ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…49
ކައިޔަން އޭނ ހަމަ އަސްލު ހެއްޔޭ ބުނެލި އަޑު ލައިނީގެ ކަންފަތުގައި ޖެހުމުން ޒާރާ ފެނުނިއްޔޭ ވެސް ހިތަށް އެރިއެވެ.އެހެން ކަމުން ލައިނީ ކައިޔަން ދައްކަމުން ދިޔަ ވާހަކަ އަށް ކަންފަތް ލައިގެން ހުރީ އިތުރު ތަފްސީލު ލިބޭތޯ އެވެ.އިތުރު ތަފްސީލު ހޯދަން ކައިޔަން ގެ ވާހަކަ އަޑު އަހަން ހުރި ލައިނީ އަށް ކައިޔަން ބުނެލި ވާހަކަ އިން ސިހުން ލިބުނެވެ.
*************************
“ހުރި ތަނެއް ނުބުނާނަން ޒާރާ ތި ހޯދަނީ ކީއްވެ ކަން ބުނީމަ ނޫނިއްޔާ”އާޔަން ބުނެލީ ވަރުގަދަ އަޒުމެއްގައި ހުރެ އެވެ.އާޔަންގެ ވާހަކައިން ކައިޔަން އަށް މާޔޫސްކަމެއް ލިބުނީ އާޔަން އަކީ ބުނާ ބަހުގައި ހިފަހައްޓާ މީހަކަށް ވުމުންނެވެ.އެއް ގޮތަކަށް ވެސް މިވަގުތު އާޔަން އަށް އެއްވެސް ވާހަކައެއް ކިޔާދޭ ހިޔާލެއް ކައިޔަން ގެ އެއް ނެތެވެ.ހަގީގަތަށް ބުނަންޏާ މިވަގުތު އެހުރިހާ ހާސަރެއް ދަމާނެހާ ވަގުތެއް ވެސް ނެތެވެ.
“ޕްލީސް.ދެން އާޔަން.އެއީ ވަރަށް ދިގު ވާހަކަ އެކޭ.އެހެން ނޫނަސް ދޮންބެ ބޭނުން ވެގެނެއް ނޫނޭ ހޯދަން މި އުޅެނީ.ލައި ވެސް އެބަ އުޅޭ ޒާ ނުފެނިގެން ހާސް ވެގެން.އަޅެ ދެން ލައިނީ އަށްޓަކައި މިވަރުގެ ކަމެއް ހަމަ އާޔަން އަކަށް ނުކުރެވޭނެތަ؟”ކައިޔަން ބުނެލީ ލައިނީ ހުރީ އޭނާގެ ވާހަކަ އަޑު އަހަން ކަން ނޭނގި ހުރެއެވެ.
“ލައި އައްޓަކަ އޭ.މިމީހުންނަަށް ކިހިނެތް ލައި އިނގުނީ.އެނެއްކާ ފާރަލާ މީހުންތަކެއް ނޫން ބާ؟”ލައިނީ ހިތާ ހިތުން އެހެން ބުނެލި އިރު ހިތުގައި ބިރުވެރި ކަމެއް ވެސް އުފެދުނެވެ.ނޫނެކެވެ.ފާރަލާ ބައެއް ނޫނެވެ.އޭނާ އާއި ކޮންމެވެސް ގުޅުމެއް ހުރި ބަޔަކީ އެވެ.ލަައިނީގެ ހިތް ވަގުތުން ލައިނީ އާއި ދެކޮޅު ހެދި އެވެ.
“އޯކޭ އޯކޭ.އާޔަން މިހުރީ އާޓިފިޝަލް ބީޗުގަ”ބުނަން ބޭނުންވި އެއްޗެއް ބުނެ ނިމުމުން އާޔަން ފޯނުކަނޑާލީ އިތުރު ވާހަކަ އެއް ދައްކަން ބޭނުން ނުވުމުންނެވެ.
ފޯނު ކަންފަތުން ދުރުކޮށްލަމުން ކައިޔަން ނުކްޝާންމެންނާއި ދިމާލަށް ބަލައިލީ އެވާހަކަ ބުނުމުގެ ގޮތުންނެވެ.ނަމަވެސް އޭރު ނުކްޝާން އާއި ނަވްޔާ ފެންނަން ވެސް ނެތެވެ.”ޒާ ފެނިއްޖެ ޔޯ.އާޓިފިޝަލް ބީޗުގަ އޯ ޒާރާ އެހުރީ”ކައިޔަން ޒީކާން ގާތު ބުނެލީ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުންނެވެ.ބަދަލުގައި ޒީކާން ހިނިތުންވެލީ އިތުރު ގޮތެއް ނެތުމުން ތޯ އެއްްޗެކެވެ.
ޒާރާ އާއި ވާހަކަ ދައްކަން ހުރި ރައިނާ އަށް އާޓިފިޝަލް ބީޗަށް ވަން ޒުވާނާ ފެނުމުން އެއީ އޭނާ ދަންނަ މީހެއް ހެން ހީވާން ފެށި އެވެ.”އެއީ ކާކުތަ؟ރައި ހާދަ ދަންނަ މީހެއް ހެން ހީވެއޭ”ރައިނާ އެޒުވާނާ އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ސުވާލުކޮށްލީ ޒާރާއާ އެވެ.”ނޭނގޭ.ރައި ދަންނަންޏާ އިނގޭނީ ރައި އަަށް ދޯ”ޒާރާ ދެކޮނޑު އަރުވާލީ އޭނާ އަކަށް ހަމަ އެއް ގޮތަކަށް ވެސް ނޭނގެ އޭ ބުނުމުގެ ގޮތުންނެވެ.”އާނ އިނގިއްޖެ އެއީ ކާކުކަން.އެބަ އަންނަން ބޮނޑި އެއް ބާލާފަ”ރައިނާ އަތުގައި އޮތް ފެންފުޅި އަށް ބަލާލަމުން އެޒުވާނާ ހުރި ދިމާލަށް ހިނގައިގަތް މަންޒަރު ފެނި ޒާރާ އަށް ދެފަރާތަށް ބޯ ހޫރުވާލެވުނެވެ.
އާޔަން މަޑު ހިނގުމެއްގައި އަންގައިން ރާގު އަޅުވަމުން ދިޔަ އާޔަން ދިޔައީ ފުން ވިސްނުމެއްގައި ހުރެއެވެ.ޒާރާ ހޯދަން ކައިޔަން އޭނާ އަށް ގުޅީ ކީއްކުރަން ހެއްޔެވެ؟ދުވަހަކު ވެސް އޭނާ އާއި އޭނާގެ މަންމަ އާ ބައްދަލު ވެދާނެ ހެއްޔެވެ؟ލައިނީ އަށް އޭނާ އަކީ ކާކު ކަން އިނގޭނެ ހެއްޔެވެ؟ވިސްނުމެއްގައި ހުރެ ހިނގާފައި ދިޔަ ކައިޔަން އަށް ހުއްޓެން މަޖުބޫރުވީ މީހަކު އޭނާގެ ގަޔަށް ފެން އެއްޗެއް އެޅުމުންނެވެ.
“ރިއަލީ”ފަހަތަށް އެނބުރިލަމުން އާޔަން އޭނާގެ ފަހަތުގައި ހުރި އަންހެން ކުއްޖާ އަށް ނުރުހުމުގެ ނަޒަރެއް ދިނީ އޭނާގެ ޓީޝާޓުގެ ބޮޑު ބަޔެއް ތެންމާލުމުންނެވެ.”ސޮރީ.އެހެން މީހެއް ކަމަށް ހީކޮށް”އެ އަންހެންކުއްޖާ އެހެން ބުނުމުން އާޔަން ގެ ގާތަށް އައީ އަމަށަކު ރުޅި އެއް ނޫނެވެ.އެހެން މީހެއް ކަމަށް ހީކޮށް އޭނާ ގަޔަށް ފެނެއް ނޫނެެވެ.މިއަންހެން ކުއްޖާ ދެން އޭނާގެ ގަޔަށް ޖަހާނީ އަލިފާނެވެ.
“ދެން ސޮރީ އޭ ބުނީމަ މަގޭ ޓީޝާޓުން ފެން ހީކޭތަ ވަގުތުން”އާޔަން ރައިނާ އާއި ދިމާލަށް ބުނެލީ ރުޅި އައިސް ރަތްވެފައި ހުރެއެވެ.”ރޫޑް”ހިތާ ހިތުން ރައިނާ އަށް އެހެން ބުނެވުނީ އާޔަން އޭނާ އަށް ހުރިހާ ރުޅި އެއް ބާލާތީ އެވެ.މީހަކަށް ދެން އެވަރުގެ ކަމެއް އޮޅިގެން ކުރެވިދާނެ ތާ އެވެ.އެދެން އެހާ ބޮޑު ކަމެއް ހެއްޔެވެ؟
“ފެން ނުހިކުނަސް ސޮރީ އޭ ބުނެވިދާނެ ދޯ.ފެން ހިކޭތީތަ ހަމައެކަނި ސޮރީ އޭ ބުނެވެނީ”ރައިނާ އާޔަން އާއި ދިމާލަށް ލޯ އަޅާލީ އާޔަން އިތުރަށް ރުޅި އަރުވާލުމުގެ ގޮތުންނެވެ.ރައިނާ އެޒުވާނާ ރުޅި އައިސްފައި ހުރި ގޮތް މަޖާ ވުމުން ހަމަ އިތުރަށް ރުޅި އަރުވާލާ ހިތް ވިއެވެ.”މާދަމާ ނޭނގެ އަލިފާން ޖަހާފަ ނޫން ކަމެއް ތިހެން ބުނާނީ.ރަނގަޅު މަގޭ ގައި އަންދާ ނުފައިފިއްޔާ”އާޔަން ރައިނާ އާއި ފަސް އެނބުރި ދާން ހިނގައިގަތީ ރައިނާ އަށް އިތުރު ހިތްވަރެއް ދެމުންނެވެ.
“މާދަން ވެސް ތީނަ އާ ދިމާވޭތޯ އަހަރެން ދުޢާ ކުރާނަން”އާޔަން ފަސް އެނބުރި ދާން ފެށުމުން ރައިނާ ބޭނުންވީ އެނުދަންނަ ޒުވާނާ ބަތް ތެއްޔެއް ހެން ކައްކާލާށެވެ.” މަށާ ހެޔޮ ކޮންމެހެން ދުޢާ ނުކުރިއަސް.މަ ދުޢާ ކުރާނަން ތި އަންހެނާއާ ދިމާ ނުވޭތޯ”ފާޑަކަށް އަނގަ ހަދާލަމުން އާޔަން އެހެން ބުނެލުމުން ރައިނާ ގާތަށް އައީ ލާނެތް ހިންޏެކެވެ.އެމީހަކު ބޭނުންވާ ކަންތައް ވުމުން އުފާ ނުވާނީ ކާކު ހެއްޔެވެ؟
ލައިނީ އާއި ޒީކާން އާޓިފިޝަލް ބީޗަށް ވަންނަމުން އެކި ދިމަ ދިމާލަށް ނަޒަރު ހިންގަމުން ދިޔައީ ޒާރާ ފެނޭތޯ އެވެ.ލައިނީ އެއްލި ކަޅި އަކުން އާޔަން ފެނުމާއި އެކު އޭނާ ކުރަން އައި ކަންތަކުގެ މަތިން ވެސް ހަނދާން ނެތުނީ އާޔަން އާއި ވާހަކަ ދެއްކުމުގެ ޝައުގުވެރިކަން ހިތުގައި އުފެދުމުން ނެވެ.އޭނާގެ ހިތް އާޔަން އާއި އޭނާ އާއި ކޮންމެވެސް ގުޅުމެއް ވާ ކަމަަށް ކެނޑި ނޭޅި ބުނަމުން އެބަ ދެއެވެ.
އާޓިފިޝަލް ބީޗުން ނިކުންނަން ދިޔަ އާޔަން ގެ ކުރިމައްޗަށް ލައިނީ އެރީ އާޔަން ހުއްޓުވުމުގެ ގޮތުން ނެވެ.އާޔަން ގެ ނަމެއް ވެސް އިނގެނީ އެއް ނޫން ވިއްޔާ އެވެ.ދެން ހެދެން އޮތް ގޮތަކީ އެއީ އެވެ.
ލައިނީ އައިސް ކުރިމައްޗަށް އެރުމުން އާގަމު ވެފައި ބަލަން ހުރި އާޔަން އާއި ލައިނީ ވާހަކަ ދައްކަން ފެށީ އެއްވެސް ޖެހިލުމެއްނެތި އެވެ.”އައިމް ލައިނީ.އެންޑް ހޫ އާރ ޔޫ”ލައިނީގެ ވާހަކަ އިން އާޔަން އަށް ދޭހަ ކޮށްދިނީ އެންމެ ކަމެކެވެ.ލައިނީ އެހާ ކެރިލާފައި އޭނާގެ ކުރިމައްޗަށް އެރީީ އެ ލައިނީ އަށް އާޔަން އަކީ ލައިނީ އާއި ގުޅުން ހުރި މީހެއްހެން ލައިނީ އަށް ހީވާން ފެށުމުން ކަމެވެ.
“އާޔަން”އާޔަން ހަމައެކަނި އޭނާގެ ނަން ބުނުމުން ފުއްދާލީއެވެ.”ލައިނީ އާ އާޔަން އާ ގުޅުމެއް ވާހެން ލައިނީ އަށް ހީވަނީ”ލައިނީ ޖެހިލުމެއްނެތި ބުނެލީ އާޔަން ގެ ފަރާތުން އޭނާ އަށް ރައްކާތެރިކަމުގެ އިހުސާސްތަކެއް ކުރެވުމުންނެވެ.”ތި ބުނީ ކޮން ކަހަލަ؟”އާޔަން ނޭނގެ ކަމަށް ހެދިލަމުން ބުނެލީ ލައިނީ އަމިއްލަ އަށް ލައިނީ ގެ ހީވުން ބުނޭތޯ އެވެ.”އައި މީން ކަޒިންސް އެގޮތަށް.ބަލާބަ ލައިނީ އެންޑް އާޔަން ވައްތަރެއް ނޫންތަ؟”ލައިނީ އޭނާގެ މޫނަށް އިޝާރާތް ކުރަމުން އާޔަންގެ މޫނާއި ދިމާއަށް ބަލައިލީ މިއީ ދޮގެއް ހެއްޔޭ އަހާލާ ފަދަ ގޮތަކަށް ށެވެ.”އާޔަން އަަށް ވެސް ހީވަނީ.އެކަމު ލައިނީ އަށް ލައިނީގެ މަންމަ އެއް ކަޒިންސް އެއް ނުކިޔާދޭތަ؟”އާޔަން ނުވާ ކަމަށް ހެދިލަމުން ބުނެލި އެވެ.
