Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…50

Anonymous Level 4100 Login10 Stories100 Comments
September 26, 2024 17 Mins Read
21 Comments

މިޔާ މިޝްޔާގެ ކޮޓަރިން ނުކުމެގެން އައިސް ބަދިގެ އަަށް ވަނުމާއި އެކު މިޝްޔާ ކޮޓަރި އަށް ދާން ހިނގައިގަތީ ޒީކާން ކޮބާތޯ ބަލަން ދާށެވެ.އެހެން ނަމަވެސް މިޝްޔާ އަށް ނޭނގުނީ އޭރު ވަނީ ވާން ޖެހޭ ކަމެއް ވެނިމިފައި ކަމެވެ.ކޮޓަރީގެ ދޮރު ހުޅުވާ ކޮޓަރި އަށް ކިރިޔާ ފިޔަވަޅެއް ނޭޅި އުޅުނު މިޝްޔާ ގެ ފިޔަވަޅު މަޑު ޖެހުނީ ދާނިޝް އާއި އެކު ގޭތެރެ އަަށް ވަދުނު ޒީކާން ފެނުމުން ނެވެ.އޭނާގެ ލޮލަށް ވެސް މަންޒަރު ގަބޫލު ނުކުރެވުނީ ޒީކާން ދެންމެ ވެސް އޭނާގެ ކޮޓަރީގައި ހުރުމުންނެވެ.ޒީކާން ގެ އަތުގައި ހުރި ލޭގެ ނިޝާންތައް ފެނުމާއި އެކު މިޝްޔާ އަށް ހިންދިރުވާލެވުނެވެ.މިއީ އަނެއްކާ ޖިންނި ޒީކާން އެއް ނޫން ބާއެވެ.މިޝްޔާގެ ހިތަށް އެންމެ ފުރަތަމަވެސް އެޖުމުލަ ވަދެގެން ދިޔައީ ޒީކާން ގެ އަތުގައި ހުރި ލޭގެ ނިޝާންތަކުގެ ސަބަބުންނެވެ.

*********************************

 

“މިޝް ދަރިފުޅާ ފަސްޓްއެއިޑް ބޮކްސް ގެނެސް ދީބަލަ”ދާނިޝް މިޝްޔާ އާއި ދިމާލަށް ބަލައިލީ ފުން ނަޒަރަކުން ނެވެ.ދާނިޝްގެ އެ ނަޒަރުން އެކަނި ވެސް މިޝްޔާ އަށް ހިންދިރުވާލެވުނީ ދާނިޝް އަށް އޭނާގެ ކޮޓަރިން ޒީކާން ފެނުން ހެން ހީވާތީ އެވެ.އެހެން ވެއްޖެ ނަމަ ދާނިޝް އެވަގުތު ވެސް ނަގާނީ ނުބައި މާނަ އެކެވެ.

 

ދާނިޝް އާއި ހިސާބަށް ފަސްޓްއެއިޑް ބޮކްސް ގެންދިއުމަށް ފަހު މިޝްޔާ ކޮޓަރި އާއި ދިމާލަށް ހިނގައިގަތީ ދާނިޝް އޭނާ އަށް ނުގޮވާތޯ ހިތާ ހިތުން ދުޢާ ކުރަމުން ނެވެ.ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް މިޝްޔާ ކޮޓަރި އަށް ވަދުނު ކަމެއް ނޭނގި ފުން ނޭވާ އެއް ދޫކޮށްލެވުނެވެ.

 

އައިކާ ގެ ޕާޓީ އަށް ދާން ތައްޔާރު ވަމުން ދިޔަ ރަޔާން ގެ މޫނުމަތިން ފެނިގެން ދަނީ މާޔޫސްކަމުގެ ނިޝާންތަކެކެވެ.ހުދުކުލައިގެ ގަމީހަކާއި އެކު ކަޅު ކުލައިގެ ޖިންސެއްްގައި ހުރި ރަޔާން ގެ ރީތިކަން އިންތިހާ އެވެ.އެހެން ނަމަވެސް އެ ރީތިކަމަކުން ރަޔާންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔަ އިރު ރަޔާންގެ ސިކުނޑި ވަށާ އެނބުރެމުން ދިޔައީ ރިޔާނާގެ ޖުމުލަ ތަކެވެ.”ދަރިފުޅު މީހަކާ އިންނަންވީނު.މަންމަ ދަރިފުޅަށް ކުއްޖަކު ހޯދާ ދީފިން.ތިހެން ދެން އުމުރު ހުސް ކޮށްލާކަށް ނުވާނެ”ރިޔާނާ ރަޔާން އަަށް ރަނގަޅަކަށް ބުނެލި އެ ޖުމުލަތައް ވެގެން ދިޔައީ ރަޔާންގެ އުފާވެރިކަމުގެ ހަޔާތް ފުނޑު ފުނޑު ކޮށްލަނިވި އެއްޗެކަށް ކަން ރިޔާނާ އަަށް އެނގުނު ނަމައެވެ.

 

މަންމަ ގެ އެ އެދުމާއި ދެކޮޅު ހަދާނެ ހިތްވަރު ރަޔާންގެ ހަށިގަނޑުގައި ނެތް އިރު ރަޔާންގެ ހަށިގަނޑުގައި ލައިނީ ދޫކޮށްލާނެ ހިތްވަރެއް ވެސް ނެތެވެ.ރަޔާން އަަށް އެކި ފަހަރު ބުރަ ވަމުން ދެވެނީ އެކި ކޮޅު ކޮޅަށް ށެވެ.ހަދާނެ ގޮތެއް ނުވަތަ ނުހަދާނެ ގޮތެއް ނޭނގިފައި ހުރި ރަޔާން އިސްތަށިގަނޑު ގައި ފުނާ އަޅާލީ ވެސް ހަމަ އެ ވިސްނުމުގައި ހުރެއެވެ.

 

ފޯނަށް އައި މީހެއްގެ މެސެޖާއި އެކު ރަޔާން އޭނާގެ ފޯނު ނަގާ ބަލާލިއެވެ.ފޯނަށް އައީ އޭނާ މިއޮށް ހުރިހާ އިރަކު އެމީހެއްގެ ފޯނު ކޯލުތައް ނުނަގާ ހުރި ލައިނީގެ މެސެޖެކެވެ.ގަޑިން އަށެއް ޖަހާ ފަހެއް ހިންގައިފިއެވެ.ކޮންމެހެނެއް ހަދާފައި ވެސް އޭނާ އައިކާގެ ޕާޓީ އަށް ދާން އެބަ ޖެހެއެވެ.އެތަނަަަށް ގޮސް އޭނާ އަށް ލައިނީ އާއި ކުރިމަތި ނުލާ ގެއަށް އާދެވެނެ ހެއްޔެވެ؟

 

ފޯނު ޖީބަށް ލަމުން ރަޔާން ކޮޓަރިން ނިކުތީ ކަށީގައި ނެތް ހިއްވަރެއް ލައިގެން މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުންނެވެ.ސޯފާގައި އަށެއްގެ ހަބަރު ބަލަން އިން ރިޔާނާ އާއި ދިމާލަށް ބަލައިލަމުން ރަޔާން ގެއިން ނިކުންނަން ހިނގައިގަތެވެ.

 

“ޒާ މިހާރު އޯކޭ ދޯ”އައިކާގެ ޝޯލް އަޅުވަން ހުރި ލައިނީ ގެ ގާތުގައި އައިކާ އަހާލީ މަޑުމައިތިރި ކަމާއި އެކުގައި އެވެ.އައިކާގެ ސުވާލަށް ލައިނީ ހަމައެކަނި ބޯ ޖަހާލުމަކުން ފުއްދާލީ އެވެ.ލަައިނީގެ އެހަރަކާތުން އެކަނި ވެސް ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އައިކާ އަަށް ނަގައިގަނެވުނެވެ.އެހެންނަމަވެސް ލައިނީގެ ގާތުގައި އެސުވާލު ކުރުމަށް އައިކާ ފަސް ޖެހުނެވެ.

 

ނަވްޔާމެންގޭ ޓެރަސް މައްޗަށް އަރާ ހުރި ރަޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމުގެ އަސަރުތަކެކެވެ.ނުކްޝާން އާއި ނަވްޔާ ގެ އިތުރުން އަލީކް ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔައީ ކުޑަތަންކޮޅަކުން ވެސް އައިބެއް ފެނޭތޯއެވެ.އެހެން ނަމަވެސް ނުކްޝާންމެންނާއި ޚިލާފަށް ކިޔާން އާއި ރަޔާން ހުރީ ހަރަކާތް ހުއްޓިފައި އެވެ.މޫނުމަތިން އެއްވެސް ކަހަލަ ހަމަޖެހުމެއް ފެންނަން ނެތް އިރު ދެމީހުންގެ ސިކުނޑި ތެރޭގައި ހިނގަމުން ދިޔަ ހައިޖާންގަނޑުގެ ބޮޑު ކަން ދެނެގަންނަން އެތަނުގައި ތިބި އެކަކަށް ވެސް ނޭނގޭނެކަން ކަށަވަރެވެ.

 

“ކޮބާ އައިކާ އަންނާނެ އިރު ކޮޅަކުން އަދި ވެސް މީހުން ހަމަ އެއް ނުވޭ ދޯ”ޓެރަސް މައްޗަށް އެވަގުތު އެެެރި މިލާން ގެ އަޑުން ފުން ވިސްނުމެއްގައި ހުރި ކިޔާން އާއި ރަޔާން އަށް ވެސް ވިސްނުމުގެ ކަނޑުން ނިކުމެވުނެވެ.”އާނ އަދި މީހުން ހަމަ ނުވޭ.އެކަމު ހަމަ ލައިނީ އަންނާނެ އިނގޭ ގަޑި އަށް”ނަވްޔާ އެކި ދިމަ ދިމާލަށް ކަޅި ހިންގަމުން ބުނެލިއެވެ.”ހަމަ ނުވަނީ ކޮން ބައެއް.އެންމެން ހަމަ ޒާ ނޫނިއްޔާ.މިޝް އާ ޒީކްވީ ކާގޭގައި.އައިރާ ޔާ ރިޔާން ވީ ކޭކު ބަލާ ގޮސް ދެން ނާޔާ ފުރޭތަގަނޑާ މަށާ ކިޔާން އެންޑް ރަޔާން މިހުރީ މިތާ ދެން ކައެ އާ އަލީކްވެސް ދެން މަދީ ލައިނީ އެންޑް އައިކާ އެއްނު”ނުކްޝާން އަތުން ގުނަމުން ދިޔައީ މީހަކު މަދު ވޭތޯ އެވެ.”ލައިކާ އަޔާން އަލީކާ”މިލާން މަދު ވާ މީހުންގެ ނަންތައް ކިޔާލިއެވެ.”ލައިކާ އެންޑް އަޔާން ބުނީ ކުޅިވަރަށް ނާދެވިދާނެ އޯ އެކަމު ޕާޓީ އަށް އަންނާނަމޯ.ދެން ހަމަ އެއްގޮތަކަށްވެސް މަށަކަށް ނޭނގުނު އަލީކާގެ ހަބަރެއް.އަލީކް ކައިރީ އަހައިފިއްޔާ ކަންނޭނގެ ސަހަލުވާނީ އަލީކާގެ ވާހަކަ މަގޭ ކައިރީ ނާހާ”ނުކްޝާން އޭނާ އަށް ލިބިފައިވާ މައުލޫމާތު ކިޔާލިއެވެ.

