Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…32

ޝަހްނާގެ އިންތިޒާރަށް ނިމުމެއް އައީ ގެއާއި ތަންކޮޅެއް ދުރުގައި ކައިޔަން އޭނާގެ ސައިކަލު މަޑު ކޮށްލުމުންނެވެ.ޝަހްނާ ހަނާ އަޅާލުމާއި އެކު އީޝާ އާއި ކައިޔަން ޝަހްނާ އާއި އެކީ ވަންނަން ހިނގައިގަތެވެ.”ކިޔާން ފަހަތުން ކައިޔަން އުޅޭނީ އިނގޭ”ޝަހްނާ ބުނެލީ ކައިޔަންގެ ކަންފަތް ދޮށުގައި ސިއްރު ސިއްރުން ނެވެ.

**********************

ކިޔާން އާއި މިލާން އެއްކޮޅުން އަނެއްކޮޅަށް ދަތުރު ކޮށްކޮށްފައި އުޅުން އިރު ކިޔާންގެ ނަޒަރު ހުއްޓިފައި ހުރީ ނަވްޔާ އާއި ލައިނީ އާއި އެއްކޮށް އުޅުނު ޒާރާ އަށްށެވެ.”ކިޔާން ދެން ދޭ.މަ ނާޔާ ކައިރީ ބުނެގެން ޒާ ފޮނުވާނަން.މިހާރު ޕާޓީ ނިމުނީއެއްނު”އަތުގައި އަޅާފައި އޮތް ގަޑި އަށް ބަލާލަމުން މިލާން ބުނެލީ ކިޔާން ގާތު ވީހާ ވެސް ސިއްރުންނެވެ.ނަމަވެސް ދުރުގައި ހުރި ކައިޔަން އަށް މިލާން ގެ އިޝާރާތް ދެނެގަތުން މާ އުނދަގޫ ކަމަކަށް ނުވިއެވެ.ގަޑިން އެގާރަ ޖަހައިފި އެވެ.ޕާޓީ ނިމެނީ އެގާރަ ގަޑި ބައިގައި އެވެ.މީހުންތައް މަދު ވަމުން ދިޔައީ ވެސް އެހެންވެ ކަންނޭނގެ އެވެ.

 

ކިޔާން ކޮޓަރި ތެރެ އަށް ބަލާލަމުން ހުރިހާ ކަމެއް ރަނގަޅުތޯ ބަލާލި އެވެ.ނަމަވެސް ނުތަނަވަސް ވެފައި ހުރި ވަރުން ކިޔާންގެ ލޮލުގައި ކައިޔަންގެ އާއި ޝަހްނާ ގެ މަސައްކަތެއް ނުފެނުނެވެ.ކިޔާން އަދި އެއްފަހަރު އޭނާ އަށް ދޭން އުޅޭ ސްޕީޗް އިނގޭތޯ ބަލާލިއެވެ.އޭނާ މިއަދު ޕާޓީ އަށް އައުމުގެ ކުރިން ލޯގަނޑު ކައިރީގައި ހުރެފައި އެ ސްޕީޗް ލޯގަނޑަށް ދިނީ ކިހާ ވަރަކަށް ކަމެއް ވެސް ނޭނގުނެވެ.ނަމަވެސް ކިޔާން އަދި އެއްފަހަރު އިނގޭތޯ ބަލާލީ އެއްވެސް ކަމެއް އުނިވާން އޭނާ ނޭދޭތީ އެވެ.

 