“އަމްމް ޔެއާ”ނުދަންނަ މީހަކަށް މިހުރިހާ ވާހަކަ އެއް ކިޔާ ދޭން ވާނެތޯ ލައިނީގެ ހިތް ލައިނީ އާއި ސުވާލުކޮށްލިއެވެ.އެހެންނަމަވެސް އާޔަން އާއި އޭނާ އާއި ކޮންމެވެސް ގުޅުމެއް އޮންނަ ކަން އޭނާ އަށް ޔަގީނެވެ.އެހެން ކަމުން އާޔަން ގާތު ބުނުމަކީ މައްސަލަ އެއްވެސް ނޫން ތާ އެވެ.
ޒީކާން އައިސް ޒާރާގެ ގާތުގައި ހުއްޓިލުމުން ޒާރާ ޒީކާން އާއި ދިމާލަށް ބަލައިލީ ސިހުން އެކުލެވިގެންވާ މީހަކާއި ގެންނެވެ.އެހެން ނުވާންވީ ސަބަބަކާއި ނުލަ އެއް ނޫނެވެ.ޒީކާން އޭނާ ހޯދަމުން މިހާ ހިސާބަށް އައުމުން ސިހޭނެ އެއް ނޫން ހެއްޔެވެ؟އައިކާގެ ޕާޓީގެ މަތިން ވެސް ޒާރާ ހަނދާންވީ އެވަގުތެވެ.އޭނާ އާޓިފިޝަލް ބީޗަށް އައި ސަބަބު ވެސް ޒާރާ ގެ ހަނދާނަށް އަންނަން ފެށިއެވެ.
މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރި ކޮއްލައިގެން ހުރި ރައިނާ އަށް ޒާރާމެން ތިބި ހިސާބަށް އާދެވުނީ އެވަގުތު އެވެ.”ދަނީ”ރައިނާ އައިސް ޒާރާމެން ތިބި ހިސާބަށް އަރާ ހަމަވުމާއި އެކު ޒާރާ ދާން ހިނގައިގަތީ ޒީކާން ދާން ހިނގައިގަތުމާއި އެކު ގައި އެވެ.”ދައްތީ އަދި އަންނައްޗެ އިނގޭ އެއްފަހަރު”އަތުން އެންމެ އިނގިއްޔެއް ދައްކާލަމުން ތުއްތު އަޑަކުން މާޝާގެ ގާތުގައި ހުރި ޒާރާ (ރާއިލް އާއި މާޝާގެ ދަރިފުޅު)ބުނެލީ ޒީކާންގެ ފަހަތުން ހިނގާފައި ދިޔަ ޒާރާގެ ގާތުގައި އެވެ.”ލައްބަ އަދި އެއް ފަހަރު ދައްތި އަންނާނަން އިނގޭ”ޒާރާ އަތުން ޓާޓާ އޭ ކިޔާލަމުން ދުވެފައި ޒީކާން އާއި އެއްވަރު ކުރަން ދިޔަ އެވެ.
މާލޭގެ މަގުތައް ކުޑަ ކޮށްފައި ސައިކަލު ދުއްވަމުން ދިޔަ ނުކްޝާން އާއި ނަވްޔާ އަށް އެންމެ ތަނަކުން ވެސް ޒާރާގެ ހިލަމެއް ނުވިއެވެ.ޒާރާ ދާނެހެން ހީވާ ހުރިހާ ތަނެއް ބަލާ ނިމުން އިރު ވެސް ދެމީހުންގެ ލޮލު ކޮޅަށް ވެސް ޒާރާ ފެނުނު ކަމަކަށް ނުވި އެވެ.އެހެން ނުވާންވީ ސަބަބެއް ނެތި އެއް ނޫނެވެ.އާޓިފިޝަލް ބީޗުގައި ހުރި މީހަކު މުޅި މާލެ ކުޑަ ކުރިއަސް ފެންނާނެ ހެއްޔެވެ؟
ކާރުގެ ފަހަތު ސީޓަށް އަރާ ހަމަ ޖެހިލި ޒާރާ އޭނާ އައުމުގެ ކުރިން ވެސް ކާރުގައި އިން އައިކާ އަށް ފުރިހަމަ ސަމާލުކަމެއް ދެވޭ ގޮތެއް ނުވީ މީގެ ކުރިން ހިނގާ ދިޔަ ކޮންމެ ކަމެއް ސްލޯ މޯޝަންގައި އޭނާގެ ލޯ ކުރިމަތީގައި ސިފަވާން ފެށުމުން ނެވެ.
އޭނާ އަކީ ހާދަ ނުބައި މީހެކެވެ.ލޯބިވާ މީހަކަށް ވެސް އިތުބާރު ކުރަން ނޭނގޭ މީހެކޭ ކިޔާން ގެ ހިތަށް އަރާނެތާ އެވެ. އެއް ފަހަރު ނަމަވެސް ކިޔާން ދެއްކި ވާހަކަ އަޑު އެހުނު ނަމައެވެ.ޝަހްނާ އުޅެނީ އޭނާ އާއި ކިޔާން އާއި ދުރުކުރުން ކަން އިނގޭ އިރު ވެސް ޝަހްނާ ޖެހި ދަންތުރައިގައި ނުޖެހުނު ނަމައެވެ.ހައްތަހާ ވެސް ޒާރާގެ ހިތަށް އަރާ ފައިބަމުން ދިޔަ އެއްޗިއްްސެވެ.
ހިތުގައި ޖެހިފައި އިންލެއް ބޮޑު ކަމުން ޒާރާ އިސްއުފުލާ ބަލާވެސް ނުލިއެވެ.ކައިޔަންގެ ފަރާތުން މާ ބޮޑު އެއްޗެއް ނޭނގުނެއް ކަމަކު ޒަރާ އިން ގޮތުން ޒާރާގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކޮށްފައި ހުރިކަން އައިކާ އަށް ވެސް ނަގައިގަނެވުމާއި އެކު އައިކާ އިސްކުރީ މަޑުމައިތިރި ކަމެވެ.
ޒާރާގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކެއް އަތްތިލައިގައި ޖެހެމުން ދިޔަ އިރު އިރު އިރު ކޮޅާ ޒާރާ ނޭފަތް ދަމާލާ އަޑު ވަނީ ކާރުގެ ހަމަހިމޭންކަން ނަގާލާފައިއެވެ.ޒާރާ ގެއާއި ހިސާބަށް ދެވެން ދެން އެ ހަމަހިމޭންކަމުގައި އިން އިރު އެއްވެސް މީހަކު ޒާރާ އާއި ވާހަކަ ދައްކަން ވެސް މަސައްކަތެއް ނުކުރެއެވެ.
ޒީކާން ކާރު ގޭގެ ދޮރުމައްޗަށް މަޑުކޮށްލުމާއެކު ސިކުންތުކޮޅެއް ވެސް ކާރުގައި މަޑު ނުކޮށް ކާރުން ނުކުމެގެން ޒާރާ ގެއަށް ވަންނަން ދިޔަ މަންޒަރު ބަލަން ހުރި އައިކާ އާއި ޒީކާންގެ މޫނުމަތިން ފެންނަނީ ބަޔާން ކުރަން ދަތި އަސަރުތަކެކެވެ.
“ލައިނީ ބަހައްޓާފަ އެއްނު މި އާދެވުނީ”ލައިނީ ނެތް ކަން ގެ ވެސް އައިކާ އަށް އިނގުނީ ޒީކާން އައިކާ އައިކާމެންގެ އަށް ލުމަށްޓަކައި ކާރު ދުއްވާލުމުންނެވެ.ޒާރާ ގެ ހާލަތާއި މެދު ކަންބޮޑުވެފައި އިން ވަރުން ދެމީހުން ވެސް ލައިނީގެ މަތިން އެއް ގޮތަކަށް ވެސް ހަނދާންނެއް ނެތެވެ.
“ސޯ އާޔަން އައި ތިންކް އިނގޭ ލައިނީ އެންޑް އާޔަން މީ ދެ ކަޒިން އޭ”ލައިނީގެ ވާހަކައިން އާޔަންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.”ޔެސް އާޔަން އަަށް ވެސް ހީވަނީ.ޔޫ ކޭން ކޯލް މީ ތުއްތު އިނގޭ”އާޔަން ހިނިތުންވެލަމުން ބުނެލި އެވެ.ހަގީގަތުގައި ވެސް އާޔަން އަކީ ލައިނީގެ ތުއްތުތާއެވެ.އެއީ އެންމެންނަށް ފޮރުވި ފަރުދާ ވެފައި ވާ ސިއްރެއް ކަމަކު ލޭގެ ގުޅުމަކަށް ބަދަލެއް ނާންނާނެތާ އެވެ.
“އޯކޭ ފައިން ތުއްތޫ”ތުންކޮޅު އޫ ކޮށްލަމުން ލައިނީ އާޔަން އާއި ދިމާ ކޮށްލީ އާޔަން އަކީ އޭނާގެ ހަމަ ހަގީގަތުގައިވެސް ތުއްތުކަން ނޭނގި ހުރެއެވެ.”މިހާރު ބަންގި ގޮވަން ކަންނޭނގެ އެ އުޅެނީ.ލައިނީ މިދަނީ ދާން ގެއަށް”ލައިނީ ބުނެލީ އޮއްސެން ކައިރިވެފައިވާ އިރަށް ބަލާލަމުންނެވެ.
ލައިނީ ފަސް އެނބުރި ދާން ހިނގައިގަތުމާއި އެކު އާޔަންގެ ތުންފަތް މައްޗައް ހިނިތުންވުމެއް ވެރިވި އެވެ.ހަގީގަތުގައި މިއަދު އޭނާގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެ އެވެ.މިއީ އޭނަގެ އެތަށް ދުވަހެއްގެ އިންތިޒާރެވެ.އެތައް ދުވަހެއްގެ އުންމީދެވެ.
އާޔަން ގަޑި ބަލައިލި ވަގުތު ބަންގި ގޮވަން ބާކީ އަދި ދިހަ މިނެޓު އެބަ އިނެވެ.އޭރު ލައިނީ އާޓިފިޝަލް ބީޗުން ނުކުންނަނީ އެވެ.އެތަނުގައި ފުދޭ ވަރަކަށް މީހުން ވެސް މަދުވެއްޖެ އެވެ.މައިންބަފައިން އެމީހުންގެ ލޯބިވާ ކުދިންތައް ގޮވައިގެން ބަންގީގެ ކުރިން ހިނގައްޖެއެވެ.ލޯބިވެރިން ވެސް ހަވީރުގެ ހިތްގައިމު ވަގުތު ގެ އުފާ ލިބިގަތުމަށްފަހު އެނބުރި ގެތަކަށް ދާން ހިނގައިގަތްތައް ފެންނަމުން ދިޔަ އެވެ.މިހާރު ހަމައެކަނި އެތަނުން ފެނިގެން ދަނީ މަދުބަޔެކެވެ.
ޝަހްނާގެ ކައިރީގަ ތިބި އެންމެން ގެ މޫނުމަތިން އެކި އެކި ކަހަލަ އަސަރުތައް ފެންނަމުން ދިޔަ އެވެ.އެކި މީހުންގެ މޫނުމަތިން އެކި ކަހަލަ ކުލަވަރުތައް ފެންނަމުން ދިޔަ އިރު ކޮޓަރި ތެރެއިން ފެނިގެން ދަނީ ހަމަހިމޭންކަމެވެ.ކަންތައް ހިނގާ ދިޔަ ގޮތުން އެކަކު ވެސް އަނގައިން ބުނަން ބޭނުން ނުވެފައި ތިބީ ކަންނޭނގެ އެވެ.
“ދެން ކިހިނެތް ހަދާނީ؟”ޔަޝާ މޫނުގައި އަތް ހާކާލަމުން ބުނެލީ ހާސްވެފައި ހުރެއެވެ.”އައި ޑޯންޓް ނޯ އިނގޭ އަސްލު ޝައުން އޭގެ ކަމެއް ކޮށްފާނެ އެކޭ އަހަރެން ހިއެއް ވެސް ނުކުރަން އިނގޭ”އީޝާ ބުނެލީ އަދިވެސް ވީ ގޮތް ގަބޫލު ނުކުރެވިފައި ހުރެއެވެ.”އަސްލު ވެސް.ދެން އެކަމު ކުރާނެ ކަމެއް ނެތް.ދެން ޖެހޭނީ އެހެން މީހެއް އަތު އަޅުވާލަން”މައިރާ ބުނެލީ ގޮތް ހުސްވެފައި އިނދެއެވެ.މައިރާ އާއި ޔަޝާގެ އިތުރުން އީޝާ ދެން ހަދާނެ ގޮތަކާއި މެދު ވިސްނާ ދެބަސް ވަމުން ދިޔަ އިރު ޝަހްނާ ޚިޔާރު ކުރީ މަޑުމައިތިރި ކަމެވެ.
ޝައުން އާއި ހެދި އޭނާގެ އެކުވެރިން ކުރިމަތީގައި އޭނާ އިސްޖަހަން ޖެހިއްޖެ އެވެ.ކޮންމެހެން އެމީހުން ކުރާ ކަންތައްތަކުގެ ތެރެއަށް ޝައުން ވަންނަން ޖެހޭ ހެއްޔެވެ؟އެކި އެކި ހިޔާލުތައް ގައި އިން ޝަހްނާ ގެ އަތް ގޮށްމުށްކެވިގެން ދިޔައީ ހިނދު ކޮޅެއްގެ ތެރޭގައި އެވެ.
