ވާނަން އުމުރަށް ސީޒަން 2 އެޕިސޯޑް 4
ދުވަސްތައް ފާއިތު ވެގެން ހިގައްޖެއެވެ . ޒައިން އާއި ރާނިޔާ ގެ ގުޅުމަށް އެތަކެއް ގޮން ޖެހުން ތަކާ އެތަކެއް ވޭނެން ލިބިގެން ހިގައްޖެއެވެ . ރާނިޔާ އާއި ޒައިންގެ ދިރިއުޅުމަށް ވެސް ހީނަރު ވެގެން ހިގައްޖެއެވެ . ވާހަކަ ދެއްކުން މަދު ވެއްޖެ ކަހަލައެވެ . ” ޒައިން . ” މަޑުމައި ތިރިކޮށް ރާނިޔާ ޒައިން އަށް ގޮވާލިއެވެ . ” ކީކޭ ރާނިޔާ .. ” ޒައިން . އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ބޭނުން . ވަގުތެއް ލިބިދާނެތަ . ” ރާނިޔާ އަހާލިއެވެ . ” ކިޔާބަލަ އަޑު އަހަން މި އިނީ ” ޒައިން ރާނިޔާ އަށް ވާހަކަ ދައްކަމުން ޖަވާބު ދެމުން ގެން ދަނީ ރުން ކުރު ކޮށެއެވެ . ” ޒައިން އަހަރެން ޕްރެގް. މި ދުވަސް ވަރު . އަދި ކުރިޔަށް އޮތް ތާގާ 2 މީހުން ލޯބިން އުޅެން ފަށަން ވީނު . އޭރުން ކަންނޭގެ އަހަރެންގެ ދުނިޔެ އަށް އުފަން މިވާ ދަރިފުޅަށް … ” ރާނިޔާ ފެން ކަޅިވެފައިވެފާ ހުރި 2 ލޯ ކޯތާފަތަށް ފާއްދާލިއެވެ .
ޒައިން އަށް އެ މަންޒަރު ބަލަން ކެތް ނުކުރެވުނެއެވެ . މަޑު މަޑު ހިގުމެއްގައި ރާނިޔާ ކައިރި އަށް ޖެހިލިއެވެ . ” އާޔޫ ސީރިޔަސް . އަހަރެން ބައްޕަ އަށް ވަނީ ތަ . ” ޒައިން ލޯ ބޮޑު ވެލައިފައި ބުނެލިއެވެ .
“ޔެސް . ޒައިން ބައްޕަ އަށް އަހަރެން މަންމަ އަކަށް ވަނީ . ” ރާނިޔާ ރޮމުން ބުނެލިއެވެ . ” ރާނިޔާ އައި. އެމް ސޮރީ . މިޔޮށް ހާ ދުވަހު އަހަރެންނަށް ކަންތައް ކުރެވުނު ގޮތް ގޮތުން އިރާދަ ކުރެއްވިއްޖިޔާ ދެން އެކަހަލަ އެއްވެސް ކަމެއް ނުމެ ވާނެއެވެ . މި ވާހަކަ މަންމަ މެން ކައިރީ ބުނިން ތަ ؟ ކުޑާ ކައިރީ ބުނިން ތަ ؟ ދެން ހުއްޓާލާ … ” ޒައިން ރާނިޔާ ރީތި ކޯތާފަތަށް އެޅިފައިވާ ކަރުނަ ތައް ފުހެލަމުން ބުނެލިއެވެ . ” ” ނޫން ނުބުނަން އަދިއެވެ . ބުނާނަން ” ރާނިޔާ ބުނެލިއެވެ .
ރޭގަނޑު ގެ ވަގުތެއެވެ . ރާނިޔާ ފޯނުން ރާނީޔާ ގެ ކުޑާ ( ޔާނާ ) އަށް ގުޅާލިއެވެ . ރާނިޔާ ހީކުރި އަވަށް ޔާނާ ފޯން ނެގިއެވެ . “ކީކޭ ރާނިޔާ ؟ ” ޔާނާ ފޯނު ނެގުމަށް ފަހު ބުނެލިއެވެ . ” އުފާވެރި ހަބަރެއް އެބައިން ” ރާނިޔާ ބުނެލިއެވެ . ކެތް ތެރިކަން ކޮޅުން ޔާނާ ދިޔައެވެ . އެއީ ކޮން އުފާވެރި ހަބަރެއް ތޯ ބަލާލުމަށް ޔާނާ ސުވާލު ކުރިއެވެ . “އަހަރެން މަންމަ އަކަށް ވަނީ ” ރާނިޔާ ބުނެލިއެވެ . ” ވަޓް . ސީރިޔަސްލީ …. ” ޔާނާ އުފާވެރި މޫނަކުން ބުނެލިއެވެ . ” ޔެސް …. މަންމަ އަކަށް ވަނީ …. އެކަމަކު ވަރަށް ބިރު ގަނޭ .” ޔާނާ ބުނެލިއެވެ . ” އެއީ ކީއްވެ ؟ “ޔާނާ ބުނެލިއެވެ . ” އެއީ ބޭބީ އަށް ކަމެއް ވެދާނެތީ .. އިރާދަ ކުރެވިއްޖިއްޔާ ނުވާނެ ކަމަށް މި ބަލަނީ ” ރާނިޔާ ބުނެލިއެވެ .
