Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…45

“އޭ ނާޔާ.މިޝް އަށް އިނގޭ އިނގޭ ތިހެން ބުންޏަސް މިޝް އާ ކަން ތި ދިމާ ކުރަނީ”މިޝްޔާ ނަވްޔާ ބަލާލުމާއި އެކީގައި ހެން ދެލޯ މައްޗަށް ހިންގާލިއެވެ.”ހެހެ ސޮރީ ސޮރީ”ނަވްޔާ ހީލަމުން މިޝްޔާ ގާތު މާފަށް އެދުނު ގޮތުން އެހެން އެންމެން ގާތަށް ވެސް ހިނި އައެވެ.”މެސީ ވެސް މާ މޮޅެއް ނޫން އިނގޭ.މެސީ ޖެހި ޕެނެލްޓީ އެއް ނުވަން”މިޝްޔާ ތުން އަނބުރާލަމުން ނަވްޔާ އާއި ދިމާލަށް ބުނެލި އެވެ.”ހެވެއްނު.މެސީވާ ކޮޕަ އެމެރިކާގެ ސެމީއަށް ގޮއްސި.ރޮނާލްޑޯ ޔޫރޯގެ ސެމީ އަށް ވެސް ނުދިޔަ”ދެން އިވިގެން ދިޔައީ އެންމެން ވެސް އެންމެ އެމީހެއްގެ އަޑު ނީވޭނެ ކަމަށް އުންމީދުކުރި މީހާގެ އަޑެވެ.

********************************

އާދެ ޒީކާން ގެ އަޑެވެ.މިޝްޔާ ވެސް އުންމީދު ނުކޮށް ހުއްޓާ ޒީކާން އޭނާ އަށް ރައްދު ދިނުމުން ޚުދު މިޝްޔާ އަށް ވެސް ސިހުމެއް ލިބުނެވެ.ނަމަވެސް ޒީކާން އެއް ކަމަކު ދޫ ދޭކަށް މިޝްޔާ އެއް ވެސް ބޭނުމެއް ނުވިއެވެ.ވާނީ ވެސް އެހެން ތާ އެވެ.ކޮންމެ މީހަކު ވެސް އެމީހަކު ތާއީދުކުރާ ފަރާތް އެހެން މީހުންގެ މަލާމާތުން ސަލާމަތް ކުރާނެތާ އެވެ.

 

“ރޮނާލްޑޯ ދޫ ދިނީ ޔޭ”އިރުކޮޅެއް ވަންދެން އެއްޗެކޭ ނުބުނެ ހުރެފައި މިޝްޔާ ބުނެލި ވާހަކައިގެ ސަބަބުން އެންމެ ފޯރި އެރީ ނަވްޔާ އަށްށެވެ.”އެހެންވިއްޔާ ބްރެޒިލް ވެސް ދޫ ދިނީ”ނަވްޔާ އެއް ބުމަ އަރުވާލީ މިޝްޔާ އަށް ފޮނި ކަނޑާލަން ތޯ އެއްޗެކެވެ.”އާނ މެސީ ވެސް ދޫ ދިނީ އެހެން ވީމަ.ޕެނެލްޓީ ނުވެއްދީ އެހެން ވެގެންނޭ.އިކުއެޑާ ދެން އެއްކަލަ ބަލި ޓީމެއް ވީމަ”ޒީކާން އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލި އެވެ.

 

“ދެން ކީއްވެ ޔޯ މެސީ ސަލާމަތް ކުރަންނޭ ކިޔާފަ އެމީ ގޯލްތައް ސޭވް ކުރީ”މިޝްޔާ ދެބުމަ ގޮށްޖަހާލިއެވެ.”އެއީ އެމީ މާރޓިނޭޒް ގެ އަމިއްލަ ކަމެއް ދޯ”ޒީކާން އަދި ވެސް މިޝްޔާ އަށް ދޫދޭކަށް ނޫޅެއެވެ.ކިތަންމެ މަޑުން ހުއްޓެއް ކަމަކު ފުޓުބޯޅަ އަށް ފޯރި ހުންނަ ސޮރެއްތާ އެވެ.