 

“ކަލޭނޭ ކައެ އަށް ސާބަސް.ކީއްވެ ޔޯ އަޔާންމެންނަށް ވަކި ނާދެވޭންވީ.ހަމަ މިގަޑި އަަށް އަަންނަން ޖެހޭނެ ދޯ.ދެމީހުންނަށް މާ ފޮޅުވި ދާނެ ދޯ ފަހުން ވެސް.ޖެހޭނެ ދޯ މިކަހަލަ މުހިއްމު ކަންކަމަށް އަންނަން”އެވަގުތު ކޭކު ހިފައިގެން ޓެރަސް މައްޗަށް އެރި ރިޔާން އަަށް އާޔަން ލައިކާ ނައުންވީ ބޮޑު މައްސަލަ އަކަށް ށެވެ.”ކަލޭނޭ.ކައެ ވެސް ތިހާ މާފޮޅުވަން ދާ ހިތުން ހުރިއްޔާ ދިޔައީމަ ވީނު.އޯހ މަ ހަނދާން ނެތުނިއްޔޭ ކައެ އަކަށް ނުދެވޭނެ ދޯ އައިކާގެ ޕާޓީ ވީމަ އެއް.އެކަމާ ތަ ތި ޝަކުވާ ކުރަނީ”ނުކްޝާން ވެސް އޭނާގެ ވާހަކަ ގެންދިޔައީ ރިޔާން އޭނާގެ ވާހަކަ ގެންދިޔަ ރާގަށްށެވެ.

 

“ދޮންބޭ ލައިކާ ޔާ އަޔާން އާ ދެމީހުން މިއަދު ޑޮކް އަށް ދާން ވެގެން ނާދެވުނީ.މާ ފޮޅުވާތީކީ ނޫން”ރަޔާން އިރުކޮޅަކަށް މަޑުން ހުރުމަށްފަހު ރިޔާން އާއި ދިމާ ކޮށްލިއެވެ.އޭރު ވެސް ރަޔާންގެ އަޑު ހުރީ ފާޑަކަށެވެ.

 

“ތީތި ރަނގަޅެއް ނުވާނެ ދޯ”ޒީކާން މިޝްޔާ ގެ އަތުން ޓޯޗެއް އަތުލި އެވެ.”ދެނޯ”މިޝްޔާ ޒީކާން އާއި ދިމާލަށް ބަލައިލި އެވެ.އެވަގުތު ވީ ޒީކާން ވެސް މިޝްޔާ އާއި ދިމާލަށް ބަލައިލި ވަގުތު ކަމުން ދެމީހުންގެ ހަތަރު ކަޅި ހަމަވި އެވެ.އިރުކޮޅަކަށް މިޝްޔާ އަށް އޭނާގެ ހިތުގެ ހިނގުން މަޑުވިހެން ވެސް ހީވިއެވެ.އެހެން ނަމަވެސް މާގިނަ އިރު ތަކެއް ނުވަނީސް ޒީކާން އެހެން ދިމާލަކަށް ބަލައިލައިފިއެވެ.

 

“ވައިޓް ވީމަ އެއްވެސް ކަހަލަ ބިރުވެރި ގޮތެއް ނުުހުރޭ ދޯ.ރެޑްއޭ ބޭނުން ވަނީ”ޒީކާން މިޝްޔާ އާއި ދިމާލަށް އިސް އުފުލާ ބަލާލި އެވެ.”އެކަމު ރެޑް އެއް ނެތޭ”މިޝްޔާ މަޑުމައިތިރި ރާގަކަށް ބުނެލިއެވެ.”ދެން ކިހިނެތް ހަދާނީ؟”ޒީކާން އެއްޗެކޭ ނުބުނުމުން މިޝްޔާ ދެވަނަ ފަހަރަށް ވެސް ވާހަކަ ދެއްކިއެވެ.”ދެން އެހެން ވީމަ ޓެރަސް އަކަށްނު ދާނީ”ޒީކާން ޓޯޗުތައް ބަހައްޓާފައި ޓެރަސް މައްޗަށް އަރަން ދާން ހިނގައިގަތީ ފަހަތަށް އެނބުރި މިޝްޔާ އާއި ދިމާލަށް ބަލައިލުމެއްނެތި އެވެ.

 

ޒީކާން ދިޔަ ދިމާލަށް ބަލަން ހުރި މިޝްޔާ އިރުކޮޅެއް ވަންދެން ޒީކާން ދިޔަ ދިމާލަށް ބަލަން ހުރުމަށް ފަހު ޓެރަސް އަށް ދިއުމަށް ހިނގައިގަތެވެ.

 

ކައިޔަން އާއި އެކު ސައިކަލުގައި ނަވްޔާމެންގެ އަށް ވަދުނު ޒާރާ ކައިޔަން އާއި ދިމާލަށް ބަލައިލިއެވެ.”ކައިޔަން އާ ޔޫ ރެޑީ.ލައި އަންނާނީ އިރުކޮޅަކުން.އެކަމު ލައިކީ އެބަ ހުރި ކަންނޭނގެ”ޒާރާ ކައިޔަން އާއި މުޚާތަބު ކޮށް ވާހަކަ ދެއްކިއެވެ.”ހްމްމްމް ރެޑީ”ކާނާ އަތުގެ ބޮޑުވައި އިނގިލި ހިއްލާލަމުން ކައިޔަން ބުނެލި އެވެ.”ކައިޔަން ރެޑީތޯ ބަލާ އިރު ޒާ ރެޑީ ތަ؟”ކައިޔަން ޒާރާ އާއި ދިމާލަށް އެއް ބުމަ އަރުވާލިއެވެ.”އެހާ އެއް ނޫން”ޒާރާ ގެ އަޑު ހިނދުކޮޅަކަށް ނަމަވެސް މަޑުވިއެވެ.އެކަން ގާތުގައި ހުރި ކައިޔަން އަށް ވެސް އިހުސާސް ކުރެވުނެވެ.

 

“އިޓްސް ގޮނަ ބީ އޯކޭ”ޒާރާ އާއި ދިމާލަށް ބަލައިލަމުން ކައިޔަން ބޯ ޖަހާލީ ހިއްވަރު ދިނުމުގެ ގޮތުން ނެވެ.ކައިޔަން އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ޒާރާ ސިޑީގެ ހަރުފަ އަކަށް ފަހު ހަރުފަ އެއް ގިރާ ކުރަމުން ދިޔަ އެވެ.ފަހަރަކަށް ވުރެ ފަހަރެއް ޒާރާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައީ އެޅޭ ކޮންމެ ފިޔަވަޅަކާއި އެކު ކިޔާން އާއި ގާތްވެވޭކަން އިހުސާސް ވުމުން ނެވެ.

 

ޚުދު އޭނާގެ ދުލުން ކިޔާން އާއި ދިމާލަށް ކިޔާފައި ހުރި އެއްޗިއްސާއި ބުނެލާފައި ވާ ބަސްތައް ހިތަށް އެރުމާއި އެކު ޒާރާގެ ހިތް މަރުވި ކަހަލަ އިހުސާސެއް ޒާރާ އަށް ކުރެވުނެވެ.އެކަހަލަ ޖުމުލަ އެއް އޭނާ އާއި ދިމާލަށް ކިޔާން ބުނުމުން އޭނާގެ ހިތަށް ކުރާނެ އަސަރު ޒާރާ އަށް ކުރިން ވިސްނުނު ނަމައެވެ.މިއަދު ދެން ވަކި ކިޔާން އޭނާ އަށް މާފު ދޭނޭ ހެއްޔެވެ؟ކިޔާންގެ ހިތް ފޮތި ފޮތި ކޮއްފައި ވާ މީހަކަށް ކިޔާން އޭނާގެ ހިތް އަނބުރާ ދޭނޭ ހެއްޔެެވެ؟ސިޑީގެ ހަރުފަ އަކަށް ފަހު ހަރުފަ އެއް ގިރާ ކުރަމުން ދިޔަ ޒާރާގެ ހިތަށް އެކި ފާޑުފާޑުގެ އެއްޗިހި އަރަމުން ދިޔަ އެވެ.

 

ޒާރާ އަންނާނެ އިރެއްގެ އިންތިޒާރުގައި ކިޔާން ގެ ހިތް ހީވީ މަރުވަމުން ދިޔަ ހެންނެވެ.އިރު އޮރުކޮޅާ ކިޔާން އަށް ޓެރަސް އަށް ވަންނަ ދިމާލަށް ބެލެމުން ދިޔަ އިރު ޚުދު ކިޔާން އަށް ވެސް އޭނާގެ އަމިއްލަ ނަފްސަށް ޖޯކު ޖެހުނެވެ.ޒާރާ އާއި ކައިޔަން ރުޅިވިކަން އިނގުނު އިރުން ފަށައިގެން ކިޔާންގެ ހިތް ހީވީ އުފަލުން ނަށަމުން ދިޔަ ހެންނެވެ.ހިތް އޭނާގެ މޭގެ ތެރޭގައި ނޯވެ ނިކުންނަން އުޅޭހެން ވެސް ކިޔާން އަށް ހީވަމުން ދިޔައެވެ.

 

ޓެރަސް އަށް ވަންނަ ދޮރާއި ދިމާލަށް އިރު އިރު ކޮޅާ ބަލަން ހުރި ކިޔާންގެ އިންތިޒާރުގެ ނިމުމަކަށް ވީ ޒާރާ ޓެރަސްގެ ތެރެ އަށް ވަދުމުންނެވެ.ޒާރާ އެވަގުތު ފެނި ލުމާއި އެކު އެކީގައި ހެން ކިޔާން އަށް ބަޔާން ކުރަން ދަތި އިހުސާސެއް ކުރެވުނެވެ.ޒާރާ އާއި ދިމާލަށް ބަލައިލި ކިޔާންގެ އުފާވެރިކަމަށް ނިމުމެއް އައީ ޒާރާގެ ފަހަތުން ކައިޔަން ވެސް އައި ކަން އިނގުމުން ނެވެ.

 

އަދި ވެސް މި ކައިޔަން ޒާރާ އާއި ދުރަށް ދާކަށް ނޫޅޭ ހެއްޔެވެ؟ކައިޔަން އޭނާގެ އެ އުންމީދު ފުރިހަމަ ނުވަނީސް ޒާރާ އާއި ދުރަށްދާނެ ހެއްޔެވެ؟ކައިޔަން ޒާރާގެ ކައިރި އަށް އައީ ވެސް ބޭނުމެއް އޮވެގެން ވިއްޔާއެވެ.ދެން އެ އެދުން ފުރިހަމަ ނުވަނީސް ކައިޔަން ޒާރާ އާއި ދުރަށް ދާނެ ހެއްޔެވެ؟

 

ޒާރާ އާއި އެކު ކައިޔަން ފެނުމުން ކިޔާން ގެ ގާތަށް އައީ އަމަށަކު ރުޅި އެއް ނޫނެވެ.އަދި އޭނާ ހީކުރީ ޒާރާ ކައިޔަން އާއި ރުޅިވީ ޒާރާގެ ކުރިމަތީގައި ހަގީގަތް ހާމަވުމުން ކަމަށްށެވެ.އެހެން ނަމަވެސް މިވީ ހުރިހާ ކަމެއް މުޅިން އިދިކޮޅަށްށެވެ.

 

“ސާަބަސް.މިއަދު ގައިމު ބްރޯކް އަޕް ވީ.އަދި ސައުވީސް ގަޑިއިރު ނުވެ ތިތިބީ މިހާރު އެއްކޮށް”ކިޔާންގެ ހިތުގައި އޮތް އެއްޗެއް ފޮތެއްހެން ކިޔާލައިގެން ހުރި ނަވްޔާ އެހެން ބުނެލީ ޒާރާ އާއި ކައިޔަން އެކުގައި ތިބުމުން ހަމަ ހަގީގަތުގައިވެސް ހައިރާންވެފައި ހުރެއެވެ.”މާ ބޮޑަށް ލޯބި ވީމަ ވާނެ އެހެން.ނާޔާ ދައިތަ މެނަކަށް ނޭނގެ އެއްނު ލޯބިއެއް “ނުކްޝާން ޒާރާ އާއި ކައިޔަން އާއި ދިމާ ކޮށްލުމާއި އެކު މިޝްޔާ އާއި މިލާން އާއި އަލީކްގެ އިތުރުން ރަޔާން އާއި ޒާރާ އާއި ނަވްޔާ ގެ ނަޒަރު ދަތުރު ކޮށްލީ ކިޔާން އަށްށެވެ.

