ޔުމްނާ
ކޮޓަރިން އިވެމުންދާ މަޑު ގިސްލުމުގެ އަޑު އަހާނެ މީހަކު ނެތެވެ. އެ ވޭނާއި ކެކުޅުން ތަޙައްމަލު ކުރަމުންދާ ޔުމްނާ އަކީ ފަނަރަ އަހަރުގެ އަންހެން ކުއްޖެކެވެ. ފިރިހެން ކޮއްކޮ ޔާނިޝް ލިބުމާއި އެކު ޔުމްނާގެ މަންމަ އާއި ބައްޕަ އޭނާ ބާކީ ކޮށްލައި ހުރިހާ ލޯތްބެއް ދެނީ ޔާނިޝް އަށެވެ. ޔުމްނާ ކުރަން ބޭނުންވާ ގިނަ ކަންކަމުން މަޙުރޫމް ވެފައިވާ ޙާލު އޭނާގެ ދިރިއުޅުން ވަނީ ތަފާތުކުރުމުން ފުރިފައެވެ. އެންމެ ކުރިއްސުރެ ވެސް އޭނާގެ އުންމީދަކީ ފުލުހަކަށް ވުމެވެ. އޭނާގެ މިޒާޖު ވަނީ ފިރިހެން ބަޔަށް ގޮސް ހުސްވެފައެވެ.
ޔުމްނާގެ ސުކޫލުގެ ޙާލަތަކީ ވެސް މިއީއެވެ. އަނެއް ދުވަހު ޔުމްނާ ސުކޫލަށް އައިސް ވަނުމާއި އެކު އޭނާގެ ލޮލުގައި އަޅައިގަތީ ފުޓުބޯޅަ މުބާރާތަށް ކުދިންނަގަން އިޢުލާން ކޮށްފައިވާ ކަރުދާހެވެ. އަވަސް ފިޔަވަޅު ތަކަކާއި އެކު އެ ބޯޑު ކައިރިއަށް ޔުމްނާ ދިޔައެވެ. އެވަގުތު އެ ތަނަށް އައީ ޔުމްނާ ކުލާހުގެ ފިރިހެން ކުދިން ތަކެކެވެ. “އޭ ޔޯގަޓު ތައްޓާ! މިތާ ކީއްތަ ތިކުރަނީ. ދުރަށް ޖެހޭ. މައެގެ ނަން ނޯޓު ކުރަން ވެއްޖެ. ގޭގަ ކައްކަން ޖެހޭ މީހަކު ކޮންމެހެން މިތަނަށް ބޯ ގަޅާނެކަމެއްނެތް.” ރާއިފް ޔުމްނާގެ ގައިގައި އަޅުވާ ކޮށްޕާލިއެވެ. ޔުމްނާގެ ބެލެންސް ކަޓައިގެން ގޮސް ފަހަތަށް ވެއްޓުނެވެ. އެ ފިރިހެން ކުދިން ޔުމްނާއަށް އިތުރަށް މަލާމާތް ކުރާން ފެށުމުން އޭނާގެ މުށިކުލައިގެ ބޮޑު ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ތުންފަތުގައި ދަތްއަޅާލައިގެން ހުރި ވަރުން އެ ތުންފަތް ކަނޑައިގެން ނުގޮސް ހުރީ ކިރިޔާއެވެ. އެހެނަސް އެ މަންޒަރު ބަލާލާ ޙަމްދަރުދީވާނެ އެހެން މީހަކު ނެތް ކަހަލައެވެ.
ހިތްވަރުކުރަމުން ޔުމްނާ ތެދުވެ ބާރުބާރަށް ކުލާހާއި ދިމާލަށް ހިނގައިގަތެވެ. ކުލާހަށް ވަދެ އޭނާ ގޮސް އިށީނީ އެންމެ ފަހަތު ބަރީގެ ގޮނޑިއެއްގައެވެ. ޑެސްކުގައި ބޯއަޅާލައިގެން އޮށްވާ އޭނާގެ ގާތަށް އައީ ރައުލް އެވެ. “ޔުމް ދެން ނުރޮއި ބަލަ. އެހެން ކުދިންގެ ވިހަގަދަ ބަސްތަކާއި މެދު ނުވިސްނަބަލަ.” ރައުލް ޔުމްނާގެ އަތުގައި ހިފާލަމުން އޭނާއަށް ހިތްވަރު ދިނެވެ. މި ދުނިޔެމަތީގައި ވެސް މިއަދު އޭނާއަށް ރުހުމުގެ ލޮލަކުން ބަލާލަނީ ހަމައެކަނި ރައުލް އެވެ.
