Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަ

އަހަރެންގެ ކުށަކީ ކޮބާ ؟

blackshadow eddie
blackshadow eddie Level 210 Stories
February 22, 2025 2 Mins Read
1 Comment

ކޮންމެ މީހަކު ވެސް އެމީހަކު އެންމެ ކަމުދާ މީހަކު ހޯދުމަށް އެތަކެއް މަސައްކަތެއް ކުރަމުން ގެންދެއެވެ . އަދި އެ  މީހަކު ލޯ މަތިން ގެއްލި ނުދިޔުމަށް އަބަދު ވެސް މަސައްކަތް ކުރަމުން ގެންދެއެވެ .  އެކި މަސައްކަތް ކުރަމުން ގެންދެއެވެ . ނަމަވެސް ބައެއް ފަހަރު އެ މީހަކު ގެއްލިގެން ދެއެވެ .

ބައެއް ފަހަރު އެންމެ ލޯބިވާ މީހާ ހޯދުމަށް މަސައްކަތް ކުރަމުން ގެންދާއިރު އެތަކެއް ވޭނެއް ތަހައްމަލު ކުރަން ޖެހެއެވެ .  ސަބަބަކަށް ވަނީ ބައެއް ފަހަރު ކަށީ ކުބުރު ބޯ ޖައްގައްޔެއް ގެ ތެރޭގައި އުޅެން ޖެހިދެއެވެ .

ދަންވަރު ގެ ހަމަ ހިމޭން ވަގުތެއެވެ . ގަޑިން 3:29 މިނެޓް ހިގާފިއެވެ . މަގު ބައްތީގެ އަލިކަން ފިޔަވާ އިތުރު އެއްވެސް އަލި ކަމެއް ނެތެއެވެ . ހަނދު އޭގެ ވާޖިބު އަދާކުރުމުގެ ގޮތުން އޮއްސެއް ކައިރިވެއްޖެއެވެ .

ރޭގަނޑު އަހަރުމެންނަށް ނުފެންނަ ސޫފީގެ އަޑު ނޫން އިތުރު އަޑެއް ނުމެ އިވެއެވެ . ނަމަވެސް މާ ދުރު ނޫން ހިސާބެއްގައި  ކޮޓަރިއެއްގެ ފަޑު އަލި ކަމެއް ފެންނަ ކަހަލައެވެ . އަދި އެ ކޮޓަރީގެ މަޑު މަޑު މިޔުޒިކް އެއް ކަހަލަ އަޑެއް ހުރި ކަހަލައެވެ .އަދި އަލި ކަމުން ފެނިގެން ދަނީ  އެ ކޮޓަރީގައި މީހަކު ނުނިދާ ހޭލައި އުޅޭ ކަމުގެ ސިގްނަލް އެކެވެ .

އެ ކޮޓަރީގެ ހަމަ ހިމޭން ކަން ފިލުވާލަމުން ގެންދާ އެއް ލަވަ އަކީ   ” އޯ ލޯބިވީމާ ހިތް މިނަން މޭގައި ލެއިން ލިޔެލަން ، ވަނީ ޒަހަމޭ ފިލާ ނުމެވާ ، ނެތޭ މި ހަށީގައި ދިރުމޭ ދެން ” މިލަވައެވެ .

އެ ކޮޓަރީގެ ބެލްކަނީގައި އެ ހުރީ ޒުވާން ފުރާގެ އަންހެން ކުއްޖެކެވެ . އުމުރުން ގާތް ގަޑަކަށް 24 އަކަށް އަހަރަށް ދާ ޒުވާން އަންހެން ކުއްޖެކެވެ . އާދެ ! އެ އަންހެން ކުއްޖަކީ ހަމްނާ އެވެ . ހަމްނާ އަކީ  އުފާވެރި ދިރިއުޅުމެއްގައި އުޅެފައި ވާ ޒުވާން އަންހެން ކުއްޖެކެވެ . ނަމަވެސް ދުވަސްތައް ބަދަލު ވެ ދިރިއުޅުމަށް އައެވެ .

ހަމްނާ އަކީ ރީތި އަންހެން ކުއްޖެކެވެ . ލޯ ހީވަނީ އަރަބި ކުއްޖެއްގެ ލޯ ހެންނެއެވެ . ފަން އިސްތަށިގަނޑެއް ލިބިފައި ވާ ޒުވާނެކެވެ . ހަށިގަނޑު ލޫޅާފަތި ޒުވާނެކެވެ .  ހަމްނާ އެއްބަނޑު އެއްބަފާ ކުއްޖެ ނުހުރެއެވެ . އުމުރުން 3 އަހަރު ހަމްނާ ގެ ބައްޕަ ވަނީ މި ދުނިޔެ އާ އަލްވަދާއު ކިޔާފައެވެ . ހަމްނާ ގެ މަންމަ އެހެން މީހަކާ އިނެއެވެ . ދޮންބައްޕަ އެއްގެ ލޮއިއްބެއް ނުލިބެއެވެ . ސްކޫލް ދުވަސް ވަރު ހަމްނާ ސްކޫލް އަށް ވެސް ދަނީ  މަދު ދުވަހެއްގައެވެ . ނުދާ ދުވަސް ތައް ގިނައެވެ .

