Skip to content
އެސްފިޔަ

އިންސާފު

އުފަންފަސްގަނޑުގައިވެސް މިއަދު އަހަންނަކީ އެކަނިވެރިޔެކެވެ.
“ތަޤުދީރުގައި ހުރިގޮތް މީ މި ނަސީބުގައި އޮތްގޮތް މީ
ދުނިޔޭގައި އުފަލެއްނެތް އިންސާނެއްބާއޭމީ”
މަންމަ ކުރި ފާފައެއްގެ ސަބަބުން އެކަމުގެ ޝަޒާ ލިބެމުންދާ ޒުވާނެކެވެ. ނިކަމެއްޗެކެވެ. އަޅާލާނެއް ޔާރެއްއިޔާރެއް ނެތް ޔަތީމެކެވެ . މީގައި އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟ ކުއްލިއަކަށް ހަނދާނަށް އައީ މަރުވުމުގެ ކުރިން މަންމަ ބުނި އަލަމާރިއެވެ. އެ އަލަމާރި ހުޅުވާލުމުން ލޮލުގައި އަޅައިގަތީ ފޮތެކެވެ. އެ ފޮތް ނަގައި ހުޅުވައި ކިޔަން ފެށީމެވެ.
ރަށަށް އީދު ކޮޅެން އައި ޒުވާނެކެވެ. ރީތިގެ ރަސްގެފާނެކެވެ. ބުޅި އިސްތަށިގަނޑެއްގެ ވެރިއެކެވެ. ސާދަވިލޭރޭގެ ހަނދުފަދަ ދެލޮލެވެ. އަށްނާރު އޮތްތަކެއް ފަދަ ދެއްޕިލަޔާ ފިޔާތޮށި ދެތުންފަތެވެ. ބައިމަތި ފުޅާ ކަސްރަތީ ހަށިގަނޑެވެ. ހަމުގެ ކުލަ އަލި ދިގު ޓަވަރެވެ.
“ބުނަންހޭ ކަލާ ވަރަށް ލޯބިވޭ
ވަރަށް ހިތް އެދޭ އެހާ ޗަލޭ ލޯބިވަމޭ”
ގޭގެ ކުއްޔަށް ދޭ ކޮޓަރީގައި ނިމާލް ބެހެއްޓީ އަހަރެންގެ ބައްޕައެވެ. އެކަމާ މަންމަ އެހާ ހިތްހަމައެއް ނުޖެހެއެވެ. އެހެނަސް މި ހިތް ދިޔައީ ނަޝަމުންނެވެ. ލޯބީގެ ޚިޔާލު ތަކުގައި އާވާރާވެ ދުވަމުންނެވެ. ކުރިއަށް ކަންވާނެ ގޮތެއް ނޭނގޭ ހާލު އެވެ . ހުވަފެނުގައި އެތައް އުއްމީދެއް އާކުރެއްވިއްޖެއެވެ. އެތައް ވައުދާ އަޚުދުތައް ވެވިއްޖެއެވެ.
އަހަރެންގެ އާއިލާއަކީ މުޅި އަތޮޅަށް މަޝްހޫރު ގަދަރުވެރި އާއިލާއެކެވެ . އެހެންކަމުން މުޅިންވެސް ރަށަށް އަށްނަށް ޝަރަފުވެރިން ތިބޭނީ މިގޭގައެވެ. ގެއަކީ އޭރުގެ ފެންވަރަށް ރަށުގައި ހުރި ގެތަކުގެ އެންމެ ރީތީ ގެއެވެ .
އީދުގެ ފުރަތަމަ ދުވަހު އަހަރެން ވަރަށް ފަރިވީމެވެ . ނިމާލަށް ދައްކާށެވެ.ވަށްފަސްބައިލީ “ޕާކިސްތާނު” ހެދުމެއްލީމެވެ . އަހަރެންގެ ފަން ދިގު އިސްތަށިގަނޑުގައި ބޮޑު ހުޅި އެއްޖެހީމެވެ . ދޯއްބައްޓާއިން ބޯ ނިވާކޮށްލީމެވެ . އަތުގައި އޮތް އެންމެ ރީތީ ބޫޓަށް އެރީމެވެ . ނުވިތާކަށް ކަރުގައި ބައްޕަގެ ކެމެރާވެސް އެޅުވީމެވެ. ފޮޓޯ ނެގުމަށެވެ.
ހަވީރު ދަފިނަގާތާ ހުއްޓާ މީހަކު އަހަރެންގެ ގައިގައި ކުލަލައިފިއެވެ. ދަށްނައް ވަހެއްހެން ހީވެގެން ފަހެއްބަލާލީމެވެ.ފަހަތުން ފެނުނީ ހެވި ދިލިފައިހުރީ ނިމާލެވެ. އާއެކޭ އެއީ އަހަރެންގެ ހިތުގެ ރާޖާއެވެ. އެވަސް އަހަށްނަށް އޮޅޭނެ ހެއްޔެވެ؟
“ކަލާދެން މި ދުނިޔޭން އުޅޭ ކޮންމެ ތާކުން
ދުވާ މީރު ލުއި ލުއި ވަހުން ވަކިކުރާނަށް
ކަލާދެން މި ދުނިޔޭން އުޅޭ ކޮންމެ ތާކުން
ދުވާ މީރު ލުއި ލުއި ވަހުން ވަކިކުރާނަށް
ދެލޯ ބަންދުވިޔަކަސް މަގޭ ހިތުގެ ވިންދުން
ދެލޯ ބަންދުވިޔަކަސް މަގޭ ހިތުގެ ވިންދުން
ޔަޤީނޭ ކަލާ އަބަދު ފާހަގަކުރާނަށް”
އާގަމަވެ، ބަސްހުއްޓިފައި ހުރި އަހަންނަށް ހޭވެރިކަމެއް ވީ ނިމާލް ފަންވަތެއް ދިއްކޮށްލުމުންނެވެ.” ގަޑިއަށް އަށްނާނެކަމަށް އުއްމީދުކުރަން” ނިމާލް އެހެން ބުނެފައި ފަސް އެނބުރި ބެލުމެއްނެތި ހިނގަންޖެއެވެ . އޭނާ އަހަށްނަށް ގަޑިކިއީއެވެ . ރަށުގެ ތުނޑިން ރޭގަނޑު 21.30ހަށެވެ. ވަގުތުން ފުންމާލީމެވެ. ވީ އުފަލުންނެވެ .

