Skip to content
އެސްފިޔަ

ހީވީ އޭ މި ލޯބި

ލޮއިއްބަކީ އަގައިން ބުނާ އެއްޗެއް ނުމެ ނޫނެއެވެ . ކަނޑު އަޑީގައި ވާ ގަލެއް ވެސް ނުމެ ނޫނެއެވެ . ވިހަ ގަދަ ހަންޖަރެއް ވެސް ނުމެ ނޫނެއެވެ .

ލޮއިއްބަކީ  ދެ މީހުން ދޭތެރޭގައި  އޮންނަ ގުޅުމެކެވެ .  އެކަކު އަނެކަކަށް އިތުބާރު ކުރުމެއެވެ .  2 މީހުން ދޭތެރޭގައި ޖެހޭ މަސައްލަ ތައް ހައްލު ކުރުމެއެވެ . ނަމަވެސް އަހަރުމެންނަށް މި ފެންނަނީ  ލޯބީގައި މައްސަލަ އެއް ޖެހުމުން އެކަމެއް އެހެން މީހަކަށް ހިއްސާ ކޮށް ސޯސަލް މީޑިޔާ ގައި ޖަހަމުން ދާ  މަންޒަރު ތަކެއެވެ. ނުވަތަ އަންހެން މީހާ ފިރިހެން މީހާ އަށް މަޖުބޫރުން ކަން ކުރަމުން އަންނަ މަންޒަރެއެވެ .

މި ވާހަކަ އަކީ ހަޤީޤީ ހާދިސާ އެއްގެ މައްޗައް ބިނާ ކުރެވިފައި ވާހަކައެވެ . މި ވާޙަކަ  ބަލަމުން ގެންދާނީ ފުރަތަމަ މީހާގެ ނަޒަރުން ކަން ކިޔުންތެރިން ކައިރީގައި ބުނެލަމެއެވެ .

މި ވާހަކަ އަކީ މީގެ 1 އަހަރު ކުރިން އަހަރެންގެ ރައްޓެއްސަކަށް ދިމާ ވެފައި ވާ ކަމެއްގެ މައްޗަށް ލިޔެފައި ވާ ސިލްސިލާ ވާހަކައެކެއް ގޮތުގައި ލިޔަމުން ގެންދާނެ ވާހަކަ މި ފުރުސަތުގައި ދަންނަވާލަން  . މި ވާހަކައިން ކޮންމެ ވެސް އިބުރަތެއް ހާސިލް ކުރާނެ ކަމަށް ހީކުރަމެއެވެ .

ވާހަކައިގެން ކުރިޔަށް ގެންދާނަމެއެވެ .

ދުވަސް ވަރަކީ ސްކޫލް ތަކުގެ ބަންދު ދުވަސްވަރެއެވެ . ކިޔަވަން ސްކޫލް އަށް ދާ ކުދިންނަށް އެ ކުދިން ގެ މައިންބަފައިންނާ އެކު ކުޅެ މަޖާ ކުރާ ދުވަސްވަރެއެވެ . އެއް ރަށް ގޮސް އެ މީހުންގެ އެކުވެރިންނާ ބައްދަލު ކޮށް އެ މީހުންނާ ހީ ސަމާސާ ކޮށް އުޅޭ ދުވަސް ވަރެކެވެ .

އަހަރެން ވެސް މުނާޖާ ކޮޑު އަޅައިގެން އުޅުނީ  ދަތުރު ތައްމަތި ތައްޔާރު ކުރުމަށެވެ . މިތާ ކައިރި ރަށަކަށް ދިޔުމަށެވެ . އެ ރަށުގައި އަހަރެންނާ އެކު ކިޔަވަން އުޅުނު ކުއްޖަކާ އި ދިމާ ކުރުމުގެ ނިޔަތުގައެވެ .  ވަރަށް ވެސް އުފަލުގައި އަހަރެން ގޭތެރޭގައި އުޅުނީމެއެވެ . އަހަރެން ދަބަހަށް ލެވެން އޮތް އެއްޗެއް ލުމަށް އަހަރެން އަވަދި ނެތި އުޅުނީމެއެވެ .  ބައެއް ފަހަރު އަހަރެންގެ މަންމަ އަހަންނަށް ގޮވާލުމުން އަހަރެން އެ ކަމަށް އިޖާބަ ދެމެއެވެ . އެ މަސައްކަތެއް ކޮއްލުމަށް ފަހު އަހަރެންގެ މަސައްކަތަށް ރުޖޫ އަ ވަމެއެވެ .

އަހަރެންގެ މަންމަ ވެސް އުޅެމުން ގެންދިޔައީ  އަހަރެންގެ އެކުވެރި ކުއްޖާގެ މައިންބަފައިންނަށް ހަދިޔާ އެއް ދިނުމަށް  އެކި ތަންތަނުން އެއްޗިހި ހިފައިގެން  ދަބަހަށް އެއްޗިހި އެޅުމަށް އަވަދި ނެތިއެވެ .  ދޭތެރެ ދޭތެރެއިން ފުލޯމީ އިން އާރް.ޓީ.އެލް އޮތް ތަށް ބަލަމުން ގެންދެއެވެ .

އާރް.ޓީ.އެލް މި އަތޮޅުގައި އޮތުމަކީ ވެސް އަހަރުމެންނަށް ލިބެމުން އަންނަ ފަސޭހަކަށް ވެގެން ދެއެވެ . ” ދަރިފުޅާ ! އަވަސް ކޮއްލަބަލަ . މިޔޮށްގެން އަންނަނީ . އާރް.ޓީ.އެލް … ”  ސިޓިންރޫމް އިން އަހަރެންގެ މަންމަ އެހެން ބުނެލިއެވެ . ” އާ މި ނިމެނީ ” އެހެން ބުނުމަށް ފަހު އަހަރެން އަވަސް ވެ ގަތީ ފާޙާނާ ކޮއްލުމަށެވެ .

އިރު ކޮޅެއްގެ ފަސް . އަހަރުން ރަށުން އާރް.ޓީ.އެލް ފުރާފީމެއެވެ . ގަޑި ނުޖެހި އާދެވުނީ ކިރިޔާ އޭ އަހަރެން މަންމަ ކައިރީގައި މަޑު މަޑުން ބުނެލީމެއެވެ . މަންމަ އަހަރެންގެ މޫނަށް ބަލާލުމަށް ފަހު ދިނީ އުފާވެރި ކަމުގެ މޫނެއެވެ . އަހަރެންނަށް ހިތާ ހިތުން ކިޔާ ލެވުނެއެވެ . މިއީ އަހަރެން އުމުރުގައި ވެސް ރަށުން ބޭރަށް 3 ދުވަހަށް ދެވޭ ފުރަތަމަ ފަހަރެއެވެ .، މި ދަތުރު މަޖާ ވާނެބާވައެވެ .

2 ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ

Comments (1)

  1. Hadheeja Mohamed

    Maakuru

Comments are closed.