 

ކިޔާން ގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިތަން ޒާރާ އަށް ފެނުމާއި އެކު ނުކްޝާން އާއި ދިމާލަށް ވަގުތުން ބަލައިލީ ނުކްޝާން އަށް ރައްދެއް ދޭށެވެ.”އަލުން ރިލޭޝަން އަކަށް ނުދަން.އޮންލީ ފްރެންޑްސް.އަސްލު ފްރެންޑް އެއް ވީމަ އެއް ނޫން މި ގެނައީ ކައިޔަން ބައްދަލު ކޮށްލަން ބޭނުންވާ މީހަކު ހުރީމަ”ޒާރާ އަވަސް އަވަހަށް ނުކްޝާން އަަށް އޭނާ އަށް ރައްދެއް ނުދެވޭނެ ގޮތަކަށް ބުނެލީ ދޮގެއް ވެސް ނޫނެެވެ.”އޯހ އައި ސީ”ނުކްޝާން އެހެން ބުނެލަމުން ދެލޯ މަރާލިއެވެ.

 

“އޭ އޭ އައިކާ އަންނަނީ”ކުއްލި އަކަަށް ވާހަކައިގައި ޖެހިފައި ތިބި އެންމެންނަށް ސިހުމެއް ލިބުނީ މިލާން ދުން ޖަހާފައި އައިސް އެހެން ބުނެލުމުން ނެވެ.”ފިލާ ފިލާ”ދުން ޖަހާފައި ނުކްޝާން އެހެން ބުނުމާއި އެކު އެންމެން ފިލަން ދުއްވައިގަތެވެ.

 

“ލެޓްސް ގޯ.ނާޔާމެން ބުނި މިތިބީ ޓެރަސް މަތީގަ ޔޯ”ލައިނީ އައިކާގެ އަތުގައި ހިފާ ޓެރަސް އަށް ދިއުމަށް ހިނގައިގަތެވެ.”ތި އުޅެނީ ކުރިން ފަހަރު ނާޔާ އަަށް ދިން ކަހަލަ ސަޕްރައިޒް އެއް ދޭން ދޯ”އައިކާ އޭނާގެ”މެގަ މައިންޑް”ގައި ލައިނީމެން ކުރަން އުޅޭ ކަމެއް ނަގައިގަތެވެ.

 

“އެއީ ހަމަ އަސްލަށް ވެސް މިރޭ ވައިޓްރޯސް ރެސްޓޯރެންޓް އަަށް އައިކާ ގޮވައިގެން ދާން މި އުޅެނީ”ލައިނީ އައިކާ އަށް ނިއްއަރުވާލީ އަހަރެން ބުނާ ވާހަކަ ގަބޫލު ކުރާށޭ ބުނާފަދަ ގޮތަކަށްށެވެ.”ދޮގު ނަހަދާ އިނގޭ.ކުރިން ފަހަރު ވެސް ތިހެން ނުކް ހެއްދީމެއްނު ތިހެން.ނުކް ގެ ބާރތްޑޭ ގަ”އައިކާ ލައިނީގެ ހިތް އޮތްގޮތަށް ކިޔާލިއެވެ.”ޓްރަސްޓް މީ.އައިމް ޔުއާ ބެސްޓީ ދޯ”ލައިނީ އައިކާ ގެ އަތުގައި ހިފާ ލަމުން ބޯ ޖަހާލީ އައިކާ އަށް އެއްވެސް ގެއްލުމެއް ވާ ފަދަ ކަމެއް ނުކުރާނަމޭ ބުނުމުގެ ގޮތުންނެވެ.

 

ލައިނީ އާއި އައިކާ ޓެރަސް އަށް އެރުމުގެ ކުރިން ޒީކާން މުޅި ގެއިން ކަރަންޓު ދުއްވާލިއެވެ.ނާއިޝް އާއި ޒީވާ ވެސް ހުރިހާ ކުދީންނަށް ވަގުތު ދެމުން ގޭގައި ނޫޅޭތީ އެމީހުންނަށް އޮތީ ހިތަކަށް ގެ ލިބިފައި ވިއްޔާ އެވެ.އެހެން ކަމުން މޮޅިތި ގޮތްގޮތަށް އެމީހުން ވަނީ ޕްލޭން ރާވާ ނިންމާފައި އެވެ.

 

“ކަރަންޓު ދިޔައީ ކަންނޭނގެ”ލައިނީ ފޯނުން އަލިކޮށްލަމުން ބުނެލިއެވެ.”ތި އުޅެނީ ހަމަ އައިކާ ހައްދަން”އައިކާ ހުރީ އެއްގޮތަކަށް ވެސް ލައިނީގެ ވާހަކަ ގަބޫލުކުރާ ގޮތަކަށް ނޫނެވެ.”އަޅެ.ގަބޫލު ނުކުރަންޏާ ބަލާބަލަ”ލައިނީ އައިކާގެ އަތުގައި ހިފައިގެން ހުރެ ޓެރަސް އަށް އަރަމުން ބުނެލި އެވެ.ކޮންމެ ގޮތަކަށް ވިޔަސް ފޯނުގެ ޗާޖު ލައިނީ ޓެރަސް އަށް އެރުމުގެ ކުރިން ދުއްވާލަން އެބަ ޖެހެއެވެ.އެއީ އެމީހުން ރާވާފައިވާ ގޮތެވެ.މިއަދު އެކުގައި ހެން ލައިނީ ފޯނު ޗާޖު ނުކޮށް އެއުޅެނީ ވެސް އެކަމާއެވެ.ފޯނުގައި އަދި ވެސް ތިން ޕަސެންޓް އެބަ އިނެވެ.

 

“ހެޔޮ ނުވާނެ.ފޯނު ނިވިބަލަ”ލައިނީ ހިތާ ހިތުން އެހެން ކިޔަމުން ދިޔައީ ޓެރަސް އާއި އަރާ ހަމަ ވުމުން ނެވެ.ޓެރަސް ތެރެ އަށް ވަންނަން އަޅާލި ފުރަތަމަ ފިޔަވަޅާއި އެކީ ލައިނީގެ ފޯނު ޗާޖު ހުސްވެގެން ފޯނު ނިވުނެވެ.”އަޅޭ އެ ނިވުނީ ފޯނު.އަދި މިކަހަލަ ގަޑިގަޑީގަ ނިވޭނީ ވެސް”ލައިނީ އޭނާގެ ފޯނުގައި މަޑު މަޑުން ޖަހާލިއެވެ.އަައިކާ ވެސް ނިކަން ހެދިލާފައި ހުރީ ލައިނީ އަކީ އާންމުކޮށް ފޯނު ޗާޖު ނުކޮށް ދިހަ ވަރަކަށް ޕަސެންޓަށް އެރުމުން އަބަދު ވެސް ޗާޖު ކުރާ މީހަކަށް ވާތީއެވެ.

 

“ލައި އެބަ އަންނަން އިނގޭ ފިއުޒު ވެއްޓިފަ ކަންނޭނގެ އިންނާނީ”ލައިނީ އައިކާ ގާތު މަޑުކުރުމަށް އެދެމުން ޓެރަސް އިން ނިކުންނަން ހިނގައިގަތެވެ.ހިތާހިތުން ހެމުން ލައިނީ ޓެރަސް އިން ނިކުންނަން ހިނގައިގަތް އިރު މޫނުމައްޗަށް ހިނިތުންވުމެއް ވެރި ވެއްޖެއެވެ.އެހެން ނަމަވެސް އަނދިރި އަނދިރި ކޮށް އޮށްވާ އައިކާ އަށް ލައިނީ ހެއުން ތަން ފެންނާނެ ހެއްޔެވެ؟

 

ލައިނީ ނުކުތުމާއި އެކުހެން އައިކާ ހަމަޖެހިފައިވާ ހިތަކާއި އެކު މާލޭގެ މަގުތަކަށް ނަޒަރު ހިންގާލިއެވެ.އެހެން ނަމަވެސް އޭރު ވެސް އައިކާގެ ހިތުގެ ކަނެއްގައި ބިރުވެރިކަން ފޮރުވިފައި އޮތެވެ. އެކަނިމާއެކަނި ރޭގަނޑު ގެ ވަގުތެއްގައި އަނދިރި ތަނެއްގައި ހުރުމުން ވާނީ އެހެނެއްނޫން ހެއްޔެވެ؟

 

ލައިނީ ދިޔަ ކަމަށް ހީކޮށްގެން ހުރި އައިކާ އަށް ނޭނގުނީ ލައިނީ އޭރު ވެސް ޓެރަސް މަތީގައި ހުރިި ކަމެވެ.އައިކާ އަށް އެމީހުން ޖައްސާ ހާލު ބަލަން ހުރި ލައިނީ އިރު ކޮޅަކުން ނަވްޔާ އަށް އިޝާރާތް ކޮށްލިއެވެ.ލައިނީ ފިލާ ހުރި ތަނުގެ ގޮތުން ލައިނީ އަށް ވަރަށް ރީތިކޮށް ކަޅު ކުލައިގެ ފޮތިގަނޑެއްގެ ނިވަލުގައި ހުރި ނަވްޔާ ފެންނަން ހުއްޓެވެ.ލައިިނީގެ އިޝާރާތާއި އެކު ނަވްޔާ ފިލާ ހުރި ތަނުން ނިކުމެލިއެވެ.ކަޅު ކުލައިގެ ފޮތިގަނޑުގެ ނިވަލުގައި ހުރި ނަވްޔާ އަށް ތަނެއް ދޮރެއް ވަކި ވާ ވަރެއް ނޫނެވެ.އަނދިރި ތަނެއްގައި ކަޅު ކުލައިގެ ފޮތިގަނޑެއް މުޅި މޫނުގައި އަޅައިގެން ހުރުމުން ވާނީ އެހެނެއްނޫން ހެއްޔެވެ؟

 

ހަގީގަތުގައި އެފޮތިގަނޑު ބޮލުގައި އަޅައިގެން އައިކާ އަށް ބިރު ދެއްކުން އޮތީ ލައިކާ އަށްށެވެ.އެހެން ނަމަވެސް ލައިކާ އަށް ނާދެވޭނެ ކަމަަށް އެންގުމުން ނަވްޔާ އަަށް އެންމެ ފަހު ވަގުތު އެކަން ވެސް ބަދަލުވީއެވެ.އެފޮތިގަނޑު ބޮލުގައި އަޅައިގެން ދުވުމަކީ ވެސް ބަބުރު ކުއްޖަކަށް ވާން ގައިގައި ކުލަ ނުޖައްސާ ވެވޭނެ އެންމެ ރަނގަޅު ގޮތް ކަމަށް ނަވްޔާ ބުނުމުން ނިންމި ނިންމުމެކެވެ.އެންމެ ފަހު ވަގުތު ބޮލުގައި ފޮތިގަނޑު އަޅައިގެން ހުރިހާ ތަކުލީފެއް އުފުލަން މިޖެހުނީ ނަވްޔާ އަށްށެވެ.ތިމާ ފޭހުނު އިލޮށިގަނޑު ހެރޭނީ ތިމާގެ ލޮލަށް ތާއެވެ.

 

ތަނެއް ދޮރެއް ވަކި ނުވާ ހާލު ނަވްޔާ ކުރިގޮތަށް ކުރި އަށް ދުއްވައި ގަތުމާއި އެކު އެތަނުގައި ހުރި މޭޒެއްގައި އަޅައިގަނެ ނަވްޔާ ދިޔައީ ވެއްޓޭ ށެވެ.އައިކާ އަށް ބިރު ދައްކަން ހަދައިގެން ލަނޑު މި ލިބުނީ ނަވްޔާ އަށްށެވެ.

