Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…44

ވިސްނުމެއްގައި އޮތް ކައިޔަންގެ ހިޔާލު ދަތުރު ކޮށްލީ މީގެ ތިން އަހަރު ކުރިން އޭނާ ކުރި ބޮޑު ވެގެންވާ ފާފަ އަކަށްށެވެ.އޭނާ ވަނީ މީހަކު މަރާލަން މަސައްކަތް ކޮށްފައި ކަން ކައިޔަން ގެ ހިތަށް ވަނުމާއި އެކީ އިސްތަށިގަނޑު ގައި ހިފާ ބާރު ކޮށްލެވުނެވެ.އޭނާގެ މަންމަ އޭނަ އާއި ހެދި ހާދަ ލަދެއް ގަންނާނެއެވެ.ނަމަވެސް ކައިޔަންގެ ހިތުގައި އުފެދުނީ އެންމެ ސުވާލެކެވެ.އޭނާގެ މަންމަ އޭނާގެ މަތިން ހަނދާން އެބަ ހުރި ހެއްޔެވެ؟

**********************

ޒީކާން އާއި ނުކްޝާން ކޮޓަރިން ނިކުމެގެން ކާގެ އާއި ހިސާބަށް އެރި ވަގުތުވީ ކިޔާން ޒާރާގެ ކޮޓަރިން ނިކުން ވަގުތަށްށެވެ.ކިޔާން ޒާރާގެ ކޮޓަރިން ނިކުތުމުން ނުކްޝާން އަނގަ އަށް އަޅަ އަޅާ ހުރި ފެންތައް ވެސް ބުރައިގެން ނުދިޔައީ ކިރިޔާއެވެ.ޒީކާން އަށް ކިޔާން ޒާރާގެ ކޮޓަރިން ނިކުން މަންޒަރު ފެނުމުން ދެލޯ ބޮޑު ކޮށްލެވުނީ ޒާރާގެ ކޮޓަރިން ކިޔާން ނިކުންނަން ވީ ސަބަބު ނުވިސްނުމުންނެވެ.ނަމަވެސް އެއްޗެކޭ ނުބުނެ މަޑު މަޑުން ހުރީ ނުކްޝާން ގެ އިޝާރާތަށް ށެވެ.

 

“އޭ މަ ބުނީ ކޮން ވާހަކަ އެއް ބުނަންނޯ އަސްލު އަހަރުން ހޯދީ”ނުކްޝާން ކިޔާން ކާގޭގެ ގޮނޑިއެއްގައި އިށީންދުމުން އެއްވެސް ކަމެއް ނުވާ ކަމަށް ހެދުމުން ބުނެލީ ޒީކާން ގާތު ވެސް މަޑުން ހުރުމަށް ބުނެލަމުންނެވެ.”އޭއި ކާކަށް ނުކްގެ ޕީއޭ ގެ މަގާމު ލިބުނީ؟”ކިޔާން ސީދާ އޭނާ އައި މައުޟޫ އަށް ޖެހިލިއެވެ.”އެ ކީތް ކުރަން ކިޔާން ބަލަނީ.އެއީ ސިއްރެއް”ނުކްޝާން ބުނެލީ އޭނާގެ މަޖާ ރާގުގައި އެވެ.”މަށަށް ނުކްގެ ޕީއޭގެ މަގާމު ދޭން ވީނު”ޝަހްނާ އަށް ލިބިދާނެ ކަމުގެ ބިރު އޮތުމުން ކިޔާން އާދޭސްކޮށްލާ ގޮތަކަށް ބުނެލި އެވެ.”މިހާރު ދެން އިންޓަވިއު ވެސް ކޮށްފިން.ކުރިން ބުނި ނަމަ”ނުކްޝާން ބުނެލީ އޭނާ އަށް ވެސް އެހިޔާލު ކަމުދިއުމުންނެވެ.”ކުރިން ސިކުނޑި އަށް އެހިޔާލެއް ނައޭ.ދެން ކިހިނެތް ހަދާނީ.އެހެން ވިއްޔާ ކާކަށް ތަ ލިބިފަ އިނީ”ކިޔާން ބޭނުން ވީ ޝަހްނާ އަށް ލިބުންތޯ ބަލާށެވެ.ޝަހްނާ އަށް ނުލިބިއްޖެއްޔާ ކިޔާން ގެ ސިކުނޑިން އެ ނެގުނީ ބޮޑު ބުރައެކެވެ.”އަދި ނުބަލަން.މާދަން ދެން ބަލާނީ”ނުކްޝާންގެ ޖަވާބުން ކިޔާން މާޔޫސްކޮށްލިއެވެ.”އެހެން ވިއްޔާ ދަނީ އިނގޭ”ކިޔާން ދާން ހިނގައިގަތީ މާޔޫސް ހިތަކާއިގެން ނެވެ.

