ހިނިތުންވެލާށޭ ކަލާ
އާދުވަހަކަށް އިރު އެރީ އެކި މީހުންގެ ހަޔާތުގައި އެކި ކުލަޖައްސަމުންނެ.އެއްބައިމީހުން އުފަލުގައި ދިރިއުޅެމުން ދިޔައިރު އނެއްބައި މީހުން ދިޔައީހިތާމައަގެ ފުން ކަނޑުތަކުގައި ގެނބެމުންނެ.ގޮނޑުދޮށުގައި އިށީދެލައިގެން އިން އިންހެން ކުއްޖާއަކީ ރީތިކަން ހުސްކޮއްލައިގެން އިން ކުއްޖެކެ.އެކުއްޖާގެ ފަން ދިގު އިސްތަށިގަނޑާއި ޗޮކްލެޓު ކުލައިގެ ދެލޮލާއި އެ ފިޔާތޮށި ކުޑަ ތުންފަތާއ ހަމުގެ ކުލަ އަލިކަމުން ފިރިހެނުންގެ ހިތްތައް ކަތިލާނެކަން ގައިމެ.ނަމަވެސް މި ރީތި ކަމުން އެކުއްޖާއަށް އެއްވެސް އުފަލެއް ނުލިބޭ ކަހަލައެ.އައިލީންއައް ދިޔައީ އޭނާގެ ބަދުނަސީބު ކަމާމެދު ވިސްނެމުންނެ.
2 އަހަރު ކުރި…………….
މިއަދުވެސް އައިލީން ސްކޫލަށް ދިޔައީ ފޮނި އުއްމީދުތަކަކާއި އެކުއެ.ނަމަވެސް އައިލީން އަށް ބޯމަތިވަމުން އަންނަ ކޮޅިގަނޑުގެ ހިލަމެއް ނުވެއެ.އައިލީން ކްލާހަށް ގޮސް އޭނާގެ ގޮނޑީ ގައި އިށީނެ.އިރުކޮޅެއް ފަހުން ޒައިލީން މިޝިއާލް ނަވްޔާ އީރާ ޝާޔާ އަދި އަޔާނީ އައެ(އައިލީންގެ އެކުވެރިން).އައިލީން އެމީހުންނަށް ހިނިތުންވުމެއް ހަދިޔާކޮށްލުމައްފަހު ހޯދާލީ އޭނާގެ ހިތުގެ ރާޖާ ކަމުގައިވާ ޝީހާން ކޮބަތޯއެ.އެގޮތުގައި މާ ގިނައިރު އޭނާއަށް އިންނާކަށް ނުޖެހުނެ.ޝީހާން މަޑުމަޑުން ހިގާލާފައި އައިސް އައިލީންއާ ޖެހިގެން އިން ގޮނޑީގައި އިށީނެ.އައިލީ…މިއަދު ހަވީރު ތުނޑިއަށް އަންނާތި އައި ހޭވް ސަމްތިން ޓު ޓެލް ޔޫ…ޝީހާން އައިލީން އާ ދިމާލަށް ބަލާލަމުން ބުނެލިއެ.ހްމްމް އޯކޭ…ޓީޗަރު އެގަޑީ ކުލާހައް އައިސް ވަނުމުން އައިލީން އަވަހަށް ޝީހާން އަށް ޖަވާބު ދިނެ.އަދި އޭނާގެ ސަމާލުކަން ފިލާވަޅަށް ދިނެ.އައިލީން އާއި ޝީހާން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދިހައަހަރު ވަނީއެ.ގަޑިއަކަށްފަހު ގަޑިއެއް ނިމެމުންގޮސް ސެޝަން ނިމިއްޖެއެ.އޭހިނގާ މިއަދު ބޭރަށް ދާން…ނިވްޔާ ދަބަހައް ފަހު ފޮތް ލަމުން ބުނެލިއެ.ތިމީހުންދޭ…..އައި ހޭވް އަ އެޕޮއިންޓްމެންޓް ވިތް ޝީހާން…އައިލީން ދަބަސް ކޮނޑުގައި އަޅުވަމުން ބުނެލިއެ.ހްމްމް ހްމްމް ދެން އަހަރުމެން ވެސް އައިލީއާ މީޓް ކުރަންޔާ އެޕޮއިންޓްމެންޓް ހައްދަންތާޖެހޭނީ….