ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…34
ފަތިސް ނަމާދަށް ނިކުން ރަޔާން އަށް ރިޔާން ނިކުމެގެން އަންނަތަން ފެނުމާއި އެކު ނުގޮތަކަށް ހީލެވުނީ ރިޔާން އަށް އޭނާ ހަރުކޮށްފައި ހުރި ބޯޑު ނުފެނުމުންނެވެ.”މަ ހީކުރީ ދެން ދޮންބެ އަށް މިއަދު އިރު މެދު ޖެހުނީމަ ނޫނީ ނުހޭލެވޭނެ ކަމަށް”ރަޔާން ރިޔާން އާއި ދިމާ ކޮށްލިއެވެ.”އޭގެ މާނަ އަކީ ރަޔާން އަށް ނޫހޭލެވޭނެ އޭ ރަޔާން ކައިވެނި ކުރާ ދުވަހު ދޯ”ރިޔާން ބުނެލީ ރަޔާން އަށް ދޫނުދޭން ވެގެން ނެވެ.އެވަގުތުވީ ޝައިލް އައިސް ދެބެންނާއި އަރާ ހަމަ ކުރި ވަގުތަށް ވުމުން ދެމީހުން ގެ ވެސް އަނގަ މަޑުވިއެވެ.
**********************
ޖަމާޢަތުގައި ނަމާދު ކުރުމަށްފަހު ކިޔާން ގޭތެރެ އަށް ވަދެގެން އައީ ކަންނެތް ކަމާއި އެކީ އެވެ.ރޭގައި ރަނގަޅަށް ނިދިނުލިބުމުގެ ސަބަބުން ލޯ ކައިރި ހުރީ ކުޑަ ކޮށް ކަޅުވެފައި އެވެ.އަދިވެސް ކުޑަކޮށް ނިދާލަން ބޭނުން ވުމުން ކިޔާން ކޮޓަރި އާއި ދިމާލަށް ހިނގައިގަން ވަގުތު ފޯނުން ނޮޓިފިކޭޝަން އެއް އައުމުން ބަލާލި އިރު ރަޔާން ގެ މެސެޖެވެ.މިއަދު ހަވީރުގެ ވަގުތެއްގައި ބައްދަލުކޮށްލަން އެދިފައި އޮތުމުން ކިޔާން އޯކޭ އޭ ޖަހާ ފޮނުވާލި އެވެ.
ގޭތެރެ އަށް ވަދެގެން އައި ޒީކާން ކާގެ އާއި ދިމާލަށް ދިޔައީ އާދައިގެ މަތިން ކޮފީ އެއް ބޯލުމުގެ ނިޔަތުގައި އެވެ.އޭރު ކާގެ ތެރޭގައި ޒިވާ ކޮފީ ދަޅު ނަގައިގެން ޒިވާ ތައްޓަށް ކޮފީ އަޅަން ހުއްޓެވެ.”ކޮފީ ހަދަންވީ؟”ޒިވާ އަހާލީ ޒީކާން އައިސް ގޮނޑީގައި އިށީންދުމުން ނެވެ.ޒީކާން ހަމައެކަނި ބޯ ޖެހުމަކުން ފުއްދާލީ އެވެ.ޒީކާން ފަރާތް ފަރާތް ހޯދާލީ މިވަގުތަކީ އާންމު ކޮށް ޒާރާ ވެސް ނަމާދުކޮށް ކިޔަވައިގެން ކާގެ އަށް އައިސްގެން އުޅޭ ވަގުތަކަށް ވެފައި މިއަދު ޒާރާ ފެންނަން ނެތުމުން ނެވެ.”ދަރިފުޅު ޒާ ތަ ތި ހޯދަނީ؟ޒާ މިއަދު ނޭނގެ ވަރަށް ފާޑަކަށް ހުރި ދުވަހެއް.މަންމަ ނަމާދުކޮށްގެން ގޮވާލީމަ ދޮރު ހުޅުވާލާފަ ބުނެފި ހޭލައޭ މި އުޅެނީ.ނާމާދު ކުރަން އުޅުނީމަ އޭ ދޮރު ނުހުޅުވީ.އަޑު ވެސް ހުރީ ވަރަށް ފާޑަކަށް.މަންމަ އަށް ހީވަނީ ކޮއްކޮ ބަލީހެން”ޒިވާ ބުނެލީ މޭޒުމަތީގައި ހޫނު ދެ ތަށި ކޮފީ ބަހައްޓާލަމުންނެވެ.ޒީކާން ހަމަ އެކަނި ޒިވާގެ މޫނަށް ބަލާލި ކަމެވެ.އިތުރު ވާހަކަ އެއް އޭނާ އެއް ނުދައްކަ އެވެ.
