Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ނަވާވީސްވަނަ ބައި)

Anonymous Level 4100 Login10 Stories100 Comments
May 18, 2024 5 Mins Read
19 Comments

ގެ އަށް ވަދެގެން އައި އަލީކް ކިނބިހި އެޅުމުން ސޯފާގައި އިން އަލީކާ ދިޔައީ ސިއްސައިގެންނެވެ.ސިއްސައިގެން ދިޔަ ވަރުން ފޯނު އަތުން ދޫވެ ބިންމައްޗަށް ވެއްޓުނެވެ.މަޑު މަޑުން ސޮރީއޭ ބުނެލަމުން އަލީކް ތިރި ބަލާލީ ފޯނު ނެގުމުގެ ނިޔަތުގައި ނަމަވެސް ފެނުނު ފޮޓޯގެ ސަބަބުން އަލީކް ހުއްޓުން އެރި އެވެ.

*********************

“ނުކް”އަލީކްގެ އަނގައިން އެ ނަން ނިކުންނަން ސިކުންތު ކޮޅެއް ވެސް ނުނެގި އެވެ.އަލީކް އަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އަލީކާ ކޮޓަރިއަށް ވަދެގެން ދިޔައީ އަލީކް އަށް އެއްޗެކޭ ބުނުމުގެ ފުރުސަތު ނުދިނުމަށްޓަކައި އެވެ.”އަނެއްކާ ދޮންތަ އުޅެނީ ނުކް އާ ތަ؟”ކޮޓަރި އަށް ވަދެގެން އައި އަލީކްގެ ހިތުގައި އެސުވާލު އުފެދެން މާ ގިނަ އިރުތަކެއް ނުނެގި އެވެ.

 

ރިޔާންގެ ކައިވެނި ދެ ހަފްތާ އެއް ފަހުން ކުރެވޭތީ އައިކާމެންގެ އަށް އެންމެން ދިޔައީ އައިނާ ގާތަށް ހެދުން ފަހާށެވެ.އައިނާ އަކީ އޭނާ އަށް ލިބޭ ހުސް ވަގުތުގައި ވެސް ހެދުން ފަހާ މީހަކަށް ވުމުން އައިރާގެ ކައިވެންޏަށް ހުރިހާ އަންހެން ކުދިންނަށް ހެދުން ފަހާ ދޭނަން ކަމަށް ވަނީ ބުނެފައި އެވެ.

 

ހުނޅަގު މޫސުމް ގެ ފުރަތަމަ ދުވަސްކޮޅަށް ވުމުން އުޑު މަތި އޮތީ ބަނަ ކޮށްށެވެ.ކިޔާންމެންނާއި ރިޔާންމެން ވެސް ކުރާނެ ކަމެއް ނޭނގުމުން އައިކާމެންގެ އަށް ދިޔައީ ހުރިހާ އަންހެން ކުދިންވީ އެގޭގައި ކަން އީނގޭތީ އެވެ.ސަލާމް ގޮވާލަމުން ކިޔާން އައިކާމެންގެ އަށް ވަދެގެން އައި ވަގުތު ކިޔާންގެ ދެލޯ ހޯދާލީ އެހިތުގެ ރާނީ އެވެ.ޒާރާ ރާއިލް އާއި ރުޅިވިކަން އިނގުމުން ކިޔާންގެ ހިތުގައި ޒާރާ ހޯދުމުގެ ޝައުގުވެރިކަން ބޮޑުވި އެވެ.

