ދުވެފާ އައި ކުއްޖާ – ފުރަތަމަ ބައި
އާދައިގެ މަތިން އެރޭވެސް އަހަރެންނާއި އެކުވެރި ޒާރާ އާއެކު ހިނގާލަން ދިޔާމެވެ.ެ ހިނގާލަން ދާ ކޮންމެ ރެޔަކުވެސް ދެވޭނީ ބިޔަ އަދި ބޯ ޖަންގައްޔެއް ކާރިން ލާފައެވެ.އަދި ކޮންމެ ރެޔަކުވެސް އެތާގައި އޮންނަ ކޯރުކާރިން ހިޔަނިތަކެއް ފެންނާނެއެވެ. ހާއްސަކޮށް މިރޭ އޮތީ އަނދިރިކޮށެވެ. އެހެންކަމުން އެރޭ މާރީތިކޮއް އެހިޔަނިތައް މާ ސާފުވިއެވެ. ޒާރާ ބުނީ އެއީ ހަނދުނެތް ރެއަކަށް ވީތީ ކަމަށް ވެދާނެއެވެ. އަހަރެމެން ގޮސްފާލަމްގައި އިށީނީމެވެ. އަހަރެމެން އިށީނުމަށްފަހު ވާހަކަ ދައްކަން ފެށީމެވެ.
އަހަރެމެން ދެމީހުންވެސް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ގްރޭޑް 12 ނިންމީމެވެ. އަހަރެންނަށް ސްކޮލަޝިޕް ލިބިގެން ޔޫއެސްއޭ އަށް ދާންޖެހެއެވެ. އަދި އަހަރެންނަށް މިތާ ބާކީ ހޭދަކުރަން 6 މަސް ދުވަސް އެބައޮތެވެ. އެހެންކަމުން އަހަރެން ރާއްޖޭގަހުރެ ކުރަން ބޭނުންވާ ހުރިހާ ކަމެއްކުރެވޭތޯ ވަރައް މަސައްކަތް ކުރަމެވެ. އަހަރެމެން އިށީންދެގެން އިން ފާލަމް އަކީ އަހަރެން ހަދާންވާ ގޮތުނަ އަހަރެން ދުނިޔެއައް އައުމުގެ ކުރިން ވެސ އިން ފާލަމެކެވެ. އަހަރެން ކުޑައިރު އެންމެ މަދުން އާއެއްތަނަކީމީއެވެ. މިހާރު މިތަން މިވަނީ މުސްކުޅިވެ ހަލާކުވާނަ ފަށާފައެވެ.
އެކޯރުތެރޭގައި އެކިއެކި ކަހަލަމަސް އުޅޭތަން ފެނުނެވެ. އެކަމަކު އެހާސާފެނޫނެވެ.ސަބަބަކީ އެތާނގައި ހުންނަނީ ފަންޑު ކިރިޔާ ނާންދާ އިން ބޮތްކަކަވާތީއެވެ. ދެމީހުންވެސް ވާހަކަ ދައްކަން ތިއްބާ ބިރުވެރި ހަންޑިއެއް ކޮރޫން އަރައި ޒާރާގެ ފައިގައި ހިފާ ޒާރާ ކޯރު ތެރެއް ގަންބާލިއެވެ. ޒާރާ ބިރުން ހަޅޭލަވައިގަތެވެ. އެހަންޑިގެ އިސް ތަޝިގަނޑުވަނީ ހާވާލާފައެވެ. މޫނުމަތިން ބިރުވެރިކަން ވެރި ވެގެން ގެއެވެ. ޒާރާ އައް ފަތާކައްވެސް ނޭންގެއެވެ. ދުރުން އަހަރެންނަށް ފެނުނީ ގާތްގަނޑަކަށް 5’5 ދިގު ފިރިހެން ކުއްޖަކު އަހަރެމެންނާ ދިމާއަށް ދުވަމުން އަންނަތަނެވެ.
އެފިރިހެން ކުއްޖާދުވެފައި އާގޮތައް ފުންމާލީ ކޯރުތެރެއައްށެވެ. އެ ފިރިހެން ކުއްޖާ ޒާރާ ނެގިއިރު ޒާރާ އޮތީ ހޭނެތިފައެވެ. އަހަރެން އެ ފިރިހެން ކުއްޖާއައް ރަނގަޅައް ބަލާލީމެވެ. އެ ފިރިހެން ކުއްޖާ އަކީ އަހަރެންނާއި އެކު 10 ނިން މި ކުއްޖެކެވެ. އޭނާގެ ނަމަކީ ޒިޔާންއެވެ.
-ދެން އޮތްބާ އިންޝާﷲ އަންނަނިވި ހަފްތާގައި ޕަބްލިޝްކޮއްލާނަން-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Mi part vx v Reethi masha allah
Curiously waiting for next part
Keep it up
I appreciate your hard work
thanks
im very excited to read the next part
its gonna be published on next Tuesday
Gaimu adhives nufene 2 baye
alhugandu test feshunee ehenve busy v