“ޔާނާ އަނެއްކާ ކާކު ބަޑު ބޮނޑުވީ . “ޔާނާ ފިރިމީހާ ( އަޒްހާން ) ބުނެލިއެވެ . ” އަހަރުންގެ ކޮއްކޮ ރާނިޔާ ” ޔާނާ ބުނެލިއެވެ . ” ކުޑާބޭ . މިއީ ތެދެއް . އަހަރެން މަންމަ އަށް ވަނީ . ” ޔާނާ ހެމުން ހެމުން ބުނެވުނެއެވެ .
ރާނިޔާ އާއި ޒައިންނަށް އިތުރު ބޮޅެއް އެޅިގެން ދިޔައެވެ . އެއީ ރާނިޔާ ބަނޑުގައި ވާ ކުޑަ ކުޑަ ފުރާނައެވެ . ރާނިޔާ ބަނޑު ބޮޑު ކަން 2 ފަރާތުގެ އާއިލާ އަށް އެގިއްޖެއެވެ . އެންމެން ތިބީ ނުލާހިކު އުފަލުންނެއެވެ . ހާއްސަ ކޮށް ޒައިން ގެ އާއިލާ އިން އުފާވެރި މަންޒަރު ތަކެއް ފެނިގެން ދެއެވެ . ސަބަބަކަށް ވަނީ ޒައިން ގެ މަންމަ އަދި ބައްޕަ އަށް އަލަތު ކާފަ އަދި މާމަ ދަރިއެއް ލިބުމުގެ ނިޔުމަށް މިންވަރު ކުރެއްވީމައެވެ .
ދުވަސް ކޮޅެއްގެ ފަސް
ރާނިޔާ އާއި ޒައިން ގެ ދިރިއުޅުމަށް ކުޑަ ކުޑަ ފުރާނައެއް އައިސްފިއެވެ . ކައިލް އަށް ބައްޕަ ކިޔާ ރާނިޔާ އަށް މަންމަ ކިޔާ ފުރާނައެއް ލިބުނެއެވެ . ޒައިން އަދި ރާނިޔާ އަށް ލިބިގެން ދިޔަނީ އަންހެން ކުއްޖެކެވެ . ރާނިޔާ އާ ވައްތަރު ކަމެއް ހުއްޓެއެވެ . ” ރާނިޔާ . މިއީ އަހަރެން ވަރަށް ވެސް އުފާވި ދުވަހެއެވެ . އަހަރެން ގެ ހަޔާތުގައި ދެކެމުން އައި އެއް ދުވަހެއެވެ . ބައްޕާ އޭ ކިޔާލާނެ ދަރިއެއް ލިބުނު އުފާ އަހަރެން ދެކެމުން އައި ދުވަހެކެވެ . ” ޒައިން ރާނިޔާ ކަންފަތް ބުޑުގައި މަޑު މަޑުން ބުނެލިއެވެ .
2 ފަރާތުގެ އާއިލާ މެމްބަރ މާލެ އަށް އައިސް ތިއްބެއެވެ . ރާނިޔާ އާއި ޒައިން ތިބީ އޭޑީކޭ ހޮސްޕިޓަލް ގައެވެ .
ވާނަން އުމުރަށް ސީޒަން 2 އެޕިސޯޑް 5 އަށް އިންތިޒާރު ކޮއްލަވާ
ނޯޓް : މި ވާހަކަ އަކީ 2 ސީޒަން އަކަށް ބަހާލެވިގެން ގެން ދިޔަ ވާހަކަ އެކެވެ . 5 ވަނަ އެޕިސޯޑް އަކީ މި ވާހަކައިގެ އެންމެ ފަހު އެއް އެޕިސޯޑް އެއް ކަން ހަދުމަ ކުރަމެއެވެ . އަދި މިވާހަކަ ކަމު ދިޔަ ކަމަށް ހީކުރަން
އިރާދަ ކުރެ ވިއްޖިއްޔާ މި އަހަރު ގެ ރޯދަ މަހަށް މުޅިން އައު ވާހަކަ އެއް އެސްފިޔަ ކިޔާ ފަރާތް ތަކަށް ފޯރު ކޮށްދޭނެ ވާހަކަ ދަންނަ ވާލަން ….
އަދި “ފަންވަރު ” އަދި ” ވާނަން އުމުރަށް ސީޒަން 2 އެޕިސޯޑް 5 އަޕްލޯޑް ކުރަމުން ގެންދާނެ ވާހަކަ ދަން ވާލަން . ތިޔަ ލޮބުވެތި ކިޔުންތެރިންގެ އެހީތެރި ކަމަށް ޝުކުރު ދަންނަވާލަން
2 Comments!
Comments are closed.


mi part ves v reethi masha allah
curiously waiting
keep it up
mi vahaka nimunee thoa
finally raaniya and zain baby eh libuni congrats
i appreciate your hard work
Wow 😮 vrh reethi mi part I love this and yu 🫣🤭