އެންމެ ފަހުން މާލެ ދަތުރު ބައްޕަ ގެނެސްދިން ހެދުންލާ ތައްޔާރުވެލީމެވެ . ނިމާލާ ބައްދަލުކުރާށެވެ. ވަގުތުތައް ލަސްވެ އަހަރެން ހުރީ ރުޅި އައިސްފައެވެ .
“ހިތުގައި ތިޔަނަށް މަ ލިޔެފީމޭ
ހިތުގައި ތިޔަނަށް މަ ލިޔެފީމޭ
ފަރި ޒުވާނާއޭ
ކެތްކުރޭ ދާނަށް މިރޭ
ހިތް މަދޭން ބޭނުންވޭ
ހިތް މަދޭން ބޭނުންވޭ
ހިތް މަދޭން ބޭނުންވޭ
ހިތް މަދޭން ބޭނުންވޭ ”
ރޭނގަނޑު ނަލަ ހަނދުވަރުގަ ނިމާލް އަހަންނަށް ލޯބި ހުށައެޅިއެވެ . މިރަށުން ފުރަނީ ކައިވެނީގެ ފަހުން ކަމަށް ވައުދު ވިއެވެ .
“ރުހިފާ ލޯބި ކަލާ ދިނުމުން ހީވެ ފޮޅޭހެން ހިތް އުފަލުން
ގެންދަށޭ ހިތް ހަދިޔާ ކޮށްދީފިން ވާ ލޯބިން”
ރަށުގެ އެތައްމިތަނުން އަހަރުމެން ބައްދަލުކުރަމުން ދިޔައީމެވެ. ވަރަށްވެސް ސިއްރިއްޔާތުގައެވެ. މަންމަމެން ނުރުހިދާނެތީއެވެ. އެންމެ ފަހުން ވާރޭ ވެހުންރޭ އަހަރެން ނިދީ ނިމާލުގެ ކޮޓަރީގައެވެ. އޭނާގެ ދާންމަތީއެވެ. ނިމާލްގެ އާދޭހަށެވެ . އެރޭ އަހަރެންގެ އެންމެ އަގު ބޮޑު ހަޒާނާ ފުރިހަމަ އިތުބާރާއި ޔަޤީންކަމާއެކު ނިމާލަށް ދިނީމެވެ . އެއްފަހަރު ކަމަށް ފުދިގެންނެވެ. އަހަރެންމެންގެ ކައިވެނި ލަސްތަކެއް ނުވެ ކުރެވޭނެތީއެވެ. އެހެނަސް ފަހުން ފަހުން ނިމާލް ކައިވެނި ކުރާކަށް ބޭނުމެއްނުވިއެވެ.
ކަންބޮޑުވެ އަހަރެން ހާސްވާން ފެށީ އެހިސާބުންނެވެ. އޭގެ  ދެތިން ހަފްތާއެއް ފަހުން ބޮލުގައި ރިއްސަތީ ޓެސްޓް ހެދީމެވެ . އެދުވަހު ހީވީ އަހަރެންގެ މުޅި ދުނިޔެ އަނދިރިވި ހެންނެވެ.ހަފަރާތުގައިވާ ރުއްގަސްތައް އިސްވެ މަލާމަތް ކުރާހެން އަބަދުވެސް ހީވާ ކަހަލައެވެ.
ލިބުނު ހިތްދަތި ޚަބަރު އަހަރެން ނިމާލަށް އެންގުމުން އޭނަގެ ދަރިއެއް ނޫން ކަމަށް ބުނެ އަހަރެން ރަށަށް ބޭޒާރު ކޮށްލީއެވެ.
“މޫނައި ލޮލުން ހިތްޖައްސާ
އުމުރަށް އުޅެދޭން ނިންމާފައި
ވޭނާ ހޫނުން މޭ ފިއްސާ
އެކުގައި މުޅި ހިތް އަންދާފައި
ވާނެ ގޮތެއްވާން ދޫކޮށްފައި
އަދި މޮޔަކޮށްފައި
މޮޔަކޮށްފައި ދާ ސަބަބު ކޮބާ؟
އިންސާފަކީ ކޮބާ؟
ބަދުނާމަކީ ކޮބާ؟”
މި ކަމެއް ކުރީ ދެމީހުންގެވެސް ރުހުމުގައެވެ. މައިންބަފައިން މިކަމުން ރަށަށް ބަދުނާމު ވެގެން ދިޔައެވެ. މީހުންގެ ނަފްރަތުގެ ބަސްތަކައް ކެތްނުވެ މަންމަވެސް މަރުވިއެވެ. ބައްޕަ އައި ރުޅީގައި އަހަރެން ގެއިން ނެރެލީއެވެ .
“ނިކަމެތި ނަފްސެއް ފަތަމުން މިދަނީ
އޮހުރުނު ކަރުނައިގައި
ގައިދުވެފައި ސިޚުރެއްގައިޖެހި ކެހިވެރި ހިޔަނީގައި
މި ހިތައް ލިބި ގަދަ ވޭން
ވަކިވާ ހިނދު ދުނިޔޭން
ބައިވެރިވެސް ހަމަ ނުވުމޭ އެދެނީ އަޅުގެ ޖަނާޒާގައި
އިންސާނެކެމީ ދުނިޔޭގައި ބިކަހާލުގައި ޖެހިފައިވާ
ހާލުގައި ޖެހިފައިވާ”
ހަނދާނެއްގޮތެއްނެތި އަހަރެން އެކަނިވީއެވެ. ނިމާލުވެސް ފިލީއެވެ ؟
ކަރުނަތައް ފުހެމުން އަހަރެން ފޮތް ލެއްޕީމެވެ. މަންމަގެ މާޒީ ކިހާ ހިތްދަތި ހެއްޔެވެ؟ މަންމައަށް އިންސާފު ލިބެން ޖެހޭނެއެވެ. ނިމާލު ހޯދާ އަދަބުވެސް ދޭން އަހަރެން އަޒުމު ކަނޑައެޅީމެވެ. އެކަނިވެރި އަހަށްނަށް އުފަލެއް ލިބޭތޯއެވެ . އެހެނަސް މީ އިންސާފު ނުލިބޭ ޒަމާނެވެ.
“ނިމުނީ”

