Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…43

Anonymous Level 4100 Login10 Stories100 Comments
June 30, 2024 4 Mins Read
13 Comments

ކިޔާން ގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީ ޒާރާ އޭނާ ފެނުމުން ލޯ މައްޗަށް ހިންގާލުމުންނެވެ.ޒާރާގެ އެ މައުސޫމްކަން ކިޔާންގެ ހިތުގައި ޒާރާ އަށް ޓަކައި އޮތް ލޯބި ދެ ގުނަ ކޮށްލިއެވެ.ޒާރާގެ ކޮޓަރި ހުރަސްކޮށްލާފައި ދާން އުޅުނު ކިޔާން ގެ ސިކުނޑި އަށް ޝަހްނާ އާއި ކައިޔަން ދެއްކި ވާހަކަ ވެރިވެ ގަތުމާއި އެކު ޒާރާ ގާތު މި ވާހަކަ ބުނަން މި އަށް ވުރެ ރަނގަޅު ވަގުތެއް ދެނެއް ނުލިބޭނެ އޭ ކިޔާންގެ ހިތަށް އެރުމާއި އެކު ޒާރާގެ އަތުގައި ހިފާ ޒާރާގެ ކޮޓަރި އަށް ދެމީހުން އެކީ ދެމިގަތެވެ.

************************

ކިޔާން އޭނާ ދައްކަން އުޅުނު ވާހަކަ ފެށުމުގެ ކުރިން ޒާރާގެ އަތުން ދޫކޮށްލާ ޒާރާ އާއި ދުރަށް ޖެހިލީ ޒާރާ މިހާރު ވެސް ހުންނާނީ ބިރުން ކަން އިނގޭތީއެވެ.”ކޮން ޒާ އެކޭ ކިޔާކަށް.ކޯޗެއް ހަދަން މި ކޮޓަރި އަށް ވަދުނީ”ޒާރާ ބުނެލީ ކިޔާން އޭނާ އަށް ގޮވާލުމާއި އެކުގައި ހެންނެވެ.”ޒާ ޕްލީޒް އެއް ފަހަރު ނަމަވެސް އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ”ކިޔާން އާދޭސްކޮށްލުމުން ޒާރާގެ ހިތް ވެސް އެއްފަހަރު ކިޔާން ދައްކާ ވާހަކަ އަޑު އެހުމަށް ބުނެލިއެވެ.ކިޔާން އޭނާގެ ވާހަކަ ފެށީ ޒާރާ ގާތު އޭނާ ވާހަކަ ދައްކާ ނިމުނީމަ ނޫނީ ވާހަކަ ނުދައްކަން ބުނެފައި އެވެ.

 

ކައިޔަން އޭނާގެ އިސްތަށިގަނޑު ގައި އަތްފުނާ އަޅާލަމުން ކޮޓަރިން ނިކުތީ ޝަހްނާ ކައިރި އަށް ދިއުމުގެ ގޮތުންނެވެ.ރީނދޫ ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސް އެއް ލައިގެން ހުރި ކައިޔަން ފެނުމުން އަންހެން ކުދިންގެ ހިތްތައް ކައިޔަން އަށް ލެނބިގެން ދާނެކަން ކަށަވަރެވެ.ކޮޓަރިން ނިކުން ކައިޔަން ގެ ލޮލުގައި އަޅައިގަތީ ސޯފާ ކައިރި އަށް ވެއްޓިފައި އޮތް ފޮޓޯގަނޑެކެވެ.ކައިޔަންގެ ޝައުގުވެރިކަން އެ ފޮޓޯ ގަނޑަށް ހުއްޓުނީ ކީތްވެ ކަމެއް ޚުދު ކައިޔަން އަކަށް ވެސް ނޭނގުނެވެ.

