ސްޓްރޭންޖާރ ..ދި ލަވް އައި ލޮސްޓް ފޯރ މައިސެލްފް .. ބަޓް ނެވަރ ޑައި އިން މައި ޝޯލް….
ގަަޑިން 00:00 ވުމާއި އެކު ފުންނޭވާއެއް ލައި އަހަރެން ބަލައިލީ ފޯނުން އައި އެލާރޓަށެވެ. ހެޕިބާރތް ޑޭ ބެސްޓް ފުރެންޑް ( ސުޓްރޭންޖަރ) ފޯނަން އައި އެލާރޓަކީ އަހަންނާއި އަހަރެންގެ ހިތަށް އެތަށް ވޭނެއް ދޭ ފޮނި ހިތި ހަނދާނެކެވެ.. މާޒީގެ ތެރެއަށއ ގެއްލެން ބޭނުން ނުވިޔަސް އެދުވަސް އަލުން އިޔާދަ ވާން ހިތް އެދުނެވެ. ޢޭރު އަހަރެން އުދުހުނީ މިނިވަން ކޮކާލެއް ފަދައިން ދުނިޔޭގެ އުފާތަކާއި ރީތިކަން ދެކުމަށެވެ. ޢެދުވަހު އަހަރެން ގެ ލޮލުގައި އަޅައިގަތް އެންމެ ލޯބި އެންމެ ރީތި އެންމެ ޕާރފެކްޓް އެންމެ ފޮނި ފިނި އެއްޗަކަށް ވީ ތިޔަ ލޯބިވާބެސްޓީގެ ފުރަތަމަ ފެނިލުމެވެ. ޙާއްސައެވެ. ޥަރަށް ވެސް ހާއްސަ އެވެ. ޙަމަ ދީވާނަ ވެފަވާ ދެ ލޯބިވެރިންގެ ހުވަފެނީ ވާހަކަތަކެއް ފަދައިންނެވެ… ޢެހެނަސް.. މިއަދު…
ކަލާގެ އުމުރުން 36 އަހަރު ވީ އުފަންދުވަސް އަހަރެން މި ފާހަގަ ކުރަނީ ކަލާއާއި ނުލާ އެކަނިއެވެ. ތަގުދީރު ބަދަލުވީއެވެ. ތަދުބީރު އަހަރެެމެން ދުރުކުރުވީއެވެ. ޙިތާ ފުރަނާއިން ވި އެލޯބި ފަސޭހަ ނުވާނެ ޒަހަމަކަށް ހަދާލީ އެވެ.ކަލާ އާއި ވަކިން އުޅެ 20 އަހަރު ހޭދަވީ އިރު އެޒަހަމުން ކޮންމެ ދުވަހަކު އަހަރެންގެ ހިތުގައި ވޭން އަޅަމުން ދެއެވެ. ކަލާތީ އަހަރެންގެ ކުޑަ ދުވަހުގެ މިތުރެވެ. ޢެކުވެރިޔާއެވެ. ލޯތްބާއި އުފާދިން ބައިވެރިޔާއެވެ. .. އަހަރެމެން އެއްތަން ވުމުން އޭރު މުޅި ދުނިޔެވެސް އުފަލުން ނަށައެވެ. ޥޭނެއް ހިތާމައެއް ނުދަންނަ ބައެއް ފަދައިންނެވެ.. އެހެނަސް ކީއްކުރާނީ މިއަދު ލޯ ކުރިމަތިން ފެނުނަސް ބީހިލާނެ ހުއްދައެއް ނެތެވެ. އިސްއުފުލާ ތިލޮލަށް ބަލާލަން ބޭނުން ވިއަސް އެންމެ ނަޒަރަކުން އަހަރެންގެ ނޭވާ ހުއްޓިގެންދާނެއެވެ. ލޯބީވާއެވެ. މާފް ކުރާށެވެ. .
ޙެލޯ … ނަތާ ..އާދެބަލަ ތިރިއަށް.. .. ރިންގުވަމުން ދިއަ ފޯނު ކަންފަތު ގައި ޖަހާލުމުން އެކުވެރި އާޝާ އެދުނީ ބޭރަށް ނުކުމެދޭށެވެ. ލޮލުގައިވި ކަރުނަތައް ފޮހެލުމަށް ފަހު އާއެކޭ ބުނެ އަހަރެން ބޭރަށްދާން ހިނގައިގަތީ ސިކުނޑިއަށް ލިބިފައި ހުރި ބުރަ ފުހެލުމަށްޓަކައެވެ….
ޙާދަ ނެގިމަޑުވެފަ ތިހިރީ ކިހިނެއްވީ mihaaru?؟؟؟” ޢަހަރެން ބޭރަށް ނުކުމެ އާޝާ އާއި އަރާ ހަމަކުރުން އޭނަ އަހަރެން ނަށް ބަލާލި ފުންނަޒަރުން އަހަރެންގެ ހުރިހާ ހަގީގަތެއް ބޭޒާރު ވެއްޖެއެވެ. ޢަހަންނަށް އާޝާގެ ގައިގާ އޮޅުލައިގަނެވުނީ ބޭއިހްތިޔާރުގައި އޮހެން ފެށި ކަރުނަތަކަށް ލުއެއް ހޯދަ ދިނުމަށެވެ. ” ޢޭނަ އެެއިނީ ކެފޭގެ ތެރޭގަ ބަލާލަބަލަ ނިކަން ގޮސް އެތަން ” ކުރިމަތި ހުރި ކެފޭ އަކަށް އިނގިލި ދިއްކޮށްލާ އާޝާ އެ ދިނީ މިވަގުތު އަހަރެންގެ ވޭނަށް އޮތް ހަމަ އެކަނި ފަރުވާއެވެ . ޢެކަމަކު އޭނަ އާއި އަހަރެން ކުރިމަތި ލާނީ ކިހިނެއް ހެއްޔެވެ.ކެތްތެރިކަމުގެ އިމެއް ނެތި ތެޅެމުން ދާ ހިތް ކިޔަމަން ކުރާނީ އަމުދުން ކިހިނެއް ހެއްޔެވެ… ކުރިމަތީ އެވަނީ ހިތާ ފުރާނާ އަހަރެންވި ތެދުވެރި ލޯބީގެ ސޫރައެވެ. ޙިތް އެދި ރޮމުން މިދަނީ އެ ލޮތްބަށެވެ.. އާއެކެވެ. ޢެހެރަ ކެފޭން ނުކުމެ ބޭރަށް އެ ފިޔަވަޅު އަޅާލީ އަހަރެންގެ ޒޭން އެވެ. …….
2 Comments!
Comments are closed.

Wowwwww…
Vv reethi
Mi part vx v Reethi masha allah
Curiously waiting for next part
Keep it up