Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…35

Anonymous Level 4100 Login10 Stories100 Comments
June 6, 2024 9 Mins Read
8 Comments

ނޯޓް: އަޅުގަނޑު ވާހަކަ ބުނާ ދުވަހަށް ސަބްމިޓް ކޮށްދިން ނަމަވެސް ވާހަކަ އަޕްލޯޑު ނުވުމާއި ނުވުން އެއީ އަޅުގަނޑުގެ މައްސަލަ އެއް ނޫނެވެ.ނަމަވެެސް ކިޔުންތެރިންނަށް ތިރީސް ހަތަރު ވަނަ ބައި ކިޔާލަން ލިބުނީ އަޅުގަނޑު ވާހަކަ ސަބްމިޓް ކޮށްލިތާ ފަސް ދުވަސް ފަހުން ކަމަށް ވުމުން މި ޕާޓް އާއި އެކީ ތިރީސް ހަވަނަ ބައި ވެސް މިއަދު (6 ޖޫން 2024) ސަބްމިޓް ކޮށްލި ވާހަކަ ދަންނަވާލަން…

ކިޔުންތެރިންނަށް މި ދެ އެޕިސޯޑް ވެސް ރީތި ވާނެ ކަމަށް އުންމީދު ކުރަން..

*******************************

 

ދާން ވީ ދޯ”ޒީކާން ބުނެލީ އޭނާ ގެ ކޮޓަރިން ނިކުންނަމުން ނެވެ.ޒާރާ ވެސް ޖަވާބެއް ނުދީ ޒީކާން ގެ ފަހަތުން ދާން ހިނގައިގަތެވެ.ޕީޗްވިލާގެ އަށް ވަދެގެން އައި ޒާރާ ހުއްޓުން އެރީ ގޭގެ އެއްފަރާތުގައި އަންހެން ކުއްޖަކާ އެކީ ހުރި ކިޔާން ފެނުމުންނެވެ.ގޭގެ ދޮރު ކައިރި ވަނީ ޕީޗް ކުލައިގެ އަލިން ދިއްލާލެވިފައި ނަމަވެސް ކިޔާން އާއި އެއަންހެންކުއްޖާ ހުރި ހިސާބަކަށް އެއައްޔެއް ނުފޯރަ އެވެ.

*********************

ރަނގަޅަށް ޒާރާ ބަލާލި އިރު ޝަހްނާ އެވެ.ޝަހްނާ ކިޔާން އާއި ގާތްވާން ފެށުމުން ކިޔާން ޝަހްނާ ކޮށްޕާލަމުން ޒާރާ އާއި ދިމާލަށް ބަލައިލިއެވެ.ކިޔާން ޝަހްނާ ކޮއްޕާލީ ވަކި ޒާރާ ހުރުމުންނެއް ނޫނެވެ.ކޮއްޕާލި ވަގުތު ޒާރާ ފެނުނީއެވެ.

 

ނަމަވެސް ދުރުގައި މަންޒަރު ބަލަން ހުރި ޒާރާ އަށް ކިޔާން ޝަހްނާ ކޮށްޕާލަމުން ޒާރާ އާއި ދިމާލަށް ބަލައިލުމުން ނެގުނީ ނުބައި މާނަ އެކެވެ.ޒާރާ ފެނުމުން ކިޔާން ޝަހްނާ ކޮއްޕާލީ ކަމަށް ޒާރާ އަށް ހީކުރެވެން ފެށުމުން މޭގައި ދިލަ ތަދެއް އުފެދިގެން ދިޔަ އެވެ.ލޮލުން ކަރުނަ ނިރާލީ މެއިން ނަގަމުން ދިޔަ ދިލަ ތަދުގެ ސަބަބުންނެވެ.މަންޒަރު ބަލަން ކެތް ނުވުމުން ޒާރާ އަށް ދުވެފައި ގޭތެރެ އަށް ވަންނަން ދިޔަ އެވެ.

 

ސިޓިންރޫމް ގައި ތިބި އެންމެން ސިހިގެން ދިޔައީ ދުވެފައި ގޭތެރެ އަށް ވަދެގެން އައި ޒާރާ ފެނުމުންނެވެ.އަތުގައި އޮތް ދަބަސް ސިޓިންރޫމްގައި ހުރި ސޯފާ މައްޗަށް ވައްޓާލަމުން ދުވެފައި ކަހަލަ ގޮތަކަށް ލައިނީގެ ކޮޓަރި އާއި ދިމާލަށް ދިޔަ އެވެ.ލައިނީގެ ކޮޓަރި އަށް ވަދެ ދޮރު ތަޅުލި ޒާރާ އަށް ދޮރުގައި ލެގި ގަންނަމުން ރޮއެގަނެވުނީ އިޚްތިޔާރުން ބޭރުގައެވެ.ކޮންމެ ދުވަހަކު ވެސް ޒާރާ އެއްޗެކޭ ބުނާ އިރަށް ކިޔާން ގެ ޖަވާބަކަށް ވާނީ ކިޔާން ޝަހްނާ އާއި ދެމެދު އެކަހަލަ ގުޅުމެއް ނުހިނގައޭ އެވެ.ޒްރާ އަށް ފެނުނު މަންޒަރުން ޒާރާ އެހެން ގަބޫލު ކުރިއަސް ފެންނަހާ މަންޒަރަކީ ހަގީގަތެއް ނޫނެވެ.

 

މިއަދު މި ފެނުނު މަންޒަރު ގެ ސަބަބުން ޒާރާގެ ހިތްބުނެލި ކަހަލަ އެވެ.ދެން ދުވަހަކު ވެސް ފިރިހެނަކަށް އިތުބާރެއް ނުކުރާނަމެވެ.އެމީހުން ބުނާ ބަހާކާއި އަމަލަކާއި ދިމަލެއް ނުވާނެއެވެ.މިހެން ކިޔާން އާއި ޝަހްނާގެ ދެމެދުގައި ޒާރާ އަށް ނުފެނި ކިތައް ކަންތައް ހިނގާފައި ވާނެ ބާއެވެ.ފިރިހެނުން ނަކީ ހަމަ ބުނާ ބަހުގައި އިތުބާރު ނުހިފޭ ބަޔަކީ އެވެ.އަންްހެން ކުދިން ގެ ހިތް އަތުލެވުމުން އެމީހުންނަށް މި ހީވަނީ ދުނިޔެ ރަންވީ ހެންނެވެ.

