Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ޅެން

ވާނޭކަމެއް ނޫން!

Ashm
Ashm Level 110 Stories
January 26, 2025 One Min Read
1 Comment

ރީތި ހުތުރުން މިނެ ކިރުން އޭ މޮޔަ ހިތަށް ވާނޭ ކަމެއް ނޫން
ލޭގެ ހިނގުމަށް އަޑުގެ ޖާދޫ އެކުވެ ފެތުރި ހިމޭން ވުމުން
މޭގެ ރިހުމާ ލޮލުގެ ތެތްކަން ހުރުމަކީ ޖާއިޒު ކަމެއް ނޫން
ކަންފަތަށް ތައުރީފު އޮހުމުން ހިތް އެދޭ މިތުރުގެ ދުލުން
ހިތްފަސޭހަނުވާނެ މަގަކުން ދިއުމަކީ ވާނޭ ކަމެއް ނޫން
މަންމަނެއްގެ މިސާލުގައި ބަސް،ހުއްޓުމީ އެދެވޭ ގޮތެއް ނޫން
ފޮރުވުމުން ލޯބީގެ އޮށްތައް ހިތުތެރޭ ސިއްރުން އެކަނި
ކުރިފަޅާ އާރޯކަމާއެކު ހެދުމަކީވެސް ދުރުކަމެއް ނޫން
ރޯކުރާ ލޯބީގެ ހުޅުކޮޅު، ނަފްރަތުގެ އަލިފާނުގައި
ދޫކުރީމާ އޭގެ ހޫނުން އެނދުމަކީ ބޭނުން ގޮތެއް ނޫން
ހިތްހަދާ ތައްގަނޑުތަކަށް މީހަކު ފެތޭހިނދު މަޑުމަޑުން
ހިތުގެ ކޭތަ ފިލާ ދެތިންތަރި ފިޔަ ޖެހުމަކީ އާކަމެއް ނޫން
ލޯބި ފާލުން ނެއްޓިގޮސް ކޫރެއް އެޅިއްޖެ ހިތެއް އެއީ
މާބުރާ ބަޅިނދުގެ ބަހާނާ ގައި ބޭހޭނޭ ޚާދިމެއް ނޫން

Share Article

Ashm
Follow Me Written By

Ashm

Level 110 Stories

Other Articles

Previous

ފަންވަރު 02

Next

ޙަޤީޤަތް ހޯދުމޭ 51

Next
January 26, 2025

ޙަޤީޤަތް ހޯދުމޭ 51

Previews
January 26, 2025

ފަންވަރު 02

One Comment

  1. kamana says:
    January 27, 2025 at 3:24 pm

    Dhen ok. mifaharu ehaa reecheh noon!

Comments are closed.



All Right Reserved!