Skip to content
އެސްފިޔަ

މިންވަރުގައި ހުރިގޮތް ފުރަތަމަބައި (ދިރިއުޅުން ރައްޖޭން ބޭރަށް ބަދަލުކުރަން ނިންމުން)

ދުވަހުގެ އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސެމުންދާ ކަމުގެ ނިޝާންތައް އުޑުމަތީގައި ހުރި ވިލާތަކުން ފެންނަމުން ދިޔައެވެ. ހަވީރު ފިންޏަށް ނިކުއިން ވިރުޝާ އާއި އޭނާގެ މަންމަ ތިބީ ގެއަށް ދާން ކާރުގައެވެ. ބަންޤީގެ ކުރިން ގެއަށް ވަނުމަކީ އެ އާއިލާގެ ޒަމާންވީ އާދައެކެވެ.

ގެއަށް ވަދެވުމާއެކު ވިރުޝާ ޓީވި ހުޅުވާލިއެވެ. ދޮރުލައްޕަން ހުރި އިޒުމީ ދިޔައީ ސިހިގެންނެވެ. ޓީވީން އޭނާގެ ނަށް އިވުމުންނެވެ. ޓީވީއަށް ބަލައިލެވުމާއެކު އުފަލުން  ރޮވިއްޖެއެވެ.  ދަރިފުޅަށް އެވަރު ކާމިޔާބެއް ލިބުމުން އިޒުމީ ހުރީ އުފަލުން ފޮޅިފައެވެ. އިސްކަންދަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރުކަމާއި ގަދަ 10 އަކުން ފަހުރުވެރި 01 ވަނަ ދަރިފުޅު ހޯދުމުންނެވެ. ބާރުބާރަށް ގޮސް ދަރިފުޅުގެ ގައިގައި ބައްދާލާ ނިތުގައި ބޮސްދީ މުބާރިކް ބާދީކީމެވެ.  ލިބުނު ކާމިޔާބާ މެދު ވިރުޝާ  ވަރަށް ހިތްހަމަޖެހިއްޖެއެވެ. މައިންބަފައިން އުފާވުމުންނެވެ.

އުފާ ފާޅުކުރުމުގައި ދެމައިން ތިއްބާ ވިރުޝާގެ ބައްޕަ ނޫރީން އަތުވެއްޖެއެވެ. އައި ގޮތަށް އައިސް ވިރުޝާއާ ސުވާލުކުރިއެވެ.

ބައްޕަ ؛ ވާހަކަ އެއް ބައްޕަ އަހައިގެން މިއުޅެނީ ވަރަށް އުފަލުން ތެދެއްތަ އެކިޔަނީ ދަރިފުޅާ

ވިރުޝާ ؛ ލައްބަ ބައްޕާ

އަދަބުވެރިކަމާއެކު ވިރުޝާ ބައްޕައަށް ޖަވާބުދިނެވެ.

ނޫރީން ؛ އިޒުމީ ކޮޓަރިއަށް އާދެބަލަ އެބޮތް ވާހަކައެއް ދައްކަންޖެހޭ

ކޮޓަރިއަށް އައުމަށް އިޒުމީއަށް ފިރިމީހާ އެންގުމުން އަވަސްކޮށް ދިޔައެވެ. ދެމަފިރިން ކޮޓަރީގައި ދެއްކީ ވިރުޝާއަށް ކިޔަވައިދިނުމަށް ރާއްޖޭން ބޭރަށް ބަދަލުކުރަންވީ ވާހަކައެވެ. އުފަން ފަސްގަނޑާއި ރަށް ދޫކޮށް ބޭރަށް  ދިރިއުޅުން ބަދަލުކުރަންވީ ވަގުތު ޖެހުނީ ކަމަށެވެ. މައިންބަފައިން ވިރުސާއަށް ކިޔަވައިދޭން ދާން  ނިންމީ ކޮން ޤައުމަކަށް ބާއެވެ. މާލޭގައި ހުރި ނޫރީންގެ ވިޔާފާރި ބަލަހައްޓަން ހާވާލު ކުރާނީ ކާކާބާއެވެ. މި ދެވޭ ތަނުން ވިރުޝާއަށް މިންވަރު ކުރަށްވާނީ ކޮންކަހަލަ ދިރިއުޅުމެއް ބާއެ

ނުނިމޭ

Comments (4)

  1. m

    mi part thankoleh kuru hen hyvey but still interested to see what happens

    1. Isnaa
      m

      ފުރަތަަމަ ބައި އަދި ދެވަނަ ބައި ކުރުވި ކަމަށް ޓަކައި ނިހާޔަތަށް މާފަށްއެދެން. ދެން ހުރި ބައިތައް އިންޝާ ﷲ އިރާދަކުރެއްވިޔާ ދިގުވާނެ
      🤗💐💗🥰ޝުކުރިއްޔާ

  2. cutie girl

    mi part ves v reethi masha allah
    keep it up

    1. Isnaa
      cutie girl

      Thank you cutie girl
      🥰💐💗🤗

Comments are closed.