 

“އޭއި ކިޔާން ތި ހޯދާ މަންޖެ އެއް ނެތް މި ވަގުތަކު”ނަވްޔާ ގާތަށް އައީ ލާނެތް ހިންޏެކެވެ.އެވަގުތު އެތާ އެއްވެސް ބޮޑު މީހެއް ނެތުމުން ނަވްޔާ ބުނެލީ ވެސް ބާރަށް ށެވެ.”ކިޔާން ކާކުތަ ހޯދަނީ؟”ރިޔާން އަށް ނަވްޔާ ބުނި ވާހަކައިގެ މާނަ އެއް ނޭނގުނެވެ.”ނަން އޮފް ޔުއާރ ބިޒްނަސް”ރިޔާން އާއި ދިމާލަށް ބަލައިލަމުން ކިޔާން އެއް ލޯ މަރާލިއެވެ.ރިޔާން ވެސް ތުން އަނބުރާލަމުން ސޯފާ މައްޗަށް ވެއްޓި ގަތެވެ.”އޯހޯ ހީވަނީ ހަމަ އައިރާހެން ހާދަ ވައްތަރޭ ދޯ”މިލާން ހީގަތީ ދިމާ ކޮށްލާށެވެ.”ނުކް ނެތަސް ދިމާކުރާނެ މީހުން ހުސް ނުވޭދޯ”ރިޔާން ބުނެލީ މިލާން އަށް އިޝާރާތް ކޮށެވެ.”ހުސް ވާން ޖެހޭތަ؟”ކިޔާން ކޮށްލީވެސް މޮޅު ސުވާލެކެވެ.އެވަގުތުވީ ޒާރާ ނިކުން ވަގުތަށް ވުމުން ކިޔާން ވުގުތުން މަޑުވި އެވެ.”އެއް ފަހަރުން މަޑުވީ އެ”އަޔާން ސިއްރުން މިލާން ގާތު އެހެން ބުނުމުން މިލާން ފެށީ ހޭންށެވެ.

 

އައިކާމެން ގޭން ކިޔާން އާއި މިލާން ނިކުމެގެން ދެމީހުން ދިޔައީ އެއްވެސް މިސްރާބެއް ނެތި އެވެ.”މިހާރު ޒާ ރާއިލް އާ ރުޅި ވިތާ އެއް މަސް ވެއްޖެ އެއްނު.ދެން ކިޔާން ޒާ އަށް ޕްރޮޕޯޒް ކުރަންވީނު”މިލާން ދިން ހިޔާލަށް ކިޔާން ވެސް އެއްބައިވެލި އެވެ.”އެކަމު އަދި މާ އަވަސް ކަމަށް މަށަށް ފެންނަނީ”ކިޔާން ފާޅުކޮށްލީ އޭނާގެ ހިޔާލެވެ.”ތިހެން ހުއްޓަ އަނެއްކާ ތެޔޮ ނާށި ކަޅު ޖަހައިގަންނާނީ”މިލާން ބުނީ ވެސް ދޮގު ވާހަކަ އެއް ނޫން ކަން ކިޔާން އަށް ވެސް އިނގެއެވެ.

 

ވަލުގެ އުތުރު ފަރާތުގައި އޮންނަ ފަޅު ގެ ގަނޑުގައި އީޝާމެން ގްރޫޕް ގަނޑު ތިއްބެވެ.އީޝާމެންނާއި އެއްކޮށް އިސްތަށިގަނޑު ކަނދުރާ އާއި ހިސާބަށް ދިގު ކޮށްފައި ހުރި ފިރިހެނެއް ވެސް ހުއްޓެވެ.އަތުގައި އަާއި ފައިގައި ފުރާ ޗޭނުތައް އަޅާލާފައި ހުއްޓެވެ.ބަލާ ބެލުމަށް އަދި ބާވީސް އަހަރެއް ވެސް ނުވާނެއެވެ.

 