 

“ކޮންމެވެސް ނުބައެއް އެބަ އުޅޭ.ޒީކް އަކަށް ފާހަގަ އެއް ނުވޭތަ؟އެންމެ ފުރަތަމަ ކިޔާން ޒާގެ ކޮޓަރިން ނިކުތުން.ދެން ކިޔާންގެ އެ ސުވާލުތައް.ޔަގީން ހަމަ ނުބައެއް އެބައުޅޭ އިނގޭ”ނުކްޝާން ބުނެލީ ފާޑަކަށް ބޯ ޖަހާލަމުންނެވެ.”މަށަށް ހީވަނީ މިޝް އަށް އިނގޭނެހެން.އޭނަ އަށް ވަރަށް އިނގޭނެ ކުދި ގްރޫޕު މީހުން ކުރާ މޮޅެތި ކަންތަކަށް ދަންދެން”ނުކްޝާން މިޝްޔާ ވާހަކަ ބުނެލަމުން ޒީކާން އަށް ލާނެތް ފާޑަކަށް ބުމަ އަރުވާލިއެވެ.ޒީކާން އަށް ވެސް ލޯ ކުޑަ ކޮށްލެވުނީ ނުކްޝާން އެހެން އެހެދީ ކުރިން ރޭ ދިމާވި ހާދިސާ އާއި ގުޅުވައިގެން ކަން އިނގުމުން ނެވެ.

 

ޒީކާން އާއި ނުކްޝާން އެކު އެކީހެން ހިނގައިގަތީ ޒީކާންގެ ކޮޓަރި އާއި ދިމާލަށް ށެވެ.ޒީކާންގެ ކޮޓަރި އާއި ހިސާބަށް އެރުނު ކަމެއް ނޭނގި ދެމީހުންގެ ކަންފަތުގައި ވެސް މީހެއްގެ ގިސްލުމުގެ އަޑެއް އިވުނެވެ.އެކަކު އަނެކަކާއި ދިމާލަށް ބަލައިލަމުން ޒީކާން ގެ އިތުރުން ނުކްޝާން ވެސް ޒާރާގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތީ އެއަޑު އަންނަނީ އެކޮޓަރިން ކަން އިނގުމުންނެވެ.ޒާރާގެ ކޮޓަރީގެ ދޮރު ކައިރި އަށް އައި ޒީކާން ގެ އިތުރުން ނުކްޝާން އަށް ވެސް ސިހުމެއް ލިބުނީ އެނދު މަަތީގައި އިން ޒާރާ ގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފެނުމުންނެވެ.ޒާރާގެ ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމުން އެއްވެސް ހުރަހަކާއި ނުލާ ދެމީހުންނަށް ވެސް ޒާރާގެ ހުރިހާ ހަރަކާތެއް ދިޔައީ ފެންނަމުންނެވެ.ޒާރާ އެނދު މައްޗަށް ފޯނު އެއްލާ ލަމުން ނޭފަތް ދަމާލި މަންޒަރު ބަލަން ހުރެފައި ޒީކާން ޒާރާގެ ކައިރީގައި އިށީންދެލިއެވެ.ލޯމަރާލައިގެން ހުރި ޒާރާގެ ލޮލުން އޭރު ވެސް ދިޔައީ ކަރުނަ އަންނަމުން ނެވެ.

 

ޒީކާން އޭނާގެ ބޮލުގައި އަތްލުމުން ޒާރާ ގެ މެޔަށް ހީވީ ފެން އެއްޗެއް އޮއްސާލިހެންނެވެ.ލޯމަރައިގެން އިންގޮތަށް އިނދެ ޒާރާ އެ އަތް ފޮޅުވާލީ ކިޔާން ކަމަށް ހީކޮށްށެވެ.”ބުނަން ކިޔާން ރަނގަޅު ވާހަކަ އެއް.މިހާރު ކިތައް ފަހަރަށް ބުނެފިން..”ޒީކާން އަތް ފޮޅުވާލަމުން ކިޔާން ކަމަށް ހީކޮށް ޒާރާ ބުނެލި ޖުމުލަ މެދު ކަނޑާލަން ޖެހުނީ ޒީކާން ގެ މޫނު ފެނުމުންނެވެ.ކޮޅަށް ހުރި ޒާރާ ޒީކާން އާއި ދިމާލަށް ދިއްކޮށް ލައިގެން ހުރި ޝަހާދަތް އިނގިލި ތިރި ކޮށްލަމުން ތުންފަތުގައި ދަތް އަޅާލެވުނީ ޒީކާން ގެ ސުވާލުތައް އަމާޒުވާނެކަން އިނގުމުން ނެވެ.ޒީކާން އަށް މިއޮށް ހުރިހާ ދުވަހަކު ނާންގާ ހުރީ ވެސް ކިޔާން ނުބައި ކުރަން ބޭނުން ނުވާތީއެވެ.

 

ނަމަވެސް ޒާރާ ހީކުރި ގޮތާއި ހިލާފަށް ޒީކާން ޒާރާ އާއި ދިމާލަށް ބަލައިލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތީ އެވެ.މިވަގުތު ޒާރާ އާއި ސުވާލުކުރުން ރަނގަޅު ކަމަކަށް ނުވާނެ ކަން ޒީކާން އަށް ވިސްނުނީ ކަންނޭނގެއެވެ.”ޒީކް ކިޔާން ކޮންމެވެސް ކަމެއް ކުރީ ކަންނޭނގެ.އެހެން ނޫނީ ޒާގެ ވާހަކަ އެހެނެއް ނުދާނެއެއްނު”ނުކްޝާން ބުނެލީ ޒާރާގެ ކޮޓަރީގެ ދޮރު ލައްޕާލަމުން ނިކުން ޒީކާން ގާތުއެވެ.”މިޝް ކައިރީ މަ އަހާފާނަަން.ނޫނީ ޒީކް ތަ އަހާނީ؟ޒީކް އަހައިފިއްޔާ މިޝްގެ އަނގައިން ބުނަން ފެސޭހަ ވާނީ.އިނގެ އެއްނު ޒީކް ދެކެ އެންމެން ވެސް ބިރުގަންނަ ކަން”ނުކްޝާން ގެ ވާހަކައިން މޫނުމައްޗަށް އެއްވެސް އަސަރެއް ނުދެއްކި އެއް ކަމަކު ޒީކާން އެންމެ ސީރިއަސް ވާން ޖެހޭ ވަގުތު ލާނެތް ހިންޏެއް އެތެރެ އެތެރެ އިން އައެވެ.މީހުން އޭނަ ދެކެ ބިރު ގަންނަން އޭނާ އަކީ އަރާކައި ފުރޭތައެއް ހެއްޔޭ ޒީކާންގެ ހިތަށް އެރިއެވެ.”އޭ ދެން މަ ވެސް ދަނީ”ނުކްޝާން ގަޑި ބަލާލަމުން ދާން ހިނގައިގަތީ އަދި މާދަމާ އަނެއްކާ އަނެއްކޮޅުން ފަތިހު ތެދުވެގެން އޮފީހަށް ދާން ޖެހޭނެކަން އިނގުމުންނެވެ.

 

ދަންވަރު ދޭއް ޖަހާ ބޮޑު ވަނީއެވެ.ކޮޓަރީގައި އޮތް އެނދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލަ އޮތް ޒައިދާންގެ ލޮލުގައި ނިދީގެ އެއްވެސް ކަންފުޅެއް ނުވާ ކަހަލައެވެ.އަދި ވެސް އޭނާގެ ހަނދާނުން މިއަދު މެންދުރު ވީ ކަންތައް ނުފިލައެވެ.ޝައުން ޝަހްނާ އަށް ވަޒީފާ ނުދޭނެ ބުނަން ވީ އެއްވެސް ކަމެއް ޒައިދާން އަކަށް ނުވިސްނުނެވެ.ޝައުން އާއި ޝަހްނާގެ ދެމެދުގައި ގުޅުމެއް ނުވާ ނަމަ ޝައުން އަށް ޝަހްނާ ގެ ކަންކަން އެހާ ރަނގަޅަކަށް އިނގޭނެ އެކޭ ޒައިދާން ގެ ހިތެއް ނުބުނެއެވެ.

 

ދެފަރާތަށް ފުރޮޅިލަ ފުރޮޅިލަ އޮތަކަސް ނުނިދޭނެކަން އިނގުމުން ޒައިދާން ތެދުވެ ގަޔަށް ކަޅު ކުލައިގެ ޓީޝާޓެއް މަހާލަމުން ކަޅު ކުލައިގެ ސޯޓެއް ނިދާ ސޯޓުގެ ބަދަލަށް ލަމުން ކޮޓަރީގައި އޭނާ އެންމެ ސިއްރުން ގެންގުޅޭ ކަބަޑުގެ ދޮރު ހުޅުވާލި އެވެ.ކޮޓަރި ތެރެ ސާފު ކުރާ އިރު ވެސް އެ ކަބަޑާއި އޭނާގެ މަންމަ އަށް ވެސް ނުހުޅުވޭނެހެން ޒައިދާން އަބަދު ވެސް ހުންނާނީ އެ ކަބަޑު ތަޅުލާފައި އެވެ.އެތަނުން ޒައިދާން ނަގާލީ ތަޅުދަނޑި ފައްޗެކެވެ.އެއީ ޒީކާން މެންގެ މައި އޮފީހުގެ ޑަބަލް ކީ އެވެ.ޒީކާންގެ އޮފީހުގެ ހުރިހާ ތަނަކަށް ޒައިދާން އަށް ވަދެވޭނެ ހެން ޒީކާން ވާނީ ޒައިދާން އަށް މުޅި މައި އޮފީހުގެ ހުރިހާ ތަނެއްގެ ޑަބަލް ކީ ވަނީ ޒައިދާން އާ ހަވާލުކޮށްފައިއެވެ.މީހަކަށް އެހެން މީހަކަށް އިތުބާރު ކުރެވޭނީ އެވަރަށް ކަންނޭނގެއެވެ.

 

ތަޅުދަނޑި ފަތި ހިފައިގެން ޒައިދާން ކޮޓަރިން ނިކުތީ މީހަކަށް އަޑު އިވިދާނެތީ އެކަމާ ވެސް ބިރުންނެވެ.ސިއްރު ސިއްރުން ދޮރު ހުޅުވާލި ޒައިދާން އަށް ހަމަޖެހުމުގެ ނޭވާ އެއް ލެވުނީ ވެސް މުޅިތަނުގައި ފެތުރިފައިވާ މަރުފަދަ ހަމަހިމޭންކަން ފެނުމުންނެވެ.ހަލުވި ފިޔަވަޅުތަކެއްގައި ޒައިދާން ނިކުންނަން އުޅުނު ވަގުތު ހަނދާންވީ އަދި ގެ ހުންނާނީ ތަޅުލާފައި ކަމެވެ.ޒައިދާން ކުޑަ ދޮރާއި ދިމާލަށް ބަލައިލީ އެއީ ހަމަ އެކަނި އޭނާ އަށް ނިކުމެވެން އޮންނަ ގޮތަށްވުމުންނެވެ.މިއީ ދެވަނަ ފަންގިފިލާ އެވެ.