 

ފިލާ އޮތް ނުކްޝާން އަށް ނަވްޔާ ވެއްޓެން ދިޔަ މަންޒަރު ފެނުމާއި އެކު އެކީގައި ހެން ޕަކަ ޕަކަ ލައްވާފައި ހޭން ނުފެށުނީ ވެސް ކިރިޔާއެވެ.ބަނޑަށް ހިނިގަނޑު ހިންދަން ނުކްޝާން ކުރި މަސައްކަތް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ.ވަރަށް މަސައްކަތުން ނުހޭން އޮތް ނުކްޝާން ކިތަންމެ ނުހޭން ގަދަ ހެދިއަސް އެންމެ ފަހު ވަގުތު ހެވެން ފެށިއެވެ.އެހެން ނަމަވެސް ނުކްޝާން ހެއުން އަޑު އައިކާ އަކަށް ނީވުނެވެ.އެވެސް ނަސީބެވެ.އެހެން ނޫން ނަމަ އެމީހުން ޖާނު ގުރުބާން ކޮށްގެން ހެދި މިޅެތި ޕްލޭންތައް ދިޔައީ ފެނަށްށެވެ.

 

އައިކާ އަށް ނަވްޔާ ގެ ބޯ ޖެހުނު އަޑު ނީވުނުކަން ނަވްޔާ އަށް އިނގުނީ އައިކާ ހުރި ގޮތަށް ހުރުމުންނެވެ.އަނެއްކާ ވެސް ނަވްޔާ އޭނާގެ މަސައްކަތާއިގެން ކުރިއަށް ދާން ހިތްވަރު ލިބުނީ ވެސް އެހިސާބުންނެވެ.

 

މާލޭގެ މަގުތަކަށް ނަޒަރު ހިންގާލައިގެން ހުރި އައިކާ އަށް ފަހަތަށް އެނބުރެން މަޖުބޫރުވީ ފަހަތުގައި މީހަކު ނުވަތަ އެއްޗެއް ވިޔަސް ހުރިހެން ހީވުމުންނެވެ.ލައިނީ ކަމަށް ހީކޮށް ފަހަތަށް އެނބުރުނު އައިކާ ގެ މޫނުމަތިން ބިރުވެރި ކަމުގެ އަސަރު ފެނިގެން ދިޔައީ އޭނާގެ ކުރިކަނޑާލާފާއި ދިޔަ ހިޔަނި ފެނުމުން ނެވެ.މޭގައި އޮތް ހިތް މޭފަޅާފައި ނިކުންނަން އުޅޭހެން ވެސް އައިކާ އަށް ހީވަމުން ދިޔައެވެ.އެހެން ނަމަވެސް ކުރިމަތިން ފެންނަމުން ދިޔަ ހަގީގަތް އޭނާ އަށް ބަދަލު ކުރެވޭނެ ހެއްޔެވެ؟

 

އައިކާ އޭނާ އަށް ފެނުނު ހިޔަންޏަކީ ހީވި ހީވުމެއް ކަމަށް ބަލާ އެނބުރެން އުޅުނު ވަގުތު އަނެއްކާ ވެސް އެހިޔަނި އޭނާގެ ކުރި ކަނޑާލި އެވެ.މި ފަހަރު އެއީ ހީވި ހީވުމެއް ނޫން ކަން އައިކާ އަށް ޔަގީން ވިއެވެ.ގަނެފައި ހުރި ބިރާއި އެކު ހަޅޭއްލަވަން އައިކާ އަނގަ ހުޅުވާލި އެވެ.އެހެން ނަމަވެސް އޭނާގެ އެ މަސައްކަތް ބޭކާރުވީ އަނގައިން އަޑު ނުނިކުތުމުންނެވެ.ދެން އައިކާ އަަށް ވިސްނުނީ އެހެން ކަމެއް ކުރާށެވެ.ޓެރަަަސް ދޫކޮށް ދާން އައިކާ ދުއްވައި ގަތެވެ.ދުވަމުން ދިޔަ އިރު އައިކާ އަށް ދިޔައީ އިރު އިރުކޮޅާ ފަހަތަށް ބެލެމުން ނެވެ.އެކަން ވެގެން ދިޔައީ އައިކާ ގެ ދުވުން މަޑު ވަމުން ދިޔަ ސަބަބަކަށް ށެވެ.

 

ކުއްލި އަކަށް މުޅިތަން އަލިވުމާއި އެކު އައިކާ ފަހަތަށް އެނބުރި ބަލާލިއިރު ކަމަކު ދާކަށް ނެތެވެ.”ހެޕީ ބާރތްޑޭ”ޖަހާފައި ވާ ހަންތަކެއް ހިފައިގެން ނުކްޝާން އާއި އެކު މިލާން ހުއްޓެވެ.އޭރު ކަޅު ފޮތިގަނޑުން ސަލާމަތް ނުވެވިގެން ނަވްޔާ އުޅެއެވެ.ވީގޮތް އައިކާ އަށް އިނގުނީ ދެނެވެ.މޭގައި އަތް އަޅައިގެން ހުރި އައިކާގެ ހިތުގެ ތެޅުން އޭރު ވެސް ހަމައަކަށް ނޭޅެއެވެ.ނުކްޝާން އާއި ދެން ތިބި މީހުންނަށް ނަވްޔާ އުޅުނު ހާލެއް ނުފެނުނެވެ.

 

“ހެޕީ ބާރތްޑޭ އައިކާ”އެންމެން އެއް ފަހަރާ ހަޅޭއްލަވައިގަތުމުން އައިކާގެ ކަންފަތުގެ ތޫރި ފަޅައިގެން ނުދިޔާއީ ކިރިޔާ އެވެ.”ރިއަލީ ގާއީޒް.ކިރިޔާ އިނގޭ ހާޓް އެޓޭކެއް ނުޖެހުން”އައިކާ އޭނާގެ ހިތުގެ ތެޅުން ހަމަ އަކަށް އަޅުވަމުން ބުނެލީ ނުކްޝާން އާއި ދިމާލަށް ބަލައިލަމުން ނެވެ.

 

“އޭ އޭ މަގޭ ބޮލަށް ނުޖަހާ.މިހުރިހާ ކުޅިވަރެއް ރޭވީ ނާޔާ މާމަ ގަނޑު”ނުކްޝާން އޭނާގެ ބޮލުން ހުރިހާ ކަމެއް ކަޓުވާލިއެވެ.”އާނ ރޭވިކަން އިނގެއޭ.އެހެރީ އުޅޭ ހާލު”އައިކާ ކަޅު ފޮތިގަނޑުން ސަލާމަތް ނުވެވިގެން އުޅުނު ނަވްޔާ ދައްކާލިއެވެ.އެއާއި އެކު ނުކްޝާން ގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.ނަވްޔާ އޮތް ހާލަކާއިގެން ދޫކޮށްލާފައި ނުކްޝާން ގެ ކަމަކަށް އޮތީ ޕަކަ ޕަކަ ލައްވާފައި ހެއުމެވެ.ނަވްޔާ އަށް ހަމްދަރުދީ ވެގެން ނަވްޔާ އަށް އެހީތެރި ކަމުގެ އަތެއް ދިއްކޮށްލީ ހަމައެކަނި ލައިނީ އެވެ.

 

ނަވްޔާ ފޮތިގަނޑުން ސަލާމަތް ވެގެން އައުމާއި އެކު ނުކްޝާން ގެ ހުނުން އަދިވީ ބާރެވެ.ނަވްޔާގެ ނިއްކުރީގައި އިން ގޮނބި ފެނި ނުކްޝާން ގެ ލޯ ކުރިމަތީގައި ނަވްޔާ ގެ ނިއްކުރި މޭޒުގައި ޖެހުނު މަންޒަރު ސްލޯ މޯޝަންގައި ފެންނަމުން ދިޔަ އެވެ.”ހީބަލަގަދަ އަށް.މިރޭ ރަނގަޅަށް ހެއްވާލާނަމޭ”ނަވްޔާ ނުކްޝާން އާއިި ދިމާލަށް ލޯ އަޅާލިއެވެ.

 

ޑޮކްޓަރުގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް ދިރާސާ ކުރަމުން ދިޔަ އަޔާން އަށް ވެސް ޑޮކްޓަރު ދޭން އުޅޭ ހަބަރެއް ނޭނގުނެވެ.”މަރުހަބާ.ލައިކާ ބަނޑުބޮޑު.ބަނޑަށް ތިން ހަފްތާ”ޑޮކްޓަރުގެ ޖުމުލަ އިން ލައިކާގެ މޫނުމައްޗަށް ރަތް ކުލަ ފާއްދާލިއެވެ.އޭގެ ބަދަލުގައި އަޔާންގެ މޫނުމައްޗަށް ވެރިވީ ހިނިތުންވުމެކެވެ.

 

“ލައިކީ އަށް ހީވިތަ އެކަހަލަ އެއްވެސް އެއްޗެއް؟”ސައިކަލަށް އަރަމުން ލައިކާ ގާތު އަޔާން އަހާލިއެވެ.އޭރު ވެސް އަޔާންގެ އަޑުގައި ވަނީ ޖޯޝާއި ފޯރި އެވެ.”ނޯވޭ.ހިއެއް ނުވި.ހިއެެއް ނުކުރަން ޑޮކްގެ ޖަވާބަކަށް ވާނީ އެ އެކޭ”ލައިކާ އަޔާންގެ ސައިކަލު ފަހަތަށް އަރަމުން ޖަވާބު ދިނެވެ.”މަންމަ ވަރަށް އުފާވާނެ ދޯ އެކަން އިނގުނީމަ.މިއަދު ވެސް އެހި އެއްނު ލައިކީ އަށް ކިހިނެތް ހެއްޔޭ ވަނީ؟އެކަމާ ހާސްވެފަ ހުއްޓަ މިކަހަލަ ހަބަރެއް ލިބުނީމަ އުފާވާނެ އެއްނު”އަޔާން އިޝާރާތް ކުރީ ލައިޝާ އަށްށެވެ.”އަސްލު ވެސް.އެކަމު ނުކް އޯ.އޭނަ ދިމާ ކުރާނީ”ލައިކާ ވިސްނަމުން ދިޔައީ ނުކްޝާން ގެ ދިމާ ކުރުންތަކާއި މެދުގައި އެވެ.”އޯހ ކަމޯން ވިއާ މެރީޑް އޭ.ނުކް ހުރެދާނެ އެއްނު ދިމާ ކޮށް ކޮށް.އޭނަ މީހަކާއި އިންނަ ދުވަސް އެންމެ މަޖާވާނީ”ނުކްޝާން މީހަކާއި އިންނަ ދުވަހު ވެގެން ދާނެ ގޮތް ހިތަށް ގެނެއަސް އަޔާންގެ ގާތަށް ހިނި އާދައެވެ.

 

“އެހެރަ ދާ ކުއްޖާ ލައި އާ ވައްތަރު ދޯ”ކުއްލި އަކަށް އެއްލި ކަޅިން އަޔާން އަށް ފެނުނު ޒުވާނާ އާއި މެދު އަޔާން ޝައުގުވެރިވިއެވެ.”އެއްވައްތަރު މީހުން ދިރި އުޅެއޭ”ލައިކާ އެޒުވާނާ އާއި ދިމާލަށް ބަލައިލަމުން ބުނެލި އެވެ.”ބަޓް މޭބީ އެއީ ލައިކީގެ ޑޭޑް ގެ ކުއްޖަކަށް ވިއްޔާ ޑޭޑް އާ ބައްދަލު ވާނެ ދޯ”އަޔާން ލައިކާ އާއި ދިމާލަށް ބުނެލި ވާހަކަ އަކީ ތެދު ހަގީގަތްކަން ލައިކާ އަަށް އިނގޭނެ ނަމައެވެ.”ކިހިނެތް؟”ލައިކާ ވެސް ޚުދު ލައިކާ ގެ ބައްޕަ އާއި ބައްދަލު ކުރަން ބޭނުމެވެ.އެކަމަކު ކިހިނެތް ހެއްޔެވެ؟އެޒުވާނާ އަކީ ލައިކާ އާއި އެއްވެސް ގުޅުމެއް ނެތް މީހެއް ނަމަ އޭނާގެ ވަގުތު ވެސް ބޭކާރެވެ.ކުރި މަސައްކަތް ވެސް ވާނީ ބޭކާރެވެ.