 

“އޭއި ބޭކާރު ވާހަކަ ނުދައްކާ އިނގޭ.މެސީ ދޫ ދިނީކީ އެއް ނޫން.ހަމަ ޕެނެލްޓީ ނުވަދުނީ މުސްކުޅި ކަމުން”މިޝްޔާ ބޭކާރު ވާހަކަ ނުދައްކަން އަމުރު ކުރި ގޮތުން ހީވީ އެއީ މާ ބޮޑު މީހެއް ހެނެވެ.”ރޮނާލްޑޯ އެ ދެން މާ ޒުވާން މީހެއްތަ؟އޭނ.މެސީ އަށް ވުރެ ދެ އަހަރު ބޮޑޭ.ދެ އަހަރު.ދެން ބޭކާރު ވާހަކަ ނުދައްކާ ބަސް އަހައިގެން އިނދޭ.އަނެއް ފަހަރު އަނެއް ޔޫރޯގަ ކުޅެންއަރަން ރޮނާލްޑޯ އަށް މެސެޖު ކޮށްފަ.ދެ ޔޫރޯ ހަމަ ކޮށްފަ ނޫނީ މައިތިރި ނޫވާށޭ އެސޮރު ކައިރީގައި ބުނެލާތި”ޒީކާން ބުނެލީ ނަރުހުންތެރި ރާގެއްގައި އެވެ.ޒީކާން ގެ ރާގު ހުރި ގޮތުން މިޝްޔާ އަށް ވެސް ދެވަނަ ފަހަރު އަނގަ ހުޅުވާލާކަށް ނުކެރުނެވެ.

 

މުޅި ތިން އެކީގައި ތައްޔާރު ކޮށް ނިންމާ ލަމުން އެންމެން ފަހަރަކު ތަނެއް ބަލަމުން ދިޔައީ ހިތްހަމަ ނުޖެހޭ ވަރުގެ ކުޑަ ތަންކޮޅެއް ވެސް އިންތޯ އެވެ.އެކި ދިމަ ދިމާަލަށް ނަޒަރު ހިންގަމުން ދިޔަ މިޝްޔާ ފަހަރަކަށް ވުރެ ފަހަރެއް ފަހަތަށް ޖެހެމުން ދިޔައީ ފަހަތް ބެލުމެއް ނެތި އެވެ.ފަހަތަށް ޖެހެމުން ޖެހެމުން ގޮސް މިޝްޔާ މައިތިރިވީ މީހެއްގެ ގައިގައި ޖެހުމުން ނެވެ.

 

ޒާރާ ރީތި ޑިޒައިން އަކުން “ހެޕީ ބާރތް ޑޭ އައިކާ”ޖަހާފައި އިން ލަކުޑިން ހަދާފައި އިން އެއްޗެއްގައި ފެން ކުލަ ހާކައި ނިންމާލަމުން ޒީކާންގެ އަތަށް ޕެލެޓު ދިނީ ހިފަހައްޓައިލުމަށް އެދެމުންނެވެ.”އެބަ އަންނަން އިނގޭ”ޒާރާ ޒީކާންގެ އަތަށް ޕެލެޓަކާއި ޕެލެޓެއް ދޫކޮށްލާފައި ދިޔައީ ކާގެ އާއި ދިމާލަށް ށެވެ.

 

ޒާރާ ދިއުމުން ޕެލެޓު އެއް އަތުން ހިފައިގެން އަނެއް އަތުން ފޯނާއި ކުޅެން ހުރި ޒީކާން އަށް ސިހުމެއް ލިބުނީ އޭނާ ޕެލެޓު ހިފައިގެން ހުރި އަތުގައި މީހަކު ޖެހިގަތުމުން ނެވެ.އެދިޔަ ގޮތަށް ގޮސް ޕެލެޓު އޭނާ ގެ މޫނުގައި ޖެހުމުން އޭގައި ހުރި ފެން ކުލަތައް ވެސް މޫނުގެ އެއްބައި ގައި ހޭކުނެވެ.