 

ކުޑަ ދޮރު އުޅުވާލަމުން ޒައިދާން ކުޑަ ދޮރުން ފުންމާލިއެވެ.ކުޑަ ދޮރު ކުޑަ ކަމުން އެތަނުން ފުންމާލުމުގެ ސަބަބުން ހީވީ މުޅި މީހާގެ ގައިގެ ހަންގަނޑު ނޮޅާލެވުން ހެންނެވެ.އެތަނުން އަދި އެނިކުމެވުނީ ބެލްކަންޏަށް ށެވެ.ބެލްކަނިން އެންމެ ތިރި އަށް ފޭބެން އޮތޯ އެންމެ ގޮތެކެވެ.އެތާ އިން ހޮޅި ތިރި އަށް ސަލާމަތާއި އެކީ ފޭބި ދާނެއެވެ.އެތަނުން ފޭބުން ނޫން ގޮތެއް ނެތެވެ.

 

ފައިވަނަށް ވެސް ނާރާ ޒައިދާން ތިރިއަށް ފޭބުމާއި އެކީ ދުއްވައިގަތީ އޭނާގެ ސައިކަލާއި ދިމާލަށްށެވެ.ސައިކަލަށް އަރާ އިން ޒައިދާން ގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ.އަދި އެންމެ ގިނަ މާކްސް ލިބިފައި ހުރީ ކާކަށް ކަމެއް ވެސް އޭނާ އަކަށް ނޭނގެއެވެ.އޭނާ އެހާ ކެތްތެރިކަން ކުޑަ ވެފައި ހުރެވެސް އެ ދަނީ އެންމެ ގިނަ މާކަސް އޮތީ ކާކުގެ ތޯ ބަލާށެވެ.ސައިކަލު ދުއްވޭލެއް މަޑު ވެގެން ޒައިދާން އެންމެ ފުލް ސްޕީޑްގައި ސައިކަލު ދުއްވާފައި ދިޔައީ އޭނާ އެހެން ނޫނީ ދުއްވޭ ވަރު ވެސް މަޑު ވުމުންނެވެ.

 

ޒީކާން އާއި އޭނާގެ ކެބިން އަށް ވަން ޒައިދާން އަވަސް ހަރަކާތްތަކާއި އެކީ ތަރުތީބު ކޮށްފައި ހުރި ޒީކާން ގެ މޭޒުގައި ހުރި ހުރިހާ ގަނޑެއް ބަލަމުން ދިޔަ އެވެ.ފަހަރަކު ފައިލް އެއް ބަލަމުން ދިޔަ ޒައިދާން ގެ ސަމާލުކަން ހުއްޓުނީ ވަކިން ބާއްވާފައި އޮތް ފައިލަކަށްށެވެ.މި އޮށް ހުރިހާ އިރު ވެސް އޭނާ އަށް އެ ފައިލް އެއް ނުފެނުނެވެ.އެއީ އިންޓަރވިއު ނެގި މީހުންގެ މާކްސްތައް ކަން އިނގުމުން ހިތް އަވަސްވެފައި ހުރެވެސް ޒައިދާން އެ ފައިލް އެއް އާއި ދިމާލަށް އޭނާގެ އަތް ގެންގޮސް އެ ފައިލް ނަގާލިއެވެ.އެންމެ މަތިން މާކްސް ލިބިފައި އިނީ ކާކަށް ކަން އިނގުމުން ޒައިދާން އަށް ތުން ފިއްތާލެވުނެވެ.

“ޝަހްނާ.އާހ އޭރު ވެސް މަށަށް ހީވިއޭ”ހިތާހިތުން ޒައިދާން އެހެން ބުނެލަމުން ކަޅި މައްޗަށް އަރުވާލި އެވެ.ޝަހްނާ ނޫން އެހެން މީހެއްގެ މާކްސް މަތިކުރަން ޒައިދާންގެ ހިތަށް އަރާފައި ވެސް އެއިން ގޮތަށް ބޭންދީ އިންސާފަށް ކަންތައް ކުރިމަށްށެވެ.ޒައިދާން އަށް ނޭނގުނީ އިންސާފަށް ކަންތައް ކުރުމުން ލިބެން އޮތް ގެއްލުން މާ ބޮޑު ކަމެވެ.

 

އަނެއް ދުވަހުގެ އިރު އެރީ އެކި މީހުންގެ ހިތްތަކުގައި އެކި ކަހަލަ ކުލަ ޖައްސަމުންނެވެ.އެއްބައި މީހުންގެ ހިތްތަކުގައި ހިތާމަވެރިކަމުގެ ސާލެއް އަޅާލަމުން އަދި އަނެއް ބައި މީހުންގެ ހިތްތަށް އުފާވެރިކަމުން ފުރާލަމުން އިރު އަރައިގެން އައީ އޭގެ ވާޖިބު އަދާ ކުރުމަށްޓަކައިއެވެ.