ވާހަކައިގައި ތިބި ތިން މީހުންނަށް ވެސް ސިހުމެއް ލިބުނީ ދުން ޖަހާފައި ކޮޓަރިން ނިކުން ޝަހްނާ ފެނިފައި އެވެ.އެދިޔަ ބާރު މިނުގައި ކޮޓަރިން ނުކުމެގެން ގޮސް ޝަހްނާ ޝައުންގެ ކޮޓަރީގެ ތަޅުގައި ހިފާ ލިއެވެ.ތަޅުނުލާ ހުރުމުގެ ސަބަބުން ކޮޓަރީގެ ދޮރު ވަގުތުން ހުޅުވިގެން ދިޔަ އެވެ.
އެނދުގައި ހަމަޖެހިލައިގެން އޮތް ޝައުން އަށް ޝަހްނާ އަޑު ހަރުކޮށް ގޮވާލުމާއި އެކު ފަރުވާ ކުޑަ ގޮތަކަށް ޝައުން ޝަހްނާ އާއި ދިމާލަށް ބަލައިލި އެވެ.”މަންމަ ކައިރީގަ ބުނަންވީ ތަ އޭނ ދޮންތަ މެން ކުރާ ކަންތަކުގެ ތެރެއަށް ވަންނަނީ”ޝަހްނާ އައިސް ފަށާނީ އެވާހަކަ ކަން އިނގޭތީ ޝަހްނާ ދައްކަމުން ދިޔަ ވާހަކަ އަށް ޝައުންގެ ސަމާލުކަމެއް މާ ބޮޑަކަށް ނުލިބުނެވެ.
ޝައުން އޭނާގެ ޕްލޭން ފޭލް ކޮށްލާފައި އެވަރުން ނުވެގެން އޭނާ ދައްކަމުން ދިޔަ ވާހަކަ އަށް ސަމާލުކަމެއް ނުނިނުމުގެ ސަބަބުން ޝަހްނާގެ ރުޅިގަނޑަށް ހީވީ ޕެޓްރޯލް އެޅިހެންނެވެ.”ބަލަ ކުރެވުނު ކަންތައް މާ މޮޅުވެގެން ތަ ތި ފޮނިވެފަ އޮންނަނީ”ޝަހްނާ ގެ ވާހަކައިން ޝައުން ފޯނު ބާއްވަމުން ޝަހްނާ އާއި ދިމާލަށް ބަލައިލިއެވެ.”ނޫޅެމޭ ދޮންތަ މަންމަ ކައިރީ ބުނެފާނެ ތީ ބިރުންނެއް.ގޮސް ބުނެބަލަ އަމިއްލަ އަށް.މަންމާއޭ މަ ދެމީހުންގެ ދޭތެރެ އަށް ވަދެގެން އެދެމީހުން ދުރުކޮށްގެން އެ ފިރިހެން ކުއްޖަ އާ ރައްޓެހިވާންނޭ ޕްލޭން ކުރީ.އެކަމު އެ ފިރިހެން ކުއްޖާ އާ ރައްޓެހި ނުވެވިގެން އުޅެނިކޮށް ޝައުން އެ އަންހެން ކުއްޖާ އަށް ހަގީގަތް ކިޔައިދީފި އޭ ބުނެބަލަ.ނޫނީ މަތަ ދާންވީ މަންމަ ކައިރީ ބުނަން”ޝައުން އެއްބުމަ އަރުވާލަމުން ފޯނު އޭނާގެ ޖީބުގެ ތެރެއަށް ކޮއްޕާލަމުން ކޮޓަރިން ނިކުންނަން ދިޔަ ތަން ބަލަން ހުރި ޝަހްނާ ގެ މޫނުމަތިން ބިރުވެރި ކަމާއި ނުތަނަވަސްކަން ފާޅުވި އެވެ.
“ޝައުން”ޝަހްނާގެ އަނގައިން ޝައުން ގެ ނަން ނިކުތީ ވައި އަޑުން ނަމަވެސް ކޮޓަރިން ނިކުންނަން ހުރި ޝައުން ގެ ކަންފަތުގައި އެ އަޑު ޖެހޭކަށް މާ ގިނަ އިރު ތަކެއް ނުވިއެވެ.”ކިހިނެތް ވީ؟މި ދަނީ މަންމަ ކައިރީ ބުނާކަށް ނޫން.ދޮންތަ ނަމާދު ނުކުރިއަސް ޝައުން ކުރަމޭ”ނުރުހުންތެރި ކަމާއި އެކު ޝައުން ފެށި ވާހަކަ ޝައުން ނިންމާލީ ހިމޭން ކަމާއި އެކުއެވެ.
އިތުރަށް އެންމެ މިނެޓެއް ވެސް މަޑު ކުރުމެއް ނެތި ޝައުންގެ ފަހަތުން ޝަހްނާ ނިކުތީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ.ދެންމެ ކަމެއް ވީ ހެން ވެސް އޭނާ އަށް ހީނުވާ ފަދައެވެ.ނޫނީ ޝައުންގެ ވާހަކަ އިން ޝައުނާ ގާތު ނުބުނާނެ ކަމުގެ ޔަގީން ކަން އޮތީތީ ހިތުގައި އޮތް ބިރުވެރިކަން ފިލާ ދިއުމުން ފޮނިވެލީ އެވެ.
ގެއަށް ވަދުން ގޮތަށް ޒާރާ އޭނާގެ ކޮޓަރި އަށް ވަދެލީ ފުނޑު ފުނޑު ވެފައިވާ ހިތަކާއި އެކުގައި އެވެ.ކައިޔަން ވެސް އޭނާ އަށް ދިނީ ދޯކާ އެވެ.އޭނާ އާއި އެކީ އުޅުނީ އޭނާ ބޭނުން ކުރާށެވެ.އޭނާ އަށް އިތުބާރު ކުރަންވީ މީހުންނާއި އިތުބާރު ނުކުރަންވީ މީހުން ވެސް އޮޅިއްޖެ އެވެ.ހަމަ ހުސް ކައިޔަން ގެ ކަންތަކެވެ.އެހެން ނަމަވެސް ކިޔާން އަށް ޓަކައި ހިތް ސާފު ވެއްޖެ އެވެ.
ހިތުގައި އުފެދެމުން ދިޔަ އެކި ކަހަލަ އިހުސާސް ތަކާއި އެކު ހޫނު ކަރުނަތައް އޭގެ މަގާމު ދޫކޮށް ޒާރާގެ ކޯތާފަތުގައި ބޮސް ދޭން ފެށިއެވެ.ހިތުގައި ޖެހިފާލެއް ބޮޑު ކަމުން ދެލޮލުން ކަރުނަ ހުސްވާނަމަ ހުސް ވަންދެން ވެސް ޒާރާ އަށް ރޮވެވިދާނެ އެވެ.
އަޑު ބޭރުވެދާނެތީ އަނގައިގައި އަތް އަޅަމުން ޒާރާ ދޮރުބުޑުގައި އިށީންދެލަމުން ކަކޫ މޭގައި ޖައްސާލިއެވެ.ފަހަރަކު ކަރުނަ އެއް ޒާރާގެ ކޯތާފަތުގައި ބޮސްދީފައި ވެއްޓެމުން ދިޔަ އިރު ޒާރާ އަށް ކުރެވެމުން ދިޔައީ ހިތް މީހަކު ފުނޑު ފުނޑު ކޮށްލި ކަމުގެ އިހުސާހެވެ.އެ ހިތުން ލޭ ކަރުނަ އަންނަމުން ދިޔައީ ކިޔާން އާއި ދިމާލަށް ބުނެވިފައި އޮތް ކޮންމެ ބަހެއް ހަނދާނަށް އަންނަން ފެށުމުންނެވެ.ކިޔާން އަމިއްލަ ނަފްސު ދިފާއު ގައި ބުނެފައިވާ ކޮންމެ ޖުމުލަ އަކަށް ޒާރާ ވަނީ ހަޖޫ ޖަހާފައި އެވެ.ކިޔާން ކަހަލަ ޒުވާނަކަށް އޭނާ އަކާއި ނުވެސް ގުޅެ އެެވެ.
އޭނާ ހުރުމުން ފައިދާ ވަނީ ކާކަށް ހެއްޔެވެ؟އެކަކަށް ވެސް ނުވެއެވެ.ނަވްޔާމެންނަށް ވެސް ވިޔަސް ވާނީ އުނދަގުލެވެ.ކިޔާން އަށް ވެސް އެވެ.ކިޔާންގެ ހިތުގައި އަޅާނީ ވޭނެވެ.
ޒާރާ އަށް ނޭނގުނު ކަމަކީ ވަގުުތުގެ ބޭނުން ހިފާ ޝައިތާނާ އޭނާގެ ވަސްވާހާއި ދުންމާރީގެ އަޑު ޒާރާގެ ސިކުނޑި އެވަގުތު ހިސާރު ކޮށްލި ކަމެވެ.
ނުކްޝާން އާއި ނަވްޔާ ގެއާއި އަރާ ހަމަ ކުރި ވަގުތު ވީ ޒީކާން ގުޅާ ޒާރާ ފެނުނު ހަބަރު ދިން ވަގުތަށް ށެވެ.ނަވްޔާ އަށް އެ ހަބަރު ދެމުން ނުކްޝާން ގޭތެރެ އަށް ވަންނަން ހިނގައިގަތީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ.
ޒާރާ ނުފެނި ގިނަ އިރު ވާން ފެށުމުން ހާސްކަމުން ފުރިގެންވާ ކިޔާން ގެ ހިތަށް ހަމަޖެހުމެއް ލިބުނީ ޒާރާ ހެޔޮ ހާލުގައި އާޓިފިޝަލް ބީޗުން ފެނުނު ވާހަކަ ނުކްޝާން ބުނުމުންނެވެ.
“ދެން ކޮން އިރަކުން ޕާޓީ”އަލީކް ނުކްޝާން ގެ ގާތު އަހާލީ ގާތުގައި އިން ފައިހާ އަށް ވުރެ ވެސް އޭނާ އަށް އައިކާ މުހިއްމޭ ބުނާފަދަ ގޮތަކަށްށެވެ.”ޕާޓީ ދޯ.މިރެ އަށް ބަދަލު ކޮށްލީ އޯ.ދެން އެންމެން ދޭ ގެއަށް.ބަންގި ގޮވަން އެއުޅެނީ.އޮނހޯ ގެ އަކަށް ނޫން މިސްކިތަށް.ދެން ވަރަށް ސަލާމް.މިިރޭ އަށަކަށް މިގޭ ޓެރަސް އަށް އާދޭ.ޕާޓީ ފަަަށަނީ އަށް ގަޑި ފަނަރައިގަ.ދޯ”ނުކްޝާން އޭނާގެ ވާހަކަ އާއިގެން ކުރި އަށް ދަމުން ނަވްޔާ އަަށް ދޯ އެއްލިއެވެ.ނަވްޔާ ބޯ ޖަހާލުމާއި އެކު އެކީ ހެން ނުކްޝާން އޭނާގެ ކޮޓަރި އަށް ވަދުނީ ހުރިހާ ފިރިހެނުންނަށް މިސްކިތަށް ދާން އަމުރު ކޮށްފައި އެވެ.
“ދެން އަޅެ އަނެއްކާ ޓެރަސް ރެޑީ ކުރަންވީ”ކުޑަ ކުއްޖެއްހެން ދެފައި ބިމުގައި ޖަހަމުން ނަވްޔާ އެހެން ބުނެލީ މިލާން ގާތުގައި އެވެ.”އަޅެ ދެން މި ހުރިހާ އެއްޗެއް ހަމަ ނާޔާ އަކަށް ނޭރުވޭނެތަ މައްޗަކަށް.އީޒީ މައްޗަށް ހަމަ އަރުވާފައި ހަމަ މި ހުރި ތަރުތީބުން ބަހައްޓާލާނީ.ހާދަ ކުޑަ ކަމެއް ނުކުރާންނޭ ތި އުޅެނީ”މިލާން ނަވްޔާގެ ނިއްކުރީގައި ފުއްޓަތްކެއް ޖަހާލީ ދިމާ ކޮށްލުމުގެ ގޮތުންނެވެ.ތުން ދަމާލަމުން ނަވްޔާ އޭނާގެ ކޮޓަރި އަށް ދާން މިސްރާބު ޖެހީ މިލާން އަށް ލޯ އަޅާލަމުން ނެވެ.
“ހިނގަންވި ދާން މިސްކިތަށް”ޕަބްޖީ ގަނޑަށް އަރާ އިން ރަޔާންގެ އަތުން ފޯނު އަތުލަމުން މިލާން ބުނެލިއެވެ.އޭރު ރިޔާން އާއި އައިރާ ވެސް ގެއިން ނިކުންނަން ހިނގައިގަތް އިރު ލައިކާ އާއި އަޔާން ވެސް އަވަހަށް ދާން ތެދުވެއްޖެއެވެ.ބަންގީގެ ކުރިން ލައިކާ ގެއަށް ލާފައި އަޔާން އަށް މިސްކިތަށް ވެދިދާނެ ކަމާއި މެދު ވެސް ޝައްކެވެ.”ދެން ނޯ.މަ މަރުވަނީ އޭ.އޭ ކަޑަ އޭ”ރަޔާން ހީވީ އޭނާ މަރަށް ތެޅެމުން ދިޔަ ހެންނެވެ.”ކޮން ކަޑަ އެކޭ ކިޔާކަަށް އަންނަންވި ދާން.ނަމާދަށް ނުގޮސް ތި ކުޅެން އިންނަންޏާ މި ފޯނުގަނޑު ނުވެސް ދޭނަން އަވަސް ރަހުމަތެއްްގަ”މިލާން އެހެން ބުނެލި ވަގުތުވީ ރަޔާން ގޭމުން މަރުވި ވަގުތަށްށެވެ.”ދެން މިލާނޫ.އާނ ހިނގަ ދާން.އާނ އަދި ދިހަ މިނެޓު އެބަ އޮތޭ ބަންގި ގޮވަން.ގައިމު ބަންގި ގޮވާ އިރަށް މިސްކިތަށް އެރޭނެ ކަންނޭނގެ އެ ނިންމާފަ ދިޔަސް”ރަޔާން މިލާންގެ އަތުން ފޯނު އަތުލަން މަސައްކަތް ކުރަމުން ބުނެލި އެވެ.”އައްޗި އަދި ބްރޯންޒް ގަ ދޯ ކައެ ތި އިނީ ވެސް.އެވަރުން ވެސް ބޮޑާ ހާކާތި”މިލާން ބުނެލީ ރަޔާން އާއި ދިމާ ކޮށްލުމުގެ ގޮތުންނެވެ.”މަ މިއަދޭ އެޅީ ވެސް.އަދި އެބަ ޖެހޭ ކުޑަކޮށް ފޯނުގެ ސެޓިން ވެސް ހަދަން .ކޯޑު ގަނޑަކާ އެއްޗިހި ޖަހާފަ”ރަޔާން އޭނާގެ އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ބުނެލީ މާ ނޭވާ އެއް ލަމުންނެވެ.