 

އަރައިގެން އައި ރުޅިން އޭނާގެ އަތުގައި ޖެހުނު ކުއްޖާ އާއި ދިމާލަށް ބަލައިލީ ފަހަރެއްގައި ވެސް މިޝްޔާ އަށް ވެދާނެ ކަމަކަށް ނޫނެވެ.”ބަލައިގެން އުޅެން ވެސް ނޭނގެނީ އޭ ދޯ”ހިތްހަމަނުޖެހިފައި ހުރި ރާގެއްގައި ޒީކާން ބުނެލީ ދެބުމަ ގޮށް ޖަހާލަމުންނެވެ.މިކުއްޖާފުޅު ހަމަ ރަނގަޅަށް ވެސް އޭނާ މޮޔަކޮށްލާނެ އެވެ.ކުރަނީ އެވަރެއް ނޫން ވިއްޔާ އެވެ.މިއަދު މޫނުގައި ފެން ކުލަ އަނގުޅުނިއްޔާ މާދަން މިޝްޔާ އާއި ހެދި މޫނުގައި އުނގުޅޭނީ ކާން އިން ބަތްތަށި ނޫން ކަމެއް ނޭނގެއެވެ.

 

“ބަލައިގެންނޭ އުޅުނީ.ޒީކާން ހީކުރީ ލޯ މަރައިގެން ކަމަށްތަ މިޝް އުޅުނީ”ޒީކާން އަށް ވަކި ދޫ ދޭން ބޭނުން ނުވާތީ މިޝްޔާ ބުނެލި އެވެ.”ލޯ މަރައިގެން އުޅޭތީ އެއްނު ތި ވަރު ވަނީ”ޒީކާން ބުނެލީ މޫނުގެ އެއްފަޅީގައި ހުރި ފެން ކުލަތައް ފޮހެލަމުންނެވެ.ޒީކާން އިތުރަށް މިޝްޔާ އަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ދާން ހިނގައިގަތީ ހޭން ހުރި ނުކްޝާން އަށް ލޯ އަޅާލަމުންނެވެ.

 

“އޭއި މި ޒީކް ވެސް މިހާރު ވަރަށް އަނގަ ގަދަ ވެއްޖެ އޭ ދޯ”ޒީކާން ނުކްޝާން ފަހަނަ އަޅާދިއުމުން ޒީކާން އަށް އަޑު އިއްވުމުގެ ގޮތުން ނުކްޝާން ބުނެލީ ރިޔާން ގެ ކަންފަތް ދޮށުގައި އެވެ.ހަމަ ޖެއްސުމަށް ތޯ އެއްޗެކެވެ.ޒީކާން ނުކްޝާން އާއި ދިމާލަށް ބަލައިލަމުން ދެބުމަ ގޮށްޖަހާލީ މަ އަނގަ ގަދަ ކަން އަދި ދައްކައިދޭނަމޭ ބުނާފަދަ ގޮތަކަށްށެވެ.

 

ކާގެ ތެރެ އަށް އަޅާލި އެންމެ ފުރަތަމަ ފިޔަވަޅާއި އެކީ ވެސް ޒާރާ ގަނޑު ވެގެން ދިޔައީ އައިސް އަލަމާރި ކައިރީގައި ހުރި ކިޔާން ފެނުމުންނެވެ.ހިތުގެ ތެޅުން އިންތިހާ އަށް ބާރުވެ އަތްފައި ފިނިވީ ސިކުންތު ކޮޅެއްގެ ތެރޭގައި އެވެ.އިރުކޮޅެއް ވަންދެން ކިޔާން އާއި ދިމާލަށް ބަލަހައްޓައިގެން ޒާރާ އަށް ހުރެވުނެވެ.ކިތަންމެ ނޫން ކަމަށް ހެދިގެން އުޅުނެއް ކަމަކު ހިތުގައި އަދި ވެސް ކިޔާންގެ ނަން ފެވިފައިވާ ކަމީ ޚުދު ޒާރާ އަށް ވެސް އިނގޭ ކަމެކެވެ.ނަމަވެސް ގަބޫލު ކުރަން ބޭނުން ނުވާ ހަގީގަތެކެވެ.