 

“ދެރަވެއްޖެ ކަމެއްނު ޝަހްނާ.މިއަދު ކޮންމެހެން މިތަނަކަށް ފާޅުވާން ޖެހޭ ތަ؟”ކިޔާން ބުނެލީ ވެއްޓިފައި އޮތް ޝަހްނާ އާއި ދިމާލަށް ނުރުހުންވެފައިއެވެ.މިއަދު މިފެނުނު މަންޒަރުގެ މާނަ ޒާރާ ރަނގަޅު ގޮތުގައި އެއް ނުނަގާނެ ކަން ކިޔާން އަށް ޔަގީނެވެ.”އަހަރެން ނުބުނަންތަ އަހަންނަށް ނުލިބުނު ލޯތްބެއް ޒާރާ އަށް ވެސް ލިބޭ ކަށް އަހަންނެއް ބޭނުމެއް ނޫނޭ”ޝަހްނާ ބުނެލީ ވަކި ކިޔާން އަށް ދޫނުދޭން ޔޯލައެވެ.”މަށެއް ވެސް ނުބުނަންތަ ދުނިޔެއިން އަންހެންނުން ހުސް ވިޔަސް ތި ޝަހްނާ އަކާ އެއް ނީންނާނަމެކޭ”ނުރުހުންވެފައި ކިޔާން އެހެން ބުނެލުމުން ހަލުވި މިނުގައި ގޭތެރެ އަށް ވަދެގެން ދިޔަ އެވެ.

 

ލައިނީ އާއި އައިކާ ގެ އިތުރުން ނަވްޔާ ލައިނީގެ ކޮޓަރީގެ ދޮރުގައި ޒާރާ އަށް ގޮވަމުން ޓަކި ޖަހަމުން ދިޔަ އިރު މިލާން އާއި އަލީކްގެ އިތުރުން ރަޔާން ސޯފާ ތަކުގައި ނަވްޔާމެން ގެ ހަރަކާތްތަކަށް ބަލަން ތިއްބެވެ.ކިޔާން ވަދުމާއި އެކު މިލާން އާއި އަލީކްގެ އިތުރުން ރަޔާން ގެ ސަމާލުކަށް ވަގުތުން ކިޔާން އަށް ހުއްޓުނެވެ.”އޭއި މީ ކޯޗެއް؟”ރަޔާން އިޝާރާތް ކުރީ ކިޔާން ގެ ހުދުކުލައިގެ ޓީޝާޓުގެ މޭމަތީގައި ހުރި ރަތް ކުލައިގެ ތުންފަތުގެ ނިޝާން އަށްށެވެ.ރަޔާން އެހެން ބުނުމާއި އެކު ލައިނީމެން ގެ ސަމާލުކަން ވެސް ކިޔާންގެ މޭމަތީގައި ހުރި ނިޝާނަށް ހުއްޓުނެވެ.

 

“އަނެއްކާ ޒާގެ ތަ؟ދެމީހުން ކޮން ކަމެއް ހިންގާލީ”މިލާން ކިޔާން އައިސް މިލާން އާއި ޖެހިގެން އިން ސޯފާގައި އިށީނުމުން ބުނެލީ ކިރިޔާ ކިޔާން އަށް އަޑުއިވޭ ވަރަށް ށެވެ.”ޕިސް ޒާގެ އެއްނޫން”ކިޔާން ބުނެލީ މާޔޫސްވެފައި ހުރި މީހެއްހެން ނިތްކުރީގައި އަތް ހާވާލަމުންނެވެ”ދެންންން؟”މިލާން އެހެން ބުނެލުމާއި އެކު ކިޔާން މިލާން އާއި ދިމާލަށް ބަލައިލިއެވެ.”ޝަހްނާގެ ކަންތަކޭ”ކިޔާން އެހެން ބުނެލުމާއި އެކު މިލާން އާއި ރަޔާންގެ އިތުރުން އަލީކް ވެސް ދިޔައީ ސިހިގެންނެވެ.”ޝަހްނާ އަށް ކިހިނެތް ކިޔާން އާ ތިހާ ކައިރި ވެވުނީ؟”އަލީކް ނެގީ ފުރަތަމަވެސް ނުބައި މާނަ އެކެވެ.އެންމެ ފަހުން ކިޔާން ވީ ގޮތް ރަނގަޅަށް ސާފުކޮށް މިލާން މެންނަށް ކިޔާލަ ދިނެވެ.”ދެޓް ސްޓުޕިޑް ވަން.އެއް ދުވަހަކު މަގޭ އަތުން ފިލާވަޅެއް ލިބޭނެ އޭނަ އަށް”ރަޔާން ބުނެލީ ފޫހިވެފައި އިނދެއެވެ.މީހެއްގެ ހަގީގީ ކުލަ ފެނުމުން ކޮންމެ މީހަކަށް ވެސް ވާނީ އެހެން ތާ އެވެ.

 

ދޮރުގައި ލެގި ގަނެގެން ހުރި ޒާރާ އަށް ލައިނީމެން ގޮވާ އަޑު އިވުނެެއް ކަމަކު ދޮރު ނުހުޅުވީ އެކަން ކޮށްލުމުގެ ހިތްވަރު ވެސް އޭނާގެ ހަށިގަނޑު ގައި ނެތުމުންނެވެ.ދެލޯ މަރާލަމުން ޒާރާ ދޮރާއި ދުރަށް ޖެހިލަމުން ފާހާނަ އާއި ދިމާލަށް މިސްރާބު ޖެހިއެވެ.ފާހަނަ އަށް ވެދުމަށް ފަހު ޒާރާ މޫނު ދޮވެލާފައި ހިއްކާލާމުން ދޮރު ހުޅުވާލިއެވެ.ޒާރާ ދޮރު ހުޅުވާލި ކަމެއް ނޭނގި ލައިނީމެން ކޮޓަރި ތެރެ އަށް ވަދެގެން ދިޔަ އެވެ.އެއްވެސް މީހަކު ޒާރާ ރޮއުނު ސަބަބު ހޯދަން ނޫޅުނީ މިއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަަށް އެކަކަށް ވެސް ނުވިސްނުމުންނެވެ.

