Skip to content
އެސްފިޔަ

ދަރިއެއްގެ ކަރުނަ 2

ދުވަސްތައް ފާއިތުވަމުންގޮސް ހަޔާތުގެ ސަފުހާތައް ބަދަލުވަމުން ދިޔައީ ހަނދުގެ އަލިކަމާ ކަޅުފޮއި ރޭތައްވެސް ލިޔެވެމުންނެވެ. އަހަރެން ނިދިން ހޭލައްވާލީ ދައްތަ ގޮވާލި އަޑަށެވެ. މަންމަ އެބަ އަންނަކަމަށާއި އެއްޗެހި ދަބަަހަށް  އެޅުމަށް ބުނަމުން ދުޔައެވެ. އަހަރެންވެސް އަވަސްވެގަތީމެވެ. ގޭތެރެއިން މަންމަ އަހަރެމެން ބަލާ އަންނަނީ ކަމަށް ބުނެ އަޑުތައް އިވެމުން ދިޔައެވެ. ގޭ މީހުން އެކަމާ ހިތްހަމަނުޖެހިގެން ވާހަކަ ދައްކާ އަޑުވެސް އިވެއެވެ. ނަމަވެސް އެކަމާ އަހަރެމެން އަޅައެއް ނުލަމެވެ. އަހަރެމެން ދެބައިން ކެއްތެރިކަމެއް ނެތި އިންތިޒާާރު ކުރަމުން ދިޔައީ މަންމައަށެވެ. އަންނާނެ ވަގުތަކަށެވެ.

ބައެއްފަހަރު ގަޑި ބަލާލެއެވެ. އަނެއް ފަހަރު ދޮރާއްޓާ ދިމާލައްވެސް ބަލާލެވެއެވެ. އިރުކޮޅެއް ފަހެވެ. މީހަކު ސަލާމް ގޮވާލި އަޑު އިވުނެވެ. އަހަންނަށް އެއީ މަންމަކަން އެގުނެވެ.އެއްވެސް ފިކުރެއް ޙިޔާލެއް ނެތި ދުވެފައި ނުކުތީމެވެ. އާއެކެވެ. އެއީ މަންމައެވެ. އަހަރެން މަންމަގެ ގައިގައި ބައްދާލީ ދެން ދުވަހަކުވެސް ދޫ ނުކުރާނަމޭ ބުނާ ފަދައިންނެވެ. ދައްތަވެސް ފަހަތުން އައިސް ބައްދާލިއެވެ. ފަހަތަށް ބަލާލުމެއްވެސް ނެތި މަންމަގެ އަތުގައި ހިފައިގެން ނުކުމެެގެން ދިޔައީވެ. އުފަލުން ހިތް ފުރިގެންވާ ހާލުގައެވެ. އަހަރެމެން ދިޔައީ މަންމައާއެކީ މަންމަގެ ރަށަށެވެ. މަންމަގާތުގައި އުޅެން ލިބުމުން އަހަރެން ވަރަށް އުފާވިއެވެ.

މަންމަގެ ގާތުގައި އުޅުނަސް އެހެން ހުރިހާ ކަމަކުން މަހުރޫމް ވިއެވެ. އުޅެންޖެހޭ މާހައުލަކީ އެހާތަނަވަސް މާހައުލެއް ނޫނެވެ. ރަނގަޅު ތަރުބިއްޔަތެއް ދީގެން ބަލާނެ ބަޔަކުވެސް ނުވެއެވެ. ސުކޫލަށް ދާ ދުވަހަށްވުރެ ނުދާ ދުވަސް ދިޔައީ ގިނަވަމުންނެވެ. ފެންވަރުވާ ބޮލުގެ ފުނާ އަޅުވާ ރީތިކޮށްލާނެ ބަޔަކުވެސް ނުވިއެވެ. ގޭތެރޭގައި ފެންނަމުން ދިޔައީ ކުޑަކުދިންނަށް ފެންނަންޖެހޭ މަންޒަރުތަކެއްވެސް ނޫނެވެ. މަންމަގެޔަށް އާ ބައްޕައްކުވެސް ލިބުނެވެ. އެ ބައްޕަގެ ފަރާތުންވެސް ލިބެމުންދިޔައީ އަނިޔާއެވެ. މި ހުރިހާ ކަމެއްވެސް ދިޔައީ އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކުވެސް ތަކުރާރު ވަމުންނެވެ. އެހެންކަމުން މި ކަންތައްތަކަށް ހޭނި މި ކަންތައްތަކަކީ ރަށުގެ އެންމެނަށްވެސް އެގޭ ކަންތައްތައްކަމުން ބަޔަކު ޖެންޑާއަށާއި ޕޮލިހައް މައްސަލަ ޖެއްސިއެވެ. އިސާހިތަކު މާ ގިނަ އިރުތަކެއް ނުވެ އެމީހުން އަހަރެމެން ގެޔަށް އައެވެ. އަދި ގޭތެރެ ބަލާ މި ގެޔަކީ ކުޑަކުދިން އުޅެން އެކަށީގެންވާ ގެއެއް ނޫންކަމަށް ބުނެ އަހަރެމެން ތިން ބެއިން ބައްޕައާއި ހަވާލުކުރިއެވެ.

މަންމައާއި އަނެއްކާވެސް ދުރުކޮށްލީއެވެ. އެ ދުވަހުވެސް އަހަރެން ވަރަށް ރުއިމެވެ. ގިސްލަމުން ރޮމުން ބައްޕައާއި އެކު އަނެއްކާވެސް ބައްޕަގެ ރަށައް އައީމެވެ. އަހަރެން ތިން ބެއިން އަނެއްކާވެސް މަންމައާއި ވަކިވީމެވެ………………………..

 

-ނުނިމޭ-

Comments (4)

  1. Ghost girl 👻

    Vrh interesting.. furathama mi story kiyaalaahiy vee ves story ah dheefa in name reethi v ma I hope vrh reethi vaane kamah curiously waiting for the next keep it up

  2. Your fav bab

    Very nice!!!!!
    Alhey!!!! E three siblings dhw!!!!
    When next???

    1. Ghost girl 👻
      Your fav bab

      Yeah e 3 siblings..

  3. _DQ_boss_DQ_

    It was amazing!!! I love it a lot ❤️ it like my life it was amazing keep it up I’m waiting for them next story!!!!

Comments are closed.