Skip to content
އެސްފިޔަ

އިންސާނެކީމޭ……(1)

އަހަރެންގެވެސް އޮންނަނީ ހިިތެއް ނޫންހެއްޔެވެ. ވޭން ވެސް އަޅާނެނޫން ހެއްޔެވެ. ދެރަވެސް ވާނެއެއް ނޫން ހެއްޔެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އެއީ އަހަރެންގެ މާޒީއެވެ. އަހެރެންގެ ހަޔާތުން ފޮހެލުމަށް ނުހަނު މަސައްކަތް ކުރާ ނަމަވެސް ފޮހެ ނުލެވުނު ދުވަސްތަކަކީވެސް އެއެވެ.

އެއީ މީގެ އަހަރެއްހާ ދުވަސް ކުރިއެވެ. އަހަރެން މަސައްކަތް ކުރަމުންދާ އޮފީހަކީ ސައުވީސްގަޑިއިރު ހިދުމަތްދޭ އޮފީހެކެވެ. މަސައްކަތްތައް ހުންނަގޮތުން ދުވާލުގެ ހަތަރުދަމާއި ރޭގަނޑުގަޑީގައި މަސައްކަތްކުރަން ޖެހުމަކީ ކޮންމެ މުއައްޒަފެއް ވެސް ކުރަންޖެހޭ ކަމެކެވެ. އަދާކުރަންޖެހޭ ޒިންމާތަކާއި ކުރަމުންދާ މަސައްކަތުގެ ގޮތުން އޮފީހުގައި އެންމެގިނަވަގުތު ހޭދަކުރަންޖެހޭ މީހުންގެ ތެރޭގައި އަހަރެން ވެސް ހިމެނެއެވެ.

އޮފީހުގެ މަސައްކަތުގެ ތެރެއިން ލިބޭ ހުސްވަގުތުތައް ފުރާލުމަށް އަހަރެން އާންމުކޮށް ކުރާކަމަކީ ރައްޓެހިންނާއެކު އަނގަތެޅުމެވެ.މީހުންގެ ނެތި ނުބައި ވާހަކަ ދެއްކުމެވެ. މިކަމުގެ ސަބަބުން އަހަރެންގެ މަސައްކަތްތައް ގަޑިއަށް ނުނިމި އޮފީހުގައި މަޑުކުރަން ޖެހެނީ ވެސް މަދެއްކޮށެއް ނޫނެވެ. އެހެނަސް އެކަމަކާ އަހަރެން ހާހެއް ނުވެއެވެ. ގަޑިއަށް މަސައްކަތްތައް ނުނިމުނަސް މީހެއްގެ ބޮލުން މަސް ކޮޅެއް ކާލެވޭތޯ އަހަރެންނާއި އަހަރެންގެ ރައްޓެހިން ބަލަމެވެ.  އެއީ ބަރާބަރަށް ކުރިޔަށް ގެންދަންޖެހޭނެކަމުގައި އަބަދުވެސް އަހަރެންގެ ހިތް ބުނެއެވެ. ނަމަވެސް އެއީ ކޮންފަދަ ނުބައި ކަމެއްކަން އަހަރެންނަށް ނޭނގޭ ފަދައެވެ. އޮފީހާއި ދާދި ފަހަކުން އަލަށް ކުއްޖަކު ގުޅުނެވެ. އޭނާގެ ނަމަކީ ވިޔާމެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަހަރެންނާއި ވިޔާމްގެ ދެމެދު ގުޅުމެއް އޮންނަ ވާހަކައަކީ ތުންތުން މަތިން އަޑުއިވޭ ވާހަކަތަކެކެވެ. މުޅި އަކުން ދޮގެކޭވެސް ނުބުނެވޭނެއެވެ.އަހަރެންނާއި ވިޔާމްގެ ގުޅުން ބަދަހި ވަމުން ދިޔައި ނުހަނު  އަވަހަށްށެވެ. އަހަރެންގެ މިޒާޖުގެ ސަބަބުން ކަމުގައި ވެސް ވެދާނެއެވެ. ކޮންމެ އަކަސް އަހަރެންނާއި ވިޔާމްގެ ބަދަލުވުންތަށް އިތުރުވާން ފަށައިފިއެވެ. ކެއުންތަކުންނާއި ކޮފީތަކުން ބަދަލުވުންތައް އިތުރުވާން ފަށައިފިއެވެ. ފުރަތަމަ މި ބަދަލުވުން ތަކަކީ އެއް އޮފީހެއްގެ އެއް ޑިޕާޓްމެންޓެއްގައި މަސައްކަތް ކުރަމުންދާ ދެ މީހުންގެ ހައިސިއްޔަތުން ކުރިއަށް ދިޔަ ބައްދަލުވުންތަކެކެވެ.

ދުވަސްތައް ހަފްތާތަކަށް ހަފްތާތައް މަސްތަކަށް ބަދަލުވަމުން ގޮސް އަހަރެންނާއި ވިޔާމް ބަދަލުކުރަމުންދާތާ އަހަރަކާއި ގާތްވެފައި ވަނިކޮއް އަހަރެންގެ ހިތުގައި ވިޔާމްގެ މައްޗަށް އިތުރު ވިންދެއްޖަހާ ކަމުގެ އިޙްސާސް އަހަރެންނަށް ކުރެވެން ފަށައިފިއެވެ. އަހަރެންގެ ހިތުގައި ވިޔާމުގެ މައްޗަށް ލޯބި އުފެދެން  ފަށައިފި ކަމުގެ އިޙްސާސް އަހަރެންނަށް ވާން ފަށައިފިއެވެ. ވިޔާމުގެ ކޮންމެ އަމަލެއް ކަމުދާން ފަށައިފިއެވެ. ވިޔާމުގެ ހިނިތުންވުނަކީ އަހަރެން ހިތުގެ ފިނިކަން ނަމުގައި ވާނޮފަށައިފިއެވެ. ނަމަވެސް މި ގުޅުމަށް ދެން ވާނީ ކިހިނެއްބާއެވެ.އަހަރެންގެ އުންމީދު ތަކުގައި  ކުލަގެހޭނެ ބާއެވެ؟ ވިޔާމް އަހަރެންނާމެދު ދެކެނީ ކިހިނެތްބާއެވެ؟ ހަތަހާވެސް އަހަރެންގެ ހިތުގައި އުފެދިފައިވާހާ  ސުވާލުތަކެވެ؟…………

(ނުނިމޭ)

ނޯޓް؛ މިއީ އަޅުނގަޑުގެ ފުރަތަމަ ވާހަކައެވެ.އެހެންކަމުން ކިޔުންތެރިންގެ ހިޔާލު ކޮމެޓްގެ ގޮތުގައި ހިއްސާ ކޮށްލަ ދިނުމަކީ އަޅުގަނޑުގެ އެދުމެކެވެ.

Comments (2)

  1. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    Dhen vaani khineh baa
    I appreciate your hard work
    You’re my fav author
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. Aniki
      Cutie girl

      AWN…Thanks…lets keep reading to see what heppens next dhw inashaallah miyah vure dhigukoh upload kohdhevwy thw balaanan mi weekendga…..thankyou for the love and support….

Comments are closed.