Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނަފްރަތުން ލޯބި ވެވުނީ 4

✨ IFAA ✨
✨ IFAA ✨ Level 110 Stories
June 4, 2024 4 Mins Read
2 Comments

ރައިޝާ އޭނާގެ ލޮލު ކައިރީގައި ހުރި ކަރުނަތައް ފޮހެލާފައި އެތާ ހަރުގައި އަޅުވާފައިވާ ފަލަ ފުއްޕި ހަރުވާޅަކާއި އަތް ކުރު ޓީ ޝާޓެއް ނަގައި ފާހަނާ އަށް ވަދެ އެއްޗިސް ބަދަލު ކޮށްލުމަށް ފަހު އެނދު މަތީގައި އޮށޯވެލި އެވެ. އަދި ޔާނިއުގެ ހިޔާލު ތަކާއި މެދު ވިސްނަން ފެށިއެވެ. 

 

4 ވަނަ ބައި… 

 

ޔާނިއުގެ ކޮންމެ ހަނދާނެއް ދަނީ ރައިޝާގެ ތުންފަތައް ހިނިތުން ވުމެއް ގެނެސްދެމުންއެވެ. ރަކި ގޮތަކަށް އެ ކޮޓަރި ތެރޭގައި ރައިޝާގެ ހުނުމުގެ އަޑު ގުގުމާލިއެވެ. ނަމަވެސް ރައިޝާ އަށް ނޭނގެނީ އޭނާގެ ފޮނި އުންމީދު ތައް އެއީ އޭނާގެ ދިރިއުޅުމުގެ ބޭވަފާތެރިޔާކަމެވެ. މިހެން އެތަކެއް އިރަކު އޮއްވައި ރައިޝާ އަށް ނިދުނެވެ. 

 

އާދުވަހަކަށް އިރު އަރައިގެން ދިޔައެވެ. އެ އިރުގެ ރަން ދޯދިތައް ފަޒާގެތެރެ އަލި ކޮށް އެންމެން ވެސް ގަދަ ނިންޖުން ނަގަމުން ދިޔައެވެ. އެކި މީހުނަށް އެކި މޫސުން ގެނެސްދެމުން އެވެ. ރައިޝާ އެންމެ ފުރަތަމަވެސް ލޯހުޅުވާ ފައި އޭނާގެ ތުންފަތައް ހިނިތުން ވުމެއް ގެނެސް ލިއެވެ. އެނދުމަތި ރީތިކޮށް ހަދާލުމަށް ފަހު އަލަމާރިން ކަޅު ކުލައިގެ ކަކުލާއި ހަމައަށް ދާވަރުގެ ހެދުމެއް ނަގާފައި ކަޅު ސްކިނީ އެއް ނަގާފައި ތުވާލި ހިފައިގެން ފާހާނާ އަށް ވަނީ ތާޒާ ވެލަން ށެވެ. ފަނަރަ ވަރަކަށް މިނެޓަށް ފަހު ރައިޝާ ނިކުތެވެ. އަދި ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ އެ ބޮލުގައި ފުނާ އަޅާލި އެވެ. އެ ވަގުތު ވީ އަޝްވާ އެ ކޮޓަރި އަށް ވަން ވަގުތައް ށެވެ. 

 

“ޕިސް ޕިސް ކާކަށް ފަރިކަން ދެއްކެން ބޮލުގަ ފުނާ އަޅަނީ؟ ކަލޭގެ ތި މުޑުދާރު އިސްތަށިގަނޑު ކާކުތަ ބޭނުން ވާނީ ބަލަން ؟ ކަލޭ ކަނައީތަ؟ ބަލާބަލަ ގަޑިން ވި ވަރު! މިއަދު ކަލޭގެ ކައިވެނި އޮތެކޭ ކިޔާފަ ނުޖެހޭ 8:30 ވާދެކަށް ނިދަން އޮންނާކަށް” ރައިޝާގެ އިސްތަށިގަނޑު ގައި ހިފާ ދަމައިލަމުން އަޝްވާ ބުނެލިއެވެ.” އާހް! މަންމާ އަހަންނަށް މާފު ކުރޭ… މަންމާ ވަރަށް ތަދުވެއޭ ޕްލީސް ދޫކޮށްބަލަ “ރައިޝާ ރޮމުން ކަހަލަ ގޮތަކަށް ބުނެލިއެވެ. ރައިލީ ދުރުގައި މި މަންޒަރު ބަލަން ހުރެފައި ފޯނު ނަގާ ނަމްބަރަކަށް ޑައިލް ކޮއްލިއެވެ. 