“ކައިޔަން ކަލޭ އަކަށް އެކަމެއް ނުވި ދޯ”އީޝާ ގެ އަޑުން ދިޔައީ އަލިފާން ކަނި ބުރަމުންނެވެ.”މަ އެދެމީހުން އެކްސިޑެންޓް ކޮށްލީމޭ.އެވަރުން ވެސް އީޝާ އަކަށް ނުފުދުންތަ؟”ކައިޔަންގެ އަޑުން ވެސް ދިޔައީ އަލިފާން ކަނި ބުރަމުންނެވެ.”މަ ބޭނުންވީ އެދެމީހުން މަރާލަންށޭ.އެކަމެއް ކައިޔަން އަކަށް ނުވި އެއްނު”އީޝާ މޭޒުގައި ޖަހަމުން ކޮޅަށް ތެދުވެލި އެވެ.އީޝާ މޭޒުގައި ޖަހާލި އަޑު މުޅި ތަނުގައި ގުގުމައިގެން ދިޔަ އެވެ.”ކޮބާހޭ ރުފިޔާ.މަ އެކަން ކޮށްދިނީ ހިލޭ ސާބަހަކަށް ނޫނެއްނު”ކައިޔަން ވެސް ގޮށްމުއްކަވާ މޭޒުގައި ޖެހިއެވެ.”މިވަރު މަދުތަ؟”އީޝާ އެއްލައްކަ ރުފިޔާ ނަގާ މޭޒުމަތީގައި ބޭއްވި އެވެ.އަނެއްކާ ވެސް ޖީބުން އެއްލައްކަ ރުފިޔާ ނަގާ މޭޒުމަތީގައި އީޝާ ބާއްވާލަމުން ނުލަފާ ގޮތަކަށް ހީލިއެވެ.

 

“މިފަހަރު މިކަން ކުރަން ޖެހޭނެ”އީޝާ ބުނެލިއެވެ.”ކޮންކަމެއް ބުނޭ.އޭރުން އިނގޭނީ ކޮށްދެވޭނެ ކަމަކާ ނުކޮށްދެވޭނެ ކަމެއް ވެސް”އީޝާ އާއި ދިމާލަށް ބަލައިލަމުން ކައިޔަން ބުނެލި އެވެ.”މިފަހަރު ކޮންމެ ގޮތަކުން ވިޔަސް ޒާރާގެ މަންމަ އާއި ބައްޕަ މަރާލަންވީ.އެކަން ނުކޮށްފިއްޔާ.ރުފިޔާއިން މަދުވާނެ.ފަޅާ އަރާފިއްޔާ އަހަރުންގެ ވާހަކަ ނުކުޓުވާތި.މަަށަށް ފަޅާ އަރައިފިއްޔާ އަންގާތީ.ދާނަން ކަލޭ ޖަލުން ނެރެން”އީޝާ ހީލަމުން ހުރިހާ ވާހަކަ އެއް ދައްކާ ނިންމާލިއެވެ.”ނަން ބުނެބަލަ އެދެމީހުންގެ”ކައިޔަން ބުނެލި އެވެ.އީޝާ ކައިޔަން އަށް ޒިވާ އާއި ޒަޔާން ގެ އޭނާ އަށް އިނގިފައިވާ ހުރިހާ މައުލޫމާތެއް ދިނެވެ.

 

ނިދާފައި އޮތް އައިރާ އަށް ހޭލެވުނީ ފުންމައިގެން ކަހަލަ ގޮތަކަށް ށެވެ.ގަޑި ބަލާލި އިރު ނަސީބަކުން އަދި ފަސްގަޑި ބައި ވެސް ނުވެއެވެ.ފޯނު ހިފައިގެން ޑްރެސިންގް ޓޭބަލް މަތީގައި ބާއްވަމުން އިސްތަށިގަނޑު ގައި ހުޅި ޖަހާލަމުން ފާހަނަ އަށް ވަދުނީ ފެންވަރައިގެން ވުޟޫ ކުރުމަށްޓަކައި އެވެ.

 

