Skip to content
އެސްފިޔަ

އިންސާނެކީމޭ……………………

އަހަރެންނާއި ވިޔާމުގެ މެދުގައި އެ ވާހަކަ ދެކެވުންތާ ހަފުތާއެއްހާ ދުވަސް ފަހެވެ. އަހަރެން ލެމަން ގުރާސް ރެސްޓޯރެންޓަށް ދިޔައީ ވިޔާމުގެ އެދުމުގެ މަތިންނެވެ. ލެމެން ގްރާސް އަށް ވަދެވުމާއި އެކު މީހުންގެ ކަޅިތައް އަހަރެންނަށް އަމާޒުވާ ކަމުގެ އިހްސާސުކުރެވުނެވެ. ނަމަވެސް އަހަރެންގެ ލޯ ހޯދަމުންދިޔައީ އަހަރެންގެ ހިތުގެ ރާޖާއެވެ. ވިޔާމެވެ. މާދުރުނޫން ހިސާބެއްގައި ހުރި ވިޔާމް އަތުންހަނަ އަޅާލުމުން އެދިމާ އަށް ދިޔުމަށްޓަކައި ނެގި ފިޔަވަޅު މަޑު ޖައްސާލަން މަޖުބޫރުވީ ވިޔާމުގެގައިގައި ތަތްވެގެން ކަހަލަ ގޮތަކަން އިން އަންހެން ކުއްޖާ ފެނުމުންނެވެ.

*************************************************************************

އެ މަންޒަރުން އަހަރެންގެ ހިތް ކުދި ކުދި ވިޔެވެ.  އެނބުރި ދުއްވާ ގަންނަން ބޭނުން ވިއެވެ. ނަމަވެސް އަހަރެން ރެސްޓޯރެންޓަށް ދިޔައީ ވިޔާމް ބުނެގެން ކަމުން އެހެން ހަދާކަށް ނުކެރުނެވެ. މަޑު ހިނގުމެއްގައި ގޮސް ވިޔާމުގެ ކުރި މަތީ ހުރި ގޮނޑީގައި އިށީނީމެވެ. ވިޔާމް އަހަރެންނަށް އެއަންހެން ކުއްޖާ ތައާރަފް ކޮށްދިނެވެ. ނަމަވެސް ވިޔާމަށް ނޭނގުނު ކަމަކީ ވިޔާމުގެ އަނގައިން ނިކުން ކޮންމެ ލަފުޒެއް އަހަރެންގެ ހިތް ކުދި ކުދި ކުރަމުން ދިޔަކަމެވެ. އަހަރެން ވިޔާމްދެކެވީ ލޯބީގެ ބަދަލުގައި ވަޔާމް އަހަރެންނަށް އެދެނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟

ވިޔާމުގެ އަތުތެރޭ އެއިނީ ވިޔާމުގެ ހަލާލު އަނބިމީހާ  ނޫރާ ކަމުގައި ވަޔާމް ބުނިވަގުތު އަހަރެންގެ ހިތް ފިސްފިސްވިއެވެ. އަހަރެން ދާން ޖެހިއްޖެ ކަމުގައި ބުނެ އަހަރެން އެތަނުން ދާން ހިނގައި ގަތީ އިތުރަށް ކެތްކުރަން ދަތިވެގެންނެވެ.

ގެޔަށް އައިސް ވަނުމާ އެކު އެތަށް އިރެއް ވަންދެން ވަން ދެން ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބަން ފެށި އަހަރެންގެ އިޙްތިޔާރަކާ ނުލައެވެ. ހަމައަކަށް އެޅެން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ.

އަހަރެންނަށް ލޯ ހުޅުވާ ލެވުނީ އަހަރެންގެ މޫނުގައި މީހަކު ޖަހާ ކަމުގެ އިޙްސާސްވެގެންނެވެ. ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލުމުން އޮވެވުނީ އަހަރެންގެ ކޮޓަރީގައި ކަން އިނގުނެވެ. ކައިރީގައި އިދެގެން އަހަރެންގެ މަންމަ އަހަރެންނަށް ގޮވަމުންދިޔައެވެ. އަހަރެންގެ ކައިރީގައި ވީ ގޮތް އެހުމުން އަނެއްކާ ވެސް އަހަރެންނަށް ރޮއި ގަނެވުނެވެ. މަންމަ ކައިރީގައި ވަޔާމުގެ ވާހަކަ ބުނާކަށް އަހަރެންނަކަށްނުކެރުނެވެ. މާ ބުރަކޮއް އުޅޭތީ ވާކަމެއް ކަމުގައި ބުނެ ހަމަޖައްސާލީ އިތުރަށް އެވާހަކަ ދައްކަން އަހަރެން ބޭނުން ނުވާތީއެވެ.

ޖެހިގެން އައި ދުވަހު  އަހަރެން އޮފީހަށް ދިޔައީ އެހެން ދުވަސް ދުވަހާ ޙިލާފަށް އެކަންޔެވެ. ވިޔާމު އޮފީހަށް އައިރު އަހަރެން އޮފީހުގައި އިންތަން ތަން ފެނި އަހަނާ ދިމާލަށް އަންނަތަން އަހަރެންނަށް ފެނުނެވެ. ނަމަވެސް އެވަގުތު ނަސީބު ހިފީ އަހަރެންގެ އަތުގައެވެ. އަހަރެމެން އޮފީހުގެ ބޮޑު މީހާ އޭނާގެ ކެބިން އައުމަށް ބުނި ކަމީ އަހަރެންގެ ނަސީބެވެ. އެހެން ނޫން ނަމަ ވިޔާމުގެ ސުވާލު ތަކާ އަހަރެންނަށް ކުރި މަތިލާން ޖެހުނީހެވެ.

އެދުވަސް ވެގެން ދިޔައީ އަހަރެންނަށް ވަރަށް ވެސް އުފާވެރި ދުވަހަކަށެވެ. އަހަރެން އެންމެ ކަޔަވަން ބޭނުންވާ ދާއިރާއިން ކިޔެވުމުނުގެ ފުރުސަތު އަހަރެންނައް ލިބުނުކަމުގެ އުފާވެރި ޙަބަރު އަހަންނަށް ލިބުން ދުވަހެވެ. ހަމަ އެ ހަފްތާތެރޭ ފުރަން ޖެހޭތީ އަހަރެން އޮފީހަކަށް ނުދަމެވެ.

އަހަރެންނާ ވިޔާމު ދިމާނުވާތާ 2 ވަނަ އަށް ވީ ދުވަހު އަހަރެން ލަންކާ އަށް ފުރީ އަހަރެންގެ ހިތުގައި ވިޔަނުގެ މައްޗަށް އޮތް ލޯބި ކަފުން ކޮށް އަހރެންގެ އުންމީދުތަކާއި ހުފެންތައް ހާސިލު ކުރުމުގެ އުންމީދުގައެވެ. ވިޔާމުގެ މީހަކަށް އަހަރެން ނުވިނަމަވެސް އަހަރެން ވިޔާނު ދެކެވީ ހަޤީޤީ ލޮއިބެވެ. އެ ލޯބީގެ ބާރުގައި އަހަރެން ދިރި ހުންނާނަމެވެ. އަހަރެންނަކީވެސް އިންސާނެކީމެވެ……

(ނިމުނީ)

މި ބައި ލަސްވި ކަމަށް ތަކައި އިންސާނެކީމޭ ގެ ހުރިހާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ..