ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…48
“ތެންކް…ސް ޝައުން”ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލަމުން ޒާރާ ގެއިން ނިކުންނަން ހިނގައިގަތީ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ނެވެ.
*********************************
“ޝައުން ހިނގާ ދާން”ޒާރާ ގެއިން ނުކުންތަން ބަލަން ހުރި ޝަހްނާ ނުރުހުންތެރި ކަމާއި އެކު ޝައުން އަށް އަމުރުކޮށްލިއެވެ.ދުލުގެ ކުރީގައި ދަތް އަޅަމުން ޝައުން ދާން ހިނގައިގަތީ ވަރަށް ހަމަޖެހިލައިގެން ހުރެ އެވެ.ޝަހްނާ ޖަހާލާ ބަޑި އަކަށް ތައްޔާރު ވެލައިގެން ހުރި ފަދައެވެ.
ޝަހްނާ ގެ ފަހަތުން ގެއިން ނިކުން ޝައުން ގެ ނަޒަރު އިރުކޮޅަކަށް ނަމަވެސް މަގުގެ އެއްފަރާތުން ހިނގާފައި ދިޔަ ޒާރާ އަށް ހުއްޓުނު އިރު އެ ބެލުމުގައި ވަނީ ހަމްދަރުދީ ގެ އަސަރުތަކެވެ.
ގެއަށް ވަދެވުމާއި އެކީ ޝަހްނާ އޭނާގެ އަމިއްލަ ކޮޓަރި އަށް ވަދެ ބާރަށް ދޮރު ޖެހީ ޝައުން އަށް އޭނާ ރުޅި އައިސްފައި ހުރިކަން އަންގާލުމަށްޓަކަައި އެވެ.ޝަހްނާ އައިސްފައި ހުރި ރުޅިން ދޮރު ލައްްޕާލަމުން އަތް ދަބަސް ވެސް ހޫރާ ބިމަށް ޖަހަމުން އަތުގައި އޮތް ފޯނު ފާރާއި ދިމާލަށް ހޫރާލީ ރުޅިގަނޑު މަޑު ވޭތޯ އެވެ.ހޫރާލެވުނީ ވެސް ފޯނު ކަން ޝަހްނާ އަށް ރެއެކާލީ އޮރުކޮޅެއް ފަހުންނެވެ.ފޯނު ހޫރާލެވުމުން އޭގެ ރުޅި ވެސް ޝަހްނާ ބޭލީ އަމިއްލަ ނަފްސަަށް ށެވެ.
ރުޅި އައިސްގެން ކެކި ކެކި ހުރި ޝަހްނާ ގެ ނަޒަރު ކުއްލި އަކަށް ސްޓަޑީ ޓޭބަލް ގެ މަތީގައި ބައިންދާފައި އިން ޕެންސިލް ހޯލްޑާ އަށް ހުއްޓުނެވެ.އޭގައި އިން ކަޓަރު ފެނުމުން އެއާއި ދިމާލަށް މަޑު ހިނގުމެއްގައި ދިޔައީ ނުކެރި ހުރެފައި ހެން ވެސް ހީވާ ފަހަރު އާދެއެވެ.ކަޓަރު ނަގާ އެއަށް ބަލަހައްޓައިގެން ޝަހްނާ އިރުކޮޅެއް ވަންދެން ހުރެލީ ކުރަން މި އުޅޭ ކަމަކަށް ގޮތެއް ނުނިންމިފައި ހުރެއެވެ.ދެ ވިސްނުމެއްގައި ހުރެފައި ކަޓަރު ގެ ތިލަ އޭނާގެ އަތުގެ މަޑު ހަންގަނޑު ގައި ޝަހްނާ ޖައްސާލިއެވެ.ދެވަނަ ސިކުންތަކަށް ކަޓަރު ދޮރާއި ދިމާލަށް ހޫރުވާލީ ކުރި އަށް ވާން އޮތް ގޮތް ނޭނގި ހުރެއެވެ.
މަޑު ހިނގުމެއްގައި އާޓިފިޝަލް ބީޗް އާއި ދިމާލަށް ހިނގާފައި ދިޔަ ޒާރާގެ ލޮލުން ހުސްވުމެއް ނެތި ކަރުނަ އަންނަމުން ދިޔަ އިރު މަގުމަތިން ސައިކަލު ތަކުގައި އާއި ހިނގާފައި ދާ ހުރިހާ އެންމެން ގެ ނަޒަރު ޒާރާ އަށް ދިޔައީ ހުއްޓެމުންނެވެ.ރޮއެ ރޮއެ ދެލޯ ދުޅަ ވެފައިވާ އިރު ލޮލުން ކަރުނަ ތިއްކެއް ވެއްޓި ކޯތާފަތުގައި ބޮސްދީފައި ބިމުގައި ޖަހުމުގެ ކުރިން ޒާރާ ދިޔައީ ކަރުނަތައް ފޮހެމުން ނެވެ.
އާރޓިފިޝަލް ބީޗުގައި ތިބި ހުރިހާ އެންމެން ގެ ނަޒަރު ކަހަލަ ގޮތަކަށް ޒާރާ އަށް ހުއްޓެމުން ދިޔަ އެއް ކަމަކު އެ ކަމަަށް އަޅާލުމެއް ނެތި ޒާރާ އިސްޖަހާލައިގެން ހިނގަމުން ގޮސް ހުއްޓެން މަޖުބޫރުވީ ފައިގައި ކުޑަކުއްޖަކު ހިފެހެއްޓުމުންނެވެ.އެކުޑަ ކުއްޖާ އާއި ދިމާލަށް ޒާރާ ބަލާލި ވަގުތު ހުރިހާ ހިތާމަ ތަކެއް މަތިން ޒާރާ ހަނދާން ނެތޭ ގޮތްވީ އެކުއްޖާ ލޯބި ކަމުން ނެވެ.ޒާރާ ބަލާލުމާއި އެކު ލުއި ލުއި ގޮތަކަށް އެކުއްޖާ ހީލިއެވެ.
“ދައްތި ރޮނީތަ؟”އެކުއްޖާ ޒާރާ ގާތު މައުސޫމު ގޮތަކަށް އަހާލިއެވެ.”ނޯ ދައްތި ނުރޮން.ކޮބާ ކޮއްކޮގެ މަންމަ؟”ކޯތާފަތުގައި ހުރި ކަރުނަތައް ފުހެލަމުން ޒާރާ އެކުއްޖާ އާއި އެއްވަރަށް ތިރި ވެލި ވަގުތުވީ އެކުއްޖާ ޒާރާގެ ފަހަތް ބަލަމުން މައުސޫމު ހިނިގަނޑެއް ޖަހާލި ވަގުތަށްށެވެ.”ޒާ”ބަރު ފިރިހެންވަންތަ އަޑަކުން ޒާރާ އަށް ގޮވާލުމާއި އެކު ޒާރާ އަށް ފަހަތް ބަލާލެވުނު ކަމެއް ނޭނގި ގާތުގައި ހުރި ކުއްޖާ ދުވެފައި ދިޔަގޮތަށް ގޮސް އެ ފިރިހެން މީހާގެ ގައިގައި ބައްދާލިއެވެ.
“ރާއިލް”ޒާރާ އަށް ވެސްވީ ރާއިލް އަށްވީ ވަރެވެ.”ޑޭޑީ އަށް އެދައްްތި އިނގޭތަ؟”އުނަގަނޑުގައި އަތް ވިއްދާލަމުން އެކުއްޖާ ބުނެލީ ބޮޑު މީހަކަށް ވެސް ދޫނުކުރާނެ ކަހަލަ ގޮތަކަށް ށެވެ.”އެއީ ޑޭޑީގެ ފްރެންޑް އެކޭ”ރާއިލް އެކުޑަ އަންހެން ކުއްޖާގެ ނޭފަތުގައި މަޑުމަޑުން ހިފާލުމާއި އެކު ޑޭޑީ ވަރަށް ގޯހޭ ބުނެލަމުން އެކުއްޖާ ތުން ދަމާލި އެވެ.”ކާކު މަންމަގެ ޒާ ރޮއްވާލި؟”ހަތްމަހުގެ ބަނޑާއި އެކު ރާއިލް ގެ ގާތުގައި މަޑު ކޮށްލި މާޝާ އެކުޑަ ކުއްޖާ ކައިރީގައި އަހާލީ އެކުއްޖާ އަށް ވުރެ ވެސް ޅަ ވެލަމުން ނެވެ.މަންޒަރު ބަލަން ހުރި ޒާރާގެ ތުންފަތުގައި ހިނިތުން ވުމުގެ އަސަރު ފެންނަން ހުރި އިރު ހިތުގައި ސުވާލު މާކެއް ވެސް ޖެހުނެވެ.