ހެނދުނު ހައެއް ޖެހި އިރަށް ލޯ ގަނޑު ކުރިމަތީގައި ހުރި ޒާރާ ލައިގެން ހުރީ ނޫ ކުލައިގެ ގޭގައި ލައިގެން އުޅޭކަހަލަ ކަކުލާ ހިސާބަށް އަރާ ވަރުގެ ހެދުމެކެވެ.އަޅައިގެން ހުރި ކަން ބުރުގާ ހުރީ ގޮށް ޖަހާލާފައި އެވެ.އެއީ އަބަދު ވެސް އޭނާ ގޭގައި އުޅެންޏާ ހެދުން އަޅާ ގޮތެވެ.ލޯގަނޑު ކުރިމަތީގައި ހުރި ޒާރާ އަމިއްލަ ނަފްސާއި ދިމާލަށް ބަލައިލީ ޒިވާ އަށް އޭނާގެ ރަތްވެފައި ވާ ލޯ ފެނިގެން ބުނާނެ އެއްޗެއްވެސް ނޭނގޭތީ އެވެ.ނަމާދު ކޮށްލި ފަހުން ހިތަށް ހަމަޖެހުން ލިބިފައި ވުމުން އޭނާގެ ނަފްސު އޭނާ އަށް ރޯކަށް ވަގުތެއް ނުދެއެވެ.އެންމެ ފަހުން ކޮޓަރިން ނިކުންނަން ހިނގައިގަތީ ޒާރާ ހިނގައިގަތީ ޒިވާ ގާތު ބުނާނެ މޮޅު އެއްޗެއް ސިކުނޑި އަށް އައުމުންނެވެ.
ޒާރާ ކާގެ އަށް ވަދެގެން އައި ވަގުތު ވީ ޒީކާން ކޮފީ ބޯއެ ނިންމާލާފައި ނިކުމެގެން ދިޔަ ވަގުތަށްށެވެ.”ޒާ ލޮލަށް ކިހިނެތް ހަދާފަ ތި ހުރީ؟”ޒިވާ ބުނެލީ ޒާރާ ގާތު ޒީކާން ކޮފީ ބޮއުން ޖޯޑާއި ޒިވާ ކޮފީ ބޮއުން ޖޯޑު ދޮންނަން ހުރެ އެވެ.”ސައިބޯނި އެޅުނީ މޫނު ދޮންނަނި ކޮށް”ޒާރާ ބުނެލީ ޒިވާ އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ނެވެ.”ސާބަސް އެހެންވިއްޔާ ޒާ އަށް”ޒާރާ އާއި ޒިވާ ވެސް ފަހަތް ބަލާލީ ނަވްޔާ ގެ އަޑު ފަހަތުން އިވުމުން ނެވެ.އޭރު ކާގޭގެ ދޮރުމަތީގައި ނަވްޔާގެ އިތުރުން ލައިނީ އާއި އައިކާ ހުއްޓެވެ.