 

ސޯފާ ކައިރީގައި ހުއްޓިލަމުން ކައިޔަން ބަންޑުން އޮތް ފޮޓޯގަނޑު ނަގާލިއެވެ.ފޮޓޯގަނޑަށް ބަލާލުމުން އެކަނި ވެސް ކައިޔަން އަށް އެއީ ވަރަށް ކުރީގެ ފޮޓޯއެއް ކަން ނަގައިގަންނާކަށް މާ އުނދަގުލެއް ނުވިއެވެ.ފިރިހެނަކާއި އަންހެނެއް ހުރި އިރު ފިރިހެން މީހާގެ އެއް އަތުގައި ހިފައިގެން ދެ ފިރިހެން ކުދިން ތިއްބެވެ.ފިރިހެން މީހާ އަންހެން ކުއްޖެއް އުރާލައިގެން ހުރި އިރު އަންހެން މީހާގެ އަތުގައި އެއް މަސްވެސް ނުވާ އަންހެން ކުއްޖެއް އޮތެވެ.ކައިޔަން އަށް އެއީ ކައިޔަން އާއި އޭނާގެ ބައްޕަ އާއި އޭނާގެ ކޮއްކޮ އާޔަން ކަން އިނގުނެވެ.ނަމަވެސް ދެން ތިބި އެކަކު ވެސް އޭނާގެ ހަނދާނަކަށް ވެސް ނައެވެ.އެތާ އެތިބީ އޭނާގެ ދެކޮއްކޮ އާއި މަންމަކަން ކައިޔަން އަށް އިނގުނީ އެއްފަހަރު އޭނާގެ މަންމަ ގެ މޫނު ފެނިފައި ވުމުންނެވެ.

 

“މަންމާ”ވޭނީ ގޮތަކަށް ފޮޓޯއިން ފެންނަމުން ދިޔަ އޭނާގެ މަންމަ ގެ މޫނުގައި އަތް ޖައްސާލަމުން ކައިޔަން ބުނެލިއެވެ.ކައިޔަންގެ މަންމަ އަދި އަދަށް ދާން ދެން ވެސް ކައިޔަން އަށް ފެނިފައި އެއް ނުވެއެވެ.ފޮޓޯ އަށް ބަލަން ހުރި ކައިޔަން ސޯފާގައި އިށީންދެލި އިރު އެއީ ޝަހްނާމެން ގެ އަށް ދާން ނިކުން މީހާކަން ވެސް އޭނާގެ ހަނދާނަކު އެއް ގޮތަކަށް ވެސް ނުވިއެވެ.

 

އޭނާގެ މަންމަ ގެ މޫނުމަތިން ދަންނަ ފާޑެއް ކައިޔަން އަށް ޖަހަން ފެށުނާއި އެކީ ފަހަރަކަށް ވުރެ ފަހަރެއް ކައިޔަން ރަނގަޅަށް ފޮޓޯގަނޑަށް ބަލަމުން ދިޔައެވެ.ކުއްލި އަކަށް ކައިޔަން އަށް އޭނާގެ މަންމަ ވައްތަރީ ކާކާއި ކަން އިނގުމުން ކޮޅަށް ތެދުވެވުނެވެ.އެއީ ހަމަ އެމޫނެވެ.އެއްވެސް ތަފާތުކަމެއް ނެތެވެ.ކައިޔަން ކޮޓަރި އާއި ދިމާލަށް ހިނގައިގަތީ އޭނާގެ ބައްޕަ އަށް އެ ފޮޓޯ ގަނޑު ހިފައިގެން އޭނާ އިންދާ ފެނިދާނެ ކަމުގެ ބިރު އޮތުމުންނެވެ.ކައިޔަން އަށް ފޮޓޯ ހިފައިގެން ކޮޓަރި އަށް ވަދެވުމާއި އެކީ ދޮރު ތަޅުލާފައި އެނދުގައި އިށީންދެލިއެވެ.

 

ކިޔާން ދައްކަމުން ދިޔަ ވާހަކަތަކުގެ ސަބަބުން ޒާރާ ގެ ސިކުނޑި ހީވީ ފަޅައިގެން ގޮއްސާނެ ހެންނެވެ.ކިޔާން ދައްކަމުން ދިޔަ ކޮންމެ ވާހަކަ އެއް ހެން ދިޔައީ ޒާރާގެ ސިކުނޑީގައި ބިންވަޅު ނެގެމުންނެވެ.މިއަދު ކައިޔަން ދެއްކި ވާހަކަ ތަކުގެ ސަބަބުން ވެސް ޒާރާ އަށް ކިޔާން ދައްކަމުން ދިޔަ ވާހަކައިގެ ތެދު ކަން ގަބޫލުކުރަން މަޖުބޫރުވިއެވެ.ނަމަވެސް ދެވަނަ ސިކުންތަކަށް ކިޔާން އަށް އިތުބާރު ކޮށް ކައިޔަން އަށް ޝައްކު ނުކުރުމަށް ހިތް ބުނަން ފެށީ ކިޔާން އަކީ އޭނާ އަށް އެއްފަހަރު އޮޅުވާލާފައިވާ މީހަކަށް ވުމުންނެވެ.