“އަނހަ ޒާ”މާޝާގެ އަޑަށް ޒާރާ އާއި އެކުޑަ ކުއްޖާ އާއި ދެމީހުންނަށް އެއްފަހަރާ މާޝާ އާއި ދިމާލަށް ބަލައިލެވުނެވެ.”ކޮން އިރަކު ރާއްޖެ އައީ ރައި ބުނި ކިޔަވަން މެލޭ އަށް ދާން ޒާ ކީ ވާހަކަ”މާޝާ ޒާރާ ފެނުމާއި އެކު ވާހަކަ ދައްކަން ފެށުމުން އެ ކުއްޖާ އަށް ލިބިފައި ވަނީ ކާކުގެ އަނގަ އެއް ކަން ޒާރާ އަށް އިނގުމުން ހިނިި ވެސް އައެވެ.
“މަންމީ ޒާ މާލެ އައީ ލާސްޓް ވީކް ގަ އެއްނު.މަންމި އެހާ އަވަހަށް ހަނދާން ނައްތާލީ އޭ ދޯ.ޕިސް ޕިސް”ދެ ފަރާތަށް ބޯ ހޫރުވާލަމުން އެ ކުއްޖާ ބުނެލީ މާޝާ ކުށްވެރި ކުރަމުންނެވެ.”ޒާ މަންމި އެ ވާހަކަ ދައްކަނީ އެ ދައްތި އާ އޭ.ޒާ އަކާ އެއް ނޫނޭ”ރާއިލް އެކުއްޖާ ގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ބުނެލީ ލޯބިން ފުރިގެންވާ ގޮތަކަށް ށެވެ.
“ނުދަން.އައިކާ އެކަނި ދިޔައީ.ޒާ މިކޮޅުން މި ކިޔަވަނީ.ނެކްސްޓް މަންތްގަ ޓެސްޓް ފެށޭނެ.އޭރުން ދެން ނިމުނީ އެ”ޒާރާ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ބުނެލި އެވެ.”އެހެން.الحمد الله.މާޝާ ﷲ ދެން ކިޔަވަ ކިޔަވާ ނިމުނީ ދޯ.މާޝް ވެސް މިކޮޅަށް މި އައީ ދެން ބަދަލުވީީ.މިކޮޅު މާ ހިތްހަމަޖެހެ އެއްނު.ދެން ޒާ ވެސް އަންނަން ކިޔާތީ”މާޝާ އާއި ވާހަކައިގައި ޖެހުމުން ބަޔަކު އޭނާ ހޯދަން އެއްކޮޅުން އަނެތް ކޮޅަށް ދަތުރު ކުރާކަން ވެސް ޒާރާގެ ހަނދާނުން ކައްސާލިއެވެ.
“މިއީ އެންމެ ބޮޑު ކުއްޖާ ތަ؟ކޮން ނަމެއް ކިޔާނީ”ޒާރާގެ ސުވާލުން މާޝާ ބަލާލީ ރާއިލް އާއި ދިމާލަށް ށެވެ.”ހްމްމް އެންމެ ބޮޑު.މިއަހަރު ތިނެއް ދޯ އެ ފުރުނީ.ޒާރާ ކިޔާނީ”މާޝާގެ ޖަވާބުން ޒާރާ އަށް ބަލާލެވުނީ ރާއިލް އާއި ދިމާލަށް ށެވެ.އޭރު ރާއިލް ވެސް ހުރީ ޒާރާ އާއި ދިމާލަށް ބަލަހައްޓައިގެން ކަމުން ދެމީހުންގެ ހަތަރު ކަޅި ހަމަވި އެވެ.
ނުކްޝާން ކާރަށް އަރާ ދުއްވާލި އިރު ކައިރީ ގައި ޒީކާން ފޯނާއި ކުޅެން އިން އިރު ނަވްޔާ އިނީ ފަހަތު ސީޓުގައި އެވެ.”ކޮންތާކު ތަ ތިކިޔާ ކައިޔަންމެންގެ ގެއެއް އިންނަނީ؟”ނުކްޝާން ސުވާލުކޮށްލީ ފޯނު ހިފައިގެން އިން ޒީކާން ގާތު އެވެ.”އެ މަގަށް އަޅާބަލަ އޭރުން ފެންނާނެ”ފޯނުން ނަޒަރު ވަކި ކޮށްލަމުން ޒީކާން ނުކްޝާން ގާތު ބުނެލަމުން އަނެއްކާ ވެސް ފޯނާއި ދިމާލަށް ބަލައިލީ މާ ބޮޑު ޝައުގުވެރިކަމެއް ނެތް ފަދަ އަކުންނެވެ.އޭނާގެ ޝައުގުވެރިކަން ޒާރާ ވީ ތަނެއް ނުވަތަ އުޅޭނެ ހާލެއް ބަލަން ވެސް ނެތީ ކަންނޭނގެއެވެ.ނޫނީ ދައްކަން ބޭނުން ނުވަނީ އެވެ.
