Skip to content
އެސްފިޔަ

ހިތް މަގޭ ގެންގޮސްފިއޭ

ނޭގި ބޭރުން އައި މުސާފިރު ހިތް މަގޭ ގެންގޮސްފިއޭ
ނޭގި ހުއްޓާ ރޭގެ ނިންޖާ ހަމަޖެހުން ނެތިކޮށްފިއޭ

ދަހި އެ ބެލުމާ މާނަފުން ފޮނި ބަސްތަކުގެ ހަމަލާތަކުން
ރުހި މިނަފްސާހިތް މުޅިން ވީ ގައިދަކުން ބަނދެލައިފިއޭ

ޅިޔަ އަޅުނު މިހިތުގެ ތަދުން ނަފްސަށް ލިބޭތީ ފޮނިކަމެއް
ހިޔަނިހެން ފަހަތުން ހިނގަން ހިތް، ފިޔަވަޅަށް އަންގައިފިއޭ

ފަސްދެމުން އެއް އަރިމަތިން ނިތްއެއްލަމުން ހީލީގޮތުން
މަސްތު ފަދަ މާ ފޮނިކަމެއް ލޭނާރުގައި ދުވެލައިފިއޭ

ދިން އުފާ ހިނިތުންވެފާ ހަނދުވަރު މަތިންފެނުމުން ކަލާ
ތިން ހަތަރު ނަދުރެއް ލިބުން އެދިގެން މިހިތް ބުނެލައިފިއޭ

މަޑު އެ ހުދު ވެލިގަނޑުމަތީ ކުރެވުނު ސަމާސާ ތުންފަތުން
ފަނޑުނުވާ ނަލަ ކުރެހުމެއްހެން ހިތުތެރޭ ފޮރުވައިފިއޭ

 

Comments (3)

  1. Your fav bab

    Wow
    Very nice!!!

  2. Dhooni

    Wah! I like the way how the feelings are expressed! all the best Girl!

  3. Kamana

    VARAH REETHI!!!!
    Kaamiyaabee ah edhen!

Comments are closed.