ފޯނު ގަނެފައި ސެޓިން އާއި އެއްޗިހި ރަނގަޅު ނުކުރެވުނެއް ކަމަކު އެސޮރު ޕަބްޖީ އަޅައިގެން އެ ކުޅެވޭތޯ އެބަ ބަލާތާއެވެ.މިހާރުގެ ގޭމު ކުޅޭ މީހަކަށް އެވަރު ނުވިއްޔާ ދެރަ އެވެ.
އެންމެން ގެއިން ނުކުތުމާއި އެކީ ގޭތެރެ ފަޅުވެލި އެވެ.މުޅި ގޭތެރެ އަށް ހަމަހިމޭންކަން ފެތުރުމާއި އެކު ފަޅު ގެއެއް ހެން ވެސް ހީކުރެވޭ ފަހަރު ވެސް އާދެއެވެ.އެ ހަމަހިމޭންކަން ފޫ އަޅުވާލީ ނުކްޝާން ނަވްޔާ އަށް ގޮވާ އަޑާއި އެކުގައި އެވެ.”ނާޔާ އޭ ދޮންބެ ނަޔަސް ޓެރަސް ރެޑީ ކުރައްޗެ އިނގޭ.ފަހަރެއްގަ އިޝާ ފަހުން ވެސް އާދެވި ދާނެ”ނަވްޔާ ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލުމާއި އެކު ނުކްޝާން ނަވްޔާ އަށް މާ ބޮޑު ސަމާލުކަމެއް ދިނުމެއް ނެތި ބުނެލި އެވެ.”ވަޓް ޑިޑް ޔޫ ތިންކް ޔޫ އާރ ޑުއިންގ.އަންނަން ޖެހޭނީ.މިހީވަނީ މާފަސޭހަ ކަމެއްހެން މިހުރިހާ އެއްޗެއް މައްޗަށް އެރުވުމަކީ”ނުކްޝާން އާއި ދިމާލަށް ނަވްޔާ ބުނެލީ ދަތްކުނޑި ވިލާ ލަމުން ނެވެ.”ވިސްނާލާނަން”ނުކްޝާން ބުނެލީ އޭނާ އެ ވިސްނަން ޖެހެނީ މާ ބޮޑު ކަމެއް ހެން ހީވާ ކަހަލަ ގޮތަކަށް ށެވެ.”ނައިސިއްޔާ ރަނގަޅަށް ވިސްނައި ދޭނަން.އިނގޭ އައި ޑިޑިންޓް ފޮގެޓް އެބައުޓް ދަ ފޮޓޯ އިނގޭ”ނަވްޔާ ނުކްޝާން އަށް ބިރު ދައްކާލިއެވެ.”އާނ އަންނާނަން”މީގެ ތިން އަހަރު ކުރިން ފެނުނު ފޮޓޯ އެއް މަތިން ނަވްޔާ ހަނދާން ހުރުމުން އެކަމާ ކުދި ކިޔަމުން ނުކްޝާން ގެއިން ނިކުންނަން ހިނގައިގަތެވެ.
ކޮޓަރީގައި ދޮޅި އަޅައިގެން މުސައްލަ މަތީގައި ކިޔަވަން އިން ލައިކާ ދޮރާއި ދިމާލަށް ބަލައިލީ ކޮޓަރި އަށް އަޔާން ވަދުމުންނެވެ.އަޔާން އެނދުގައި އިށީންދެލައިގެން ލައިކާ ކިޔަވާ ނިމެންދެން އިނުމުން ލައިކާ އަށް އަޔާން ވާހަކަ އެއް ދައްކަން އުޅޭ ހެން ހީވާން ފެށިއެވެ.
“ކިހިނެތް ވެފަ ތި އިނީ”ލައިކާ މުސްހަފް ލައްޕާލުމަށްފަހު އަޔާން ގެ ގާތު އަހާލި އެވެ.”މިރޭ ރިޒަލްޓްސް ބަލާ ދާން ޖެހޭނެ އެއްނު”އަޔާން ހަނދާން ކޮށްލަ ދިނީ ޚުދު ލައިކާ ވެސް ހަނދާން ނެތިފައި އޮތް ކަމެއްގެ މަތިންނެވެ.”އޯހ ހަނދާން ވެސް ނެތް.ދެން ކޮން އިރަކު ރިޒަލްޓްސް ބަލާ ދަނީ.އައި މީން މިރޭ އައިކާ ގެ ޕާޓީ ވެސް އިންނާނެ އެއްނު”ލައިކާ އަމިއްލަ ނިތުގައި ޖަހާލަމުން އަޔާން ގެ ގާތުގައި އަހާލި އެވެ.”އެވާހަކަ އެއްނު ދައްކަން މި އުޅެނީ.ކިހިނެތް ވާނީ އެންމެ ފުރަތަމަ ސީން ސްކިޕް ކޮށްލާފަ ރިޒަލްޓްސް ބަލާފަ ދާން”އަޔާން ގެ ހިޔާލަށް ލައިކާ އަށް އެއްބަސްވެވޭ ކަށް ނެތެވެ.
އެންމެ ބޮޑު ކުޅިވަރެއް އެމީހުން ރޭވީ އައިކާ އަންނަ ވަގުތަށްށެވެ.އެ ކުޅިވަރު ގައި ކޮންމެހެން ހަދާފައި ވެސް ބައިވެރިވާން އެބަ ޖެހެއެވެ.އޭގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އޮތީ އޭނާ އަަށްށެވެ.އޭނާ ނުގޮއްސިއްޔާ ނުކްޝާންމެން އޭނާ ދިރިހުއްޓާ ވަޅު ނުލައިފިއްޔާ ވާ ރަނގަޅެވެ.
“ދެން އެކަމު އެނޫން ގޮތެއް”ލައިކާ އަނގަ ހަދާލީ އެކުޅިވަރަަށް ދާ ހިތުން ހުރި ވަރުންނެވެ.”އެކަމު އެނޫން ގޮތެއް ހޯދޭކަށް ނެތޭ.ދާން އެބަ ޖެހޭ ދޯ ކޮންމެ ހެން ވެސް”އަޔާން ލައިކާ އާއި ދިމާލަށް ނިއްއަރުވާލިއެވެ.”ދެން ނުދިއަސް ރަނގަޅު ވާނެ.މާ ބޮޑު ކަމެއް ނެތޭ.ޑޮކްޓަރު ބުނާނީ ރަނގަޅަށް ކާަށޭ”ލައިކާ ޑޮކްޓަރު ބުނާނެ އެއްޗެއް ލަފާ ކޮށްލި އެވެ.”އައިކާގެ ޕާޓީ އޮންނަ ތަނަށް ދޯ އަދި ނުދާންވީ”އަޔާން އޭނާގެ ކަންތަކާއި ހާސް ވަނީ މާ ބޮޑަށްށޭ ލައިކާގެ ހިތަށް އެރީ އަޔާން އޭނާ ޑޮކްޓަރަށް ހަމަ އެހާ ވެސް ގެންދާ ހިތުން އިނުމުންނެވެ.”އެކަމު ފްރެންޑްސް ދެން މުހިއްމު ވާނެ ދޯ”ލައިކާ ބޮޑާ ހަކާލީ ހޮސްޕިޓަލަށް ނުދާށެވެ.”ބޮޑު ވަރު ވީމަ ދަނީ ފްރެންޑުން ކައިރި އަަށް ތަ އެމީހުން ކައިރި އަށް ދޯ.ދާން ޖެހޭނީ”އަޔާން ފަހު ބަސް އިއްވާލުމާއި އެކު ލައިކާ ހަތިޔާރު ބެހެއްޓީ އަޔާން ގެ ކައިރިން މޮޅެއް ނުލިބޭނެ ކަން އެނގުމުންނެވެ.
ނަމާދުން ފައިބައިގެން ގެއަށް ވަން ރަޔާން އާއި ރިޔާން އައީ އެކަކު އަނެކަކާއި ދިމާ ކުރަމުން ނެވެ.ކުޑަ ދެކުދިން ހެން ތޮޅެމުން ދިޔަ ރިޔާން އާއި ރަޔާން ގެ ސަކަރާތް ގަނޑު ހުއްޓުނީީީ ސޯފާގައި އިން ރިޔާނާ ގޮވާލުމާއި އެކުގައި އެވެ.ރިޔާނާ އިން ސޯފާ އާއި ޖެހިގެން އިން ސޯފާގައި ޝައިލް ވެސް އިނުމުން ރަޔާން މަޑު ހިނގުމެއްގައި ގޮސް ރިޔާނާ ގެ ކައިރީގައި އިށީންދެލި އެވެ.ރިޔާނާ ދައްކަން އުޅެނީ ބޮޑު ވާހަކަ އެއް ކަން ރަޔާން އަށް ޔަގީނާ ގާތަށް ދިޔައީ ރިޔާނާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުންނެވެ.
ރިޔާނާ ވާހަކަ ދައްކަން އުޅަނީ ރަޔާން އާއި ކަމުން އެތަނުގައި އޭނާ ހުންނަން ޖެހޭ އެއްވެސް ބޭނުމެއް ނެތުމުން ރިޔާން ކޮޓަރި އަށް ވަދުނީ ފޯނާއި ކުޅެމުން ގޮހެވެ.ކޮޓަރި އަށް ވަން ރިޔާން އަށް ރިޔާނާ ދައްކަން އުޅޭ ވާހަކައިގެ ބޮޑު ކަން އިނގުނު ނަމައެވެ.
ފިޔާތޮށި ކުލައިގެ ހަންތަކާއި އަލިން ދިއްލާލެވިފައިވާ ޓެރަސް މަތީގައި ނަވްޔާ ހުރި އިރު ނަވްޔާ ގެ މޫނަށް އަލި އެޅިފައިވާ ގޮތުން ނަވްޔާގެ ދޮން މޫނު އިތުރަށް ދިއްލާލެވިފައިވާ ފަދައެވެ.މާލޭގެ ޓްރެފިކް ބޮޑު މަގަށް ނަޒަރު ހިންގާލައިގެން ހުރި ނަވްޔާގެ ނަޒަރު ނުކްޝާން އަށް ދަތުރު ކޮށްލީ ނުކްޝާން އައިސް އޭނާ އާއި ތަންކޮޅެއް ދުރުގައި މަޑު ކޮށްލުމުންނެވެ.ނުކްޝާންގެ ނަޒަރު ވެސް މާލޭގެ މަގުތަކަށް ހުއްޓިފައި ހުރި އިރު ނުކްޝާން އެހުރީ ހިޔާލެއްގައި ކަން ޚުދު ނަވްޔާ އަށް ވެސް ދެނެގަނެވުނެވެ.
“ދޮންބޭ.ދޮންބެ ހަމަ މިޝްދޮންތަ ދެކެ އެހާ ލޯބި ވޭތަ؟”ނަވްޔާ ގެ ސުވާލުން ނުކްޝާން ނަވްޔާ އާއި ދިމާލަށް ބަލައިލި އިރު ނުކްޝާންގެ މޫނުމަތީގައި ޖެހިފައި ވަނީ ސުވާލު މާކެކެވެ.”ދޮންބެ އަކަށް ހަމަ އެއް ގޮތަކަށް ވެސް ނޭނގެ ނާޔާ ތި ދައްކާ ވާހަކަ އެއް”ނަވްޔާ އާއި ދިމާލަށް ބަލައިލަމުން ނުކްޝާން ބުނެލީ އޮޅުންބޮޅުން އަރާފައި ހުރެއެވެ.”ދޮންބެ ފޮޓޯ ވެސް ގެންގުޅުނީމެއްނު.އެހެންވެ މިބުނީ ހަމަ އެހާ ވެސް ލޯބިވޭހޭ”ނަވްޔާ ގެ ޖަވާބުން ނުކްޝާން ގެ ބޮލުގައި ރިއްސާލިއެވެ.
އޭނާގެ ހިތާއި ހިސާބަށް ވާސިލްވެ ފައިވާ އެއްވެސް މީހަކު އަދި އޭނާގެ ހަޔާތަކަށް ނާދެއެވެ.މިޝްޔާ އަކީ ވެސް ނަވްޔާގެ ކުރިމަތީގައި އޭނާގެ ހިތުގެ ރާނީ އެވެ.އެއީ އޭނާގެ ދުލުން ބުނެފައިވާ ވާހަކަ އެއް ނޫނެވެ.އެއީ ނަވްޔާ އަމިއްލަ އަށް ނިންމައިގެން އުޅޭ އެއްޗެކެވެ.
ނަވްޔާ އަށް ހަގީގަތް ކިޔައިދޭން ވީ އެވެ.ނަވްޔާ އަށް އޮޅުވާލައިގެން މުޅި އުމުރަކު އޭނާ އަކަށް ނުހުރެވޭނެ އެވެ.އެއީ އޭނާ އަށް އިނގޭ ވަރެވެ.