 

މިލާން މެން ބޭރުގައި ބައިތިއްބާފައި ނަވްޔާމެން ކޮޓަރި އަށް ވަނީ ޒާރާގެ ހާލަތު ރަނގަޅަށް ވިސްނޭތީ އެވެ.ދޮރު ތަޅުލާފައި ލައިނީ ޒާރާ އާއި ދިމާލަށް ބަލައިލި އިރު ކަމަކު ދާކަށް ނެތެވެ.ލައިގެން ހުރި ހުދުކުލައިގެ ހެދުމުގައި ވެސް ކުޑަކޮށް ފެންޖެހިފައި ހުރި އިރު އަޅައިގެން ހުރި ޕީޗް ކުލައިގެ ޝޯލްގައި ވެސް ހުސް ފެނެވެ.ހެދުމުގައި ކިރިޔަ ކިރިޔާ ފެން ޖެހިފައި ހުއްޓެއް ކަމަކު ޝޯލް ހުރީ ވަރަށް ބޮޑަށް ތެމިފައި އެވެ.ލޯ ކައިރީގައި މަސްކަރާ ގެ ކަޅު ކުލައިގެ ދެލިތައް ފޭދިފައި ހުއްޓެވެ.

 

“ޝޯލް ބާލަބަލަ.ލައި ދީފާނަމޭ ޒާ އަށް ޝޯލް އެއް”ލައިނީ ބުނެލީ ޒާރާގެ ޝޯލަށް ވެފައިވާ ވަރު ފެނުމުންނެވެ.ޒާރާ ވެސް ލައިނީގެ ބަހާއި ދެކޮޅު ހެދުމެއް ނެތި ޝޯލް ބޭލިއެވެ.ލައިނީ އޭނާގެ ކަބަޑުން ހަމަ ޒާރާ އަޅައިގެން ހުރި ކުލައިގެ ޝޯލް އެއް ނަގާ ނަވްޔާ އަށް ދިއްކޮށްލި އެވެ.އޭރު އައިކާ މޭކަޕް ރިމޫވާ ފުޅި ނަގައިގެން ޒާރާ މޫނުމަތިގައި ހުރި މޭކަޕް ތައް ފިލުވަން އުޅެއެވެ.

 

ކިޔާން ގޭތެރެ އަށް ވަދުމުން ޝަހްނާ ދުވަމުން ހެން ގޭގެ ގޯތިން ވެސް ބޭރަށް ނިކުތެވެ.ގޭގެ ގޯތިތެރެ ފެންނަ ގޮތަށް ވީޑިއޯ ކޮށްގެން އޮތް ކައިޔަން ވެސް ވީޑިއޯ ނިންމާލީ އެވަގުތު އެވެ.”އެ ޒާރާ އަށް ހުރީ ވަރަށް ވަރު ވެފަ.ދެން މަށަށް ޔަގީން ޒާރާ ކިޔާން އާ ދިމާލަށް ބަލާ ވެސް ނުލާނެ ކަން.ހެހެ”ކައިޔަން އައިސް ސައިކަލަށް އެރުމުން ޝަހްނާ ކައިޔަން ގެ ސައިކަލު ފަހަތަށް އަރަމުން ނުލާފާ ގޮތަކަށް ހީލީ އޭނާ ކުރަން ބޭނުންވި ކަންތައްތައް ވުމުން ތޯ އެއްޗެކެވެ.”އޭ ކައިޔަން އަށް ރީތިވެގެން އުޅުނީ ލައިނީ އޭ”ޝަހްނާ ބުނެލީ ކައިޔަން ގާތު އޭނާ އަށް ކިޔާން އާއި ޒާރާ ދޭތެރެ ޖެއްސިއްޖެ ނަމަ ކައިޔަން އަށް ރީތިވެގެން އުޅުނު އަންހެން ކުއްޖާގެ ކައިޔަން ގާތު ބުނާނަމޭ ބުނެފައި ވުމުން ނެވެ.”އެކަމް ރަޔާން އާ އޭނަ އާ ރައްޓެހިވެގެން އުޅެނީ”ޝަހްނާ ބުނެލީ އަނގަ ހަދާލަމުން ނެވެ.”ނޯ ވޮރީސް.އައި ކޭން ހޭންޑްލް ދެޓް”ކައިޔަން ދިނީ މާ އެދެވޭ ޖަވާބެއް ނޫނެވެ.

 

ނަވްޔާ އެންމެ ފަހު ކަމަކަށް ޒާރާ ގެ ޝޯލް އަޅުވާ ނިންމާލުމުން ލައިނީ ރަޔާންމެން ގާތު ކޮޓަރި އަށް ވަންނަން އެދުނެވެ.”އަންނަ އިރު ޒާގެ ދަބަސް ގެންނައްޗެ ރަޔާން”ލައިނީ ބުނެލީ ޒާރާގެ ދަބަހަށް އިޝާރާތް ކޮށެވެ.ނަސީބަކުން ރަޔާން ވެސް މާބޮޑު އެއްޗެކޭ ނުބުނެ ޒާރާގެ ދަބަސް ގެނެސްދިނެވެ.އެވަގުތުވީ ކޮޓަރިން ލައިކާ ނިކުން ވަގުތަށް ވުމުން އެންމެންގެ ސަމާލުކަން ވަގުތުން ލައިކާ އަށް ހުއްޓުނެވެ.”އޭއޭއޭ.ކޮންތާކަށް ތިހިރަ ވަޑައިގަންނަވަނީ”ލައިނީ ލައިކާ އާއި ދިމާކޮށްލީ ލައިކާ ދާތަން އެނގި ހުރެއެވެ.ލައިކާ އެއްޗެކޭ ނުބުނެ ހަމަ އެކަނި ލައިނީ އާއި ދިމާލަށް ލޯ ކުޑަކޮށްލީ އެވެ.