 

“ސްޕައި ކުރާނީ”އަޔާން ދިނީ ރަނގަޅު ހިޔާލެކެވެ.އެހެންނަމަވެސް ދެންމެ ބުނިފަދައިން ވެއްޖެ ނަމަ ކުރާނީ ކީއްހެއްޔެވެ؟

 

ވިސްނުމުގެ ކަނޑުގައި ފީނަމުން ދިޔަ ލައިކާ އަށް ވިސްނުމުގެ ކަނޑުން ނިކުމެވުނީ ނަވްޔާމެންގެ އާއި އަރާ ހަމަވުމުންނެވެ.އެވަގުތު ވީ އަލީކާ ވެސް ގެއަށް ވަންނަން އައި ވަގުތަށް ށެވެ.”އަދި ކިރިޔާ ދޯ އާދެވޭ ކަމަށްވީ”ލައިކާ އަލީކާ އާއި ދިމާލަށް ބުނެލީ ފާޑަކަށް ދިމާ ކުރާ ކަހަލަ ރާގެއްގައި އެވެ.”ތީދެން މާ ރަނގަޅު މީހެއްތަ؟އަދި ކިރިޔާ ލައިކާ އަށް ވެސް އާދެވުނީ”އަލީކާ ގެ ރައްދާއި އެކު ލައިކާ އަށް ބަލާލެވުނީ އަޔާން އާއި ދިމާލަށް ށެވެ.ހީވީ އަޔާން ކުށްވެރި ކޮށްލި ހެންނެވެ.

 

“އެއީ ޑޮކް އަށް ދައްކަން ދިޔައީ މަ”ލައިކާ ގެ ވާހަކަ މެދު ކަނޑާލަން ޖެހުނީ ޓެރަސް އާއި އަރާ ހަމަވުމުން ނެވެ.އިތުރަށް އަލީކާ އާއި ވާހަކަ ދައްކަން ނުޖެހުން ވެގެން ދިޔައީ ލައިކާ އަށް ލެއްވި ނަސީބަކަށްށެވެ.އެހެން ނުވާންވީ ސަބަބަކާއި ނުލަ އެއް ނޫނެވެ.އެހެން ނޫން ނަމަ ލައިކާ ޖެހިނީހީ އެންމެންނަށް އޭނާ ސިއްރު ކުރަމުން ދިޔަ ވާހަކަ އަލީކާ އަށް ކިޔާދޭށެވެ.ނުވަތަ ދޮގެއް ހަދާށެވެ.

 

ޕާޓީ ފެށުމާއި އެކު ޒާރާގެ ނަޒަރު އެއް ފަހަރު ވެސް ކިޔާން އިން ކަސިޔާރުވެގެން ނުދެއެވެ.އިރުއިރު ކޮޅާ ޒާރާ ކިޔާން އާއި ދިމާލަށް ބަލަމުން ދިޔަ އިރު ކިޔާން ވެސް ދިޔައީ ޒާރާ އަށް ނޭނގޭނެހެން ޒާރާ އާއި ދިމާލަށް ބަލަމުން ނެވެ.ބައެއް ފަހަރު ދެމީހުންނަށް އޮޅިގެން އެކަކު އަނެކަކާއި ދިމާލަށް އެއް ފަހަރާ ބަލާލެވުމުގެ ސަބަބުން ހަތަރުކަޅި ބައްދަލުވެއެވެ.އެހެން ނަމަވެސް ނުވާ ކަމަށް ހެދެމުން ދެމީހުން ވެސް އެހެން ދިމާލަކަށް ނަޒަރު ހިންގާލައެވެ.

 

މި މަންޒަރު ބަލަން ހުރި ކައިޔަން އަށް ދިޔައީ އެތެރެ އެތެރެ އިން ހެވެމުންނެވެ.އޭނާ އައީ ކިޔާން އާއި ޒާރާގެ ޑްރާމާ ބަލަން ނޫން ކަމުގައިވީ ނަމަވެސް އެދެމީހުން ގެ ޑްރާމާ މަޖާ ކަމުން ކައިޔަން އަށް ނުބަލާ ހުރުން ވީ ދަތި ކަމަކަށްށެވެ.

 

“ގޯ ފޯ އިޓް ކިޔާން”ކިޔާން ގެ ގާތު އައިސް ހުއްޓެމުން މިލާން ކިޔާން ގެ ކޮނޑުގައި ޖަހާލިއެވެ.”ވަޓް އިފް ޝީ ރިޖެކްޓް މީ”ކިޔާންގެ ވާހަކަ އިން މިލާން އަށް ހީލެވުނެވެ.ކިޔާން އަަށް ހަމަ ޒާރާގެ ލޮލުން ކިޔާން އަށްޓަކައި ވާ ލޯބި ނުފެންނަނީ ހެއްޔެވެ؟ބަލާލާ ކޮންމެ މީހަކަށް ވެސް ޒާރާގެ ލޮލުން ކިޔާން އަށް ޓަކައި ވާ ލޯބި ފެންނާނެ ކަން ކަށަވަރެވެ.

 

“ޒާ ކިޔާން ރިޖެކްޓް އެއް ނުކުރާނެ.އައި ޕްރޮމިސް”މިލާން ކިޔާން އާއި ދިމާލަށް ބޯ ޖަހާލީ އެ ޔަގީންކަން ކިޔާން އަށް ދެމުން ނެވެ.”ހަމަ ދާންވީ؟”ކިޔާން އެސުވާލު ކޮށްލީ އަމިއްލަ ނަފްސާއެވެ.އޭނާ އަމިއްލަ އަށް ތައްޔާރުތޯ ވެސް ބަލަން ޖެހޭނެ ތާއެވެ.އެހެން ނަމަވެސް މިލާން ބުނުމުގެ ކުރިން އޭނާ ގެ ހިތް ޒާރާގެ ގާތަށް ދިއުމަށް އެދި ގޮވަން ފަށައިފިއެވެ.ދެން އޭނާ މަޑު ކުރަން ވޭ ހެއްްޔެވެ؟

 

ކިޔާން މަޑު ހިނގުމެއްގައި ގޮސް ޒާރާގެ ފުރަގަހުގައި މަޑުކޮށްލި އެވެ.އޭރު ޒާރާ ހުރީ ފޯނާއި ކުޅެން ކަމުން ޒާރާ އަށް ކިޔާން ގެ އެއްވެސް ކަހަލަ ހިލަމެއް ނުވިއެވެ.މަޑުމަޑުން ހުރެ ފޯނާއި ކުޅެމުން ދިޔަ ޒާރާ އަށް ހަދާނެ ގޮތަކާއި މެދު ކިޔާން ވިސްނަމުން ދިޔައެވެ.ހަމަގައިމު ވެސް ހުރެބަހައްޓާފައި ވިލް ޔޫ ބީ މައި ގާރލް ފްރެންޑް އެކޭ ނޭހޭނެ އެއްނޫން ހެއްޔެވެ؟އެންމެ ފުރަތަމަ ފަހަރު ވެސް އޭނާ އެހީ އެކަހަލަ ގޮތަކަށް ށެވެ.އެހެން ކަމުން މިފަހަރު އެހެން ހަދަން ކިޔާންގެ ހިތެއް ނުރުހުނެވެ.

 

އިރުކޮޅަކަށް ވިސްނުމަށް ފަހު ކިޔާން އެތަނުން ޖަގަކަށް ޖަހާފައި އިން ފިނިފެންމާ ތަކުގެ ތެރެއިން އެންމެ ބޮޑަށް ފޮޅިފައި އިން މާ ނެގިއެވެ.އެމާ ނެގުމަށްފަހު ކިޔާން އޭނާގެ އަމިއްލަ ނަފްސު ތައްޔާރުކޮށް ލަމުން ފުން ނޭވާ އެއްލި އެވެ.

 

ފޯނާއި ދިމާލަށް ބަލަހައްޓައިގެން ހުރި ޒާރާ އަށް ސިހުމެއް ލިބުނީ މީހަކު އޭނާގެ ހަށިގަނޑުގައި ހިފާ ޓެރަސް ގެ ވަންނަ ދޮރުގެ ކައިރީގައި ކުޑަކޮށް އަނދިރިި ކޮށް އޮތް ދިމާލަށް ގެންދިއުމުންނެވެ.އެތަނުގައި ޒާރާ ބެހެއްޓުމަށް ފަހު އެމީހަކު އެއް ފައި މައްޗަށް ތިރިވެލިތަން ޒާރާ އަށް ފެނުނެވެ.އެހެން ނަމަވެސް އެއީ ކާކުކަން ދެނެގަތުމަށް ޒާރާ ނުކުޅެދުނެވެ.”ޒާ ވިލް ޔޫ ބީ މައިން ފޯރ އެވާ”ފޮޅިފައި އިން ރަތް މަލެއް ދިއްކޮށްލައިގެން އެއްފައި މައްޗަށް ތިރިވެ އިނީ ކިޔާން ކަން އިނގުމާއި އެކު ޒާރާގެ ހިތް ހީވީ އުފަލުން ނަށަން ފެށިހެންނެވެ.ލިބިފައިވާ އުފާވެރި ކަމާއި އެކު ޒާރާ އަށް ހިނދުކޮޅަކަށް ހުއްޓުމެއް އައެވެ.އިރުކޮޅަކަށް އެހެން ހުރުމަށްފަހު ޒާރާ ކިޔާން ދިއްކޮށްލައިގެން ހުރި މަލުގައި ހިފާލިއެވެ.ޒާރާ އަށް ކިޔާން ގެ ޖުމުލަ ތަކަށް އާނއެކޭ ބުނެވުނީ ކިހާ ވަރަކަށް ކަމެއް ޚުދު ޒާރާ އަކަށް ވެސް ނޭނގުނެވެ.ތިން ހަތަރު ފަހަރަށް ޒާރާ ބޯ ޖަހާލިއެވެ.ކިޔާން ރީތިކޮށް ކޮޅަށް ތެދުވުމާއި އެކު ޒާރާ ކިޔާން ގެ ގައިގައި ބައްދާލިއެވެ.އޭރު ޒާރާގެ ދެލޮލުން އުފާވެރި ކަމުގެ ކަރުނަ ފައިބަމުން ދިޔައެވެ.

 

ކިޔާން ގެ ހަށިގަނޑުގައި ބައްދާލައިގެން ހުރެ ޒާރާ ރޮމުން ދިޔައިރު ކިޔާން ދިޔައީ ޒާރާގެ ބޮލުގައި މަޑުމަޑުން ފިރުމަމުންނެވެ.އަހަރުތަކެއްގެ އިންތިޒާރަށް ފަހު ޒާރާ އަށް އޭނާގެ ލޯބިލިބުމުން ޒާރާގެ ލޮލުން ކަރުނަ ހުސްނުވެއެވެ.”ލުކް ޒާ.ސްމައިލް.ކިޔާން ޒާ އަށް ޕްރޮޕޯޒް ކުރީ ޒާ ރޮއްވާކަށް ނޫނޭ”ޒާރާގެ ލޮލުން ކަރުނަތައް ލޯއްބާއި އެކު ފޮހެ ދެމުން ކިޔާން ބުނެލިއެވެ.”އެއީ ހެޕީ ޓިއާޒް އޭ”ޒާރާ ވެސް އޭނާގެ ލޮލުން އައިސްފައި ހުރި ކަރުނަތައް ފުހެލިއެވެ.”ނައިން ތާރޓީގަ މީޓް ކުރަން ވާނެ އިނގޭ.މިހާރު ހިނގާ ދާން އައިކާ ގެ ޕާޓީ އަށް.ކޭކުފަޅަން އެ އުޅެނީ”ކިޔާން ޒާރާގެ އަތުގައި ހިފައިގެން ހުރެ ކުރިން ތިބި ދިމާލަށް ދާން ހިނގައިގަތެވެ.