ހެނދުނު ހައެއް ޖަހަންވާއިރަށް އައިރާ ގޭގައި ލާ އުޅޭކަހަލަ ކަޅު ކުލައިގެ ފުއްޕި އަރުވާޅަކާއި މެރޫން ކުލައިގެ ކަކުލާ ހިސާބަށް އަރާ ހެދުމެއް ލައިގެން ގޭގެެ ސިޓިންރޫމް އަށް ނިކުތެވެ.”ސާބަސް ދޮންތަ ގަނޑަށް.އަންނަ ހަފްތާގަ މީހަކާ އިނދެގެން އެ ގެއަށް ދާ އިރު ވެސް ތި ގޮތް ގަނޑު ބަދަލު ނުކުރާތި.އާނ ރަޔާން ވެސް އެގޭގަ އުޅޭނެ ވިއްޔާ.ދެން ތިހެން ބުރުގާ ނާޅާ އުޅޭނީ ކިހިނެތް”އައިކާ ޗުސް ތަޅާލީ ކޮފީ ބޮއުން ޖޯޑު ދޮންނަން ހުރެފައި އެވެ.އައިކާ ޗުސް ތަޅާލުމާއި އެކު އައިރާ ކޮޓަރި އަށް ގޮސް ކަންބުރުގަޅެއް އަޅާލައިގެން އައީ އައިކާ އާއި އައިނާ އަށް އެހީވެދިނުމުގެ ގޮތުންނެވެ.

 

ޒީވާ ރޭގައި ޓެސްޓް ހަދާފައި ފޮނުވާލުމުން ޓެސްޓް ގެ ނަތީޖާ ބަލާ ދިޔައީ ނުކްޝާން އާއި ޒީކާން އެވެ.ޑޮކްޓަރު އިން ކޮޓަރި އަށް ޓެސްޓް ގެ ނަތީޖާ ނަގައިގެން އައި ޒިކާން އާއި ނުކްޝާން ވަދެފައި އިނީ ނޭވާ ހިފަހައްޓާލައިގެން އިން ކަހަލަ ގޮތަކަށް ށެވެ.ޑޮކްޓަރު ނަތީޖާ އަށް ބަލާލަމުން ނުކްޝާންމެންނާއި ވާހަކަ ދައްކަމުން ދިޔަ އިރު ނުކްޝާން ގެ މޫނުމަތިން ހިނިތުންވުމެއް ފާޅު ވެއްޖެ އެވެ.

 

“ކެންސަރު ބައްޔެއް މިހާރު މަންމަ ގަޔަކު ނެތޯ.ވާވް އައި ކާންޓް ބިލީވް ދެޓް”ނުކްޝާން ޒީކާން ގާތު ބުނެލީ މަރުކަޒުން ނިކުމެގެން ދަމުންނެވެ.”ރިޔާން މެން ކައިރީ ނުބުނެ ދާނީ.ރިޔާން ހީކުރަނީ އަހަރުން އޭނާގެ ޕާޓީ އަށް ނުދާނެ ކަމަަށް”ނުކްޝާން މޮޅު ގޮތެއް ރާވާލިއެވެ.ނުކްޝާން ދައްކަމުން ދިޔަ ވާހަކަ އަށް އާނ ހްމްމްމް ލެއްވުން ނޫން ކަމެއް ޒީކާން ނުކުރެއެވެ.

 

އައިކާ މެންގެ ކަމުގައިވާ ވިއްސާރަވިލާގޭ ކުރިމަތީގައި ހުރި ގޭގެ ފާރުގައި ދެޖީބަށް އަތް ޖަހައިގެން އެއް ފައި ފާރުގައި އަޅުވާލައިގެން ހުރި ކައިޔަން ގެ ނަޒަރު ހުއްޓިފައި ހުރީ އެގޭ ދޮރާއްޓަށްށެވެ.ކައިޔަން އޭނާގެ ފަން ދިގު އިސްތަށިގަނޑު ދެފަރާތުން ކޮށާލާފައި މެދުގައި ހުރި އިސްތަށިތައް ވެސް ރީތި ވަރަަކަށް ކޮށާލީ އީޝާ ބުނި ކަންތަކައިގެން ކުރި އަަށް ދެވޭނީ އޭރުން ކަމަށް ގަބޫލު ކުރެވޭތީ އެވެ.ލައިގެން ހުރީ ވެސް ގަޔަށް ހެޔޮވަރުގެ ހުދު ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސް އެކެވެ.އަވިން ސަލާމަތް ވުމުގެ ނަމުގައި ލޮލުގައި އައިނެއް އަޅައިގެން ހުރީ އެންމެ ސަބަބަކަށް ޓަކައި އެވެ.އޭނާގެ ނަޒަރު ހުއްޓިފައި ހުރި ދިމާ މީހުންނަށް އިނގިދާނެ ތީ އެވެ.