 

“އޯހ ދޮންބެ ބުނެގެން ޑޭޓަކަށް ދޯ”ކިޔާން ބުނެލީ ދިމާކޮށްލާ ރާގަކަށްށެވެ.ލައިކާ އާއި އަޔާން ރައްޓެހިވެގެން ނޫޅުނެއް ކަމަކު މިއަދު ލައިކާ ގޮވައިގެން އަޔާން އެދަނީ ލައިކާ ގާތު ރައްޓެހިވާން އަހަން ކަން ކިޔާން އަށް އިނގޭ ވިއްޔާއެވެ.މިއަދު މެންދުރު ކިޔާން ދިޔަ އިރު ވެސް އަޔާން އުޅުނީ އަޔާންގެ އަލަމާރީގައި ހުރިއްޔާ ހުރިހާ ޓީޝާޓް ތަކަކާއި ޖިންސް ތައް ނަގައިގެންނެވެ.ކިޔާން ގާތުން އެހީ އެއް ބޭނުން ވެއްޖެ ނަމަ ވީގޮތް ބުނަން ޖެހޭނެކަން އިނގުމުން އަޔާން ކިޔާން ކައިރީގައި ވެގެން އުޅޭގޮތް ކިޔާލަ ދިނެވެ.އަޔާން ލައިކާ ގާތު މިރޭ ރައްޓެހިވާން އަހާނެކަން ކިޔާން އަށް އިނގުނީ އެހެންވެ އެވެ.

 

“ޑޭޓަކަށް ނޫން.ޖަސްޓް ޝަޓް އަޕް”ލައިކާ އެހެން ބުނެލި ވަގުތުވީ ގޭގެ ބޭރުން ސައިކަލެއް ބަރުގޮނު އަޅާލި ވަގުތަށްށެވެ.”އޯހޯ އެއައީ ދޮންތަބެ އަވަހަށް ދޭ”ލައިނީ ލައިކާ އާ ދިމާކޮށްލަމުން ކޮޓަރި ތެރެ އަށް ވަދުނީ ލައިކާގެ ހަމަލާ އަކުން ސަލާމަތީ ފިޔަވަޅު ކުރީ ބައިގައި އެޅުމަށްޓަކައި އެވެ.

 

ލައިކާ ބޭރަށް ނިކުން އިރު އަޔާން ސައިކަލުގައި ފޯނާއި ކުޅެން އިނެވެ.ހުދު ކުލައިގެ ހުޑީ އަކާއި ނޫކުލައިގެ ޖިންސް އެއް ލައިގެން ހުރިއިރު ބަލާލަން ކިތަންމެ ހާ ވެސް ފުރިހަމަ އެވެ.ލައިކާ އަށް ކިރިޔާ ކައިރި އަށް އާދެވެން ވާ އިރަށް އަޔާން ޖަހައިގެން އައި ސެންޓުގެ ވަސް ދުވަން ފަށައިފި އެވެ.ލައިކާ އައިސް ސައިކަލުގައި މަޑު ކޮށްލެވުން ކަމެއް ނޭނގި އަޔާން ފޯނު ޖީބަށް ލައިފި އެވެ.

 

ޒާރާ އާއި އައިކާ އަކީ ސައިންސް ސްޓްރީމް ނަގައިގެން އުޅޭ ދެކުދިން ކަމުން އައިކާ އާއި ޒާރާ އަށް ސްޓަޑީ ޓޭބަލް ދީފައި މިލާންމެން ތިބީ ލައިނީގެ އެނދުގެ ވާތް ފަޅީގައި ކުޑަ ބިއްލޫރި މޭޒެއް ކައިރީގައި އިން ހަތަރު ސޯފާގައި އެވެ.ލައިނީ އާއި ނަވްޔާ ދެފައި ވަށްކޮށްގެން އެނދުމަތީގައި ތިބީ ލައިނީގެ އެދުމުގެ މަތިންނެވެ.ޒާރާ ސައިންސް ސްޓްރީމް ނެގުންވީ ޒާރާ އަށް ލެއްވި ރަހްމްތަކަށްށެވެ.ބިޒްނަސް ސްޓްރީމް ނެގި ނަމަ އިންނަން ޖެހޭނީ ކިޔާންގެ ކުރިމަތީގައި ނޫން ކަމެއް ވެސް ނޭނގެ އެވެ.

 

ރެސްޓޯރެންޓް ގެ އެންމެ މައްޗަށް އަރަމުން އަޔާން ލައިކާގެ ލޮލުގައި ފޮތިކޮޅެއް އައްސާލިއެވެ.ލައިކް ގޮވައިގެން އަޔާން ޓެރަސް މައްޗަށް އެރާ ހުރިހާ ކަމެއް ރަނގަޅު ތޯ ބަލާލި އެވެ.

 

މުޅި ޓެރަސް ގައި އޮރެންޖު ކުލަ ލާފައިވާއިރު ދިއްލާފައި ވަނީ ވެސް އޮރެންޖު ކުލައިންނެވެ.ތަޅުންގަނޑު ހުރީ ފިލާތަކެއް އަތުރާލާފައިވާ ގޮތަށް ޑިޒައިން ކުރެވިފައި އެވެ.ޓެރަސް އަށް ވަދެގެން އައިސް އެންމެ ފުރަތަމަ ވަދެވޭނީ ފިލައިން ހަދާފައިވާ ކުޑަ ހިޔާ ކޮށްފައިވާ ތަންކޮޅަކަށް ށެވެ.އެތަނުން ނިކުތުމުން ދެން ފެންނާނީ ހާމަ އަށް އޮތް ސާފު ވައި ލިބޭ ހިސާބެެވެ.ޓެރަސްގެ މެދުގައި އެންމެ މޭޒެއް އިން އިރު އެމޭޒާއި ދެ ގޮނޑި ވެސް ފަރުމާ ކޮށްފައި ހުރީ އޮރެންޖު ކުލައިންނެވެ.ގޮނޑި އާއި މޭޒު ބަހައްޓާފައި ހުރި ދިމާލުގައި ތިރީގައި ޕްލާސްޓިކް ފިނިފެންމާ ފިޔަތަކުން ހަދާފައިވާ ކާޕެޓެއް އަޅާފައި އޮތެވެ.މުޅި ޓެރަސް ޒީނަތް ތެރި ކުރެވިފައިވަނީ މާމެލާމެލިން ނެވެ.މާތަކުން ދުވާ ވަހުން މުޅި އެތާނގައި ވަނީ ލުއި މީރު ވަހެއް ހިފާލާފައި އެވެ.