“އެއީ ދޮންބެ ފެންގުޅުނު ފޮޓޯ އެއް ނޫން”ހަމަހިމޭން ކަމުގެ ސިކުންތު ކޮޅަކަށް ފަހު ނުކްޝާން ބުނެލީ އޭނާގެ ހަތް އެކަމަށް އަމުރު ކުރަން ފެށުމުންނެވެ.ނުކްޝާންގެ ވާހަކައިން ނަވްޔާގެ މޫނުމައްޗަށް ހައިރާން ކަން ވެރިވި އެވެ.އަނެއްކާ އޭނާ އަށް އަޑު މި އިވުނީ ރަނގަޅަށް ބާއެވެ.ނަވްޔާ ގެ
ހިތް އޭނާގެ އަމިއްލަ ނަފްސަާއި ސުވާލު ކޮށްލިއެވެ.
“އާނ ނާޔާ އަށް އަޑު އިވުނީ ތި ރަނގަޅަށް.އެއީ ދޮންބެ ގެންގުޅުނު ފޮޓޯ އެއް ނޫން.ދޮންބެގެ ކްރަޝް އެއް ނޫން މިޝް އަކީ.ދޮންބެ ލޯބިވާ ކުއްޖަކު އަދި ދޮންބެގެ ހަޔާތަކަށް ނާދޭ.އެއީ ޒީކް ގެންގުޅުނު ފޮޓޯ އެއް”މާލޭގެ ކާރު ބާރު ބޮޑު މަގުމައްޗަށް ނަޒަރު ހިންގާލަމުން ނުކްޝާން އޭނާގެ ވާހަކަ ޖުމުލަ އަކަށް ފަހު ޖުމުލަ އަކުން ފުރިހަމަ ކުރަމުން ދިޔަ އެވެ.
ނަވްޔާ ގެ ކަންފަތުގައި ނުކްޝާން ދެއްކި ހުރިހާ ވާހަކަ އެއްގެ ތެރެއިން ވެސް އަޅައިގަތީ ނުކްޝާން ގެ އަނގައިން އެންމެ ފަހުން ނިކުން ޖުމުލަ އެވެ.
ހިތުގައި ސުވާލު އެ އުފެދިފައި ހުރި ނަވްޔާގެ ހިތުގައި ސުވާލު މާކު ޖަހަމުން ނުކްޝާން ނަވްޔާ އެހުރި ތަނަށް ދޫކޮށްލަމުން ގޭތެރެ އަށް ވަންނަން ހިނގައިގަތީ ނަވްޔާ ވިސްނުމުގެ ފުން ކަނޑަށް ޣަރަގުކޮށްލަން ދޫކޮށްލާފައި އެވެ.
ރޮއެރޮއެ ލޮލުން ކަރުނަ ހުސްވެފައި ވާ ހާލު ޒާރާ މުސްހަފް ލައްޕާލަމުން ދެއަތް އުފުލާލީ އެކަލާނގެ ހަޟްރަތުން މަދަދާއި އެހީ ބޭނުން ވުމުން ނެވެ.ކޮންމެ ގޮތަކަށް ކަންތައް ވެފައި އޮތް ނަމަވެސް އެކަލާނގެ އިރާދަކުރައްވި ކަމެއް ނުވެ ނުދާނެއެވެ.އެހެން ކަމުން މިއަދު އޭނާ އެކަލާނގެ ހަޟްރަތުން ކަމަކަށް އެދެން އެބަ ޖެހެއެވެ.
ކިޔާންގެ މަޢާފު ފަސޭހައިން ލިބުމަށް އެދި ޒާރާ އަށް ދުޢާ ކުރެވުނީ ކިތަށް ފަހަރު ކަމެއް ވެސް ދުޢާ އަަށް އުފުއްލަވާފައިވާ އަތް ތިރި ކޮށްލި ޒާރާ އަކަށް ނޭނގުނެވެ.
ނަމާދު ދޮޅި ބާލަން އުޅުނު ޒާރާ އަށް ދެވަނަ ފަހަރަށް ވިސްނުމެއްގެ ތެރެ އަށް ޣަރަގުވެވުނީ ކައިޔަން ގެ އާދޭސްތައް ކަންފަތަށް އިވުމުންނެވެ.އަނެއްކާ ވެސް އޭނާ އަށް އިހުސާސްތަކުގައި ޖެހި ކުރެވެން މި އުޅެނީ ނުބައި ކަމެއް ހެއްޔެވެ؟ކައިޔަން އޭނާ އަަށް އެތައް ލައްކަ ފަހަރަށް ގުޅިކަން އިނގޭ އިރު ވެސް ފޯނު ނުނަގާ ހުރެވުމަކީ އޭނާގެ ހަޔާތަށް އަނެއްކާ ވެސް ހިތާމަ ވެރި ދުވަސްތަކެއް ގެނެސް ދޭނޭ ކަމެއް ހެއްޔެވެ؟
ނަމާދުން ފައިބައިގެން އައި ޒީކާން އަށް ޒާރާގެ ކޮޓަރީގެ ދޮރު ކައިރީގައި އެނބުރެވުނީ ކިތައް ފަހަރު ކަމެއް ޚުދު ޒީކާން އަކަށް ވެސް ނޭނގުނެވެ.ގައިމު އިނގިލިން ގުނާލެވޭ ވަރަށް ވުރެ ގިނައިން އެކޮޓަރި ދޮށުގައި އޭނާ އަށް މުގޯލި އެޅިއްޖެ އެވެ.ފޯނު ހިފައިގެން ޒާރާގެ ކޮޓަރީގައި މުގޯލި އަޅަމުން ދިޔަ ޒީކާން އަށް ޒާރާ ގެއަށް އައި ފަހުން ވެސް ނަމާދުން ފައިބައިގެން އައި އިރު ވެސް ގިސްލުމުގެ އަޑު އިވުމުން ދިޔައެވެ.
ޒާރާ މާ ވަރަކަށް ރޮނީ އެ ކީއްވެގެން ހެއްޔެވެ؟މީހަކު ޒާރާ އަށް ކަމެއް ކުރީ ހެއްޔެވެ؟ނޫނީ ކައިޔަން އާއި ދެމީހުން ރުޅިވުމުން ހެއްޔެވެ؟
ހުސް ޒީކާން އަށް ޖަވާބު ނުލިބޭ އެހެން ނަމަވެސް ޖަވާބު ބޭނުންވާ ސުވާލެވެ.އެހުރިހާ ސުވާލެއްގެ ޖަވާބު ޒީކާން ހޯދާނީ ވެސް ފަހެ ކިހިނެތް ހެއްޔެވެ؟
އެސުވާލުތަކުގެ ޖަވާބު ހޯދަން ކުރާނެ ކަމެއް ނޭނގި ވިސްނުމުގައި ހުއްޓާ ޒީކާން ގެ ހިތަށް ވަނީ ނުކްޝާން އޭނާ އާއި ދިމާލަށް ތަންކޮޅެއް ކުރިން ދުވަހަކު ބުނެފައި ވާ ޖުމުލަ ތަކެކެވެ.
“މިޝް ކައިރީ އަހަން ވީނު.އޭނަ އަަށް ވަރަށް އިނގޭނެ ކުދި ގްރޫޕް ކުރާ ކަންތައްތައް”ޒީކާން ހިތަށް އެޖުމުލަ ވަނުމާއިއެކު ސިކުންތު ކޮޅަކަށް ވެސް މަޑުކުރުމެއް ނެތި ޒީކާން ގެއިން ނިކުންނަން ދިޔައީ މިޝްޔާ މެންގެ އަށް ދިއުމަށްޓަކައި ދަތުރު ފެށުމަށްށެވެ.
ފޯނު ހިފައިގެން އެނދުގައި ޖައްސާލައިގެން އޮތް މިޝްޔާ ގެ ސަމާލުކަން ވަގުތުން ގޭގެ ބެލް ގެ އަޑު އިވުމާއި އެކު އެއަށް ހުއްޓުނެވެ.މިލާން ވެސް ގޭގައި ނޫޅޭ ދުވަހަކީ ތޯ އެއްޗެކެވެ.މިޔާ ވެސް މިވަގުތު އިންނާނީ ގުރުއާން ކިޔަވާށެވެ.މި ޖެހުނީ އަނެއްކާ އަނެއް ކަންތަކެވެ.އޭނާ ދޮރު ހުޅުވަން ދިއުން ނޫން ގޮތެއްނެތެވެ.
ދެފައި ބިމުގައި ކާއްތަމުން ގޮސް ދޮރު ހުޅުވާލި މިޝްޔާގެ ދެލޯ ބޮޑުވެ ހަށިގަނޑު ސީދާވީ ކުރިމަތީގައި ހުރި ޒީކާން ފެނުމުން ނެވެ.ޒީކާން އައުމުން ކަމެއް ނުވާ ކަމަށް ދައްކަން އުޅުނު މިޝްޔާގެ ހުރިހާ މަސައްކަތެއް ބޭކާރުވީ އަތްފައި ފިނިވެ ހިތުގެ ތެޅުން އަވަސް ވާން ފެށުމުންނެވެ.ފަސް އެނބުރި މިޝްޔާ ދާން ހިނގައިގަތް ވަގުތު ޒީކާން ވެސް މަޑު ފިޔަވަޅު ތަކެއްގައި މިޝްޔާ ފަހަތުން އަންނަމުން ދިޔަކަން މިޝްޔާ އަށް އިނގުނެވެ.އެހެން ނަމަވެސް ޒީކާން އޭނާގެ ފަހަތުން އަންނަންވީ ސަބަބެއް ޚުދު މިޝްޔާ އަށް ވެސް ނޭނގުމުން އޭނަގެ ހިނގުން ބާރުކޮށްލަމުން ފިޔަވަޅު އަވަސް ކޮށްލިއެވެ.
މިޝްޔާ ކޮޓަރި އަށް ވަނުމާއި އެކު ޒީކާން ކޮޓަރީގެ ތަންޑު އަޅުވަމުން މިޝްޔާ ފާރުގައި ޖައްސާލިއެވެ.ހިތުގެ ތެޅުން ބަރުވެފައިވާ ހާލު މިޝްޔާ ދެލޯ ބޮޑު ކޮށްލަމުން ޒީކާން އަށް ބަލާލި އިރު ޒީކާންގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރުތަކެއް ފަންނާނަކަށް ނެތެވެ.
“ޒާރާ ޔާ ކިޔާން ގެ ދެމެދުގަ އޮތީ ކޮން ގުޅުމެއް”ޒީކާން އޭނާގެ ހިތުގައި މި އޮށް ހުރިހާ ދުވަހު އުފެދިފައިވާ ސުވާލު ކޮށްލީ ކުރިމަތީގައި ހުރި މިޝްޔާ އާ އެވެ.މިޝްޔާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރަށް ބެލުމެއް ނެތި ޒީކާން ކޮށްލި ސުވާލުގެ ސަބަބުން މިޝްޔާގެ ނޭވާ ވެސް ހުއްޓުމަކަށް އައި އެވެ.
ކިޔާން އާއި ޒާރާގެ ދެމެދުގައި އޮތް ނުތަނަވަސް ކަމާއި އޭގައި ޝަހްނާ ގެ އަތެއް ވާ ކަމީ މިޝްޔާ އަށް އޮޅިފައި އޮތް ކަމެއް ނޫނެވެ.އެހެން ނަމަވެސް އެސުވާލު އަޑު އިވުމާއި އެކު މިޝްޔާ ގެ ނޭވާ ވެސް ހުއްޓުނީ މިލާން އޭނާގެ ގާތު އެކަން ސިއްރު ކުރަން ދެއަތުގައި ހިފާ އާދޭސްކޮށްފައި އޮތުމުން ނެވެ.
“މިޝް އަކަށް ނޭނގޭ ކިޔާން ގެ އާ ޒާގެ ދެމެދުގަ އޮތް ގުޅުމެއް”ހިންދިރުވާލަމުން މިޝްޔާ ޒީކާން އަށް ދޮގު ހެދީ އެކަމަށް އޭނާ އަށް މަޖުބޫރުވުމުންނެވެ.”ދޮގު ނުހަދާ ރީތި ކޮށް ތެދުބުނޭ”ޒީކާން މިޝްޔާ އާއި ދިމާލަށް ބަލައިލީ އިންޒާރު ގެ ބެލުމަކުން ނެވެ.
“ދަރިފުޅާ މިޝީ”ކޮޓަރީގެ ބޭރުން އިވުނު މިޔާގެ އަޑާއި އެކު މިޝްޔާ ޒީކާން ފާހާނަ އާއި ދިމާލަށް ކޮއްޕާލަމުން ދޮރުހުޅުވަން ދިޔައީ ހަމަޖެހޭ ކަން ދައްކަމުން ދިޔަ ނެވެ.
“ދަރިފުޅު ބިޒީތަ؟”މިޔާގެ ސުވާލާއި އެކު މިޝްޔާގެ ދެލޯ ވެސް ބޮޑު ނުވީ ކިރިޔާއެވެ.”އަމްމް އަނެއްހެން ދެން މާ ބިޒީ އެއް ނޫން.ކިހިނެތްވީ މިޝް ބިޒީތޯ ތި އެހީ؟”މިޔާގެ ސުވާލަށް މިޝްޔާ ޖަވާބު ދިނީ ހިތުގެ ތެޅުން ހަމަ އަކަށް އަޅުވަމުން ނެވެ.”މަންމަ މިއައީ ފާހާނަ އަކަށް ދާން ވެގެން.ކައްކަން ހުރެފަ.ދަރިފުޅު ދޭބަލަ އުދުން ކައިރި އަށް”މިޔާގެ ވާހަކަ އިން މިޝްޔާ އަށް ދެލޯ މަރާލެވުނީ ޒީކާން އޭނާގެ ކޮޓަރީގައި ހުރެފައި ޒީކާން ބަހައްޓާފައި ދިއުމުން ވާނެ ގޮތެއް ވެސް ނޭނގޭތީ އެވެ.އޭނާގެ ޑައިރީ ޒީކާން އަށް ފެނިއްޖެއްޔާ ނިމުނީ އެވެ.އޭގައި ޒީކާންގެ ވާހަކަ ވެސް ވަރަށް އޮންނާނެ ވިއްޔާ އެވެ.