 

ހެނދުނު އަށެއް ޖެހި އިރަށް ޒާރާ އާއި ނަވްޔާ ގެ އިތުރުން ލައިނީ ވިއްސާރަވިލާގެ އާއި ދިމާލަށް މިސްރާބު ޖެހިއެވެ.ވިއްސާރަވިލާގެ އާއި އަރާ ހަމަ ކުރެވުނު ވަގުތު ޒާރާގެ ލޮލުގައި އަޅައިގަތީ އެގޭ ކުރިމަތީގައި ހުރި ގޭގެ ކައިރީގައި ހުރި ޒުވާނާ އެވެ.ޒާރާ އަށް ފާހާގަ ކުރެވުނީ އެޒުވާނާ އޭނާގެ ފޯނާއި ދިމާއަށް ބަލައިލާފައި އޭނާ އާއި ދިމާލަށް ބަލައިލި ކަމެވެ.ނަމަވެސް އެއީ މާ ބޮޑު ކަމެއްގެ ގޮތުގައި ޒާރާ ދެކުނީ ކުރިއަށް އަންނަން އޮތް ކޮޅިގަނޑުގެ ހިލަމެއް ނޭނގި އެވެ.

 

ޒާރާ އާއި ޖެހިގެން ހުރި އަންހެން ކުއްޖާ އާއި ދިމާލަށް ބަލައިލި ވަގުތު ކައިޔަން ގެ ހިތަށް ގޮތްތަކެއް ވެގެން ދިޔަކަން ޔަގީނެވެ.އެންމެ ފުރަތަަމަ ނަޒަރުން ވެސް ކައިޔަން އަށް އެކުއްޖާ ދެކެ ލޯބިވެވުނެވެ.ކައިޔަން އެކުއްޖާގެ ފޮޓޯ ނެގީ އީޝާ ގާތު އެއަންހެން ކުއްޖާ އެއީ ކާކުތޯ އެހުމުގެ ނިޔަތުގައި އެވެ.ހަތަރު އަންހެން ކުދިން ވިއްސާރަވިލާގެ އަށް ވަދެގެން ދިއުމުން ކައިޔަން ސައިކަލަށް އަރާ ދާން ހިނގައިގަތީ އޭނާ ގެ ހިތުގެ މުރާދު ހާސިލް ވުމުންނެވެ.

 

ވެޑިންގް ޑްރެސް ތަކެއް ބަލަން އައިރާ އާއި އެއްކޮށް ލައިކާ އާއި އަލީކާ ގެ އިތުރުން މިޝްޔާ ތިބީ އައިރާގެ ކޮޓަރީގެ އެނދުގައި އެވެ.އައިރާ އަށް ކަމުދާ ވެޑިންގް ޑްރެސް އެއް ފެނިއްޖެ ނަމަ ސްކްރީން ޝޮޓް ނަގަމުން ދިޔަ އެވެ.”އޭ މީތި ވަރަށް ރީތި.މީތި ނަގަންވީނު”ލައިކާ އަށް ރީތިވި ވެޑިންގް ޑްރެސް ދައްކާލަން އައިރާ ދިޔައީ އައިނާ ގާތަށް ށެވެ.ވަގުތުގެ ބޭނުން ހިފާ ތިން އަންހެން ކުދިން ކައިވެނީގެ ދުވަހު އައިރާ އަށް ދޭނެ ހަދިޔާ އަކާއި މެދު މަޝްވަރާ ކުރަން ފެށި އެވެ.”ނުކްމެން އަންނަ އިރު ގެންނަން ވީ ނު އެކޮޅުން”ލައިކާ ބުނެލި ވާހަކަ އަށް މިޝްޔާގެ އިތުރަށް އަލީކާގެ ސަމާލުކަން ވެސް ހުއްޓުނެވެ.”އޭނ ކޮން އިރަކުން އަންނަނީ”މިޝްޔާ އަހާލީ ހިތް އަވަސް ވެފައި އިނދެއެވެ.”އަމްމް އައި ތިންކް ހުކުރު ދުވަހު ގެ ރޭ.އެއީ ހޮނިހިރު ދުވަހު އެއްނު ކައިވެނި އޮންނަނީ “ލައިކާގެ ޖަވާބުން މިޝްޔާގެ ހިތުގެ ތެޅުން ބާރުވި އެވެ.ޒީކާން ފެންނަން ދެން އިނީ އެންމެ ތިން ދުވަސް ކަން އިނގުމުންނެވެ.

