Skip to content
އެސްފިޔަ

ޔާރުވީ ބޭވަފާ……….

އެއީ އަހަރެން ދުވަހަކުވެސް ހަދާން ކުރަން ބޭނުންވާ ދުވަހެއް ނޫނެވެ. ސަބަބެއް ނެތި އެއް ނޫނެވެ. އެއީ އަހަރެންގެ ހިތި މާޒީގެ ސަފުހާއެކެވެ. ހަދާންނަށްތާލުމަށް އެތަށް މަސައްކަތެއް ކުރަން ޖެހުނު ހިތި ހަދާންތަކެކެވެ. އެއީ މީގެ 2 އަހަރު ކުރިއެވެ.

އަހަރެން މިޒަލާން ކައިވެނި ކުރީ ވަރަށް ފޮނި އުންމީދުތަކާއެކުއެވެ. މިޒްލާނަކީ އަހަރެންގެ މުޅި ދުނިޔެއެވެ.ހިތުގެ ވިންދެވެ. ދިރިހުރުނުގެ އުންމީދެވެ. ނަމަވެސް އަހަރެންގެ މުޅި ދުނިޔެ ފަނާ ކޮއްލި ހަމަ މިޒްލާނެވެ. ކުރި  ހުރިހާ އުންމީދެއް ފެނަށް ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

ކައިވެންޏަށް އަހަރުވުމާއި ގާތް ވެފައިވަނިކޮށް މިޒްލާނަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ކުރިން އަހަރެން ފެންނަ ހިސާބުގައި ނެތީޔާ އުނދަގޫވާ މީހާ އަށް އަހަރެން މީ ހުރި މީހެއްކަން ވެސް ނޭނގެއެވެ.މުޅި ދުވަހު އުޅެނީ ބޭރުގައެވެ. ގެޔަށް ވަންނަ ފަހަރަކީ ނިދަން ނޫނީ ފެންވަރަން ވަންނަ ފަހަރެކެވެ. އަހަރެންނަކީ ބޭކާރު މީހެއް ކަމުގެ އިޙުސާސް ވީ ނަމަވެސް އަހަރެން ޝަކުވާއެއް ނުކުރަމެވެ. މިޒްލާން ދެކެ ވެވުން ތެދުވެރި ލޮއިބެއްގެ ސަބަބުންނެވެ.އޮފީހުގެ މަސައްކަތްތަށް މާ ބުރަވީމާ މިޒްލާނަށް އައި ބަދަލެއް ކަމުގައި އަހަރެންގެ ބަލަކަށި ހިތަށް ވިސްނާ ދިނީމެވެ.

މިޒްލާނަކީ އަހަރެންގެ ހަލާލު ފިރިމީހާ ކަމުގައި ވިޔަސް މިޒުލާނުގެ ފަރާތުން އަހަރެންނަށްކަށް އެއް ވެސް އުފަލެއް ނުލިބެއެވެ. ނަމަވެސް އަހަރެން ކެތްކުރީމެވެ.

ހަމަ އެދުވަސްވަރާ ދިމާ ކޮށް އަހަރންގެ މަންމަ ނުހަނު ބޮޑަށް ބަލިވިއެވެ. މަންމަގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ނަމަ ވީ އެންމެ އަވަހަކަށް ލަންކާ އަށް ފުރުމަށް ޑަކުޓަރު ލަފާ ދިނެވެ. އަހަރެން މަންމަ ގޮވައިގެން ލަންކާ އަށް ފުރީ އަހަރެންގެ އެއްބަނޑު އެއްބަފާ  ކޮއްކޮ އަހަރެން ދިރިއުޅޭ އެޕާޓްމެންޓަށް ބަދަލު ކޮއްފައެވެ.އެއީ މިޒަލާނަށް ޗުއްޓީ ނުލިބި އަހަރެންނާ އެކު ދެވެން ނެތުމުން މިޒްލާނުގެ ކަންކަން ބެލެހެއްޓުމަށެވެ.ނަމަވެސް އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއް އަހަނަށް ކުޑަކޮށް ވި ނަމަވެސް އަހަރެން އެކަމެއް ނުކުރާނަމެވެ.

އަހަރެން މަންމަ ގޮވައިގެން ލަންކާއަށް ފުރީ ހަތަރު ދުވަސް ތެރޭ އަނބުރާ އައުމަށެވެ.ނަމަވެސް މަންމްގެ ބަލިހާލަތު ހުރި ގޮތުން ލަނކާގައި އެއް މަސް ދުވަހު މަޑު ކުރަންޖެހުނެވެ.