 

ދެތިން ފަހަރަކުރިންގުވާން ވުމަށް ފަހު ފޯނު ނެގި އެވެ. އެ ވަގުތު ވީ ރައިޝާ “އާހް!!!” މިހެން ކިޔާ ހަޅޭއް ލެއްވި އަޑަށްށެވެ.” ރަލް ކަމެއް ވީ ތަ؟ ހާދަރު ބާރަކަށް ހަޅޭއް ތި ލައްވަނީ؟” އެކޮޅުން ވާހަކަ ދެއްކި މީހާ އަހައިލިއެވެ. “ދޮންބޭ… އެއީ އަހަންނެއް ނޫން އެއީ ދޮންތަ…” ރައިލީގެ އަޑު ބެދުނެވެ. “މަންމަ ރައި އަށް އަނިޔާ ކުރަނީ ތަ؟ ކޮބާ ބައްޕަ؟” ރައިކާން އިން ތަނުން ތެދުވަމުން ބުނެލިއެވެ.” ލައްބަ މަންމަ ދޮންތަ އަށް އަނިޔާ ކުރަނީ… ބައްޕަބައްޕަ ވީ އޮފީހަށް ގޮސް… މޮހާރުމިހާރު މަންމަ ދޮންތައަށް އަނިޔާ ކުރަނީ ބައްޕަ ނޫޅޭ ވަގުތު” ރައިލީ މިހެން ބުނުމުން ރައިކާން މިދަނީ އޭ ބުނެފައި ފޯނު ކަނޑާލިއެވެ. 5 ވަރަކަށް މިނެޓް ތެރެއިން ރައިކާން ރިއާޒް ގޮވައިގެން އައިސް ގޭތެރެއަށް ވަނެވެ. އެއިރު ވެސް އަޝްވާ ދިޔައީ ރައިޝާ އަށް އަނިޔާ ކުރަމުން އެވެ. ކޮޓަރި ދޮރު ހުޅުވާފައި ހުރުމުން ރިއާޒް އަށް ފަސޭހަ ކަމާއެކު އެތެރެއަށް ދެމި ގަނެވުނެވެ. ރިއާޒް ދިޔަ ގޮތައް ގޮސް އަޝްވާ ގެ އަތުގައި ހިފިއެވެ. އަދި ދަމާ ހަލާ ގެންގޮސް އެމީހުންގެ ކޮޓަރިއަށް ވެއްދި އެވެ. 

 

ރައިކާން ގޮސް ރައިޝާ ކޮޅަށް ނެގިއެވެ. އަދި ރައިޝާ ގޮވައިގެން ބޭރަށް ނިކުތެވެ. އެވަގުތު އިވިގެން ދިޔައީ އަޝްވާ އާއި ރިޔާޒް ހަޅޭއް ލައްވާ އަޑެވެ. ރައިޝާ އިސް ދަށަށް ޖަހައިލީ ކުއްވެރިއެއްގެ ހައިސިއްޔަތުން އެވެ. 

 

….. 