އެ ދުވަސް ތައް ހަމްނާ ގެ މާޒީ އާ ވެއްޔާ މޮޑެވިގެން ދިޔައެވެ . އޭރު ހަމްނާ އަށް އެޙީތެރި ވެ ދިން ކުދިން ޒާތީވެ ދުރު ކުރީއެވެ . އެހާލުގައި އެ ހިތް ދަތި ކަމުގައި ހަމްނާ މިޔަދާ ހަމަޔަށް އާދެވުމުން ހަމްނާ ޝުކުރުވެރި ވެއެވެ .

ހެދުނުގެ ވަގުތެއެވެ . ” ހަމްނާ ހަމްނާ ،  ” ހަމްނާ ގެ މަންމަ ޒަހުރިއްޔާ ގޮވާލިއެވެ . ހަމްނާ ލޯ ހުޅުވާލުމަށް ފަހު ” މި ތެދުވީ އޭ ބުނެލިއެވެ . ” އަބަދު ވެސް ހަމްނާ އަށް ޖެހެނީ އަހަރެން ގޮވަން ، އެއްވެސް ދުވަހަކު އަމިއްލަ އަށް ތެދުވެގެން  ހެދުނުގެ ނާސްތާ ހަދާލެވޭ ކަށެއް ނޫޅޭ ވިއްޔާ ” ޒަހުރިއްޔާ ކުދި ކިޔަމުން ގެންދިޔައެވެ .

ހޭވިފައި ވާ އިސްތަށިގަނޑު އަތުން ފުނާ އަޅާލުމަށް ފަހު ފަހަތަށް ހުޅި ޖަހާލިއެވެ . އާ ފުރިލާފައި ހަމްނާ ހިގައިގަތީ ފާޙާނާ ކޮށްލުމަށް ފާހާނާ އާ ދިމާއަށެއެވެ .

” އަހަރެން ގޮވީމާ ނޫނީ ނުތެދުވެވެނީ ތަ ؟ ކޮންމެ ދުވަހަކު ވެސް އަހަރެން ގޮވީމާ ނޫނީ ނުތެދުވޭ ވިއްޔާ ” ޒަހުރިއްޔާ ބުނެލިއެވެ . ” ސޮރީ މަންމާ އަހަންނަށް ނިދުނީ ތަންކޮޅެއް ލަހުން ” އެހެން ބުނުމަށް ފަހު ހަމްނާ މަންމަ އައާ އެކު ބަދިގެ މަސައްކަތް ކުރަމުން ގެންދިޔައެވެ .

” އަދިވެސް ސައި ނުހެދޭ ތަ . ހަމްނާ ކީއްތި ކުރަނީ ” ހަމްނާ ދޮންބައްޕަ (  މުހައްމަދުފުޅު  ) ރުޅި ވެރި ކަމާއެކު ބުނެލިއެވެ . ހަމްނާ އެ ކަމަށް އެއްވެސް އެއްޗެއް ނުބުނެ ހަމްނާގެ މަސައްކަތުގައި އުޅެމުން ގެންދިޔައެވެ .

މިއީ ހަމްނާ ގެ ދިރިއުޅުން ފެށުމުގެ ގޮތުން މުހައްމަދުފުޅު ގެ އެއްޗިހި ގޮވުމުގެ އަޑު ނޫން އިތުރު އެއްވެސް އަޑެއް ނުމެ އިވެއެވެ.

  • -ނުނިމޭ -.

Share Article

blackshadow eddie
Follow Me Written By

blackshadow eddie

Level 210 Stories

story writer . thank you supporting with me ވާހަކަ ލިޔުމާއި ކިޔުން . ކިޔުންތެރިންގެ ސަޕޯޓް އަކީ އަޅުގަނޑު ގެ ކުރި އެރުން

Other Articles

Previous

“15062019 ޕާރޓް 5 ފަހު ބައި

Next

ތިޔަ ލޯތްބަށް އެދެވޭތީ… 13

Next
February 22, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 13

Previews
February 22, 2025

“15062019 ޕާރޓް 5 ފަހު ބައި

One Comment

  1. Ghost girl 👻 says:
    February 23, 2025 at 11:03 am

    Masha Allah 😍 vrh reethi mi part ves ☺️ kudakoh jehifa hunna mistakes rangalhu kohleema habeys vaane 🥰 curiously waiting for the next part keep it up you can do this 💪🏻🥳 when’s the next part 🫶🏻??

Comments are closed.



All Right Reserved!