Skip to content
އެސްފިޔަ

ނިދިން މަހްރޫމް ވެއްޖޭ ލޯ…

ނިދިން މަޙްރޫމް ވެއްޖޭ ލޯ، ކަލާ އަންގާ ނުލާ ދިއުމުން،
މަ ދިން ލޯއްބާ އުފާ ބޭނުން ނެތޭ ބުނެ ކޮޅުފައިން ޖެހުމުން
ހަނދާ ތަރިއާއި ހެކިކުރަމުން، ހުވާ، އިގުރާރުތައް ކޮށްފައި
ވިދާގުގުރާ އެބިރުވެރި ރޭ އެކަނި ކޮށްފައި ދުރަށް ދިއުމުން
އަމާނާތެއް ކަމަށް ހީކޮށް މި ހިތް ރައްކާ ކުރަން ބުނެފައި،
އޮމާން، މަޑު ރީތި އަތްތިލައިން މިހިތް ފިސްކޮށް ޒަޚަމް ކުރުމުން
ހަޔާތުގެ ނައު ކަނޑަށް ބާލައި ނަގާ ކެރިއަށް ނުވިސްނާ ހުރެ
ނަޔާ އައްސޭރިއެއް ހޯދަން ވަޔަށް ނުބަލައި ރިޔާނެގުމުން
ކަނޑަށް މާ ނިކުމެ ފުރަތަމަޔަށް ޖެހުނު އުދަގަނޑު ތެރޭ މިތުރާ،
ކަނޑުގެ ރާޅަށް ބެހެން މިހިތާ ނަފްސު ދޫކޮށް ވަކިން ދިއުމުން
ނެތޭ އިތުބާރު ކުރެވޭކަށް ހިތާ ނަފުސުގެ އަރާރުމުގައި
ފެތޭ ބިރުވެރި މިކަނޑުގެ ތެރޭ، ހިތާ ނަފްސާ  އެކީ ބެހުމުން

Comments (3)

  1. The GHOST

    Very nice

  2. Laalu Bibee

    Reethi ibaarai thakeh. Varah reethi.

  3. kamana

    Ashm ge lhen thah varah reethi. kihineh dhaskuree? BEYNUN dhaskuran!

Comments are closed.