 

“ނަގާ ދެން”އަޔާންގެ އަޑަށް ލައިކާ ލޮލުގައި އޮތް ފޮތިގަނޑު ނަގާފައި މުޅި ތަނަށް ނަޒަރު ހުއްޓާލީ އާޝޯހުވެފައި ހުރެއެވެ.އަޔާން އިށީންނާށޭ ބުނެފައި ގޮނޑި ދަމާލަދިނުމުން ލައިކާ ގޮނޑީގައި އަށީނީ އަޔާން އާއި ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލާލަމުން ނެވެ.އެވަގުތުވީ ވެއިޓަރު އައިސް މޭޒުމަތީގައި ދެތަށި ބަހައްޓާލި ވަގުތަށް ވުމުން ލައިކާ އަށް އަޔާން އާއި ދިމާލަށް ބަލާލީ މިވީ ކިހިނެތްހެއްޔޭ އަހާލާ ފަދައަކުން ނެވެ.އަޔާންގެ އިޝާރާތުން ލައިކާ އެއްވެސް ސުވާލެއް ނުކޮށް ކާން ފެށި އެވެ.

 

ކައި ނިންމާފައި ލައިކާ ދިއުމުގެ ބަދަލުގައި އެތާ އިނީ ވެއިޓަރު އައިސް ތަށިތައް ނަގާފައި ކޭކެއް ބޭންދުމުންނެވެ.ކޭކު އިނީ ހިތެއްގެ ބައްޓަމަށްށެވެ.ހިތުގެ އެއްފަޅީގައި ރަތް ކުލައިގެ ދެފިނިފެންމާ އައިސިން އިން ޖަހާފައި އިނެވެ.ލިޔެފައި އިން އެތި ލައިކާ އަށް މަޑު މަޑުން ކިޔާލެވުނެވެ.”ވިލް ޔޫ މެރީ މީ ލައިކީ”ރީތި އަތުލިއުމަކުން ލިޔެލާފައި އިން އިބާރާތް ކޮޅު ކިޔާލުމާއި އެކު ލައިކާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

 

ލައިކާ އެ އިބާރާތް ކޮޅު ކިޔާލުމާއި އެކު ހެން އަޔާން އޭނާގެ ޖީބުން ރަން ކުލައިގެ ކުޑަ މަހުމާ ފޮއްޓެއް ނަގާ އެއްފައި މައްޗަށް ތިރިވެލި އެވެ.”ވިލް ޔޫ މެރީ މީ”އަޔާން އެހެން ބުނެލުމާއި އެކު ލައިކާ އުފަލުން ބޯޖަހާލެވުނީ އިޚްތިޔާރުން ބޭރުގައި އެވެ.ލައިކާގެ ޖަވާބުން އަޔާން ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިޕ އިރު ދެމީހުން ކުރެ އެކަކަށް ވެސް ނޭނގުނީ ދޮރު ކައިރީގައި ފިލާ އަވަށުގެ ބޮޑު އަނގަ އޮތްކަމެވެ.އާދެ! ނުކްޝާން އެވެ.

 

އަޔާން އޭނާގެ އަތުގައި އަނގޮޓި އަޅުވާލުމާއި އެކު ލައިކާ އަޔާން ގެ މޫނުގައި ހިފަހައްޓާލަމުން އަޔާން ގެ ނިއްކުރި އަށް ބޮސްދިނެވެ.ލޯ މަރާލައިގެން ތިބި ދެމީހުންނަށް ވެސް ސިހުމެއް ލިބުނީ ފޯނުގެ ލައިޓް އެއް ދެމީހުންގެ މޫނަށް އެޅުމުން ނެވެ.”ބަލާބަލަ އަޔާނު ވަގު ކަން.އަހަރުން ކައިރީ ނުބުނެ”ނުކްޝާން އަޔާން އާއި ދިމާލަށް ބުނެލީ ދެބުމަ ގޮށްޖެހާލައިގެން ހުރެއެވެ.”އެކަމު އޯކޭ ފަހުން އިނގުނީމަ ލިބިއްޖެ ސަޅި ފޮޓޯ އެއް ވެސް”ނުކްޝާން ފޮނި ގޮތަކަށް ބުމަ އަރުވާލަމުން ދާން ހިނގައިގަތެވެ.”ނޭނގެ ގޮސް އެންމެން ކައިރީ އެވާހަކަ ބުނާނީ ނޫން ކަމެއް ވެސް”ނުކްޝާން ދިއުމުން ލައިކާ ބުނެލީ އަޔާން އާއި ދިމާލަށް ބަލައިލަމުން ނެވެ.”އޯކޭ ވާނެ.މަންމަމެން ކައިރީ ވެސް ބުނަން މި ވިސްނަނީ ވީކް އެއް ފަހުން.އޭރުން އަވަހަށް މެރީ ކުރެވޭނީ.ލައިކީ އޯކޭ ތަ މި ގޮތް”އަޔާން ބުނެލީ ލައިކާ އެއްބަސް ނުވެދާނެތީ ކަންބޮޑު ވެފައި ހުރެއެވެ.ލައިކާ ވެސް އުފަލުން ބޯ ޖަހާލީ އެއީ އޭނާ ވެސް ބޭނުންވާ ގޮތަށް ވުމުންނެވެ.ދެމީހުން ފޮޅުވާނެ މަލެއް ފޮޅުވާފައި ގެއަށް ދިޔަ އިރު އެތަނުގައި ޖެހޭނީ މާތަކުން ސަލާމަތްވާން ފީނަން ކަން ޔަގީނެވެ.