Comments (16)

  1. އަލީ

    ވަރަށް ރީތި

    1. Isnaa
      އަލީ

      Thank you 🥰

  2. Your fav bab

    Ehaa ehaa eh noon…..ekm it’s nice!!!

    1. Isnaa
      Your fav bab

      Thank you 🥰

  3. Ghost girl 👻

    Salhi I love this story 😍

    1. Isnaa
      Ghost girl 👻

      Thank you 😊

    2. Isnaa
      Ghost girl 👻

      🥰

  4. liam mudamalle

    googoogaga

    1. Isnaa
      liam mudamalle

      Thank you 😊

  5. gurrrrl

    dhw keehkuraani haalathu mivanii badhal vefa ekahala meehun mhr ginaee
    n btw vhk vrh nice keep it up
    uhmeedhukuan ehn vhk eh kiyaalan libeyne kamah
    great work good luck

    1. gurrrrl
      gurrrrl

      sorry for double comment

    2. Isnaa
      gurrrrl

      Thank you 🥰 vaahaka eh kiyaalan libeyne vrh avahah

  6. gurrrrl

    mashallah
    dhw keehkuraani haalathu mivanii badhal vefa ekahala meehun mhr ginaee
    n btw vhk vrh nice keep it up
    uhmeedhukuan ehn vhk eh kiyaalan libeyne kamah
    great work good luck

    1. Isnaa
      gurrrrl

      Thank you 🥰 vaahaka eh kiyaalan libeyne vrh avahah

  7. Hudhs 😝

    Wow I love it, so proud of you ❤️👏

  8. Isnaa

    Thank you 🥰

Comments are closed.