 

ކޮޓަރިން ނިކުން ޒާރާ އާއި ދިމާލަށް ޒީކާން ބަލާލީ ޒާރާގެ މޫނުމަތީގައި ހުރި ކުލަތައް ދިރާސާ ކުރާ މީހެއް ފަދައިންނެވެ.ޒީކާން އޭނާ އާއި ދިމާލަށް ބަލާކަން އިނގުމުން ޒާރާ ހަމަ ހިލާ ޒީކާން އާއި ދިމާލަށް ބަލައިވެސް ނުލިއެވެ.ކޮންމެވެސް އިރަކުން ޒީކާންގެ ސުވާލު އޭނާ އަށް އަމާޒު ވާނެ ކަން އިނގުމުން ޒާރާގެ ހިތް ބާރަށް ތެޅިލިއެވެ.އެއް އިރެއްގައި ވެސް ޒީކާން އަށް އޭނާ އާއި ކިޔާންގެ ދެމެދުގައި ޖެހުނު މައްސަލަ އިނގޭނެ ކަމަކަށް އޭނާގެ ހިތަކަށް ނާރައެެވެ.

 

ކޮފީ ތަށި ބޯލަމުން ޒާރާ ގޮނޑި ދަމާލުމާއި އެކީ ޒިވާ އާއި ޒަޔާންގެ ނަޒަރު ވެސް ޒާރާ އަށް ދަތުރު ކޮށްލިއެވެ.”ކައި ނިންމައިގެން ނޫނީ ނުތެދުވާތި”ޒާރާ އާއި ދިމާލަށް ބަލައިލަމުން ޒީކާން ބުނެލީ ސީދާ ޒާރާގެ ކަންފަތް ބުޑުގައި އެވެ.ޒާރާ އެހެރީ އިއްޔެ ހެނދުނު ބޮއުން ކޮފީ ތަށިން ގައިގައި ވަރު ޖައްސާލައިގެން ނެވެ.އެވަރުން ނުވެގެން ފެން ކޮޅެއް ވެސް ބޯނެ ކަމީ ޝައްކު އޮތް ކަމެކެވެ.މިވީ ތިން އަހަރު ދުވަސްތެރޭގައި ޒާރާ މުޅިން އެކީ ހިކިއްޖެ އެވެ.ކުރިން ހަށިގަނޑު ރަނގަޅު ކޮށް ހުރި ކުއްޖާ މުޅިން އެކީ ކަށިގަނޑަކަށް ބަދަލު ވެއްޖެ އެވެ.ހީވަނީ ހަމަ މެދުން ބިންދައިގެން ގޮސް ދެންމެ ދެންމެ ވެއްޓި ދާނެ ހެންނެވެ.ޒީކާން ގެ އަމުރަށް ދެކޮޅު ހަދަން ނުކެރުމުން ޒާރާ ޖެހުނީ ކާށެވެ.

 

ކައިގެން ޒާރާ ގޮޑިން ތެދުވެ ދާން ހިނގައިގަތީ ކޮޓަރި އާއި ދިމާލަށްށެވެ.ފޯނާއި ދަބަސް ހިފައިގެން ކޮޓަރިން ނިކުމެ ޒާރާ ބަލާލީ ސިޓިންރޫމް ގައި ހުރި ޒީކާން އާއި ދިމާލަށް ށެވެ.”ދަނީ މަންމާ”ޒާރާ ޒިވާ އަށް އަޑު އިވޭ ވަރަށް ގޮވާލަމުން ދާން ހިނގައިގަތީ ޒީކާން އާއި ދިމާލަށް ބަލައިލުމެއްނެތި އެވެ.ގޭގެ މަައިދޮރު ކައިރީގައި ހުއްޓިލައިގެން ހުރި ޒާރާ ދިޔައީ ފޯނުން ކައިޔަން އަށް ގުޅަމުންނެވެ.ރެއިން ފެށިގެން ކައިޔަންގެ އެއްވެސް ހަބަރެއް ނުވެއެވެ.ގުޑް ނައިޓް މެސެޖު ވެސް އެންމެ ކުޑަ މިނުން ފޮނުވާ ނުލަ އެވެ.އެހެން ނޫނީ ފޯނު ނުނެގުނު ނަމަވެސް ގުޑް ނައިޓް މެސެޖު ކައިޔަން ޒާރާ އަށް ފޮނުވާނެއެވެ.ޒާރާ އަށް ޗުސް ތަޅާލެވުނީ ކައިޔަން އޭނާ ގުޅަ ގުޅާ ވަރުބަލިވި އިރު ވެސް ފޯނު ނުނެގުމުން ނެވެ.އެވަގުތު ގާތުގައި ހުއްޓުނު ޒީކާން ޒާރާ ގާތު ސައިކަލަށް އަރަން އެދުނީ ޒާރާ އެއުޅެނީ ކައިޔަން އަަށް ނުގުޅިގެން ކަން އެނގުމުން ތޯ އެއްޗެކެވެ.