“މަންމާ މަޑެއް އިނގޭ.މިޝް އެބަ އަންނަން”މިޔާގެ މޫނަށް ދޮރު ޖަހާފައި ދާން ނުކެރުމުން މިޝްޔާ މިޔާގެ ގާތު މަޑު ކޮށްލުމަށް އެދެމުން ދޮރު ލައްޕާލީ ޒީކާން ނެރޭނެ ގޮތަކާއި މެދު ވިސްނަމުންނެވެ.
ފާނައިގެ ތެރެއަށް މިޝްޔާ ޒީކާން ކޮއްޕާލާފަައި ދިޔަ ގޮތަށް މިޝްޔާ ފާހަނައިގައި ހުރީ މިޝްޔާ އައިސް އޭނާ ނެރޭނެ އިރެއްގެ އިންތިޒާރުގައެވެ.ފާހަނަ އަަށް ނޫނީ އޭނާ ލާން ހަމަ މިޝްޔާ އަށް ނޭނގުނީ ހެއްޔެވެ؟
“އަވަސް އަވަސް”ޒީކާން ގެ އަތުގައި ހިފާ ފާހަނަ އިން ނެރެމުން މިޝްޔާ ޒީކާން ގާތު ބެލްކަންޏަށް ނިކުންނަން ބުނެލީ ޒީކާން ލާން އެއަށް ވުރެ ރަނގަޅު ތަނެއް އޭނާ އަށް ނުފެނުމުން ތޯ އެއްޗެކެވެ.ޒީކާން ބެލްކަންޏަށް ލަމުން އެތެރެއިން މިޝްޔާ ޒީކާން ބެލްކަންޏަށް ލާ ތަޅުލީ މިޔާ އަށް އެއްވެސް ޝައްކެއް ވިޔަ ނުދޭށެވެ.
މިޔާ ކޮޓަރި އަށް ވަންނަން ތަން ދެމުން މިޝްޔާ ކޮޓަރިން ނިކުން އިރު ވެސް މިޝްޔާގެ ނިއްކުރީގައި ދާ ތިކިތައް ބަބުޅައެވެ.އަވަސް ގޮތަކަށް ހިނގާފައި ގޮސް މިޝްޔާ މަޑު ކޮށްލީ ރަތްކުރަން ހުރި ފިޔާގަނޑު ކައިރީގައި އެވެ.ފިޔާގަނޑު ހަލުވާލަ ހަލުވާލާ މިޝްޔާ ހުރީ ދެން ވާނެ ގޮތަކާއި މެދު ވިސްނާށެވެ.ޒީކާން އާއި އޭނާގެ މަންމަ އާއި ފަހަރެއްގައި ދިމާ ވެދާނެއެވެ.ދެން އެހާ ހިސާބުން ހަދާނީ ކިހިނެތް ހެއްޔެވެ؟
ބެލްކަނީގައި ހުރިި ޒީކާން އެތަނުން ނުނިކުމެވިގެން އެއްކޮޅުން އަނެއް ކޮޅަށް ހިނގަން ފެށުނީ ހަތެއް ޖަހާ ބޮޑުވުމުންނެވެ.އަދި އޭނާ ޕާޓީ އަށް ތައްޔާރުވާން ޖެހޭ އިރު މިޝްޔާ ދޮރު ހުޅުވާނެ އިރެއްގެ އިންތިޒާރުގައި ހުރެގެން ވާކަށް ނެތެވެ.
އެކިކޮޅު ކޮޅަށް ލޯ ދަތުރު ކުރަމުން ދިޔަ ޒީކާން އަށް ކަން ކުރަންވީ ގޮތް އިނގުނީ މިޝްޔާގެ ބެލްކަނީގެ ކައިރީގައި ހުރި ހޮޅި ފެނުމުންނެވެ.ފޯނު ޖީބަށް ޖަހަމުން ހޮޅީގައި ހިފާ ތިރި އަށް ފައިބަން ހުޅުނު ޒީކާން ގެ އަތް ވެސް ކުޑަކޮށް ފާރުގައި ގޭނުނެވެ.ނަމަވެސް އޭގެން އެއްވެސް ކަމަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ޒީކާން ބެލީ އެތަނުން އަވަހަށް ފައިބާނެ ގޮތެއް ފެނުމުން ކޮންމެ ހާލެއްގައި ވެސް ފައިބާށެވެ.
ބިމުގައި ފައި ޖެހުމާއިއެކު ޒީކާން އަށް ކުރިމައްޗަށް ބަލާލެވުނީ ކުރިމަތީގައި މީހަކު ހުރިހެން ހީވާން ފެށުމުންނެވެ.އިސްއުފުލާ ޒީކާން އޭނާގެ ކުރިމައްޗަށް ބަލާލީ ކުރިމަތީގައި އެއްގޮތަކަށް ވެސް ދާނިޝް ހުންނާނެ ކަމަކަށް ނޫނެވެ.
ދާނިޝް އޭނާ އާއި ދިމާލަށް ބަލަން ހުރިގޮތުން އޭނާ ކަންތައް ކުރިގޮތާއި އޭނާ މިޝްޔާގެ ކޮޓަރީގައި ހުރި ކަން ދާނިޝް އަށް އިނގުނު ކަން ނަގައިގަނެވުމާއި ޒީކާންގެ މޫނުއެކީ ރަތްވިއެވެ.ބޯ ކަހާލަމުން ދާނިޝް ފަހަނަ އަޅާ ދާން ފެށުމުން ޒީކާން އަަށް ދާނިޝް ގޮވާލުމާއި އެކީ ޒީކާން ގެ ފިޔަވަޅު މަޑު ޖެހުނު އިރު ފަހަތަށް ބަލާލާނެ ހިތްވަރެއް ޒީކާން އަކަށް ނުލިބުނެވެ.
“އަތް ތި އޮތީ މަށައިގެން ގޮއްސަ އެއްނު”ދާނިޝްގެ ވާހަކައިން ޒީކާން އަށް އޭނާގެ އަތަށް ބަލައިލެވުނެވެ.އަތުގެ އުޅަނބޮށިން ފެށިގެން އަތުގެ ކުޑަ ހުޅާއި ހަމައަށް އޭނާގެ އަތް މަށައިގެން ގޮސްފައި އޮތްތަން ފެނުމާއިއެކު ކުއްލި އަކަށް ޒީކާން ގެ އަތުން ދިލަ ނަގަން ފެށިއެވެ.ތަދު އިހުސާސް ކުރެވުނީ ވެސް މަށައިގެން ގޮސްފައި އޮތްތަން ފެނުމުންނެވެ.މަށައިގެން ގޮސްފައި ހުރި ތަންތަނުން ލޭ ރޮނގު ރޮނގަށް ހުރި އިރު ލައިގެން ހުރި ހުދު ގަމީހުގެ އަތުކުރީގައި ލޭ ކުލަ ފާއްދާލާފައި ހުއްޓެވެ.
“ދޮރުން ނިކުން ނަމަ.އާދޭ އެތެރެ އަށް ތިހެން ދެން ގެއަކަށް ނުދެވޭނެ އެއްނު”ދާނިޝް ޒީކާން އަަށް ގެއަށް ވަނުމަށް އިޝާރާތް ކުރަމުން ޒީކާން އަަށް ދައުވަތު އެރުވިއެވެ.ދާނިޝްގެ ދައުވަތު ބޮލާލައި ޖަހަން ނުކެރުނެެއް ކަމަކު ގެއަށް ވަނުމުން މިޝްޔާ އަށް ފެންނާނެއެވެ.އަނެއްކޮޅުން މިޔާގެ ސުވާލުތައް ވެސް އޭނާ އަށް އަމާޒު ވާނެއެވެ.ގޮތެއް ނުނިންމިފައި ހުރި ޒީކާން ވަންނަން މަޖުބޫރުވީ ދާނިޝް ދެވަނަ ފަހަރަށް ވެސް ގޮވާލުމުން ނެވެ.
ރަތްކުލަ އަރާފައި ހުރި އޭނާގެ ދެލޮލަށް ބަލައިލަމުން ޒާރާ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރެވޭތޯ ބަލަމުން ދިޔައީ އަދި ޕާޓީ އަށް ވެސް ދާން ޖެހުމުންނެވެ.މިލާފައިވާ މޫނަކާއިގެން ހުރެ ޕާޓީ އަށް ދިއުމުން އޭނާ ވާނީ ހާދަ އަމިއްލަ އެދުން ބޮޑު މީހަކަށް ށެވެ.އެންމެ ގާތް އެކުވެރިޔާގެ އުފަން ދުވަހު ވެސް މިލާފައި ވާ މީހަކާއި ގެން ހުންނާކަށް ޒާރާ އަކަށް ލާހިކެއް ނޫނެވެ.މޫނުމައްޗަށް ތާޒާ ކަމާއި އާރޯކަން ގެނެސް ހިނިތުންވުމެއް މޫނުމައްޗަށް ޒާރާ ވެރިކުރުވަން މަސައްކަތް ކުރަމުން ދޮޔައީ އެހެންވެގެންނެވެ.ފޭކު ހިނިތުން ވެސް މިލާފައިވާ މޫނަކާއިގެން ޕާޓީ އަށް ދިއުން މާ ރަނގަޅު ވާނެއެވެ.
“އޯކޭ ޒާރާ.ޔޫ ކޭން ޑޫ އިޓް”ލޯ މަރާލައިގެން ހުރެ ޒާރާ އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ކިޔަމުން ދިިޔައީ ހިތްވަރު އެލުވާ ނުލައި ހިނިތުން ވެފައިވާ މޫނަކާއިގެން އައިކާ މެންގެ ކުރިމައްޗަށް އެރުމަށްޓަކައި އެވެ.މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން ޒާރާ ގަޑި ބަލާލީ ޕާޓީ އަށް ދާން ވަގުތު ކުޑަތަން ވުމުގެ ކުރިން ތައްޔާރުވާށެވެ.
ގަޑިން ހަތެއް ޖެހުމުން ޒާރާ ފޯނު ހިފައިގެން އެނދު މައްޗަށް ވެއްޓި ގަތީ އަދި ތައްޔާރުވާން ނުވާ ކަމަށް ހިތް ބުނުމުންނެވެ.ފޯނު ހުޅުވާލަމުން ޒާރާ ސްނެޕް އަޅުވާލަމުން ކައިޔަންގެ ސްޓޯރީ ބަލާލި ވަގުތު ލިޔެލާފައި ވާ ޖުމުލައިގައި ފުން މާނަ އެއް ވާކަން އިނގުމުން ދެތިން ފަހަރަކު ޒާރާ އަށް އެ ދެތިން ލަފުޒު ކިޔާލެވުނެވެ.
“އެވްރިތިންގް ޔޫ ޑޫ،ކަމް ބެކް ޓު ޔޫ”ފުން މާނަ އެކުލެވިގެން އެ ޖުމުލަ އިން ކައިޔަން ގެ ހިތް ވަރަށް ރަނގަޅަށް ޒާރާ އަަށް ފެނުނެވެ.ކައިޔަން ގެ އެޖުމުލަ އިން ދޭހަ ކޮށްދެނީ ޒާރާ އަށް ކުރެވުނު ކަންތަކާއި މެދު ކައިޔަން ހިތާމަ ކުރާ ވަރެވެ.
އެހެން ނަމަވެސް ދެން ކައިޔަން ފޮނުވާފައިވާ ސަނެޕް ފެނުމާއި އެކު ޒާރާގެ ހިތް ވެސް އިރުކޮޅަކަށް މަޑުޖެހިލިއެވެ.”ބީ ކެއާރފުލް ހޫ ޔޫ ޓްރަސްޓް އީވެން ސޯލްޓް އެންޑް ޝުގާރ ލުކް ދަ ސޭމް”ކައިޔަން އަށް ގުޅާ މާފު ގަބޫލު ކޮށްފިން ކަމަަށް ބުނަން އުޅުނު ޒާރާގެ ނިންމުން އިރުކޮޅަކަށް ނަމަވެސް ބަދަލުވާން އުޅުނީ ކައިޔަން ފޮނުވާފައިވާ އެ ކުޑަ ކުޑަ އިބާރާތް ކޮޅު ފެނުމުން ނެވެ.
އެހެން ނަމަވެސް އިތުރު އެހެން ހިޔާލަކަށް ދިއުމުގެ ކުރިން ޒާރާ ކައިޔަން އަށް ގުޅާލީ ފޯނު ނެގި އަސް ނޫނީ ނުނެގިއަސް ހެޔޮ ކަމަށްށެވެ.ކައިޔަން މާފު ކުރިކަން އަންގާލުމަށްޓަކަައި ވެސް ކައިޔަން އަށް އޭނާ ގުޅަން އެބަ ޖެހެއެވެ.އެހެން ނަަމަވެސް ޒާރާ އަށް ނޭނގުނީ ޒާރާ ކައިޔަން އަަށް ގުޅުމަކީ ވެސް އެކަލާނގެ ޒާރާ އަށް ކަޝްފު ވެފައިވާ ހަގީގަތެއް ފަޅާ އެރުމަށް ދިމާވި ކަމެއް ކަމެވެ.
ކޮޓަރީގެ މެދުގައި ބެހެއްޓިފައިވާ ކިންގ ސައިޒު ގެ އެނދުގައި އޮށޯވެލައިގެން އޮތް ކައިޔަން ނަޒަރު ސީލިންގް އަށް ހުއްޓިފައިވާ އިރު ބަލާލި މީހަކަށް ކައިޔަން ގެ މޫނުމަތީގައި ވާ އަސަރުތައް ދެނެގަންނަން ވެސް އުނދަގޫ ވާނެކަން ކަށަވަރެވެ.
އެނދުގެ އެއްފަރާތަށް ވެއްޓިފައިވާ ފޯނު ރިންގު ވާ އަޑާއި އެކީ ކައިޔަންގެ ސަމާލުކަން ވަގުތުން އެފޯނަށް ހުއްޓިގެން ދިޔަ އެވެ.ޒާރާގެ ނަން އަރާފައި އިނުމުން ގަބޫލު ނުކުރެވިފައި ހުރި ކަހަލަ ގޮތަކަށް ބަލަހައްޓައިގެން ހުރުމަށްފަހު ކައިޔަން ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ބޯ މަތީގައިވާ ސީލިންގަށް ނަޒަރު ހިންގާލިއެވެ.