 

އައިކާ ގެ ކޮޓަރީގައި އިން ޒާރާ ބޭރަށް ނިކުމެލީ ޒީކާން ގެ ކޯލެއް އައުމުންނެވެ.

ގޯތި ތެރޭގައި ހުރި ޒާރާ އަށް ފަހަތުގައި ކިޔާން ހުރި ކަމެއް ނޭނގެއެވެ.ޒީކާން އާއި ވާހަކަ ދައްކާ ނިންމާފައި އެނބުރުނު ޒާރާ އަށް ކުއްްލި ސިހުމެއް ލިބުނީ ގާތުގައި ހުރި ކިޔާން ފެނުމުންނެވެ.”ކިޔާން ކީތް ތި ކުރަނީ މިތާ؟”ޒާރާ އެސުވާލު ކޮށްލީ ދައްކާނެ ވާހަކަ އެއް ނެތުމުން ނެވެ.”އަނެއްހެން ކަމެއް ނުކުރަން”ކިޔާން ޒާރާ އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.”އަމްމް ޒާ މިއަދު ހަވީރު އަހަންނާ އެއްކޮށް ތަނަކަށް ދެވިދާނެ ތަ؟ޕްލީޒް ޑޯންޓް ސޭ ނޯ”ކިޔާން އާދޭސް ކޮށްލިއެވެ.ކިޔާންގެ އާދޭސްތަކަށް ބީރުކަންފަތެއް ނުދީ ޒާރާ ވެސް ކިޔާން އާއި އެކީ ދާން އެއްބަސް ވެލިއެވެ.

 

ނުނިމޭ

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ގާތުގައިވި އަނދިރިކަން، 10

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…32

Next
May 19, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…32

Previews
May 18, 2024

ގާތުގައިވި އަނދިރިކަން، 10

19 Comments!

  1. GIRL VEMPIRE says:
    May 18, 2024 at 12:24 pm

    Hi
    Kobaa ma bunymehnu eyru vx aleeka bely nukshaan ge photo ah shey.
    Anyways, mi part vx varah varah reethi.. maasha Allah..

    1. RIFSHA says:
      May 18, 2024 at 12:38 pm

      Ahaha ma bunin dho nau kairy school ah gossi gen ulhun iru couple thah gulheyne goi
      Lol 😂
      Dhen shukran.ey in vahche ingey konmes irakun
      Varah loabi vey ingey

  2. ސްލީޕިން ބިއުޓީ says:
    May 18, 2024 at 1:41 pm

    Hey rifoo
    Babysitting kohgen minulheny 6 kudhin balany mi 🤣🤣eyrun dhw marry kuran vaarah experience libeyny🤣🤣
    Anyway, mi part ves vrh reethi superb zaa plxx kiyaan ah yes bunahcheyy
    Plxx zivaa men salaamaiy kurahchey
    Curiously waiting
    When is the next part
    Lysm dear rifoo❤️❤️

  3. Maash Butterflyyyyy says:
    May 18, 2024 at 1:48 pm

    Hey rifoo
    Main part vx vrh reethi maasha allah..
    Yeyyy I’m so happy nuk mom ragalhu v ma..
    Sleek ge sis has a crush on nuk, woahhh interesting..
    Anehka haveeru kiyaan zaa aa ekey dhaan ulheney konthaakah baa..
    Curiously waiting for the next part..
    When’s next??
    Lyssm rifoo dear
    Take care & stay safe
    💜🦋