 

ކަޅު ކުލައިގެ ޓީޝާޓަކާއި ހަމަ އެކުލައިގެ ޖިންސެއްގައި ހުރި ކައިޔަން ގެ ނަޒަރު އެނދުމަތީގައި ރިންގު ވަމުން ދިޔަ ފޯނަށް ހުއްޓުނެވެ.މިހާރު އެއީ އެފޯނު ރިންގު ވާތާ ފަސް ވަނަ ފަހަރެވެ.ނަމަވެސް އަދި ވެސް ފޯނު ނަގާ ކަހަލަ ހިޔާލެއް ކައިޔަން އެއް ނުގެންގުޅެ އެވެ.ފޯނު ރިންގު ވެފައި ކެނޑިފައި ދެން އިތުރަށް ނުގުޅުމުން ކައިޔަން އެ ފޯނު ނަގައިގެން ކޮޓަރިން ނިކުތެވެ.އެވަގުތުވީ އަޔާން ވެސް ކޮޓަރިން ނިކުމެގެން އައިސް ކާގެ އާއި އަރާ ހަމަ ކުރި ވަގުތެވެ.

 

“ބްރޯ އޮފް ދުވަހެއްތަ؟”އާޔަން އައިސް ކައިޔަން ގާތު އަހާލީ ކައިޔަން ލައިގެން ހުރި ޓީޝާޓާއި ޖިންސަށް އިޝާރާތް ކޮއްފައި އެވެ.”އޮފް ދުވަހެއް ނޫން.އޮފީހަށް ސަލާމް ދުވަހެއް.ކޮބާ ބައްޕަ؟”ކައިޔަން ދެފަރާތް ބަލާލީ އޭނާގެ ބައްޕަގެ އެއްވެސް ހިލަމެއް ނުވުމުން ނެވެ.”ބައްޕަ ނޭނގެ”އަޔާން ކޮނޑު އަރުވާލަމުން ކާގެ ތެރެ އަށް ވަން އިރު ކާގޭގައި މަސަތްކަތު މީހާ ހެނދުނުގެ ނާސްތާ ނަގަމުން ދިޔައެވެ.”ކަލޯ މަށަށް މިއަދު ހެސްކިޔާފަ ލަހުން ނޭ ހޭލެވުނީ.މިހާރު ވެސް އޮތީ ގަޑި ޖެހެން ފަނަރަ މިނެޓު.އެހެންނު ވާނީ ރޭގަ ފެނުނީ މަންމަ އާ ވަރަށް ވައްތަރު ކުއްޖެއް.މަށަށް ފުރަތަމަ ހީކުރީ މަންމަ ކަމަށް އެކަމު ފަހުން އިނގުނީ.މަންމަ އެހާ ޒުވާނެއް ނުވާނެ އެއްނު..”އަޔާން އަށް އިތުރު ވާހަކަ އެއް ނުދެއްކުނީ ކައިލާން އައިސް ކާގޭގެ ތެރެ އަށް ވަނުމުން ނެވެ.ކައިލާންގެ މޫނުމަތިން އޭނާ އަށް ދެންމެ އާޔަން ދެއްކި ވާހަކަ އަޑު އިވުނު ކަން ކައިޔަންގެ އިތުރުން އަޔާން އަށް ވެސް އިނގުނެވެ.

 

“މަންމައޭ ދަރިފުޅަށް ކިހިނެތް އިނގެނީ އެއީ ހަމަ މަންމަ ކަމެއް؟”ކައިލާން ވެސް އެ މައުޟޫ ނެގީ އެދެކުދިންގެ މަންމައާ އޭނާ ވެސް ބައްދަލު ކުރަން ބޭނުންވުމުންނެވެ.އެއީ އެދެކުދިން ގެ މަންމަ އެކަންޏެއް ނޫނެވެ.އެއީ އަދިވެސް އޭނާގެ އަންހެނުންނެވެ.އޭނާގެ ދެކުދިން ވެސް ވީ އޭނާގެ އެ އަންހެނުންގެ އަރިހުގައިއެވެ.ދެމަފިރިން އެކަކު އަނެކަކާއި ބައްދަލު ނުވާތާ ވެސް ބަރާބަރު އެކާވީސް އަހަރު ވަނީ އެވެ.އެންމެ ފަހުން ބައްދަލުވީ ވެސް އެންމެ ފަހުން ކައިލާން އޭނާގެ އަންހެނުންގެ ގެއިން ނިކުމެގެން އައި ދުވަހު އެވެ.އޭގެ ފަހުން މަގު މަތިން ކީތް ލޮލުކޮޅަށް ވެސް އޭނާގެ އަންހެނުން އޭނާ އަށް ދައްކާ ނުލައެވެ.އޭނާގެ ދެކުދިންނާއި ވެސް ކައިލާން ބައްދަލު ކުރަން ކިތަންމެ ބޭނުން ވި ނަމަވެސް އެކަން ވެސް އެގޮތަށް ވާކަށް ނެތެވެ.އެދެކުދިންނާއި އޭނާގެ ހަށިގަނޑު ގައި ފުރާނަ އޮއްވާ ބައްދަލު ވެދާނެ ކަމާއި މެދު ކައިލާން އަށް ޝައްކެވެ.