އެދުވަހު ހަވީރު ރައިޝާ ތައްޔާރު ވަމުން ދިޔައީ އޭނާގެ ކައިވެނީގެ މުނާސަބަތަށް ށެވެ. އެއިރު ޔޫލީން ވެސް އެގޭގައި އުޅެއެވެ. “އަވަސް އަވަސް ދޮންބެ އަންނާނެ އިރުކޮޅަކުން” ޔޫލީން ގަޑި ބަލާލުމަށް ބުނެލިއެވެ. ރައިޝާ ލައިގެން ހުރީ ކަޅު ކުލައިގެ އަބާޔާ އަކާއި މެރޫން ކުލައިގެ ޝޯލް އެކެވެ. މިހާރުގެ ފެޝަނަށް ޝޯލް އަޅައިފައި ވާއިރު ނުލާހިކު ފުރިހަމަ އެވެ. ލުއި ލުއި ކޮށް މޭކަޕް ކޮށްފައި ވާއިރު ހީވަނީ އުޑުން ފައިބާ ހުރި ހޫރު ޕަރީ އެއް ހެނެވެ. މަޑު ފިޔަވަޅު ތަކެއް ގައި ސިޓިން ރޫމް އަށް ނިކުތް އިރު އެކަކު ވެސް ނެތެވެ. ދެރަ ވިއެއްކަމަކު ފޮށި ހިފައިގެން ތިރިއަށް ފޭބީ ފުޅާ ހިނިތުން ވުމަކާ އެކުގައެވެ. އެއިރު ކާރު ގައި ލެގިލައިގެން ހުރި ޔާނިއު ފެނި ރައިޝާ ހިތް ތެޅިލިއެވެ. 

 

ހުދުކުލައިގެ ގަމީހެއްގައި ވާއިރު އެ ގަމީސް ވަނީ ކަޅުކުލައިގެ ފަޓުލޫނެއްގެ އެހީގައި ބެގީ ކުރެވިފައެވެ. ރަތް ކުލައިގެ ޓައީ އެއް އަޅައިފައި ވާ އިރު އަރައިގެން ހުރީ އޮފީސް ބޫޓަކަށް ށެވެ. ރައިޝާ މަޑު ހިންގުމެއްގައި ގޮސް ޔާނިއު ކައިރީ މަޑު ކޮއްލިއެވެ. “ތި އައީ ދޯ؟ހިންގާ ދަމާ” ފޯނުން ނަޒަރު ވަކި ކޮއްލަމުން ޔާނިއު ބުނެލިއެވެ. ރައިޝާގެ ފޮށި ގެންގޮސް ޑިކީ އަށް ލުމައް ފަހު ރައިޝާ އެރުމަށް ކާރު ގެ ދޮރު ހުޅުވާލިއެވެ. އެއްވެސް ޝަކުވާއެއް ނުކޮށް ރައިޝާ ކާރައް އަރައި ހަމަ ޖެހިލިއެވެ. 

 

ޔާނިއު ކާރަށް އަރައި އަވަހަށް އާއިލީ ކޯޓް އަށް ދާން ކާރު ދުއްވައިލިއެވެ. 20 މިނެޓް ގެ ދަތުރަކަށް ފަހު ކޯޓާއި ހަމައަށް ފޯރި އެވެ.  ޔާނިއު ކާރުން ފައިބައިގެން ގޮސް ރައިޝާ އިން ދިމާލުގެ ދޮރު ހުޅުވާލިއެވެ. ރައިޝާ ކާރުން ފާބައިގެން ޔާނިއު ފަހަތުން އެތެރެއަށް ވަނެވެ. އެއިރު ގޭގެ އެންމެން ކަހަލަ ގޮތަކަށް ތިބީ އެ ދެމީހުންގެ އިންތިޒާރުގައެވެ. “ނެކްސްޓް” އެތެރެއިން މިހެން ގޮވައިލުމުން ރައިޝާ އާއި ޔާނިއު އެތެރެއަށް ވަނެވެ. 

 

