Skip to content
އެސްފިޔަ

ދިރުން ނެތް ހަޔާތް

ކުއްވެރިއަކީ އަހަންނޭ ، ކުށަކީ މަގޭ މިއީއޭ

ކުށަކަށް މިކަން ވިޔަސްދެން ، އާދޭސް އަބަދު ކުރާނަމޭ

ހެކިކޮށް އެރޭ ތަރިޔާ ހަނދާ ، ވައުދޭ ވެލީ ވަކިވުން ނެތޭ

ލިބުމުން ތިހިތް މިއަޅަށް ހުވާ ، އުމުރަށް އުފާ ކޮށްދޭނަމޭ

ބަދަލެއް މަށެއް ނުމެވާނަމޭ ، ވައުދެއް މިއީ ކޮށްލާ މަގޭ

ގަދަރެއް ވެޔޭ ހިތުގާ މަގޭ ، އަބަދަށް އެކީގާ ވާނަމޭ

މިގޮތަށް ދުލުން ބުނެފާ ކަލާ ، ވައުދާ ހުވާ ތިޔަލީ އުވާ

މަކަރޭ ތިބާ މިއަޅަށް ހެދީ ، މިހިތޭ އެރޭ ހަލާކުވީ

ތިޔަހެން ކަލާ މާޔޫސްވެފާ ، ވާތީވަމޭ އަދު ދެރަވެފާ

ދިރުމެއްނެތޭ މިހަޔާތުގާ ، ކަށިޖަންގަލީ ލޭކޮށިދަނީ

ގުޅިލައިފިއޭ ދެހިތެއް އެކީ ، ތިޔަ ލޯބިވާ ލިބުމެއް ނެތޭ

އިވުނޭ މިބަސް މީހަކު ދުލުން ، ލިބުނޭ ހިތަށް ސިހުމެއް މަގޭ

ހީވީ މަށަށް އެވަގުތު މަގޭ ، ދިޔަހެން މިބިންގަނޑު ފައިދަށުން

ލޯތްބެއް ކަލާ ހިތުގާ ނެތޭ ، ނެތްތާ ރަހުމް މިއަޅަށް ޓަކާ

ހަމަލާ ތަކެއް މިހިތަށް އައީ ، ހަނގުރާމައެއް ލޯތްބައް އައީ

ހަނަފަސް ކަމޭ ރޫހަށް އައީ ، ހަލަބޮލި ކަމޭ އަދު ވެރިވަނީ

ވާތީ ޔަގީން ނެތްކަން ކަލާ ، ހިތުގާ ތިބާ ނެތްކަން އަޅާ

ލޯތްބަށް މިހިތް އެދި ގޮވަގޮވާ ، އޮއްވާ މިހިތް ވަކިކޮށް ނުލާ

ތެޅެއޭ މިހިތް ދާތީ ކަލާ ، އަރައޭ ހިތަށް އަންނާނެބާ

ފޮހެލިން ކަރުނަ ލޮލަކުން މަގޭ ، އުފަލެއް ނެތަސް ހިނިތުން ވެލަން

ނެތްކަން އެންގޭ އިރުވެސް އެދެން ، ލެއްވުން ތިބާ އުނގުގާ އަޅާ

ދުލުގާ ތިނަންވީ ފަހުބަހަށް ، ދޫކޮށް ފުރާނަ މިހަށި ގަނޑުން

ކުރަމޭ ދުޢާ ޔާރައްބު އޭ ، އެކުގާ ތިބާޔާ ލެއްވުމަށް

ބައްދަލް ވުމަށް އެދި މަހުޝަރުން ، ލެއްވުން އެދެން އަޅު ޖަންނަތުން

Comments (8)

  1. Inmie

    This gives goosebumps well Done 😍💯🔥

    1. Habee Mashah Allah ❤️
      Inmie

      Mashah Allah V furihama❤️

    2. Anonymous
      Inmie

      Mashah Allah V furihama❤️

  2. Xahoo:

    Mashaa Allah vv reethi you ah thikan vaane

  3. Dhonthi friend

    Masha Allah varah ves furihama 🥹❤️

  4. Anonymous

    V furihama❤️

  5. Anonymous

    Masha Allah varah furihama❤️

  6. Habee Mashah Allah ❤️

    Mashah Allah ❤️ V furihama

Comments are closed.