 

ޒާރާ އާއި ކިޔާން ގެ ހުރިހާ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ހުރި ލައިނީ ގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރު ތަކެއް ފެންނާކަށް ނެތެވެ.ހިނިތުންވުމެއް ނުވަތަ ހިތާމަ ވެރިކަން ވެރިވެފައިވާ މޫނެއް ނޫނެވެ.އެހެން ނަމަވެސް ލައިނީ ދިޔައީ ވިސްނުމުގެ ކަނޑަށް ޣަރަގު ވަމުންނެވެ.ކުއްލި އަކަށް ރަޔާން އަށް އައި ބަދަލުވެގެން ދިޔައީ ލައިނީގެ ހިތަށް ކުޅަދާނަ ވެގެން ނުވާ ކަހަލަ ކަމަކަށްށެވެ.އެންމެ ތިން ވަރަކަށް ގަޑި އިރަށް ރަޔާން އޭނާ އެހާ ދުރުކޮށްލުމުން ލައިނީ ގެ ހިތަށް ކެތްނުވާ އިރު އަދި ރަޔާން މުޅި އުމުރަށް ރަޔާންގެ ހަޔާތުން ލައިނީ ބޭރު ކޮށްލައިފި ނަމަ ލައިނީ އަަށް ވާނީ ކިހިނެތް ހެއްޔެވެ؟

 

ލައިނީ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ރަޔާން ގެ މޫނުމަތިން ފެންނަމުން ދިޔައީ ވޭނާއި ހިތްދަތި ކަމެވެ.ހަދާނެ ގޮތެއް ނޭނގިފައި އިން ރަޔާން ގެ ސިކުނޑި އާއި ހިތް އެއް ފަހަރު ވެސް އެއްކޮޅަކަށް އެރުންވީ ނުވާނެ ކަމަކަށްށެވެ.އެންމެ ފަހުން ކެތް ނުވާ ވަރު ވުމުން ރަޔާން ގޮތް ނިންމި އެވެ.

 

ލައިނީ އާއި ދިމާލަށް ހަލުވި ފިޔަވަޅުތަކެއްގައި ދިޔަ ރަޔާން ލައިނީގެ ގާތު މަޑު ކޮށްލުމާއި އެކު ލައިނީގެ މޫނަށް ދިރުން ގެނެސް ދިނެވެ.އެހެން ނަމަވެސް ލައިނީ ގެ މޫނަށް ބެލުމެއްނެތި ރަޔާން އޭނާ ބުނަން އުޅުނު ޖުމުލަތައް ބޭރު ކޮށްލިއެވެ.”ލައިނީ ވީ ނީޑް ޓު ޓޯކް.މިރޭ ނުވަ ގަޑި ބަޔަށް އާޓިފިޝަލް ބީޗުން ބައްދަލު ކުރާނަން”ރަޔާން ގެ ވާހަކަ ކޮޅު ކުރުވެފައި ސާފެވެ.އެއް ފަހަރު ނަމަވެސް ރަޔާން ލައިނީ އާއި ދިމާލަށް ބަލަން ބޭނުން ނުވީ އޭނާގެ ނިންމުން ބަދަލު ވެދާނެ ތީއެވެ.އޭނާގެ ނިންމުން ބަދަލު ކުރާކަށް ރަޔާންގެ ހިތަކަށް އެއް ގޮތަކަށް ވެސް ނައެވެ.

 

ކޭކު ފަޅަން ހުރި އައިކާ ގެ ގާތުގައި ހުރި ލައިނީ އާއި ރަޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ ފޭކް ހިނިތުންވުމެކެވެ.އެއާއި ޚިލާފަށް މިއަދު ޒާރާ އާއި ކިޔާން ހީވަނީ އެދެމީހުންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބިގެން އުޅޭހެންނެވެ.މިއީ ދުނިޔޭގެ އާދަ އެވެ.ހުރިހާ އެންމެންނަކަށް އަބަދަކު އުފާވެރި ކަމެއް ނުލިބޭނެއެވެ.

 

ކޭކު ފަޅާ ނިމުމާއި އެކު އެންމެ ފުރަތަމަވެސް ދުރަށް ޖެހިލީ ރަޔާން އާއި ލައިނީ އެވެ.އެންމެންގެ ކައިރީގައި ތިބުމަށް އެ ދެމީހުން ނުކުޅެދުނެވެ.ވަގުތާއި ހާލަތު ހުރި ގޮތުން ލައިނީ ހުރީ ވަރަށް އަަވަހަށް އެކަނިވެލާށެވެ.

 

ޖީބަށް އަތް ޖަހައިގެން ހުރެ މާލޭގެ މަގުތަކުގައި ހިނގަމުން ދިޔަ އާޔަން ގެ ސަމާލުކަން ހުއްޓިފައި ވަނީ އޭނާގެ ފޯނަށްށެވެ.ޕީޗް ކުލައިގެ ޓީޝާޓަކާއި އެކު ކަޅު ކުލައިގެ ސޯޓެއް ލައިގެން ހުރި އާޔަން އަށް އެތައް ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ.އެހެން ނަމަވެސް މީން ކަމަކަށް ސަމާލުކަން ދެވޭ ވަރަށް ވުރެ އޭނާގެ ފޯނުން އެބަ ލަމުން ގެންދާ އެއްޗެއް އާޔަން އަަށް މުހިއްމެވެ.”ހްމްމްމް ތި ތަންކޮޅެއް ބަލައިގެން އުޅެ ބަލަ”އާޔަން އަަށް އިސްއުފުލާ ބަލާލެވުނީ އިވުނު އަޑެއްގެ ސަބަބުންނެވެ.”އެއްކަލަ އިންސި ދޯ މީ”ހިތާ ހިތުން އާޔަން އަށް ބުނެލެވުނީ ކުރިމަތީގައި ހުރި ރައިނާ ފެނުމުން ނެވެ.”އަންހެނާ އާ ކީއްތަ މަ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިއަސް”އާޔަން އައި ރުޅިން ރައިނާ ހުރި ތަނުގައި ރައިނާ ބަހައްޓާފައި އަވަސް ހިނގުމެއްގައި ރައިނާގެ ކުރިމަތިން ދުރަށް ދާން ހިނގައި ގަތެވެ.އެހެން ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟އޭނާގެ ނަސީބު މިއަދު އޭނާ އާއި ދުރުގައި އުޅޭ ދުވަހެކެވެ.ދުވެފައި ދިއުމުގެ ސަބަބުން އޭނާ ލައިގަތީ ކުޑަކުއްޖެއްގެ ގައިގައި އެވެ.އޭރު އޭނާ އަަށް ރައިނާ އާއި މާ ދުރަކަށް ނުދެވުނެވެ.ހުރެވުނީ ހަތަރު ވަރަކަށް ފޫޓު ދުރުގައި އެވެ.އެރުނީ އެކުއްޖާ ގެ ފަޔަށް ކަމުން އެކުއްޖާ ތަދުވެގެން ރޮއެ ގަތެވެ.

 

“ޒާ”ދުވެފައި އައި ރައިނާ ބާރަކަށް ގޮވައިލިއެވެ.ރައިނާ އައިސް ތުއްތު ތުއްތު ޒާރާ އުރާލިއެވެ.އޭރު ވެސް އާޔަން އަަށް ހުރެވުނީ ޒާރާ އާއި ދިމާލަށް ބަލާށެވެ.އޭނާ އަަށް ޒާރާ ރޮއެ ރޮއެ އޮށްވާ ދާކަށެއް ނުކެރުނެވެ.ޒާރާ ހަމައަކަށް އެޅެން ދެން އާޔަން ރައިނާގެ ގާތު ހުއްޓެވެ.”ސޮރީ އިނގޭ ބޭބެ ގަސްތަކު އެއް ނޫން”ޒާރާ އޭނާގެ ރުއިން ހުއްޓާލުމާއި އެކު އާޔަން ބުނެލި އެވެ.”ސޮރީ އެކްސެޕްޓް ކުރާނީ ލޮލީޕޮޕް އެއް ދިނީމަ”ކުޑަ އެއް ކަމަކު ޒާރާގެ ވިސްނުން ވެސް ރަނގަޅެވެ.އެންމެ ފަހުން އާޔަން އަށް ޖެހުނީ ރައިނާ އާއި ޒާރާ ގޮވައިގެން ފިހާރަ އަކަށް ދާށެވެ.އިރު އިރު ކޮޅާ އެކަމާ ހެދި ވެސް އާޔަން ދިޔައީ ރައިނާ އަށް ލޯ އަޅަމުންނެވެ.

 

އައިކާގެ ޕާޓީ ނިމުނީ އެއް ބައެއްގެ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެމުންނެވެ.އަދި އަނެއް ބައެއްގެ ހިތްތަކަށް ހިތާމަ އާއި ކަންބޮޑުވުން ގެނެސްދެމުންނެވެ.

 

އައިކާގެ ޕާޓީ ނިމުމާއި އެކު އަލީކް އެންމެ ސިކުންތަކަށް ވެސް ނަވްޔާމެންގެ އަކު މަޑެއް ނުކުރި އެވެ.ސައިކަލަށް އަރާ އަލީކް ދުއްވާލީ “ވައިޓް ރޯސް ރެސްޓޯރެންޓް”އާއި ދިމާލަށް ށެވެ.ކުރެވެން މި އުޅެނީ ރަނގަޅު ކަމެއް ތޯ އަލީކް އަަށް ދިޔައީ ހިތާ ހިތުން ސުވާލު ކުރެވެމުންނެވެ.ރެސްޓޯރެންޓް އަށް ވަންނަން ދަމުން ވެސް އަލީކް އަށް އޭނާގެ ނިންމުން ޔަގީނެއް ނުކުރެވުނެވެ.

 

ވައިޓް ރޯސް ރެސްޓޯރެންޓް ގެ ބީޗާ ވީ ފަޅި އަށް އަލީކް ނިކުމެ ލިއެވެ.ހުރިހާ ކަމެއް ރަނގަޅުތޯ ބަލަމުން ދިޔަ އަލީކް މަޑުމަޑުން ބޯ ޖަހާލިއެވެ.އެންމެ ފަހު ފަހަރަށް ކުރެވެން އުޅޭ ކަންތަކާ މެދު އަލީކް އޭނާގެ ހިތާ ސުވާލު ކޮށްލިއެވެ.”ނޯ އަލީކް ނޯ.އަމިއްލަ ހިތާ އެއްބައި ވެ ފައިހާ ދޫކޮށްލައިފި ނަމަ އައިކާ އެއް ވަކި ނުލިބޭނެ.ކުރިން ނުލިބުނު އެއްޗެއް ވަކި ފަހުން ލިބޭނެ ތަ؟”އޭނާގެ ހިތަށް ބަރޯސާވެ ފައިހާ ދޫނުކޮށްލުމަށް އޭނާގެ ސިކުނޑި ދިޔައީ އޭނާ އަށް އިންޒާރު ދެމުންނެވެ.

 

ހުރިހާ ކަމެއް އޭނާ ބޭނުންވި ގޮތަށް ހުރުމުން އަލީކް ފައިޓް ރޯސް ރެސްޓޯރެންޓް ދޫކޮށް ފައިހާ މެންގެ އާއި ދިމާލަށް ދާން މިސްރާބުޖެހިއެވެ.ކޮންމެ ގޮތެއް ވިޔަސް ފައިހާ އޭނާގެ އިންތިޒާރުގައި މިހާރު ހުންނާނެއެވެ.