ކައިޔަން ގެ އީޝާރާތާއި އެކު ޝަހްނާ ކިޔާން ހުރި ކޮޓަރީގެ ދޮރުހުޅުވާލީ ކިޔާން އިންނާނީ އެއްފައި މައްޗަށް ތިރިވެގެން ކަން ނޭނގި ހުރެއެވެ.ހަގީގަތުގައި ޝަހްނާ އާއި ކައިޔަން ރޭވީ އެތަނަށް ޒާރާ އަންނަ ވަގުތު ޝަހްނާ ކިޔާންގެ ފަހަތުގައި ހުންނަ ގޮތަށް ށެވެ.އޭރުން ވެސް މަންޒަރު ބަދަލުވާކަށް މާ ގިނަ އިރެއް ނުވާނެ ވިއްޔާއެވެ.ނަމަވެސް ކިޔާން މިހާރު އިންގޮތުން މަންޒަރު މާ ފުރިހަމަ ކޮށްލެވޭނެ އެވެ.ޒާރާ އިރުކޮޅެއް ނުވެ އަންނާނެއެވެ.ޝަހްނާ ގޮސް ކިޔާންގެ ކުރިމައްޗަށް އެރި ވަގުތު ވީ ޒާރާ ދޮރު ހުޅުވާލި ވަގުތެވެ.ލޯ މަރައިގެން ހުރެ ޒާރާ އަށް ދޭން އުޅޭ ސްޕީޗް ކިޔަމުން ދިޔަ ކިޔާން އަށް ޒާރާ އަދި ޝަހްނާ ވެސް ހުރި ކަމެއް ނޭނގެއެވެ.

 

“ޒާ މިލާން އެބަ ގޮވާ ނާޔާ އަންނާނަން އިނގޭ އިރުކޮޅަކުން”ނަވްޔާ ދިޔައީ ހަގީގަތުގައި އޭނާ ޒާރާ ގާތު ހުރުމުން ޒާރާ ކިޔާން ފަހަތުން ނުދާނެ ކަން އިނގުމުންނެވެ.ނަވްޔާ މިލާން ގާތަށް ދިޔަ ވަގުތު ކިޔާން މަގުގެ ކަނާތް ފަރާތުގައި އެންމެ ބޮޑު ދޮރާއި ކައިރީގައި އިން ކޮޓަރި އަށް ދިޔަ ތަން ފެނުމުން ޒާރާ ނިންމީ މިއީ ކިޔާން އަށް ޖަވާބެއް ދޭން އެންމެ ރަނގަޅު ވަގުތު ކަމަށް ށެވެ.ޒާރާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ފެން ކޮޅެއް ބޯލަން ދުރަށް ޖެހިލި އެވެ.ފެން ބޮއެ ނިންމައިގެން ޒާރާ ކޮޓަރީގެ ދޮރު ހުޅުވާލީ މަޑު މަޑުންނެވެ.މަޑު ދޮރު ހުޅުވާލި ޒާރާ އަށް ފެނުނު މަންޒަރުން ތަޅުގައި ހިފާ ބާރު ކޮށްލެވުނެވެ.

 

ކިޔާން އެއްފައި މައްޗަށް ތިރިވެ އިން އިރު ޝަހްނާ ހުރީ ކިޔާން ގެ ކުރިމަތީގައި އެވެ.އޭރު ވެސް ކިޔާން ގެ ސްޕީޗް އަޑު އިވި އިވި ހުއްޓެވެ.މިއީ ޝަހްނާ ގެ ނުބައި ރޭވުމެއް ހެން ޒާރާ އަށް ފުރަތަަމަ ހީވިއަސް ފާރުގައި ތަތް ކޮށްފައި އިން އިބާރާތް ކޮޅު ކިޔާލުމާއި އެކު ހެން ޒާރާގެ ލޮލުން ހޫނު ކަރުނަތައް ފައިބަން ފެށިއެވެ.”ވިލް ޔޫ ބީ މައިން..”ކިޔާން އަށް ބުނެވުނީ އެހިސާބަށްށެވެ.ޒާރާ ކިޔާންގެ ނަމުން ބާރަށް ގޮވާލިއެވެ.”ކިޔާން މީތަ ކިޔާން ކުޅޭ ކުޅިވަރަކީ.ނަސީބެއް ކަންނޭނގެ އަހަންނަށް ކިޔާން އަށް ޖަވާބެއް ނުދެވުންކަން.އެއްފަހަރާ ކިތަށް މީހުންތަ ބޭނުން ވެގެން ތި އުޅެނީ.ލަދެއް ވެސް ނެތް ދޯ”ޒާރާ ގެ ލޮލުން ކަރުނަ އަންނަމުން ދިޔަ ހާލު ވެސް އެހެން ބުނެލީ ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުން ނެވެ.ފެނުނު މަންޒަރުން އެހިތަށް ހީވީ އެއް ފަހަރާ ހަންޖަރުތަކެއް ހަރާލިހެންނެވެ.އަތުން އެންމެ ފުރަތަމަ ލޯބި ގެއްލިގެން ދިޔަ ފަދައިން ދެވަނަ ލޯބި ގެއްލިގެން ދާ ތަން ބަލާކަށް އޭނާ އަކަށް ނުހުނެވޭނެ އެވެ.އެއަށް ވުރެ ބޮޑަށް އޭނާ ކިޔާން ދެކެ ލޯބިވެ އެވެ.