 

“ބައްޕަ މަންމަގެ ފޮޓޯ ވެސް ދެއްކީމެއްނު.އެހެންވީމަ އިނގޭނެ ދޯ ވައްތަރީ އާ ވެސް”އަޔާން ގެ ވާހަކައިނާ އޭނާ އަށް އޭނާގެ ކޮއްކޮ އެއް ހުންނަ ކަން ނޭނގޭ ކަން ކައިޔަން އަށް އިނގުނެވެ.މަޑުން އިނދެފައި ވެސް ކައިޔަން ވާހަކަ ދައްކަން ފެށީ މަޑުން އިނދެގެން ވާނެ ކަމެއް ނޯންނާނެ ކަން އިނގުމުންނެވެ.”ބައްޕާ.އަޅުގަނޑު މެންގެ ދެކޮއްކޮ ވެސް ހުރޭ ދޯ”ކައިޔަން ގެ ވާހަކަ އިން ކައިލާން އަށް ލިބުނީ ސިހުމެކެވެ.އެއީ އޭނާ މި ހުރިހާ ދުވަހު ކައިޔަން އާއި އަޔާން އަށް ސިއްރު ކުރި ކަމެއް ވިއްޔާ އެވެ.ދެން ކުއްލި އަކަށް ކައިޔަން އަށް އެކަން އިނގެން ވީ ގޮތެއް ކައިލާން އަަށް ހަމަ އެއްގޮތަކަށް ވެސް ނޭނގުނެވެ.

 

“ހްމްމް.ކިހިނެތްވީ”ކައިލާން ދެފަހަރު ދެކުދިން ގެ މޫނާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ.”ޕިސް ޕިސް.އެހެންވީމަ ދެން ތި ޖެހުނީ ތި ދެކޮއްކޮ އެއްވެސް ހޯދަން ތާ”އަޔާން އަކީ ކައިޔަން އާއި ހިލާފަށް މަޖާ މިޒާޖެއްގެ ކުއްޖެކެވެ.މަޑުން ހުރުމަކީ އެއް އިރެއްގައިވެސް އޭނާ ކުރި ކަމެއް ނޫނެވެ.އެންމެ ސީރިއަސް ވާންޖެހޭ ހާލަތުގައި ވެސް އޭނާ ކުރާނީ ސަމާސާއެވެ.އަދި އެހާމެ ފަސޭހައިން އޭނާގެ ހިޔާލާއި ހިތުގައި އޮންނަ އެއްޗެއް ބޭރު ކޮށްލަނީ އެއްވެސް ޖެހިލުމެއްނެތި އެވެ.

 

ކައިޔަން އަށް އޭނާ އަށް އެދުވަހު ފެނުނީ އޭނާގެ މަންމަ ކަން ޔަގީނާއި ގާތަށް ދިޔައީ އޭނާގެ ބައްޕަގެ ޖަވާބުން ނެވެ.ކައިޔަން އޭނާގެ މަންމަ އާއި ކައިޔަން ބައްދަލުވި ޚަބަރު ކައިލާން އަށް ދޭން ފަސްޖެހުނީ އަދި މާ އަވަސް ކަމަށް ދެކެމުންނެވެ.އޮޅިގެން ވިޔަސް އަދި މާ އަވަހެވެ.އުމުރުން ފަންސަވީސް އަހަރު ވީ އިރު އޭނާގެ މަންމައާ ބައްދަލުވުމުން ވެސް އެއީ ކާކުކަން ނޭނގުމުން ކައިޔަން އަމިއްލަ ނަފްސާއި ވެސް މަލާމާތް ކޮށްލިއެވެ.

 

ކަޅުކުލައިގެ ކަކުލާ ހިސާބަށް އަރާ ހެދުމަކާއި އެކީ ހަމަ އެކުލައިގެ ޖިންސް އަކާއި ޝޯލެއް އަޅައިގެން ކޮޓަރިން ނިކުން ލައިކާގެ ކާގެ އަށް ވަދެ ބޯ ދިއްކޮށްލިއެވެ.އޭރު ކައިރާ ހެނދުނު ސައި މޭޒުމައްޗަށް ނަގަން އުޅެއެވެ.މިއަދު އޭނާ ގެ ބޮލުގައި ރިއްސާވަރުން ނަމާދު ކޮށްލައިގެން ޖައްސާލެވުނީ އެވެ.އަދިވެސް މުޅިން އެއްކޮށް ރަނގަޅު ނުވި ނަމަވެސް މިއަދު ވެސް ވަޒީފާ އަށް ސަލާމް ބުނަން ލައިކާގެ ހިތް ދެކޮޅު ހެދުމުން ވަޒީފާ އަށް ދާން ނިންމީއެވެ.”އަނހަ ދަރިފުޅާ.އަޔާން ބުނި މިއަދު ލައިކާ ބުންޏޭ ބޮލުގަ ވަރަށް ރިއްސައޭ އެބަ”ކައިރާގެ ވާހަކަ އަށް ލައިކާ ހީލަމުން އެހެން މީހުން ކޮބާ ތޯ ބަލާލި އެވެ.”މިހާރު ރަނގަޅޭ ކުޑަކޮށް.މިދުވަސް ކޮޅު މާ މަސައްކަތް ބުރަ ކޮށްލައިގެން އުޅޭތީ ވާކަމެއް ކަންނޭނގެ އެއީ”ލައިކާ ބުނެލީ ގޮނޑި އެއްގައި އިށީންދެލަމުންނެވެ.”މިހާރު ތިހެން ވާތާ ހަފްތާ އެއް ވަނީ އެއްނު.މަންމަ އަށް ފެންނަނީ ޑޮކްޓަރަށް ދައްކާލަން ދާން”ކައިރާގެ ބަހަށް ލައިކާ ހިނިތުންވުލުން ފިޔަވާ އިތުރު އެހެން އިޝާރާތެއް ނުދިނެވެ.