ޒާރާ އާއި ޝައުން ގެ އިތުރުން ޝަހްނާ ގެއިން ނުކުތުމާއި އެކު ކައިޔަން ޖީބަށް އަތް ޖަހާލަމުން ގެއަށް ވަންނަން ހިނގައިގަނެވުނީ މާޔޫސްވެފައި ހުރެއެވެ.ޒާރާ ގާތު މާފަށް އެދެން އޭނާ ހާދަ ބޭނުމެވެ.ހަމައެފަދައިން އޭނާގެ މަންމަ ދެކިލުމަކީ ވެސް އޭނާ ނުހަނު ކުރަން ބޭނުން ކަމެކެވެ.
ގޭތެރެ އަށް ވަންނަން އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ކައިޔަން ގެ ފައިގައި ކަސްތޮޅު އެޅުނީ ފަހަތުން އާޔަން ގެ އަޑު އިވުމުންނެވެ.”ކޮންމެވެސް ބަޔަކު ބްރޯ ހޯދަން އައިސްސި.ދެން ނޭނގެ ކޮން ބައެއް ކަމެއް ވެސް”އާޔަން ދެލޯ މައްޗަށް ހިންގާލަމުން ބުނެލީ މަޖާ ރާގަކަށްށެވެ.ރަނގަޅަށް ވިއްޔާ ޖޯލީގައި އޮތް އިރު ވެސް ގޭތެރޭގައި ވީ އެއްވެސް ކަމެއް އޭނާ އަކަށް ނޭނގޭނެ އެވެ.
“އޭއި މި ދަނީ ބޭރަށް އިނގޭ.ބައްޕަ އަހައިފިއްޔާ ބުނައްޗެ”ފޯނު ޖީބަށް ލަމުން ކައިޔަން އާއި އެކުއެކީހެން އިމާރާތުން ނިކުން އާޔަން ބުނެލީ ފަނޑު ހިނިތުންވުމެއް ހަދިޔާ ކޮށްލަމުންނެވެ.
ނުކްޝާންމެން ކައިޔަން މެންގޭ ދޮރުމަތީގައި ތިއްބާ އައިކާ އާއި ލައިނީ ދުވަމުން ކަހަލަ ގޮތަކަށް އެމީހުންގެ ކައިރީގައި މަޑުކޮށްލިއެވެ.”ކޮބާ ޒާގެ ހަބަރެއް ވެއްޖެ ތަ؟”ލައިނީ އައިސް އަހާލީ އެންމެ ފުރަތަމަވެސް އެސުވާލެވެ.ޒީކާން ކަންބޮޑުނުވާ ވަރަށް ލައިނީ ކަންބޮޑުވެފައި ހުރިކަން އޭނާގެ މޫނުމަތިން ހާމަވެއެވެ.”ނުވޭ ދެންމެ ކޮންމެވެސް މީހަކު އައިސްފަ ބުނެފި ކައިޔަން އަށް އެބަ ގޮވާލަނީ.ނާޔާ އަށް ހީވަނީ ކައިޔަން ގެ ބޭބެ ނޫނީ ކޮއްކޮ ހެން.ދެން ނޭނގެ ނުވެސް ބަލަން އޭނަގެ މޫނަކަށް”ނަވްޔާ އަނގަ ހަދާލަމުން އިތުރު ތަފްސީލު ވެސް ދިނެވެ.
ކައިޔަން ގޭގެ މައި ދޮރު ހުޅުވާލި ވަގުތު ނުކްޝާން އާއި ޒީކާންގެ އިތުރުން ނަވްޔާ އާއި ލައިނީ އަދި އައިކާ ހުރުމުން ހިތުގައި ސުވާލުތައް އުފެދެން ފެށިއެވެ.އަނެއްކާ ޒާރާ ގެއަށް ނުދަނީ ހެއްޔެވެ؟
“ކިހިނެތް ވީ؟”ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ކައިޔަން އަހާލީ ވާނުވާގައި ހުރެއެވެ.”ޒާރާ ކޮބާ؟އެންމެ ފަހުން މިގެ އަށް އައީ”ނަވްޔާ އަހާލީ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފާޅު ނުކޮށް ވޭތޯ ބަލަމުން ނެވެ.ނަވްޔާގެ ސުވާލުން ކައިޔަން އަށް މާބޮޑު ސިހުމެއް ނުލިބުމުން ނުކްޝާންމެންނަށް ކައިޔަންމެންގޭ ގައި ޒާރާ ހުރިހެން ވެސް ހީވާން ފެށިއެވެ.