 

ޕިންކްގާރޑެން ގެ އާއި އަރާ ހަމަވުމާއި އެކު އަލީކް އޭނާގެ ސައިކަލު މަޑުކޮށްލިއެވެ.އޭރު ފައިހާ ގޭގެ ދޮރު ކައިރީގައި އަލީކްގެ އިންތިޒާރުގައި އިނެވެ.ރަތް ކުލައިގެ އަތްދިގު ގަމީހާއި އެކު ކަޅު ކުލައިގެ ޖިންސެއްްގައި ހުރި ފައިހާ ހޫރު ޕަރީ އަކަށް ވެސް ދޫނުކުރާނެ ކަން ގައިމެވެ.ކަޅުކުލައިގެ ބުޅި އިސްތަށިގަނޑު ވަޔާ ވިހުރެމުން ދޫކޮށްލާފައި ވާ އިރު ފައިހާގެ ލޮލުގައި ވަނީ އާދަޔާޚިލާފު ޖާދޫ އެކެވެ.އެ ޖާދޫ ގައި އެތައް ފިރިހެން ކުދިންނެއް ޖެހިފައި ވާ އިރު އެ ޖާދުލުގައި އަލީކް ހިނދުކޮޅަކަށް ވެސް ޖެހިގެން ނުދެއެވެ.

 

“ވަރަށް ލޯބި ފައި ތިގޮތަށް ހެދުން ލީމަ”އަލީކް އޭނާގެ ހިތާއި ދެކޮޅަށް ހަނގުރާމަ ކުރަމުން ބުނެލިއެވެ.”ތެންކްސް.އެލް ވެސް ވަރަށް ރީތި މިރޭ”ފައިހާ އަލީކްގެ ބުރަކަށީގައި މޫނު ޖައްސާލަމުން ބުނެލިއެވެ.އެއާއި އެކު އަލީކްގެ ލުއި ހުނުމުގެ އަޑު ފައިހާ އަށް އިވުނެވެ.”އެލް ވަރަށް ގޯސް”އަލީކްގެ ގައިގައި ބޮނޑި އެއް އަޅަމުން ފައިހާ އެހެން ބުނެލުމާއި އެކު އަލީކް ސައިކަލު ސްޓާޓް ކޮށްލިއެވެ.

 

ވައިޓް ރޯސް ރެސްޓޯރެންޓް އަށް ވަދެގެން އައި އަލީކް ފައިހާ އަށް ރަތް ކުލައިގެ ފޮތިކޮޅެއް ދިއްކޮށްލިއެވެ.”ތީތި ލޮލުގައި އައްސަ ބަލަ”އަލީކްގެ ޖުމުލަ އާއި އެކު ވާނުވާގައި ހުރެ ފައިހާ ލޮލުގައި އެ ރަތް ކުލައިގެ ފޮތިކޮޅު އެއްސިއެވެ.”ލޯ ނުހުޅުވާތި އިނގޭ”އަލީކް ފައިހާ އަށް އަމުއްރެއް ކޮށްލަމުން ފައިހާގެ އަތުގައި ހިފާ ކުރި އަށް ދާން ފެށިއެވެ.އެއާއި އެކު ފައިހާ އަށް އަޑު އިވެންފެށީ ލޯބީގެ މަޑުމަޑު މިއުޒިކީ ރާގު ކޮޅެކެވެ.ވާނުވާގައި ހުރި ފައިހާ އަށް އަލީކް އޭނާ ގެންދިޔައީ ކޮންތާކަށް ކަމެއް ވެސް ނޭނގުނެވެ.އެހެން ނަމަވެސް އަލީކް އަަށް ކުރާ އިތުބާރެއްގެ ސަބަބުން އެއްޗެކޭ ނުބުނެ ފައިހާ ހުއްޓެވެ.

 

“އޯކޭ ފައިި އޮތިކޮޅު ނަގާ”އަލީކް ގެ އެދުމާއި އެކު ފައިހާ އޭނާގެ ލޮލުން ފޮތިކޮޅު ނެގިއެވެ.އޭނާ އަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.ފައިހާ އަށް ހުރެވުނީ ފިނިފެންމަލުގެ ފިޔަތަކުން ހަދާފައި ވާ ހިތެއްގެ މެދުގައި އެވެ.ކުރިމަތީގައި އަލީކް އެއް ފައި މައްޗަށް ތިރިވެ އިނެވެ.”ފައި ވިލް ޔޫ މެރީ މީ”ރަތް ކުލައިގެ މަހުމާ ފޮއްޓެއް ހުޅުވަމުން އަލީކް އަލިމަސް ޖާހާފައިވާ ރިހި އަނގޮޓި އެއް ދިއްކޮށްލިއެވެ.ފައިހާ ބޯ ޖަހާލުމާއި އެކު އެކީގައި ހެން އަލީކްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.ފައިހާގެ ކަށިއިނގިލީގައި އަލީކް އަނގޮޓި އަޅުވާދެމުން ފައިހާގެ އަތަށް ބޮސް ދިނެވެ.

 

އާޓިފިޝަލް ބީޗުގައި ހިނގަމުން ދިޔަ ޒާރާ އާއި ކިޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ.އެކި ވާހަކަ ވާހަކަ ދައްކަމުން ދިޔަ އިރު އެ ދެލޯބިވެރިން ގެ ހިތަށް ވަނީ ބަޔާން ކުރަން ދަތި އުފާވެރި ކަމެއް ލިބިފައި އެވެ.”ކޮން އިރަކުން ދެން މެރީ ކުރާނީ؟”ޒާރާގެ އެސުވާާލާއި އެކު ކިޔާން ލާނެތް ކަމާއި އެކު ޒާރާ އާއި ދިމާލަށް ބަލައިލި އެވެ.”އެހާ އަވަހަށް ތި ވިސްނީ އެކަން ކުރަން”ކިޔާންގެ އެޖުމުލަ އާއި އެކު ޒާރާގެ މުޅި މޫނަށް އެކީ ރަތް ކުލަ އަރައިގެން ދިޔައެވެ.”ނޯވޭ.އަހާލީ ދޯ”ޒާރާ އޭނާގެ ލަދުވެތިކަން ފޮރުވުމަށްޓަކައި ބުނެލިއެވެ.”އޯހ އައި ސީ.ފުރަތަމަ ޒީކް ކައިރީ ބުނޭ މެރީ ކުރާށޭ އޭގެ ފަހުން އެއްނު ޒާ އަށް މެރީ ކުރެވޭނީ”ކިޔާން އެއްލޯ މަރައިލިއެވެ.

 

“ކިޔާންްންން”ކިޔާން އޭނާ ލަދުގަންނަ ވަރަށް އޭނާގެ މޫނާއި ދިމާލަށް ބަލަން ފެށުމުން ޒާރާ ކިޔާން އަށް ގޮވާލައެވެ.”ކީކޭ”ކިޔާން އަަށް ވީގޮތް އިނގުނު ނަމަވެސް ޒާރާ ލަދުގަންނަވާލަން ބުނެލިއެވެ.”ހަމަ ނޭނގިގެން ތަ ތި ސުވާލު ކުރާނީ؟”ޒާރާ އަހާލިއެވެ.”ހަމަ ނޭނގެނީ  މި އެހީ.އިނގޭނަމަ އަހާނެ ތަ؟”ކިޔާން ބޭނުންވީ ޒާރާގެ ދުލުން އެހެން ބުނާ އަޑު އަހާށެވެ.”އޯކޭ އެހެންވިއްޔާ ނެވާ މައިންޑް”ޒާރާ އެވާހަކަ ހިންދާލިއެވެ.

 

“ކިތައް ކުދިން ޒާ ބޭނުމީ”ކިޔާން ދެން ފެށި ވާހަކަ އަކުން ޒާރާ އިތުރަށް ލަދުގަތުން ނޫން ކަމެއް ނުވިއެވެ.”ވިހި ކިހިނެތް ވަނީ”އަނގަ ހަދާލަމުން ޒާރާ ބުނެލިއެވެ.”އޯކޭ ވިހި ދޯ”ކިޔާން ޒާރާ އާއި ދިމާލަށް އެއް ލޯ މަރާލިއެވެ.”ވަރެއްގެ ފިރިހެނެއްދޯ މީ”ޒާރާ ކިޔާން ގެ ލޮލުގައި އަތް އަޅަމުން ބުނެލި އެވެ.”ހްމްމްމް ވަރެއްގެ ފޮރިހެނެކޭ މީ”ކިޔާން ޒާރާގެ އަތް އޭނާގެ މޫނުން ދުރަށް ލާން މަސައްކަތް ކުރަމުން ބުނެލިއެވެ.

 

ކިޔާން ގެ ލޮލުގައި އަތް އަޅައިގެން ހުރި ޒާރާ ކިޔާން އާއި މަޑުމަޑުން ގާތްވެލިއެވެ.ކިޔާން އަށް އޭނާގެ ނޭވާ އިހުސާސްވާހާ ގަާތް ވުމަށް ފަހު ކިޔާންގެ ކޯތާފަތަށް ބޮސް ދެމުން ޒާރާ ކިޔާން އާއި ދުރަށް ދުއްވައިގަތެވެ.ކިޔާން ޒާރާ ގެ ފަހަތުން ދުއްވައި ގަތީ ޒާރާ އަތުލުމަށް ޓަކައި އެވެ.މިއަދު އެދެ ލޯބިވެރިންގެ ހަޔާތުގެ އެތައްހާސް ހިތާމަ އަކަށް ފަހު އުފާވެރިކަން ލިބުމުން އެދެޒުވާނުން ވެސް ދިޔައީ އެކަމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަމުންނެވެ.

 

އާޓިފިޝަލް ބީޗުގެ ބެންޗެއްގައި އިށީންދެލައިގެން އިން ލައިނީ އިނީ ރަޔާން ގެ އިންތިޒާރުގައި އެވެ.ލައިނީގެ މޫނުމަތިން ފެންނަމުން ދިޔަ ހިތާމައިގެ އަސަރަކީ ލައިނީ އާއި ދިމާލަށް ބަލައިލާ މީހަކަށް ވެސް އޭގެން އަސަރު ކުރާނެ ފަދަ އެއްްޗެކެވެ.ލައިނީ ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއް އައީ ރަޔާން އައިސް ބެންޗުގެ އަނެއް ފަރާތުގައި އިށީނުމުންނެވެ.ރަޔާން ވާހަކަ ފަށާނެ އިރެއްގެ އިންތިޒާރުގައި އިން ލައިނީ ގެ ދެއަތް ދިޔައީ މޮޑެވެމުންނެވެ.

 

“ލައިނީ އައި ރިއަލީ ވޯންޓް ޓު ޓެލް ޔޫ ދިސް”ރަޔާން އެހެން ބުނެލަމުން ލައިނީގެ މޫނާއި ދިމާއަށް ބަލައިލައެވެ.ލައިނީ ވެސް އެވަގުތު އިނީ ރަޔާން އާއި ދިމާލަށް ބަލަހައްޓައިގެން ކަމުން ދެމީހުންގެ ހަތަރު ކަޅި ހަމަވި އެވެ.”ލައިނީ ވީ އާރ ޑަން”ލައިނީ އާއި ހަތަރު ކަޅި ހަމަކޮށް ލަމުން ރަޔާން އެހެން ބުނެލީ ލައިނީ އަށް އޭނާގެ ހިތުގައި އެއްވެސް ކަހަލަ އިހުސާސެއް ނެތް ކަން ދައްކާލުމަށް ށެވެ.

