Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

މިންވަރުގައި ހުރިގޮތް ފަހުބައި ( މިއަދު އަހަންނަކީ އަޅާލާނެ މީހެއް ނެއް ނިކަމެއްޗެއް)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
February 15, 2025 5 Mins Read
4 Comments

އަނެއް ދުވަހު އަހަރެން އަޒުމު ކަނޑައެޅީމެވެ. ނީތަން އާއި ކުރިމަތިލާށެވެ. ލޯބިވާ ވާހަކަ ބުނާށެވެ. އޭނާ އަހަންނަށް ވުރެ ބޮޑީ ވެސް އެންމެ ފަސް އަހަރެވެ. ލޯބީގެ ގޮތުން ގުޅުމަކުން މިހާރު ހުރަހެއް ނެތެވެ. އަހަރެން އުޅެނީ ވަޒީފާގަ އެވެ. ކޯހަށް ދައްކާނެ ފައިސާ ނުލިބުމުން ޔުނިވަސިޓީ އިން ކެނޑެން މަޖުބޫރުވުމުން އެކަންވެސް ކޮށްފީމެވެ.

މައުލޫމާތު ލިބުނު ގޮތުގައި އެއަންހެންކުއްޖާ އަށް ކިޔަނީ ޒޭރާއެވެ. ނީތަން ދެކެ އެ ކުއްޖާ ވަރަށް ލޯބިވާކަމަށް ވެއެވެ. އެކަމަކު ނީތަން އެކުއްޖާ ދެކެ އެއްްވެސް ވަރަކަށް ލޯބި ނުވާކަމަށް ވެއެވެ. މި ހުރިހާ މައުލޫމާތެއް ކިޔައިދިނީ ލެކުޗަރާގެ މަންމައެވެ. އިރުމްއެވެ.

މެންދުރުފަހު އޮފީހުން ހުއްދަ ހޯދައިގެން ގެއަށް އައީމެވެ. ފެންވަރާ ރީތިވެގެން ނީތަން އަންނާނެ އިރަކަށް އިންތިޒާރުގައި ހުރީމެވެ. ގޭދަށު މަގުމަތީއެވެ. މާގިނަ އިރެއް ނުވެ އެނާ އަތުވެއްޖެއެވެ. އަހަންނަށް ބަލާވެސް ނުލާ ދާން ފެށުމުން ފަހަތުން ގޮސް ބައްދާލީމެވެ. އެތައް ޝަކުވާއެއް ކުރީމެވެ. ރޮއެ ރޮއެފާ ލޯބިވާ ވާހަކަ ބުނީމެވެ. އަހަރެންގެ އަތުގައި ހިފާ މޫނު އަނބުރާލިއެވެ. ވަރަށް ލޯބިން އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލިއެވެ. ދެން ވަރަށް ބާރަށް ބައްދާލިއެވެ.

ހަވީރުގެ ދުންފިނީގައި އަހަރުމެންގެ ނަށް ފެވިގެން ދިޔައެވެ. ލޯބިވެރިންގެ ގޮތުގައެވެ. ލޯބީގެ ލިސްޓަށް މިއަދު އިތުރުވި  މި ދެ ލޯބިވެރިން އާދެ ވިރުޝާ ބިންތު ނޫރީން  އާއި އަލީ ނީތަން އަށް  މަރުޚަބާ ކިޔަމާހެވެ.  ރަތް ފިނިފެންމަލުންނެވެ.

މިއީ ފޮނި އިންތިޒާރެއްގެ އުފާވެރި ނިމުމެކެވެ.   އާއެކެވެ. އެތައް ދުވަހަކާ ރެއެއްގެ ހުވަފެނުގައި ކުލަ ޖެހުނު ކަހަަލަ ފިނި އިހްސާސްއެއް ކުރެވޭނެ  ހިތްގައިމު ދުވަހެކެވެ.

އޭގެ ފަހުން އަހަރެން އޮފީހަށް ގެން ގޮސް ގެނެސް ހަދަނީ ނީތަންއެވެ. ހުރިހާ ގޮތަކުން ވެސް ފިރިއަކަށް ހަދަން އެއީ އެއްވަނައެވެ. ތަނެއްގައި ރިއްސާ ވާހަކަ ބުންޏަސް ބޭސް ދޭނެއެވެ. އެއީ ވަރަށް ރަނގަޅު ބައިވެރިއެކެވެ. އަހަރެން ދެކެ އަދި އެހާ  ލޯބިވެސްވެއެވެ.

