ނަމޫނާ ޒުބޭރު ( ލިބޭ މިންވަރަށް ޝުކުރުވެރިވާން ދަސްކުރަމާހެވެ.)
އިރު އެރި ގޮތުން ކަމަށްވެސް ވެދާނެއެވެ. ޒުބޭރުގެ ހިތް ދިޔައީ އިރަކަށް ވުރެ އިރެއް ނުތަނަވަސް ވަމުންނެވެ. ފޯކައިދޫ އުތުރު ފަރާތު ގޮނޑު ދޮށުގައި ހުއްޓި ހުރި ޒުބޭރުގެ ހިތަށް ، ކުޑަވެސް ހަމަޖެހުމެއް ލިބެނީ ގޮނޑުދޮށަށް ބީހިލަމުންދާ ހިތްގައިމު ރާޅު ތަކުގެ އަޑުންނެވެ. ހެނދުނުގެ އެ ހިތް ފަސޭހަ ވަގުތުގައި ދޫނި ސޫފާސޫފީ އެސޮރުމެންގެ ހެނދުނުގެ ނާސްތާ ނެގުމުގައި އަވަދި ނެތި އުޅެމުން ދިޔައިރު ކިޔަމުން ދިޔަ ހިތްގައިމު ލަވަތަކުންނެވެ. މޫސުން ރީތިވެފައި ޖެހެމުން ދިޔަ ވައިރޯޅި ތަކުންނެވެ.
ޒުބޭރަކީ ނިކަމެއްޗެކެވެ. އެކަމަކު ލިބޭ އެއްޗަކަށް ޝުކުރު ކުރުމުގައި ނަމޫނާއެކެވެ. އެކަނިވެރި މައެއްގެ ތިބި 03 ކުދިންގެ ތެރެއިން ދޮށީ ކުއްޖާއެވެ. ހަގަށް ތިބި ދެ ކޮއްކޮގެ ލޯބިވާ ދޮންބެ އެވެ. އުމުރުން 15 އަހަރުގެ ޒުބޭރަކީ އެ މަންމަ އާއި ދެ ކޮއްކޮގެ ވެސް ހަަމަ ނަސީބެވެ. ހުލުޤު ހެޔޮ އަހުލާޤު ރަނގަޅު މަދުކުދިންތެރޭން ޒުބޭރަކީ ފާހަގަކޮށްލެވޭ ކުއްޖެކެވެ. ޒިންމާ އުފުލަން ދަންނަށް ދުރުވިސްނޭ ކުއްޖެކެވެ.
މާދަމާ އަކީ ޒުބޭރު ކޮއްކޮ ޒުބޭދާގެ އުމުރުން 07 އަހަރު ފުރޭ ދުވަހެވެ. ރީތި ހެދުމެއްގެ ވާހަކަ ކޮއްކޮމެން ދައްކާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަނެއްކޮޅުން އެކުދިންގެ ހެދުންތައް ބާވެފައި ހުރުމަކީ މިއަދު ޒުބޭރުގެ އެންމެ ބޮޑު ނުތަނަވަސްކަމެވެ.
ގޮނޑުދޮށުގައިވާ ބޮޑެތި ގާތަކުގެ މަތިން މަޑުމަޑުން ޒުބޭރު ހިނގަން ފެށިއެވެ. އޭނާގެ ހިތުގެ އުދާސް ތަކަށް މާތް ﷲ ހެޔޮ ، ތަނަވަސް ރަޚުމަތް ލިބޭނެކަމުގެ ޔަޤީންކަމާއެކު އެވެ. ކުއްލިޔަކަށް ޒުބޭރުގެ ހަނދާނަށް އައީ މީގެ ދިހަ އަހަރު ކުރީގެ ހާދިސާއެކެވެ.
އޭރު އަހަރެންގެ އުމުރުން ވާނީ އެންމެ 06 އަހަރެވެ. ހުކުރުން ފައިބައިގެން ގެއަށް ދާން ނިކުއިން ވަގުތު މިސްކިތުގެ އިމާމް މީހާ ގޮވާލުމުން އަހަރެން އެތަނަށް ދިޔައީމެވެ. އެދުވަހު އިމާމް ބުނުއްވިއެވެ.” ޒުބޭރު ކޮއްކޮއޭ! ދެރަނުވާށެވެ. ހިތްވަރު ކުރާށެވެ. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށެވެ. ބައްސަހައިގެން މަންމަ އެދޭފަދަ ދަރިއަކަށް ވާށެވެ. 02 ކޮއްކޮއަށް ވެސް މުސްތަޤުބަލެއް ހޯދައިދޭށެވެ. މާތް ﷲ އިރާދަކުރެއްވިޔާ ޒުބޭރު ތިގޮތުގައި ނަމާދަށް ފަރުވާތެރިކަން ބަހައްޓައި މަންމައަށް އަޅާލާ ލިބޭ މިންވަރަށް ޝުކުރުކުރާނަމަ، އާޚިރުގައި ޒުބޭރުގެ ދިރިއުޅުން ވެގެންދާނީ ތަނަވަސް އުފާވެރި ދިރިއުޅުމަކަށެވެ.”