ޒާރާ ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ ނަވްޔާމެން އެއައީ އޭނާ އާއި ކިޔާން ގެ ދެމެދުގައި ހިނގި ކަންތައް އިނގުމުން ޒާރާގެ ހާލެއް ބަލަން ކަން އިނގުމުންނެވެ.ޒާރާގެ މޫނުމަތިން ފެނުނު ހިނިތުންވުމުން އެކަނި ވެސް ނަވްޔާމެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
ހެނދުނު ހަތެއް ޖެހި އިރަށް ރަޔާންމެން ގެ އަށް އައިރާ ހޯދަންނޭ ކިޔާފައި ލައިކާ އާއި މިޝްޔާ ނުކްޝާން ގެ އަތުގައި ހިފާ ދަމަމުން ހެން ރަޔާންމެންގެ އަށް އައީ އެކަނި އަންނަން ނުކެރުމުންނެވެ.ނުކްޝާން ވެސް އެވަގުތު ރަޔާން އާއި ދެމީހުން އެއްބަސް ކިޔާފައި ރިޔާންމެންގެ ކޮޓަރި ދޮރުގާއި ބޮޑު ހަރުކުރި ކަން ހަނދާން ވެސް ނެތެވެ.މިޝްޔާމެން ގެއަށް ސަލާމް ގޮވާލާފައި ވަން އިރު ރަޔާން ސޯފާގައި ދެފައި ދަމައިގެން އޮތެވެ.”އަސްތަޣްފިރުﷲ.މިހާރު ކޮޓަރީގަ ބޯޑު ވެސް ހަރުކުރަން ފެށީތަ؟”މިޝްޔާމެން ނުކްޝާން ގެ ވާ އަތަށް ދަމަމުން ގެއަށް ވެއްދި އެއް ކަމަކު ކަނާއަތުގައި އޭރު ވެސް ފޯނު އޮތެވެ. ގޭތެރެ އަށް ވަދެފައި ވެސް ނުކްޝާން ގެ ސަމާލުކަން ހުއްޓިފައި ހުރީ ފޯނަށްށެވެ.އެހެން ކަމުން ނުކްޝާން ގެ ލޮލުގައި އޭނާ އާއި ރަޔާން އާ ދެމީހުން އެއްބައިވެގެން ކުރި ކަންތަކެއް ލޮލުގައި އަޅައިއެއް ނުގަތެވެ.
“ރަޔާން ކޮބާ އައިރާ؟”މިޝްޔާ އެއްފަހަރު ބޯޑާއި ދިމާލަށް އަދި އަނެތް ފަހަރު ރަޔާން އާއ ދިމާލަށް ބަލައިލަމުން ބުނެލިއެވެ.”ކޮޓަރީގަ.ދެންމެ ނިކުމެގެން ސައި ހަދަން މަންމަ އާ އެކީ އުޅެ އުޅެފަ އެދިޔައީ ހަމަ ދެންމެ”ރަޔާން ބުނެލީ ވީ ގޮތް އިނގުނު ނަމަވެސް ނޭނގޭ ކަމަށް ހެދެމުންނެވެ.”ޑޫ ނޮޓް ޑިސްޓާބް އޯ.ދެން ނާންނާނަން މިގެ އަކަށް އައިރާ ހޯދާކަށް”މިޝްޔާ ފޯނުން ކޮޓަރި ދޮރު ބޯޑުގައި ލިޔެފައި ހުރި އެއްޗެއް އިނގޭ ގޮތަށް ނަގާލި އެވެ.”ދެން އަންނާނީ ރިޔާން ހޯދަންނޭ ދޯ ތި ބުނީ.ޕިސް ޕިސް ބުނާނަން އައިރާ ކައިރީ ތި ގެންގުޅެނީ ގެންގުޅެންވާ ވަރުގެ ރައްޓެހިންނެއް ނޫނޭ.އެއުޅެނީ ރިޔާން ޖަހައިގަންނަންނޭ.ރަޔާން އަންގާތި އިނގޭ ރިޔާން އަށް މިކަން.ބުނޭ އަވަހަށް ކުރީބައިގަ ސަލާމަތީ ފިޔަވަޅު އަޅާށޭ”ނުކްޝާން ގެ ވާހަކަ ހުއްޓުނީ މިޝްޔާ ނުކްޝާންގެ އިސްތަށިގަނޑު ގައި ހިފާ ދަމާލުމުންނެވެ.”މަށެއް ނޫޅެން ރިޔާން ހޯދަން މިގެ އަށް އަންނާކަށް.މާ ރީތި މީހެއް ވިއްޔާ”މިޝްޔާ ބުނެލީ ހަގީގަތުގައި ނުކްޝާން އަށް ރައްދު ދިނުމުގެ ގޮތުންނެވެ.