 

“ކިޔާން ހެޔޮ ނުވާނެ.އަހަންނާ ކައިޔަން އާ އެކީގަ އުޅުނަދީ.ކިޔާން އާ ޝަހްނާގެ އާ ދެމެދަކަށް މަށެއް ވެސް ނުވަންނަން ދޯ”ޒާރާ ބުނެލީ ކިޔާން ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލަމުންނެވެ.އެހިތަށް އެވާހަކަ ތައް އަޑު އަހަން ކެތް ނުވީއެވެ.ކިޔާން ބުނިގޮތުން ނަމަ ޝަހްނާ އާއި ކައިޔަން އުޅެނީ އެއްބައި ވެގެން އެދެމީހުން ދުރު ކުރާށެވެ.ނަމަވެސް ހަމަހިލާ ޒާރާ ގެ ހިތެއް ކިޔާން އަކާއި އެއްބައިއެއް ނުވި އެވެ.މާ ބޮޑަށް ޒާރާއަށް ކައިޔަން އަށް އިތުބާރު ކުރެވުނީ އެވެ.

 

“އެހެރީ ވަން ދޮރު ހަމަ މިހާރު ނިކުމޭ”ކޮޓަރި އަށް ވަންނަ ދޮރު ދައްކާލަމުން ޒާރާ ކިޔާން އަށް އަމުރު ކޮށްލިއެވެ.ޒާރާގެ އަމުރަށް ކިޔާން ކޮޓަރިން ނިކުތީ ޒާރާ ކިޔާން ކޮއާޕާލުމުން ނެވެ.އޭރު ހަމަ ރަނގަޅަށް ވެސް ޒާރާ އަށް ރޮވިއްޖެއެވެ.ކިޔާން އާއި އެހެން ވާހަކަ ދައްކަން ޒާރާގެ ހިތް އެއްބަސް ނުވި ނަމަވެސް ކިޔާން އޭނާ އާއި ކައިޔަން އެކުގައި އުޅެނިކޮށް ރާވައިގެން ކިޔާން އެދެމީހުން ދުރު ކުރަން އުޅުމުން އޭނާ ގާތަށް މާ ބޮޑަށް ރުޅި އާދެވުނީ އެވެ.ރުޅި އާއި ހިތާމަ އެކުވެގެން ޒާރާ އަށް އެ އިހުސާސް ބޭރުކޮށްލެވުނީ ކަރުނައިގެ ސިފައިގައި އެވެ.

 

ކިޔާން މިހާ ގޮތް ކުޑަ ވެދާނެ އެކޭ ޒާރާ އަށް އެއްފަހަރަކު ވެސް ހީކުރެވިފައި އެއް ނެތެވެ.އެންމެ ފެހުން ވެސް އެ ވިސްނީ އެ ވިސްނީ ދެމީހެއްގެ ދެމެދަށް ވަދެ ދެމީހުންގެ ދެމެދުގައި ފިތުނަފަސާދަ އުފެއްދުމަށް ވިއްޔާއެވެ.ގައިމު ވެސް ޒާރާ ލޯބިވީ އެކަހަލަ ކިޔާން އެއް ދެކެ އެއް ނޫނެވެ.އޭނާ ލޯބިވީ އެ އަށް ވުރެ ރަނގަޅު އުޅުމެއް ހުރި ކިޔާން އެއް ދެކެއެވެ.ކިޔާންގެ ފަތިފުށް އެފެނުނީ އަދި ކިރިޔާއެވެ.ކިޔާން ކަހަލަ މީހެއް ދެކެ ލޯބިވެވުމުން ޒާރާ އަމިއްލަ ނަފްސާއި ވެސް ދިމާކޮށްލެވުނެވެ.ލޮލުން ކަރުނަ އޮހޮރެމުން ދިޔަ ހާލުގައި ޒާރާ އެނދުގައި އިށީންނަމުން ކައިޔަން އަށް ގުޅާލެވުނީ ކިޔާން ދައްކި ވާހަކަ ތަކުގެ ތެދު ދޮގު ބެލުމުގެ ގޮތުންނެވެ.