ޒުބޭރަށް ހިޔާލީ ދުނިޔެއިން ނިކުމެވުނީ މީހަކު ޒުބޭރަށް ގޯވާލިއަޑު އިވިގެންނެވެ. ” ޒުބޭރޫ ކޮއްކޮ ކިހިނެއް މިހާރު” އެއީ ހަސަންބެއެވެ. ޖަވާބުގައި ޒުބޭރު އިސްދަށަށް ޖަހާލުމަށްފަހު ހާލަތު ކިޔައިދިނެވެ. ” ހާސް ނުވޭ ކޮއްކޮ މި ފައްސަތޭކަ ރުފިޔާގައި ހިފާ ދެން ބޭނުންވާ އެއްޗެހި ގަނެފައި ބާކީ ފޮރުވާ” ޒުބޭރު ހަސަންބެއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ. ” ޝުކުރިއްޔާ ހަސަންބޭއަށް ތި ވެދިން އެހީއަށް ބޭބެއަށް ތަނަވަސްކަން ދެއްވާށި! އާމީން”
500 ރުފިޔާ ހިފައިގެން ޒުބޭރު ފިހާރަށް ދިޔައެވެ. ކޮއްކޮމެންނަށް ރީތި ހެދުން ގަނެހެދިވެ. ބާޒާރުކޮށް ހަދައިގެން ޒުބޭރު ގެއަށް ދިޔައީ އާ އަޒުމެއްގައެވެ. ކިޔަވައިގެން ގައުމަށް ހިދުމެތް ކުރަން ނުކުއްނާށެވެ.
އެސްފިޔަ ޖަހާލާހައި އަވަހަށް ދުވަސްތައް ފާއިތުވެގެން ދިޔައެވެ. ޒުބޭރުގެ ތައުލީމީ ހާޔަތް ވެސް ނިމުނެވެ. މުޅި ސުކޫލުން ޒުބޭރަށް މަރުހަބާ ކިޔެވެ. ރަށު ސުކޫލަށް ރަން ވަނައެއް ހޯދައިދިނުމުންނެވެ. ގަދަ 10 އަކަށް ރަށު ސުކޫލުން ކުއްޖަކު މި ދިޔައީ އަލަށްކަމަށްވެއެވެ. އެވެސް ފަޚުރުވެރި 01 ވަނައަށެވެ. އެއީ ޒުބޭރުގެ އެއްތައް ރެޔަކާއި ދުވަހެއްގެ ބުރަމަސައްކަތުގެ ފޮނި ނަތީޖާ އެވެ.
އިސާހިތަކު ރާއްޖޭ ބޭރަށް ކިޔަވަން ދިއުމަށް “ސުކޮލާސިޕް” ޒުބޭރަށް ލިބުނެވެ. އެކަމާ ޒުބޭރަށް އުނދަގޫ ތަކެއް ހުއްޓެވެ. މަންމަ އާއި ކޮއްކޮ ރަށަށް އެކަނިކޮށްލާފައި ދާން ޖެހޭތީއެވެ. ނަމަވެސް ޒުބޭރު ދެކޭ ހުވަފެނެއް އޮވެއެވެ. މޮޅު ޑޮކުޓަރަކަށް ވުމެވެ. ކޮންމެ ހާލެއްގައި ވެސް މަންމަ ބޭނުންވީ ކިޔަވަން ޒުބޭރު ދާށެވެ. ޒުބޭރުގެ އާއިލާ އަކީ މާ ތަނަވަސް އާއިލާއަކަށް ނުވާތީއެވެ. މިއަދު ސަރުކާރުގެ ހަރަދުގައި ކިޔެވުމުގެ ފުރުސަތު ޒުބޭރަށް ލިބުމުން އެކަމާ މުޅި ރަށް ވެސް އުފާކުރިއެވެ.
އެތައް ވިސްނުންތަކެއް ނިންމުމަށްފަހު ކިޔަވަން ޒުބޭރު ފުރިއެވެ. ޑޮކުޓަރީކަން ކިޔަވަން ޒުބޭރު ނިންމީ އާންމު ބަލިތަކުގެ އެއެވެ. “މެލޭޝިޔާގެ ޔުނިވަސިޓީ” އަކުންނެވެ. އެއީ ރަށު ސިއްހީމަރުކަޒުގައި މަސައްކަތް ކުރަން ބޭރުގެ ޑޮކުޓަރެއް އިންނާތީއެވެ.
ދުވަސްތައް ހަފްތާތަކަށްވެ ހަފްތާތައް މަސްތަކަށް ބަދަލުވަމުން ދިޔައެވެ. ދުނިޔެ ދާމަގުން ހިނގަމުން ބާރު އަޅަމުންދިޔައެވެ. މެލޭޝިޔާގެ ޔުނިވަސިޓީ އިން 01 ހޯދައިގެން ޒުބޭރު ރަށު ހަސްފަތާލާ ގުޅުނެވެ. އެއީ މުޅި އަތޮޅަށް ވެސް ލިބުނު ކާމިޔާބީއެކެވެ. މިއަދު ޒުބޭރަކީ ރާއްޖޭގައި ހުރި އާއްމު ބަލިތަކުގެ އެންމެ އުހުގައި ފިޔަޖަހާ ޑޮކުޓަރެވެ. އުފާވެރި ތަނަވަސް ދިރިއުޅުމެއް މިއަދު މި ވަނީ ޒުބޭރަށް ލިބިފައެވެ. މިއީ ކެތްތެރިކަމުގެ ފޮނި ކާމިޔާބެކެވެ. ކޮންމެ މީހަކުމެ މިހާރު ކޮންމެ ނިންމެވުމެއް ނިންމުމުގެ ކުރިން “ނަމޫނާ ޒުބޭރު” ގެ ލަފަޔާ ހިޔާލު ހޯދައެވެ.
ނިމުނީ
މިއީ ކުޑަކުދިންނަށް ހާއްސަކޮށްގެން ލިޔުނު ވާހަކައެވެ. މި ވާހަކަ ކުޑަކުދިންނަށް ރީތި ވާނެ ކަމަށް އުއްމީދުކުރަމެވެ. 🤗💐💗🥰
3 Comments!
Comments are closed.






Salhi
Thank you Inasha 🥰
Reethi story eh