އައުޅެން
ޢިއްފަތްތެރިކަމުގެ އަގު
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ސާހިބާގެ އާދޭސްތަކަށް ބީރުކަންފަތް ދިނީމެވެ.
މިހިތުގައިވާ ބިރުވެރިކަމުގެ ސަބަބުންނެވެ.
ހުށައެޅުންތައް ބޮލާޖެހީ ނިކަމެތިވިޔަސް ހެޔޮކަމަށެވެ.
ބޮޑާކަމާއިއެކު ބިންމަތީ ފައިޖަހަމުން މަށާ ދިމާކުރިއެވެ.
ގަމީހުގެ ގޮށްތައް ނައްޓަމުން އިންޒާރު ދެމުން ދިޔައެވެ.
ބާރުހުރިވަރާއި،ރީތި އަނބިންތިބިކަން ބުނެދިނެވެ.
އަހަރެންގެ ނިކަމެތިކަމާމެދު މަލާމާތް ކުރިއެވެ.
ޢިއްފަތްތެރިކަމުގެ އަގު ނުހަނު ބޮޑެވެ.
ކޮންމެފަދަ ޤުރްބާނީއެއް ވާންޖެހުނަސް ހެވެވެ.
މުޅިރަށަށް ފަޟީހަތްކޮށް އުޅޭން ދަތިކޮށްލާނަމޭ ބުންޏެވެ.
ޖިންސީ ގުޅުން ހިންގުމަކީ ލަދުގަންނަންޖެހޭ ކަމެއްނޫނޭ ބުންޏެވެ.
އަހަރެން ބިރުވެތިވަނީ ﷲއަށް ކަމުގައި ބުނީމެވެ.
އެނދަށް ކޮއްޕާލައި ގަދަކަމުން ކަންކަން ކުރަން ފެށި އެވެ.
އަހަރެންގެ އާދޭސްތަކަށް އޭނާ ދިނީ ބީރުކަންފަތެވެ.
އޭނާ ޖިމާއުވާން ބޭނުންވާކަމަށް ތަކުރާރުކޮށް ބުންޏެވެ.
އޭނާ މައިތިރިވީ ބާރު ހޮނުގުގުރީގެ އަޑަށެވެ.
އެއަޑާއި އެކު މީހާ ތުރުތުރު އަޅަމުންދިޔައެވެ.
ގަމީހުގެ ގޮށްތައް އަޅުވަމުން ކޮޓަރިން ނުކުތެވެ.
ﷲ ގެ ތަނަވަސް ރަހުމަތާއިއެކު މަފަކީރު ސަލާމަތްވިއެވެ.
One Comment
Comments are closed.

this is so true , belive god