 

“ޒާ ލެޓް މީ އެކްސްޕްލެއިން”ކިޔާން އަށް ހަމަހޭވެރިކަން ވުމުން ޝަހްނާ އާއި ދިމާލަށް އަލިފާން ކަނި ބުރާ ފަދަ ބެލުމަކުން ބަލާލަމުން ބުނެލީ ރާއިލް ވެސް ޒާރާ ގާތު މާޝާ އާއި އެކީ އެނާ ފެނުމުން ބުނެލި ޖުމުލަ އެވެ.ނަމަވެސް އެންމެ ސިކުންތެއްވެސް ބޭކާރު ކުރުމެއް ނެތި ޒާރާ ނިކުމެގެން ދިޔައީ އެތާ ހުންނާނެހާ ހިތްވަރެއް ނެތުމުންނެވެ.ޒާރާ ބޭރަށް ނުކުން އިރު ވިއްސާރަ ކަނި ޖަހަމުން ދިޔަ އެވެ.ވިއްސާރަ ވެސް ހީވީ ޒާރާގެ އެހިތާމާއިގައި ބައިވެރިވަމުން ދިޔަ ހެންނެވެ.

 

ޒާރާ ދިއުމުން ކިޔާން އަށް އިސްތަށިގަނޑަށް ދަމާލެވުނީ އައި ރުޅިންނެވެ.ރުޅިގަދަވެފައި ހުރި ކިޔާން ދޮރާއި ދިމާކަށް ބަލައިލީ ތަޅުގައި ހިފާލި އަޑު އިވުމުންނެވެ.”ޝަހްނާ ހީނުކުރާތި ޒާރާ އާ އަހަންނާ ދުރު ކުރީމަ އެއީ ޝަހްނާ އަށް އަހަރެން ލިބެން ހުޅުވާލެވުނު ދޮރެކޭ.ދުނިޔެއިން އަންހެނުން ހުސް ވިއަސް މި ކިޔާން އެއް ޝަހްނާ ކައިރި އަކަށް ނުދާނަން އިރާދަކުރެއްވިއްޔާ”ކިޔާން އަށް ބުނެވުނީ ކިރިޔާ އެހިސާބަށްށެވެ.ޝަހްނާ ވާހަކަ ދައްކަންފެށިއެވެ.”ހެޔޮ ކިޔާން އަހަރެން ކައިރި އަށް ނަޔަސް.މަށަށް ނުލިބުނު ލޯތްބެއް ޒާރާ އަށް ލިބެން ނޭދޭތީ ކުރިކަމެއް މިއީ”ޝަހްނާ އެހެން ބުނެލުމަށްފަހު އެންމެ މިނެޓެއް ވެސް މަޑު ނުކޮށް ދޮރުހުޅުވާލާފައި ނިކުތެވެ.ޝަހްނާގެ ވާހަކައިން ކިޔާންގެ ރުޅިގަނޑު އިތުރުވުން ނޫން ކަމެއް ނުވިއެވެ.

