Skip to content
އެސްފިޔަ

އިރު އޮއްސެމުން ދާއިރު….

  • ދެވަނައެއްނެތް ހުނަރު ވެރިއަކު ކުރެހި ތަސްވީރަކީ ބާއޭ
  •       ނުވަތަ ކަންވާރަކުން އޮހިގެން ބަދަލު އައި ކުލަ ތަކެއް ބާއޭ
  • ދިމާމައްޗަށް ބަލާލީމާ ވަނީ ސިފަ ރީތި ރަތް ކުލައޭ
  •       ހިމޭން ކަނޑުގައި އެހެންކުލައެއް އެ ފެވުނީ ކީއްވެގެން ބާއޭ
  • ވަރަށް ޒާތެއްގެ ރީނދުލަކާ، އޮރެންޖުކުލައިން ފަވާލެވިގެން
  •       އެ ރަން ރީނދޫ ކުލައިން އުޑުމަތި ޖަރީވީ ކިހިނަކުން ބާއޭ
  • ވަޔާ ބެހެމުން އެދާ ތުނިތުނި ފިޔާތޮށި، ނަލަ  ވިލާކޮޅުތައް
  •         އޮޔާ އުފެދޭ އެކުދި ރާޅަށް ގެނައި ބަދަލެއް އެނގޭ ބާއޭ
  • އަރައިގެން އައި އިރުގެ ވާޖިބު އަދާކޮށް ދަތެރު ނިންމީމާ
  •      އަރަން ތައްޔާރުގައި ހުރި ހަނދު ކުރާ އެ އުފާ ފެނުނު ބާއޭ
  • ހަޔާތާ ތޮށަލިދުޅަ އެއްފަދަ، އުފަލަކަށްފަހު ހިތާމަ ލިބޭ
  •       ބަޔާންވާ މިފަދަ ގިނަ އިބުރަތްތަކަށް ވިސްނުން ހިނގާ ބާއޭ

Comments (4)

  1. Anonymous

    MashaAllah! varah reethi. Sunseteh sifa vi kahala!

  2. Sweet gurl

    Varah reethi. I like it.

  3. Avatteriyaa

    Kihinehtha mikahala lhen thakuge idea hoadhanee?

    1. Ashm
      Avatteriyaa

      kudakoh visnaaleema Vashaigen fenna kanthah thakun idea annane. dhen bashakehgge sifaiga e athuraa lanee.

Comments are closed.