Skip to content
އެސްފިޔަ

ދަރިއެއްގެ ކަރުނަ

އަހަރެން އިނީ ގޯތިތެރޭގައި ހުރި ޖޯލިފައްޗެއްގައި އިށީދެލައިގެންނެވެ. އަހަރެމެންގެ ގެއަކީ ޓިއުޝަންދޭ ގެއެއްކަމުން ވަރަށް ގިނަ ކުޑަކުދިން އާދެއެވެ. އެ ވަގުތަކީވެސް ކުދިން ގެއަށް ނުކުމެ ވަދެ ހެދި ވަގުތެކެވެ. ކުދިންގެ ބެލެނިވެރިން އެކުދިންނާއެކު ވަދެ  ނުކުމެ ހެދިއެވެ. އެވަގުތު ފެނިގެން ދިޔައީ އުފާވެރި ނަމަވެސް ހިތް ފަޅައިގެން ދިޔަ މަންޒަރެކެވެ. ލޯބި ލޯބިން ދަރިފުޅާ އެކީ އުޅެލިު މަންޒަރެވެ. އާއެކެވެ. އަހަންނަކީ އުމުރުން ހަގަސް ދިރިއުޅުމުގައި ގިނަ ހިތާމައަކާ ކުރިމަތިލާން ޖެހުނު ކުއްޖެކެވެ. އަހަންނަށް އުމުރުން އަދި އެންމެ ނުވަ އަހަރެވެ. އަހަރެން އުޅެމުން މިދަނީ ހިތްހަމަޖެހޭ މާހައުލެއްގައެވެ. ރީތި ހެދުން ލައިގެން މީރުކޮށް ކައިގެންނެވެ. ބޭނުންހާ އެއްޗެއް ލިބިގެންނެވެ. ނަމަވެސް މަންމައާއި ބައްޕަ ގާތަކު ނެތެވެ. އެމީހުން އަހަރެން ބޭނުންނުވާ ކަހަލައެވެ.

އެއީ މީގެ 6  އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރުން އެންމެ ތިން އަހަރެވެ. އަހަރެންގެ އެއްބަޑު އެއްބަފާ ތިން ބެއިން ތިބެވެ. ދިރިއުޅެމުންއައީ މަންމައާއި ބައްޕަ އާއި އެކީ ވަރަށް އުފަލުންނެވެ. ދުވަސްތައް ވޭތު ވަމުން ދިޔައެވެ. އެއްދުވަހެއްގެ މެންދުރު ވަގުތެވެ. އަހަރެންވެސް ގޭތެރޭގައި ކުދިންނާއެކީ ކުޅުމުގައި އުޅުނީމެވެ. ކުއްލިއަކަށް މަންމަ ގޮވާ އަޑު އިވުނެވެ. އަހަރެން ދުވެފައި ދިޔައީ މަންމަގެ ގޮވުމަށް އިޖާބަ ދެމުންނެވެ. މަންމަ އެދުނީ ދައްތަ ގޮވައިގެނ ޖެހިގެން ހުރި ބޭބެމެންގެ ގެއަށް ދިއުމަށެވެ. އަހަރެންގެ ހިތުގައި ސުވާލުތަކެއް އުފެދުުނު ނަމަވެސް މަންމަގެ އެދުމަށް ދައްތަ ގޮވައިގެން އަހަރެން ބޭބެމެންގެ ގެއަށް ދިޔައީމެވެ.

އޭގެ އިރުކޮޅެއް ފަހެވެ. ކުޅުމުގެ ތެރޭގައި ދުވެފައި ގޮސް އަހަންނަށް ނުކުމެވުނީ މަގުމައްޗަށެވެ. ފެނުނު މަންޒަރަކުން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ފައި ދަށުން ބިންގަނޑު ދަމައިގަންނަހެން ހީވިއެވެ. މަންމަ ކޮޑުގައި ދަބަހެއް އަޅައިގެން ކޮއްކޮ ގޮވައިގެން ފުރަންދަނީއެވެ.އަހަރެން ދުވެފައި ގޮސް މަންމަގެ އަތުގައި ހިފީމެވެ. ފަހަތުން ދައްތަ އައިސް އަނެއް އަތުގައި ހިފިއެވެ. ރޮމުންނެވެ. މަންމަ ދަނީހޭ އަހަމުންނެވެ. އެވަގުތު މަންމަ އަހަރުމެން ދެމައިން ކޮއްޕާ ދުރައްލިއެވެ. އަދި ތިއީ ބައްޕަގެ ކުދިންނޭ ބުނަމުން ކުރިޔަށް ދިޔައެވެ. އެއްވެސް އަސަރެއް ކުލުނެއް ނެތިއެވެ. އަހަރެމެން ދެބައިން ރޮމުން ގިސްލަމުން މަންމަ ފަހަތުން އާދޭސް ކުރަމުން ދުވީމެވެ. ނަމަވެސް މަންމަ ދިޔައީއެވެ. މިއީ ވެސް ތިމަންނަގެ ދަރިންނޭވެސް ހިތަކަށް ނާރައެވެ.އެވަގުތު ބައްޕަ އައިސް އަހަރެމެން ދެބައިން ގެންދިޔައެވެ. އެއަށްފަހު އަހަރެމެން ދެބައިން ބަލަމުން އައީ އަހަރެންގެ ދައްތައެކެވެ.މަންމަގެ ހަނދާނުގަ ދުވަސްތައް ގުނަމުން ދިޔައީމެވެ. މަންމަ ދެކިލާހިތުން ބައެއްފަހަރު މަގުމައްޗަށް ވެސް ނުކުންނަމެވެ.މަންމަގެ ލޯބި ނުހަނު ބޭނުންވާ ޙާލު ، ދިރިއުޅެމުން ދިޔައީމެވެ………………………

-ނުނިމޭ-

Comments (9)

  1. Tuleep

    I love it waiting for next episode

  2. UNKNOWN_07

    VARAH REETHI VAAHAKA EH…….
    PLEASEEE UPLOAD THE NEXT PART, I REALLY WANT TO READ IT 🙂

  3. Anonymous

    Salhi. Kobaa dhevana part

  4. Your fav bab

    Why sad stories gennane!!!!
    Emotional veyey!!!

  5. Your fav bab

    Ekm varah reethi and it’s very interesting
    I actually thought you and unknown_7 is literally the same
    R U guys family or what?

  6. Rose_quinn23

    This story captures such a painful and complex situation. It really made me think about the emotional impact on the children. Great job tackling a heavy topic with care.
    Can’t wait to see where it goes

  7. 🌹

    Vvv reethi

  8. Never give up

    Next part plxx

  9. Ghost girl 👻

    Aslu vrh vrh salhi I love this hama Emme bodah…aslu meega miothy the youngest child ge dhiriulhun it’s really hurt touching.. they’re many kids who suffer this pain even I’m one of tho … I love this story so badly wanna read it nimendhen ves

Comments are closed.