އެތެރެއަށް ވަދެ ޣާޒީ މޭޒު ކައިރީގައި އިށީންދެ ދެމީހުން ހަމަ ޖެހިލިއެވެ. ޣާޒީ އައިސް ކައިވެނީގެ ޞީޣާ ކުރިއަށް ގެންދިޔައެވެ. “އަޅުގަނޑު މުޙައްމަދު ރިޔާޒް އަދި މަރިޔަމް އަޝްވާގެ ދޮށީ އަންހެން ދަރި ޢާއިޝަތު ރައިޝާ އިބްރާހިމް ޖުނައިލް އަދި ފާތިމަތް ޔުސްރާގެ ދޮށީ ފިރިހެން ދަރިފުޅު މުހައްމަދު ޔާނިއު، ކ. މާލެ، މާތް ﷲ ގެ އިސްމަފުޅުގެ ބަރަކާތުން ކައިވެނި ކޮށް ދީފިން… އަނބިގަބޫލުތަ؟” ޣާޒީ ސުވާލު ކުރި އެވެ. ” އަނބިގަބޫލު ކޮށްފިން” ޔާނިއުގެ މި ބަސްތަކުން ރައިޝާ އިސް އުފުލާ ޔާނިއު އަށް ބަލައިލިއެވެ. އަދި ހިނިތުން ވެލި އެވެ. ކައިވެނީގެ ޕޭޕަރު ގައި ދެމީހުން ސޮއި ކުރުމަށް ފަހު ދެމީހުން އާއިލާ އާއި އެކު ކޯޓުން ބޭރަށް ނިކުތެވެ. އެއަށްފަހު ލެމަންގްރާސް ރެސްޓޯރެންޓު އަށް ދިޔައެވެ. 

 

” އަ ޓޯސްޓް ޓު ދަ ނިއު ކަޕަލްސް… ހޭވް އަ ހެޕީ މެރިޑް ލައިފް” ޔޫލީން އެއްމިޔަކަޅިން ހީލަމުން ބުނެލިއެވެ. “އެންމެނޭ މިރޭ ވަރަށް ބަލައިގެން އިންގޭ އުޅޭނީ ވަރަށް ބާރުގަދަ ބިންހެލުމެއް އަންނާނެ މިރޭ” ރައިލީ ވެސް ޔޫލީން އާއި ބައިވެރި ވަމުން ބުނެލިއެވެ. މި ގޮތުގައި މަޣްރިބް އަށް ގޮވަން ދެން ތިއްބެވި. ޔާނިއު އަވަސްވެގަތީ ރައިޝާ ގެއަށް ލުމަށްފަހު މިސްކިތައް ދިއުމަށް ށެވެ. 

 

ރައިޝާ ވެސް ގެއަށް ވަތް ގޮތައް ފާހަނާ އަށް ވަނީ ފްރެޝް ވެލައި ގެން ނިކުމެގެން ނަމާދު ކޮށް ލުމުގެ ނިޔަތުގައެވެ. އަޅިކުލައިގެ ޓްރެކްޝޫޓް އަކާއި ކަޅުކުލައިގެ ފަލަމަސްގަނޑާއި ހަމައަށް ދާވަރުގެ ހެދުމެއް ލައިގެން ހުރި އިރު ނުލާހިކު ފުރިހަމަ އެވެ. އިސްތަށިގަނޑު ހިއްކާ ލުމަށް ފަހު ފޮށި ހުޅުވާފައި މުސައްލަ ނަގާ ގިބްލަ އާއި ކުރިމަތި ވާ ހެން މުސައްލަ ފަތުރާލިއެވެ. އަދި އޭގެ ތެރެއިން އިސްޓާކީން އާއި ދޮޅިނަގާ އެޅުމަށް ފަހު ނަމާދަށް ހަށަން ބަނދެލިއެވެ. ރަކުވަތަކަށް ފަހު ރަކުވަތެއް ކުރަމުން ގޮސް 3 ރަކުވަތް ހަމަވުމުން ފަހު އައްތަހިޔާތަށް އިށީންދެލިއެވެ. އެއަށް ފަހު ސަލާން ދިނެވެ. ދެން ރައިޝާ ނެގީ އެތާ މާދުރުނޫން ހިސާބެއްގައި އޮތް ހަތިމް އެވެ. އެއަށްފަހު ހަތިމް ހުޅުވާ ގުރުއާން ކިޔަވަން ފެށިއެވެ. 