 

މިލާން އާއި ރަޔާންގެ އިތުރުން އަލީކް ލައިނީ ގާތު އެތިން މީހުން ގޮވައިގެން ފެންބޯން ކާގެ އަށް ދާން އެދުނީ ޒާރާ އާއި ކިޔާން އެކަނި ކޮށްލުމަށްށެވެ.އައިކާ ވެސް ވީ އެވަގުތު ފާހަނައިގައި ކަމުން އެންމެން އެކަމުގެ ބޭނުން ހިފަން ވިސްނީއެވެ.”ނާޔާ ހިނގާބަލަ މި މީހުން ގޮވައިގެން.އަނެއްކާ މިތިބަ ތިންމީހުން ލައި ކިޑްނެޕް ކޮށްލަ ފާނެ”ލައިނީ ނަވްޔާ ގޮވައިގެން ދާން ދެއްކީ ވެސް ތާކުން ތާކުން ނުޖެހޭ ބަހަނާ އެއް ނޫނެވެ.”ހަމަ އަހަރުން ދެކެ އެހާ ވެސް ބިރުގަނޭތަ؟”މިލާން ބުނެލީ ދެފަރާތަށް ބޯ ހޫރުވާލަމުންނެވެ.ލައިނީ ހްމްމްމް އަޅުވާލަމުން ނަވްޔާ ގޮވައިގެން ކޮޓަރިން ނިކުތެވެ.

 

“ޒާ އާރ ޔޫ އޯކޭ ރައިޓް ނައު”ކިޔާން ބުނެލީ ސްޓަޑީ ޓޭބަލް ކައިރީގައި ގޮނޑީގައި އިށީންދެގެން ފޯނާއި ކުޅެން އިން ޒާރާ ގާތު އެވެ.ސްޓަޑީ ޓޭބަލް އިންނަނީ ދޮރުން ވަދެގެން ވާތް ފަރާތަށް ބަލާލަމުން ނެވެ.އެނދު ސްޓަޑީ ޓޭބަލް އާއި ޖެހިގެން އިންނަ އިރު އެނދުގެ ވާތް ފަރާތުގައި އެމޭޒާއި ސޯފާތައް އިނުމުން ކިޔާން އާއި ޒާރާގެ ދެމެދު ދުރުމިން ހުރީ ހަ ފޫޓެވެ.

 

“ކިޔާން ބަލަން ޖެހޭ ތަ؟”ޒާރާ ބުނެލީ ފޯނުން ނަޒަރު ވަކި ކޮށްލުމެއް ނެތި އެވެ.ފޯނުން ނަޒަރު ވަކި ކޮށްލާ ކިޔާންގެ މޫނަށް ބަލަން ޒާރާގެ ހިތް ކިތަންމެ އެދުނު ނަމަވެސް އެކަން ކުރަން އޭނާގެ ސިކުނޑި ދެކޮޅު ހަދަނީ އެވެ.”ޒާ އަޅެ އެއީ ޝަހްނާ ކުޅުނު ޑްރާމާ އެކޭ.އިނގޭ ދޯ ޝަހްނާ އުޅެނީ ޒާ އާ އަހަންނާ ދުރުކުރަން ކަން”ކިޔާންގެ ވާހަކަ އެހިސާބަށް ދިއުމާއި އެކު ޒާރާ އަކަށް ހިމޭނުންނެއް ނީނދެވުނެވެ.”ތިބުނީ އެދުވަހު ކިޔާން ޝަހްނާ އަށް ޕްރޮޕޯޒް ކުރި އިރު ގެ ވާހަކަތަ؟ރަނގަޅު އެދުވަހު ޝަހްނާ އަށް މަންޒަރު ބަދަލު ކޮށްލެވިދާނެ ކިޔާން ލޯ މަރައިގެން ހުރީމަ.އެކަމު ދެން މީ ކޮޗެއް ހެއްޔޭ؟އެޔޭ ސުވާލަކީ.ކީތްވެހޭ ޝަހްނާ އާ އެކީ ކިޔާން އަނދިރި ގަނޑު ގަ ހުންނަން ވީ؟”ޒާރާ ގޮނޑިން ތެދުވެ ކިޔާން ގެ ކުރިމަތީގައި ހުރެ ކިޔާންގެ މޭމަތީގައި ހުރި ތުންފަތުގެ ނިޝާން ދައްކާލި އެވެ.ޒާރާގެ ދެލޯ ކަރުނުން ފުރުނު އިރު ޒާރާގެ އަޑު ވެސް ދިޔައީ އިރަކަށް ވުރެ އިރެއް ބެދެމުންނެވެ.”ޒާ އަޅެ އެއީ ޝަހްނާ ކުޅުނު ޑްރާމާ އެކޭ ގަބޫލު ކޮށްބަ”ކިޔާން ބުނެލީ އާދޭސް ކުރާ ރާގަކަށްށެވެ.”އޯހ ކިޔާން ދެން އެއް އަންހެނަކާ އެކީ އުޅެފަ އަނެތް އަންހެނަކާ އެކީ އުޅުނީމަ ވެސް މަ ހުންނަން ވީ ދޯ ކިޔާން ލޯބި ވެއޭ ބުނީމަ ވެސް ހެވިފަ އެބަސް ގަބޫލުކޮށްގެން.ނޯ ވޭ.ކިޔާން ކޮންމެ އެއްޗެކޭ ކިޔަސް ތި ބަޑި ކިޔާން އެއް ބަދަލެއް….”ޒާރާ އަށް ބުނެވުނީ އެހިސާބަށް ށެވެ.ކިޔާންގެ އަތުގެ ހަމަލާއެއް ޒާރާގެ ކޯތާފަތް މައްޗަށް އެރިއެވެ.”ޒާރާ ކޮންމެ އެއްޗެކޭ ކިޔަސް މަ ހުރިން ދޯ އެއްޗެކޭ ނުބުނެ.އެކަމު މިހާރު ތި ދަނީ މާ މައްޗަށް.މަ ވެސް ބަޑި ޒާރާ އޭ ބުނީމަ ޒާރާ ވެސް ރުޅި އަންނާނެ ދޯ.އެހެން ނޫނަސް ކަންކަމުގެ ހަގީގަތް ނުބަލާ ޒާރާ އަކަސް ކޮންމެ މީހަކަސް ފާޑު ފާޑުގެ އެއްޗިއްސެކޭ ނުކިޔޭނެ”ކިޔާން އަށް ހަމަހޭވެރިކަން ވުމާއި އެކު ކިޔާން ވަގުތުން އޭނާގެ ވާހަކަ ހުއްޓާލެވުނެވެ.ނަމަވެސް އޭރު ވަނީ ކިޔާން ގެ ދުލުން ބޭރު ކުރަން ކިޔާން ބޭނުން ނުވި އެތައް ބަހެއް ބޭރުވެފައި އެވެ.އޭގެ އިތުރުން ކިޔާން އަށް ވަނީ އަތް ވެސް އިސްކުރެވި ފައި އެވެ.

