Skip to content
އެސްފިޔަ

ކުށްކުރީ މިހިތޭ …

ހިނދި މަގޭ ނޭވާ ނުހިގައޭ ޔާރު އަނގައިން ނުބުނުމުން
ބިނދި މަގޭ ވަރަ ހަމަބިމަށް ހިފެހެއްޓުމެއްނެތި ވެއްޓުމުން

ރޭރުވީ ހިތް ރަކިވެގެން އުއްބައްތިހެން ވިރި ހުސްވަނީ
އޭރު އެ ހިތަށް ޝައްކުވީމާ ސާފުކޮށް ނުލެވުނު ކަމުން

ރަތުގެ އިންޒާރެއް އައިސްގެން ސިކުނޑި ސުމަކަށް ވެއްޓުނީ
ހިތުގެ އެދުމުގެ ބައްތި ދިއްލަން ހޯދި ހުޅުކޮޅު ނިވިލުމުން

ކާފިއާ، ބަނޑުވައްއަކުރު، ލޯބީގެ ދަސްވިޔެ ހީވިޔަސް
ސާފުވި އިރު އަދި މަށަށް ދަސްވީ ބަނޑޭރި އެކަނި ކަމުން

ސަކަ މިހިތް ވިސްނާނުލާ ހުއްޓާ ސަމާސާ ވިހަ މިވީ
ޓަކިޖަހާ ނުލަނީސް ހިތުގެ ދޮރު ނޭގި ހުރެ ހުޅުވުނު ކަމުން

ކުށްކުރީ މިހިތޭ އެއަށް ދެއްވާށެ އަދަބެއް އަތްޕުޅުން
ކެތް ކުރަން ދައްޗެއް ނުވާނޭ ވޭންހިތަށް އަދު ބާކަމުން

 

Comments (2)

  1. Star

    Varah reethi. kaamiyaabee ah edhen!

  2. އޭނަ

    ފަހު ބައިތުގެ ފަހު ބައި ވަރަށް ރީތި ބުނުމެއް ކަމަށް ފެނޭ!

Comments are closed.