“ޒާ ނުދޭތަ ގެ އަކަށް”ކައިޔަން އެހެން ބުނެލި ވަގުތު ވީ އާޔަން ގެ އަޑު ނުކްޝާން މެންނަށް ކައިޔަން ގެ ފަހަތުން އިވުނު ވަގުތަށް ށެވެ.”ދަނީ އިނގޭ.ކޮން ބައެއްތަ އެއީ؟ދިޔައީ ތަ އެމީހުން؟”ކައިޔަން ދޮރުމަތީގައި ނުކްޝާންމެންނާއި ވާހަކަ ދައްކަން ހުރެދާނެ އެކޭ އާޔަން ވެސް ހިޔެއް ނުކުރާނެތާ އެވެ.އާޔަން އެހާ ވެލާފައި ސުވާލު ގޯނި އޮއްސާލި ސަބަބަކީ ވެސް އެއީ ކަމަަށް ވެދާނެ އެވެ.
ކައިޔަންއާ އެކި ސުވާލުކުރަމުން ގޭޓު ކުރިމައްޗަށް އެރި އާޔަން ރަކިވީ ނުކްޝާންމެން ފެނުމުންނެވެ.މޫނުމައްޗަށް މަޑު ރަތް ކުލަ އެއް ވެސް ފާއްދާލި އެވެ.ފަހަރަކު މީހެއްގެ މޫނަށް ނަޒަރު ހުއްޓާލަމުން ދިޔަ އާޔަން ގެ ދެލޯ ބޮޑުވީ ލައިނީ ފެނުމުންނެވެ.އޭރު ލައިނީ ވެސް ހުރީ އާޝޯހު ވެފައި އާޔަން އާއި ދިމާލަށް ބަލާށެވެ.މަޝްހޫރު މީހަކު ފެނުމުން މީހަކު އާޝޯހު ނުވާ ވަރަށް ލައިނީ އާޔަން ފެނުމުން އާޝޯހު ވިއެވެ.މީގެން އެއްވެސް ކަމެއް އެއްވެސް މީހަކަށް ފާހަގަ ނުވީ ޒާރާ އާއި މެދު ކަންބޮޑުވެފައި ހުރި ވަރުންނެވެ.
ލައިނީ އަށް ހީވީ ކުރަމަތިން ހަމަ އޭނާގެ ފޮޓޯ އެއް ފެންނަމުން ދިޔަ ހެންނެވެ.އެހާ ވެސް އާޔަން އާއި އޭނާ ވައްތަރެވެ.އެހެން ނަމަވެސް ސުވާލަކީ ލައިނީ އާއި އާޔަން އެހާ ވައްތަރީ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ؟
ލައިނީ އާއި ދިމާލަށް ބަލާލި އެންމެ ފުރަތަމަ ފަހަރު ވެސް ލައިނީ އަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަން ލައިނީ އަށް ނޭނގުނު ނަމަވެސް އާޔަން އަށް އިނގުނެވެ.އެހެން ނުވާންވީ ސަބަބެއް ނެތެވެ.އާޔަން ވެސް ވައްތަރީ އޭނާގެ މަންމައާ އޭ އަބަދު ވެސް ކައިލާން ބުނެ އެވެ.ލައިބީ ވެސް ވައްތަރީ ލައިޝާ އާއެވެ.އެހެންވީމާ ދެމީހުން ދެމީހުންނާއި ކިހާ ވައްތަރު ވާނެ ހެއްޔެވެ؟
ލައިނީ އާއި ދިމާލަށް އަވަސް ނަޒަރެއް ދެމުން އާޔަން ދުރަށް ހިނގައިގަތީ ލައިނީގެ ނަޒަރުން ސަލާމަތް ވުމަށް ށެވެ.މިހާރު ލައިނީ އަށް އޭނާ އަކީ ކާކުކަން ނުވަތަ ލައިނީ އާއި ގުޅުމެއް ހުރި މީހެއް ކަން އިނގިގެން ދާނެކަން އާޔަން އަށް ޔަގީނެވެ.ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމުން ދުރުވެ ލުމަށް އާޔަން އާޓިފިޝަލް ބީޗަށް ދިއުމަށް ނިންމިއެވެ.ސައިކަލުގައި އިން އާޔަން އަށް ލިބިފައިވާ ނުތަނަވަސްކަމުން ސައިކަލުގެ މުށްގަނޑަށް އިރު އިރު ކޮޅާ ބާރު ކޮށްލެވެއެވެ.
