Skip to content
އެސްފިޔަ

ބަދަލުވީ މަގޭ ޙަޔާތޭ 1

ހަވީރުގެ ހިތްގައިމު ވަގުތުގާ ރީޝާ އިނީ ރަސްފަންނުގައި ހުރި ގޮނޑި ބަރިތަކެއްގައި އިށީދެގެންނެވެ. އަހަރެންނަށް ރީޝާ ފެނުނީ އަހަރެންވެސް މާލެ އައުމަށްފަހު ހަވީރު ބުރުޖަހަން ގޮސް އުޅުމުގެ ތެެެރެއިންނެވެ. ރީޝާ އާއި އަހަރެންނަކީ ގުރޭޑް 1 ކުންފެށިގެން 12 އެއްކުލާހެއްގާ ކިޔެވިދެމީހުންނެވެ. ރީޝާ އާއި އަހަރެންގެ ގުޅުން ކެނޑިގެން ދިޔައީ މަތީ ސާނަވީ ތަޢުލީމަށްފަހު ރީޝާވެސް މަޖުބޫރުން މީހަކާ އިންނަންޖެހުމުންނެވެ.އަދި އަހަރެންވެސް އަހަރެންގެ ހުވަފެން ތަކުގައި ކުލަޖެއްސުމަށްޓަކައި ކިޔަވަން ރާއްޖެއިން ބޭރަށް ދިޔަ ހިސާބުންނެވެ.

“ރީ..”އަހަރެން ރީޝާގެ ފަހަތުގައި މަޑުކޮށްލަމުން ގޮވާލީމެވެ.”ޒެކް..”ރީޝާވެސް ފަހަތަށް އެނބުރިލަމުން ގޮވާލިއެވެ.”މަންމީ..މަންމީ ބަލާބަ ޝެލް އެއް” އެވަގުތު ކުޑަ ކުޑަ ކުއްޖަކު ދުވެފައި އައިސް ރީޝާގެ ގައިގާ ބައްދާލިއެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އަހަރެން ރަށުން ބޭރުގައި ހުއްޓާ ވަރަށް ކަންކަން ވެއްޖެދޯއޭ ކިޔާ ރީޝާ އާއި ދިމާ ކުރީމެވެ.ރީޗާގެ ވާހަކައިން އަހަންނަށް އެނގުނު އަނެއްކަމަކިީ ރީޝާގެ ފިރިމީހާ ރީޝާ ދޫކޮއްލާފަ ދިޔަކަމާއި އަދި މިހާރު މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލުހުމެއް ތަންފީޒު ކުރަމުން ދާކަމެވެ.ވަރަށް ގިނަ އިރު ރީޝާ އާއި ރީޝާގެ ދަރިފުޅު ޒިކާން ކައިރީގާ ހުރުމަށްފަހު އަހަރެން ދިޔައީ މިރޭ އެގެއަށް ދާނެވާހަކަ ބުނަމުންނެވެ.

އެރޭ 8 ޖެހިއިރު އަހަރެން ހުރީ ރީޝާ އުޅޭގޭގައެވެ. “ކޮބާ ޒިކާން؟”އަތުގައި އޮތް ކުޑަ ކޮތަޅު ރީޝާ އަށް ދިއްކޮށްލަމުން އަހަރެން އަހާލީމެވެ.”ދެންމެ އެނިދީ..ޒެކް ކޮބާ މީހަކާ އިންނާކަށް ނޫޅެންތަ؟”ރީޝާގެ އެސުވާލާއެކު އަހަރެންނަށް ރީޝާ އާއި ދިމާލަށް ބަލާލެވުނެވެ.”ޒެކް މިހުރީ ރީ ލިބެންދެން އޭ ބުނެފިއްޔާ ރީ ޤަބޫލު ކުރާނަންތަ؟”އަހަރެންވެސް ހަމަޖެހިލަމުން ލާނެއް ގޮތަކަށް ބުނެލީމެވެ.އެހެން ނަމަވެސް އަހަރެން ހާމަ ކުރީ ހަގީގަތުގައިވެސް އަހަރެންގެ ހިތުގެ އަޑެވެ.