 

ކިޔާން އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ޒާރާ އަށް އެހެން ދިމާލަކަށް ނަޒަރު ހުއްޓާލަން މަޖުބޫރުވީ ކިޔާން ޒާރާ އާއި ދިމާލަށް އެނބުރުމުންނެވެ.ހަލުވި ފިޔަވަޅުތަކެއްގައި އައިސް ޒާރާ ސިންކު ކައިރީގައި ހުއްޓުނީ ކިޔާންގެ ނަޒަރު ހުއްޓިފައިި ހުރީ އޭނާ އަށް ކަމަށް ހީކޮށްށެވެ.އެހެން ނަމަވެސް ޒާރާ ހީކުރި ގޮތާއި ޚިލާފަށް ޒާރާ ސިންކު ކައިރިން ދުރަށް ޖެހިލުމަށްފަހު ވެސް ކިޔާންގެ ނަޒަރު ސިކުންތުކޮޅަކަށް ވެސް ޒާރާ އާއި ދިމާލަށް ދަތުރުނުކޮށްލަ އެވެ.ކޮންމެ މީހެއްގެ ވެސް އޮންނަނީ ހިތެކެވެ.އެ ހިތަށް ވެސް ކެތް ވާނީ ވަކި ވަރަކަށްށެވެ.

 

ޒާރާ ކާގެ އިން ނުކުތުމާއި އެކީ ހެން ކިޔާން ޒާރާ ދިޔަ ދިމާލަށް ބަލައިލިއެވެ.އެ ދެލޮލުގައި ވާ އާދޭހާއި ހިތާމަ ޒާރާ އަށް ފެންނާނެ ނަމައެވެ.އާދޭސް ކޮށްކޮށް މިހާރު އޭނާ ވަރުބަލި ވެއްޖެއެވެ.ދެން ޒާރާގެ ފަހަތުން އޭނާ އާދޭސް ކުރާކަށް ނުދުވާނެ އެވެ.ޒާރާ އަމިއްލަ އަށް ހަގީގަތް އެނގިގެން އޭނާގެ ގާތަށް އައީޔާ އައީ އެވެ.ނައީޔާ ނައީ އެވެ.

 

އަސުރު ނަމާދުން ފައިބައިގެން އައި ޝައުން ގޭތެެރެ އަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކީގައި ޝަހްނާގެ އަޑު ކަންފަތުގައި ޖެހުނެވެ.އަޑު އައީ ޝަހްނާ ގެ ކޮޓަރި ތެރެއިން ނެވެ.މަޑު މަޑުން ދޮރު ކައިރީގައި ހުއްޓިލި ޝައުން އަށް ޝަހްނާ ބުނެލި ވާހަކަ އިން ލިބުނު ސިހުމުގައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

 

ނުނިމޭ 

ކުރިން ހަފްތާގެ އެޕިސޯޑްތައް ނުގެނެސް ދެވުން ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން.އިން ޝާ ﷲ ދެން މީގެ ފަހުން ވާހަކަ ގެނެސްދޭން ބުނާ ދުވަހު ވާހަކަ ގެނެސްދޭނަން.

އަޅުގަނޑު ގެ ދެ ޓެސްޓް އެއް މިއަދު(14 ޖުލައި)ގައި އޮތުމުގެ ސަބަބުން ބުދަ ބުރާސްފަތި ހުކުރު ހޮނިހިރު ދުވަހު ވާހަކަ ލިޔާނެ ވަގުތެއް ނުލިބުނީ.އެހެންވެ ވާހަކަ ބުނި ދުވަހު ކިޔާލަން ނުކިބުނީ.އަދި ވެސް އެއްފަހަރު މާފަށް އެެދެން

މި އެޕިސޯޑް ލިޔުންތެރިންނަށް ރީތި ވާނެ ކަމަށް އުންމީދު ކުރަން.ދެން އިން އެޕިސޯޑް އިން ޝާ ﷲ އަންގާރަ ނޫނީ ބުދަ ދުވަހު ކިޔާލަން ކިބޭނެ.

 

 

Comments (14)

  1. No one

    Mi prt vrh reethi……
    How old r u rifoo?
    N kn grade egga kiyavany?

