Skip to content
އެސްފިޔަ

ލޯބިވެރިޔާ

އައުޅެން

ލޯބިވެރިޔާ

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ޙަޤީޤީ ލޯބިވާނަމަ ފިދާވާން ކެރޭނެއެވެ.

ރަޙުމާއި ހަމްދަރުދީން ހިތްފުރޭނެއެވެ.

ހިތުގެ ގޮވުމުގެ ކުރިއަށް ލޯބިވާ ނެރޭނެއެވެ.

އޯގާތެރިބަސްތަކުން ވެދުން ކުރާނެއެވެ.

ލޯބިވާއަށްޓަކައި ވަފާތެރި ވެދޭނެއެވެ.

ރަނުގެ ފުރުސަތުތައްވެސް ދޫކޮށްލާނެއެވެ.

އަބަދުވެސް ލޯބިވެރިޔާ ހަނދާން ކުރާނެއެވެ.

ޢިއްފަތްތެރިކަން ލޯބިވެރިޔާއަށް ހިބަކުރާނެއެވެ.

ލޯތްބަށްޓަކައި ޤުރްބާންވާން ފަސްނުޖެހޭނެއެވެ.

ލޯބިވެރިޔާއަށްޓަކައި އަބަދުމެ އިންތިޒާރު ކުރާނެއެވެ.

ލޯބިވެރިޔާއަށްޓަކައި ހެޔޮދުޢާ ކުރާނެއެވެ.

ތާއަބަދު ދެގޮތެއްނުވެ ޚިދުމަތް ކުރާނެއެވެ.

ރީތިކަންގެއްލުނަސް ފޫއްސެއް ނުވާނެއެވެ.

ފަޤީރު ހާލުގައިވެސް އުފަލާއެކު ދިރިއުޅޭނެއެވެ.

ދުވަހަކުވެސް ވަކިވާކަށް ބޭނުމެއްނުވާނެއެވެ.