“އަހަރެން ކައިޔަން އަށް މަޢާފު ކޮށްފިން”ކައިޔަން އެކޮޅުން ފޯނު ނެގުމާއި އެކު ޒާރާ ބުނެލީ ހިންދިރުވާލަމުން ނެވެ.ފޯނުން ދެމީހުން ކުރެ އެކަކުވެސް ވާހަކަ ނުދައްކާ ހަމަހިމޭންކަން އިރުކޮޅަކަށް ނަމަވެސް ދެމިގެންދިޔަ އެވެ.
“ޒާރާ.ކޭން ޔޫ ޕްލީސް ހެލްޕް މީ”ދިވެހިން ބުނާނެ ގޮތެއް ނޭނގުމުން އެންމެ ފަހުން ކައިޔަން ބުނެލީ އިނގިރޭސިންނެވެ.”ކޮން ކަމަކަށް”ޒާރާ ގެ އަޑު މަޑެވެ.ކައިޔަން އޭނާ އަށް އިނގޭ މިންވަރު ޒާރާ އަށް ކިޔައިދޭން ފެށީ މާޒީގެ ތެރެއިންނެވެ.
މާޒީ
******
އޭރު ކައިޔަން ގެ އުމުރުން އެންމެ ހަތަރު އަހަރެވެ.ކައިޔަން އެ ދުވަސްތައް ހަނދާން ހުންނަނީ ކިރިޔަ ކިރިޔާ އެވެ.ހަނދާން ހުއްޓެއް ކަމަަކު މަންމަގެ މޫނުމަތިން އެއް ގޮތަކަށް ވެސް އޭނާގެ ހަނދާނެއް ނުހުރެއެވެ.ހަނދާނުގަައި އޭނާގެ ހުންނަނީ މާޒީގެ ސަފުހާ ތަކުގެ ތެރެއިން މަދު ދުވަސްކޮޅެކެވެ.އޭރު އޭނާ އުޅެމުން ދިޔައީ މަންމަގެ ބެލުމުގެ ދަށުގައި އެވެ.ބައްޕަ ގެ އެއްވެސް ކަހަލަ މައުލޫމާތެއް އޭރު ކައިޔަން އަކަށް ލިބިފައި އެއް ނެތެވެ.
އާދައިގެމަތިން ދުވަހެކެވެ.ކައިޔަން އާއި އާޔަން އަށް ހޭލެވުނީ ކޮޓަރި ތެރެއިން ފިޔަވަޅެއް ގެ އަޑު އިވުމުން ނެވެ.މަންމަ ކަމަަށް ހީކޮށް ކައިޔަން ދެލޯ ހުޅުވާލީ މަންމާ އޭ ކިޔާފައި ގޮވާލުމުގެ ގޮތުންނެވެ.ރޭގަނޑުގެ އެ ހަމަހިމޭން ކަމުގެ ވަގުތުގައި ކޮޓަރި އަަށް އެޅިފައިވާ ނިދާ ބޮކީގެ އަލިކަމުގެ ތެރެއިން ކައިޔަން އަށް ފެނުނީ ހިޔަންޏެއް ކަހަލަ މީހެކެވެ.ލޯ އެކަނި ފެންނަން ހުރި އިރު ބޮޑަށް ވައްތަރީ ވެސް ވަގަކާއި އެވެ.
އެވަގުތު ތުއްތު ތުއްތު ކައިޔަންގެ ހިތަށް ބިރުވެރިކަން ވަދުމާއި އެކު ހަޅޭއްލަވަން އަނގަ ހުޅުވާލެވުނެވެ.އެހެން ނަމަވެސް އޭނާ އަށް ހަޅޭއްލަވައި ގަތުން ހުއްޓަން މަޖުބޫރުވީ އެމީހަކު މޫނުގައިވާ މާސްކު ނެގުމުންނެވެ.
“ދަރިފުޅާ ކައިޔަން މީ ބައްޕަ އޭ.ޝްޝް”ބައްޕަގެ ލޯތްބަށް ފެންބޮވައިގެންފައިވާ ކައިޔަން ގެ މޫނުމަތިން އުފާވެރިކަން ފެންނަން ކުޑަ ހިނދުކޮޅެއް ވެސް ނުނެގިއެވެ.އެމީހާގެ މޫނު ފެނުމާއި އެކު ކައިޔަން ގެ ތުއްތު ސިކުނޑި އަށް އެއީ ހަމަ އޭނާގެ ބައްޕަކަމަށް ގަބޫލުކުރެވުނެވެ.ނުދަންނަ މީހަކަށް ތުއްތު ތުއްތު ކައިޔަން އަށް އިތުބާރު ކުރެވުނީ ހިނދުކޮޅަކަށް ވެސް ވިސްނާލުމެއް ނެތި އެވެ.
“ބައްޕަ މި އައީ ތި ކުދިން ބަލައޭ”އެމީހާ އެހެން ބުނެލުމާއި އެކު އެކީގައި ހެން ކައިޔަން އާއި އާޔަން އެމީހަކާއި އެކު ދާން އެއްބަސް ވެވުނީ މި ކުރެވެނީ ކިހާ ބޮޑު ކަމެއް ކަން ނޭނގެއެވެ.ތުއްތު ތުއްތު ދެކުދިންނަށް ވިސްނޭނީ ވެސް ފަހެ ކިހިނެތް ހެއްޔެވެ.
“ބޮސް މިހުރީ ބޮސް ތި ހޯދާ ދެކުދިން”ދެލޯ މެރިފައިވާ ކައިޔަން ގެ ދެލޯ މަޑު މަޑުން ހުޅުވާލެވުނު ވަގުތު އިވިގެން ދިޔަ އަޑާއެކު ކައިޔަން ގެ ތުއްތު ސިކުނޑި އަށް ވެސް ކަމެއް ނުބައި ވާން އުޅޭ ކަން ޔަގީންވި އެވެ.
“ފަޔާޒް ވަރަށް ބަރާބަރު.ތި ދެކުދިން ބައިތިއްބާ އެހެން އެއްވެސް މީހަކަށް ނުފެންނަ ތަނެއްގައި”ބޮޑު ގޮނޑި އެއްގައި އިށީންދެގެން އިން ފިރިހެންމީހާ އޭނާގެ ކުރިމަތީގައިހުރި މީހާގެ ގާތުގައި ބުނެލީ އަމުރުވެރި ރާގެއްގައި އެވެ.
ދެލޯ މަރައިގެން ވާހަކަ އަޑު އަހަން އޮތް ކައިޔަން އަށް ފަޔާޒް އޭނާ އާއި ކައިރިވަމުން ދިޔަވަރަކަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ.
ފަޔާޒް އޭނާ ކައިޔަން އާއި އާޔަން ބަންދު ކޮޓަރި އަކަށް ލާ ތަޅުލުމާއި އެކު ކައިޔަން ވަގުތުން ދެލޯ ހުޅުވާލީ ބިރުވެރި ކަމުން ފުރިގެންވާ މޫނަކާއި އެކުގައި އެވެ.ދެން މިވާން އުޅޭ ގޮތެއް އެއް ގޮތަކަށް ވެސް ކައިޔަންގެ ތުއްތު ހިތަކަށް ނަގައި އެއް ނުވަނެވުނެވެ.
ދުވަސްތައް މަސްތަކަށް މަސްތައް އަހަރުތަކަކަށް ދިގުދެމިގެން ދިޔައެވެ.ކައިޔަން އާއި އާޔަން އެ ބަންދު ކޮޓަރީގައި އުޅޭތާ ދިހަ އަހަރު ފާއިތު ވެގެން ދިޔައީ ގުދުރަތުގެ ރީތި ކަން ލޮލަށް ފެނިވެސް ނުލައެވެ.ރެއާއި ދުވާލު އެތަނުގައި ދެމީހުން ވާހަކައިގައި ތިބުމަކީ މިހާރު އެދެމީހުންގެ “ޑެއިލީ ލައިފް”އެވެ.މާލޭގެ ކާރު ބާރު ބޮޑު މަގާއި މަންމަ އާއި ބައްޕަ އެއްގެ ލޯބިން ވެސް މަހުރޫމު ވެފައި ތިބި ކައިޔަން އާއި އާޔަންގެ ހަޔާތުގެ މާޒީ ވެފައި ވަނީ ކަޅު އަނދިރި މާޒީ އަކަށް ށެވެ.
އެދުވަހު ފެނުނު ގޮތަށް ފަޔާޒް ލޮލަށް ފެނި ނުލާ އިރު ފަޔާޒްގެ “ބޮސް”ވެސް ކައިޔަން އާއި އާޔަން ގެ ލޮލަށް ފެނި ނުލައެވެ.އެތަނުގައި އުޅޭ އެކަކު ވެސް އެ ދެމީހުންނަށް އަނިޔާ އެއް ނުދޭތީ ޚުދު ކައިޔަން ވެސް ހައިރާންވެއެވެ.ބަރާބަރަށް އެތަނުން ކާން ލިބޭ އިރު ފަސް ތަރީގެ ރެސްޓޯރެންޓް އަކަށް ވެސް އެތަން ދޫނުދޭނެކަން ގައިމެވެ.ހަފްތާ އެއްގެ ފަސް ދުވަހު ހާއްސަކޮށް ފައި ވާ ޓީޗަރެއް އައިސް ދެމީހުންނަށް ކުލާސް ނަގާ ދެއެވެ.އަނިޔާ އެއް ނުދޭ އިރު ވެސް އެދެމީހުން އެގޮތަށް ބަންދު ކޮށްފައި ބައިންދަނީ ކީއްވެތޯ ކައިޔަން އޭނާގެ އަމިއްލަ ހިތާ ވެސް ކިތަންމެ ދުވަހަކު ކިތަންމެ ފަހަރަކު ވެސް ސުވާލުކޮށްފި އެވެ.
މަންމަ އާއި ބައްޕަ ކޮބާތޯ ވެސް ކައިޔަން ގެ ހިތުގައި ސުވާލު އުފެދެއެވެ.މަންމަ އޭނާ ގެއްލުމުން އުޅޭނެ ހާލު ވެސް އޭނާ އަަށް އިނގެނީ އެއް ނޫނެވެ.މިހާލުގައި ކައިޔަން އާއި އާޔަން މާޒީގެ ދުވަސްތައް ގުނަމުން ދިޔަ އިރު ދެން އެމީހުން އެތަނުން ސަލާމަތް ވެދާނެ ކަމާއި މެދު ކައިޔަން އާއި އާޔަން އުންމީދު ކަނޑާލީ ދިހަ އަހަރުވީ އިރު ވެސް ސަލާމަތް ނުވެވުނު ތަނަކުން ދެން ވެސް ސަލާމަތް ނުވާނެ ކަމަށް ހިތް ބުނުމުން ނެވެ.
އެއްރެއެއްގެ ފުރަމެންދަމު ވަގުތެވެ.ވެހޭ ވާރޭއިން ދަންވަރުގެ އެ ހަމަހިމޭން ކަން ނަގާލާފައިވާ އިރު ފުރާޅުގައި ވާރޭ ތިކިތައް ވެފައި ވަނީ ލުއި ލުއި މިއުޒިކީ އަޑަކަށް ށެވެ.އެނދުގައި އޮތް ކައިޔަން ގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ.ގައިގައި ރަޖާ އަޅައިގެން އޮތް އިރު ކައިޔަން ގެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ.ނިދި އައިސްގެން ފުރޮޅި ފުރޮޅި އެތައް އިރެއް ވީ އިރު ވެސް ނުނިދުމުގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ.
ކުއްލި އަކަށް ކައިޔަން އަށް ސިހުމެއް ލިބުނީ ކައިޔަން އާއި އާޔަން އޮތް ކޮޓަރީގެ ދޮރު ހުޅުވާލި އަޑާއި އެކުގައި އެވެ.އެތެރެއިން ތަޅުލާފައި ވާ އެކޮޓަރީގެ ދޮރު ހުޅުވޭނީީ ޔަގީނުން ވެސް ތަޅުދަނޑި އޮތް މީހަކަށް ށެވެ.
ދޮރު ހުޅުވާލާފައި ކޮޓަރި އަށް ވަން ފިރިހެން މީހާ އާއި ދިމާލަށް ދެލޯ ބޮޑު ކޮށްލައިގެން އޮވެ ކައިޔަން ބަލަމުން ދިޔައީ އެއީ ކާކުތޯ އޭނާ އަށް ހަމަ އެއް ގޮތަކަށް ވެސް ނޭނގުމުން ނެވެ.
ކައިރިވަމުން ދިޔަ ވަރަކަށް ކައިޔަން އަށް އެއީ ތިރީހުގެ އަހަރުތައް ގުނަމުން ދިޔަ މީހެއްކަން އިނގުނެވެ.ލައިގެން ހުރި ކޯޓު ފަޓުލޫނު ގެ ސަބަބުން އެމީހާގެ ޝަހްސިއްޔަތު އަންގާލަ ދެއެވެ.
“ސާރ މާދަމާ ދެއްތޯ މި ދެކުދިން ގެ ބައްޕަ މި ދެކުދިން ބަލާ އަންނަނީ”އެފިރިހެން މީހާގެ ގާތުގައި ހުރި އަންހެން ކުއްޖަކު އަހާލީ ޔަގީން ކޮއްލުމުގެ ގޮތުންނެވެ.އެފިރިހެން މީހާ ބޯ ޖަހާލުމާއި އެކީގައި ހެން ކައިޔަން ގެ ހިތުގައި ތަފާތު ޝުޢޫރުތަކެއް އުފެދެން ފެށިއެވެ.އެދެމީހުން ކޮޓަރިން ވެސް ނިކުތީ ކައިޔަން ފުން ހިޔާލެއްގެ ތެރެ އަށް ޣަރަގު ކޮށްލަމުން ނެވެ.