  2. Cutie girl

    It’s ok
    Mi part ves v Reethi masha allah
    Keep it up
    Curiously waiting for next part
    Zaa and kiyaan gulhuvachey
    Mi part kiyaafa rovijje
    Love you ❤️

    1. Rauha
      Cutie girl

      Yes cutie girl buni hen focus on your studies too Rifoo.ehves shakuvaa eh nei vaahaka kiyaalan nulibi one week or two week dhiya yas.vaahaka varah kiyan beynun but like me and other fans you have to study too dho

  3. Cutie girl

    Zaa eulheni ehbas nuvan yaan dheke loabivaa kamah
    Pls zaa and yaan gulhuvachey
    Mi part ah vureh next part dhigu vaane kamah umeedhu kuran
    You’re my fav author
    Mi vaahaka kiyani varah kiyaalaa hithun
    V interesting story eh
    Alhugandu v dheravey zaa and yaan ah vaa gothun
    Aika and aleek ah vaa gothun ves
    They both are made for each other

    1. Rauha
      Cutie girl

      Rau vx unmeedhu kurany next part mi part ah vure dhigu vaane kamah.but no pressure 😊

  4. Dhooni

    Mi episode ves varah Reethi Masha Allah
    Kon irakun next
    Curiously waiting
    Cutie girl buni hen mi vaahaka kiyani varah kiyaa hithun
    Ur my fav author
    Hey Rifoo Argentina ennu molhu vee.

  5. malaa

    mi part ves alhe vrh reethi
    when next part
    curiously waiting for next part..
    keep it up

  6. Rauha

    Hey Rifoo
    Mi part vx varah reethi Masha Allah ❤️
    Alheyy yaan and zaa ekaku anekaku dheke loabi vaa iru vx dhuru ga.aslu varah dhera vey.next part ge inthizaaru ga rau mihaaru mi iny
    Love you 😘

  7. Dhunya

    Mi episode ves varah reethi masha Allah
    Kon irakun next part kiyaalan libeyni
    Love you ❤️

  8. Me

    This part was also really good. Waiting for next part hoping to ready about mishya and zeekan. Keep up the good work

  9. SHAAYAN

    This part is hama awesome.shaayan miadhu and yesterday maa bxy vee ma inge comment nukohlevuny.but yesterday ga kiyaalin.and you know dhw vrh bxy hama mi dhuvas kolhu sep ga term test vec fesheyne oo miss men buny.i am in grade 7 it means I am 13 ey.what abt you?
    Mish and zeek ge part varah amazing.this story is hama best.
    Your my favourite author.and my fav story mee.varah kiyaa hithun kiyani ehen story thakaa balaafa.
    Love you fav author 💙

  10. Eelaf

    Hey Rifoo
    I am a big fan of u.can we be friends?
    Ur stories were amazing.i can’t explain how much I love ur stories.
    how old are you?
    Grade ves
    I am 17 school ga ei noon ulhenee ei.last year I graduated…
    U can call me eekko.because my friends also call me like that.family members ves
    Pls reply my comment 😭
    Lysm dear 💜

  11. Nishva

    Hey Rifoo
    Mi part vx varah reethi Masha Allah
    Next part miadhu kiyaalan libeyne kamah ingey mi balani.ekam hama nulibi dhaane dhw hama.but I will wait
    Waiting for mish and zeek ge adhi miyah vure bodu zuvaabakah and zaa and yaan avahah gulhuvahchey pls pls.
    Love you 😘

  12. Laura

    Heyyyy Rifffffoooooooooo
    Alhey yaanu and zaa gulhuvaballl heyo nuvaane.i am so so curious to know what happen next.lol ey Argentina molhu v ma claahuga fight eh vx dhiya ingey.ey dhen e vaahaka eh nooney nextu partu kobaa tharu?varah faadakah vaahaka dhehkey dhuvaheh hehe.ey bala mish and zeek kanthah haadha mahchahshey dho aruvaaalaigen mi ulheny 🤣hama dhen kiyaane ehchei bunaane vaahaka ehves dhulakah naadhey.ey dhen ulhey nuk andu aleeka gulhuvan😅ey e dhemeehun aeema e dhemyhun kanneynge vaany enmen ge fav ah.eii dhen maa molhu kudhin kolhekey 😅 nuk and aleekaa thankolheh rom kohlahche.zeek vx.ey nuk and aleeka gulhey dhuvahaku lau bondi bai bahaanan lolaa 🤣🤣😆 varah majaa vane kanneynge e dhemeehun gulhey iru.enmen dhimaa kuraany dho nukaa 😭😭Lau ah heehee kanneynge roveyny 😭😭 ey dhen bye 😀
    Love you 😘

Comments are closed.