މަންމަ އިރުމް އަހަރެމެންގެ ގުޅުމަށް ރުހުން ދިނުމުން ކައިވެނިކުރަން ނިންމީމެވެ. އެއްވެސް ހާލެއްގައި މިނިންމުމާ މެދު އަހަރެން  ހިތާމައެއް ނުކުރަމެވެ.

ކަފުނާ ޖެހެންދެން  އުންމީދު ކުރަންވީއެވެ. ކަމެއް ހާސިލްކުރުމަށް ކުރާ އުއްމީދު ކަނޑާ ނުލަންވީއެވެ. އަދި ކާމިޔާބު ވަންދެން ބުރަކޮށް މަސައްކަތްކުރަންވީއެވެ. ހަނދާކުރާށެވެ. ކާމިޔާބަކީ ކެތްތެރިންގެ ޙައްޤެކެވެ. ﷲ ތައާލާ ވަނީ ކެތްތެރީންނާއި އެކުގައެވެ.

ހަތަރު މަސް ވިރުޝާގެ މައިންބަފައިން ވަކިވި ފަހުން ފާއިތުވެދިޔައީމެވެ. މިއީ ތަޤުދީރެވެ. ތަޤުދީރުގައި ވާން ހުރި ކަމެއް ވާނެއެވެ. އޭގެން އެއްވެސް ކަމެއް ބަދަލު ކުރުމުގެ ހައްޤެއް އަހަރުމެން އިންސާނުންނަށް ލިބިފައެއްނުވެ. އެއީ މީގެ އެތައް އަހަރެއް ކުރިން ވެ ނިމިފައިވާ ކަންތައްތަކެވެ.

އުމުރުގެ  ތޭވިސްވަނަ އަހަރު މެލޭސިޔާގެ ހަލަބޮލި މާހައުލުގައި އުޅެން މި ޖެހުނީ ނުވެސް ދަންނަށް ބައެއްގެ ކައިރީގައެވެ. މިއީ ދުވަހަކުވެސް ވިރުޝާ އުއްމީދުކުރިގޮތެއް ނޫނެވެ.

ކައިވެނީގެ އެންމެފަހުގެ ތައްޔާރީތައް ފެށުނެވެ. ދިރިއުޅޭނެ ވަގުތީ “އެޕާޓްމެންޓް” ހަމަޖެއްސިއެވެ. އެއީ ގެ ހަދާ ނިމެންދެކަށެވެ. ވަލީމާ ހަފްލާ ބާއްވާނެ ހޮޓަލަކާ ޕާޓީގެ ކާޑުތައް “ޕޮރިންޓް” ކުރެވިއްޖެ އެވެ. ވިރުޝާ އާއި ނީތަންގެ ހެދުން ވެސް ހުރީ ތައްޔާރުވެފައެވެ. އިސްތިރި ކޮށްގެން ކައިވެނިކުރާ ދުވަހު ހަމަ ލާންވީއެވެ.

ދެ މީހުން އެކުގައި ހީ ސަމާސާކޮށް ހަދަމުން ދިޔައެވެ.  ވައުދުތަކާއި އަހުދުތައް ވަމުން ދިޔައެވެ. ފަހުން ކަން ވާނެ ގޮތެއް  ނޭނގޭ ހާލުއެވެ.

ރިހި ހަނދުވަރުގައި  ލޯބީގެ އާލަމެއްގައި އުޅެވެމުން ދިޔައެވެ. މޫދުގެ ރާޅު ޖަހާފަށުގައެވެ. އެއް ރާޅު އަނެއް ރާޅާ އެކުވާ އަޑުު ބާރު މިއުޒިކެއް ފަދައިން އިވެމުންދިއައެވެ. އަހަރުމެންގެ ލޯބި މަންޒަރުތައް ބަލަން ހަނދު ވެސް އިނީ ލަދުވެތިކަމާއެކު އެވެ. ޔަޤީނެވެ.  އެ ހަނދުވެސް ހިތަށް އަރާނެވެ. ސަހަރޯއޭ ! މި ކުދިންނަށް މާ ފޮޅުވަން ވަކި ތަނެއްވެސް ނެއްތާއެވެ. ކިތަންމެ ލޯބިން އުޅުނަސް ހިތުގައި ބިރުވެރި ކަމުގެ ރޯޅިއެއް ދަތުރުކުރަން އުޅެނީ ފަށައިގެންނެވެ. އެކަމަކާ ހުރެ ވިންދު ވެސް ހުއްޓިދާނެއެވެ. ބިރު ހީވަނީއެވެ. މައިންބަފައިން މަރުވީވެސް މި އިހްސާސްތައް ކުރެވިފައެވެ. ނީތަންއަށް ކަމެއް ވިއްޔާ އަހަރެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟

” ވަކިވަނީ އޭ ހީވަނި އޭ , ހާދަ ބިރު ހީވޭ  މަގޭ

އިޙްތިރާމާ ލޯބި ދީފާ ވަކިވެދާއިރު ހިތް މަރުވެދާނޭ

އިންތިހާއަށް ލޯބިވާތީ  ވަކިވެދާކަށް ނޭދެމޭ

އެންމެ ނިކަމެތިވީ ވަގުތެމީ ވަކިވުމުންް ދެރަވާނެއޭ

ވަކިވަނީ އޭ ހީވަނި އޭ ހާދަ ބިރު ހީވޭ  މަގޭ

އިންތިހާއަށް ލޯބިވާތީ ވަކިވެދާކަށް ނޭދެމޭ ”

އެޕާޓްމެންޓް ބަލައި ލާން ދިއައީމެވެ. ދެ ކޮޓަރީގެ ހިތްގައިމު ތަނެކެވެ. ބެލުކަނީގައި ހުންނަށް އިރު ޓުވިން ޓަވަރު ފެންނަށް ހުރެއެވެ. އޮފީހާވެސް އެހާ ދުރެއް ނޫނެވެ. ދެ މީހުން މަސްވަރާކޮށްލާފައި މާދަމާ ގެއަށް ފަރުނީޗަރު ގަންނަށް ދާ ގޮތަށް ނިންމީމެވެ.

ޒަމާނީ ފެންވަރަށް ކުރީގެ ބާ ގެ ގަނޑު ހެދުމަކީ އިރުމްގެ ހުވަފެނެކެވެ. އެ ހުވަފެނުގައި ކުލަޖެހެމުން ދާ ކަމުގެ ކުލަވަރު ދަނީ ފެންނަމުންނެވެ. ދެން މާ ލަހެއް ނުވެ އެކަން ވެދާނެއެވެ.

މެންދުރުގެ އަވި ބާރު ވަގުތެވެ. ރީތި ވެލައިގެން ބާޒާރަށް ދާން ތައްޔާރުވީއެވެ. އަތުގައި އޮތް އެންމެ އާ އަބަޔާ ލީމެވެ. އަހަރެން ހަމަ ފެނުމާއެކު ނީތަން ތައުރީފު ކޮށްލިވެ.

“ނީތަން : އެންމެ ލޯބި އަންހެނުން”

އެ ލޯބި ބަސްތަކުން އަހަރެން ލަދުގަންނަވާލިއެވެ. އަހަރެން ލަދުގެންކަން އިނގުމުން މިހާރު ވަކިން ރީއްޗޭ ނީތަން ބުންޏެވެ. ދެ ކޯތާފެއް އޭރު ހުރީ ރަތްވެފައެވެ.

ވިރުޝާ : ދެން ނީތް ލަަސް ނުކޮށް ދާން ހިނގާ ބަސް ނުދަނީސް

މި ދެކެވުން މިދަނީ އެންމެ ފަހުގެ ވާހަކަތައް ކަމެއް އެކަކަށް ރޭކާނުލައެވެ. ދެން ނީތަންގެ  ލޯބި އެ ބަސްތައް ތަކުރާރު ނުވާނެކަން އެނގޭނަމަ ހަމަ ޤައިމުވެސް ވިރުޝާ އެކަން ނުހުއްޓުވީހެވެ. ބަހުގައި ބާޒާރަށް ވެސް ދާން ދެކޮޅު ހެދީހެވެ.

