ލޯބީގެ ބާރުގައި…1
އާދުވަހަކަށް އިރު އެރީ ނީޝަލް އަވަދިނެތި ނަވިން ކައިރީ އުޅެމުން ދަނިކޮށެވެ. ނަވީން އަކީ ނީޝަލް ގެ ދަރިފުޅެވެ. ނީޝަލް އާ ނަވާފް ގެ ކައިވެންނަށް 6 މަސް ވީ ތަނާހެން ނީޝަލް ބަލިވެ އިނދެއްޖެއެވެ. މިކަމާ އެންމެ ބޮޑަށް އުފާވީ ނަވާފްއެވެ. މިހާރު އެދެމީހުންގެ ކައިވެންނަށް 2 އަހަރު ފުރިފައި ވީނަމަވެސް ހީވަނީ އަލަށް ކައިވެނި ކޮށްގެން އުޅޭ ދެ މަފިރިންހެނެވެ.
“ދަރިފުޅު ނުދުވާނެ ވެއްޓިގެން އައްދޮވެދާނެ އެއްނު” ނަވީން ދުވާތީވެ ނީޝަލް ބުނެލިއެވެ. ޝޯލް އަޅަން ހުރި ނީޝަލް ސިހިގެން ދިޔައީ ނަވާފް އައިސް ފަހަތުން ނީޝަލް ގެ ގައިގައި ބައްދާލުމުންނެވެ. “ސިއްސައިގެނޭ ދިޔައީ” ނީޝަލް ބުނެލިއެވެ. “ސިއްސުވާލަންށޭ އުޅުނީވެސް” ލުއި ހުނުމަކާ އެކު ނަވާފް ބުނެލިއެވެ. “ދެން ދޭބަލަ އަވަހަށް ރެޑީވާން ގަޑިޖެހެނީ އެޔޮށް” ނަވާފް އަދިވެސް ތައްޔާރު ނުވެ ހުރުމުން ނީޝަލް ބުނެލިއެވެ. މި އަދަކީ އެ ކުޑަކުޑަ އާއިލާ ދުބާއީ އަށް ޗުއްޓީ ހޭދަކޮށްލުމަށް ދާން އުޅޭ ދުވަހެވެ.
ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓް އިން ނުކުމެގެން އައި އެ ކުޑަ އާއިލާ އަށް އެންމެންގެ ނަޒަރުތަށް ހުއްޓެންފެށިއެވެ. މިހެން ނުވާންވީ ސަބަބެއްވެސް ނެތެއްނޫންހެއްޔެވެ. ނީޝަލް އާއި ނަވާފް އަތް ގުޅުވާލާގެން ހުރިއިރު ނަވީން އިނީ ނަވާފްގެ އުރުގައެވެ. ނަވާފްގެ ރައްޓެހި މީހާ އެމީހުން ބަލާ އައުމުން 3 މީހުން ވެސް ހިނގައިގަތީ އެޒުވާނާގެ ފަހަތުން ކާރާ ދިމާލަށެވެ.
30 މިނަޓް ގެ ދަތުރަކަށްފަހު އެމީހުނަށް ގެއަށް އާދެވުނެވެ. ގޭގެ ބެލް އެޅުމާއެކު ގޭގެ ދޮރު ހުޅުވި ހައިޝާ ނީޝަލްގެ ގައިގާ ވަރަށް ބާރަށް ބައްދާލިއެވެ. “ތުއްތީ! ނީޝް އަކަށް ނޭވައެއް ނުލެވޭ” ހައިޝާ ބައްދާލިލެއް ބާރުކަމުން ނޭވާނައިސް ހުރި ނީޝާލް ވަރަށް އުނދަގުލުން ނަމަވެސް ބުނެލިއެވެ. “ސޮރީ، ސޮރީ، ތުއްތި މިހުރީ ވަރަށް އުފާވެފަ ނީޝް އިހާގިނަދުވަސް ކޮށްލާފަ ފެނުނީމަ” ހައިޝާ އަށް ހީވަނީ ދެ ޢީދު އެއްކޮށް އައިސްގެން އުޅޭ ހެނެވެ. “ނީޝް ވެސް ވަރަށް ވަރަށް އުފާވެއްޖެ ތުއްތި އިހާގިނަ ދުވަސްކޮށްލާފަ ފެނުނީމަ” ނީޝަލް ވެސް އޭނާގެ އެންމެ ފުރިހަމަ ހިނިތުންވުމުން ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ. ހައިޝާ ކަޢިވެނިކޮށްގެން ދުބާއީ އަށް ބަދަލުވީ އޭނާގެ ފިރިމީހާ ރާހިން ގެ ވަޒީފާގެ ގޮތުންނެވެ. ނީޝަލް އާއި ހައިޝާ އަކީ ދެބެންގެ ދެދަރިންނަށް ވީއިރު ހައިޝާ ގެ ފިރިމީހާ ރާހިން އާ ނީޝަލް ގެ ފިރިމީހާ ނަވާފް އަކީ ވެސް ދެބެންގެ ދެދަރިންނެވެ.