“ޒެކް.. ދެންމީ ތިކަހަލަ ސަކަރާތް ޖަހަންވީ ވަގުތެއް ނޫނޭ..ސީރިއަސް ކޮށްވެސް ބުނެބަލަ..”ރިޝާ އަނެއްކާވެސް އަހާލިއެވެ.ކޮންމެ ގޮތެއްވިޔަސް ވަރިހަމަ ކަމަށް އަހަރެން ނިންމީ މިހުރިހާ ދުވަހު އަހަރެންގެ ހިތުގައި ރައްކާ ކޮއްފައިވި ލޯބި މިރޭ ރީޝާ އަށް ހުށްހަޅާށެވެ.”ރީ..ޒެކް ދޮގެއް ނުހަދަން..ރީ އެއްފަހަރުވެސް ވިސްނާލަބަށް ޒިކާން އާ ދޭތެރޭ..އެކުއްޖާ ބައްޕައެއްގެ ލޯބަށް އެދޭނެ ވަރު ރީ އަށް އެނގޭނެ…ޒެކް ޤަބޫލުކުރަން ރީ އަށް އުދަގޫވާނެކަން..އެކަމް ޒެކް ބޭނުން ޒިކާން އަށް ބައްޕައެއްގެ ލޯބިދޭން ރީ ވިސްނާފަ ގޮތެއް ނިންމިޔަސް އެންމެ ރަނގަޅު.”ޒަކްވާން އެހުރިހާ ވާހަކައެއް ދައްކާ ނިންމާލުމަށް ފަހު ނިކުމެގެން ދިޔައީއެވެ.

ރީޝާގެ ނަޒަރުން

“ޒަކްވާން ހަމަ ހަޤީޤަތުގައިވެސް އަހަރެންދެކެ ލޯބިވޭ ބާވައެވެ.އެހެންވީ އިރު ކުރިން އެވާހަކަ ނުބުނީ ކީއްވެބާއެވެ.؟”އެކިހިޔާލުތަކުން ސިކުނޑި ފުރި ބާރުވެފައި އޮއްވާ ސިއްސައިގެން ދިޔައީ ޒިކާންގެ ރުއިމުގެ އަޑުންނެވެ. ރީޝާ މި ހިޔާލުތަކުގެ ތެރޭގައިވާއިރު ޒަކްވާންގެ ހާލަކީ ކޮބައިބާވައެވެ.؟ “އަހަންނަށް އޮވެވުނީ އެނދުގެ ދެފަރާތަށް ފުރޮޅިލައެވެ. ވިސްނެމުން ދިޔައީ ރީޝާ ދޭނެ ޖަވާބަކާއި ދޭތެރޭގައެވެ.މަޑުމަޑުން ތެދުވެ އެނދުގެ ފަނޑީގައި ލެހިލަމުން އެވަގުތު ހަނދާނަށް އައި ލަވައިގެ ތެރެއަށް ފީނައިލީމެވެ.”

“ކައިރީގާ ހުރެލަން އަދު ބޭނުންވޭ

ތިބާ ބައިންދަން އުނގުގާ ގާތުގަ އުމުރަށް ލޯބިން

ހިތް އެދެވޭ ލޯމެރި މި ހިތް އެދެވޭ

ނުވުމަށް ނިމުމެއް ގުޅުމަށް ދެކުމަށް ތިމަލާއެ އެދެވޭ ”

ލަވަ ކިޔާ ނިމުމުން ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.ވުމާއެކު އަނެއްކާވެސް އެނދުގައި އޮށޯވެ ނިދޭތޯ ލޯމަރާލީމެވެ.މި ފަހަރުވެސް ހިތުގެ ލޯގަނޑަށް ރީޝާ އަރާފައިވީނަމަވެސް ވަރަށް ފަސޭހައިން ނިދިއްޖެއެވެ.

ނުނިމޭ

Comments (4)

  1. Anonymous

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    ree and zek gulhuvachey
    they both are made for each other

    1. Sav
      Anonymous

      Thank you anonymous 🫶
      Dhn oi part in e suvaaluge javaabu libeyne insha allah vrh avavahah dhn oi bai genesdheynan

  2. Your fav bab

    Heyyyyyyy sav!!!!
    How ru???
    Varah ufaa vejje story kiyaalan libuneema!!!!
    The Story was awesome!!!!!
    When next?

    1. Sav
      Your fav bab

      Thank you your fav bab 🫶
      I’m gud alhamdhulillah
      Insha allah vrh avavahah genesdheynan

Comments are closed.