ބުނެދޭން ނުކެރުނު
ހޯދަ ހޯދާވެސް މި ދެލޮލަށް މިއަދު އޭނާ ނުފެނުނޭ
ބޯދެމުން އެކި ދޮރުދޮރުން ހިގިޔަސް އަޑެއްވެސް ނީވުނޭ
ދޯދިތައް ބަބުޅާ ވިދާ އުޑުމަތި އެކީ އަލި ކޮށްލުމުން
ހޯދުމަށް ދާން ބޭނުމަސް ވައިރޯޅިއަށް ވެސް ނުދެވުނޭ
ހާ ވިލާތައް ކޮޅުކޮޅަށް ބައިބައިވެގެން ބެހެމުން އެދާ
ހިތްވިޔަސް ތި ދެލޯ ފެނޭތޯ ދާކަށެއް ހަމަ ނޫޅުނޭ
މާމަޑުން ދިޔަ ރީތި ބަޅިދެއް ފާޑަކަށް ރަކި ބުނެލަނީ،
މާމަލުގެ އެ އަބީރަކުން “އޭނާގެ ޚަބަރެއް ނުލިބުނޭ”
ހާދަގިނަ ވާހަކަތަކެއް އިއްވަން މިހިތް ބޭނުން ވިޔަސް،
މާދުރުން ހަމަ ފެނިލުމު މަންމަންވެ ދޫ ނުމެ ހުޅުވުނޭ
ރޭގެ ފުރިހަމަ ހަނދުވަރާއޭ ކީއްހެ މަ ކުރާނީ މިއަދު
ބޭގަރާރު މިހިތުގެ ހާލަތު ބުނެލަ ދޭކަށް ނުކެރުނޭ
3 Comments!
Comments are closed.


Realllllllyyyyyyyyy!!!!!!!!
I thought it would be story ekm……
Btw nice ingey!!!!
Then don’t cry
Cause princess don’t cry don’t cry
އަޝްމުގެ ޅެންތައް ވަރަށް ހިތްގައިމު! ތި ގޮތުގައި ކުރިޔަށް
!!ތި ދެއްވާ ތަރުހީބަށް ޝުކުރިއްޔާ