ޖެހިގެން އައި ދުވަހުގެ ހުރިހާ ވަގުތެއްގައި ހެން ކައިޔަން ގެ ސިކުނޑި ހިސާރު ކޮށްފައި ވަނީ އެދެމީހުން ދެއްކި ވާހަކަ އެވެ.ސިކުނޑި ވަށާ އެނބުރެމުން ދިޔަ އިރު ރަނގަޅަށް ކައިޔަން އަށް ކެވޭ ކަމަކަށް ވެސް ނުވިއެވެ.ކަައިޔަން ވަގުތު ގުނަމުން ދިޔައީ އޭނާގެ ބައްޕަ އެކޭ މިކިޔާ މީހަކު ފެންނާނެ އިރަކަށްށެވެ.
އަސުރު ގެ ވަގުތެވެ.ދޮރު ހުޅުވާލާފައި ކޮޓަރި އަށް ވަން ޒުވާން އަންހެން ކުއްޖާ ދެ ލަގެޖް ދެމުން ޕެކް ކުރާށޭ ބުނެލި އެވެ.އާޔަން އަށް މިހާރު މި ވަަމުން ދިޔަ ގޮތް ނޭނގުނު ނަމަވެސް ކައިޔަން އަށް ކުޑަ ކުޑަ ނަމަވެސް މިހާރު މި ވަމުން ދާ ގޮތް އިނގުނެވެ.
“ދޮންބޭ އަޅެ އާޔަން މެން ކޮންތާކަށް ގެންދަން އެ އުޅެނީ.މަންމަ ކައިރި އަށްތަ؟މަންމަ ބަލާ އައީ ތަ؟”އާޔަން ގެ ސުވާލުތަކަށް ކައިޔަން އަށް ވެސް ޖަވާބު ދޭން ނުކުޅެދުނެވެ.މަންމަ އާއި ބައްދަލު ވެދާނެހެން އޭނާ އަކަށް ހިއެއް ނުވެއެވެ.ރަނގަޅަށް ވިއްޔާ އެދެމީހުން ބަންދު ކޮށްފައި އެތިބީ އެދެމީހުން ގެ ބައްޕަ އެވެ.އެހެން ނަމަވެސް ބައްޕަ އެދެމީހުން ބަންދު ކުރަން ވީ ކީއްވެ ހެއްޔެވެ؟
އެކި ކަހަލަ ސުވާލުތައް އެނބުރެމުން ދިޔަ ކައިޔަން އަށް ހިޔާލީ ދުނިޔެ އިން ނިކުމެ ވުނީ އެދެމީހުންގެ ލަގެޖް ނަަގަމުން އެއްކަހަލަ އަންހެން ކުއްޖާ ކޮޓަރިން ނިކުންނަން ބުނެލުމުން ނެވެ.މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ އާޔަން އާއި ކައިޔަން ގެ މޫނުމަތިން އެކި ކަހަލަ އަސަރުތައް ފެންނަމުން ދިޔަ އެވެ.
**********
“އެންޑް ދެޓްސް ދަ އެންޑް.އެތަނުން ފަހުން ޑޭޑް އާ ދިމާވީ.ޑޭޑް ނުބުނޭ ކީތްވެ ކަމެއް ކައިޔަންމެން އެތަނަށް އެމީހަކު ގެންދިޔައީ ކީ.ނުބުނޭ ކީތްވެ ކަމެއް.ހިއެއް ނުވޭ ބައްޕަ އަަށް އެންމެ ފުރަތަމަ ގެންދިޔަ ފަހަރު އިނގޭހެނެއް ވެސް”ކައިޔަން އޭނާގެ މާޒީ ކިޔާ ދީ ނިމުނު އިރު ވެސް ޒާރާ އިނީ ވާ ނުވާގައި އެވެ.އޭނާ އާއި ކައިޔަން ގެ މާޒީ އާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟
“ދެން ޒާ ކިހިނެތް ހަދަންވީ”ޒާރާ އަހާލީ ސުވާލުން ފުރިގެން ވާ ކަހަލަ ގޮތަކަށް ށެވެ.”ލައި އަކީ ކައިޔަން ގެ ކޮއްކޮއޭ”ކައިޔަން ޒާރާ އަށް މިއޮށް ހުރިހާ އިރު ފަތިވަރު ދެމީ ހަމައެކަނި އެވާހަކަ ބުނެލަން ކަން ޒާރާ އަަށް އިނގުމާއި އެކު އެތެރެ އެތެރެ އިން ޒާރާ އަށް ހީގަނެވުނެވެ.އެހެން ނަމަވެސް ހީ ގަތުމަށް ވުރެ ބޮޑު ހަގީގަތެއް އިނގުމާއި އެކު ޒާރާގެ ހިތް ވެސް ހީވީ ހުއްޓި ދާނެ ހެންނެވެ.
“ވަޓް ރިއަލީ.އާޔަން ވެސް ތަ؟”ޒާރާ އަށް ލިބުނު ސިހުމާއި އެކު އެޖުމުލަ ބޭރުކޮށްލީ ވެސް އިރުކޮޅެއް ފަހުންނެވެ.”ޔެއާ.ސޯ ޒާރާ ކޭން ޔޫ ޕްލީސް ހެލްޕް މީ ވިތް ދިސް.ކައިޔަން އެޓް ލީސްޓް ބޭނުން ކައިޔަންގެ މަންމަ ކައިރި އަށް ދާން.އޯކޭ ދޯ ދެން ލައި އަށް ކައިޔަންއާ ލައި ގެ ޔާ ހުރި ގުޅުން ނޭނގުނަސް.ބަޓް އައި ރިއަލީ ވޯންޓް ޓު ސީ މައި މަމް އިނގޭ”ކައިޔަން ގެ ހުރިހާ ވާހަކަ އަކަށް ޒާރާ އާނ ހޫނ ކިޔަމުން ދިޔައީ އޭނާ އަށް އެންމެ ބޮޑު ވެގެން ކޮށްދެވޭނީ ކައިޔަން ލައިޝާ އާއި ހިސާބަށް ގެންދިއުން ކަމަށްވާތީ އެވެ.
“މިރޭ ކައިޔަން ދާނަން ދޯ ޒާގެ ބޯއި ފްރެންޑް ގެ ނަމުގަ އެޅިގެން ޕާޓީ އަށް”ޒާރާ އަނގަ ހަދާލަމުން ބޯއީ ފްރެންޑް އޭ ބުނެލި އެވެ.ކައިޔަން ޒާރާގެ ވާހަކަ އަށް ހްމްމްމް އަޅުވާލަމުން ފޯނު ބޭއްވީ އަދި ޕާޓީ އަށް ދާން ވެސް ތައްޔާރުވާން ވެސް އަދި ޖެހޭނެ ތީ އެވެ.
މިޔާ މިޝްޔާގެ ކޮޓަރިން ނުކުމެގެން އައިސް ބަދިގެ އަަށް ވަނުމާއި އެކު މިޝްޔާ ކޮޓަރި އަށް ދާން ހިނގައިގަތީ ޒީކާން ކޮބާތޯ ބަލަން ދާށެވެ.އެހެން ނަމަވެސް މިޝްޔާ އަށް ނޭނގުނީ އޭރު ވަނީ ވާން ޖެހޭ ކަމެއް ވެނިމިފައި ކަމެވެ.ކޮޓަރީގެ ދޮރު ހުޅުވާ ކޮޓަރި އަށް ކިރިޔާ ފިޔަވަޅެއް ނޭޅި އުޅުނު މިޝްޔާ ގެ ފިޔަވަޅު މަޑު ޖެހުނީ ދާނިޝް އާއި އެކު ގޭތެރެ އަަށް ވަދުނު ޒީކާން ފެނުމުން ނެވެ.އޭނާގެ ލޮލަށް ވެސް މަންޒަރު ގަބޫލު ނުކުރެވުނީ ޒީކާން ދެންމެ ވެސް އޭނާގެ ކޮޓަރީގައި ހުރުމުންނެވެ.ޒީކާން ގެ އަތުގައި ހުރި ލޭގެ ނިޝާންތައް ފެނުމާއި އެކު މިޝްޔާ އަށް ހިންދިރުވާލެވުނެވެ.މިއީ އަނެއްކާ ޖިންނި ޒީކާން އެއް ނޫން ބާއެވެ.މިޝްޔާގެ ހިތަށް އެންމެ ފުރަތަމަވެސް އެޖުމުލަ ވަދެގެން ދިޔައީ ޒީކާން ގެ އަތުގައި ހުރި ލޭގެ ނިޝާންތަކުގެ ސަބަބުންނެވެ.
ނުނިމޭ
ހުރިހާ ކިޔުންތެރީންނަށް.
އަޅުގަނޑުގެ ސުކޫލުގެ މަސައްކަތްތަައް ކުރިއަށް ދިޔަ ގޮތުން ހަގީގަތަށް ބުނަންޏާ ވާހަކަ މިދިޔަ ދެ ހަފްތާގައި ނުގެނެސް ދެވުނީ.އެކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.އެހުރިހާ ކަމެއްގެ ބަދަލުގައި އަޅުގަނޑު މިހާ ދިގު ކޮށް މި އެޕިސޯޑް މި ގެނެސް ދިނީ އެހާ ގިނަ ދުވަސްތަކެއް ވަންދެން ނުގެނެސްދީ ހުރެފައި 8 މިނެޓު ވެސް ކުރު ވާނެ ކަމަށް ނިންމަމުންނެވެ.
ކިޔުންތެރިންނަށް މި ބައި ވެސް ރީތި ވާނެ ކަމަށް އުންމީދު ކުރަން!
26 Comments!
Comments are closed.




Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Heyonuvaane zaa and yaan gulhuvachey
They both are made for each
Zeek and mish ves gulhuvachey
Aleek and aika ves
They all are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh I understand
Alhugandu ge support Abadhuves libeyne insha Allah
Love you rifoo ❤️😍
Thanks cutie girl
Dhen vaane gothei balamaa dho
Vrh ufaa vejje cutie girl ge mi comment kiyaalaafa.hope you will like next part too.
Love you more ❤️
V ufaavey thihaa busy koh ulhemun ves vaahaka kiyaalan libeythee
In sha Allah Rifoo mi balani medhu kandaa nulevey tho
Hey Rifoo
Mi episode ves varah reethi masha Allah
Kon irakun next
Varah ufaa vejje thihaa busy koh ulhemun ves vaahaka litaathy
Love you 😘
Hey dg
Thanks varah bodah
Next yageen koh bunaakah neyngey.
Love you more ❤️
Hey vhk vrh reethi..mi Bai dhigu v ma vrh happy..aslu komme part eh ves dhigu Nama dhw…I love this story.. curiously waiting 4 the next part ☺️
Aareyemesey thi buny rangalhu vhk eh.i love Rifoo ge stories.dhigu koh kiyaalan libeyne nama dhw hurihaa vhk eh ves.i really love this part dhigu v ma.Rifoo ge vaahaka always best.
Thanks aareyemesey
Alhey Rifoo ah vaguthu nuvaniyyey.in sha Allah next mihaa dhigu nuviyas kurei vx nuvaane.
Thanks someone 😊
Next vx dhigu koh avahah genesdhevey tho mi balani
Hey Rifoo
This part is amazing as always
Varah ufaa vejje Rifoo ge vaahaka dhuvas thakakah fahu dhigu koh kiyaalan libunyma.next part vec hama mihaa dhigu koh dhehche.
When next part kiyaalan libeynee
Love you Rifoo 💙
Yes Shaayan ebuny thedhei ingey Rifoo
Hope next
Part avahah kiyaalan libeyne kamah.eii lau ge message or maybe comment
Hey shaayan
Thanks shaayan next part vx dhigu koh genesdhevey tho mi ulheny.hehe
Love you more ❤️
Hey Riffooo
Dhen vaane gothei ingeny eh vx noon dho.mish and zeek ge bai kiyaalaaa hithun hureveny eh vx noon.kaiyan ge maazee haadha hiyy dhahchey dho.
Kon irakun next part Rifoo .
Pls dhen yaan and zaa gulhuvaballl.
Love you Rifoo 💋
Heyyy lauraa
Thanks varah bodah
Hehe really dhen vaane gothei balamaa dho ehen v ma.aslu vx Rifoo vx mi iny varah sakaraai vefa ey zeek and mish ge bai nuninmaa mi part ninmunyma.hehe dhen bye
Love you more ❤️
Hey rifoo
Loved the part ….
Vvv curiously waiting for the next part
Yaan n zaa gulhuvabala plssssss… heyonuvaane
Love you rifoo ❤️
Hey shimmer
Next part genesdhevey tho mi ulheni thankolheh avahah.
Dhen vaane gothei balamaa dho shimmer
Love you more ❤️
Mi part ves varah reethi Masha Allah
Kon irakun next
Thanks dhoonee
Next neyngey Rifoo ah vx.ekam mi balani avahah submit kurevey tho
Hey Rifoo
Mi episode ves varah reethi masha Allah
Kon irakun next
Can’t wait for the next part
Ehaa comment dhugu kyrevey kah nei ingey because I am very busy these days.
Love you Rifoo 💋
Thanks Rifoo thihaa dhigu koh mi part gebesdhineema.mau kon dhuvahei e photo ge inthizaaru ga huri thaa.i mean e photo ge vaahaka ingey hitting.mish dheke xeek ah loabi vevuny dhw e.
Hey darlss
Mi vaahaka ah comment nukohlevey thaa varah dhuvas vejje dhw.i can’t believe ingey aslu lai and aayan friend vaane kamah.this part is hama enme best becuz mi part ga mish and zeek ge salhi thankolheh ekam adhi nunimey dhw.next ah Rifoo beyndhee dhw.dhen yaan and zaa gulhen e ulheny.kaiyan ge maazee.ayaan and laika ge fight eh.e dhogei e majaa.dhen ehkala photo.milaan and naayaa haadha cute ey eii best couple hehe 😂
Lol Rifoo kon irakun next.ok ingey lahun kiyaalan libunas.aslu nish heekuri mihaa lahun kiyaalan libun iru vx libeyni 4 min kamah ekam 22 min inyma nish varah happy vi.hehe
Love you Rifoo Darla 💋
hey rifoo
test nimuneema update kohlahchey
Labba in sha Allah…