މަދަރުސީ ޙަޔާތް ނިންމާލުމަށް ފަހު ޔުމްނާ މަސައްކަތް ކުރީ އޭނާގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށެވެ. އޭނާ ފުލުހަކަށް ވުމަށް ޓްރައިނިން ހަދަން ބޭނުންވާ ވާހަކަ އޭނާގެ މައިންބަފައިންގެ ގާތުގައި ބުންޏެވެ. އެހެން ފަހަރު ތަކެކޭ ވެސް އެއްފަދައިން މިފަހަރުވެސް އެމީހުން ދެކޮޅުހެދީއެވެ. އެހެނެއްކަމަކު އޭނާ އުންމީދު ކަނޑައެއް ނުލައެވެ. އެމީހުންގެ ނުރުހުމުގައި ވިޔަސް ޓްރައިނިން ހެދުމަށް އޭނާ ޢަޒުމް ކަނޑައެޅިއެވެ.
ޖެހިގެން އައި އަހަރު އޮތް ޓްރައިނިން ޕްރޮގުރާމުގައި ޔުމްނާ ބައިވެރިވިއެވެ. ކަންދިމާކުރި ގޮތުން އެ އަހަރު ޓްރައިނިން ހަދަން ސައިންއަޕްވި ހަމައެކަނި އަންހެން ކުއްޖަކީ ވެސް އެއީއެވެ. އެ ތަނުން ވެސް އޭނާއަށް މަލާމާތާއި ޖެއްސުމާއި ކުރިމަތިލާން ޖެހުނެވެ. އެހެނަސް އޭނާ މިފަހަރު ހުރީ ނުގުޑާފަދަ ޢަޒުމެއްގައެވެ. އެހެން މީހުންނަށް ވުރެ ވަރުގަދައަށް އޭނާ އެ ޓްރައިނިންގެ ބައިތައް ފުރިހަމަ ކުރަމުން ދިޔައެވެ. ޓްރައިނަރުން ވެސް ޢާޝޯޚުވާ ފަދަ ކުޅަދާނަކަން އޭނާގެ ކިބައިން ފެނުނެވެ.
ޔުމްނާ އޭނާގެ ޓްރައިނިން ފުރިހަމަ ކުރުމަށް ފަހު ވަޒީފާއަށް ނުކުތެވެ. އޭނާ މިހާރު އުޅެނީ މައިންބަފައިންނާއި ވަކިންނެވެ. މަސައްކަތް ކުރަނީ ރަށުގެ ޕޮލިސް ސްޓޭޝަނުގައެވެ. އެތަނުގައި ވަޒީފާ އަދާކުރާ ހަމައެކަނި އަންހެން ކުއްޖަކީ ވެސް ޔުމްނާއެވެ. ދެން ހުސް ފިރިހެނުންނެވެ. އެ މީހުން އޭގެ ނާޖައިޒު ފައިދާ ނަގާ ޔުމްނާއާއި ބެހި ބާކީ ކުރުން ޢާންމު ކަމަކަށް ހެދިއެވެ. އެގޮތުން ކުށްވެރިން އަތުލައިގަތުމުގެ މަސައްކަތުގައި ވެސް އޭނާ ބައިވެރިއެއް ނުކުރެއެވެ. މި ކަންކަމާއި މެދު އޭނާ ހިތާމަ ނުކުރާ ދުވަހެއް ނުދެއެވެ. ދިރިއުޅުން މަތިން ފޫހިވެ، ކެއުމާއި ނިދުމާއި ދުރުވިއެވެ. އޭނާއަށް އަބަދުވެސް ހިތްވަރުދީ އެކުގައި އުޅޭ ރައުލް އިންތިހާއަށް ކަންބޮޑުވިއެވެ. ރައުލް ޔުމްނާއަށް ނަޞޭޙަތްތެރިވި ނަމަވެސް އޭނާ ހުރީ ޤަބޫލުކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އޭނާގެ މިލައިފައިވާ މޫނުގެ ރީތިކަން ވަނީ ގެއްލިފައެވެ. ގިނަ ވަގުތު ޔުމްނާ ހޭދަކުރަނީ ވިސްނުމުގައެވެ.