 

އެވަގުތުވީ އަޔާން ވެސް އައިސް ގޮނޑީގައި އިށީން ވަގުތަށް ވުމުން ދެން އިތުރަށް އެމައުޟޫއައިގެން ވާހަކަ ދައްކާކަށް ލައިކާ ބޭނުމެއް ނުވިއެވެ.ނަމަވެސް ކައިރާ އެވާހަކަ ފެށުމުން އެވާހަކަ ދެއްކުން ނޫން ގޮތެއް ނެތެވެ.”މަންމާ.ރޭގަ ލައިކީ ދިޔައޭ ދޯ ޑޮކް އަށް ދައްކަން”އަޔާން ލައިކާ އަށް ދޯ އެއްލިއެވެ.

ނުނިމޭ

 

Comments (16)

  1. Cutie girl

    Mi part ves v reethi Masha allah
    Kiyaan and zaa gulhuvachey
    Can’t wait for next part
    Keep it up 👍
    Love you ❤️

  2. Dhunya

    Hey Rifoo
    Mi oh hurihaa iru neulhuvigenney mi ulheny esfiya site neynge keehve kameh ves.
    Anyway story varah reethi Masha Allah…
    Yaan and zaa gulhuvaba
    Zeek and mish ge bayeh ves genesdhehchey.next episode ga
    Love you Rifoo 💖

  3. Cutie girl

    Curiously waiting for next part
    You’re so talented
    Alhe zaa and yaan ah vaa gothun v dheravey 😭
    E kudhin gulhuvachey
    Aleek and aims ves
    They both aren’t lovely couples

  4. Cutie girl

    *aika

  5. Cutie girl

    Sorry nubaikoh name liyevuni
    Aleek and aika gulhuvachey
    Zaa and kiyaan ves
    They both are lovely couples

    1. Dhooni
      Cutie girl

      Yes cutie girl e bunee thehdheh.they are made for each other 😥

  6. Dhunya

    Yes cutie girl e bunee thedheh.yaan and zaa varah gulhey…

  7. Dhunya

    Aika and aleek too.
    But i love mish and zeek more edhen hama emme gulhey dhe kudhin

    1. Dhooni
      Dhunya

      Yes me too 😂
      But i love nuk and aleeka too because nuk Varah funny.ehenve dhen zeek and mish akee alhugandu ge fav ah vanee zeek Varah madun hunnnaathee.

  8. Nishva

    Hey Rifoo
    Sry ingey kurin part ah comment nukohlevunyma.i was so bxy these days.ekam vx varah belin comment eh kohlevey thw.
    Like everyone else i want to say vaahaka vrh vx reehchey and your so talented ingey aslu vx.
    Rifoo pls pls heyo nuvaane zaa and yaan gulhuvabaa.aika and aleek vx.
    Next part ga mish and zeek ge bayeh gennanchey.
    And kaiyan ge manma akee kaaku baa??
    Hithuga varah ufedhey suvaaleh mihaaru
    Curiously waiting for the next part
    Love you Rifoo 💋

  9. 🌹🌹🌹 vempire girl 🌹🌹🌹

    Hey rifoo
    Maasha allah mi part vx varah varah reethi…. next part ge inthizaaruga

  10. Zelie

    Hi. Mi part ves varah reethi. Busy kamun comment vws nukureve. I knew zaa wasn’t gonna believe yaan. She is too stubborn.
    Curiously waiting for next part. Hope we get to read about mish and zeek.
    Love you fab writer ❤️

  11. Dhooni

    Mi part vs Varah Reethi Masha Allah
    Kon irakun next episode kiyaalan libeyni
    Can’t wait for the next part

  12. Rauha

    Hey Rifoo
    Mi episode vx varah Reethi Masha Allah
    Kon irakun next part kiyaalan libeyni
    Curiously waiting for the next part
    Love you Rifoo 💋

  13. Anonymous

    Hey rifoo
    Vv reethi mi part ves…
    Alhe kaiyan hurihaa truth eh kiyaadheeba pls…erun maybe yaan and zaa gulhene..alhe pls emeehun gulhuvabala….
    And pls shahna ah nudhehche e job … although she has the highest points….
    Hope zeek and mish ge baeh next ep ga kiyaalan libeyne kamah….
    By the way how many parts are there in the story … curious veema ahaalee…hehe
    Curiously waiting for the next part
    Love you rifoo ❤️

  14. Shimmer

    Hey rifoo
    This part was also amazing..love it
    Alhe pls yaan and zaa gulhuvabala….
    And kaiyan hurihaa truth eh kiyaadheeba pls….
    Hope zeek and mish ge baeh next part ga kiyaalan libeyne kamah….
    Curiously waiting for the next part
    Love you rifoo ❤️

Comments are closed.