ބަސް އެހެން ދުވަސް ތަކާ ހިލާފަށް ދުއްވަމުން ދިޔައީ ތަންކޮޅެއް ބާރަށެވެ. ފަހަރުގައި ވެދާނެއެވެ. ތަންކޮޅެއް ދުރުގައި ހުންނަށް ބޮޑު މޯލް އަކަށް ދާތީ ކައްނޭގެއެވެ. ކާރުގައި ނަމަ ދެ ގަޑި އިރުން ދެވޭނެއެވެ. ބަހުގައި ވިއްޔާ ހަތަރު ގަޑިއިރު ހޭދަވާނެއެވެ.

ވިރުޝާ އިނީ ނީތަން ގެ ކޮނޑުގައި ބޯ އަޅައިގެން ވަރަށް ހެވިފައެވެ. ނީތަންއަށް ހިތް  އުފަލުން ނަށާ ކަހަލަ މަސްތީ އިހުސާސެއް ކުރެވެމުން ދާ ކަހަލައެވެ. އެހާ ވެސް ހިތްހަމަ ޖެހުން މާ ތަސައްލީ  ދަނީ ވިރުޝާގެ ފަނޑުވުމެއްނެތް ލޯތްބާ އޯގާތެރިކަމުން ލިބެމުންނެވެ.

ވީގޮތެއް އެކަކަށްވެސް ނޭނގެއެވެ. ބާރުދުވެލީގައި ގޯޅި އަޅަމުން އައި ކާރު އައިސް ޖެހުނީ ބަހުގެ އިންޖީނާވީ ފަޅީގަވެ. ޕެޓުރޯލުތައް ބުރައިގެން ގޮސް އަލިފާން މުޅި ތަނުގައި ރޯވާން ނެނގީ މަދު ސިކުންތުކޮޅެކެވެ. ބަސް އޮތީ ވެއްޓިފައެވެ. ހޭ ހުރި އެކަކުވެސް  ހުރިހެނެއް ހިއްނުވެއެވެ. މުޅި މާހައުލުގައި ވަނީ  ލޭގެ ކޯރެއް ހެދިފައެވެ.

މަޑު މަޑުން ލޯ ހުޅުވިއްޖެއެވެ. ތަނަށް އަވަސް ނަޒަރެއްދިނީމެވެ. އޮއެވުނީ ހަސްފަތާލުގެ “އެމެޖެންސީ” ކޮޓަރީގައެވެ. ވެގެން އުޅޭ ގޮތެއް ނޭނގެއެވެ. ދެތިން ނަރުހަކާ ޑޮކުޓަރެއް އުޅުނެވެ. އިތުރު ދެ މީހަކަށް ފަރުވާ ދޭން ތައްޔާރުވަމުންދިޔަ އެވެ. އެހެން އޮއްވާ ހަމަ ކުއްލިއަކަށް ނީތަން މަތިން ހަދާން ވެއްޖެއެވެ. ދެ މީހުން ތިބީ އެއް ބަހުގައެވެ. އަހަރެން ހޭއެރިކަން އެނގުމުން ކައްނޭގެއެވެ. ނަރުސް ކުއްޖަކު ކައރިއަށް އަތުވެއްޖެއެވެ. ހާލު އަހާ ހެދިއެވެ.

“ނަރުސް : ކޮބާ ހޭލެވުނީ ދޯ ކިހިނެއް މިހާރު ތަދު ވޭތަ”

ނަރުސްގެ ސުވާލަށް ޖަވާބު ދިނުން މުހިއްމު ކަމަކަށް އަހަރެން ނުދެކެވެ. ވަގުތުން ނީތަން ކޮބައި ތޯ އެހީމެއެވެ. އޭނާ ގެނެސްދިނުމަށް އެދި އާދޭސްކުރަން ފެށީމެވެ. އެއްވެސް ޖަވާބެއް ނައުމުން އެދުން  އެކަނި ތެދުވަން އުޅުނީމެވެ. ނުއެއް ތެދުވެވުނެވެ. ފޮތިގަނޑު ގައި ހިފަން އަތަށް ބަލާލީމެވެ. އަހަރެންގެ އަތް އަތެއް ނެތެވެ. އަހަރެން ނަރުހަށް ބަލާލީމެވެ. އޭރު  ތަނުގަ ތިބި އެންމެންގެ ނަޒަރު ވަނީ އަހަންނަށް ހުއްޓިފައެވެ.  ބާރު ބާރަށް ނަރުހެއް އައިސް ކޮޓަރި ވަދެ އަހަރެންގެ ނަށް ބުނެފިއެވެ. ވަގުތުން އާއެކޭ ބުނުމުން ގަނޑުކޮޅެއް ދިނެވެ.