“ރަޔާން ހޯދަން ތަ؟ގައިމު ވެސް ރަޔާން ރީތި ވާނެ.އޭއި އެކަމު ބުނަން މިޝް ރަޔާން މިޝް އަށް ލިބުމުގެ ކުރިން ލައިކީ މިޝް ނޮޅާލާނެ”ނުކްޝާން ސޯފާގައި އޮތް ރަޔާންގެ އިސްތަށިގަނޑު ހާވާލަމުން މިޝްޔާ އާއި ދިމާކުރި އެވެ.”ދެން ދެން ނުކްޝާން.ރަޔާން މިޝް އަށް ވުރެ ކުޑަ ވާނެ ދޯ”މިޝްޔާ ރަޔާން އަށް ދޯ އެއްލީ މަށާ އެއްބައި ވާށޭ ބުނާ ފަދަ ގޮތަކަށް ށެވެ.”ސުބުހާނަﷲ.ޝައިލްބެ ހޯދަން.ގައިމު ވެސް ކުޑަ އެއް ނުވާނެ ޝައިލް ބެ އެއް.ބުނާނަން ރިޔާނާ ދައްތަ ކައިރީ.އެކަމަކުވާ މިޝްޔާ”ނުކްޝާން އެހެން ބުނެލީ ފޯނު ޖީބަށް ލަމުންނެވެ.އޭނާގެ ވާހަކައިގެ މެދާ ހިސާބުން މިޝްޔާ ޝްޝްޝް އޭ ކިޔަން ފަށައިފިއެވެ.އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އޭނަ އާއި މިޝްޔާގެ ކުޅިގަނޑު ބަލަން ހުރި ރިޔާނާ އެވެ.ރިޔާނާގެ މޫނުމަތިގައިވާ ހިނިތުންވުމުން ނުކްޝާން ރަކި ވާން މަދު ސިކުންތު ކޮޅެއް ވެސް ނުނެގިއެވެ.އާންމު ކޮށް އެކުވެރިންނާއި އާއިލާ މީހުންގެ ކުރިމަތީގައި ސަކާރާތް ޖެހުމާއި މަޖާ ކުރުމާއި ލާނެތް ކަމުގެ ބޮޑެއް ކަމުގައި ނުކްޝާން ވިޔަސް ބޭރު މީހުންގެ ކުރިމަތީގައި އޭނާ ވަރުގެ ސީރިއަސް މަޑުމައިތިރި މީހެއް ނުހުންނާނެ އެވެ.
“ސާބަސް ނުކް އަށް.ދައްތަ މި އޮށް ހާ އިރު މިތާ ހުރި އިރު ވެސް ނޭނގުނު ދޯ.ހަމަ ނާއިޝްގެ ކޮޕީ އެއް.ނާއިޝް ވެސް ތި އުމުރުގަ އުޅޭނީ ތިހެން”ރިޔާން ދުރު ޒަމާނެއްގެ ހަނދާން އާ ކޮށްލި އެވެ.”ދަނީއޭ ދައްތާ”ނުކްޝާން އަނގަ ސަކާރާތް ވެފައި ހުރިތަން ފެނުމުން ލައިކާ ނުކްޝާން ގެ އަތުގައި ހިފާ ދަމަމުން ނިކުންނަން ހިނގައިގަތެވެ.
“މިހާރު މިޝްގެ ހިތަށް އަރާ މީނަ ނުލާ އާދެވުނު ނަމަ އޭ.އާނ މިޝް އެވަރަށް ޝްޝް އޭ ބުނީމަ ވެސް މީނަ އަށް ވާ ކަމެއް ނޫން ހުވާ.ރިޔާނާ ދައްތަ ފެނުނީމަ މިޝް ކިރިޔާ ލަދުން ހަލާކު ނުވީ.މީނަ ނުލާ ދެވުން ނަމަ”މިޝްޔާ ގެއިން ނިކުން ގޮތަށް ފުން ނޭވާ އެއް ލީ ގޮތުން ހީވީ މި އޮށް ހުރިހާ އިރު ނޭވާ ނުލާ އިން ހެންނެވެ.”ހްމްމްމް ހެވޭ ޝުކުރު ކޮށްބަލަ ތިން މީހުން ގޮވައިގެން މަ ދިޔަ ކަމަށްޓަކާ ވެސް”ނުކްޝާން ބުނެލީ މިޝްޔާ އާއި ދިމާލަށް ލޯ އަޅާލަމުން ނެވެ.”ލޮލް ދެން ނާއިޝްބެ ވެސް އެހެން ތަ އުޅެނީ؟”ލައިކާ ގެ ހިނި އައީ ދެނެވެ.ރިޔާނާ އައުމުން ވެސް ނުކްޝާން ވާހަކަ ދައްކަން ހުރުމުން އޭނާ ގާތަށް އައި ހިނި އައީ އަދި ކިރިޔާ އެވެ.”ހްމްމްމް ގޭގަ ވެސް އުޅޭނީ ވަރަށް މަޖާ ކޮށް”ނުކްޝާން ބުނެލިއެވެ.