 

ޝަހްނާ އަށް ކޮޓަރިން ނިކުމެވުނީ ސީދާ ކައިޔަންގެ ކުރިމައްޗަށް ށެވެ.ކައިޔަން ފޯނުން ރިކޯޑް ނިންމާލީ ޝަހްނާ ކޮޓަރިން ނިކުތުމުން ކަންނޭނގެ އެވެ.” ރިކޯޑް ކުރީ ކީތްކުރަން؟އެއްކޮށް ކުރިން ތަ؟”ޝަހްނާ އަހާލީ ލިބުނު ކާމިޔާބީ އާއި މެދު ފަހުރުވެރިވެފައި ހުރެއެވެ.”އީޝާ ބުނީ އޭނަ ކުޅިގަނޑު ބަލަން ވީޑިއޯ ކުރައްޗެ އޯ .ރިކޯޑް ކުރިއަސް އަޑު އަރާ ގޮތަށް ކުރައްޗެ އޯ.އޭނަ ގޮއްސި ޝައުން ބުނެގެން ޝައުން ނިދި އަންނާތީ އޯ”ކައިޔަން ބުނެލީ އީޝާ ދިޔަ ސަބަބެވެ.ޝަހްނާ ވެސް އެހެން ދޯ އޭ ބުނެލާފައި އޭނާގެ ފޯނުން ގަޑި ބަލާލިއެވެ.

 

“އަވާރ ޕްލޭން ވޯރކްޓް ބޯއި”ޝަހްނާ ބުނެލީ ކައިޔަން އާއި ޓަޗެއް ޖަހާލަމުން ނެވެ.”ދެން ކައިޔަން އުޅެންވީ ކަންތަކައިގެން”ޝަހްނާ އެހެން ބުނެލަމުން ގެއިން ނިކުންނަން ހިނގައިގަތެވެ.ވީއްސާރަ ތުނިކޮށް ވެހޭތީ ނުތެމި ގެއަށް ދެވޭނެ ކަމުގެ އުންމީދު އޮތުމުން ޝަހްނާ ކައިޔަން ގެ ސައިކަލަށް އެރިއެވެ.

 

ކޮޓަރިން ނުކުމެ ކިޔާން ޕާޓީ ހޯލާއި ދިމާލަށް ހިނގައިގަތެވެ.މީހުންގެ ސަމާލުކަން ކިޔާން އަށް ހުއްޓުނެވެ.ނަމަވެސް މިއިން އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ވަރަށް ވުރެ އޭނާގެ ހިތުގައި އުފެދެމުން ދިޔަ ހައިޖާން ގަނޑު ބޮޑެވެ.މިހާރު ޒާރާ އޭނަ އާއި މެދު ދެކޭނެ ގޮތެއް ވެސް އިނގެނީ އެއް ނޫން ވިއްޔާ އެވެ.އަވަސް ގޮތަކަށް ހޯލުތެރެ ހޯދާލަމުން ކިޔާން އިމާރާތުން ބޭރަށް ދާން ހިނގައިގަތީ މިހާރު ޒާރާ ހުންނާނީ ބޭރުގައި އޭ އޭނާގެ ހިތްބުނުމުންނެވެ.ކިޔާން އަށް ހީކުރެވުނީ ވެސް ހަމަ ރަނގަޅަށްށެވެ.ޒާރާ ހުރީ ގޭގެ ބަގީޗާ ތެރޭގައި އެވެ.

 

“ހޭ ޒާ އެއީ ޝަހްނާ ކުޅުނު ޑްރާމް އެކޭ”ކިޔާން ޒާރާ އަށް ގޮވާލުމާއި އެކު ޒާރާ ފަހަތަށް އެނބުރުނެވެ.އެވަގުތު ޒާރާގެ ރަތްވެފައި ހުރި ދެލޮލާއި ނުހިކި ހުރި ކަރުނަ އިން ޒާރާ ރޮނީކަން ކިޔާން އަށް އިނގުނެވެ.ކިޔާންގެ ސަބަބުން ޒާރާ ކަރުނަ އަޅާތަން ބަލާކަށް ކިޔާން އަކަށް ކެތެއް ނުވިއެވެ.ޒާރާ އަށް އެއަތުގެ ހިމާޔަތް ދިނީ ދުވަހަކު ވެސް ދޫކޮށްނުލާނަމޭ ބުނާފަދަ ގޮތަކަށްށެވެ.”ކިޔާން.ދެން ހެޔޮ.ކުޅުނު ޑްރާމާ ފަޅާ އެރީމަ ދޯ ތިއުޅެނީ.މިހާރު ވެސް ނޭނގެ އަހަރެން ގާތު ރައްޓެހިވާން އަހާފަ އަދި މިލިއަނެއްހާ މީހުންނާ ރައްޓެހިވެގެން ނޫން ކަމެއް އުޅެނީ”ޒާރާ ކިޔާން ކޮއާޕާލަމުން ދުވެފައި ގޭތެރެ އަށް ވަދެގެން ދިޔަ އެވެ.

