ނުބަހައްޓައެވެ .  ހަމްނާ މޫނު ފާރާއި ކޮޅަށް އެބުރިލައިގެން އެ އޮތް ގޮތަށް އޮވެ ނިދުނީއެވެ . މިއީ ހަމްނާ އަށް ކޮންމެ ދުވަހަކު  ފަދައެވެ . ކޮންމެ ރެޔަކު ވެސް ހަމްނާ ނިދެނީ  ރުޔުމާއި ވޭނަކާ އެކުގައެވެ .

މެންދަމުގެ ވަގުތެއެވެ . ހަމްނާ ފޯނު ބަލާލެވުނެއެވެ . އޭރު ގަޑިން 2:30 ވެ ބޮޑު ވެއްޖެއެވެ . ޖައިލަމް އެތަކެއް ފަހަރު ހަމްނާ އަށް ގުޅާފައި އަދި މެސެޖް ކޮއްފައި ހުއްޓެއެވެ .  ހަމްނާ ޖައިލަމް ކޮށްފައި ހުރި މެސެޖް ތަކަށް ރިޕްލައި ކޮށްލުމަށް ފަހު ހަމްނާ ބަނޑުހައި ވެފާ ހުރި ލެއް ބޮޑު ކަމުން ހަމްނާ ކޮޓަރިން ނިކުމެފައި ބަދިގެ އާ ދިމާ އަށް ހިގައި ގަތެއެވެ .

Comments (1)

  1. pochamii

    best story I have ever read 🖤🖤

Comments are closed.