“މިހާރު އަހަރުންމީ ތިބި ބައެއްކަމަށް ނުހަދަނީތަ؟” ނަވާފް ދެރަވާކަމަށް ހަދާލާފައި ބުނެލިއެވެ. “ނޫނޭ، ދޮންބެދައްތަގެ ވާފް އަށާ ނަވިއްކޮއަށް އެހެނެއް ނުހަދާނެއެއްނު ދެނެއް” ހައިޝާ ބުނެލީ ނަވީން އުރާލަމުންނެވެ. “ކޮބާތަ ދޮންބެ؟” ނަވާފް އަހާލީ ރާހިން ކޮބާތޯއެވެ. “އެ ތެދެއް ކޮބާތަ ތުއްތިބެ؟” ނީޝަލް ވެސް އަހާލީ ރާހިން ފެންނަން ނެތުމުންނެވެ. ތުއްތިބެވީ ފިހާރަ އަށްގޮސް ގެއަށް ބޭނުންވާ އެއްޗިސް ގަނެލަން. މިހާރު އަންނަން އުޅޭނެ.” ހައިޝާ ޖަވާބުދިނެވެ.
ތަޅުދަނޑިން ގޭގެ ދޮރު ހުޅުވާފައި އެތެރެއަށް ވަދުން ރާހިން ގެ އަތުގައި ބާޒާރު ކުރި ކޮތަޅުތަށް ހުއްޓެވެ. “ކުލަވެސް ކިޔާގެނޭ ދޯ” ރާހިން އަކީ ސަކަ މިޒާޖެއްގެ ވެރިއެއް ކަމުން ފުރުތަމަވެސް ބެލީ ނަވާފް އާ ދިމާކޮށްލެވޭތޯއެވެ. ނީޝަލް ލައިގެން ހުރި ސްކައިބުލޫ ހެދުމާއި ހުދު ޓައިޓް އޭނާއާ ވަރަށް ގުޅެއެވެ. އަޅާފައިވާ ކަނޑު ނޫ ކުލައިގެ ޝޯލް ނަވާފް ގެ ޓީޝާޓް ގައިހުރި ރޮގު ތަކާއި ކިތަންމެ ހާވެސް ގުޅެއެވެ. ނަވީން ވެސް އިނީ ނޫކުލައިގެ ޓީޝާޓް ކޮޅެއްގައެވެ. “ދޮގެއްވާނުން” ހައިޝާ ވެސް ރާހިން އާ އެއްބައިވެލުމުގެ ގޮތުން ބުނެލިއެވެ. “ކޮބާތަ ތުއްތުގެ ފުއްގަނޑު؟” ވާހަކަ ބަދަލް ކޮށްލުމުގެ ގޮތުން ނަވާފް ހައިޝާ މެންގެ ދަރިފުޅު ރާޔާ އަށް ނިސްބަތްކޮށް ބުނެލިއެވެ. ރާޔާ އަކީ ރާހިން އާ ހައިޝާ ގެ 6 މަހަށް އަޅާފައިވާ އެ ދެމީހުންގެ ލޯބީގެ ނިޝާނެވެ. “ރާޔާ އެބައޮތް ނިދާފަ” ނަވާފް އާ ނީޝަލް ގެ މޫނު މަތީގައިވި ރަކި ކަން ފެނި ހައިޝާ ގެ ގާތަށް ވެސް އަދި ރާހިން ގެ ގާތަށްވެސް ހިނި އައެވެ.
10 Comments!
Comments are closed.

Mi part vx v Reethi masha allah
Can’t wait for next part
Thnx 🥰
Inshaallah varah avahah 2 vana part kiyaalan libeyne 😊
Masha Allah nayaahtha ge hazna molhu kannnn 😍😍.. vrh vrh reethi ingeyy.. hiyeh nukuran mihaa molhu vaane kamakah 😍♥️
Good luck on the upcoming parts as well darling 🥰
Loabiveyyy..🥹♥️
In Reply to @Nayaa
Aww thnx loabi nayooo dhathee 💕 I couldn’t do this without your support and thnx for helping me on everything💗
loabivey moree ❤
Anytime darla..🩷
Awwwhhh hehe🥹.. vrh vrh ufaavey hama help eh beynun veema bunelaathy vesss.. always happy to lend a hand to nayaa dhahtha ge little hazu..🥹🩷
🩷🩷🩷
Masha Allah ♥️
Waiting for next episode ♥️
thnx <3
next part will be posted soon inshaallah
I’m soo proud of ya dhoonee… In my eyes you are always shining bright…. Can’t be more proud… Luv yaa some much….
Can’t wait for the next episode… ❤️❤️❤️💖💖💖😘😘😘😘😘😘
Aww thnx lobs 💕
Love you so much moree ❤🥰
Next part coming soon inshaallah 💗
Love it!! So proud of you, dear 😘💗
Keep up the good work! ✨