ކޮންމެ ދުވަހަކު ނުގުޅުނަސް އަހަރެން މިޒްލާނާ ގުޅަމެވެ.ވާހަކަ ދައްކަމެވެ. މިޒްލާނުވެސް އަހަރެންނަށް ގުޅައެވެ. މަންމަގެ ފަރުވާ ނިމުނު ހާ އަވަހަށް މާލެ ދާނެ ކަމަށް ބުނެ އެތަށް ވާހަކައެއް ދެއްކީމެވެ. އަހަރެން ހުރީ އަހަރެންނާއި މިޒުލާނުގެ ގުޅުން މާލެ ދެވުނުހާ އަވަހަކަށް ރަނގަޅު ކުރުމަށް އަޒުމު ކަނޑައަޅައިގެންނެވެ.

މަންމަގެ ކާމިޔާބު އޮޕަރޭޝަނާއި ފަރުވާއަށް ފަހު އަހަރެމެން މާލެދާން ފުރީ ސިއްރިއަޔާތުގައެވެ. މިޒްލާނާއި އަހަރެންގެ ކޮއްކޮ ޒާރާއަށް އަށް ވެސް އަހަރެމެން ދާ ކަމެއް ނޭނގޭނެއެވެ. އެއީ އަހަރެން ބޭނުންވި ގޮތެވެ. މިޒްލާނާއި ޒާރާ އަށް ވެސް ސަޕްރައިޒް އެއްދޭށެވެ.

ގެއަށް އައިސް އަހަރެން ފުރަތަމަ ދިޔައީ މަންމަގެ އެޕާރޓްމެންޓަށް މަންމަލާ ދޭށެވެ.އަހަރެންގެ އެޕާޓުމެންޓަށް ވަދަގެން އައިރުވެސް އަހަރެންގެ ހިތަށް އަރަމުންދިޔައީ އަހަރެން ފެނުމުން މިފްޒާލަށް ވާނެ ގޮތެވެ. އޭނާ ވާނެއުފަލެވެ.

ކޮއްޓަރީގެ ދޮރު ހުޅުވާލި އިރު ކޮޓަރި ތެރޭގައި ވަނީ އަނދިރިކަމެވެ. މިޒަލާނު އޮތީ ނިދާފައި ކަމުގައި ނިންމާ އަހަރެން ކޮޓަރީގެ ބޮކި ދިއްލާލީ އެއްޗެހި ބަދަލު ކޮށް ނިދާލުމުގެ ނިޔަތުގައެވެ. ނަމަވެސް ބޮކި ދިއްލާލު މާ އެކކު ފެނުން މަންޒަރުން އަހަރެންގެ ހިތް ކުދި ކުދި ކޮށްލިއެވެ. މިޒުލާނުގެ އަތުތެރޭގައި ބަރަހަނާ ހާލުގައި ނުހަނު އަރާމުކޮށް ނިދާފައި އެއޮތީ ދެވަނަ އެހެން މީހެއް ނޫނެވެ. އަހަރެންގެ ކޮއްކޮ ޒާރާއެވެ. ވީ ދެރައިން އަހަރެންނަށް ރޮއި ގަނެވުނެވެ. އަނެއް ފަރާތަށް އެނބުރި ދުއްވައި ގަނެވުނީ އިތުރަށް އެމްނަޒަތު ބެލުމަށް ނުކުޅެދުމުންނެވެ.

މާޒީގެ ސަފުހާއިން އަހަރެންނަށް ހޭވެރިކަންވީ ބަންގީގެ އަޑަށެވެ. ނަމާދު ކުރުމަށް އަހަރެން އަވަސްވެ ގަތީމެވެ. މިޒްލާނު ފަދަ ބޭވަފާތެރިއެއްގެ ކިބައިން ސަލާމަތް ކޮށް ދެއްވި ކަމަށް ޓަކައި މާތް ﷲ އަށް ޝުކުރުކުރަމުން އަހަރންގެ ހިތި މާޒީ މާޒީގެ ގޮތުގައި ދޫކޮށްލުމަށް ފަހު އަހަރެން އާ ހަޔާތެއް ފެށީ އާ އުންމީދަކާ އެކުއެވެ.

ނިމުނީ

Comments (2)

  1. gurrrrl

    mashallah vrh reethi mi vhk ves
    gud work n work hard eyrah kaamiyaabu vaane
    I love this storyyy

    1. Aniki
      gurrrrl

      Awwwnn……THANKYOU

Comments are closed.