ޖެހިގެން އައި ދުވަހު އަނެއްކާ ވެސް ރިޔާން ފިޔަވާ ވަޒީފާ އަށް ނުކުންނަން ޖެހޭ އެންމެން ވަޒީފާ އަށް ނިކުންނަން ފެށިއެވެ.ރިޔާން އަށް އެއް މަހުގެ ޗުއްޓީ އެއް ޒަޔާން ވަނީ ދީފައި އެވެ.
ހެނދުނުގެ ހިތްގައިމު ވަގުތެވެ.ނަވްޔާ އާއި ޒީވާ އާއި ދެމީހުން ކޮޓަރިން ނިކުން ނުކްޝާން އާއި ދިމާލަށް ބަލައިލީ އެއްފަހަރާ ހެންނެވެ.ނޫކުލައިގެ އަތް ދިގު ގަމީހަކާއި ކަޅު ކުލައިގެ ޖިންސް އެއްގައި ނުކްޝާން ހޮލީވުން ތަރި އަކަށް ދޫނުކުރާނެކަން ގައިމެވެ.އާދައިގެ މަތިން އަތުކުރި ވަނީ އުޅަބޮއްޓާއި ހަމަ އަށް އޮޅާފައި އެވެ.އަތުގައި ކަޅު ކުލައިގެ ރޮލެކްސް ގަޑި އެއް އޮތެވެ.
“އަނެއްކާ އަނެތް ކަންތައް”ނަވްޔާ ނުކްޝާން އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ސަބަބު އިނގުމުން ނުކްޝާން އަށް ނިއްކުރީގައި މަޑު މަޑުން ޖަހާލެވުނެވެ.ނުކްޝާން އެއުޅެނީ ރޭގައި ނުކްޝާން ގެންގުޅުނު ފޮޓޯ ނަވްޔާ ނުބަލައިފި ނަމަ މިއަދު ނަވްޔާ އަށް މެގްނަމް ގަންދޭނަން ކަމަށް ބުނެގެންނެވެ.ހަގީގަތުގައި އެ ފޮޓޯ އަކީ ނުކްޝާން އާއި އެއްވެސް ގުޅުމެއް ހުރި ފޮޓޯ އެއް ނޫނެވެ.އެއީ ޒީކާން ގެ ކޮޓަރިން ނުކްޝާން ހޮވި ފޮޓޯ އެކެވެ.ނުކްޝާން ގެ ހިތް ނަވްޔާ އަށް އެ ފޮޓޯ ދައްކަން އުޒުރުވެރިވި ސަބަބަކީ އެއީ އެވެ.
ނާއިޝް ވެސް އެވަގުތު ނުކުތުމުން ނަވްޔާ އައިސް އިށީނީ ނުކްޝާން އާއި ޖެހިގެންނެވެ.”މެގްނަމް ދޭން ޖެހޭނެ އެހެން ނޫނީ އެ ފޮޓޯ މާދަން ބަލާނަން.ދޮންބެ ޑިއުޓީގަ އުޅޭ އިރު”ނަވްޔާ ބުނެލީ ނުކްޝާން ގެ ކަންފަތް ބުޑުގައި ސިއްރުންނެވެ.”އޭއި ނާޔާ.ބްލެކްމޭލް ނުކުރޭ އިނގޭ”ނުކްޝާން އެހެން ބުނެލީ މަޑު މަޑުން ނަމަވެސް ޒީވާ އާއި ނާއިޝްގެ ކަންފަތާއި ހިސާބަށް އެވާހަކަ ދާކަށް މާ ގިނަ އިރެއް ނުވި އެވެ.”އެތެދެއް.ނާޔާ ދޮންބެ ބްލެކްމޭލް ނުކުރޭ”ނާއިޝް ބުނެލީ ނަވްޔާ އާއި ދިމާލަށް ބަލައިލަމުން ނެވެ.ނާއިޝްގެ ވާހަކަ އިން ނުކްޝާން ފޮނިވެފައި ބުމަ އަރުވާލި އިރު ނަވްޔާ ގަތީ ލަދެވެ.”ދޮންބެ ބުނީ އޭ ދޮންބެ ގެންގުޅުނު ފޮޓޯ ނުބަލައިފިއްޔާ މެގްނަމް ދޭނަމޭ.އެހެންވީމަ ނާޔާ ބުނާނެ ދޯ މެގްނަމް ނުދީފިއްޔާ ބަލާނަމޭ”ނަވްޔާ ބުނެލީ ތުން ދަމާލަމުންނެވެ.ނަވްޔާގެ ވާހަކަ އިން ނާއިޝް އާއި ޒީވާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.ނުކްޝާން ލަދު ގަތެއް ކަމަކު އެކަން ނުދައްކާން ވެގެން ހިނިތުންވުމެއް ނާއިޝް މެންނަށް ހަދިޔާ ކޮށްލިއެވެ.ނުކްޝާން އެކަން ދޫކޮށްލީ ނާއިޝްމެން މާނަ ކުރާނެ ގޮތަކަށް މާނަ ކުރާށެވެ.