“ނަރުސް : މިތާ ވިރުޝާ އެއް އެބަހުރިތައް ހަމަ ދެންމެ މި ދުނިޔެއަަށް ފަހު ނޭވާ ދޫކޮށްލި “ޕޭސަންޓް” ވިރުޝާ އަށް ހަވާލުކުރަން ދިން އެއްޗެއް މީ ”

ތުރު ތުރު ލަމުން ދިޔަ އަތުން ގަނޑުގައި ހިފައިގެން ކިޔޭ ތޯ އުޅުނީމެވެ. އެކަން ވާގޮތެއް ނުވިއެވެ. ނަރުސް ކުއްޖާ އެކަމުގައި އެހީވެ ދިނެވެ. ގަނޑު ކޮޅު ހުޅުވައިދީހެދިއެވެ. ލަސްނުކޮށް އަހަރެން އެކިޔަން ފެށީމެވެ.

” ވިރުޝާ : ލޯބިވާ ވިރޫ އެވެ. ވަގުތެއް ނެތެވެ. ވިރޫ ވީ ހިސާބެއް ވެސް ނޭނގެއެވެ. ދުނިޔޭގައި ހުރި ކަމެއް ނެއްކަމެއް ވެސް އެނގެނީއެއް ނޫނެވެ. މިއީ ފަހަރެއްގައިވެސް އަހަރެން އުއްމީދުކުރި ގޮތެއް ނޫނެވެ.  ކުރާނީ ކީއްހެއްޔެވެ؟ އަހަންނަށް ވިރުޝާ އާއެކު އުފާވެރި ހަޔާތެއް އުޅެވެން މިންވަރުގައި ނެތީއެވެ.  ލޯބިވާއެވެ. ދުނިޔޭގައި ހުރިއްޔާ އަހަންނަށް ހެޔޮ ދުޢާ ކޮށްދެއްޗެވެ. ވަގުތު ހަަމަ ކުޑަވަނީއެވެ. ނޭވާ ކުރުވަނީ އެވެ. ވިރޫ ދެކެ އިންތިހާ ލޯބިވާ…”

އެންމެ ފަހުން ލިޔެފަ އިން ޖުމްލަ ފުރިހަމަ އެއް ނުވެއެވެ.  ނަރުސް އަނެއްކާ ވާހަކަ ދައްކަން ފެށިއެވެ.

“ނަރުސް :  “ޕޭސަންޓް” ނިޔާވި ތި ނޯޓު ލިޔަމުން ދަނިކޮށް  މި ކޮޅަށް ގެނައި އިރުވެސް ވަރަށް ހާލު ދެރަ ކޮން އޮތް  “ޕޭސަންޓް” އެއް ތީ ޖުމްލަ ވިހި މީހުން ދަތުރު ކުރި ބަހުން  ސަލާމެއްވި  ތިން މީހުން މިތަނުން ތިފެންނަނީ

ނީތަން މި ދުނިޔެއާ މުޅި އުމުރަށް ވަކިވިކަން އިނގުމުން އިންތިހާއަށް ދެރަވިއެވެ. މައިންބަފައިން ވަނީ މި ކެހިވެރި ދުނިޔެއާ މީގެ ހައެއްކަ މަސްކުރިން ވަކިވެފައެވެ. މިއަދު ނީތަން ވެސް  އެދިޔައީއެވެ. މި ބޮޑު މެލޭސިޔާއަށް   އެކަނިވެރިވީއެވެ. އަމިއްލަ ހާލައިގެން އުޅެވޭނެ ގޮތެއް ވެސް ނެތެވެ. ރާއްޖެ ދާން އެތައް ފައިސާ އެއް ބޭނުންވެއެވެ.