 

އެނދުގައި އޮށޯވެގެން އޮތް ކައިޔަންގެ ސިކުނޑީގައި ވަނީ އަދި ވެސް އެފޮޓޯ އެވެ.ކައިޔަން އެެހެން އޮއްވާ ފޯނު ރިންގް ވުމުން ފޯނު ބަލައިލީ ކާކުތޯ ބެލުމުގެ ގޮތުންނެވެ.ޝަހްނާ ބުނެގެން މިއަދު ނުދިއުމުން ޝަހްނާ ހެން ވެސް ހީވިއެވެ.ޝަހްނާ އަށް ވެއްޖެއްޔާ ފޯނު ކަނޑާލަން ނިންމައިގެން ހުރި ކައިޔަން އަށް ޒާރާގެ ނަން ފެނުމުން ފުންމައިގެން ތެދުވެވުނު ގޮތް ވެސް ނޭނގުނެވެ.ފޯނުނަގަން ހިތަށް އަރާފައި ވެސް ކައިޔަން ފޯނު އެނދަށް އެއްލާލީ ފޯނު ނަގަން ބޭނުން ނުވުމުންނެވެ.އޭނާގެ މަންމަ އަކީ ކާކު ކަން އިނގުމުން ކައިޔަން ގެ ތަބީޢަތު ވެސް ވަގުތުން ބަދަލުވިއެވެ.

 

ދެން އޭނާ ޒާރާ އާއި އެކީ އުޅޭކަށް ބޭނުމެއް ވެސް ނޫނެވެ.ޒާރާ އާއި ކިޔާން ގުޅުނަ ނުދީ ވަރަށް ހިފެހެއްޓިއްޖެ އެއް ނޫން ހެއްޔެވެ؟ޒާރާ އަށް ހަގީގަތް ކިޔައިދޭން އެބަ ޖެހެއެވެ.ކިޔާން އާއި ޒާރާ ގުޅުނަ ނުދީ ހިފަހައްޓައިގެން އޭނާ އުޅުނުކަން އެނގޭ ދުވަހަކުން ޒީކާން ކުރާނެ ކަމެއް ވެސް ނޭނގެއެވެ.ޒީކާން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިއަސް އޭނާ އަށް ވަރިހަމައެވެ.މިފަހަރު ޝަހްނާމެން ޒާރާ އާއި ކިޔާން ދުރުކުރަން އުޅެފި ނަމަ އެކަމަށް ހުރަސް އަޅާނެ މީހަކީ ޚުދު އޭނާއެވެ.

 

ވިސްނުމެއްގައި އޮތް ކައިޔަންގެ ހިޔާލު ދަތުރު ކޮށްލީ މީގެ ތިން އަހަރު ކުރިން އޭނާ ކުރި ބޮޑު ވެގެންވާ ފާފަ އަކަށްށެވެ.އޭނާ ވަނީ މީހަކު މަރާލަން މަސައްކަތް ކޮށްފައި ކަން ކައިޔަން ގެ ހިތަށް ވަނުމާއި އެކީ އިސްތަށިގަނޑު ގައި ހިފާ ބާރު ކޮށްލެވުނެވެ.އޭނާގެ މަންމަ އޭނަ އާއި ހެދި ހާދަ ލަދެއް ގަންނާނެއެވެ.ނަމަވެސް ކައިޔަންގެ ހިތުގައި އުފެދުނީ އެންމެ ސުވާލެކެވެ.އޭނާގެ މަންމަ އޭނާގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟

 

ނުނިމޭ

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ރެޕް ލިޔާނެ ގޮތް: ފުރިހަމަ ގައިޑެއް

Next

ގާތުގައިވި އަނދިރިކަން، 19

Next
June 30, 2024

ގާތުގައިވި އަނދިރިކަން، 19

Previews
June 30, 2024

ރެޕް ލިޔާނެ ގޮތް: ފުރިހަމަ ގައިޑެއް

13 Comments!

  1. Cutie girl says:
    June 30, 2024 at 10:17 pm

    Mi part vx v Reethi masha allah
    Can’t wait for next part
    Zaa and kiyaan gulhuvachey
    Love you

    1. RIFSHA says:
      July 1, 2024 at 7:34 pm

      Thanks cutie girl
      In sha Allah next part mirey submit kohlaanan
      In sha Allah yaan and zaa konmeves dhuvahakun gulheyne
      Love you more 😘

  2. you says:
    July 1, 2024 at 2:22 am

    how many parts are there?