 

“ނޯ ރަޔާން.ލައި އަށް ޔަގީން މީހަކު ރަޔާން އަށް މަޖުބޫރު ކުރާތީ ކަން ރަޔާން ތިހެން ތިބުނީ”އިރުކޮޅެއް ގެ ހަމަހިމޭން ކަމަަށް ފަހު ލައިނީ ރަޔާން ގެ އަތުގައި ހިފަމުން ބުނެލިއެވެ.”އައި އޭމް ސޮރީ ލައި”ރަޔާންގެ އަޑު ނުކުތީ ކެނޑި ކެނޑިގެންނެވެ.ލައިނީގެ އާދޭހާއި އެކު ލައިނީގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަށް ފެނުމާއި އެކު ރަޔާން އެހެން ބުނެލިއެވެ.”އައި އޭމް ރިއަލީ ސޮރީ”ރަޔާން ލައިނީގެ ހަށިގަނޑުގައި އޮޅުލައިގަތީ ދުވަހަކު ވެސް ދޫކުރަން ބޭނުން ނުވާ ފަދަ ގޮތަކަށް ށެވެ.

 

އެވަގުތު ކޮޅު ދެމިގެން ދިޔައީ ދެ މިނެޓަަށްށެވެ.ރަޔާން ލައިނީ ދުރު ކޮށްލިއެވެ.އެހެން ނަމަވެސް އެދެމިނަޓަކީ ދެމިހުންގެ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި އަދި އެންމެ ހިތްދަތި ވަގުތަށް ވެ ނިމިއްޖެއެވެ.ރަޔާން ދާން ކޮޅަށް ތެދުވަމުން ލައިނީގެ އަތް ހުޅުވާލިއެވެ.ލައިނީ އަތަށް ރަޔާން ލައިދިނީ ލައިނީ ރަޔާންގެ އެންމެ ފަހު އުފަން ދުވަހަށް ލައިނީ ދިން ކަޅު ކުލައިގެ ރޮލެކްސް ގަޑި އެވެ.

 

އެންމެ ސިކުންތަކަށް ވެސް މަޑު ކުރުމެއް ނެތި ރަޔާން ލައިނީ އަށް ފަސް އެނބުރި ދިޔަ މަންޒަރު ބަލަން ހުރި ލައިނީގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.އެދެލޮލުން ފެންނަމުން ދިޔައީ ވޭނާއި ހިތްދަތި ކަމެވެ.

 

ނުނިމޭ

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ދުވެފާ އައި ކުއްޖާ (4 ވަނަ ބާ)

Next

ލޯބިން ބަލާލީމާ 17

Next
September 26, 2024

ލޯބިން ބަލާލީމާ 17

Previews
September 26, 2024

ދުވެފާ އައި ކުއްޖާ (4 ވަނަ ބާ)

21 Comments!

  1. Nauu says:
    September 26, 2024 at 2:33 pm

    Hey manje Ganda mi bai vx varah varah reethi…
    Rayaan mamma rayaan hoadhadhiny lainy dhw 🤣
    Manjey dhn in bai kn irakun…

    1. Laura says:
      September 26, 2024 at 9:02 pm

      Lai kanneynge dho nau…

    2. Rauha says:
      September 28, 2024 at 9:57 pm

      Lai ah nuvejjeyya roanan ingey…🥺

    3. RIFSHA says:
      September 30, 2024 at 11:05 am

      Hmm dhen thanks manjey.ey next part submit kuranney mi ulheni

  2. shimmer says:
    September 26, 2024 at 2:51 pm

    finalyyyyyyyyyyyyyyyyyyyyyyyyyyyyyyy……………….not only kiyaan and zaa but i ge ves haadha dhigu intizaareh ge nimumey mee………yayyyyyyy…..i am soooooooooooooooo happpppyyyyyyyy…but rayaan and lai ah ehen nahadha bala plsssssssss…..i hate when lovers have to suffer with no mistakes ………and aleek and aika gulhuvabala…….aleek is wrong …….plsssss eena ah hama visnumeh dheeba avas rahumatheh ga ……..anyway loved this part ……….curiously waiting for the next part …………………..

    1. RIFSHA says:
      September 30, 2024 at 11:07 am

      Hehe thanks ingey shimmer.for ur lovely comment…next part submit kuran mi ulheni.aslu ehenve ingey mi site elhuvy…
      Dhen lainy and rayaan ge kulhi gandu balamaa dho

  3. Laura says:
    September 26, 2024 at 9:01 pm

    Hey rifoo
    Mi ee haadha dhigu inthizaareh ge nimumey ehen kudhin bunaa hen ingey buneveyny.
    Alhey zaa and kiyaan ge bai vrh romantic majaa kamei e kiyaan haadha majaley.🤣🤣alhe dhen nukshaan ge naayaa fureythagandah e varu nubaalaa.lau haadha dhera vejje ey lol 😂😆
    Lai and rayaan ah ehen nahadhaa heyo nuvaane.vrh dhera vejje lai and rayaan ge bai kiyaafa.zaa and kiyaan ah veehen eh vx noon veekee.dhe myhun ekaku anekaku dheke loabi and dhuru vaan beynun nuvaa iru dhuru vaan jeheny.lau ah kiriyaa nuroveny.meenee karuna kolhu hifa hattaigen.pls pls e dhekudhin dhuru nukurey.
    BTW kihinei term test rifoo??
    Reply dhehchey ingey mi comment ah.beynun rifoo ge reply balaa lan hehe 😆.
    And kon irakun next?lau meenee next part kiyaalaa hithun.mi vaahaka ehkoh kiyaalan libeyne nama…I really love this story.mee mihaaru lau ah enme reethi story Masha Allah

    1. RIFSHA says:
      September 30, 2024 at 11:11 am

      Thanks lau next part submit kohlan mi ulheni.
      Term test hama rangalhu.
      Eii naayaa fureythagandu amilla ah kuri kamekey
      Hey Lau maybe hama lai and rayaan nugulhi vx dhaane dho vaahaka nimumu ge kurin.i mean maybe vedhaane ehnoon heyyey lai and rayaan noon kamah rifoo plan koffa iny.
      Next part submit kuran ney mi ulheni.i think mihen mihaaru lau ge reply ga dhe faharah liye vijje…hey aslu vaahaka ehkoh kiyaalan libidhaane ekam dhuvas naagane dho.
      By the way.monday and Thursday ga ingey kiyaalan libeyny

  4. Cutie girl says:
    September 26, 2024 at 10:42 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Zaa and kiyaan marry kuruvaa avahah
    Zeek and mish ves
    Mi part kiyaafa rovijje
    Linee and rayaan dhuru nukurachey
    They all are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you rifoo ❤️😍

  5. gurrrrl says:
    September 27, 2024 at 12:43 pm

    mi part ves vrh nice …… ekm haadha lahakuney thi up kuranii part thah……..n yes finally zaa n kiyaan. vrh dhigu inthizaarehge nimumeh knmeyakas.. laii aa rayaan ah ehn nuhadhaa…rovihje mi part kiyaafa.n aleek aa aika ves gulhuvaidhecheh aleek vrh bodu mistake eh hadhanii e ehn nuhadhaa… btw when next part .curiously waiting for next… keep it up.. love yuu author 😍

  6. Aareyemesey says:
    September 27, 2024 at 1:40 pm

    Haai rifoo..love this part.. finally zaa kiyaan gulhuneema I’m so happy🥹..ekm laii and rayaan ah v gothakun dhw alheyyyy😭..aleek ah aika ves gulhuvahchey avahah..can’t wait..dhn zeek and mish ves ingey….nuk and aleeka dhw dhn innaanee?…and ofc I have to say mihaaru kaiyaan vrh cool👍.. alheyy this is my fav story mihaaru..whn next part??ehaa las nukurahchey ingey i just cant waitttt!!😁😆

  7. Hama anhen kujjjei says:
    September 27, 2024 at 7:19 pm

    Heyyy rifoo..mee haadha dhigu inthizaareh ge nimumey…Yess aslu vess kiyaan and zaa gulhunyma varah ufaa vefa ey mi hury…lai and rayaan ah thi hen hadhaa thee varah dhera vey eba 🥺…mi part kiyaafa aslu vess hama rovijje…this is the bestest story mihaaru kiyaaan….mish and zeek ge fight eh beynunnn….and mi part kiyaafa rovijjeyy…happy tears and dhen sad 😭….kon irakun next part rifoo???plss maa dhigu inthizaareh kuran nujahaahchey…Love you.. your my favourite author ❤️

    1. Rauha says:
      September 28, 2024 at 9:56 pm

      Rau ves beynun e dhekudhin ge fight eh eyrun thankolhei majaa vaanee

  8. Aareyemesey says:
    September 28, 2024 at 7:41 pm

    And mi Bai dhigu v ma vrh salhi..hama best👍🏻..next part ves migothah dhigu koh liyahcheyy🙂

    1. Rauha says:
      September 28, 2024 at 9:56 pm

      Your right ingey

  9. Rauha says:
    September 28, 2024 at 9:55 pm

    Heyy rifoo…
    Sorry ingey lahun comment kohlevuneema.aslu rashah gossii gen ulheythee ingey…
    Anyway story varah reethi Masha Allah…hama rovijje aleek haadha bodu mistake ekey e hedhy.lai and rayaan ves.heyo nuvaane lai ah thihen nahadhaa…
    Kon irakun next part kiyaalan libeynee??
    Can’t wait for the next part ingeyyy
    Love you rifoo 💕

  10. Shimmer says:
    September 30, 2024 at 11:02 am

    I also want zeek and mush ge fight eh …vvv majaa vaane zeek kahala basmadhu meeheh ge fight eh….but I didn’t mean serious fight ekey😜…..
    Alhe nuk ah ves ladeh dheeba ….eyna raki kohlaba….evarah meehun aa dhimaa kuranyyaa jeheyne eh nu return gift eh ves onnan….😂
    Vv avahah next part kiyaalan libeyne kamah expect kuran
    Aslu kurin ves innaane cmt eh koh fa but then huri cmt thah fenunee ma hama nuhurevuny😂

    1. RIFSHA says:
      September 30, 2024 at 11:04 am

      Hehe labba rifoo ah fenun…next part submit kuran ney mi ulheni hehe

  11. Nishva says:
    October 1, 2024 at 6:00 am

    Kobaa Rifoo next part?

    1. RIFSHA says:
      October 1, 2024 at 6:53 am

      Submitted…

  12. RIFSHA says:
    October 1, 2024 at 7:06 am

    Hello everyone!!!
    Rifoo mi comment kohlani mi kudhinah kamei angaalu mahtakai ingey…
    1.Rifoo ah ehbai kudhin ge comment ah reply nudhevi hurevey dho.ekam eii rifoo maa buxy v ma vaa goi ingey.eheves kujjei eheves ehchei hee nukurahchey baeh faharu ehen vaathy.konme kujjaku vx comment kuraa gady reply nudhunas Rifoo konme dhuvahaku vaahaka ah libifa hunna comment thah kiyaalan…
    2.Rifoo story submit kohlaifin.story ge konme part eh vx 8 min ah dhigu kurevey tho rifoo mi balany.rifoo konme hafthaa aku dhe dhuvahu submit kurevey tho mi balani.konme hafthaa ehge Monday and Thursday ga.mi dhe dhuvahu submit kohlaa part ge dhigu minah vaany 8 min.ehen nama vx eh hafthaa ge monday ah submit nukurevijjeyyaa next part Thursday ga submit kuraa iru innaany 16 min.because rifoo mi balani konme hafthaa aku vx vaahaka ge 16 min emme madhu vegen kiyun therinnah kiyaalan dheyn…
    3.Rifoo ge vaahaka kurin genes dhevey hen nugenes dheveny phone ga vaahaka liyaathy mihaaru.baeh faharu health problems thakaa vx hedhi.public veema konkahala health problems thakeh kan nubunevidhaane.ekam bunelaanan only fever eh nooney.hama health problems thah hurey rifoo ge…
    Next part submitted ingey guys hope you guys like next part too
    Love you everyone ❤️

Comments are closed.



All Right Reserved!