ސަންމޭރީ
ލިލިއަން އާއި މާއިލް އަކީ ވަރަށް ގާތް ދެ މިތުރުންނެވެ.މިހާރުގެ ކުދިން ކިޔާގޮތުން ނަމަ ބެސްޓްފްރެންޑްސް އެވެ.މިދެދެކުދިން ދެކޭގޮތުގައި ސަންތިމަރިޔަބަކީ ފުލޯކު ވާހަކަ އެކެ.އެއީ މަންމަމެން އެކުދިން ބިރުގަންނަވަން ކިޔާ ވާހަކަތަކެވެ.ހަވީރުގެ ހިތް ފަސޭހަ ވަގުތެ.ލިލިއަން އާއި މާއިލް ދިޔައީ ބައިސްކަލު ބުރު ޖަހާށެވެ.ވަކި ހިސާބަކުން ދެކުދިން ވަރުބަލި ފިލުވާލަން މަޑުކުރިއެވެ.އެހެން ތިއްބާ މާދުރުން އެތަނަށް އައި ސަންމޭރީ ލިލިއަން ގެ ލޮލުގައި އަޅައިގަތެވެ.އޭ މާއިލް އެއީ ކާކުތަ ހާދަ ރީތި މީހެކޭ އެއީ….ލިލިއަން ސަންމޭރީ އަށް ނަޒަރު ހުއްޓާލައިގެން އިދެ ބުނެލިއެވެ.އާނ ދޯ ހީވަނީ އެއީ އެހެން ރަށަކު މީހެއްހެން.މާއިލް ބުނެލިއެވެ.އެވަގުތު ސަންމޭރީ އެކުދިން ގާތަށް އައެވެ.ކުދިން ކުދިން ކީއްކޮށްލަނީ މިތާ…ސަންމޭރީ އެކުދިންނަށް ބަލާލަމުން ބުންޏެވެ.ވަރުބަލި ފިލުވާލަން މަޑުކޮށްލީ ހަމަ…ތީ ކާކުތަ..ލިލިއަން އަވަސް އަވަހަށް ބުނެލިއެވެ.ތކުދިން ބިރުގަންނާނެ މީ ކާކުކަން އެގިއްޖިއްޔާ…ނޫން ނޫން އަހަރެމެން ބިރެއް ނުގަންނާނެ….ލިލިއަން އާއި މާއިލް އަވަހަށް ބުނެލިއެވެ.އެހެން ވިއްޔާ އަހަންނަކީ ސަންތިމަރިޔަނބު މިހާރުގެ ގޮތައް އަހަރެން މިހުރީ ބަދަލު ވެލައިގެން ސަންމޭރީ އަކީ އަހަރެންގެ މިހާރުގެ ނަން……ސަންމޭރީ އޭނާ އަކީ ކާކު ކަން ކިޔަދިނެވެ.ލިލިއަން އަވަހަށް ހިނގާ މިތަނުން ދާން ސަންތިމަރިޔަނބު އަހަރެމެން ކައިވެސް ލާފާނެ…އެހެން ބުނެ ދެކުދިން އަވަހަށް ދާން ވެގެން ދުއްވައި ގަތެވެ.ކޮބާ މަ ބުނީ މެއްނު ބިރުގަންނާނެ އޭ އެކަމު ހާސް ނުވޭ ތިކަހަލަ ބަސް އަހާ ކުދިންނެއް މަ ބޭނުމެއް ނޫން ….ތިކަހަލަ ކުދިންނައް އަހަރެން ދޭނީ ހަދިޔާއެއް..ސަންމޭރީ އެހެން ބުނުމުން އެކުދިން ބަލާލިއެވެ.އަދި ސަންމޭރީ ދިއްކޮށްލި ހަދިޔާގައި ހިފައި ސަންމޭރީއަށް ޝުކުރު އަދާ ކުރުމަށްފަހު ދެކުދިން ގެއައަށް ދިޔައެވެ. އަދި އެކުދިންގެ މަންމަ މެނަށް އެހާދިސާ ކިޔަދިނެވެ.
ނިމުނީ….