 

*******

މަޣްރިބް ނަމާދުކޮށް ނިންމާފައި މިސްކިތުން ނިކުތް ޔާނިއު ހިތާއި ދެކޮޅަށް ގެއަށް ދިއުމަށް ނިކުތެވެ. ކާރަށް އަރާ ގެ ކައިރީ ގައި ކާރު މަޑު ކޮށްލުމަށް ފަހު އޭނާ ދިރިއުޅޭ އެޕާޓްމެންޓް އަށް ވަނެވެ. އެއިރު ގޭތެރެ ގުގުމާލެވިފައި ވަނީ ރައިޝާގެ ރީތި އަޑުން އެވެ. ޔާނިއުގެ ހިތް ދިޔައީ އެ އަޑަށް އެދި ގޮވަމުން އެވެ. ނަމަވެސް ދެވަނަސިކުންތު ގައި އެއީ ރައިޝާގެ އަޑު ކަން އެނގުމުން ކޮޓަރިއަށް ވަދެ ދޮރު ކައިރީގައި ހުއްޓުނެވެ. 

 

ރައިޝާ ކިޔަވާ ނިންމާފައި މުސައްލަ އަށް އިސްޓާކީން އާއި ދޮޅި ލުމަށްފަހު މުސައްލަ އުޅާލިއެވެ. އަދި އަލަމާރިއަށް މުސައްލަ ލުމަށްފަހު ފަހަތައް އެނބުރުން ގަޑީ ދޮރުގައި ލެގިލައިގެން ހުރި ޔާނިއު ފެނި ރައިޝާ ސިހުނެވެ. “އަހަރެން ބަނޑު ހައި ވެއްޖެ އަހަންނަށް ކޮފީ އެއް ގެނެސް ދީ އަހަރެން މިހުރީ އަހަރެންގެ ސްޓަޑީ ގަ” ޔާނިއު މިހެން ބުނެފައި އޭނާގެ ސްޓަޑީ އަށް ދިޔައެވެ. ރައިޝާ އަވަސް އަވަހަށް ބަދިގެއަށް ގޮސް ޔާނިއު ބުނި ފަދައިން އޭނާ އަށް ކޮފީ ގިރައި ދިނެވެ. އެއަށް ފަހު ތަބަކަށް ލައިގެން ޔާނިއު ގެ ސްޓަޑީ އަށް ދިޔައެވެ. 

 

ޓަކި ޖަހައިލުމަށްފަހު އެތެރެއަށް ވަތް ރައިޝާ އަށް ފުރަތަމަވެސް ބަލައިލެވުނީ ޑޮކިއުމެންޓް ތައް ހަދަން ހުރި ޔާނިއު އަށް ށެވެ. މަޑު ހިނގުމެއްގައި ގޮސް ޔާނިއު ގާތުގައި ކޮފީ ތަށި ބެހެއްޓިއެވެ. އެވަގުތު ޔާނިއު ޖޯޑު ދަށުގައި އޮތް ގަނޑު ނެގި ވަގުތު އޭގެ މަތީގައި ހުރި ކޮފީ ޖޯޑު ޑޮކިމައްޗައް ވެރުނެވެ. 

 

އެވަގުތު ކޮޓަރިން ނިކުމެ ނިކުމެ ހުރި ރައިޝާ އަށް ހުއްޓުން އެރީ ޔާނިއު “ރައިޝާ!!!!” އޭ ކިޔާފައި ހަޅޭއް ލަވައި ގަތުމުން އެވެ. ރައިޝާ ސިހިފައި ޔާނިއު އާއި ދިމާލަށް ބަލައިލި އިރު ޔާނިއު ހުރި ގޮތުން ރައިޝާ ހިތް ބިރު ގަންނަން ފެށިއެވެ. 

 

…ނުނިމޭ…

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

ކުށަކީ ކޮބާ – 29

Next

މަގޭ މާއިލް 22

Next
June 4, 2024

މަގޭ މާއިލް 22

Previews
June 4, 2024

ކުށަކީ ކޮބާ – 29

2 Comments!

  1. Cute girl says:
    June 6, 2024 at 11:19 am

    Mi part vx v Reethi masha allah
    Can’t wait for next part
    Keep it up.

  2. girlllllll says:
    July 21, 2024 at 3:59 pm

    Please update the next part

Comments are closed.



All Right Reserved!