މާޝާ އާއި އެކީ ވާހަކައިގައި ހުރި ޒާރާ ގެ ސަމާލުކަން ރައިނާ އަށް ހުއްޓުނީ ރައިނާ ޒާރާ އަށް ގޮވާލުމުންނެވެ. “ރައި”ދުވަސްތަކަކަށް ފަހު ދެ އެކުވެރިން ބައްދަލު ވުމުން ދެމީހުންގެ ހިތަށް ވެސް ލިބިފައިވަނީ ތަފާތު އުފާވެރިކަމެކެވެ.ދުވަސްތަކަކަށް ފަހު ބައްދަލު ވުމުން ވެސް ވާނީ އެހެންތާ އެވެ.
މާ ވާހަކަ ދިގުވާން ފެށުމުން ކައިޔަން ނުކްޝާންމެން ގޭތެރެ އަށް ވެއްދީ ދޮރުމަތީގައި ތިބެގެން ވާހަކަ ދެއްކުމަށް ވުރެ ރަނގަޅު ވާނެ ތީ އެވެ.ގޭގެ ޖޯލިފަތީގައި އިން ކައިޔަން ވަށައިގެން އެންމެން ތިބި އިރު އެކި މީހުންގެ ހިތުގައި ވަނީ އެކި ސުވާލުތައް އުފެދިފައި އެވެ.ހުރިހާ ސުވާލެއްގެ ޖަވާބު އިނގޭނެ މީހަކަށް ހުންނާނީ ކިޔާން އެވެ.އެހެން ނަމަވެސް ޒީކާންމެން އަންނަމުން އެއައީ ކިޔާން ވެސް ގޭގައި ބަހައްޓާފައި އެވެ.ޒީކާންމެން އެދުމަށް މިލާން އާއި އަލީކްގެ އިތުރުން ރަޔާން އެއްބަސްވުމުން ކިޔާން އަށް ގަދަ ހަދާފައި އަންނަން ނުކެރުނީ އެވެ.
ހުރިހާ ހިތްތަކުގައި ސުވާލު އުފެދިފައިވާ އިރު އެކަކަށް ވެސް ސުވާލެއް ކޮށްލާނެހާ ވެސް ހިތްވަރެއް ނުލިބުނެވެ.އެންމެ ފަހުން ނީންދެވިގެން ސުވާލުކުރީ ނުކްޝާން އެވެ.”ކޮން ތާކަށް ޒާ ދިޔައީ އެންމެ ފަހުން؟ކީއްވެ ދިޔައީ ދިޔަ ތާކަށް؟”ނުކްޝާން ގެ ސުވާލުގެ ޖަވާބު އެންމެން ވެސް ބޭނުން ވެފައި ވާ ކަން ހުރިހާ އެންމެން ގެ މޫނުމަތިން ކައިޔަން އަށް އިނގުނެވެ.
ސަބަބު ބުނެފި ނަމަ ޒީކާން އޭނާގެ މޫނުގައި ނުޖަހައިފިއްޔާ ރަނގަޅެވެ.އަނެއްކޮޅުން ސަބަބު ނުބުނެ ވެސް ވާކަށް ނެތެވެ.ކުރާނެ ކަމެއް ނޭނގިފައި އިން ކައިޔަން ފުން ނޭވާ އެއް ލަމުން އިސް އުފުލާލީ ސުވާލުގެ ޖަވާބު ބުނާށެވެ.ޒީކާން އޭނާ ގެ މޫނުގައި ގެހި އަސް ވަރިހަމަ ކަމަށްށެވެ.
“އެއީ ކައިޔަން އާ ޒާއާ ބްރޯކް އަޕް ވީމަ ޒާ މިގެއިން ނުކުމެގެން ދިޔައީ”ކައިޔަން ކުރުގޮތަކަށް ބުނެލި އެވެ.ދެމީހުން ރުޅިވި ސަބަބު ޒީކާން ނުވަތަ ނުކްޝާންމެން މީހަކު އަހާނެ ކަމަށް ހީކޮށްގެން އިން ކައިޔަން އަށް ހަމަޖެހުމުގެ ނޭވާ އެއް ލެވުނީ ޒީކާން މެން އެސުވާލު ކުރުމުގެ ބަދަލުގައި ޒާރާ ހޯދަން އުޅެން ފެށުމުންނެވެ.