 

ދުވެފައި ޕާޓީ ހޯލަށް ވަދެގެން އައި ޒާރާ އަށް ނަވްޔާގެ އިތުރުން ލައިނީ އާއި އައިކާގެ ސަމާލުކަން ހުއްޓުނެވެ.”ޒާ”ނަވްޔާ އަށް މަޑު މަޑުން އެހެން ބުނެލެވުނެވެ.ޒާރާގެ މޫނު ފެނުމުން އެކަނި ވެސް ނަވްޔާ އަށް ޒާރާ ވަރަކަށް ރޮވެލައިފި ކަން އިނގުނެވެ.ދުވެފައި ކަހަލަ ގޮތަކަށް ނަވްޔާ އަށް ޒާރާ އާއި ދިމާލަށް ދެވުނެވެ.ފަހަތުން ލައިނީ އާއި އައިކާ ވެސް ޒާރާގެ ގާތަށް އައެވެ.މިހާރު ޕާޓީގައި ތިބީ ގާތް ތިމާގެ މީހުންނާއި އެކުވެރިންނަށް ވުމުން ނަވްޔާ ޒާރާ ގޮވައިގެން އެންމެ ފަސޭހައިން ވަދެވެން ހުރި ކޮޓަރި އަށް ވަދުނީ އެންމެންގެ ނަޒަރުން ސަލާމަތް ވުމަށްޓަކައި އެވެ.

 

“ވަޓްސް ރޯންގް ޒާ”ނަވްޔާގެ ސުވާލަށް ޒާރާ ގެ ބަޑި ފަޅައިގެން ދިޔަ އެވެ.ކިޔާންގެ ސަބަބުން އޭނާ އަށް ރާއިލް ވެސް އޭނާ އަށް ބޭވަފާތެރި ވީ ކަމަށް ގަބޫލުކުރެވެން ފެށިއެވެ.ޒާރާ އަށް ރޮވޭ ވަރުން ވާހަކަ ނުދެއްކޭތީ ލައިނީ ގެ ލޮލުގެ އިޝާރާތުން ނަވްޔާ ޒާރާ ހަމައަކަށް އެޅުވޭތޯ އުޅެން ފެށިއެވެ.ޒާރާ ހަމައަކަށް އެޅުމުން ލައިނީ އާއި ނަވްޔާ އާއި އައިކާ ޒާރާ ގޮވައިގެން ނިކުތީ މިލާން އެމީހުން ބަލާ އައުމުންނެވެ.

 

ނުނިމޭ

 

Comments (3)

  1. Laura

    Heii Rifoo
    Mi part vx vrh reethi Masha Allah
    Alheyyy haadha dhera gothekey e vee
    No no pls yaan and zaa avahah gulhuvahche.zaa rounyma lau ah vx eba roevey.anyway keehve tha mi part mi iny twenty nine vana episode aa jehgen.ehenve Lau vx ulhuny nufenigen story.i thought upload muvaniyyey.ekam mi iny upload vefa dho.ehenve kudhinnah mi part nufennany kanneynge dho.
    Dhen Rifoo pls pls yaan and zaa avahah gulhehche and zaa ah hageegai vx kiyaala dhehchey
    Kon irakun next part kiyaalan libeyni ☺️
    Curiously waiting for the next part darlss ☺️
    Love you darling 💕😘

  2. Ghost girl👻

    Wow mi part ves varah reethi!!!! Your stories are the best👍And your my fav author……
    Curiously waiting for next part to see if zaa and yaan will be together

  3. ސްލީޕިން ބިއުޓީ

    Reply to ghost girl sure we are friends can I get ur id
    I saw ur comment in another episode but I was busy that’s why I couldn’t reply u
    May I get ur id

Comments are closed.