ދޯ ޒައިލީ…..ޝާޔާ ޒައިލީން އަށް ދޯ އެއްލިއެ.އެއާއެކު އެންމެން އައީލީންއާ ދިމާކުރަމުން ގެއާދިމާލައް މިސްރާބު ޖެހިއެ.ގެއަށް ގޮސް ފެންވަރައިގެން އޭނާ ކާން އައެ.ދަރިފުޅާ ކޮބާ ސްކޫލު ކިހިނެއް..އައިލީން މަންމަ އަލާނިޔާ އައިލީން ގާތު އިށީންނަމުން އެހިއެ.ރަނގަޅު..މަންމާ މިއަދު ބޭރަށް ދިއަސް އެންމެ ރަނގަޅުތަ….އާން އެންމެ ރަނގަޅު އެކަމު ލަސްނުކޮއް ގެއައް އަންނަންވާނެ…އޭނާ ކައިނިމިގެން މަންމަ އާއެކު ވަގުތުކޮޅެއް ހޭދަކުރުމައްފަހު ކޮޓރިއަށް ދިޔައީ ދީފައި ހުރި ފިލާވަޅުތައް ނިންމުމުގެ ބޭނުމުގައެ.ފިލާވަޅުތައް ހަދައި ނިމުން އިރު އަސުރު ނަމާދު ބަންގި ގޮވަނީއެ.އެހެންކަމުން އަވަހަށް ނަމާދު ކުރުމަށްފަހު ބޭރަށް ދާން ރެޑީވިއެ.އައިލީން ލާފައި ވަނީ ހުދުކުލައިގެ ޓޮޕަކާއި ހުދު ޑެނިމް ޖެކެޓެއްގެ އިތުރުން އައިސްބްލޫ ވައިޑް ލެގް ޖިންސެކެ.އެންމެފަހުފަހަރައް އަމިއްލަ ސޫރަ ބަލާލުމަށްފަހު ބޫޓު ހަރުން ހުދު ސްނިކާސް އަކަށް އަރައިގެން ތުނޑިއާ ދިމާލައް މިސްރާބު ޖެހިއެ.އޭރު ޝީހާން އޭނާގެ އިންތިޒާރުގައި ހުރިތަން ފެނުނެ.ޝީހާން ވަނީ ފެހިކުލައިގެ ގަމީހެއްގެ އިތުރުން ކަޅު ޖިންސެއް ލާފައެ.ހާން..ދެން ބުނެބަލަ އެގަޑީ ބުނަން އުޅުނު ވާހަކަ…އިހަށް މިތާ އިށީންނަން އާދެބަލަ….ޝީހާން އޭނާއާ ދިމާލައް ބަލައިނުލާ އެހެން ބުނުމައްފަހު ގޮސް ބެންޗެއްގައި އިށީނެ.ޝީހާންގެ ފަރާތުން ފެނުނު އާދަޔާހިލާފް އަޅާލުން ކުޑަކަމާއި ފަރުވާކުޑަކަމުން އައިލީން ހައިރާން ވިއެ.އައިލީން…ދަ ތިންގް އައި ވޯންޓު ސޭއިސް ދެޓް އައި ވޯންޓު………………………………….
މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން ކުށް ހުރުން އެކަށީގެންވޭ❤
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.

Amazing vassalage jumlathah nihmaaru eve jahaalaa eyrun ragalhuvaane
When is next part? Curiously waiting for next part😊❤️
Vrh reethi vhk eh! Keep it up🫶🏽
ުބވތގޗޱ4557
Adhi kiriyaa vaahak kiyunee
It’s much more different then what I thought but still it’s perfect
Keep it up❤️
Thank you Anonymous 😊