ކައިޔަން ގެ ހިތުގައި ވެސް ޒާރާ ހޯދުމުގެ ޝައުޤުވެރިކަމެއް އުފެދުނީ ލައިނީ ޒާރާ ނުފެނިގެން އުޅޭ ގޮތް ފެނުމުންނެވެ.ލައިނީ އަށްޓަކައި ވެސް ޒާރާ ހޯދުމުގެ ޝައުގުވެރިކަން ކައިޔަންގެ ހިތުގައި އުފެދުނެވެ.އޭނާ އަށް އެކަމުގައި ވެވެން އޮތް އެހީ އެއް ވާން ކައިޔަން އެހިސާބުން ނިންމި އެވެ.އާޔަން އަށް ވެސް ގުޅީ އެ ސަބަބާއި ހުރެއެވެ.އާޔަން އަށް ވެސް ޒާރާ ފެނުމުން އިނގޭނެ އެވެ.
އާޓިފިޝަލް ބީޗަށް ވަދެގެން އައި އާޔަން ގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާންފެށުމުން އާޔަން ފޯނު ނަގާ ގުޅަނީ ކާކުތޯ ބަލާލެވުނެވެ.ކައިޔަންގެ ނަން އަރާފައި އިނުމުން އާޔަންގެ ހިތުގައި ސުވާލު އުފެދުނީ ކައިޔަން ގުޅަންވީ ސަބަބު ނޭނގުމުންނެވެ.ނަގަން ނުނަގަން ހުރެފައި ވެސް އާޔަން ފޯނު ނެގީ ކައިޔަން މުހިއްމުކަމަކު ނޫނީ މިވަގުތު ނުގުޅާނެހެން ހީވާން ފެށުމުންނެވެ.
“އޭ އާޔަން ޒާ ފެށިއްޖެއްޔާ ބުނެލައްޗެ”ކައިޔަން އެކޮޅުން އެހެން ބުނެލުމާއި އެކު “ޒާ”އަކީ ކާކުބާއޭ އާޔަންގެ ހިތަށް އެރިއެވެ.”ކޮން ޒާ އެއް؟އޭ އެއްކަލަ ދޮންބެ ގެ ގާލްފްރެންޑް ތަ؟”ހިތަކަށް އެރީމާ ކައިޔަން އަށް ދޮންބެ ކިޔާ އާޔަން އެވަގުތު ވެސް ކައިޔަން އަށް ދޮންބެ ކިޔަން ހިތަށް އެރިއެވެ.”އޭ އާޔަން އަކަށް ނުފެނުނު.އޮނހޯ”ކައިޔަން ހްމްމްމް އަޅުވާލުމާއި އެކު އޭނާގެ ޖަވާބު ބުނަން އުޅުނު ވަގުތު ދުރުގައި ހުރި އަންހެން ކުއްޖާ ފެނުމުން ކައިޔަން އަށް އޮނހޯ އޭ ބުނެލެވުނީ އެ އަންހެން ކުއްޖާ އަކީ ޒާރާހެން ހީވާން ފެށުމުންނެވެ.”އޭ އާޔަން އަށް ފެނިއްޖެ”އުފަލެއް ލިބުނު ފަދައިން ޕީ ކުޑަކޮށް ފުއްމާލަމުން އާޔަން ބުނެލީ ފޮނި ވެލަމުން ނެވެ.”އޭނ ހަމަ އަޞްލު ތަ؟ކޮން ތަާކު ތި ހުރީ”ކައިޔަން ގެ ޖުމުލައިން އާޔަންގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ކުޅެލިއެވެ.
ކައިޔަން އޭނ ހަމަ އަސްލު ހެއްޔޭ ބުނެލި އަޑު ލައިނީގެ ކަންފަތުގައި ޖެހުމުން ޒާރާ ފެނުނިއްޔޭ ވެސް ހިތަށް އެރިއެވެ.އެހެން ކަމުން ލައިނީ ކައިޔަން ދައްކަމުން ދިޔަ ވާހަކަ އަށް ކަންފަތް ލައިގެން ހުރީ އިތުރު ތަފްސީލު ލިބޭތޯ އެވެ.އިތުރު ތަފްސީލު ހޯދަން ކައިޔަން ގެ ވާހަކަ އަޑު އަހަން ހުރި ލައިނީ އަށް ކައިޔަން ބުނެލި ވާހަކަ އިން ސިހުން ލިބުނެވެ.