  4. Rauha says:
    May 18, 2024 at 3:01 pm

    Hi rifoo
    Alhe aleeka bely hama nuk ge photo akah shey dho.
    And mi kaiyan dho zeeva ah ehen hedhy eesha mn bunegen.whatt mihaaru zaa ge family ah vx ehen hadhan dho kaiyan e ulheny nooo rifoooo nooo.dhen yageen zaa and yaan gulhuna vx mi kaiyan nudheyne.ahhh kaiyan.eesha mn ge plan vx dhen molhy.hi eh vx nukuran mi kaiyan kamah nuk ge mom and dad ah ehen hedhy kee.alhe dhen neynge kaiyan kuraane kamei vx.varah biru ganijje mi kaiyan akaa hedhi.
    And tha lovely part of this story dho mii yaan and zaa ge thankolhu.alhe ekam eba biru ganey e dhekudhin gulhifa vx kaiyan and eesha mn aa hedhi e she kudhin dhuru vadhaane thy.
    Love this part too
    Curiosly waiting for the next part
    Love you Rifoo 💋

    1. RIFSHA says:
      May 18, 2024 at 4:01 pm

      Hi Rauha
      Yess Aleek hama e bely nuk ge photo akah shey hehe
      Yes kaiyan ehen hedhy eesha mn bunegen.ahhaha dhen balamaa dho zaa ge family ah kaiyan ah gehlumei dhevey tho.
      Dhen zaa and yaan ah vx vaagoi balamaa dho
      Next part in sha Allah Monday ga
      Love you more Darla<3 💋

  5. RIFSHA says:
    May 18, 2024 at 4:07 pm

    In a reply to @ސްލީޕިން ބިއުޓީ
    Hehe avahah marry kuran vaa irah dhas kurey ingey
    Thanks varah bodah.varah ufaa vejje sleeping beauty ah mi episode ves reethi vi kan ingunyma
    Ahah dhen balamaa dho zaa ge javaabei vx.and zeeva mennah vaane gothei vx.
    Next part in sha Allah Monday ga
    Love you more Darla 😘

  6. RIFSHA says:
    May 18, 2024 at 4:11 pm

    In a reply to my dearest @butterfly
    Hey butterfly
    Heheh i am happy too nuk ge mom rangalhu veema
    Hingaa dho dhen balamaa kiyaan zaa haveeru gendhaane thanei vx
    Next part in sha Allah Monday ga 😊
    Love you more Darla<3 💋

  7. ސްލީޕިން ބިއުޓީ says:
    May 18, 2024 at 8:04 pm

    In a reply to @ RIFHSHA hadhaaba training vany mi and u know what am 17 dhn laamu kuhjjeh libeythw mi ehn kudhin ah no jahany 🤣🤣
    Plxx kaiyan men ge plan flop kurahchey plx
    Lysm dear rifoo🤗🤗

  8. Laura says:
    May 18, 2024 at 9:59 pm

    Hey rifoo
    Mi part vx vrh reethi Masha Allah
    Kon irakun next part kiyaalan libeyni ☺️
    Ohh Monday ga dho
    Can’t wait for the next part
    Kaiyan dhen kihinei baa hadaani
    Yaan zaa gendhan e ulheny kon thakah baa
    Bai varu suvaalu javaabu beynun vaa
    Hehe next kiyaalyma ingeyne dho
    Curiosly waiting for the next part
    Love you Rifoo Darla ❤️

    1. RIFSHA says:
      May 19, 2024 at 9:02 pm

      Hi Laura
      Thanks varah bodah
      Mihaaru mi ulheny submit kohlan
      In sha Allah maadhan kiyaalan libeyne
      Kaiyan ge next step varah biru bodu vaane kanneynge zaa ge fan zone ah lol 😂
      Yes next part kiyaalyma ingeyne e suvaalu thakuge javaabu
      Love you more Darla<3