 

ޒާރާ ކިޔާން އާއި ދިމާލަށް ބަލާކަށް ނުހުރެ ދަބަހަށް ފޮތްތައް އަޅައިގެން ކޮޓަރިން ނިކުތީ ގެއަށް ދިއުމަށްޓަކައި އެވެ.ޒީކާން އަށް ގުޅަން ވެސް ޒާރާގެ ހިތަކަށް އެވަގުތަކު ނައެވެ.ސިޓިންގރޫމަށް އެވަގުތު ނިކުން ލައިޝާ ގެ ނަޒަރު ވެސް ޒާރާ ހުއްޓުނެވެ.ނަމަވެސް މީން އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ވަރަށް ވުރެ ޒާރާގެ ހިތަށް ކޮއްފައިވާ އަސަރު މާ ބޮޑެވެ.ބާރު ހިނގުމެއްގައި ގެއިން ނިކުމެގެން ދިޔަ ޒާރާގެ މިސްރާބު ހުރީ ޕިންކްރޯޒްވިލާ ގެ އާއި ދިމާލަށް ށެވެ.

 

“އޭއި ތި އެންމެން ތި ތިބީ ކިހިނެތް ވެފަ ތަ؟ޒާ އާ ކިޔާން އާ ދެމީހުން ގޮއްސި ނިކުމެގެން ޒުވާބެއް ކޮށްލާފަ.މިފަހަރު ކިޔާން ވެސް ޒާރާ އަށް ދުލެއް ނުދިނޭ.ދެން މައްސަލަ ކިހާ ހައި ވާނެ”އައިކާ ބުނެލީ ދުވަމުން ހެން އައިސް ކާގޭގައި ތިބި އޭނާގެ އެކުވެރިން ގާތު އެވެ.”ވަޓް؟އޭއި މިލާން ކައެ ދޭ ނާޔާ ގޮވައިގެން މަމި ދަނީ އޭރުން މާދަން އެގެ އަށް ދެވޭ ވަރު ވާނީ.އަލީކް ދޭ އައިކާ ގޮވައިގެން”ރަޔާން ފުންމައިގެން ތެދުވެ އޭނާ ކިޔަން ބޭނުންވި ބަނދިވަރު ކިޔާފައި ލައިނީގެ ކޮޓަރި އާއި ދިމާލަށް ދުއްވައިގަތެވެ.

 

ކިޔާން ނެތުމުން އަލީކް އާއި އެކީ ދާން މަޖުބޫރު ވުމުން އައިކާ އަށް ޖެހުނީ އަލީކް އާއި އެކީ ދާށެވެ.އެއީ އައިކާ ކިތަންމެ ނޭދެވޭ ކަމަކަށް ވިޔަސްމެއެވެ.އަލީކް އަަށްޓަކައި ހިތުގައި އުފެދޭ ޖަޒްބާތު ތައް ހިންދަން އައިކާ މަސަތްކަތް ކުރާ ވަރު ދެނެވޮޑިގެންވާނީ އެންމެ ފަރާތެކެވެ.

 

އަލީކް އާއި އެކީ ސައިކަލުގައި އިން އައިކާ އާއި ދިމާލަށް އަލީކް ސައިކަލުގައި އިންނަ ލޯގަނޑުން ދިޔައީ ބަލަމުންނެވެ.އައިކާ އަށް އެހިތުގެ ހާލަތު އަންގައި ދޭން އަލީކް ގެ ހިތް ދިޔައީ އެދެމުންނެވެ.އެންމެ ފަހުން އަލީކް އަށް ވިސްނުނީ މި އަށް ވުރެ ރަނގަޅު ވަގުތެއް ދެން އޭނާގެ ހަޔާތުގައި އެހާ އަވަހަށް ނާންނާނެ ކަމަށްށެވެ.”އައިކާ”އަލީކް އައިކާ އަށް ގޮވާލުމާއި އެކު އައިކާ ހްމްމްމް އަޅުވާލަމުން އޭނާގެ ފުރިހަމަ ސަމާލުކަން އަލީކް އަށް ދިނެވެ.”އިނގޭ މީ އެންމެ އެދެވޭ ވަގުތު ނޫން ކަން ވެސް.އެކަމު ވެސް އައި ވޯންޓް ޓު އާސްކް ދެޓް ވިލް ޔޫ ބީ މައިން”އަލީކް އެހެން ބުނެލި އިރު އައިކާމެން ގެ އާއި ހިސާބަށް ސައިކަލު މަޑު ކޮށްލައިފި އެވެ.

 

“އަމް ސޮރީ.ބަޓް އައި ކާންޓް”އައިކާ ބުނެލީ ސައިކަލުގެ މުއްގަނޑުގައި ހިފަހައްޓަލައިގެން އިން އަލީކްގެ އަތުގައި ހިފަހައްޓާލަމުންނެވެ.އަލީކް އަށްޓަކައި ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް ހިތުން ނެރެ އެއްލާލާން އުޅުނު ވަގުތު އަލީކް ރައްޓެހިވާން އެހުމުން އައިކާ އަށް އެއަށްވުރެ ރަނގަޅު ޖަވާބެއް ނޭނގުނީ އެވެ.