ނުނިމޭ
ލައިނީ އަށް އަޑު އިވުނީ ކޮން ވާހަކަ އެއް ބާ؟
17 Comments!
Comments are closed.




Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
Zaa and kiyaan gulhuvachey
They both are made for each other
Kithamme lahun kiyaalan libunas Shakuvaa eh neih
I appreciate your hard work
Love you ❤️😍
When next part
Haadha bodethi gap ey annnany
Hey Rifoo
This part is hama best
Can’t wait for the next part
Yaan and zaa avahah gulhuvahchey.
Aslu lainy ah e adu ivuny kon vaahaka eh baa?
Love you 😘
Hey rifoo..
Mi part ves varah reethi … amazing…
Curiously waiting for the next part
Love you ❤️
Hey Rifoo
This part is hama amazing.
I don’t know what to say.hama ehaa vec reethi
Dhen enme inthizaaru kureveny mi vhk ge next ah…
Love you Rifoo 💙
Hey Rifoo
What’s up ☺️ how are you?
Kihinei tha mi vany haadha salhi ey dho.lainy ah e adu ivuny yageenun viyya zaa and kaiyan rulhi vi Sababu.i can’t wait for the next part dho.lainy ah dhen hageegai ingifa aika and aleek gulhunyma e vaahaka nimuny dho.mi vaahaka ninmaafa aa vaahaka eh liyahchey.
Dhen bye
Love you 😘
This part is amazing
Kon irakun next?
Heyyy Riffooo
Alheyy mi part haadha reehchey.
Next ga zaa and yaan gulheyne dho can’t wait for the next part
Zeek and mish ge bayeh next ga gennahchey
Love you 💋
Rifoo
Where is the next part…
Curiously waiting
You stopped
Sorry guys
Varah buxy dhuvas kolhei v ma vaahaka submit nukurevigen mi ulheni.but in sha Allah miadhu submit kohlaanan.
Hama july 5 in feshigen bxy schedule eh quran competition madhaha competition sports dhivehi week English week hama adhi kiriyaa mi nimuny hurihaa kamei dhen in sha Allah avahah submit kohalanan in sha Allah 😊
Midhuvas kolhu hama rifoo bxy ee ey.sorry guys
Miadhu next submit kohlaanan in sha Allah.
Next in sha Allah vrh dhigu vaane.aslu ehen ve yaa ehkoh submit nukurevuny. laptop oi nama kureemus hama bunaa dhuvahaku.
Love you guys.
Miadhu kiyaalan nulibunas maadhan kiyaalan libeyne kamah rifoo mi unmeedhu kurani.cuz miadhu 25 percent submit kuri as kiyaalan libeyne kamuge.
Rifoo mn rashu school hama ehaa ves rahum nethee thr rifoo thee school kujjei kan ingey iru ves.
Hey ….
It’s ok….
I can understand…I ves varah dhuvas kohlaafa site hulhuvaalee…e gadeega egunee that rifoo vaahaka up nukuraathaa vv dhuvas vehjje kan ..ehen ve ahaalee….
I also 3 days camp eh ga gos ulhe ulhe fa ai gothah feshee school ge eki kankamuga ulhen…..on the other hand competitions thah ves fashan ulhey thee ekamuga ves vv busy koh ulhen mi jeheny….
Anyway …love you…school should be our first priority dho as students….
Study well
Hey
It’s ok rifoo
School activities are important so focus on studies
I can understand v happy vey thihaa busy koh ulhemun ves vaahaka kiyaalan libeythee. Las viyas eves Shakuvaa eh neihits ok
Study well
Hey
It’s ok rifoo
School activities are important so focus on studies
I can understand v happy vey thihaa busy koh ulhemun ves vaahaka kiyaalan libeythee. Las viyas eves Shakuvaa eh neih its ok
Study well
Thanks everyone
In sha Allah miadhu submit kohlaanan ingey.e dhuvahu vx ehen bunefa varah gina in liyunin ekam rifoo vampire girl kairyga photo badhalu vaane vaahaka bunalaafa inyma photo badhalu vaa varah nuluyevey thi submit nukury ekam miadhu hama aslu vx in sha Allah submit kohlaanan.
Love you guys so much ❤️
Why isn’t the part being uploaded….