” ދިރި ހުންނަށް ބޭނުމޭ ތިޔަ އޯގާތެރިކަމާ

ގެބެމުންދާ މީހަކަށް ނޭވާލުން ވީފަދައިން

ތިހަނދާނާ ތިޔަ އަސަރު ނުފިލާނޭ މިހިތަކުން

ދޫކޮށްފައި ދެން ނުދޭ ލޯތްބާ އޭ މަގޭ…”

މެލޭޝިޔާގެ ހަސްފަތާލުން އަހަރެން ނުކުޅެދުންތެރިކަން ހުންނަށް  މީހުން ބަލާ ޖަމިއްޔާއަކާ ހަވާލުކުރި އެވެ. އެތަނުގައި ތިބީ އަހަރެން ކަހަލަ އަޅާލާނެ ޔާރެއް އިޔާރެއް ނެތް  މީހުންނެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. އަހަރެން އިނީ ފުރޮޅުލީ ގޮނޑިއެއްގައި އެތަނުގެ “ބެލްކަނީ”ގައެވެ. ދިރިއުޅުމާއި މެދު ވިސްނާ ފިކުރު ކުރާށެވެ. އޭރު ހިތަށް އަރަމުން ދިޔައެވެ. މަންމަ އާއި ބައްޕަ އަހަންނާ ވަކިވީއެވެ.  ހަމަ އެގޮތަށް ނީތަން ވެސް އަހަންނާ ވަކިވީމެވެ. މުޅި އުމުރަށެވެ. އެއްފަޔާ އެއް އަތެއް ނެތެވެ. ނުކުޅެދޭ ހާލު ނުވެސް ދަންނަށް ބައެއްގެ ތެރެއަށް ބިކަވީއެވެ. ހާލު ބަލާލާނެ މީހަކު އަޅާލާނެއް މީހަކު ހުރީކީ ނޫނެވެ. ނީތަން ގެ މަންމަ އިރުމް ވީ ތަނެއް ވެސް އެނގެނީއެއް ނޫނެވެ.  އަހަރެން ކުރަމުން އައި ފޮނި އުންމީދުތަށް ވެސް ވިއްސިވިހާލި ވީއެވެ. ކަށީގެ  ޑޮކުޓަރަކަށް ވެސް ނުވެވުނެވެ.  މިއަދު މިއީ ނުކުޅެދޭ މީހެކެވެ. ކުރެވޭނީ ވަކި ކީއްހެއްޔެވެ ؟ މީ އަހަންނަށް ހުރިގޮތެވެ. މާތް ﷲ އަހަންނަށް މިންވަރުކުރަށްވާފައިވާ ގޮތެވެ.

ނިމުނީ

އަޅުގަނޑުގެ މި ވާހަކަވެސް ނިމުނީއެވެ. ރީތި ވާނެ ކަމަށް އުއްމީދުކުރަމެވެ. އަޅުގަނޑުގެ އާ ވާހަކަ އެއް ކިޔާލަން ލިބޭނީ ދެން  ރަމަޟާން މަހުއެވެ.   🤗

 

 

 

 

 

 

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

15062019 ( ޕާރޓް 01

Next

ވިހަ ލޯބި

Next
February 15, 2025

ވިހަ ލޯބި

Previews
February 15, 2025

15062019 ( ޕާރޓް 01

4 Comments!

  1. Cutie girl says:
    February 15, 2025 at 5:16 pm

    Mi part ves v reethi masha Allah
    Curiously waiting for next story
    Keep it up
    Alhey neethan niyaavee tha viroo haadha dheravaane ey
    They both are made for each other
    Mi part kiyaafa rovijje 😭
    I appreciate your hard work
    You’re my fav author
    Love you ❤️😍

  2. Isnaa says:
    February 15, 2025 at 6:51 pm

    Alhamdhulilah thank you “cutie girl” 💐💗
    Next story Roadha mahu IA 🥰
    Yes They both are made for each other 🤗
    Alhugandah ah hurihaa vaahaka eh ves mi ninmaa leveynee sad Kon dhw 🥲
    Thank you 😊
    Love you too dear❣️

  3. Ghost girl 👻 says:
    February 16, 2025 at 8:20 pm

    Masha Allah 😍 vrh reethi mi story waiting for your new story 😊 keep it up dear your doin great 👍🏻💯 LYSM 🫶🏻 😊 inshallah dhen nikunna story eh ves kiyaalaa hithun kiyaanan 🥰🥰🥰🥰 I love your stories ❤️

  4. Isnaa says:
    February 17, 2025 at 7:54 pm

    Alhamdhulilah thank you “Ghost girl” 💗💐
    Roadh mahu alhugandu ge reethi vaahaka eh kiyaalan libeyne IA 🥰
    Love you too dear ❣️
    Thank you vrh happy vehjje alhugandu ge vaahaka thr reethi kan inguneema 🥰

Comments are closed.



All Right Reserved!