ސައިބަރ ފުރައްސާރަކުރުން ހުއްޓުވާނީ ކިހިނެއް!
ސައިބަރ ފުރައްސާރަކުރުމަކީ ކޮބާ؟
ސައިބަރ ފުރައްސާރަކުރުމަކީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ފުރައްސާރައެވެ. މިކަން ހިނގަނީ ސޯޝަލް މީޑިއާ، މެސެޖު ކުރާ ޕްލެޓްފޯމްތައް، ކުޅިވަރު ކުޅޭ ޕްލެޓްފޯމްތައް އަދި މޯބައިލް ފޯނުތަކުގައެވެ. މިއީ ތަކުރާރުކޮށް ކުރާ ޢަމަލެއް ކަމުގައިވާއިރު، މީގެ މަޤްޞަދަކީ އަމާޒުކުރެވޭ މީހުން ބިރުގެންނެވުމާއި، ރުޅިއެރުވުމާއި ނުވަތަ ލަދުގަންނަވައިލުމެވެ. މީގެ މިސާލުތަކުގެ ތެރޭގައި ހިމެނެނީ: ސޯޝަލް މީޑިއާގައި މީހަކާ ބެހޭގޮތުން ދޮގު ވާހަކަތައް ފެތުރުން ނުވަތަ ލަދުގަންނަވައިލާފަދަ ފޮޓޯތައް ޕޯސްޓުކުރުން، މެސެޖު ކުރާ ޕްލެޓްފޯމްތަކުގައި ހިތްހަމަނުޖެހޭ މެސެޖުތައް ނުވަތަ ބިރުދެއްކުމުގެ މެސެޖުތައް ފޮނުވުން، އަދި މީހެއްގެ ގޮތުގައި ދައްކައިގެން އެހެން މީހުންނަށް ނުބައި މެސެޖުތައް ފޮނުވުމެވެ. ގައިގައި ޖެހިގެން ކުރާ ފުރައްސާރައާއި ސައިބަރ ފުރައްސާރަކުރުން ގިނަފަހަރަށް އެކުއެކީގައި ހިނގައެވެ. ނަމަވެސް ސައިބަރ ފުރައްސާރަކުރުމުން ޑިޖިޓަލް ފޫޓްޕްރިންޓެއް ދޫކުރެއެވެ – އެއީ ބޭނުންތެރި ރެކޯޑެއް ކަމުގައިވެ، އަނިޔާވެރިކަން ހުއްޓުވުމަށް އެހީތެރިވެދޭނެ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.
ރައްކާކުރޭ: ފުރައްސާރަކުރާކަމުގެ އެއްވެސް ހެއްކެއް އަދި ބޮޑެތި މީހަކަށް ދައްކާ.
ބްލޮކްކުރޭ: މެސެޖުތައް ނުވަތަ އެ މީހާ. އެއްވެސް ގޮތަކަށް އެމީހުންނަށް ޖަވާބު ނުދޭ.
ލޮގްއައުޓްވޭ: ސައިބަރ ފުރައްސާރަކުރުން ހިނގަމުންދާ ސައިޓުން.
ވާހަކަދައްކާ: އެކަމާ ބެހޭގޮތުން ތިބާ އިތުބާރުކުރާ މީހަކާ.