ސައިކަލު މަތީގައި އިން ނުކްޝާން ބަލާލީ ގާތުގައި ނަވްޔާ މަޑު ކޮށްލަމުންނެވެ.”ދެފައި އަނބުރަމުން އަނބުރަމުން ކޮންކަމަކާތަ ތި އައިސް މިތާ ހުއްޓުނީ”ނުކްޝާން ބުނެލީ ނަވްޔާ އައި ސަބަބު އިނގި ހުރެ ވެސް ނަވްޔާ ރުޅި އަރުވާލުމުގެ ގޮތުންނެވެ.”ޔޫ ލިޓްލް އިޑިއަޓް”ނަވްޔާ ބުނެލީ ނުކްޝާން ގެ ކަންފަތުގައި ހިފާލަމުންނެވެ.”އަން މި އޮތީ.މި ދޭނީ މިލާން އަށް ކާލާނީ އެއް ނޫން އަދި ވެސް ހިކި ކަމަށް”ނުކްޝާން އެހެން ބުންޏެއް ކަމަކު ނަވްޔާ ފަލައެއް ނޫނެވެ.މިހާރު ވެސް ހީވަނީ މެދުން ބިންދައިގެން ގޮސްފާނެ ހެންނެވެ.
ނަވްޔާ ތުން އަނބުރާލަމުން ދާން ހިނގައިގަތުމާއި އެކު ނުކްޝާން ސައިކަލު ދުއްވާލީ ޕިންކްރޯޒްވިލާ އަށް ދިއުމަށްޓަކައި އެވެ.ޒީކާން ގާތު މިއަދު ބައްދަލުކޮށްލަން ބޭނުން ކަމަށް ބުނުމުން ޒީކާން ބުނެލީ އެގޭ ލައިބްރަރީ އަށް ދިއުމަށްށެވެ.އެހެން ކަމުން މިއަދު ކޮންމެހެނެއް ހަދާފައި ވެސް އެގެއަށް ދާން އެބަ ޖެހެއެވެ.
އާދައިގެ މަތިން ކައިޔަން ސައިކަލުގައި ދިޔައީ ވަލާއި ދިމާލަށް ށެވެ.އެމީހުންގެ ބައްދަލު ވުން ބާއްވާ ގެއަށް އައުމަށް އީޝާ އެދިފައިވުމުންނެވެ.”ކައިޔަން”ކައިޔަން އެ ޖިފުޓި ގަނޑު ތެރެ އަށް ވަދުމާއި އެކު އީޝާ ގޮވާލީ އިށީންނާށޭ ބުނާފަދަ ގޮތަކަށްށެވެ.”މިހާރު އަހަރުމެންގެ ފުރަތަމަ ޕްލޭން މި ވޯރކް އައުޓް ވީ ދެން އޮތީ ދެވަނަ ޕްލޭން”އީޝާ ވާހަކަ ދައްކަމުން ދިޔައީ ދައްކަމުން ދިޔަ ވާހަކަ އާއި އެއްވަރަށް އަތް ހަރަކާތް ކުރަމުން ނެވެ.އީޝާ ދައްކަމުން ދިޔަ ވާހަކަ އަށް ސަމާލުކަން ދީގެން އިން ކައިޔަން އާއި ޝަހްނާގެ އިތުރުން މައިރާ އާއި ޔަޝާ ދިޔައީ ބޯ ޖަހަމުންނެވެ.”ސޯ ކައިޔަން ޖެހޭނެ މި ފަހަރު ޒާރާ އާއި ދިމާލަށް ކިޔާން ދެވަނަ ފަހަރަށް ނުބަލާނެ ވަރު ކުރަން”އީޝާ ބުނެލީ ނުލަފާ ގޮތަކަށް ހީލަމުންނެވެ.އޭނާ ދުވަހަކު ވެސް ރަނގަޅު ކަމަކަށް ހީލާނެ ކަމާއި މެދު ޝައްކެވެ.