 

“ޒާ ކީތްވެ ދޮންބެ ގާތު ބަލާ ދާން ނުބުނީ”ގޭތެރެ އަށް ގަދެގެން އައި ޒާރާ އާއި ދިމާލަށް ޒިވާ ބުނެލިއެވެ.ޒާރާ ޖަވާބު ދިނުމެއް ނެތި ޒާރާގެ ކޮޓަރި އަށް ވަދުނީ މި ވަގުތު ޖަވާބު ދޭނެ ހިތްވަރެއް ނެތުމުންނެވެ.ޒާރާގެ ރަތްވެފައިވާ ލޮލާއި އެ އަޅާލުން ކުޑަ ކަމުގެ ސަބަބުން ޒިވާ ގެ ހަވަނަ ހިއްސު ރަތް ސިގުނަލް ޒިވާ އަށް ދިނެވެ.

 

ކޮޓަރި އަށް ވަދެގެން އައި ޒާރާގެ ލޮލުން ކަރުނަ އޮހޮރެން ފެށީ އިޚްތިޔާރުން ބޭރުގައި އެވެ.ކިޔާން ހަމަ އެ އަތް އިސްކުރީ އޭނާ އަށް ހެއްޔެވެ؟އޭނާ ދެއްކީ ކިޔާން ކުރި ކަމެއްގެ ވާހަކަ އެއްނޫން ހެއްޔެވެ؟އެކަމުގެ ސަބަބުން ކޮންމެހެން ރުޅި އަންނަން ޖެހޭ ހެއްޔެވެ؟

 

ހިތުގައި ސުވާލު އުފެދިފައިވާ ހާލު ޒާރާ އަލަމާރިން ނިދަން ލާ އެއްޗެއް ނަގަމުން ފާހަނަ އަށް ވަދުނެވެ.މާ ގަނޑު ދޫކޮށްލައިގެން ވެސް އެތައް އިރެއް ވަންދެން ޒާރާ ރޯން ހުއްޓެވެ.ފެންވަރައިގެން ނިކުމެ އެނދަށް ޒާރާ އެރި އިރު ވެސް އެ ހިތުގައި ދިޔައީ ވޭން އަޅަމުންނެވެ.އެނދުގައި އޮތް ޒާރާ ރޮއެ ރޮއެ އޮތް އިރު އިރުކޮޅެއް ނުވެ ވާރޭ ވެހެން ފެށީ ޒާރާގެ ރުއިމުގެ އަޑަށް ގަދަވެގަންނަން ކަހަލަ އެވެ.ޒާރާ އަށް ނިދުނީ ވެސް ރޮއެ ރޮއެ ވަރުބަލި ވެގެން ނެވެ.ޒާރާގެ ރުއިމުގެ އަޑު ކެނޑި ގިސްލުމުގެ އަޑު ކޮޓަރިތެރޭގައި ފެތުރިފައިވި އެއް ކަމަކު ބޯ ވާރޭގެ ސަބަބުން ކޮޓަރީގެ ހަމަހިމޭން މާހައުލުން ވެސް ޒާރާގެ ގިސްލުމުގެ އަޑު ކެނޑިގެން ދިޔަ އެވެ.

 

ތިން އަހަރު ފަސް

 

ނުނިމޭ

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ގާތުގައިވި އަނދިރިކަން، 13

Next

އިންސާފް (ދެވަނަ ބައި)

Next
June 6, 2024

އިންސާފް (ދެވަނަ ބައި)

Previews
June 5, 2024

ގާތުގައިވި އަނދިރިކަން، 13

8 Comments!

  1. Me says:
    June 6, 2024 at 2:24 pm

    Oooh.love this part too. Can’t wait for admins to upload the next part. Me chekcing the page constantly like 👁👁

    1. RIFSHA says:
      June 6, 2024 at 7:25 pm

      Thanks me.hehe dhen admin ge kamei dho eii.wow i didn’t even think thikahala fan eh libidhaane ekey..

  2. Nishva says:
    June 6, 2024 at 3:35 pm

    Hey Rifoo
    Mi part vx varah reethi Masha Allah
    Alhey zaa and kiyaan ge bai haadha heart touching 😭 ey
    E dhekudhin gulhuvaba pls pls
    And where is 36th vana episode…admin in approve nukohlani tha alheyyy haadha dhera ey.i was like omg 9 min hehe.
    Hey i was busy with my school works ehenve ingey vaahaka ah comment nukurevuny
    But i tried my best dhw
    Kon irakun next part kiyaalan libeyni ☺️
    Curiously waiting for the next part
    Love you darling 😘 ❤️

    1. RIFSHA says:
      June 6, 2024 at 7:27 pm

      Hey nishy
      Thanks
      It’s ok darling Rifoo vx buxy v ma 34 vana episode ge ehves comment akah reply eh nudhen ekam kiyaalin.
      Admin team in upload kohlihaa avahakah kiyaalan libeyne
      Love you more Darla<3

  3. malaa says:
    June 6, 2024 at 11:00 pm

    mi part ves vrh reethi.. mashallah
    kurin i reply eh nudhinas baraabarah rifoo hurihaa part ehves up vaa harakah kiyan ekm mifaharu
    vhk ah comment kohlaa hihvyy btw when next part….
    dieing to read the next…..

  4. Cute girl says:
    June 7, 2024 at 12:28 am

    Mi part vx v Reethi masha allah
    Can’t wait for next part
    Keep it.

  5. malaa says:
    June 7, 2024 at 12:58 pm

    mi part ves vrh reethi masha allah
    cant wait for next
    vrh avahah up kohla dhehcheyy

  6. Someone says:
    June 7, 2024 at 4:13 pm

    Hey Rifoo
    Mii episode ves v rythi
    Kon irakun next episode kiyaalan libeyni
    Curiously waiting for the next episode
    I think zaa and yaan next episode ga gulheyne dhw.
    I read your stories and i like it very much.but mi episode habeys kamun hama comment nukoh hunna hiyy nu v

Comments are closed.



All Right Reserved!