ދުވަސް ކޮޅެއް ފަހެވެ. ޔުމްނާގެ ރަށުގެ ފުލުސް އޮފީހަށް އިތުރު އަންހެން ކުއްޖަކު ކަމަށްވާ ލާނާ ގުޅުނެވެ. ރައުލްގެ ދުރު ވިސްނުމާއި އެކު ލާނާ އާއި ގާތް އެކުވެރިކަމެއް ބޭއްވިއެވެ. ރައުލް ޔުމްނާގެ ޙާލަތު އޭނާއަށް ކިޔައިދިނެވެ. ލާނާ އެއްބަސްވީ ޔުމްނާއަށް ހިތްވަރުދޭށެވެ. އެހީވާށެވެ. އެ ޖެހިގެން އައި ދުވަހު ޑިޔުޓީއިން ޔުމްނާ އާއި ދިމާވުމުން ލާނާ އެ ވާހަކަ ދެއްކިއެވެ. ލާނާގެ ސަބަބުން ޔުމްނާއަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ. އެހެން ފުލުހުންގެ ވާހަކަތަކަށް ނުބަލައި މައްސަލަތަކާއި ކުށްވެރިން ހޯދުމުގައި ލާނާއާއި އެކު ފުރިހަމައަށް ބައިވެރިވިއެވެ.
ލާނާ އާއި ރައުލްގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކު ޔުމްނާގެ މޮޅިވެރިކަން އުފަލާއި ހިތްހަމަ ޖެހުމަށް ބަދަލަކޮށްލެވުނެވެ. އަންހެން ކުއްޖެއް ކަމުން މަޙުރޫމް ކުރަމުން ދިޔަ ކަންކަމުގައި އޭނާ ބައިވެރިވާން ފެށިއެވެ. ވަޒީފާގެ ދާއިރާއިން ތަފާތު ކުރިއެރުންތައް ހޯދާ، މުޖުތަމަޢުގައި އޭނާގެ ނަން ފާހަގަވާން ފަށައިފިއެވެ. މިއަދު ޔުމްނާ އަކީ މިންތީގެ ތަފާތުކުރުން އެ މުޖުތަމަޢުން ނައްތާލަން މަސައްކަތް ކުރާ ފަރާތެކެވެ. އެ ރަށުގެ ފުލުސް އިންސްޕެކްޓަރެވެ. ގިނަ ގޮންޖެހުންތަކެއް ކަޑައްތު ކުރުމަށް ފަހު އޭނާގެ ހުވަފެން ޙަޤީޤަތަކަށް ހެދި ކުޅަދާނަ ޝަޚުސިއްޔަތެކެވެ.
– ނިމުނީ –
12 Comments!
Comments are closed.







Vrh vrh reethi
Masha allah
Keep it up
Hoping for a new story soon
Shukran ❤️
I want a long story from u btw this story is nice
Hithaama aa eku buneveynii ehaa avahakah nereyeveykah nethey 😢😢
Shukran Jennie
Luv ur stories White rose
Shukran ^-^
Oh ma God
Heyyyyy white rose
The story was brilliant
I’m so happy to read a story from you
Ur the best 👌 👍
Hope I can read more stories from ya
Lyssssm ❤️❤️❤️❤️
I was actually very busy so I couldn’t comment earlier 😅
Haiii
Shukran Your fav babe.
Np, appreciate your support 😊😊
Vrh reethi mi vhk waiting for your new story 😊 keep it up
Shukran Ghost girl
helloo dearr
adhi dear ge kuru vaahaka thah ekani mi kiyaalevunii..ekam vaguthu vee varakun dhigu vaahaka ves kiyaalaafa comment eh kohlaanan inge
Masha Allah hama varah talented ey buneveynii..varah varah reethi mi vaahaka ves adhi dhen in kuru vaahaka ves.. thi gothuga hivvaraa ekee masakkaiy kohfiyyaa adhi miyah vure ves kuriyah dheveyne
keep doing love <3
lysm <333
Shukran Naayu 💕💕💕
This comment means a lot to me.
Lyt darl <33