  9. RIFSHA says:
    May 19, 2024 at 9:07 pm

    In a reply to my dearest @sleeping beauty
    Lol 😅Rifoo nulaihiku molhu vaane ingey kudhin baby sit kuran…🤭
    Ehen kudhin nah no jahaniyyey saabas.rifoo vx no jahni adhi mihaathanah.ekam laamu kujjei libey tho eh noon.hehe
    Dhen hingaa dho kaiyan men ge next plan ah adhi vaane gothei balan
    Love you 😘

  10. ސްލީޕިން ބިއުޓީ says:
    May 20, 2024 at 12:24 am

    In a reply to @ RIFHSHA hahaha we are in a same pitch
    Dhn vaki laamu kuhjjakah inthizaaru kuraneekee noon
    ragalhu soreh nufehnaathee mihaathanah life ga trust kuri ehmme bodah ithubaaru kohfa eyna aa ejkoh relationship ah gohssa dhn iguny cheat kuran eves with my best friend she also cheat me so that’s not easy for me to trust ppl the way he treat me still I can remember clearly can’t forget about it and I regret it😔😔
    Anyway vrh curious Vefa meenee next part kiyan
    Lysm dear Rifoo🤗😘

  11. RIFSHA says:
    May 20, 2024 at 4:23 pm

    In a reply @sleeping beauty
    Yess.we both are same dho.
    So sad dho.adhi Rifoo ah loabeege kamaku sad kamei nuvey.cuz adhi vx loabi ah rifoo ge life akun chance eh nulubey.ekam loabbakee bunefa vaa ehchei noon dho.dhen neynge adhi vx mihaa thanah ai iru loabi eh nuvevey eh vx kujjei dheke eh.even childhood crush eh vs nuhurey.
    Alhey.ehen ve mihaaru thikahala kanthah thah vaathy best friend ah vx trust kuran kudhinnah undhagoo 😓
    Ekam Alhamdhulillah Rifoo ge friends Rifoo ah varah rangalhu.they didn’t lie .adhi ehves olhuvaalumei olhuvaalaaafa ehves nei iraadha kurehvee thee.rifoo and nau besties ah v dhemyhun grade 6 ga.ekam rifoo and lainy mee dhe best friends one ah dhiyumuge kurin vx..e dhekudhin varah rangalhu rifoo ah.aleek bro and shaina vx.sleeping beauty ah vx ekahala rangalhu friends in thakei dhahvaashi

    Hehe submit reyga kohlin next part..
    Admin team in upload kohlihaa avahakah kiyaalan libeyne
    Love you Darla 💋

  12. ifoo says:
    May 21, 2024 at 12:13 am

    vv reethi mi part vs maasha allah

    1. RIFSHA says:
      May 21, 2024 at 9:42 am

      Thanks ifoo

  13. ސްލީޕިން ބިއުޓީ says:
    May 21, 2024 at 12:45 am

    In a reply to @RIFSHA Thanks a lot 🤗🤗 it means me a lot
    Can we be friends and can u give me a way to contact u if u don’t mind
    Yes I hope next part ves reethi vaane kamah
    How old r u actually if u don’t want to tell don’t I just asked
    Lysm Darla😚😚

  14. RIFSHA says:
    May 21, 2024 at 10:06 am

    In a reply to @sleeping beauty
    Ur welcome
    Yes we can be friends dho..
    Ahhh my phone die in a week ago.eii thuhthu gandhin phone ekey ten ah dhiyaeema.ekam e faharu dhathuru gossigen ulhenikoh Rifoo ge kokko athun photo moodhah vettuny.e dhuvahu rashah annanikoh…ehenve kihinei contact kuraani.lap akah contact kuraa ehves ehchei Rifoo naalhamey…ekam phone eh ganna dhuvahakun id dheynan ingey.adhi mi ulheny ganevey varu nuvegen.hehe
    I am 15 adhi…
    Hey id dheynan ingey ganevey dhuvahakun…
    Love you ingey darling ❤️

  15. Mohamed Aksham says:
    June 16, 2024 at 1:57 pm

    Salhi

Comments are closed.



All Right Reserved!