    1. RIFSHA says:
      July 1, 2024 at 7:37 pm

      More than 50.hama hurihaa part eh ge adhadhakee sirreh 🤫

  3. Nayaa says:
    July 1, 2024 at 2:33 am

    Heyy rifoo
    How’s youu??
    Sorry ingey konmes part akah comment nukureveythy 😭😭.. but scl nimunu fahun ves tuitions dhinumuga I’ve been busy as hell hehe
    Vrh vrh vrh reethi mi part ves ingey.. Masha Allah you’re so so talented.. vrh ufaa vey rifoo ge stories kiyaalaafa hama 🩷
    Good luck and keep it up darl 🩷
    Lysm 🩷

    1. RIFSHA says:
      July 1, 2024 at 7:46 pm

      Hey nayoo
      I am fine Alhamdhulillah how are you hope your fine too
      It’s ok darla.buxy veema vaane ehnu ehen ves dho.
      Thanks nayaa.your comment always put a smile on my face.hama kithanme dhuvaheh kohlaafa comment eh kohliyas always your comments are one of my fav ingey.varaj ufaa vey thihaa supportive veema
      Once again thank you 😊
      Love you more 😘

  4. Maash Butterflyyyyy says:
    July 1, 2024 at 7:21 am

    Hey rifoo
    Sorry engey comment nukureveythy I’m very busy job ga ulheythi.. Vrh vrh reethi mi part maasha allah anehka kaiyan he mom akey kaaku ba.. Alhey I’m so curious.. Waiting for next part… Lyssm darling ❤

  5. malaa says:
    July 1, 2024 at 12:00 pm

    curiously waiting for next part…
    yaan aa zaa gulhuvahcheyy

    1. RIFSHA says:
      July 1, 2024 at 7:48 pm

      Thanks malaa in sha Allah next part maadhan kiyaalan libeyne.hope you will like that part too.next part varah dhigu vaane ingey.i mean fudhey varakah
      In sha Allah konmeves dhuvahakun

  6. Shimmer says:
    July 1, 2024 at 6:29 pm

    Hey rifoo
    Finallyyyyyy…I was so off when the part was not updated on Saturday….I couldn’t even sleep well….😂
    Anyway ,Mi part ves v reethi…pls yaan and zaa gulhuvabala…poor yaan… he is suffering so much…
    Hope than oi part ga zeek and mish ge baeh kiyaalan libeyne kamah….
    Curiously waiting for next part
    Love you rifoo ❤️

    1. RIFSHA says:
      July 1, 2024 at 7:56 pm

      Hey shimmer
      Alhey thigothah veema varah dhera vejje konme gotheh viyas.its not my fault ingey aslu.submit kohlin Thursday ge reygandu.rifoo in sha Allah adhi amilla web eh hadhan mi visnanee eyrun hama bunaa dhuvahu kiyaalan libeyne ehnun dho.aslu hadhan ulhunin ekam vee gothakee school ga ulhey thi.
      Hehe in sha Allah konmeves dhuvahakun gulheyne e kudhin ves.
      Handhaan nei ekam i think innaane kanneynge.
      Thank you so much dear 😘
      I’m sha Allah next part dhigu vaane ingey fudheyvarakah
      Love you more Darla ❤️

  7. Laura says:
    July 1, 2024 at 8:53 pm

    Hey Rifoo
    Alheyyy kiyaan and zaa hama ehaa ummeedhu kureema ves nugulhuney dho.dhen keehkurani .eii adhi naseebu lahvaa nulaathee ey dho Rifoo.anehkaa kaiyan ge mom akee kaaku baa??IAM so excited maadhan next part kiyaalan libeyne theeve.and next part dhigu vaane vaahaka bunelafa ineema ves
    Love you so much darling 💋

  8. Rauha says:
    July 1, 2024 at 9:03 pm

    Hey Rifoo
    Submit kohlee tha??varah inthizaaru eba kurevey next episode ah.but i am a bit scared dhen vaane gothei neyngey thee.
    Rifoo ehen v ma avahah website eh hadhaaba eyrun rau mennah kiyeyne ehnu dho vaguthun vaguthah hehe.
    Kaiyan ge mom akee kaaku baa?Lau gothah vanee yey e rau ah vx hehe
    Love you Rifoo 💋

Comments are closed.



All Right Reserved!