ޕިންކްރޯޒްވިލާ ގެ އަށް ވަދެގެން އައި ނުކްޝާން ގެ މިސްރާބު ހުރީ ގޭގެ ލައިބްރަރީ އާއި ދިމާލަށް ށެވެ.ލައިބްރަރީ އަށް ނުކްޝާން ވަދުން އިރު ޒީކާން ވެސް އެތަނުގައި އިށީންދެލައިގެން އިނެވެ.ނުކްޝާން ގޮނޑީގައި އިށީނުމާއި އެކު ޒީކާން ނުކްޝާން އާއި ދިމާލަށް ބަލާލީ ވާހަކަ ފަށާށޭ ބުނާ ފަދަ ގޮތަކަށްށެވެ.ނުކްޝާން އޭނާގެ ހިޔާލު ފާޅުކޮށްލުމާއި އެކު ޒީކާން އަށް ވެސް އެހިޔާލު ކަމުދިޔަ އެވެ.”ތުއްތު އާ ބައްޕަ ވެސް އޯކޭ ވާނެކަން ޔަގީން.ވަކި ތުއްތު އެއީ ބިޒްނަސް މޭން އެކޭ ކިޔާފައި ޒާ ގާތު ނުބުނެ އެއްނު ބިޒްނަސް ނަގާށެކޭ.އެހެންވީމަ ޒީކް ކައިރީ ވެސް ނުބުނާނަން ޔަގީން ތުއްތުގެ ބިޒްނަސްގަ އުޅޭށެކޭ”ނުކްޝާން ބުނީ ވެސް ދޮގެއް ނޫނެވެ.”ނުކް ބުނިހެން މަށަށް ވެސް ފެންނަނީ އަމިއްލަ ވިޔަފާރި އެއް ފަށަން.އެކަމު ވަރަށް ލާރި ބޭނުން ވާނެ.އިނގޭ ބައްޕަ ވެސް ދޭނެ ކަން .އެކަމު ވެސް”ޒީކާން ބުނެލީ ވެސް ދޮގެއް ނޫނެވެ.އަމިއްލަ ވިޔަފާރި އެއް ފެށުމަކީ ވަރަށް ވެސް ލާރި އެވެ.ނުކްޝާން އާއި ޒީކާން އެގޮތަށް މަޝްވަރާ ކުރުމުގައި އަސުރުގެ ވަގުތު ނިމި މޫނަށް އަނދިރި ކަން ޖެހެންދެން ތިއްބެވެ.
ރޭގަނޑުގެ ވަގުތެވެ.ޒާރާ ތައްޔާރުވަމުން ދިޔައީ ނަވްޔާ މެން މިރޭ ގްރޫޕް ސްޓަޑީޒް ހަދަން ލައިނީމެން ގެ އަށް ދިއުމަށް އެދުމުގެ ސަބަބުން އެގެ އަށް ދިއުމަށްށެވެ.ހަގީގަތުގައި ޒާރާ ދާ ހިތެއް ވެސް ނުވެއެވެ.ކިޔާން އެތަނުގައި އިންނާނެކަން އެއްވެސް ޝައްކަކާއި ނުލާ ޒާރާ އަށް ބުނަން އިނގެ އެވެ.މިވީ ދެމަސް ދުވަސް ތެރޭގައި ކިޔާން ޒާރާ އާއި ވާހަކަ ދައްކަން މަސައްކަތް ކުރި އެވެ.ނަމަވެސް ޒާރާ އެކަން ނިންމާލަނީ ޒުވާބަކުންނެވެ.ޒާރާ އެވަރަށް އެއްޗިހި ކީ އިރު ވެސް އަދަށް ދާންދެން ދުވަހަކު ވެސް ކިޔާން އޭނަ އާއި ދިމާލަށް އެއްޗެކޭ ބުނެފައެއް ނެތެވެ.
