Skip to content
އެސްފިޔަ

ފަސްއެނބުރި ބަލައިލުމުން ……..

ފަސްއެނބުރި ބަލައިލުމުން އަހަރެންގެ ގައިން ހީބިހި ނަގައިގަންނަކަހަލައެވެ. ރެޔަކީ ސާފު އަދި އެހާމެވެސް ރީތި ރެޔެކެވެ. އަހަރެންނާއި އަހަރެންގެ ބެސްޓީ ޒައިނަބް ރޭގަނޑުގެ ހަނދުގެ އަލިކަމުގެ ދަށުގައި ހިނގަމުން ދިޔައީމެވެ. އަހަރެމެން ދެކުދިންނަކީވެސް ގުރޭޑު 10 ގައި ކިޔަވަމުން ދިޔަ ދެކުދިންނެވެ.ފުރަތަމަ ޓާރމް ޓެސްޓުނިމުުމުން ދެކުދިންނަށް ގިނަމާއްދާއިން އޭ ފާސް ލިބުމުން އުފާފާޅުކުރުމުގެ ގޮތުން އައިސް-ކްރީމް ބޮމުން މަގުމަތީ ހިނގަމުދިޔައީމެވެ.

“ހިނގާ  އޭނެ ބެންޗުގައި އިށީންނަން”ޒައިނަބް ބެންޗަކައް އިޝާރާތް ކޮއްލަމުން ބުނެލިއެވެ.”އޮކޭ ލެޓްސް ގޯ” އަހަރެން އައިސް-ކްރީމް ބޯއިނިމުމުން ބުނެލީމެވެ. އަހަރެމެން ދެމީހުން ހަމަޖެހިލުމައް ފަލު ވާހަކަ ދައްކަން ފެށީމެވެ.އިރުކޮޅެއް ފަހުން ފަހަތުގައި ކޮންމެވެސް އެއްޗެއް ހުރިހެން ހީވިއެވެ.” އޭ ޔޫފާހަތުގަ އެއްޗެއް ހުރި ހެން ހީވޭތަ؟”އަހަރެން ޒައިނަބް އާދިމާއައް ބަލާލީމެވެ.ކަމަކުދާކަށް ނެތެވެ. ޒައެނަބް ގެ މޫނުމަތިން ކުލަވަރުގެލިގެން ދިޔައެވެ. އަހަރެންނަށް ނޭނގޭ އެއްޗަކާ ދިމާއަށް އަތް އިޝާރާތް ކުރިއެވެ.

ދެން ފެނުނު  އެއްޗަކުން އަހަރެން ހޭނުނެތުނީ ކިރިޔާއެވެ. ހަންޑި ހުއްޖަކު އައިސް ޒައިނަބްގެ ހަށިގަނޑަށް ވަދެއްޖެއެވެ.އަހަރެން ދުއްވައިގަތީ ޒައިނަބު އެކަނި ދޫކޮށްލާފައި އަހަރެންގެ ފުރާނައަށްޓަކައެވެ.ޒައިނަބު އަހަރެންގެ ފަހަތުން ދުވަން ފެށިއެވެ. އެކަމަކު އަހަރެންގެ ގެ ކައިރީގައި ހުރުމުން އަހަރެން ވަދެ ދޮރު ލައްޕާލީ އޭނަގެ މޫނުމައްޗަށެވެ.އަހަރެން ނިދަން އުޅުނު ނަމަވެސް ނިދީގެ ތަންކޮޅެއްވެސް އަހަރެންގެ ލޮލުން ފެންނާކަށް ނެތެވެ. އަހަރެންގެ އެކުވެރިޔާއަށް ގުޅާފައި އެވާހަކަބުނުމުން ބުނީ މިވަގުތު އަހަރެންނަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ކޮޓަރީގައި ޤުރުއާން ޖެހުން ކަމަށެވެ.

އަހަރެންނަށް އެރޭ ހޭލެވުނުއިރު އަހަރެންގެ ހަށިގަނޑުވަނީ ތެމި ފޯވެފައެވެ.އަދި ކޮޓަރީ ދޮރުގައި މީހަކު ހިފާހެން ހީވިއެވެ.އަހަރެން މަޑުމަޑުން ގޮސް ދޮރުކާރީ ހުއްޓި ގަޑިއާ ދިމާއައް ބަލާލީމެވެ.އިސާހިތަކު ގަޑިން އޭރު މެންދަން 12 ޖަހަނީއެވެ.އަހަރެން އަމިއްލަ ނަފްސަށް ވިސްނާލީމެވެ.މިގަޑީގައި ޓަކި ޖަހާނީ ކާކުބާ ؟ އެއީ ފަހަރެއްގައި ޒައިނަބުގެ ސިފައިގައި ހުރި އެ ހަންޑި ކަމަށް ވެދާނެއެވެ.އަހަރެން ހާދަ ބިރުގަތެވެ.ތުރުތުރު އަޅަންފެށިއެވެ.

އަހަރެން ގަމާރުކަމުން ދޮރުހުޅުވާލީމެވެ.އަހަރެންގެ ކުރިމަތީހުރީ ބޮޑުބިޔަ ހަންޑިއެކެވެ.އަހަރެން ހޭނެތިގެން ވެއްޓުނެވެ. ހޭއެރީ 4 ދުވަސް ފަހުންނެވެ.އަހަރެން އޮތީބޮޑު ވިނަ ދަނޑެގައެވެ.އޭރު ދެފާމައްޗައް ކޮޅަކަނުހުރެވެއެވެ.

-ނިމުނީ-

 

 

 

Comments (6)

  1. Anonymous

    vaahaka vrh reethi Masha Allah ekm gina ginain sifa kuranvee misaalakah” e handi sifa kuranee ( loa heevanee keki araafaane heneve) mihn” dhn dhevanakamah ibaaraaih hama jahsaafa spelling mistake rangalhu kohlanvee eyrun Iraadha kurehvihyaa vrh molhu vaahaka ehh liyeveyne BTW thi kuri hihvarah hama ahsaribahaa saabas rahdhukuran…

    1. lauheeee
      Anonymous

      thanks for the advice n I will try to improve the mistakes

  2. Fathima

    First try ah balafa bunaani v rangalhu. Dhen kudhi kudhi spelling mistake tha huri ekan rangalhu kohlaafa nimun adhi thiahvure furihama kohlema v furihama vaane. Masha Allah v molhu kuhjjeh. Kurieruma kaamiyabee ah edhen 😊

    1. lauheeee
      Fathima

      thankyou

  3. Hello

    Masha Allah v molhu

    1. lauheeee
      Hello

      thanks

Comments are closed.