ކޮޓަރިން ނިކުން ޒާރާ އަށް ޒިވާ ފެނުމުން ހުއްޓުން އެރީ ޒިވާ އޭނަ ގާތު ކާން އަންނާށޭ ބުނާނެ ކަން އެނގުމުންނެވެ.ވީވެސް ޒާރާ ހީކުރި ގޮތަށް ށެވެ.ޒިވާ ޒާރާ ގާތު ކާން އައުމަށް އެދުނެވެ.”ފަހުން ގެއަށް އައިއްސަ ކާނީ”ޒާރާގެ ޖަވާބުން ޒިވާ މާޔޫސާކޮށްލި އެވެ.ނަމަވެސް އެއްޗެކޭ ނުބުނެއެވެ.
“ދާން ވީ ދޯ”ޒީކާން ބުނެލީ އޭނާ ގެ ކޮޓަރިން ނިކުންނަމުން ނެވެ.ޒާރާ ވެސް ޖަވާބެއް ނުދީ ޒީކާން ގެ ފަހަތުން ދާން ހިނގައިގަތެވެ.ޕީޗްވިލާގެ އަށް ވަދެގެން އައި ޒާރާ ހުއްޓުން އެރީ ގޭގެ އެއްފަރާތުގައި އަންހެން ކުއްޖަކާ އެކީ ހުރި ކިޔާން ފެނުމުންނެވެ.ގޭގެ ދޮރު ކައިރި ވަނީ ޕީޗް ކުލައިގެ އަލިން ދިއްލާލެވިފައި ނަމަވެސް ކިޔާން އާއި އެއަންހެންކުއްޖާ ހުރި ހިސާބަކަށް އެއައްޔެއް ނުފޯރަ އެވެ.
ނުނިމޭ
6 Comments!
Comments are closed.




Heyyy
Navya ge nan einy olhifa dhw😭😭
Cover photo ga
Nayva iny
Rifoooo darlinggggggggg
Mi part vx vrh reethi Masha Allah
Alhey aneikaa kaaku baa kiyaan aai eky hury .yageen shahna ge plan akah vaani ekanthah vx.nuk and mish ge bai dho.haadha salhi ey e bai hama habeys 😂adhi riyaan ge mom hutta 😝😝😝hehehe i can stop laugh 😂🤣 nuk vx dhen saabas “ehen viyya shail be hoadhan tha?gaimu vx kuda eh nuvaane”hehe nuk ge ethan kolhu hama enme salheee.adhi varah reethi koh bunyyey.rau ah hama imagine kohlevuny alhe nuk ah vaane goi rayaan ge mom ah fenunyma.i can’t even stop laugh rau heyn hedhyma dhontha vx bunefin kochei vegen ho thi heny.i was like “😂😂😂😂 m…jaa Ka..mei s….ahaa…dhei”
And one more point.
Zaa and yaan ge bai varah heart touching 😭💔 i almost cry 😭😢😭😢pls pls pls yaan and zaa dhuru nukohbaaaa.they are made for each other 😥pls pls dhen e dhekudhin gulhuvaba.
Hey dhen mu mi vaahaka nineny dho e.kithah part innany??
Keehve tha mi part ehaa las v.konme dhuvahaku balan upload vey tho.ehaa vx kiyaa hiyy vey mi vaahaka..
And thank you ehaa dhigu koh genes dhinyma i mean ehen episode thakah vure…
Kon irakun next part kiyaalan libeyni
Curiously waiting for the next part
Love you Rifoo 💋
This is a really good story. I wish you would focua on mishya and zeekan ge part more. Like the little crush mishya has on zeekan and whose picture zeekan has. I am very interested in that part. Lookin forward to the nextpart
Mi part vx v Reethi masha allah
Kiyaan and zaa gulhuvachey
Can’t wait for next part
Keep it up
Vv reethi mi part vs maasha allah..when nxt part kiyaalan libeynee??
O mAh GaWd.
dis part is damnn gudd ingey dhoonii.
hama neyngi huhtaa thi bodu fathivareh dhamaaly. vrh vx luwbi..
i ge twinn ah kihineh thi hadhany. she needs yaan like I need ******. 🙊
alsuvx dhn e dhekudhin marry kuraa varu kuraathi. cuh dis story fr needs adhi eh wedding. It’s up to u ekam. both ways I’m sure it’ll be jus as gud.😚
ty for being mah role model as an author. 😭.
u fr fixed mah insecurities n inspire me to keep going forward. 🤕.
it’s not easy to talk abt things like dis wit family, even though I have like two older sistah which is more likely mah besties. but tyyssmm for being dat sistah I could talk to abt things. 😀
💗. انت الفضل
concerned abt next ep :p